އިންފޯރމްޑް ކޮންސެންޓް އަކީ ފުރިހަމަ މައުލޫމާތު ދިނުމަށްފަހު ރުހުން ދިނުމެވެ. އެހެނަސް، ކޮވިޑް ވެކްސިން އަދި އެނޫނަސް އެހެން ވެކްސިން ތަކުގެ ސައިޑް އިފެކްޓް ތަކާއި އޭގައި އެކުލެވޭ މާއްދާތަކުގެ ފުރިހަމަ މައުލޫމާތު އަހަރެމެންނަށް ފުރިހަމަ ގޮތުގައި ދީފައި ވޭ ހެއްޔެވެ؟
އަހަރެމެން ގަޔަށް މި ޖަހާ ކޮވި-ޝީލްޑް ވެކްސިންގައި ސެނިޓައިޒާ ގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ “ނިޔުރޯޓޮކްސިކް” މާއްދާ އެތަނޯލް އެކުލެވިގެންވާކަން އަހަރެމެން ކައިރީ ވެކްސިން ޖެހި އިރު އެތަނުގެ ތިބި އެކަކުވެސް ބުނި ހެއްޔެވެ؟ ކޮވިޑުން ރައްކާތެރިވާން ކަމުގައި ބުނެ އެތަނޯލް އެކުލެވޭ ސެނިޓައިޒާ ބޮއެގެން މީހުން މަރުވެފައިވާކަން އަހަރެމެންނަށް އެނގޭ ހެއްޔެވެ؟ ކޮވިޝީލްޑް ވެކްސިންގައި މިވާ އެތަނޯލް އަކީ ނިއުރޯ-ޑިވެލޮޕްމެންޓަށް ޓޮކްސިން އެއް ނުވަތަ ސިކުނޑީގެ ސެލްތައް ހަލާކުކޮށްލާ އެއްޗެއްކަން އަހަރެމެން ކައިރީ އެކަކުވެސް ބުނި ހެއްޔެވެ؟ [1] ކޮވި-ޝީލްޑް ވެކްސިން ގައިވާ ޕޮލިސޯބޭޓް 80 އަކީ އެތަނޯލް ފަދަ ވިހަ ޓޮކްސިން މާއްދާތައް ސިކުނޑިއަށް ފޯރުކޮށްދޭ ކެމިކަލެއް ކަން އަހަރެމެންނަށް ބުނެދިން ހެއްޔެވެ؟ ޕޮލިސޯބޭޓް 80 ގެ ނުރައްކާތަކުގެ ވާހަކަ އަހަރެމެންނަށް މީހަކު ބަޔާން ކޮށްދިން ހެއްޔެވެ؟ ނުދޭ ކަމުގައިވާނަމަ، އަހަރެމެން ވެކްސިން މި ޖަހަނީ އިންފޯރމްޑް ފަރާތެއް ނުވަތަ ފުރިހަމަ މައުލޫމާތު ލިބިފައިވާ ފަރާތެއްގެ ގޮތުގަ އެއް ނޫނެވެ. އަދި ފުރިހަމަ މައުލޫމާތު ލިބިފައިނުވާނަމަ، އަހަރެމެންނަށް ލިބިގެންވާ ރުހުން ދިނުމާއި ނުދިނުމުގެ ހައްގަށް އަދި މައުލޫމާތު ލިބުމުގެ ހައްގަށް ބަޔަކުވަނީ އަރައިގަނެފައިކަން ދަންނާށެވެ. މައުލޫމާތަކީ ބާރެވެ. މައުލޫމާތު ލިބި އަމިއްލަ ނަފްސު ބާރުވެރި ކުރާށެވެ. ސިއްހަތުގެ ހައްޤާއި، ދިރިހުރުމުގެ ހައްޤާއި، ސިއްހީ މިނިވަންކަމާއި، އަމިއްލަ ހަށިގަނޑުގެ ބާރުވެރިކަމާއި، މައުލޫމާތު ލިބިގަތުމާއި އަދި ރުހުން ދިނުމުގެ ހައްޤު ޙިމާޔަތް ކުރައްވާށެވެ.
