ވެކްސިން މެދުވެރިކޮށް ފުރާވަރު އަންހެނުން ދަރިމައިނުވާ ގޮތް ހަދަން ޑަބްލިޔުއެޗްއޯއިން ރާއްޖޭގައި ހިންގި ޑީޕޮޕިއުލޭޝަން އަނދިރި ހަރަކާތް

ވެކްސިން މެދުވެރިކޮށް ދުނިޔޭގެ ރައްޔިތުން ދަރިމައިނުވާ ގޮތް ހަދަން ޑަބްލިއުއެޗްއޯއިން  ކުރި ޙީލަތްތެރި މަސައްކަތުގެ ހަޤީޤަތް

ޑަބްލިއުއެޗްއޯ (ނުވަތަ ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ) އަކީ ޔޫއެންގެ ދަށުން 1948 ގައި އުފެއްދި ޔޫއެންގެ އެޖެންސީ އެކެވެ. ޑަބްލިއުއެޗްއޯ އުފެދިގެން ދިޔައީ ޔޫއެން އާއި ރޮކްފެލާއިންގެ ޔޫޖެނިކްސް އެކި އެކި އަނދިރި މާސޫނީ އެޖެންޑާތައް ކުރިއަރުވައި އެމީހުންގެ މަޤުޞަދު ހާޞިލުކުރުމަށް ޤައުމުތަކަށް ޞިއްޙީގޮތުން ބާރު ފޯރުވާނެ މައި ޖަމާޢަތުގެ ގޮތުންނެވެ.

ރޮކްފެލާ ބޭސްވެރިކަން އަދި ޔޫއެން، ޑަބްލިޔުއެޗްއޯ އާއި ރޮކްފެލާއިންގެ އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ

1972 ގައި ޑަބްލިއުއެޗްއޯ އިން ރޮކްފެލާއިންނާއި އެހެނިހެން ބައިނަލް އަޤްވާމީ ޖަމާޢަތްތަކާއި އެކު “ވެކްސިން ފޯ ފާޓިލިޓީ ރެގުލޭޝަންއަށް (ދަރިމައިވުން ކޮންޓްރޯލް ކުރާނެ ވެކްސިނެއް ހޯދުމަށް)” ރިސާޗު ކުރުމަށް “ޚާއްސަ ޓާސްކް ފޯހެއް” ހެދި އެވެ. އެމެރިކާގެ ޤައުމީ ސަލާމަތަށް އެހެން ޤައުމުތަކުގެ އާބާދީ ބޮޑުވެގެން ނުރައްކާވެދާނެ ކަމުގައި ބުނެ 1974 ގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ހެންރީއޭ ކިސިންޖާ ކްލެސިފައިޑް ( ދަވްލަތުގެ މަތިފަޑިޔަށް ބެލޭ ސިއްރު) ކަރުދާހެއް އެމެރިކާގެ ސަރުކާރަށް ހުށައެޅިއެވެ.

ހަމަ މި 1974 ވަނަ އަހަރު، އިންސާނާގެ ހަށިގަނޑަށް ދަރިމައިވުން ހުއްޓުވާނެ ރެސްޕޯންސެއް ގެންނަ ފަދަ ބާރުހުރި މޮލެކިއުލް އާއި ޓިޝޫގެ ކްރައިޓީރިއާ ކަނޑައެޅުމަށް އެއްކަލަ ޑަބްލިއުއެޗްއޯ އާއި ޔޫއެން އަދި ރޮކްފެލާއިންގެ ޓާސްކު ފޯހުން ބައްދަލުވުމެއް ބޭއްވި އެވެ. އެގޮތުން މި ބައްދަލުވުމުގައި ސްޕާމް އެންޒައިމްސް (sperm enzymes) އަދި (membranes) މެމްބްރެންއާއި، އެންޓި-އޮވަމް (anti-ovum) އަދި ޕްލެސެންޓާ މޮލެކިއުލް ކަމުގައިވާ ޒޯނާ ޕެއްލުސިޑާ (zona pellucida)، އެސްޕީ-އެކެއް ޕްލެސެންޓަލް އެންޓިޖެން (the SP-1 placental antigen) އަދި ޕްލެސެންޓަލް ހޯމޯން (the placental hormones chorionic somatotrophin) އަދި ހިއުމަން ކްރޮނިކް ގޮނޮޑޮޓްރޮޕިން (human chorionic gonadotropin (hCH) ގެ މައްޗަށް ވާހަކަ ދެކެވުނެވެ.

1976 ގައި ޑަބްލިއުއެޗްއޯގެ ރިސާޗަރުންގެ ޓާސްކް ފޯހުން ނެރެފައިވާ ފަންނީ ހޯދުތަކުން ފެންނަ ގޮތުގައި ޓީޓީ (ނުވަތަ އިދިފުށައްދަމާ ބަލީގެ ނަމުގައި އެކި ވިހަ ކެމިކަލުން ތައްޔާރުކޮށްފައިވާ) ވެކްސިނަށް hCG އަށް ހަމަލާދޭ އެންޓި-އެޗްސީޖީ ކެމިކަލް ހޯމޯން އެއްކޮށްގެން “ދޭތެރެ ދުރުކޮށް ދަރިން ލިބުމަށް ހުރަސް އަޅާ” ވެކްސިނެއް ތައްޔާރުކޮށްފައެވެ. ސަމާލުވެ އިންޒާރު ލިބެންޖެހޭ ކަމަކީ ދިވެހި ރާއްޖެއަށް ޓީޓީ ވެކްސިން ތަޢާރަފު ކުރެވުނީވެސް ހަމަ މި އަހަރުގަ އެވެ.

1993 ހިސާބަށް އައިއިރު ދަރިމައުވުން ހުއްޓުވާ “ރީޕްރޮޑަކްޓިވް ހެލްތަށް” ރިސާޗުކުރުމަށް ޖުމްލަ $356 މިލިއަން އެމެރިކާ ޑޮލަރު ޑަބްލިއުއެޗްއޯ އިން ހޭދަކޮށްފައިވެ އެވެ.[1]

“ފެމެލީ ޕްލޭނިން ނުވަތަ އާއިލާ ރާވަން” ބޭނުންވާ ފަރާތްތަކަށް “ދޭތެރެ ދުރުކުރާ ވެކްސިން” ނަމުގައި ވެކްސިނެއް އުފައްދާފައިވާ ކަމުގައި 1993 ގައި ޑަބްލިއުއެޗްއޯ އިން ފާޅުކަން ބޮޑު ގޮތުގައި އިއުލާނު ކުރި އެވެ. އެއީ ޓީޓީ ވެކްސިނެވެ. މި ވެކްސިން އެމީހުން ވަނީ ދުނިޔޭގެ އެކި ޤައުމު ތަކުގައި ބަހާފަ އެވެ. އެގޮތުން ދިވެހިރާއްޖެ އަކީވެސް އޭގެ ތެރެއިން އެއް ޤައުމެވެ. ޓެޓްނަސް ވެކްސިން މެދުވެރިކޮށް ދަރިމައިވުން މަނާ ކުރާ ވެކްސިނެއް ހަދަން ޑަބްލިއުއެޗްއޯ ގެ ރިސާޗަރުން ކޮށްފައިވާ މަސައްކަތްތައް ބަޔާންކުރާ އެތަކެއް ފަންނީ ހޯދުންތަކެއް ވަނީ މެޑިކަލް ޖާނަލްތަކުގައި ނެރެފައެވެ. އޭގެ ތެރޭގައި؛

