ބޭސް އުފައްދާ ބިޔަ ކާރުޚާނާތަކުން ވަނީ މުޅި ޞިއްޙީ ދާއިރާ ރިޝްވަތުގެ ނުފޫޒުން ގަނެ މުށުތެރިއަށްލާފައި – ދި ނިއު އިންގްލެންޑް ޖާރނަލްގެ ކުރީގެ އެޑިޓަރ އިން ޗީފް

“ބިގްފާމާ” ނުވަތަ ބޭސް އުފައްދާ ބޮޑެތި ކާރުޚާނާތަކުން ވަނީ ސިއްޚީ ދާއިރާގެ ފަންނާނުންނާއި، ބަލިތަކަށް ފަރުވާ ދޭންވީ ގޮތާއި، ބަލިތަކަށް ފަރުވާ ދިނުން ކިޔަވައިދޭ ތަންތަނާއި، އެތަނުގައި ކިވައިދޭ އެއްޗެެއްޗެެއްސާއި އަދި ސިއްޙީ ހޯދުންތަކާއި ތަހުލީލުތައް ބޮޑު އަގުދީ ރިޝްވަތުގެ ނުފޫޒުން ގަނެ މުށުތެރެއަށް ލާފަ އެވެ.