ޕޮލިސޯބޭޓް 80: ސިކުނޑިއަށް ގެއްލުން ފޯރުކޮށްދޭ މާއްދާއެއް!

ޕޮލިސޯބޭޓް 80 އަކީ ސިކުނޑިއަށް ގެއްލުންތައް ފޯރުކުރުވާ އެއްޗެކެވެ. ވެކްސިންގައި ޕޮލިސޯބޭޓް 80 ބޭނުންކުރެވެނީ ވެކްސިންގައިވާ އެކިއެކި މާއްދާތައް ލޭ ދައުރުކުރާ ނިޒާމް މެދުވެރިކޮށް ސިކުނޑިއަށް ފޯރު ކުރުވުމަށެވެ. ބްލަޑް-ބްރެއިން-ބެރިޔާ އަކީ ސިކުނޑި އާ ނުގުޅޭ ބަޔޯ ކެމިކަލް ނުރައްކާތެރި ވިހަ މާއްދާތަކުން ސިކުނޑި ދިފާޢުކުރާ ފަށަލަ އެވެ. ޕޮލިސޮބޭޓް 80 އިން މި ދިފާޢީ ފަށަލަ ހުރަސްކޮށް ބޭސްތަކާއި ކެމިކަލް މާއްދާތައް ލޭ ދައުރުކުރުމުގެ ނިޒާމް މެދުވެރިކޮށް ސިކުނޑިއަށް ވާސިލުކޮށް، ސިކުނޑިން މައިނާރުގެ ނިޒާމަށް ފޯރުކޮށްދިނުމަށް ބޭނުންކުރެވެ އެވެ. ޕޮލިސޯބޭޓް 80 އަކީ ބްލަޑް-ބްރެއިން-ބެރިޔާ ގެ ބާރު ދަށްކޮށް ނިކަމެތިކޮށްލާ ކެމިކަލެކެވެ.
ޑރ. ޕެލަވިސްކީ ވިދާޅުވެފައިވެ އެވެ. “ޕޮލިސޯބޭޓް 80 ފާމަކޮލޮޖީގައި ބޭނުންކުރެވެނީ ބައެއްކަހަލަ ޑްރަގް ނުވަތަ ކީމޯތެރަޕީގެ އެޖެންޓުތައް ބްލަޑް-ބްރެއިން ބެރިޔާ ހުރަސްކޮށް ގެންގޮސް ދިނުމަށެވެ.” [2]
މިއީ އަހަރެމެން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސަބަބަކީ ޕޮލިސޯބޭޓް 80 ހަށިގަނޑަށް ވެކްސިނާ އެކު އިންޖެކްޓު މި ކުރެވެނީ ސިކުނޑިއަށް ގެއްލުން ދިނުމުގެ ބާރު ހުންނަ އެހެން ރިއެކްޓިވް، އެކަތި އަނެކައްޗާ އެކުވެ އެކި އަސަރުތައް ކުރުވާ، ވެކްސިން މާއްދާތަކާ އެކު އެވެ. ބްލަޑް-ބްރެއިން-ބެރިޔާ ކިޔާ މި ފަށަލައަކީ ލޭ ދައުރުކުރުމުގެ ނިޒާމުން ސިކުނޑި ވަކިކުރާ ފަށަލަ އެވެ. މި ފަށަލައަކީ މައިނާރުގެ ނިޒާމް ނުރައްކާތެރި ކެމިކަލް މާއްދާތަކާއި ވިހައިން ރައްކައު ކޮށްދޭ ފަށަލަ އެވެ. ޕޮލިސޯބޭޓް 80 ވެކްސިން ގައި ބޭނުން ކުރުމުން އޭގައި