ފަންނީ ހޯދުންތައް: ވެކްސިން މެދުވެރިކޮށް ދަރިމައިވުން މަނާކުރުން

1976Clinical profile and Toxicology Studies on Four Women Immunized with Pr-B-hCG- TT,” , February, 1976, pp. 253-268. | S. Kumar, N.C. Sharma, J.S. Bajaj, G.P. Talwar, V. Hingorani
1976Influence of HCG and tetanus toxoid injections on the antibody titers in a subject immunized with Pr-β-HCG-TT | FEBRUARY 01, 1976 | FULL LENGTH ARTICLE| VOLUME 13, ISSUE 2, P245-251 | S. Ramakrishnan, S.K. Dubey, C. Das, M. Salahuddin, G.P. Talwar, Sneh Kumar, V. Hingorani
1980Observations on the Antigenicity and Clinical Effects of a Candidate Antipregnancy Vaccine: β-subunit of Human Chorionic Gonadotropin Linked to Tetanus Toxoid | Harold Nash, PH.D., G.P. Talwar, PH.D., Sheldon Segal, PH.D., Jaime Vasquez, M.D., Elsimar Coutinho, M.D., Kalyan Sundaram, PH.D. | The Population Council, Rockefeller University, 1188 York Avenue, New York, New York 10021. The All India Institute of Medical Sciences, New Delhi, India. The Rockefeller Foundation, New York.Department of Medical Chemistry
1987Recent developments in immunocontraception, G.P.Talwar D.Sc, Amitabh Gaur Ph.D, American Journal of Obstetrics and Gynecology, Volume 157, Issue 4, Part 2, October 1987, Pages 1075-1078
1988Phase I Clinical Trials of a World Health Organization Birth Control Vaccine,” , 11 June 1988, pp. 1295-1298. | W R Jones 1, J Bradley, S J Judd, E H Denholm, R M Ing, U W Mueller, J Powell, P D Griffin, V C Stevens
1988Vaccines for Fertility Regulation: Chapter 11, pp. 177-198, (1986-1987), WHO Special Programme of Research, Development and Research Training in Human Reproduction (WHO, Geneva 1988)
1989GYNECOLOGY-ENDOCRINOLOGY| VOLUME 52, ISSUE 5, P739-744, Om Singh, Ph.D., L. Venkateswara Rao, Ph.D., Amitabh Gaur, Ph.D., Niyam C. Sharma, Ph.D., Anis Alam, Ph.D., Gursaran P. Talwar, D.Sc., National Institute of Immunology, New Delhi 110067, India. (Acknowledgements. We thank Yun Y. Tsang Ph.D., Center for Biomedical Research of the Population Council, for making available fl-hCG in a collaborative International Development Research Centre project grant, and Institut Merieux, Lyon, for kind gift of cholera toxin chain B. The reagents for human LH and FSH RIA were generously supplied by the World Health Organization (WHO), Special Programme of Research Development and Training in Human Reproduction under the provision of matched assay reagents. Dayanand and Ashok rendered valuable technical help.)Antibody response and characteristics of antibodies in women immunized with three contraceptive vaccines inducing antibodies against human chorionic gonadotropin | NOVEMBER 01, 1989
1991The WHO Task Force on Vaccines for Fertility Regulation. Its formation, objectives and research activities
1993November, 1993. FASEB Journal, volume 7, pp.1381-1385. Authors—Stephan Dirnhofer et al. Dirnhofer was a member of the Institute for Biomedical Aging Research of the Austrian Academy of Sciences. (A quote from the paper: “Our study provides insights into possible modes of action of the birth control vaccine promoted by the Task Force on Birth Control Vaccines of the WHO (World Health Organization).”Functional and immunological relevance of the COOH‐terminal extension of human chorionic gonadotropin beta: implications for the WHO birth control vaccine
“އަހަރެމެންގެ ހޯދުމުގައި އަލިއަޅުވާފައިވަނީ ޑަބްލިއުއެޗްއޯ (ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ) ގެ ޓާސްކްފޯސް އޮން ބާތް ކޮންޓްރޯލް އިން ޕްރޮމޯޓުކުރި ދަރިމައިވުން މަނާކުރާ ވެކްސިން މަސައްކަތް ކުރާ ގޮތްތަކުގެ މައްޗަށެވެ.”
2017Developing a reversible immuno-contraceptive vaccine against human sperm | G.D. Smith, D. Lai, J. Oscherwitz, K. Cease, | SEPTEMBER 01, 2017 | ORAL SESSION | VOLUME 108, ISSUE 3, SUPPLEMENT , E10, https://www.fertstert.org/article/S0015-0282(17)30566-6/fulltext

އެޗްސީޖީ ހޯމޯނަށް ހަމަލާދޭ ޓީޓީ ވެކްސިން

Anti-hCG beta antibody [5H4-E2] (ab9582) | Abcam

ކުއްލިއަކަށް އެތައް ޒުވާން އަންހެންކުދިންނަށް ހޯމޯން އިންބެލެންސެއް މެދުވެރިވެގެން މި އުޅޭ ކީއްވެ؟ އެޗްސީޖީ އަކީ ބިސް ގަރުބަ ގަތުމާއެކު އުފައްދާ ހޯމޯން އެކެވެ. އެއީ އަންހެނާގެ އޯވަރީ ގައި ބިސް ދުޅަހެޔޮކަމާ އެކު ފުރިހަމަ ގޮތުގައި އުފެދިގެން އައުމަށްޓަކައި ހުރުން ލާޒިމު ހޯމޯން އެކެވެ. މި ހޯމޯން މަޝްހޫރުވެފައި ވަނީ “މާބަނޑު ހޯމޯން” ގެ ނަމުގަ އެވެ. އެހެނީ މި ހޯމޯން އަކީ މާބަނޑު ވުމުން އުފައްދާ ހޯމޯން އެކެވެ. މާ ބަނޑު ނޫނިއްޔާ މި ހޯމޯން އެއް ނު އުފައްދަ އެވެ. އެހެންވެ، މާބަނޑު ތޯ ޓެސްޓު ކުރުމަށް ބޭނުންކުރަނީ މި ހޯމޯން ގެ ލެވެލް އެވެ. އިންޑިއާގެ ނޭޝަލަލް އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީ ގެ ޖޭޕީ ތަލްވާރު އާއި ރޮކްފެލާއިންގެ ޕޮޕިއުލޭޝަން ކައުންސިލް އިން ޑަބްލިއުއެޗްއޯ އާއި ގުޅިގެން 1972 އިން ފެށިގެން ދިޔައީ އިންސާނާގެ ހަށިގަނޑު މާއްދާތަކަށް ހަމަލާދީ ދަރިމައިވުން މަނާ ކުރާނެ އެއްޗެއް ހޯދަމުންނެވެ. އެގޮތުން އެމީހުންނަށް އެންމެ ކާމިޔާބު އެއްޗަކަށް ފެނުނީ އެޗްސީޖީ އަށް ހަމަލާދޭ އެއްޗެއް އުފައްދައި އެ ހަށިގަނޑަށް ޖެހުމަށެވެ. އެގޮތުން މިފަދަ ވެކްސިނެއް ގެ ބޭނުމަކީ އަންހެނަކު ބަޑުގައި ދަރިއަކު ގަރުބަ ގަތުމުން ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފައްދާ އެޗްސީޖީ އިން އެ އަންހެންމީހާ ރައްކާތެރިކޮށް ސަލާމަތްކޮށްދޭނެ އެއްޗެއް އުފެއްދުމެވެ.hCG ގެ މިންވަރަށް ބަދަލު އައިސްފައި ހުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް ، އައިބުކަމާއި އުނިކަމެއް ހުރުން ކަމުގައި ފަހަރުގައި ވެދާނެ ކަމުގައި ޑޮކްޓަރުން ބުނެ އެވެ.

