-20 މާޗް 2021
ރަށް: ފޯއްމުލަށް
ޖިންސު: ފިރިހެން
ވެކްސިން ޖެހި ތާރީޚް: 25 ފެބުރު އަރީ 2021
ވެކްސިން ޖެހި ސަބަބު: މަސައްކަތް ކުރާ ތަނުން ވެކްސިން ޖަހަން މަޖުބޫރުކުރުން
ލިބިފައިވާ އަނިޔާތައް: (1) ލޮލުގެ ފެނުން ފުސް ވުން (2) ގައިގަ ވަރު ދެރަވުން (3) ފިޓު ޖެހުން (4) ހިތް ހުއްޓުން، (5) ލޭ ގަނޑުވުން (6) ސިނކުޑި އިންޖުރީ އެއް ލިބުން (7) ކޯމާގަ
ބައްޕައަކީ ނުލާހިކު ޞިއްހަތު ރަނގަޅަށް ހުރި މީހެއް:
“ބައްޕަ އަކީ ނުލާހިކު ސިއްހަތު ރަނގަޅަށް ސަލާމަތުންހުރި މީހެއް. 65 އަހަރު ވިޔަސް ބައްޕައަކީ ހަމަ 50 އަހަރުގެ މީހެކޭ އެއްފަދައިން މަސައްކަތް ކޮށް ހެލިފެލިވެ އުޅޭ މީހެއް. އެހެންކަމުން ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވާން ވީ އެއްވެސް ސަބަބެއް ނެތް. އެއްވެސް ކަހަލަ ހަކުރުގެ ބަލިކަމެއް ހުރީ އެއް ނޫން. ދުވަހަކުވެސް ފިޓު ޖެހިފަ ހުރި މީހެއް ނޫން.” ރާއްޕެ ކިޔައިދިނެވެ.
ކަން ހިގައިދިޔަ ގޮތް:
“ބައްޕަ ގަޔަށް ވެކްސިން ޖަހަނީ 25 ގަ. ދެދުވަސް ވަންދެން ހުން އައިސް. 27،28 ހިސާބު ކުޑަކޮށް ރަނގަޅަށް ހުރެފަ. މާރޗް 1 އަދި 2 އެހާ ހިސާބުގަ ލޮލުގެ ފެނުން ދަށްވަމުން ވަމުން މި ދިޔައީ. ހުޅުހުޅުގައި ރިއްސަން ފެށި. އިނގިލިތަކުގެ ވާގި ނެތުނު. ދެން ފާޑުފާޑުގެ އުނދަގޫތަކާ އެއްޗެހި ވަމުން ގޮސް 3 ގަ ކާއެއްޗެހި ކާން އުނދަގޫވެ، ފެންބޯން ދަތިވެ، 4 ގަ ފޯއްމުލަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ. ދެން އައްޑުއަށް މި ގެންދިޔައީ. އައްޑޫގަ އެއްދުވަސް ވަރު މަޑު ކޮށްލާފަ އަނެއްކާ މާލެ ގެނައީ. އެޔާއެކު އަދިވެސް އެއޮތީ އެއްވެސް ކަހަލަ ފަރުވާ އެއް ނުލިބި.” – ރާއްޕެ
ބައްޕައަށް ވީކަމެއް ވީ ވެކްސިން ޖަހައިގެން:
“އެބަ އެނގޭ ރަނގަޅަށްވެސް ބައްޕަ އަށްވީ ކަމެއްވީ ވެކްސިން ޖަހައިގެން ކަން މިހެން މި ވީވެސް. އަހަރެމެން ވަރަށް ސާފުކޮށް އެބަ ބުނަން ވެކްސިން ޖެހުމުގެ ކުރިން ބައްޕަ އިނީ ރަނގަޅަށޭ.” – ރާއްޕެ
ބައްޕައަށް ލިބުނު އަނިޔާ އަކީ ވެކްސިން އަނިޔާއެއް ކަމުގައި އައިޖީއެމްއެޗް ޑޮކްޓަރުން ބުނި:
