10 އޮކްޓޯބަރ 2020
“އަހަރެމެން ބޯފެން ވަނީ ވަރަށް ބޮޑު އަދަދަކުން ނުރައްކާތެރި ކެމިކަލް މާއްދާ ތަކުން ތަޣައްޔަރުވެ ކޮންޓަމިނޭޓް ވެފައެވެ. ފަހުގެ ހެކިތަކުން ދައްކާގޮތުން ފޮއްޗާއި، ކޮސްމެޓިކް އަދި އެހެނިހެން އުފެއްދުންތަކުގެ މައިކްރޯ ޕްލާސްޓިކުން މިނިވަން، މައިކްރޯ ޕްލާސްޓިކު އެފެނެއްގައި ނެތް ޤުދުރަތީ ފެނުގެ މަޞްދަރެއް މިހާރަކު ނެތެވެ. ފުޅި ބަންދު ކުރެވިފައިވާ ފެނާއި ޤުދުރަތީ ގޮތުން ބިމުގައި ބަންދު ކުރެވިފައިވާ ފެން ވެސް ރައްކައުތެރިކަން ޔަޤީން ކޮށް ނުދެ އެވެ.”– ޑރ. އެންޑްރިއު ކައުފްމަން[1]
ވިޔަފާރި އިންޑަސްޓްރީން ޢާންމު ގިނަ މީހުންނަށް ވިސްނަވައި ދެނީ ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނަކީ ސާފު ބޯފެން ކަމުގަ އެވެ. މި ސަބަބަށްޓަކައި ސާފު ބޯފެން ފޯރުކޮށްދޭން ވަކާލާތުކުރާ ސިޔާސީ ފަރާތްތަކުން ވެސް ރައްޔިތުންނަށް ފޯރު ކޮށްދޭން ޢާންމުކޮށް ވަކާލާތު ކުރަނީ ފުޅި ބަންދު ފެނެވެ.
“ފުޅި ބަންދު ކުރެވިފައިވާ ޑިސްޓިލް ކުރެވިފައިވާ ފެނުގައި ވެސް އެ ފުޅިން ނުކުންނަ ކެމިކަލް އެކުލެވިގެން ވެއެވެ. ފެނުގެ ގިނަ މަޞްދަރު ތަކުގައިވާ ވިހަ ޓޮކްސިންގެ އެއް ގުރޫޕަކީ އޭގައިވާ ހެވީ މެޓަލް ތަކެވެ. މި ހެވީ މެޓަލް ތަކުގެ ތެރޭގައި ދުވަސްވީ އިންފްރާސްޓްރަކްޗަރ ތަކުން ފެންނަ ލީޑް (ކެމިކަލް ވިހަ) ހިމެނެ އެވެ. އާރސެނިކް އަކީ ޤުދުރަތީ ގޮތުންވެސް ފެންނަ އެއްޗެއް ކަމުގައި ވިޔަސް، އާންމުކޮށް ފެނުގެ ސަޕްލައިގައި ފެންނަ އާރސެނިކް (ކެމިކަލް ވިހަ) އަކީ އިންޑަސްޓްރިއަލް ކެމިކަލުގެ ނަތީޖާ އުފެއްދުމެކެވެ. ކްރޮމިއަމް 6 އަކީ ވެސް ވަރަށް ވިހަ އެއްޗަކަށް ވެދާނެ އެވެ. ޚާއްސަ ގޮތެއްގައި ޓްރޭސް މިނަރަލް މަދު މީހެއް ކަމުގައި ތިބާ ވެއްޖެނަމަ އެއިން ކޮންމެހެން ބޭނުން ޖެހިގެންވާ އެސެންޝިއަލް ކްރޮމިއަމް 3 ބަދަލުކޮށްލަ ފާނެ އެވެ.” – ޑރ. ކައުފްމަން
ކްރޮމިއަމް 6 އަކީ ކޮބާ؟