1992 ގައި ޑަބްލިއު އެޗްއޯއިން ނެރެފައިވާ ފާޓިލިޓީ ރެގިއުލޭޝަން ވެކްސިން ބައްދަލުވުމުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

(މީޓީން ރިޕޯޓް: ފާޓިލިޓީ ރެގިއުލޭޝަން ވެކްސިން، ޑަބްލިއުއެޗްއޯ، ޖެނީވާ، 1992 ޞަފްޙާ 14)

“ދަރިމައިވުން ރެގިއުލޭޓް ކުރުމަށް ހަދާ ވެކްސިނު ގައި އެންމެ ކުރިއަރާފައިވާ ވެކްސިން އަމާޒުކުރަނީ އެޗްސީޖީ އާއި ދެކޮޅަށެވެ. ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރަޕިން ނުވަތަ އެޗްސީޖީ އަކީ އެންމެ ފުރަތަމަ އެންބްރިއޯ (އަދި ފަހުން ޕްލެސެންޓާ) ވަށައިގެންވާ ސެލްތަކުން އުފައްދާ ހޯމޯން އެކެވެ. މާބަނޑުވުމާއި މާބަނޑު ވުމުގައި ދެމިހުރުމަށް މި ހޯމޯން ލާޒިމެވެ. މަކުނު ފަދަ އެއްޗެއްސަށް ހެދި ހޯދުންތަކުން ފެނުނު ގޮތުގައި އެންޓި-އެޗްސީޖީ (އެޗްސީޖީ އަށް ހަމަލާދޭ) ވެކްސިންތައް ޖަނަވާރުތަކަށް ދިނުމުން އެ ޖަނަވާރުތަކުގެ މެންސްޗުރަލް ސައިކަލްއަށް ބަދަލު އައުމާ ނުލައި ދަރިމައިނުވާ ގޮތަށް އެ ބަދަލުކޮށްލަ އެވެ. އެންޓި-އެޗްސީޖީ ވެކްސިން މުސްތަޤިއްލުކޮށް ހަދަމުން ދަނީ ނިއުދެއްލީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީ އަދި ނިއުޔޯކްގެ ދި ޕޮޕިއުލޭޝަން ކައުންސިލް އިން ނެވެ.” (މީޓީން ރިޕޯޓް: ފާޓިލިޓީ ރެގިއުލޭޝަން ވެކްސިން، ޑަބްލިއުއެޗްއޯ، ޖެނީވާ، 1992 ޞަފްޙާ 14)

ދަރިމައިވުން މަނާކުރާ ޓީޓީ ވެކްސިނުން އޮޓޯ-އިމިއުން ބަލި ޖެހިދާނެ: ޑަބްލައިއުއެޗްއޯ

ދަރިމައިވުން މަނާކުރާ ވެކްސިން ޖަހައިފި ކަމުގައިވާނަމަ އޮޓޯ-އިމުން ބަލި ޖެހިދާނެ ކަމުގައި ޚުދު ޑަބްލިއުއެޗްއޯއިން ވަނީ އިއުތިރާފު ވެފަ އެވެ. މިއިން ވެސް އެނގިގެންދަނީ ދިވެހި ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކުގައި އަންހެނުންނާއި ފިރިހެނުންނަށް އޮޓޯ-އިމިއުން ބަލި ޖެހުމުގެ ސަބަބެއް ކަމުގައި ވެކްސިން ވިހަ ބަޔޯ-ކެމިކަލް ހަތިޔާރު ދިޔައިގެ ރޯލު އެންމެ ފުރިހަމައަށް އެބައޮތް ކެމެވެ. ވެކްސިނުން ދަރިމައިވުމުގެ ނިޒާމަށް ދޭ ގެއްލުމުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހުންވެސް އެކަޝީގެންވެ އެވެ.

އޮޓޯ-އިމުން ބައްޔަކީ އަމިއްލަ ހަށިގަނޑު، އަމިއްލަ ހަށިގަނޑުގެ މާއްދާތަކަށް ހަމަލާ ދިނުމުގެ ބައްޔެވެ. ހަށިގަނޑު ހަށިގަނޑަށް ހަމަލާ ދިނުމަކީ ކެންސަރު ފަދަ ބަލިތައް ޖައްސުވާ ކަމެކެވެ. ދުނިޔޭގެ އެތަކެއް އަންހެނުން ރަހިމުގެ ކެންސަރު ޖެހިގެން މި އުޅެނީ މި ސަބަބާހެދު ކަމުގައިވުން ނުހަނު ގާތެވެ.

މީޓީން ރިޕޯޓް: ފާޓިލިޓީ ރެގިއުލޭޝަން ވެކްސިން، ޑަބްލިއުއެޗްއޯ، ޖެނީވާ، 1992 ޞަފްޙާ 34

“ދަރިމައިވުމާ ދެކޮޅު ވެކްސިންއިން އިމިއުން ރެސްޕޯންސް އުފައްދަނީ ހަށިގަނޑުގެ އެތެރޭގެ އަމިއްލަ އެންޓިޖެން އާއި، އަމިއްލަ މީހާގެ ޢާންމު މޮލެކިއުލާ މާއްދާތަކަށެވެ. … މި ވެކްސިންގެ އިމިއުނޮލޮޖިކަލް ޓާގެޓަކީ އަމިއްލަ ނަސްފު ކަމުގައިވުމުން މިއިން މީހާ ބަލި ޖެއްސުމުގެ ބާރެއް އެކުލެވިގެންވެ އެވެ. މިސާލަކަށް އޮޓޯ-އިމިއުން ބަލި ޖެހުމެވެ.” (މީޓީން ރިޕޯޓް: ފާޓިލިޓީ ރެގިއުލޭޝަން ވެކްސިން، ޑަބްލިއުއެޗްއޯ، ޖެނީވާ، 1992 ޞަފްޙާ 34)

މިފަދަ ވެކްސިނަކުން ލިބިފައިވާ އަނިޔާއިން ހަށިގަނޑުގެ ދަރިމައިވުމުގެ ގުނަވަން ކުރިން ހުރި ގޮތަށް އަބުރާ ރަނގަޅު ޞިއްޙަތަކަށް ރުޖޫޢަކުރުމަށްޓަކައި (ރިވާސް ކުރުމަށްޓަކައި) ހަދަން ޖެހޭ ގޮތާއި ބެހޭ ގޮތުން ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިފަދައިން ނެވެ. “އެންޓި-އެޗްސީޖީ ވެކްސިންގެ އަސަރު ބަދަލު ކުރުމަށް ޕްރެޖެސްޓްރޯން ދީގެން ފަރުވާ ކުރެވިދާނެކަމަށް ނަޒަރީ ގޮތުން ފުރުޞަތެއް އެބައޮތެވެ.”

އެންޓި-އެޗްސީޖީ ވެކްސިން ދިނުމަށް ބޭނުންކުރި ވަޞީލަތަކީ ޓީޓީ، ޑީޓީ ވެކްސިން އެވެ.

