ދުނިޔެއަށް އުފަން ނުވާ ތުއްތު ކުދިންގެ އިންސާނީ ކަޅު ވިޔަފާރި: ބިގް ފާމާ، ވެކްސިން އަދި “ފީޓަސް” ނުވަތަ ދަރިވެއްޓުމުގެ ވިޔަފާރި

އެސޯސިއޭޓެޑް ޕްރެސް އަށް ދިން ބަސްދީގަތުމުގައި އެމެރިކާގެ ޒުވާން ފިރިހެނާ ކިޔައިދިނެވެ. "އަހަރެންގެ ލޯބިވެރިޔާ އަކީ މާބަނޑު ވުމަށް ނުހަނު ލޯބި ކުރާ މީހެކެވެ. އަދި ދަރި ވެއްޓުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި އޭނާ 7 ފަހަރު ދަރި ވެއްޓި އެވެ." މިއީ ބިރުވެރި ފިލްމެއްގެ ވާހަކަ އެއް ނޫނެވެ. އެހެނަސް، މި ކަމަކީ މިހާރު، އަދި ކިއެއް މި ހިނދުކޮޅުގައި ވެސް ހިނގަމުންދާ ހަޤީޤީ އިންސާނީ ކަޅު ވިޔަފާރިއެއްގެ … Continue reading ދުނިޔެއަށް އުފަން ނުވާ ތުއްތު ކުދިންގެ އިންސާނީ ކަޅު ވިޔަފާރި: ބިގް ފާމާ، ވެކްސިން އަދި “ފީޓަސް” ނުވަތަ ދަރިވެއްޓުމުގެ ވިޔަފާރި

މިއަދު މުޅި ދުނިޔޭގެ ޢާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޑަބްލިޔުއެޗްއޯ އާއި އޭގެ ދަށުން މަސައްކަތް ކުރާ ޞިއްޙީ އިދާރާތަކުގެ ކޮރަޕްޝަން: އެއީ ކީއްވެ؟

1973 އިން 1988 އަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަކަށް ހުރި ހާފްޑަން މާލާރ 1988 ގައި ޑެނިޝް ނޫސް ޕޭޕަރު ޕޮލިޓިކެން އަށް ދިން އިންޓަރވިޔުއެއްގައި އެބޭފުޅާ ވަނީ ފާމަސޫޓިކަލް (ބިޔަ ބޭސް އުފައްދާ ކާރުޚާނާ) ކުންފުނިތަކުން ޑަބުލިޔުއެޗްއޯ ގެ މައްޗަށް ވެރި ވަމުންދާ ކަމުގައި ބުނެ ރައްޔިތުންނަށް ދުރާލާ އިންޒާރު ދީފަ އެވެ. އެބޭފުޅާ އެދުވަހު ވިދާޅުވީ "(ފާމަސޫޓިކަލް) އިންޑަސްޓްރީ އިން ޑަބުލިޔުއެޗްއޯ ހިފައިފި" ކަމުގައެވެ. އެބޭފުޅާ މިފަދައިން ވިދާޅުވި އިރު އެއްވެސް މީހަކު … Continue reading މިއަދު މުޅި ދުނިޔޭގެ ޢާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޑަބްލިޔުއެޗްއޯ އާއި އޭގެ ދަށުން މަސައްކަތް ކުރާ ޞިއްޙީ އިދާރާތަކުގެ ކޮރަޕްޝަން: އެއީ ކީއްވެ؟

ފައިޒާގެ މެޑިކަލް ކޮރަޕްޝަން: 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކިއެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާ ބިގްފާމާ މުޖުރިމު ކުންފުންޏެއް

ފައިޒާ ކިޔައި މިހާރު މަޝްހޫރުވެގެން އުޅޭ ކޮވިޑް ވެކްސިން އުފައްދާ ކުންފުންޏަކީ 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން އެމެރިކާ ޑޮލަރު (ހަތްދިހަ ދެ ބިލިޔަން، ހަތަރު ސަތޭކަ ހަތްދިހަ ހަތަރު މިލިޔަން ދިވެހި ރުފިޔާ) ގެ އަދަބަކުން ޖޫރިމަނާ ކުރެވިފައިވާ މުޖުރިމު ބިގްފާމާ ކުންފުންޏެއްކަން ހާމަވެއްޖެ އެވެ. "ބޭހާއި ޞިއްޙީ އާލާތްތަކުގެ ރައްކައުތެރިކަން ކަށަވަރު ނުކުރުމުގެ (ސޭފްޓީ ވައިލޭޝަންތަކުގެ) ކުށަށް އެރުމާއި ގުޅިގެން 103 މިލިއަން ޑޮލަރުން ޖޫރިމަނާ … Continue reading ފައިޒާގެ މެޑިކަލް ކޮރަޕްޝަން: 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކިއެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާ ބިގްފާމާ މުޖުރިމު ކުންފުންޏެއް

ބޭސް އުފައްދާ ބިޔަ ކާރުޚާނާތަކުން ވަނީ މުޅި ޞިއްޙީ ދާއިރާ ރިޝްވަތުގެ ނުފޫޒުން ގަނެ މުށުތެރިއަށްލާފައި – ދި ނިއު އިންގްލެންޑް ޖާރނަލްގެ ކުރީގެ އެޑިޓަރ އިން ޗީފް

“ބިގްފާމާ” ނުވަތަ ބޭސް އުފައްދާ ބޮޑެތި ކާރުޚާނާތަކުން ވަނީ ސިއްޚީ ދާއިރާގެ ފަންނާނުންނާއި، ބަލިތަކަށް ފަރުވާ ދޭންވީ ގޮތާއި، ބަލިތަކަށް ފަރުވާ ދިނުން ކިޔަވައިދޭ ތަންތަނާއި، އެތަނުގައި ކިވައިދޭ އެއްޗެެއްޗެެއްސާއި އަދި ސިއްޙީ ހޯދުންތަކާއި ތަހުލީލުތައް ބޮޑު އަގުދީ ރިޝްވަތުގެ ނުފޫޒުން ގަނެ މުށުތެރެއަށް ލާފަ އެވެ.