“އައިޖީއެމްއެޗް ޑޮކްޓަރެއް ބުނި އެންމެ ފުރަތަމަ އެމްއާރްއޭ ޓެސްޓުތައް ހަދައިގެން ސިކުނޑީގެ އެއްވެސް މައްސަލައެއް ނުފެނުނީމާ. ފުރަތަމަ ބުނީ ނާރުގެ އެއްވެސް މައްސަލައެއް ނެތޭ. ފުއްޕާމޭގެ ވެސް ނެތޭ މައްސަލައެއް. ތިމަންނަމެން މިހާރު މަސައްކަތް ކުރަމުންނޭ މިދަނީ ކޮބާތޯ މައްސަލަ އަކީ. އެހެން ހުރެފަ ގާތްގަޑަކަށް ދެދުވަސް ފަހުން ދިމާވެފަ ބުނީ ތިމަންނަމެންނަށް ބޮޑަށް ލަފާ ކުރެވެނީ މިއީ ވެކްސިންގެ ސަބަބުންނޭ.” – ރާއްޕެ
މި އަނިޔާގެ ވާހަކަ ދައްކަން ބޭނުނީ އެހެންމީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް:
“އަހަރުންނަށް މިހާރު ރަނގަޅީ މިސާލަކަށް ބައްޕަ ރަނގަޅު ނުވިޔަސް ދެން އިތުރު ބައެއްގެ ލައިފް ސޭވް ކުރެވެންޏާ.” – ރާއްޕެ
ވެކްސިން އިންޖުރީއެއް ކުރިމަތިވެގެން ދިޔުމުން ފޯއްމުލަކު ހޮސްޕިޓަލުން އިހުމާލުވެފައިވޭ!
ބައްޕަ އެކި އުނދަގޫތައް ކުރިމަތިވާ ތީވެ “ފޯއްމުލަކު ހޮސްޕިޓަލަށް މި ގެންދިޔައީ. ހެނދުނު މި ގެންދިޔައީ. ހަވީރު ވީ އިރުވެސް ޑޮކްޓަރެއް ނާދޭ. ބައްޕަ މިއޮތީ މުޅި ގައިގަ ވަރު ދޫވެ ހިއްލާ ލެވޭ ވަރު ނުވެފަ. ކިހާ ވަރެއްވީމަ ދޯ އެވަރު ވާނީ؟ ދެން ހާލަތު ސީރިއަސްވި ހިސާބަށް ދާކަން އެނގުނީމަ މި މީހުން ބުނީ މާލެ ފޮނުވަން ވެގެން. ފުރަތަމަ ބުނީ ތިމަންނަމެންނަށް ނެތޭ މިތަނުން އިތުރު ފަރުވާއެއް ދެވޭކަށް” ރާއްޕެ ކިޔައިދިނެވެ.
އެހެންކަމުން މިއިން އެނގިގެންދަނީ ވެކްސިން ޖަހައިގެން ބޮޑެތި އަނިޔާއެއް ވެއްޖެ ނަމަ ރާއްޖޭގެ ރަށްތަކުގައި އޭގެ ފަރުވާ ދެވޭނެ ފުރިހަމަ ވަޞީލަތެއް އަދި ޤާބިލިއްޔަތު ކަމެއް ނެތް ކަމެވެ.
ސީދާ މާލެ ފޮނުވަން އެދުމުންވެސް ފޮނުވީ އައްޑޫއަށް:
“ފޯއްމުލަކަކު ހޮސްޕިޓަލުން ނިންމީ އައްޑޫއަށް ފޮނުވަން. މިހެން ބުނީމަ ވެސް އަހަރެމެން ބުނިން ސީދާ މާލެ ފޮނުވަން. ބުނީމަ ބުނީ އައްޑު އިން ބުންޏޭ އައްޑުއިން ފަރުވާ ދެވޭނޭ. ބުނެގެން އައްޑުއަށް ފޮނުވީ. އައްޑޫއަށް ގެންދިޔައިރު ވެސް ކުޑަކޮށް ހޭ ހުރޭ. ގައިގަ އެއްވެސް ތަނެއްގަ ވަރެއް ނެތް. އައްޑޫގަ ހުއްޓާ ބައްޕަ ފިޓު މި ޖެހުނީ. ބައްޕައަކީ މި ބުނާހެން 65 އަހަރުގައި ދުވަހަކުވެސް ފިޓު ޖެހުނު މީހެއް ނޫން. ފުރަތަމަ ފިޓު ޖެހުނު ދެ ފަހަރު. ދެން ދެ ފަހަރު މަތިން ހިތް ހުއްޓުނު.” – ރާއްޕެ