ޓީޓީ ވެކްސިނަކީ އިދިފުށަށްދަމާ ބައްޔަށް ނަމުގައި ޖަހާ ވެކްސިނެއް

ޞިއްޙީ ދާއިރާއަށް ދެލޯކަނުކޮށް ތަބަޢަވާ މީހުން ކިޔާ ގޮތުން ޓެޓްނަސް އަކީ (ބެކްޓީރިއާއަކުން ނުކުނަ) ވިހަ ކެމިކަލް މާއްދާއަކުން ޖެހޭ ގައިންގަޔަށް ނާރާ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑުވަރުވަނީ %10 މީހުންނަށް ކަމުގައި މި ބޭފުޅުން ބުނެ އެވެ. ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ބުނެފައިވާ ގޮތުން “މިބަލި ޖެހެނީ ބަލީގެ (….) (ވިހަ) ހަށިގަނޑުގައި އުފެދިފައިވާ ފާރުގަނޑު، ނުވަތަ ކެނޑިފައި ހުންނަ ތަންތަން ހުރަސްކޮށް ހަށިގަނޑަށް ވާޞިލްވުމުންނެވެ. މިއީ ބަލިޖެހިފައިވާ މީހެއްގެ ފުށުން އަނެކާގެ ގަޔަށް ފެތުރޭ ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އިދިފުށަށްދަމާ ބަލި ފިރިހެނުންނަށް ޖެހޭ މިންވަރު އިތުރުކަން ތަފާތު ހިސާބުތަކުން ދައްކައެވެ. އިދިފުށަށްދަމާ ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތައް: އާންމު ގޮތެއްގައި ބަލި ފެށިގެން އަންނަނީ ހަށިގަނޑަށް ލިބޭ އަނިޔާއެއްގައި ހަށިގަނޑުގެ ތަނެއް ކެނޑި، ކެފި، ފަޅައިގެން ދިއުމުގެ ތެރޭގައެވެ. (އޭގެ ތެރޭގައި) އޮޕަރޭޝަނެއް ކުރުން (ހިމެނެ އެވެ.)”

ޑަބްލިއުއެޗްއޯ އިން ދިވެހި ރާއްޖޭގައި ޖެހި ޓީޓީ ވެކްސިންގެ ހަޤީޤަތްތަކާއި އެއާއިމެދުގައި ކުރަންޖެހޭ ބައެއް ސުވާލުތަކެއް


ފުރާވަރު އަންހެނުންކުދިންނަށް 5 ޑޯޒް ދަރިމައިވުން މަތަކުރާ ޓީޓީ ވެކްސިން ރާއްޖޭގައިދީފައިވެ އެވެ.
  • ދިވެހި ރާއްޖޭގައި ޓީޓީ ވެކްސިން ދަރިމައިވާ އުމުރު ފުރައިގެ އަންހެނުންނަށް 5 ފަހަރު ޖިހެ އެވެ. ޓީޓީ ވެކްސިންގެ އެއް ޝޮޓުން 10 އަހަރަށް ރައްކާތެރިކަން ލިބޭނެ ކަމަށް ބުނާއިރު އެތަކެއް ފަހަރު އިންޖެކްޝަން ޖެހުމުގެ މާނަ އަކީ ކޮބައިތޯ އެވެ؟
  • ރާއްޖޭގައި ޓީޓީ ވެކްސިން ޚާއްސަކޮށް 15 އަހަރާއި 45 އަހަރުގެ ދެމެދު އަންހެނުން ޖެހި އެވެ. ފިރިހެނުން މި ބަލި ޖެހޭ މިންވަރު އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމުގައި އަބްދުލް އަޒީޒް ހަމީދު ބުނެފައި ވާއިރު ފިރިހެނުންނަށް ނުޖަހައި އަންހެނުންނަށް ޓީޓީ ވެކްސިން ޖެހުމަށް އަމާޒުކުރީ ކޮން ވައްކަމަކާއި ގުޅިގެން ހެއްޔެވެ؟
  • ޓީޓީ ޖެހެނީ ހަށިގަނޑަށް އެއްޗެއް ހެރިގެން ލޭ އެތެރެއަށް ހިފާފައި ހުންނަ ކަމުގައިވާ ނަމައޭ، މި މީހުން ކިޔާ އުޅެ އެވެ. އެހެން ކަމުގައިވާ ނަމަ، މާބަނޑު އަންހެނުންނަކީ ލޭ ބޭރަށް ދާގޮތަށް ބުރިވާ ނުވަތަ ބުރި ކުރާ ބައެއް ކަމުގައި ވާއިރު އެމީހުންނަށް މި ވެކްސިނެއް ދެނީ ކީއްވެ ހެއްޔެވެ؟ ފިރިހެނަކު އޮޕަރޭޝަނެއް ކޮށްފަ އެ ވެކްސިނެއް ނުޖަހަ އެވެ. އެހެނަސް މާބަނޑު އަންހެނުންނަށް އެ ދެނީ ކީއްވެ؟ އަދި އަންހެނަކު އެހެން އޮޕަރޭޝަނެއް ކުރާއިރު ޓެޓްނަސް ވެކްސިނެއް ނުޖަހަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟
  • މާބަނޑު މީހުން ވިހާއިރު ޓީޓީ ވެކްސިން ޖަހަނީ ސާފުތާހިރުކަމެއް ނެތި ހުންނަ ތަންތަނާއި އާލާތްތައް ބޭނުންކޮށްގެން ވިހައިފި ނަމަ ޓީޓީ ބަލި ޖެހުމުގެ ފުރުޞަތު އޮތީމައި ކަމުގައޭ މި މީހުން ކިޔާ އުޅޭ އިރު، ރާއްޖޭގެ ސާފުތާހިރު ހޮސްޕިޓަލް ތަކުގައި މި ޓީޓީ ވެކްސިނެއް މާބަނޑު އަންހެނުންނަށް ދެނީ ކީއްވެ ހެއްޔެވެ؟ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ އާލާތްތަކަކީ ސާފުކޮށްފައި ނެތް ނުތާހިރުކޮށް ހުރި އާލާތްތަކަށް ވާތީވެ ހެއްޔެވެ؟
  • ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުން މީހުންނަށް ބިރުދައްކާފައި އޮންނަ ގޮތުން ހަށިގަނޑުގެ ތަނެއް އެއްޗަކުން ބުރި ވެއްޖެ ނުވަތަ ހަށިގަނޑަށް އެއްޗެއް ހެރިއްޖެ ނަމަ މަރުކަޒަށް އައިސް ޓީޓީ ވެކްސިން ޖަހަން އަންގާފައި އޮވެ އެވެ. ސުވާލަކީ އެބުނާ އެއްޗެއް ހެރުމުން ވިހައެއް ހަށިގަނޑަށް ވަންނަންޏާ ހުންނާނީ ވަދެފައި ކަމުގައި ވާއިރު، އަނެއްކާވެސް އެބުނާ ވިހައެއް އަޅައިގެން ހަދާފައިވާ އެއްޗެއް ކަމުގައިވާ ޓީޓީ ވެކްސިން އިތުރަށް ޖެހުމުގެ މާނަ އަކީ ކޮބައިތޯ އެވެ؟ ހަށިގަނޑުގައި ވިހަ އިތުރު ކުރަންތޯ އެވެ؟

މި ސުވާލުތައް ކުރަންޖެހެނީ ސަބަބެއް އޮވެގެން ނެވެ. އެއީ ފުރާވަރު އަންހެން ކުދިންނާއި 45 އަހަރު އުމުރު އަންހެނުންނާއި ގުޅުވައިގެން މިދޭ ޓީޓީ ވެކްސިންގެ ހަރަކާތް ހިނގާނީ ޓީޓީ އަށް އެންޓި އެޗްސީޖީ ވެކްސިން އަޅާފައިވާ ކަމުގައިވަންޏާ އެވެ. އެޗްސީޖީ އަޅާފައި ހުރިއްޔާ 5 ޑޯޒް ފުރާވަރު ވިހެއުމުގެ އުމުރުގެ އަންހެން ކުދިންނަށް ދެއެވެ. އެއީ ވިހެއުން ލަސްކުރުމަށް ނޫނީ އަވަހަށް ދަރިއަކު ލިބޭ ގޮތް ނުވުމަށެވެ. އެބަހީ ބާތްކޮންޓްރޯލް ކޮށް އާބާދީ ކޮންޓްރޯލް ކުރުމަށެވެ. ޓީޓީ 15 އަހަރާއި 45 އަންހެނުންނަށް ޖެހުމުގައި ޚާއްސަ ކުރީ އެއީ ދަރިމައިވާ އުމުރު ކަމުގައިވާތީ އެވެ. 45 އިން މަތީ އަންހެނުންނަށް ނު ޖަހަނީ އެމީހުންނަކީ ޓީޓީ ބަލިން ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ވީމާ ޔޯލަ އެވެ.

