ޑަބްލިޔުއެޗްއޯ: ޕީސީއާރް ޓެސްޓުގެ ސީޓީ ވެލިއު މަތިވި ވަރަކަށް ފޯލްސް ޕޮޒިޓިވް ގިނަ ވާނެ!

ޕީސީއާރް ޓެސްޓުގެ ސީޓީ (ސައިކަލް ތްރެޝޯލް) ވެލިއު މަތިވި ވަރަކަށް ޓެސްޓު ޕޮޒިޓިވް ވާނެ ކަމުގަ އާއި އަދި ޕީސީއާރު ޓެސްޓަކީ މީހާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ކަނޑައެޅޭނެ ހަމައެކަނި އެއްޗަކަށް ނުހެދޭނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ. މިފަދައިން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ 13 ޖެނުއަރީ އަށް ނިޞްބަތްކޮށް 20 ޖެނުއަރީ 2020 އެމީހުން ނެރެފައިވާ ކޮވިޑް މައުލޫމާތު ނޯޓިސް (2020/05) ގައެވެ.[1] އަދި ޢަލާމާތެއް ނެތް ނަމަ އަލުން ޓެސްޓު ކުރަން ޖެހޭ … Continue reading ޑަބްލިޔުއެޗްއޯ: ޕީސީއާރް ޓެސްޓުގެ ސީޓީ ވެލިއު މަތިވި ވަރަކަށް ފޯލްސް ޕޮޒިޓިވް ގިނަ ވާނެ!

ވެކްސިންއަނިޔާ: ކޮވިޑް-19 ވެކްސިން ޖެހުމަށްފަހު 24 ގަނޑިއިރު ތެރޭ ވެކްސިނުން 23 އަހަރުގެ އިޒްރޭލުގެ ޒުވާނަކަށް “ފުރާނައަށް-ނުރައްކާ ބައްޔެއް” ޖެހިއްޖެ!

ވެކްސިންއަނިޔާ: ކޮވިޑް-19 ވެކްސިން ޖެހުމަށްފަހު 24 ގަނޑިއިރު ތެރޭ ވެކްސިނުން 23 އަހަރުގެ އިޒްރޭލުގެ ޒުވާނަކަށް "ފުރާނައަށް-ނުރައްކާ ބައްޔެއް" ޖެހިއްޖެ!

ކޮވިޑް-19 ޚިޔާނާތާއި ގުޅިގެން އަޅަމުންދާ ހަރުކަށި ޑިކްޓޭޓަރު ޣައިރު ޤާނޫނީ ފިޔަވަޅުތަކާއި ދެކޮޅަށް ކެނަޑާ ސަރުކާރާއި ދެކޮޅަށް ކޯޓަށް!

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ހަރުކަށި ޑިކްޓޭޓަރު ޣައިރު ޤާނޫނީ ފިޔަވަޅުތަކާއި ދެކޮޅަށް ކެނެޑާގެ މަޝްހޫރު ކޮންސްޓިޓިއުޝަނަލް ލޯޔަރު، ރޮއްކޯ ގެލަޓީ ކެނަޑާ ސަރުކާރާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދަފި އެވެ.[1] އަދި މި ކޯޓް ކޭސްގައި ކެނެޑާގެ ބްރޮޑްކާސްޓިންގ ކޯޕަރޭޝަން (ސީބީސީ) އާއި ދެކޮޅަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ. އެއީ އެފަރާތުގެ ތެދުވެރިކަމެއް ނެތި ޚިޔާނާތްތެރި ކަމާއެކު ގެނެސްދިން ކޮވިޑް ވައްކަމުގެ މީޑިއާ ނެރޭޓިވްގެ ސަބަބުން "ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރި އަދި ރައްޔިތުންގެ … Continue reading ކޮވިޑް-19 ޚިޔާނާތާއި ގުޅިގެން އަޅަމުންދާ ހަރުކަށި ޑިކްޓޭޓަރު ޣައިރު ޤާނޫނީ ފިޔަވަޅުތަކާއި ދެކޮޅަށް ކެނަޑާ ސަރުކާރާއި ދެކޮޅަށް ކޯޓަށް!