މާލެ ގެނައުން: ބައްޕަ ކޯމާގައި މިހާރު:
“އައިޖީއެމްއެޗަށް ގެނައީ މާޗް 7 ނުވަތަ 8 ގައި. އައިޖީއެމްއެޗަށް ގެނައި އިރު ވަރަށް ފަރުވާ ރަނގަޅު. އެރޭ މިގެންދިޔައީ އައިސީޔޫ އަށް. ދެން އައިސީޔޫއަށް ލި ފަހަކުން ބައްޕަގެ ވާނުވާއެއް އަނެއްހެން މާބޮޑަކަށް ނޭނގޭ. ކޮންމެ ދުވަހަކު ބައިގަނޑިއިރަށް މި ފެންނަނީ. އަބަދުވެސް ޑޮކްޓަރުން ބުނަނީ އެއްވެސް ކަހަލަ އިމްޕްރޫވްމަންޓް އެއް ނާދޭ. ހަމަ އޮންނަ ގޮތަށޭ އޮންނަނީ. މާލެ ގެނައި އިރުވެސް ހޭ ނެތް. ކޯމާ ގަ އޮތީ. އެކަމަކު ލޯ ހުޅުވިފަ އިޝާރާތް ކުރޭ. އައިޖީއެމްއެޗްއަށް ގެނައި ފަހުން ވެންޓިލޭޓަރ އަށް ލުމަށްފަހު މުޅިން ހަމަ ކޯމާ އަށް ދިޔައީ. ދިޔަ ފަހަކުން އެއްވެސް ކަހަލަ އިހުސާސެއް ނެތް. ހަމަ ސީދާ ފުލް ކޯމާ އެއްގަ އޮތީ.” – ރާއްޕެ
އައިޖީއެމްއެޗްގެ ކަން ހިގައިދަ ގޮތް:
“ފުރަތަމަ ޓެސްޓު ހަދާފަ ބުނަނީ ތިމަންނަމެން ނަކަށް އެއްވެސް މައްސަލައެއް ނުފެނޭ. އެއީ އެންމެ ފުރަތަ ބުނި އެތި. ސިކުނޑި، ފުއްޕާމޭ، އަދި ހިތުގަ ވެސް އެއްވެސް މައްސަލައެއް ނެތޭ. ތިމަންނަމެންނަކަށް ނޭނގުނޯ އަސްލު ހިތް ހުއްޓެން ވީ ކީއްވެ ކަމެއް. ހިތް ހުއްޓުނީ ކީއްވެގެންތޯ އޭ މިހާރު މި ބަލަނީ ބުނީ. އެމީހުން ބޭނުންވީ ހަމަ ބަލަން. އެއްވެސް ކަހަލަ އިންޓާނަލް މައްސަލައެއް ހުރިތޯ. އެތަށް ޓެސްޓުތަކެއް ހެދިއްޖެ ހަދާފަ މިބުނަނީ މިއީ ކިހިނެއް ވެގެންކަމެއް ނަތީޖާއެއް ނުދައްކަ އޭ. ފަހުން މިހާރު އެބުނަނީ ސިކުނޑީގަ އެބަހުއްޓޭ މައްސަލައެއް. މައްސަލަ އަކީ ލޭ ގަނޑު ވެފަ ހުންނަނީ އޭ. އެހެންވެގެންނޭ ކޯ މާގަ އެ އޮތީ. ބައްޕަ އަދި ރަނގަޅު ވިޔަކަސް ބައްޕަގެ ސިކުނޑި އެހާ ރަނގަޅެއް ނުވާނޭ. ފުރަތަމަ ބުނީ ފުއްޕާމޭގެ ވެސް މައްސަލައެއް ނެތޭ. މިހާރު އެބަބުނޭ ފުއްޕާމޭގަ މައްސަލަ ވެސް އެބައުޅެއޭ އިންފެކްޝަން ތައް. ދެން އިންފެކްޝަންސްތައް ޖެހުނީ ކީއްވެގެންކަން އަހަރެމެންނަކަށް ނޭނގުނު. ފުރަތަމަ ގިނައިރަކު ނެތް އިންފެކްޝަނެއް މިހާރު އުފެދެންވީ ކީއްވެގެން ކަމެއް ނޭނގުނު. ފިޓު ޖެހުނީ ކީއްވެގެން ކަމެއް އަދިވެސް އަރެމެން ނަކަށް ނޭނގުނު. މި ބުނާހެން ކޮވިޑް ވެކްސިން ޖެހިފަހުން މިކަންތައްތައް ދިމާވީ. ކޮވިޑް ވެކްސިން ޖެހުމުގެ ކުރިން ބައްޕަ ހަމަ ނުލާހިކު ފިޓު. ދުވަހަކުވެސް ފިޓު ޖެހުނު މީހެއް ނޫން.” – ރާއްޕެ