“ދަނޑުވެރިކަން ކުރާ ހިސާބުތަކުން އަންނަ ފެނުގައި ގަސް މަރާ ވިހަ ކެމިކަލް ( ހާބިސައިޑްސް ) އާއި ސޫފި މަރާ (ޕެސްޓިސައިޑް) ވިހަ ކެމިކަލް މާއްދާތައް ބިމު އަޑީގައިވާ ފެނުގައި ހިފާފައި ހުރުން އެކަށީގެންވެ އެވެ. ފަހުގެ ދިރާސާތަކުން ފެނުނު ގޮތުގައި ފާމަސޫޓިކަލް ބޭސް ކާރުޚާނާތަކުން އުފައްދާ ޕްރޯޒެކް އަދި ލޭގެ ޕްރެޝަރު ބޭސް ހުޅަނގުގެ ޤައުމުތަކުން ހުރިހާ ހިސާބެއްގައި ވެސް ފެނިފައިވެ އެވެ. ކްލޮރިން އާއި ފްލޮރައިޑް އެއްކޮށް ‘ޓްރީޓް ކުރެވިފައިވާ ފެނަކީ’ އަނެއް ނުރައްކަލެވެ.” – ޑރ. ކައުފްމަން
ރާއްޖޭގައި ބަންދުކޮށްފައިވާ ގިނަ ފުޅީގެ ފެނަނީ ކްލޮރިން އިން ޓްރީޓް ކޮށްފައިވާ ފެން ތަކެވެ. މިފަދަ އެކިއެކި ކެމިކަލް މީހުންނަށް ފެނުގެ ގޮތުގައި ފޯރު ކޮށްދީގެން އެއިން އިންސާނުން ބަލި ޖެހެމުން ދާއިރު ވެސް މިއަދު އަޅުގަނޑުމެންނަށް މިވަނީ އެއީ ރައްކައުތެރި ސާފު ބޯ ފެނަށް ވެފައެވެ.
“ސާފު ބޯފެން ގެރެންޓީ ކޮށްދޭނެ ހަމަ އެކަނި ގޮތަކީ ޑިސްޓިލް ކުރެވިފައިވާ ފެން ނުވަތަ ރިވާސް އޮސްމޮސިން ފިލްޓަރު ފެން ބޭނުން ކުރުމެވެ. ޑިސްޓިލް ކުރުން ނުވަތަ ރިވާސް އޮސްމޮސިސް ފިލްޓަރޭޝަން އިން ފެނުން މި މިފަދަ ހެވީ މެޓަލް މާއްދާތައް ބޭރުކޮށް ނެރެލެވޭނެ އެވެ. ތިބާ އާއި ތިބާގެ އާއިލާގެ ޞިއްޙަތު ރައްކައުތެރިކަން މަތީ ދަމަހައްޓަން ބޭނުންކަމުގައިވާ ނަމަ ތިބާ ބޯ ފެން ބަދަލު ކުރުމާއި މެދު ވިސްނުން ހުއްޓެވެ.” – ޑރ. ކައުފްމަން
ބޯފެނާއި އެކިއެކި ޕްލާސްޓިކް ފުޅިން ބަންދުކޮށްފައިވާ ބުއިން ތަކުގައިވާ ބީޕީއޭ ކެމިކަލް އަކީ ވެސް މިފަދަ ނުރައްކާތެރި ކެމިކަލެކެވެ. ބީޕީއޭ ކެމިކަލް އަކީ ދަރިމައިވުން މަނާކުރާ ބޭހެއް ގޮތުގައި ކެމިސްޓުން ބޭނުންކުރި އެއްޗެކެވެ. އެއަށްފަހު، އެއިން ޕްލާސްޓިކް އުފެއްދިދާނެކަން އެމީހުންނަށް އެނގުމުން އެމީހުންގެ ގިޔަރުތައް ޔޫޖެނިކްސްގެ އާބާދީ ކޮންޓްރޯލް ކުރުމުގެ އެޖެންޑާގެ ދަށުން ބަދަލުކުރީ އެއިން ޕްލާސްޓިކް ފުޅި ތައްޔާރު ކުރުމަށެވެ. ގިނަ ޕްލާސްޓިކް ފުޅި ތައްޔާރު ކޮށްފައި ހުންނަނީ މި ކެމިކަލުން ނެވެ. ޕްލާސްޓިކް ފުޅީގައި ހުންނަ ފެނާއި ދިޔާ އެއްޗެހީގައި ބީޕީއޭ ކެމިކަލް އެތައް ގުނައަކަށް ހުންނަ ކަން އެމީހުންނަށް އެނގެ އެވެ. ބީޕީއޭ އަކީ އަންހެނުން އަދި ފިރިހެނުންނަށް ވެސް ދަރިން ލިބުމަށް ހުރަސް އަޅާ ކެމިކަލެކެވެ.