ތޭވީސް މަރު: ފައިޒާގެ ކޮވިޑް-19 ވެކްސިން ބަޔޯ-ކެމިކަލް ދިޔަ ޖަހައިގެން އެތައް ބަޔަކު މަރުވުމުން ނޯވޭ ސަރުކާރުން އެކަން ތަހުޤީޤު ކުރަން ފަށައިފި

ކޮވިޑް-19 ވެކްސިން ލެބޯޓަރީ އެކްސްޕެރިމެންޓް ބަޔޯ-ކެމިކަލް ދިޔަ ޖަހައިގެން އެތައް ބަޔަކު މަރުވުމުން ނޯރވޭ ސަރުކާރުން އެކަން ތަހުޤީޤު ކުރަން ފަށައިފި އެވެ. ([1]) ނޯވޭގައި ފައިޒާ/ބަޔޯ-އެން-ޓެކް ވެކްސިން ބަޔޯ-ކެމިކަލް (އެކިއެކި ބަޔޮލޮޖިކަލް އަދި ކެމިކަލް މާއްދާތައް އެއްކޮށް އުފައްދާފައިވާ) ތަހުލީލީ ދިޔަ ޢާންމުން ގަޔަށް ޖަހަން ފެށީ މިދިޔަ އަހަރު ނިމެން 4 ދުވަސް ވެފައި ވަނިކޮށެވެ. ފައިޒާގެ މި ވެކްސިން ޖަހަން ފެށުމުގެ ކުރިން އެއިން އެކި ފެންވަރުގެ ސައިޑް އެފެކްޓު ތައް (ނޭދެވޭ … Continue reading ތޭވީސް މަރު: ފައިޒާގެ ކޮވިޑް-19 ވެކްސިން ބަޔޯ-ކެމިކަލް ދިޔަ ޖަހައިގެން އެތައް ބަޔަކު މަރުވުމުން ނޯވޭ ސަރުކާރުން އެކަން ތަހުޤީޤު ކުރަން ފަށައިފި

ކޮވިޑް-19 ވައިރަސް އައިސޮލޭޝަން ޚިޔާނާތުގެ ޚުލާސާ – ޑރ. ތޯމަސް ކޮވަން

ބައްޔެއް މުޖްތަމަޢުގައި ފެތުރި އެންމެނަށް އެއް ޢަލާމާތްތަކެއް ދިމާވުމަށް ކޮންމެހެން ވައިރަސް އޭ މި ކިޔާ އެއްޗެއް މުހިންމު ހެއްޔެވެ؟ ހީރޯޝީމާއަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން އެތަނުގެ ރައްޔިތުން މިއަދާއި ހަމައަށް ވެސް ދަނީ އެކިއެކި ބަލިތަކާއި އަނިޔާތައް ތަހަންމަލު ކުރަމުންނެވެ. އެތަނުގެ ރައްޔިތުންގެ މެދުގައިވަނީ ނިއުކްލިއާ ރޭޑިއޭޝަންގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިފަ އެވެ. އެއީ ގައިމު ވައިރަހެއް ކަމަށް އެކަކުވެސް ނުދެކެ އެވެ. އެކަމަކު ހަމަ އެންމެންގެ ތެރޭގައި ވަނީ އެ ބަލި … Continue reading ކޮވިޑް-19 ވައިރަސް އައިސޮލޭޝަން ޚިޔާނާތުގެ ޚުލާސާ – ޑރ. ތޯމަސް ކޮވަން

ކޮވިޑް 19 ވައިރަސް މިއަދާއި ހަމަށް ވެސް ދިވެހި ރާއްޖެއިން ހޯދިފައި ނެތް ކަމުގައި އެޗްޕީއޭއިން ބުނެފި!