ހުންނަ އެހެނިހެން މާއްދާތައް ސިކުނޑިއަށް ވަނުމަށް މަގުކޮށައިދެއެވެ. [3] ތުއްތު އިރުގަ އާއި އަދި މުސްކުޅި އުމުރަކީ ބްލަޑް ބްރެއިން ބެރިއާ ނުހަނު ބަލިކަށި ދުވަސްކޮޅެކެވެ. މި ދެ އުމުރުގައި މި މާއްދާއިން ކުރާ ގެއްލުން ބޮޑުވުން އެކަށީގެންވެ އެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. ޕެލަވިސްކީ ވަނީ މިއާ ގުޅޭގޮތުން ވަރަށް މުހިންމު ސުވާލުތަކެއް ކޮށްފަ ވެއެވެ. “ވައިރަލް، ބެކްޓީރިއަލް، ޔީސްޓް، ހެވީ މެޓަލް (މާކިޔުރީ، އެލްމިނިއަމް ފަދަ) ނުވަތަ އެހެނިހެން ވެކްސިން ގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން އަހަރެމެންގެ ދަރިންގެ ސިކުނޑިއަށް ވާސިލުވާން ބޭނުން ޖެހިގެން ވަނީ ކޮން މާއްދާތަކެއް ތޯ؟ އެ މާއްދާތަކަކީ ސިކުނޑިއަށް ނިސްބަތްވާ ސިކުނޑީގެ މާއްދާތަކެއް ތޯ؟ ކުޑަކުދިން ބަލިތަކުން ދިފާޢުކުރުމަށް (ކަމުގައި ބުނެ) މި ކަންކުރަން ބޭނުން ޖެހިގެން ވޭތޯ؟ ވެކްސިންގައި އެކުލެވިގެންވާ މާއްދާތައް ޕޮލިސޯބޭޓް 80 ގެ އެހީގައި ބްލަޑް-ބްރެއިން-ބެރިޔާ ހުރަސްކޮށް ދޭ ތޯ؟ އެހެން ކަމުގައިވާނަމަ، އެ މާއްދާތައް އަހަރެމެންގެ ދަރިންގެ ސިކުނޑީގައި ހުރުމުން އެއިން ނުކުންނާނެ ނޭދެވޭ ކަންތައްތަކެއް ނުހުންނާނެ ތޯ؟” [4]
މީގެ އިތުރަށް ހަށިގަނޑަށް ޕޮލިސޯބޭޓް 80 އިންޖެކްޓު ކުރުމަށްފަހު، އެ ސޯބިޓޯލް އަދި އިތެލިން އޮކްސައިޑް އަށް ބަދަލުވެގެން ދެއެވެ. ސޯބިޓޯލް އަކީ ހަކުރު ބަލީގެ ރިސްކު ނުވަތަ ގެއްލުން ބޮޑުކޮށް، ސެލްތައް މަރާލައި، ސެލްތަކުގައި ހަކަތަ އުފައްދާ “މައިޓޮކޮންޑްރިއާ” ހަލާކުކޮށްލާ ޑީއެންއޭ ކުދިކުދިކޮށްލާ އެއްޗެކެވެ.
ޕޮލިސޯބޭޓް 80: ރަހިމަށް އަދި ބިސްރަވަޔަށް ގެއްލުންދީ ދަރިމައިނުވާ ގޮތް މެދުވެރިކުރުވާ އެއްޗެއް!