ޑރ. އެންތޮނީ ޖޭ ވިދާޅުވެފައިވެ އެވެ. “ބީޕޭއޭ (BPA) ނުވަތަ (Bisphenol A) ބިސްފެނޮލް އޭ: މި އިންޑަސްޓްރިއަލް ކެމިކަލް އެންމެ ފުރަތަމަ ސައިންސުވެރިން (ކެމިސްޓުން) ބޭނުންކުރީ ދަރިމައިވުން މަނާކުރާ (ބާތް ކޮންޓްރޯ) އެއްޗަކަށެވެ. ސަބަބަކީ މި ކެމިކަލް މަސައްކަތް ކުރަނީ އެސްޓްރިޖެން އެއް ގޮތަށެވެ. (އެއަށްފަހު)، އެ މީހުންނަށް ބީޕީއޭ އިން ޕްލާސްޓިކް އުފެއްދޭނެކަން އެނގުމުން އެމީހުންގެ ގިޔަރުތައް އެކަމަށް (ޕްލާސްޓިކް އުފެއްދުމަށް) ބަދަލުކުރި އެވެ.”
ދިވެހި ރާއްޖޭގައި ބޭނުންކުރާ ބޯފެނުގައި ބީޕީއޭ ލެވެލް ހުރިވަރު ދިރާސާ ކުރެވިފައި ނެތުމަކީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. ރާއްޖޭގައި ފެން ބަންދުކުރަން ބޭނުންކުރާ ފުޅި އަކީ ބީޕީއޭ އިން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނޫނެވެ.
ސްޕެއިންގެ މަޝްހޫރު ޕްރޮފެސަރ އޮސްކާ އެޑްގާޑޯ ވިދާޅުވެފައިވެ އެވެ. ” ބިސްފެނޮލް އޭ އަކީ ޕެޓްރޯލިއަމް ބޭސްޑް ޑްރަގް އެއް ނުވަތަ ކެމިކަލެކެވެ. މިއީ ޕޮލިކާބޮނޭޓް ފަދަ ހަރު ޕްލާސްޓިކް އުފައްދަން ބޭނުންކުރާ އެއްޗެކެވެ. މިއީ ޕްލާސްޓިކަށް ހަރުކަމާއި، ދެފުށް ފެންނަ ގޮތް މެދުވެރިކުރާ އެއްޗެވެ. އަހަރެމެންގެ ބަދިގެ ތަކާއި އެކި ތަންތަނުގައި ކާއެއްޗެހި ބަންދުކުރަން ބޭނުންކޮށްފައިވާ އެއްޗަކީ ބިސްފެނޮލް އޭ އެވެ. އަހަރެމެންނަށް ބިސްފެނޮލް އޭ ފެންނަނީ އެތަނުން އެކަންޏެއް ނޫނެވެ. ބިސްފެނޮލް އޭ ޕްލާސްޓިކްގައި ހަރުލާފައި ހުންނަކީ ވަރަށް ނިކަމެތި ގޮތަކަށެވެ. އޭގެ މާނައަކީ ހޫނުކަމާއި ދޮންނަ މާއްދާތަކަށް މި ޕްލާސްޓިކް ހުށައެޅުމުން ބިސްފެނޮލް ބޭރަށް ނުކުމެ ކާ އެއްޗިއްސަށް އެޅެ އެވެ. ބިސްފެނޮލް އޭ އަހަރެމެން ހަށިގަނޑަށް އެތެރެ ވުމާއެކު އެ މަސައްކަތް ކުރަނީ އިންޕޯސްޓާ އެއް (ވަގެއްގެ) ގޮތަށެވެ. ހަށިގަނޑުގެ ހޯމޯން އާއި އެއް ވައްތަރު ވެގެންނެވެ. އެސްޓްރޮޖެން އާއި އެއްގޮތް ވެގަނެގެންނެވެ. އެސްޓްރޮޖެން އަކީ އޯވަރީ ގައި އުފައްދާ ހޯމޯން އެކެވެ. ޓެސްޓިކަލްސް އާއި އެހެނިހެން ގްލޭންޑް ތަކުގައި މިފެންނަނީ ވަރަށް މަދުންނެވެ. އެސްޓްރޮޖެން ހޯމޯން ގުޅިފައިވަނީ ދަރިމައި ވުމާ އެވެ. އެއީ ބަޔޮލޮޖިކަލް ނިޒާމު ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް ވަރަށް މުހިންމު އަދި ސެންސިޓިވް އެއްޗެކެވެ. އެސްޓްރޮޖެން އާއި އޭގެ އަސަރުތަކާއި ޢަމަލު ކޮޕީ ކުރާ އެއްޗެއް ކަމުގައިވާނަ، އެއިން ދަރިމައިވުމުގެ ޕްރޮސެސް ބަދަލުކޮށްލާނެ އެވެ. ތަހުލީލު ތަކުން ވަނީ މި ބިރު ސާބިތުކޮށްދީފަ އެވެ. އަހަރެމެންނަށް އެނގިފައިވާ ގޮތުން ބިސްފެނޮލް އޭ އަކީ އާންމު ވިހަ ތަކާއި ޚިލާފަށް މަސައްކަތް ކުރާ އެއްޗެކެވެ. އަހަރެމެންނަށް އާންމު ވިހަ އާއި މެދު އެނގިފައިވާ ގޮތަކީ އޭގެ ޑޯޒް މަތިވެއްޖެ ނަމަ ގެއްލުން ކުރާ ކަމެވެ. އެހެނަސް، ބިސްފެނޮލް އޭ މިގޮތަސް މަސައްކަތް ނުކުރެ އެވެ. މި ވިހަ އަކީ ވަރަށްވެސް މަދު ޑޯޒް އެއް ގައި މަސައްކަތް ކުރާ އެއްޗެކެވެ. މި މިން ކުރެވެނީ ހޯމޯން އާއި އެއްފަދައިން ޕާޓްސް ޕާ މިލިއަން އަށެވެ. އެސްޓްރޮޖެން އިން ބޮޑު މީހެއްގެ ހަޔާތުގައި ދަރިމައި ކުރުވުމުގެ ނިޒާމް ފުރިހަމައަށް މަސައްކަތް ކުރުމަށް ޕްރޮގުރާމް ކުރާފަދައިން، ބިސްފެނޮލް އޭ އިން ދަރިމައި ކުރުވާ ނިޒާމް ރީ-ޕްރޮގުރާމް ކޮށްލަ އެވެ. އެއަށްފަހު، މީހާގެ ހަޔާތުގެ ފަހުކޮޅުގައި އޭނާގެ ދަރިމައިވުމުގެ ނިޒާމް ކުރިން މަސައްކަތްކުރި ފުރިހަމަ ގޮތުގައި މަސައްކަތް ދެނެއް ނުކުރާނެ އެވެ. އެއިން އެ ނިޒާމް ބަލިޖައްސައި ހަލާކުކޮށްލަ އެވެ. ބިސްފެނޮލް އޭ އިން ޓެސްޓިކަލް ގެ މަސައްކަތްތައް ވަގުތުން ދަށް ކޮށްލަ އެވެ. އަދި ސްޕާމް ކައުންޓު ދަށް ކޮށްލައެވެ. ބިސްފެނޮލް އޭ ޕްލާސްޓިކުން ބޭރުކުރުން ހުއްޓުވުމަށްޓަކައި ޕްލާސްޓިކް ފުޅިއާއި ހޫނު އެއް ކުރުން ހުއްޓުވަން ޖެހެ އެވެ. ބިސްފެނޮލް އޭ އިން ސަލާމަތްވުމަށް ޕްލާސްޓިކްގެ ބަދަލުގައި ސިރަމިކް، ގްލާސް، މެޓަލް ބޭނުން ކުރެވިދާނެ އެވެ. ދަރިމައިނުވާ އަންހެނުންގެ ހަށިގަނޑުގެ ލޭގައި ބިސްފެނޮލް މަތީ އަދަދަކަށް ހުރިކަން ދަރިމައި ކުރުވާ ސެންޓަރުތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާފައި ވެއެވެ.” [2]
ހަމަ އެފަދައިން ފްލޮރައިޑް އަކީ ވެސް ދަތް އުނގުޅާ ބޭހަށާއި ބޯފެނުގެ ސަޕްލައި އަށް ގަސްތުގައި އަޅާފައި ހުންނަ ކެމިކަލް މާއްދާ އެކެވެ. ދަތް އުނގުޅާ ބޭހަށް އަދި ފެނުގެ ސަޕްލައިއަށް ފްލޮރައިޑް އެޅީ ޔޫޖެނިސްޓު ރޮކްފެލާއިން ގެ ވަރަށް ބޮޑު މަކަރުވެރި ހީލަތްތެރި މަޅިއެއް ގެ ދަށުން ނެވެ.
