ޝިފާން އަޙްމަދު
ޒުވާން އުމުރުގައި އިއްދައިން ކެނޑުމަކީ އެއްވެސް ޒުވާން ކުއްޖެއް ނުވަތަ އެ ކުއްޖެއްގެ މައިންބަފައިން އެދޭނެ ކަމެއް ނޫނެވެ. ނަމަވެސް، ބައެއް ފަހަރު މި ހިތާމަވެރި ހާލަތާ ކުރިމަތިލާންޖެހެއެވެ. މި ހާލަތް ކުރިމަތިކުރުވާ އެއް ކަމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ރައްކާތެރިވުމަށް ކަމަށް ބުނެ އުމުރުން 9 އަހަރުގައި ޖަހާ އެޗް.ޕީ.ވީ ވެކްސިނެވެ.
އެޗް.ޕީ.ވީ ވައިރަސް ގެ 150 ވައްތަރު ހުންނައިރު، މީގެން 15 ބާވަތަކުން ކެންސަރު ޖެހިދާނެ ކަމަށް ބުނެއެވެ. ނަމަވެސް، މި 15 ބާވަތުން ވެސް “ގާޑަސިލް” ވެކްސިންގައި ހިމެނިގެންވަނީ އެންމެ 2 ބާވަތެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި “އެޗް.ޕީ.ވީ ގާޑަސިލް” ވެކްސިން ޖެހުމުގެ ސަބަބުން ދެންހުންނަ ބާވަތުގެ ހައި-ރިސްކް އެޗް.ޕީ.ވީ ވައިރަސް އަށަގަތުމަށް ފުރުޞަތު ލިބިގެންދެއެވެ[1]. މިހެންވުމުން، މި ވެކްސިން ޖެހިނަމަވެސް ރަހިމުގެ ދޮރަސް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަވެގެން ނުދެއެވެ.
އެމެރިކާގައި އެޗް.ޕީ.ވީ ގާޑަސިން ވެކްސިން ތަޢާރަފް ކުރި 2006 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ މުއްދަތުގެ ތެރޭގައި “ޕްރީމެޗުއަރ އޯވޭރިއަން ފެއިލިޔަރ” ނުވަތަ އިއްދައިން ކެނޑުމުގެ މައްސަލަ 213 ކުއްޖަކަށް ކުރިމަތިވެފައިވާ ކަމަށް އެމެރިކާގެ “ވެއާރސް” ސިސްޓަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެމެރިކަން ކޮލެޖް އޮފް ޕީޑީޓްރިޝަން އިން ބުނެފައިވެއެވެ. އަދި މީގެ ތެރެއިން %88 ކުދިންގެ ރިޕޯޓަކީ މި ވެކްސިން ޖެހުމަށް ފަހު އިއްދައިން ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމުގެ ރިޕޯޓެވެ.
އަދި މި ޖަމުޢިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި، ދިގު މުއްދަތުގައި މި މައްސަލަ ކުރިމަތިވެދާނެތޯ އެޗް.ޕީ.ވީ ގާޑަސިލް ވެކްސިން އުފެއްދި ކުންފުނިން، ތަހުލީލުކުރުމުގައި މީދާ ބޭނުންކުރިއިރު އަދި އިންސާނުންނަށް ވެކްސިން ދިން އިރު، ބަލާފައިނުވެ އެވެ. އަދި، މި މައްސަލައަކީ ވެކްސިނުން ކުރިމަތިވެދާނެ ކަމެއްކަން ގިނަ ޑޮކްޓަރުންނަށް އެނގިފައިނުވުމުން، ވެކްސިން ޖެހުމުގެ ސަބަބުން ޒުވާން އުމުރު އިއްދައިން ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުނުކުރުން އެކަށީގެންވެ އެވެ. މީގެ އިތުރުން، މި ވެކްސިން އަށް އަޅާފައިވާ މާއްދާތަކުގެ ސަބަބުން މިއީ ކުރިމަތިވުން އެކަށީގެންވާ މައްސަލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެޗް.ޕީ.ވީ ގާޑަސިލް ވެކްސިން ގެ ސަބަބުން ކުރިމަތިވާ ހަމައެކަނި މައްސަލައަކީ މިއެއް ނޫނެވެ. މީގެ އިތުރުން، ވާވުން، އެކި ބާވަތުގެ އޮޓޯއިމިއުން ބަލިތައް، ލޭގަނޑުވުން، އިންތިހާއަށް ވަރުބަލިވުން އަދި މަރުވުން ވެސް ކުރިމަތިވެފައިވާ ކަމުގެ އެތައް މައްސަލަތަކެއް ދުނިޔޭގެ އެކި ޤައުމުތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ވެކްސިން ޖަހައިގެން ޒުވާން އުމުރު އިއްދައިން ކެނޑުމުގެ މައްސަލަ ނުވަތަ ގުޅިފައިވާ އެހެނިހެން އަނިޔާތަކަށް ކުރިމަތި ކުރުވުމަކީ. މުޅި އުމުރު އެކުއްޖަކު ކަރުނަ އަޅާ ރޯންޖެހި އެ އަނިޔާ ގެ ވޭން ތަހައްމަލުކުރުމުގައި އުޅުމަށް މަޖުބޫރުކުރުވުމެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދިވެހިރާއްޖޭގައި އޮތް މިންވަރު އެއްވެސް އިދާރާއަކުން ބަލާފައި ނުވާ އިރު، މިފަދަ އަނިޔާވެރި ވެކްސިން އެއް ޅަދަރިންގެ ގަޔަށް ޖެހުމާ މެދު ފުންކޮށް ވިސްނާލުން ހުއްޓެވެ.
[1] Fischer et al 2016, Guo et al., 2015, Mollers M et al., 2014, Giambi C et al., 2013