ޖާނަލް އޮފް ފުޑް އެންޑް ކެމިކަލް ޓޮކްސިކޮލޮޖީ ޖާނަލް ގައި 1993 ގައި ޝާއިއުކޮށްފައިވާ ފަންނީ ދިރާސާ ގައިވަނީ ޕޮލިސޯބޭޓް 80 އަކީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތި ކުރުވާ އެއްޗެއްކަން ދައްކުވައި ދީފައެވެ. [5]
ޑރ. ޖޯސެފް މާކޯލާ ލިޔުއްވި ލިޔުން ކަމުގައިވާ “ދަރިމައި ނުވާގޮތް މެދުވެރި ވަނީ ފްލޫ ވެކްސިން ގައިވާ ކޮންއެއް ޗަކުން ތޯ” މި ލިޔުމުގައި މަތީގައިވާ ދިރާސާއަށް އަލިއަޅުއްވާ ވިދާޅުވި އެވެ. “އެމީހުން ހޯދި ހޯދުމުން އެނގުނީ ޓްވިން 80 (ނުވަތަ ޕްލިސޯބޭޓް 80) އިން އެސްޓްރޮސް ސައިކަލް ދިގުމުއްދަތަށް ދެންމުމާއި، ރަހިމުގެ ބަރުދަން ލުއިކުރުމާއި، ރަހިމުގެ އެތެރެ ފަށަލަ ހަލާކު ކުރުން ފަދަ ކަންކަން ކުރިމަތިކުރުވި ކަމެވެ. އަދި (އޭގެ ސަބަބުން) އޯވަރީ (ބިސްރަވަ) ވެސް ހުރީ ހަލާކުވެފަ އެވެ. އޯވަރީއަށް ލިބޭ މިފަދަ ގެއްލުމާއި ނުކުޅެދުންތެރިކަން ދަރައިމައި ނުވުމަށް ގެންގޮސްދޭނެ އެވެ.” [6]
ޕޮލިސޯބޭޓް 80: އެނަފެލެކްޓިކް ޝޮކް ގެނެސްދޭ އެއްޗެއް!

އެނަލްސް އޮފް އެލާޖީ، އެސްމާ އެންޑް އިމިއުނޮލޮޖީ ޖާނަލް ގައި 2005 ގައި އެމެރިކަން ކޮލެޖް އޮފް އެލާޖީ އިން ޝާއިއުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވަނީ ޕޮލިސޯބޭޓް 80 އަކީ އެނަފެލެކްޓިކް ރިއެކްޝަންތައް ކުރިމަތި ކުރުވާ ފޮރުވިގެންވާ މާއްދާއެއް ކަމުގަ އެވެ. [7] މިކަން ބަޔާންކޮށްފައިވާ ދިރާސާތައް ގިނަގުނަވެގެންވެ އެވެ.[8]
“Polysorbate 80 is a ubiquitously used solubilizing agent that can cause severe nonimmunologic anaphylactoid reactions.” PMID: 16400901
އެނަފެލެކްޓިކް ރިއެކްޝަން އަކީ ކުއްލިއަކަށް ހަށިގަނޑަށް ދިމާވާ ފުރާނައަށް ނުރައްކާވާ ޙައްސާސީ ދަނޑިވަޅަކަށް ނުވަތަ ކުރިމަތިކުރުވާ ކަމަކަށް ކިޔާ ނަމެކެވެ. އެނަފެލެކްސިސް ކުރިމަތިވަނީ ކުއްލިއަކަށެވެ. އަދި މިއީ ވަރަށް އަވަހަށް އެއިން ކުރާ އަނިޔާ ބޮޑުވެގެން ދާކަމެކެވެ. އެނަފެލެކްޓިކް ރިއެކްޝަނެއްގެ ޢަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ގައިގަ ބިހިނެގުން، ތުންފަތް ދުޅަވުން، ފިތް ނެގުން، ހޭނެތިގެން ވެއްޓުން، ނޭވާލާން އުނދަގޫވުން، ލޭ ދަށްވެ ހިތުގެ ވިންދު އަވަސްވުން، ބަނޑުގައި ރިއްސުން، މޭނުބައިކުރުން، ހޮޑުލެވުން، ކުއްލިއަކަށް ހުންއައުން ފަދަ ކަންކަން ހިމެނެ އެވެ. ޕޮލިސޯބޭޓް 80 އަޅާފައި ހުންނަ ވެކްސިން ޖަހާ މީހުންނަށް މިކަންކަން މެދުވެރިވުމަކީ އެއީ އާންމު ކަމެކެވެ.