ޑަބްލިއުއެޗްއޯގެ ޓީޓީ ވެކްސިން އަށް އެޗްސީޖީ އަޅާފައިވަނި ކޮށް ފަޅާއެރި ބައެއް ޤައުމުތައް

Mexico–Philippines relations - Wikipedia

އެޗްސީޖީ އަކީ ޓީޓީ ވެކްސިންގައި އެކުލެވިގެންވާ މާއްދާތަކުގެ ލިސްޓުގައި ބަޔާންކޮށްފައިވާ އެއްޗެކަށް ނުވާއިރު އެއީ ވެކްސިންގައި ހުރެގެން ނުވާނެ އެއްޗަކަށް ވީއިރުވެސް ޑަބްލިއުއެޗްއޯގެ ޓެޓްނަސް ވެކްސިންގައި އެޗްސީޖީ ހުރިކަން އެތައް ޤައުމަކުން ހަދާފައިވާ ތަހުލީލުތަކުން ހޯދާފައި ވެއެވެ.

1994 އަދި 1995 ވަނަ އަހަރު:

މެކްސިކޯ އަށް އެކިފަހަރުމަތިން ދީފައިހުރި ވެކްސިންތައް ބައެއްގެ ޝަކުވާތަކާ ހުރެ އެ ޤައުމުގެ ސަރުކާރުގެ ޕްރޯ ލައިފް ކޮމެޓީން ލެބޯޓްރީ ތަކުގައި ތަހުލީލު ކުރުމުން ބައެއް ވެކްސިންތަކުގައި hCG އަޅާފައި ހުރިކަން 1994 ގައި ހާމަވި އެވެ.

ފިލިޕިންސްގެ ޓެޓްނަސް ވެކްސިން އަށް އެޗްސީޖީ ދަރިމައިވުން މަނާ ކުރާ ބޭސް އަޅާފައި ހުރެގެން ވަނީ ފަޅާ އަރާފަ އެވެ. ފިލިޕިންސާއި މެކްސިކޯ އަކީ ކާނިޖީ 1974 ގައި ނެރުނު އެމެރިކާގެ ސިއްރު އާބާދީ ކޮންޓްރޯލު ކުރުމުގެ ޕޮލިސީ ބަޔާންކުރި ރިޕޯޓުގައި އާބާދީ ކޮންޓްރޯލްކުރަން ޖެހޭ ކަމުގައި ފާހަގަކޮށްފައިވާ ޤައުމު ތަކުގެ ތެރެއިން ދެ ޤައުމެކެވެ.

5 މެއި 1995 ގައި ވެކްސިން ވީކްލީ ޖާނަލް ގައި “ބައިނަލްއަޤްވާމީ ނުވަތަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޓެޓްނަސް ވެކްސިންގައި ދަރިމައިވުމާއި ދެކޮޅު ބޭސް (އެންޓި-ފާޓިލިޓީ ޑްރަގް) އެއްކޮށްފައި ހުރުން އެކަށީގެންވޭ!” މައުޟޫގައި ލިޔެފައިވެ އެވެ.

“އެމެރިކާގެ މެރީލޭންޑްގައި ވާ ހިއުމަން ލައިފް އިންޓަނޭޝަނަލް ޖަމާޢަތުގެ ރައީސް، ވަނީ އެޗްސީޖީ ދަރިމައިވުން މަނާކުރާ ބޭސް އަޅާފައިވާ ވެކްސިން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ އެގުމަކާއި ނުލައި އަންހެންވެރިންނަށް ފޯރުކޮށްދީފައި ކަމުގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް ތަޙުޤީޤުކުރުމަށް ކޮންގްރެސް ކިބައިން އެދިލައްވާފައެވެ. އެއީ ތެދެއް ކަމުގައިވާނަމަ، “އެންމެނަށް ޖަހާ ވެކްސިން” ޕްރޮގުރާމްތައް ފާޅުގައި ކުށްވެރިކޮށް، (ޑަބްލިއުއެއްޗް އޯ ފަދަ) ޔޫއެން އެޖެންސީތަކަށް ފައިސާ ފޯރުކޮށްދިނުން ހުއްޓާލުމަށް އޭނާ ވަނީ އެދިލައްވާފައެވެ. 1994 ގެ ފަހުކޮޅުގައި، މެކްސިކޯގެ ޕްރޯ ލައިފް ކޮމެޓީން މެކްސިކޯގައި ސަރުކާރުން ހިންގި ޓެޓްނަސް ޓޮކްސޮއިޑް ކެންޕެއިން ތަކާއި މެދު ގެންގުޅު ޕްރޮޓޮކޯލްގެ ސަބަބުން އެއާމެދު ޝައްކުގެ ނަޒަރަކުން ބެލި އެވެ. ސަބަބަކީ އެންމެހައި ކުޑަކުދިންނާއި ފިރިހެނުން މި ކެމްޕެއިންގައި އިސްތިސްނާ ކުރި އެވެ. އަދި ކެންޕެއިން ގައި ޚާއްސަކޮށް އަމާޒުކުރެވިފައި ވަނީ ދަރިމައިވާ ފުރާވަރު އުމުރު އަންހެން ކުދިންނަށް އެތަކެއް ފަހަރުމަތިން އިންޖެކްޝަން ޖެހުން ކުރިއަށް ގެންދިޔަ ކަމުގައިވާތީ އެވެ. އެހެނަސް، ޓެޓްނަސް ވެކްސިންގެ އެއް އިންޖެކްޝަން އަކީ އެންމެ މަދުވެގެން 10 އަހަރަށް އެބަލިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މެކްސިކޯގެ ޕްރޯ ލައިފް ކޮމެޓީން ޓެޓްނަސް ވެކްސިންގައި އެޗްސީޖީ ހުރިތޯ ތަޙުލީލުކުރި އެވެ. އަދި އޭގެ ނަތީޖާ ހިއުމަން ލައިފް އިންޓަނޭޝަނަލް އަށް އެ ކޮމެޓީން ހުށައެޅިއެވެ. އެޗްއެލްއައި އިން ވޯލްޑް ކައުންސިލް މެންބަރުންނަށް މި ހަޤީޤަތް ހާމަކުރި އެވެ. މިފަދަ، އެޗްސީޖީ ދަރިމައިވުން ހުއްޓުވާ ބޭސް އަޅާފައިވާ ވެކްސިން ފިލިޕިންސާއި، ނިކަރަގުއާ އިން ރިޕޯޓުކޮށްފައި ވެއެވެ. ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިތުރަށް އެހެނިހެން ޖަމާޢަތްތަކުން ވަނީ އެޗްސީޖޭ ބޭނުންކޮށްގެން ދަރިމައިވުން ދެކޮޅު ވެކްސިނެއް އުފެއްދުމުގައި އުޅެފަ އެވެ. އޭގެ ތެރޭގައި ޔޫއެން ޕޮޕިއުލޭޝަން ފަންޑު، ޔޫއެން ޑިވެލޮޕްމެންޓް ޕްރޮގުރާމް، ދި ވޯލްޑް ބެންކު، ދި ޕޮޕިއުލޭޝަން ކައުންސިލް، ދި ރޮކްފެލާ ފައުންޑޭޝަން، ދި ޔޫއެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމަންޓް އަދި ދި އާލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހިމެނެ އެވެ. މާސް ވެކްސިނޭޝަން (އެންމެނަށް ވެކްސިން ޖެހުމުގެ) ހަރަކާތުގެ މަޤްޞަދަކީ މައުލޫމާތުދީ، ރުހުން ހޯދާފައި ނުވާ، އެއާމެދު އެއްވެސް ޝައްކެއް ނުކުރާ އަންހެނުން ދަރިމައިވުމުން ރައްކައުތެރިކޮށް އެކަން ހުއްޓުވުން ކަމުގައިވާނަމަ އެއަށް ފާދިރީ ދެކޮޅު ހެއްދެވި އެވެ. [2]