ކޮވިޑާ ގުޅިގެން ރައްޔިތުން ފުރަބަންދުކޮށް، ކުޑަ ގޮޅިއަށް ލައި، ކަރަންޓީނުކޮށް، މާސްކު އަޅުވައި، އަސާސީ ހައްޤުތައް ހިފަހައްޓައި، ދަވްލަތުގެ ފައިސާ މިއާ ގުޅޭ އެކި ކަންކަމަށް އިސްރާފުކޮށް، ރައްޔިތުން ގަޔަށް މިއާ ގުޅުވައިގެން ވެކްސިން ޖަހަން އުޅޭއިރު، ކޮވިޑް 19 ވައިރަސް ދިވެި ރާއްޖެއިން އަދި މިހާތަނަށް ހޯދިފައި ނެތް ކަމުގައި އެޗްޕީއޭ އިން ބުނެފި އެވެ. އެޗްޕީއޭ ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިފަދައިން ބުނެފައިވަނީ 3 ސެޕްޓެންބަރ 2020 ގައި އެޗްޕީއޭ އަށް … Continue reading ކޮވިޑް 19 ވައިރަސް މިއަދާއި ހަމަށް ވެސް ދިވެހި ރާއްޖެއިން ހޯދިފައި ނެތް ކަމުގައި އެޗްޕީއޭއިން ބުނެފި!

ފުރިހަމަ ގޮތުގައި އައިސޮލޭޓް ކުރެވިފައިވާ ކޮރޯނާ ވައިރަސް އެއް ދައްކައި، އެއިން ބައްޔެއް ޖައްސާ ކަން ސާބިތުކޮށްދީފިނަމަ 100000 ޑޮލަރު ދޭނަން – ޑރ. ތޯމަސް ކޮވަން

ފުރިހަމަ ގޮތުގައި އައިސޮލޭޓް ކުރެވިފައިވާ ކޮރޯނާ ވައިރަސް އެއް ދައްކައިފިނަމަ، 50،000 ޑޮލަރު ދޭނެ ކަމަށާއި އަދި އެ އައިސޮލޭޓް ކުރި ވައިރަސް މާއްދާއިން ޖަނަވާރަކަށް ބަލި ޖައްސައިފި ކަން ސާބިތުކޮށްދީފިނަމަ އަނެއް 50،000 ޑޮލަރު ދޭނެ ކަމަށް "ކޮންޓޭޖަން މިތް/ގައިގަޔަށް ބަލި އެރުމުގެ ޚުރާފާތް" ފޮތް ލިޔުއްވި ޑޮކްޓަރު ތޯމަސް ކޮވަން ވިދާޅުވެއްޖެ އެވެ. https://videopress.com/v/TGgeYs8h?preloadContent=metadata "އަހަރެމެން ވަނީ 100،000 ޑޮލަރު އެއްކޮށްފަ. ފުރިހަމަ ގޮތުގައި އައިސޮލޭޓް (ވަކި) ކުރެވިފައިވާ ކޮރޯނާ ވައިރަހެއް އަހަރެމެންނަށް އެއްވެސް … Continue reading ފުރިހަމަ ގޮތުގައި އައިސޮލޭޓް ކުރެވިފައިވާ ކޮރޯނާ ވައިރަސް އެއް ދައްކައި، އެއިން ބައްޔެއް ޖައްސާ ކަން ސާބިތުކޮށްދީފިނަމަ 100000 ޑޮލަރު ދޭނަން – ޑރ. ތޯމަސް ކޮވަން

ޕީސީއާރު ސައިކަލް ތްރެޝޯލްޑް 40 އަށް މަތިކޮށް ކަނޑައަޅައިގެން ރާއްޖޭގައި ކޮވިޑް ބަލި ނުޖެހޭ އެތައް ބައެއް ބަލި ޖެހިއްޖެ ކަމުގައި ނުރަނގަޅުކޮށް ނިންމަމުންދާކަން ފަޅާ އަރައިފި!