1950 ގައި އެމެރިކާގެ ފެނުގެ ސަޕްލައި އަށް ފޮލޮރައިޑް ކެމިކަލް އެޅީ ރޮކްފެލާއިންގެ ޗޭސް މަންހަޓަން ބެންކާއި އެލުމިނިއަމް ޓްރަސްޓު މެދުވެރިކޮށް ރޮކްފެލާއިން ނެވެ. އޭރު ޕަބްލިކް ހެލްތް ސާވިސްގެ ވެރިއަކަށް ހުރީ އޮސްކާ އީވިންގް އެވެ. އޭނާ އަކީ އެލުމިނިއަމް ކޯޕަރޭޝަންގެ ކުރީގެ އެޓާނީ ކަން ކުރި މީހެކެވެ. މީނާ އަކީ ރޮކްފެލާ އިންގެ އިސް އެޖެންޓެކެވެ. ސަރުކާރުގެ ބާރުގެ ދަށުން އެމެރިކާގެ ކޮންމެ ސިޓީއެއްގެ ފެނަށް ފްލޮރައިޑް އެޅުން މަޖުބޫރު ކުރުމަށް އެލުމިނިއަމް ކޯޕަރޭޝަން އިން އޮސްކާ އީވިން އަށް 775،000 ޑޮލަރުގެ ރިޝްވަތު ދީފައިވާ ކަމަށް 1952 މާޗް 22 ގައި އެމެރިކާގެ ކޮންގްރެސް ގައި މެން އެޑޮލްފް މިލާ ހެކި ދައްކާފައި ވެއެވެ. ރޮކްފެލާ އިން ބޭނުންވެގެން، ބޯފެނަށް ސޯޑިއަމް ފްލޮރައިޑް އެޅީ ސައިންސުގެ ފާދަރަކު މެދުވެރިކޮށް ޙީލަތްތެރި ކަމާއެކު ދޮގުވެރި ތަހުލީލެއް ނެރެގެންނެވެ. އެ ތަހުލީލު ގައި އޭނާ ބުނެފައިވަނީ 8 އަހަރުން ދަށުގެ ކުދިން ސޯޑިއަމް ފްލޮރައިޑް އަޅައިގެން ފެން ބޮއެފިނަމަ، ދަތްތައް ފަނި ބޮއެ ހަލާކުވެގެން ނުދާނެ ކަމުގަ އެވެ. އެއަށްފަހު ދަތުގެ ޑޮކްޓަރުން މެދުވެރިކޮށް ފްލޮރައިޑް އިން ތައްޔާރު ކޮށްފައިވާ ދަތް އުނގުޅާ ބޭސް އަދި ފެން މުޅި މުޖުތަމަޢުގައި އިޝްތިހާރު ކުރި އެވެ.