2014 ވަނަ އަހަރު:

ކެންޔާ އަށް ޑަބްލިއުއެޗްއޯ އިން ފޮނުވި ޓީޓީ ވެކްސިން ތަކުގެ އެކި ސާމްޕަލްތައް އެތަނުގެ މިނިވަން 3 ލެބޯޓްރީ އަކުން 2014 އިގެ މާރޗް މަހު ތަހުލީލު ކުރުމުން އެއަށް އެޗްސީޖީ އަށް ހަމަލާދޭ ހޯރމޯން އަޅާފައިވާކަން އެނގުނެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގައި އަނެއްކާވެސް ޑަބްލިއުއެޗްއޯ އިން ފޮނުވާފައިވާ 6 ވެކްސިންގެ 6 ސާމްޕަލެއް އެ ޤައުމުގެ 6 ލެބޯޓަރީއަކުން ތަޙުލީލުކުރުމުން، އޭގައިވެސް އެޗްސީޖީ އަޅާފައި ހުރިކަން ފަޅާ އެރި އެވެ. [3]

ޓީޓީ ވެކްސިންގެ މި ވައްކަން ކެންޔާ ގައި ފަޅާއެރުމުން ޔޫއެން އާއި، ޑަބްލިއުއެޗްއޯ އަދި އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ މި ވައްކަން ދޮގުކޮށް މި ވައްކަން ވަޅުޖަހައި ފޮރުވާފަ އެވެ. އަދި މި ވައްކަން ފޮރުވަން ޔޫއެން އިން ވަނީ އެތަކެއް ހީލަތްތެރި ދޮގެއް ހަދައި އެކިއެކި ވާހަކަތައް ދައްކާފަ އެވެ. މި ޖަރީމާ ވެރި ޖަމާޢަތްތަކަކީ މި ވަގު ޖަމާޢަތްތަކުން ކުރާ ވައްކަމުގެ ދޮގު ފޮރުވަން 100 ދޮގު ހަދަންވެސް ފަސް ނުޖެހޭހާ ހީލަތްތެރި ޖަމާޢަތް ތަކެކެވެ. މިހާރު މި ވައްކަން ތައް ފޮރުވަން ބިލް ގޭޓްސް ނެރެގެން އުޅޭ އިންޓަނެޓުގެ ގާޒީ ޖަމާޢަތްތަކަށް ކިޔަނީ “ފެކްޓް ޗެކާއިން” ނެވެ. ބިލްގޭޓްސްގެ ދޮގުވެރި ފެކްޓު ޗެކާއިން ބުނާ ބަސް ނޫނީ އެއީ ތެދު ކަމުގައި ނުވާނެ ފަދައިން ހެދުމަށް އޭނާ ވަނީ އެތަކެއް ހީލަތްތެރި މަސައްކަތްތަކެއް ކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ދެމުން އަންނަ ވެކްސިންތައް ލެބޯޓަރީން ޓެސްޓުކޮށް އެއަށް އެޗްސީޖީ ނުވަތަ އެނޫންވެސް ދަރިމައިވުން މަނާކުރާ ކެމިކަލް ބޭހެއް އަޅާފައި ހުރިތޯ ބަލާ ތަހުލީލުތައް ކުރުން މާ ބޮޑަށްވެސް ލަސް ވެއްޖެ އެވެ. އަޅުގަނޑުމެން ދިވެހިންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން މިކަން ކުރަންވީ ވަގުތު ވަނީ ހަޤީޤަތުގައި ފަސްވެ ގޮސްފައެވެ. ކަންތައްތައް ގޮސްފައި އޮތް ހިސާބުން މިހާރުވެސް މިކަމަކީ ކޮންމެހެން ކުރަންޖެހިއްޖެ ކަމެއް ކަމުގައި މި ރިޕޯޓު ކިޔާލި ކޮންމެ މީހަކަށް ތަޞައްވަރު ކުރެވޭނެ އެވެ. އަދި މިއީ ވެކްސިން އަތުޖެހިއްޖެ ކަމުގައިވާނަމަ ރާއްޖޭގެ ލެބޯރަޓަރީތަކުން ނުވަތަ އާންމު މީހުންނަށް ކުރެވިދާނެ ފަސޭހަ ކަމެކެވެ. އެންމެ ފަސޭހައިން މިކަން ޢާންމު މީހުންނަށް ކުރެވޭނެ އެއް ގޮތަކީ ވެކްސިން އަތު ޖައްސައި ބާތް ޓެސްޓު ކިޓަކަށް އެ އަޅައި ޗެކް ކުރުމެވެ. ޔަޤީނުންވެސް އެނގޭ ކަމަކީ ރާއްޖޭގައި މިއޮތް ރޮކްފެލާއިންގެ ސިއްޙީ ދާއިރާއިން މިކަމެއް ނުކުރާނެ ކަމެވެ. ސަބަބަކީ ސިއްޙީ ދާއިރާ އެކުއެކީ ވަނީ ޑަބްލިއުއެޗްއޯ ފަދަ ބޭރުގެ ހީލަތްތެރި ޖަމާޢަތްތަކުގެ އަތްދަށް އެންމެ ފުރިހަމަ އަށް ވަދެފަ އެވެ. މިހާރު ހެލްތު މިނިސްޓްރީ އަކީ ސީދާ ރާއްޖޭގެ ޑަބްލިއު އެޗްއޯ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ހެލްތު މިނިސްޓްރީން ވަނީ ޑަބްލިއުއެޗްއޯގެ މަޤާމުތަކަށް މީހުން ހޯދުމަށް މިނިސްޓްރީގެ ނަމުގައި އިޢުލާނުވެސް ކޮށްދީފަ އެވެ.

ޑަބްލިއުއެޗްއޯއާއި ދިވެހި ރާއްޖެއަށް އަވަސް ނަޒަރެއް!

މުޙައްމަދު ފަރީދު ދީދީގެ ވެރިކަމުގައި ޑަބްލިއުއެޗްއޯ ބޯވަ ދިވެހި ރާއްޖޭގައި ވަކި ހިއްޕި!