ޕީސީއާރު ސައިކަލް ތްރެޝޯލްޑް 40 އަށް މަތިކޮށް ކަނޑައަޅައިގެން ރާއްޖޭގައި ކޮވިޑް ބަލި ނުޖެހޭ މީހުން ބަލި ޖެހިއްޖެކަމަށް ނިންމާކަން ފަޅާއަރައިފި އެވެ. ކޮވިޑް ވައިރަސް ހުރިތޯ ބެލުމަށް ހަދާ ޕީ.ސީ.އާރ ގެ "ސައިކަލް ތްރެޝޯލްޑް" (ސީ.ޓީ) 35 ކަށް ވުރެ މަތި ނަމަ އެއިން ބަލި ޖެހުމަކީ ވަރަށް ނާދިރު ކަމެއް ކަމައް އެމެރިކާގެ ޑރ. ފައުޗީ ބުނެފައިވެ އެވެ. އަދި 36. 37 ނުވަތަ 38 ގައި ސީ.ޓީ ހުންނަ ނަމަ އެއީ މަރުވެފައިވާ … Continue reading ޕީސީއާރު ސައިކަލް ތްރެޝޯލްޑް 40 އަށް މަތިކޮށް ކަނޑައަޅައިގެން ރާއްޖޭގައި ކޮވިޑް ބަލި ނުޖެހޭ އެތައް ބައެއް ބަލި ޖެހިއްޖެ ކަމުގައި ނުރަނގަޅުކޮށް ނިންމަމުންދާކަން ފަޅާ އަރައިފި!

ޕީ.ސީ.އާރ ޓެސްޓު ބާތިލް އެއްޗަކަށް ހަދަނީ!

ކޮވިޑް19 ބަލި ހުރިތޯ ބެލުމަށް ހަދާ ޕީ.ސީ.އާރ ޓެސްޓު ހަދާނެ ގޮތް ކަނޑައަޅާ ތައްޔާރުކުރި ފަންނީ ކަރުދާހާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ ފުންނާބުއުސް 23 ސައިންޓިސްޓުން ވެގެން ލިޔުނު ކަރުދާސް "ޕީ.ސީ.އާރ ޓެސްޓު ގައިވާ 10 ބޮޑެތި މައްސަލަ" އާ ގުޅިގެން، ކޮވިޑް19 އަށް އުފެއްދި ޕީ.ސީ.އާރ ޓެސްޓު ފަންނީ ކަރުދާސް އަލުން ބެލުމަށް ކަރުދާސް ޝާއިޢުކުރި "އިޔުރޯސަރވެއިލަންސް" ޖަރނަލް އިން އަލުން އެ ކަރުދާސް މުރާޖާއާ ކުރުމަށް ނިންމައިފިއެވެ.

ފައިޒާގެ މެޑިކަލް ކޮރަޕްޝަން: 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކިއެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާ ބިގްފާމާ މުޖުރިމު ކުންފުންޏެއް

ފައިޒާ ކިޔައި މިހާރު މަޝްހޫރުވެގެން އުޅޭ ކޮވިޑް ވެކްސިން އުފައްދާ ކުންފުންޏަކީ 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން އެމެރިކާ ޑޮލަރު (ހަތްދިހަ ދެ ބިލިޔަން، ހަތަރު ސަތޭކަ ހަތްދިހަ ހަތަރު މިލިޔަން ދިވެހި ރުފިޔާ) ގެ އަދަބަކުން ޖޫރިމަނާ ކުރެވިފައިވާ މުޖުރިމު ބިގްފާމާ ކުންފުންޏެއްކަން ހާމަވެއްޖެ އެވެ. "ބޭހާއި ޞިއްޙީ އާލާތްތަކުގެ ރައްކައުތެރިކަން ކަށަވަރު ނުކުރުމުގެ (ސޭފްޓީ ވައިލޭޝަންތަކުގެ) ކުށަށް އެރުމާއި ގުޅިގެން 103 މިލިއަން ޑޮލަރުން ޖޫރިމަނާ … Continue reading ފައިޒާގެ މެޑިކަލް ކޮރަޕްޝަން: 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކިއެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާ ބިގްފާމާ މުޖުރިމު ކުންފުންޏެއް