ރާއްޖޭގައިވެސް ކޮވިޑް ވެކްސިން ޖެހި ބައެއް މީހުން ވަގުތުން ހޭނެތި އަނބުރައިގަނެގެން ވެއްޓިފައި ވެއެވެ. އަދި ބައެއް މީހުން ވެކްސިން ޖެހުމާއެކު ހޮޑުލާ ފައި ވެއެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ބައެއް މީހުންގެ ހަމުގައި ވަނީ ބިހިތަކެއް ވެސް ނަގާފަ އެވެ. އެއް ބަޔަކު ބޮޑުކަމުދިއުން ނުހުއްޓި ގެން އުޅެން ޖެހުނެވެ. ކޮވިޑް ވެކްސިން ޖަހައިގެން ރާއްޖެއިން ބަޔަކު ވަނީ ނިޔާވެފަ އެވެ. އަދި އަނެއް ބަޔަކަށް ވަނީ ފިޓް ޖެހި ކޯމާ އަށް ގޮއްސަ އެވެ. އެހެނަސް، މި އަނިޔާގެ ކަންތައް ދަނީ ވެކްސިން ވިޔަފާރި މުދާ ހިމާޔަތްކުރާ ޖަމާޢަތުން ފޮރުވައި ވަޅުޖަހަމުންނެވެ.
ކޮވިޝީލްޑް ވެކްސިންގައި އެކުލެވޭ މާއްދާތައް:

[1] Activation of methionine synthase by insulin-like growth factor-1 and dopamine: a target for neurodevelopmental toxins and thimerosal
“Neurodevelopmental toxins, such as ethanol” https://pubmed.ncbi.nlm.nih.gov/14745455
[2] Palevsky L. Aluminum and Vaccine Ingredients: What Do We Know? What Don’t We Know? http://www.vaccinationcouncil.org/2009/06/10/aluminum-and-vaccine-ingredients-what-do-we-know-what-don%E2%80%99t-we-know/
[3] Studies on polysorbate 80 crossing the blood brain barrier (permeability):
Olivier JC, Fenart L, Indirect evidence that drug brain targeting using polysorbate 80-coated polybutylcyanoacrylate nanoparticles is related to toxicity. Pharm Res. 1999 Dec;16(12):1836-42.
Kreuter J, Ramge P, Direct evidence that polysorbate-80-coated poly(butylcyanoacrylate) nanoparticles deliver drugs to the CNS via specific mechanisms requiring prior binding of drug to the nanoparticles. Pharm Res. 2003 Mar;20(3):409-16.
Alyautdin RN, Petrov VE, Delivery of loperamide across the blood-brain barrier with polysorbate 80-coated polybutylcyanoacrylate nanoparticles. Pharm Res. 1997 Mar;14(3):325-8.
Gao K, Jiang X.Influence of particle size on transport of methotrexate across blood brain barrier by polysorbate 80-coated polybutylcyanoacrylate nanoparticles. Int J Pharm. 2006 Mar 9;310(1-2):213-9.
Wilson B, Samanta MK, Targeted delivery of tacrine into the brain with polysorbate 80-coated poly(n-butylcyanoacrylate) nanoparticles. Eur J Pharm Biopharm. 2008 Sep;70(1):75-84
[4] Palevsky L. Aluminum and Vaccine Ingredients: What Do We Know? What Don’t We Know? http://www.vaccinationcouncil.org/2009/06/10/aluminum-and-vaccine-ingredients-what-do-we-know-what-don%E2%80%99t-we-know/
[5] Delayed effects of neonatal exposure to Tween 80 on female reproductive organs in rats https://pubmed.ncbi.nlm.nih.gov/8473002
[6] What is In the Flu Vaccine that Can Cause Infertility? https://articles.mercola.com/sites/articles/archive/2010/10/15/fluarix-flu-vaccine-that-can-cause-infertility.aspx
[7] Polysorbate 80 in medical products and nonimmunologic anaphylactoid reactions https://pubmed.ncbi.nlm.nih.gov/16400901
According to Annals of Allergy, Asthma and Immunology, Volume 95, Number 6, December 2005 , pp. 593-599(7), “it is of current relevance as a ‘hidden’ inductor of anaphylactoid reactions”, and “Polysorbate 80 was identified as the causative agent for the anaphylactoid reaction of nonimmunologic origin in the patient. Conclusions: Polysorbate 80 is a ubiquitously used solubilizing agent that can cause severe nonimmunologic anaphylactoid reactions.”