ކޯމާގަ އޮތް މީހެއް 4 ފަސް ފަހަރު ކޮވިޑް ޓެސްޓު މިކުރަނީ ކީއްކުރަންތޯ؟ ޓެސްޓު ކިޓު ވިއްކަންތޯ؟
“ބައްޕަގެ ކޮވިޑް ޓެސްޓު ވެސް 4 ވަރަކަށް ފަހަރު ކޮށްފި އައިޖީއެމްއެޗް އިން. އެވަރަށް ޓެސްޓު މި ހަދަނީ ކީއްކުރަން ކަމެއް އަހަރެމެންނަކަށް ނޭނގުނު. ކޮންމެ އެއްޗަކުންވެސް ނެގެޓިވް މި ދައްކަނީ. ދެން އަނެއްކާ އިތުރަށް މި ހަދަނީ ކީއްކުރަން ކަމެއް ނޭނގޭ.” – ރާއްޕެ
ބައްޕައަށް އަނިޔާ ލިބުނީ ވެކްސިނުންތޯ ބަލާޓެސްޓެއް އައިޖީއެމްއެޗް އަކުން ނުހެދޭ!
“ވެކްސިން އިން ވި ކަމެއްތޯ ބަލަންވެގެން އުޅެނޭ. އާސަންދައިން އެކަންތައްތައް ނު ކުރެވެޔޯ ކިޔަނީ. އެހެންވެގެން ހަފްތާއެއް ކުރިން ފޯމެއް ދީފަ ބުނި އެންސްޕާއަށް ފޯމު ލާން. އެންސްޕާއަށް ލީމަ 3 ދުވަސް ފަހުން މި ބުނަނީ މިވެނި އެއްޗެއް މަދޭ. އަނެއްކާ ތިން ދުވަސް ފަހުން ބުނީ އެވެނި އެއްޗެއް މަދޭ. އަސްލު މީ ދެން ވަރަށް ހިތާމަ ހުރި ކަންތައްތަކެއް. ފޯމު ބަލައިގަންނަ އިރު އެގެން ޖެހޭނެ މަދުވާ އެއްޗެއް މަދު ނަމަ.” – ރާއްޕެ
1 އޭޕްރީން 2021 ގައި ރާއްޕެއާއި ސުވާލު ކުރުމުންވެސް ވިދާޅުވީ އެންސްޕާގެ އެއްވެސް ޖަވާބެއް އަދިވެސް ނުލިބޭ ކަމުގަ އެވެ.
“ކޮވިޑް ވެކްސިން ޖަހައިގެން ދިމާވި ކަމެއްތޯ ބަލަން ހަދާ ޓެސްޓު އާސަންދައިން ކަވާ ނުކުރޭ. އެ ޓެސްޓެސް އައިޖީއެމްއެޗް އަކުން ނުކުރެވޭ. އެކުރެވެނީ ޓްރީޓޮޕް ހޮސްޕިޓަލުން. އެންސްޕާއަށް ލި ފޯމުގައި ސާފު އިބާރާތުން ލިޔެފަ އެބަހުރި ކޮވިޑް ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ބެލުމަށް ކަމަށް.” – ރާއްޕެ
އެޗްޕީއޭއިން އާއިލާއަށް އެއްވެސް އަޅާލުމެއް ނެތް!
ރާއްޕެ ބުނީ ބައްޕަ އެތަނުގައި އޮތް އިރު އެޗްޕީއޭ އިން އާއިލާއަށް އެއްވެސް އަޅާލުމެއް ގުޅުމެއް ބަހައްޓާފައި ނެތް ކަމުގަ އެވެ. ވެކްސިން ޖަހާއިރު ސޮއިކުރާ ރުހުންދޭ ފޯމްގައި އޮންނަނީ “މި ވެކްސިންގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ދޭ ފަރުވާ ހިލޭ ލިބޭނެ އެވެ.” ރާއްޕެ ބައްޕަ އަށް ހިލޭ ފަރުވާ ލިބިއްޖެ ހެއްޔެވެ؟