މުޙައްމަދު ފަރީދު ދީދީ ރާއްޖޭގައި ވެރިކަން ކުރީ 1954 އިން ފެށިގެން 1968 އާއި ހަމައަށެވެ. ދުނިޔޭގެ ރައްޔިތުންގެ ސިއްޙަތާއި ބެހި ހަދައި އެބިއުސް ކުރާ ޖަމްޢިއްޔާ ނުވަތަ ޑަބްލިއު.އެޗް.އޯ 1948 ގެ އޭޕްރީލް މަހުގައި ދުނިޔޭގެ ވުޖޫދަށް ގެނެސްފައިވާ އެއް ބޭނުމަކީ ކާރުޚާނާތަކުން އުފައްދައި ބޭރުކުރި އެކިއެކި ވިހަ ކެމިކަލުން ތިމާވެއްޓާއި އަމިއްލަ ޞިއްޙަތަށް ކުރި އަނިޔާތަކުގެ ހަޤީޤަތް އާންމު ރައްޔިތުންނަށް ފޮރުވައި މިފަދަ ކެމިކަލްތައް ދުނިޔޭގެ ޤައުމުތަކަށް އައުޓް ސޯސް ކުރުމެވެ. ޔޫއެން އާއި އަދި ޑަބްލިއުއެޗްއޯގެ މެންބަރަކަށް ދިވެހިރާއްޖެ ވެފައި ވަނީ 1965 ގެ 21 ސެޕްޓެންބަރު މަހުގަ އެވެ. ޑޑަބްލިއުއެޗްއޯގެ މެންބަރަކަށް ރާއްޖެ ވުމާއެކު 1966 ގައި މި ޖަމާޢަތުން ކުރަން ފެއްޓި ކަމަކީ މެލޭރިއާ ކިޔާ ބައްޔެއް ރާއްޖޭގައި އޮތް ކަމުގައި ބުނެ ޑީޑީޓީ ކިޔާ ވިހަ ކެމިކަލް މާއްދާއެއް ދިވެހިން ގަޔަށް ސުޕުރޭއެއްގެ ގޮތުގައި ޖަހަން ފެށުމެވެ. މި ވިހަ މާއްދާ އަކީ ޖަނަވާރުންނާއި އިންސާނުންނާ ޕޯލިއޯ ވާބަލި ޖައްސާ އެއްޗެއްކަން 1945 އިން ފެށިގެން އެމެރިކާ ސަރުކާރުގެ ސައިންސުވެރިން ވަނީ ފަންނީ ލިޔުންތައް ނެރެފަ އެވެ. ޑަބްލިއުއެޗްއޯގެ މި ނޭއްގާނީ ޢަމަލާ އެކު ރާއްޖެއަށް 1967 ގައި ޕޯލިއޯ ވާބަލީގެ ބަލި މަޑުކަމެއް ފާޅުވި އެވެ. އެއަށްފަހު، ހަމަ މި އަހަރު ދިވެހި ރާއްޖޭގެ ރައްޔިތުން ގަޔަށް ޕޯލިއޯ ވެކްސިން ޖަހަން ފެއްޓި އެވެ. އަދި ޕޯލިއޯ ވެކްސިން އިން ޕޯލިއޯ ނެތިގެން ދިޔަކަމުގައި ބުނެ ރައްޔިތުން މޮޔަ ހައްދާލި އެވެ. ޑަބްލިއުއެޗްއޯއިން ޕޯލިއޯ ރާއްޖެއަށް އެތެރެކުރި ޙީލަތްތެރި ގޮތުގެ މައްޗަށް އަމިއްލަ ޞިއްޙަތުގެ ފަރާތުން ކުރިއަށް އޮތްތަނުގައި ރިޕޯޓެއް ނެރެވި ގެން ދާނެ ވާހަކަ ލިޔުންތެރިންގެ ސަމާލުކަމަށް މި ދަނޑިވަޅުގައި ގެނެސް ލަމެވެ.

އިބްރާޙިމް ނާޞިރުގެ ވެރިކަމުގައި ޑަބްލިއުއެޗްއޯގެ އެކި އެޖެންޑާތައް ވަރުގަދަ ކުރި!

އިބްރާހިމް ނާޞިރު ރާއްޖޭގައި ވެރިކަން ކުރީ 1968 އިން 1978 އަށެވެ. އިބްރާހިމް ނާޞިރުގެ ވެރިކަމުގައި 1970 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި މާލޭގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ޕޮރުގުރާމެއް ރާއްޖޭގައި ފެއްޓުނެވެ. މި ދުވަހުގައި މަޖީދިއްޔާ ސްކޫލް ކުދިންނަށް ޕޯލިއޯ އަދި ސްމޯލް ޕޮކްސް (ކަށިވިދުރި އަށް) ވެކްސިން ޖެހި އެވެ. އޭރު މަޖީދިއްޔާ ސުކޫލަށް ވައްދައި ދެނީ ވެކްސިން ޖަހާފައި ތިބިއްޔާ އެވެ. އެ ނޫނިއްޔާ ސުކޫލަށް ކިޔަވާކަށް ނުދެވެ އެވެ. ބީސީޖީ ( ޓިއުބޯ ކްލޯސިސް ) ވެކްސިން ވެސް ރާއްޖެއަށް ތަޢާރަފު ކުރެވުނީ އިބްރާހިމް ނާޞިރުގެ ވެރިކަމުގައި 1971 ގަ އެވެ.

އެއަށްފަހު، ޑެންމާކުގެ ޑެނިސް ސްކައުޓް އެއިޑް ގެ ފަރާތުން މާލީ އެހީތެރިކަން ހޯދައި ވެކްސިން ހޯދުމާއި ޖެހުމުގައި ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެހީތެރިކަން ހޯދައި 1976 ގައި މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ހިންގި އެވެ. މި ޕްރޮގުރާމްގައި ޖެހެ ވެކްސިން ތަކުގެ ތެރޭގައި ޕޯލިއޯ (ޓީއޯޕީވީ)، ޑިޕްތީރިއާ ، ޓެޓްނަސް އަދި ހޯއްގޮވާ ކެއްސުމަށް (ވޫޕިން ކަފް)، ޓިއުބަކްލޯސިސް (ބީސީޖީ) އަދި މީސަލްސް ވެކްސިން ޖަހަން ފެއްޓި އެވެ.

ޤައްޔޫމްގެ ވެރިކަމުގައި ޑަބްލިއުއެޗްއޯގެ އާބާދީ ނައްތާލުމުގެ ޔޫޖެނިކްސް އެޖެންޑާ ފުރިހަމައަށް ޖެއްސި!

ޤައްޔޫމް 1978 ގައި ވެރިކަމުގެ ޒަޢާމަތާއި ހަވާލުވިތާ 8 ވަނަ އަށްވީ އަހަރު، 1986 ގައި ރާއްޖޭގައި ޑަބްލިއުއެޗްއޯގެ ފެމިލީ ޕްލޭނިން ޕްރޮގްރާމްގެ ޕޮލިސީ ތަންފީޒުކޮށް ޢަމަލުކުރަން ފެއްޓުނެވެ. ފެމިލީ ޕްލޭނިން އޭ މިކިޔަނީ އާއިލާ ރޭވުމުގެ ޔޫޖެނިކްސްގެ ހަރަކާތަށެވެ. މި ޔޫޖެނިކްސް ހަރަކާތުގައި ކިޔައިދެނީ މަދުން ދަރިން ހޯދާނެ ގޮތާއި އޭގެ ފާއިދާ ތަކެވެ. 1988 އަހަރު ހަމައަށް އައިއިރު ވިމެން އޮފް ޗައިލްޑް ބެއަރިން އޭޖް ނުވަތަ ދަރިމައިވާ އުމުރުގެ އަންހެނުންނާއި އަދި މާބަޑު އަންހެނުން އެކުލެވިގެންވާ ގޮތުގައި ރާއްޖެގެ އެންމެހާ އަންހެނުންނަށް ޤައުމީ ފެންވަރުގައި ޓީޓީ ވެކްސިން ޖަހުމުގެ ހަރަކާތުގެ ދަށުން “ޔުނިވާސަލް ނޭޝަން ވައިޑް އިމިއުނައިޒޭޝަން ކަވަރޭޖް” ހާޞިލުކުރި އެވެ. ދަރިމައިވާ އުމުރުގެ އަންހެނުންނާއި މާބަނޑު އަންހެނުންނަށް އަމާޒުކޮށް މި ޖެހި ވެކްސިން އަކީ ޑަބްލިޔުއެޗްއޯގެ ދަރިމައިވުން މަނާކުރާ ޓީޓީ ވެކްސިން ކަމުގައި ނޫނީ ނުވާނެ އެވެ. އޭރު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރި މީހުން މި ވައްކަމުގެ ފަތިފުށް ދިވެހި ރައްޔިތުންނަށް ހާމަ ކުރަން ޖެހެ އެވެ. މި ޕްރުގުރާމްގެ ދަށުން 1990 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއް ކަވަރު ކުރެވުނެވެ.