[8] Studies of polysorbate 80 and anaphylaxis:
Coors EA, Seybold H, Polysorbate 80 in medical products and nonimmunologic anaphylactoid reactions. Ann Allergy Asthma Immunol. 2005 Dec;95(6):593-9.Studies of polysorbate 80 and anaphylaxis:
Coors EA, Seybold H, Polysorbate 80 in medical products and nonimmunologic anaphylactoid reactions. Ann Allergy Asthma Immunol. 2005 Dec;95(6):593-9.
CONCLUSIONS: Polysorbate 80 is a ubiquitously used solubilizing agent that can cause severe nonimmunologic anaphylactoid reactions
Julia M.L. Brotherton, MD MPH, Mike S. Gold, MD, Anaphylaxis following quadrivalent human papillomavirus vaccination. CMAJ • September 9, 2008; 179 (6).
(this article *does* specify polysorbate 80 in the details as the causative agent of anaphylaxis)
Neal A. Halsey, MD The human papillomavirus vaccine and risk of anaphylaxis, CMAJ • September 9, 2008; 179 (6).
Marléne Isaksson and Lennart Jansson, Contact allergy to Tween 80 in an inhalation suspension, Contact Dermatitis Volume 47 Issue 5, Pages 312 – 313. Jan 2003
Price, Kursteen S.1; Hamilton, Robert G, Anaphylactoid reactions in two patients after omalizumab administration after successful long-term therapy, Allergy and Asthma Proceedings, Volume 28, Number 3, May-June 2007 , pp. 313-319
Excerpt: The in vitro and in vivo immunologic data support the conclusion that the adverse reactions experienced by two patients after omalizumab administration after more than a year of successful omalizumab therapy for asthma were likely anaphylactoid in nature. Polysorbate, an excipient in omalizumab, is known to cause similar reactivity to other medicines and is the most likely cause of these reactions.
CONCLUSIONS: Polysorbate 80 is a ubiquitously used solubilizing agent that can cause severe nonimmunologic anaphylactoid reactions
Julia M.L. Brotherton, MD MPH, Mike S. Gold, MD, Anaphylaxis following quadrivalent human papillomavirus vaccination. CMAJ • September 9, 2008; 179 (6).
(this article *does* specify polysorbate 80 in the details as the causative agent of anaphylaxis)
Neal A. Halsey, MD The human papillomavirus vaccine and risk of anaphylaxis, CMAJ • September 9, 2008; 179 (6).
Marléne Isaksson and Lennart Jansson, Contact allergy to Tween 80 in an inhalation suspension, Contact Dermatitis Volume 47 Issue 5, Pages 312 – 313. Jan 2003
Price, Kursteen S.1; Hamilton, Robert G, Anaphylactoid reactions in two patients after omalizumab administration after successful long-term therapy, Allergy and Asthma Proceedings, Volume 28, Number 3, May-June 2007 , pp. 313-319
Excerpt: The in vitro and in vivo immunologic data support the conclusion that the adverse reactions experienced by two patients after omalizumab administration after more than a year of successful omalizumab therapy for asthma were likely anaphylactoid in nature. Polysorbate, an excipient in omalizumab, is known to cause similar reactivity to other medicines and is the most likely cause of these reactions.