1994 ގައި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގައި މަސައްކަތްކުރަމުން، ފްލޮރައިޑް އާއި ބެހޭ ގޮތުން ސްޓަން ފްރެނީ ރިސާޗް ޕޭޕަރެއް ނެރުނެވެ. މި ޕޭޕަރުގެ މައުޟޫ އަކީ “މަތީ ލެވެލް އަކަށް ފްލޮރައިޑް އަޅާފައި ހުންނަށް ބޯފެނަށް ހުށައެޅުމަކީ ދަރިމައިވުމުގެ ރޭޓް ދަށްވުމާއި ގުޅިފައިވާ ކަމެއް” ކަމުގަ އެވެ. މި ޕޭޕަރު ޕަބްލިޝް ކުރެވިފައިވަނީ ޖާނަލް އޮފް ޓޮކްސިކޮލޮޖީ އެންޑް އެންވަޔަރަންމެންޓަލް ހެލްތު ގަ އެވެ. [3]
މި ފަންނީ ހޯދުމުގައި ފްރެނީ ލިޔެފައި ވަނީ މިފަދައިން ނެވެ. ” އެމެރިކާގެ ބޯފެނުގެ ނިޒާމުގެ ޑޭޓާބޭސް ބޭނުންކޮށްގެން ފެނުގެ ނިޒާމާއި އެކުވާ ކައުންޓީސް (ހިސާބު) ތަކުގެ އިންޑެކްސް (މިންގަނޑު) ހޯދުމަށް ބޭނުންކޮށް ބަލާލިއިރު ފްލޮރައިޑް ލެވެލް ppm3 (ތިން ޕާޓްސް ޕާ މިލިއަން އަށް) އެންމެ މަދުވެގެން ރިޕޯޓުކޮށްފައި ވެއެވެ. 1970 އިން 1988 އާއި ހަމައަށް 10 އަހަރާއި 49 އަހަރުގެ އަންހެނުންގެ ޖުމްލަ އަހަރީ ދަރިމައިވާ ރޭޓް (ފާޓާލިޓީ ރޭޓް) ހިސާބު ކުރެވުނެވެ. ގިނަ އަވަށްތަކުން ދެއްކި ގޮތުން ފްލޮރައިޑް ލެވެލް އިތުރުވުމާއި ދަރިމައިވުމުގެ ރޭޓް (ނުވަތަ ޓީއެފްއާރް) ދަށަށް ދިއުމާއި ގުޅިފައި ވެއެވެ.”
ޑިސްޓިލް ކުރެވިފައިވާ ފެން

ޑިސްޓިލް ކުރުމަކީ ޤުދުރަތީ ގޮތުން ދުނިޔޭގައި ހުންނަ ފެނަށް އިރުން ހޫނު ވުމުގެ ސަބަބުން ފެނުން އާވި އުފައްދައި އެތައް މެޓްރިކް ޓަނުގެ ފެން އުޑުމައްޗަށް އުފުއްލަވައި އެ ފިނިކޮށް ޖަމާ ކުރެވި ވާރޭ ވެހޭ ނިޒާމު ގައިވެސް ސާފު ބޯފެން އުފެއްދުމުގައި ޢަމަލުކުރެވޭ ޤުދުރަތީ ނިޒާމާއި އެއްގޮތަށް މެޝީން ބޭނުން ކޮށްގެން ސާފު ފެން އުފެއްދުމެވެ. މި ގޮތަށް ފެން ހޫނު ކުރެވި އާވި އުފައްދައި، އެ އުފެދޭ އާވި ފިނި ކުރެވި، ވަކި ޖަގެއް ފަދަ އެއްޗަކަށް ފިނިވާ ފެން ޖަމާ ކުރެވެ އެވެ.

| ގޭގައި ޑިސްޓިލް ފެން ހެދޭނެގޮތުގެ ކުރެހުމެއް: ތެއްޔަކަށް ފެން އެޅުމަށްފަހު ހުސް ބޯތައްޓެއް (މުށި) ފަދަ ނުވިރާ އެއްޗެއް އެތެލީގެ އެތެރޭގައި ބަހައްޓާނީ އެވެ، އަދި ތެލި ކުރެހުމުގައި ވާގޮތަށް މަތިޖަހާނީ އެވެ. [1] |


ވާރޭ ފެނަކީ ޤުދުރަތީ ގޮތުން އޭގެ ޒާތުގައި ސާފު ބޯ ފެން ކަމާއި މެދު އެކަކުވެސް ޝައްކު ނުކުރާނެ އެވެ. އެހެނަސް، ޖައްވައް ނެރެފައިވާ އެކިއެކި ވިހަ ކެމިކަލް މާއްދާތަކުގެ ސަބަބުން ވާރޭ ވެހޭ އިރު ހެވީ މެޓަލް މާއްދާތައް ވާރޭ ފެނާއި އެކުވެ ތަޣައްޔަރުވެފައި ހުންނަ ފެން ނޫނީ ގިނަ މީހުންނަށް ވާރޭ ފެނުގެ ގޮތުގައި މިހާރު ނުލިބޭތީވެ އޭގެ ސާފު ކަމުގެ މައްޗަށް ވަނީ ހުރަސްތަކެއް ކުރިމަތި ކުރެވިފަ އެވެ. މިއީ ހައްތަހާވެސް ވެއްޓަށް ކުރިމަތިވެފައިވާ އިންޑަސްޓްރިއަލް ޕޮލިއުޝަން ގެ ނުރައްކަލުގެ ސަބަބުން ތަޙަންމަލު ކުރަން ޖެހިފައިވާ ކަންކަމެވެ.