1990 ގެ ފަހުން ވެކްސިން ގަތުމުގެ އެންމެހާ ފައިނޭންސެއް ދަޥްލަތުގެ ބައިތުލް ހަމަޖައްސަން ފެއްޓި އެވެ. ޑަބްލިއުއެޗްއޯ އިން ފެއްޓި މި ޕޮރުގުރާމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހެލްތު ވޯކަރުން ތަމްރީނުކޮށް ރަށްރަށުގައި ދަރިމައިވުން މަނާ ކުރާނެ ގޮތްތަކާއި އާލާތްތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދޭން ފެއްޓުނެވެ. އަދި ކައިރި ކައިރީގައި ދަރިން ހޯދާ އާއިލާތަކަށް ހެލްތު ވޯކަރުންނާއި ފޫޅުމައިން ފޮނުވައި ދަރިން ހޯދުން މަދުކުރާން އެދި އެކިއެކި ނަޞޭހަތްދީ ހެއްދި އެވެ. ޑަބްލިޔުއެޗްއޯގެ މި ޕްރޮގުރާމް އެ ހިސާބުން ހުއްޓާލީ އެއް ނޫނެވެ. މި ޕްރޮގުރާމް އެއަށްވުރެ ފުޅާކޮށް އަދި ސިއްރުވެރި ޕޮރުގުރާމެއް ގޮތުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އަނދިރި އަނދިރިން ވަނީ ހިންގާފަ އެވެ. މިއީ ސަރުކާރުގެ ސިއްރުތައް ދަންނަ މީހަކަށް ނޫނީ ތަފްޞީލީ ޖަވާބު ނުދެވޭނެ ސުވާލެކެވެ. އެހެނަސް، ޢާންމުގެ ތެރެއަށް މިހާރު އެތައް ކަމެއް ތިލަވެއްޖެ އެވެ. ވެކްސިން މެދުވެރިކޮށް ދަރިމައިވުން މަނާ ކޮށް އާބާދީ ދަށްކުރުމަށް ޑަބްލިއުއެޗްއޯ އިން ދިވެހި ރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަކީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.


[1] World Health Organization, Geneva, 1994, p. 186

[2] https://pubmed.ncbi.nlm.nih.gov/12346214/

[3] ހޯދުމުގެ ޕީޑީއެފް https://tlgur.com/d/Gayy0jXG

15 thoughts on “ވެކްސިން މެދުވެރިކޮށް ފުރާވަރު އަންހެނުން ދަރިމައިނުވާ ގޮތް ހަދަން ޑަބްލިޔުއެޗްއޯއިން ރާއްޖޭގައި ހިންގި ޑީޕޮޕިއުލޭޝަން އަނދިރި ހަރަކާތް

  1. ތިޔަބޭފުޅުން ތިކުރައްވަނީ ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރުމަށް ކުރެއްވި މަތިވެރި މަސައްކަތް. ސިއްޙީ ޑިކްޓޭޓަރުކަމާއި ދެކޮޅަށް ޖިހާދު ތިކުރަނީ. ތިކަން ހުއްޓާނުލާތި. ވަރަށް ބޮޑަށް ޝުކުރިއްޔާ.

    Like

  2. ވަރަށް މުހިންމު މައުލޫމާތު ތަކެއް. މިކަހަލަ އިތުރު މަޢުލޫމާތު ގެނެސްދިނުމުގައި ފަސްނުޖެހޭނެ ކަމުގައި އުއްމީދުކުރަން.

    Like

    1. ފަހަތައް އެއްމެ ފިޔަވަޅެއްވެސް ނާޅާނެ އިރާދަކުރެއްވިއްޔާ. ވައްކަން މުލުން އުފުރާލަންދެން.

      Like

  3. ޑަބްލިޔުއެޗްއޯ ފަރަންޖީން ނަކީ ބޮޑު ވަގުން. އެމީހުންގެ ކަމަކީ ސަރުކާރުތަކަށް ލޮބީކުރުން ޞިއްޙާދާއިރާގެ ވައްކަން ކުރިއަރުވަން.

    Like

    1. ހުރިހާ ޓީޓީ ވެކްސިނެއް. ނުހުރޭ އެފަދައިން ހަދާފަ. ޓީޓީ ވެކްސިން އަކީ އޭގެ ޒަރީޢާއެއް. އެންމެނަށް އެއް ބޭހަކުން އެއް އަސަރުކުރާ ގޮތްވެސް ތަފާތުވާނެ.

      Like

  4. ނަމަ ނަމައިގަ މިކަހަލަ އާޓިކަލް ނުލިޔުން ރަންގަޅުވާނީ. މުޅި އާޓިކަލް ބިނާވެފަ އޮތީ ދިވެހިން ގަޔަށް ޖެހީ ސްޓަޑީގައި ބޭނުންކުރި ބޭސް އެއްކޮށްފައިހުރި ވެކްސިންނަމަ މިއީ އަނިޔާއެކޭ. އެކަމުގެ އެއްވެސް ހެއްކެތް ނެތް. ކީއްވެބާ ހުރިހާ ރަށެއްގެ ފުރާވަރު އަންހެން ކުދިންނަށް މިވެކްސިން ޖަހައިގެން އާބާދީ މަދުނުވީ؟

    Like

    1. ލިޔަން ޖެހޭ އެއްޗެއްސާ ނުލިޔަން ޖެހޭ އެއްޗެއްސަށް ގޮތް ނިންމާނެ ކަމެއް ނެތް އިނގޭތޯ. ޚިޔާނާތާއި ކޮރަޕްޝަނާއި ވައްކަން ފަޅާ އަރުވަން ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. ދިވެހިން ގަޔަށް މިފަދަ ވެކްސިން ޖެހި ކަމަކީ ދެބަސްވެވެން ނެތް ހަޤީޤަތެއް. އޭގެ ހެކި އެހުރީ ރީއްޗައް. އާބާދީ މަދުކުރި. ހުރިހާ އެންމެނަށް ޓާރގެޓްކޮށް އެކަން ކުރިންމަ ބޮޑުތަނުން ވައްކަން ފަޅާއަރާނެތީ އެކަން އެމީހުން ނުކުރީ. މީގެ އަނިޔާ ދެވިހިންތަކެއް ތަހަންމަލްކުރޭ. ކޮންމެހެން މި ވައްކަން ވަޅުޖަހަން އުޅޭނެ ކަމެއް ނެތް.

      Like

      1. ބިލްގޭޓްސް: “”މިހާރު ދުނިޔޭގެ އާބާދީ އަކީ 6.8 ބިލިއަން މީހުން. އަދި ވަރަށް އަވަހަށް މި އަދަދު 9 ބިލިއަނަށް އަރާނެ. ނަމަވެސް، އަހަރެމެން ޞިއްޙީ ފަރުވާއާއި، ދަރިމައިވުމުގެ ޞިއްޙީ ފަރުވާގެ ހިދުމަތަށާއި އައު ވެކްސިން ގެ މައްޗަށް ރަނގަޅު މަސައްކަތެއް ކޮށް ކޮށްފި ކަމުގައި ވާނަމަ، މި އަދަދު 10 ނުވަތަ 15 އިންސައްތަ މަދުކުރެވިދާނެ“

        އާބާދީ އިތުރުވާ ރޭޓް މަދުކުރަނީ އިނގޭތޯ.

        Like

  5. V bura furihama masaikatheh, enmmen kuraa Vakkan falhaa aruvaalan vaane in sha Allah, rayyithun Mikan kamah heyluntherikurumuge programme ves feshun lasvejje, mi sarukaaruthakun kameh kohddheyne kamah thibegen nuvaane, Maai Allah thibeyfulhunge masaikathugai barakaai lavvai ithuru kuri erunthah dhevvaashi eve, Aameen

    Like

Leave a reply to ފާތުމަ Cancel reply