“ޑިސްޓިލް ކުރެވިފައިވާ ފެނަކީ އެންމެ ސާފު ފެނެވެ. އަދި އެ ފެން އެހާމެ ރައްކައުތެރި އެވެ. ޑިސްޓިލާ ގެ ދެރަކަމަކީ ފެން ޑިސްޓިލް ކުރުމަށްފަހު، ބާކީ ހުންނަ (ބޯން އެކަށީގެން ނުވާ ނުރައްކާތެރި ކެމިކަލް) މާއްދާތައް ތިބާއަށް ޑިސްޓިލާ އިން ފެންނަން ހުރުމެވެ. އެ ފެނިއްޖެނަމަ، ތިބާ ދެން ދުވަހަކުވެސް ސަޕްލައި ފެނެއް އެ ހުރިގޮތަށް ޑިސްޓިލް ނުކޮށް ނުބޯނެ އެވެ.” – ޑރ. ކައުފްމަން
ރިވާސް އޮސްމޮސިސް ފެން

“ޑިސްޓިލް ކުރުމާއި އެއްވަރަށް ފެނުން ތަޣައްޔަރުވެފައިވާ މާއްދާތައް ބޭރުކުރުމުގައި ރިވާސް އޮސްމޮސިސް މަސައްކަތް ނުކުރެ އެވެ. އެހެނަސް، މި ގޮތަކީ ޞިއްޙަތައް އެކަށީގެންވާ ފެންވަރު ރަނގަޅު ސާފު ބޯފެން ފޯރުކޮށްދޭ ގޮތެ ކެވެ.” – ޑރ. ކައުފްމަން

ރިވާރސް އޮސްމޮސިސް އަކީ ވެސް ޤުދުރަތީ ގޮތުން މޫދުގައި ހުންނަ ފެން ބިމުގެ ތެރެއަށް ފިލްޓަރު ވެގެން ވަންނަ ނިޒާމުގައިވާ ގޮތަށް ފެން ބިމަށް ވަންނަ އިރު އޭގައި އެހުންނަ ބޭކާރު މާއްދާތައް ވެލީގެ ލޭޔަރު ތަކުން ފިލްޓަރ ކޮށް ސާފު ބޯފެން އަހަރުމެންނަށް ފޯރު ކޮށްދެވޭ މި ޤުދުރަތީ ނިޒާމާއި އެއްގޮތަށް ފިލްޓަރު ކޮށްގެން ސާފު ބޯފެން ނެރޭ މެޝިނަރީ ނިޒާމަކަށް ކިޔާ ނަމެވެ. ރާއްޖޭގެ ބާޒާރުގައި މިހާރު މިފަދަ އާލާތްތައް ފަސޭހައިން ލިބެން އެބަ ހުއްޓެވެ.

އަމިއްލަޞިއްޙަތު ޓީމް

އިތުރު ލިޔުންތައް ކިޔާ ލުމަށް މިތަނަށް ކްލިކް ކޮށްލައްވައިގެން އަޅުގަނޑުމެންގެ ޓެލެގްރާމް ޗެނަލް އަށް ވަދެ ލައްވާށެވެ. އަމިއްލަޞިއްޙަތު ވެބްސައިޓް ގައި ޞިއްޙަތާއި ގުޅުންހުރި މައުޟޫތަކަށް ލިޔުންތައް ޝާޢިއު ކުރުމަށް އަޅުގަނޑުމެންނަށް amillasihhath@gmail.com އަށް މެއިލް ކޮށްލަ ދެއްވާށެވެ.
[1] https://www.andrewkaufmanmd.com/2020/04/
[2] https://www.youtube.com/watch?v=EzkLzc0O3dU
[3] Exposure to High Fluoride Concentrations in Drinking Water is Associated With Decreased Birth Rates – Journal of Toxicology and Environmental Health (v.42, pp.109-121, 1994) http://www.ncbi.nlm.nih.gov/pubmed/8169995
