ވެކްސިން ދިނުމުގެ އަމަލުތައް ނިއުރެމްބަރގް ކޯޑް އާ ޚިލާފަށް

ނިއުރެމްބަރގް ކޯޑް އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ހިންގި ލާއިންސާނީ ތަހުލީލުތައް ކުއްވެރިކުރި ކޯޓު މަރުހަލާ އަށް ފަހު ނެރުނު ލިޔުމެކެވެ. ބައިނަލް އަޤްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުޢާހަދާތަކާއި ޞިއްޙީ ޚިދުމަތް ދިނުމުގެ އަސާސްތައް ކަނޑައެޅުމުގައި ނިއުރެމްބަރގް ކޯޑުވަނީ ބަލައިގެނެވި ދެމެހެއްޓިފައެވެ.

ފުރަތަމަ ނިއުރަމްބަރގް ކޯޑު – އިންސާނާގެ ފުރިހަމަ މިނިވަން ރުހުން އޮތުން

އެއްވެސް ބާވަތެއްގެ މަޖުބޫރު ކަމެއް ނުވަތަ އޮޅުވާލުމެއް ނެތި، ދެވޭ ފަރުވާއާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބި އަމިއްލަ އަށް ރުހުން ދިނުން. މިގޮތުން މަޢުލޫމާތު ލިބިދިނުމުގައި ލިބިދާނެ އެންމެހައި ގެއްލުން ނުވަތަ އަނިޔާގެ ފުރިހަމަ މަޢުލޫމާތު ވެސް ލިބިދެވެންޖެހޭނެ އެވެ.

ހަތަރު ވަނަ ނިއުރެމްބަރގް ކޯޑު – ބޭސްފަރުވާގެ ތަހުލީލު ކުރެވެންވާނީ އިތުރު އަނިޔާއެއް ނުލިބޭ ގޮތުގައި

ވެކްސިން ދިނުމުގެ ސަބަބުން ގަނޑުލޭ އުފެދި ބައެއްގެ ފުރާނައަށް ނުރައްކާ ކުރިމަތިވެފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއެކު، ދުނިޔޭގެ އެތައް ޤައުމެއްގައި ވެކްސިން ދިނުން ވަނީ މެދުކަނޑާލެވިފައެވެ. މި ޤައުމުތަކަކީ ސްވިޓްޒަރލަންޑް، އިޓަލީ، އޮސްޓްރިއާ، ލެޓްވިއާ، ލިތުއޭނިއާ، އެސްޓޯނިއާ، ލަގްޒަމްބަރގް، އައިސްލަންޑް، ސައުތް އެފްރިކާ، ނޯވޭ، ޑެންމާރކް، ބަލްގޭރިއާ، ތައިލެންޑް އަދި ކޮންގޯ އެވެ.

ވެކްސިން ޖެހުމުން ލިބިދާނެ އަނިޔާއެއް ފެނުމާއެކު، މި ގައުމުތަކުން ވެކްސިން ދިނުން ހުއްޓާލާފައި މިވަނީ ހަތަރުވަނަ ނިރުރެމްބަރގް ކޯޑު އާ ޚިލާފުނުވާ ފަދައިންނެވެ.

ނަމަވެސް، މި ޓެސްޓު ވެކްސިން ދިނުމަށް ފަހު 4 މީހަކު ދިވެހިރާއްޖެ އިން ވެސް މަރުވެފައިވެ އެވެ. ނަމަވެސް، މި މީހުން މަރުވި ސަބަބު ދެނެގަނެވެންދެން ވެސް މި ޓެސްޓު ވެކްސިން ދިނުން މެނދުކަނޑާލުމަށް އެޗް.ޕީ.އޭ އިން ނިންމާފައެއް ނުވެއެވެ. އެޗް.ޕީ.އޭ އިން މިހާރު ވެކްސިން ދެމުން އެގެންދަނީ ނިއުރެމްބަރގް ކޯޑު އާ ޚިލާފަށެވެ.

ނިއުރެމްބަރގް ކޯޑް އާ ޚިލާފަށް އިޒްރޭލުން އަމަލުކުރަމުން ދާތީވެ، އިޒްރޭލް އާ ދެކޮޅަށް “ދަ ހޭގް” ޓްރައިބިއުނަލް އަށް ވަނީ ލޯޔަރުންނާއި ޑޮކްޓަރުންގެ ޓީމަކުން މައްސަލަ ހުށަހަޅާފައެވެ.

ދިވެހިރާއްޖޭގެ ހާލަތު- ދިވެހިރާއްޖޭގައި މިވެކްސިން ދިނުމަށް އެފް.ޑީ.އޭ އިން ހުއްދަދީފައިވަނީ ފުރިހަމަ މަޢުލޫމާތު ލިބިދިނުމަށް ފަހު ރުހުމާއެކު ވެކްސިން ދިނުމަށެވެ. މިއާ ޚިލާފަށް، ބައެއް ފަރާތްތަކަށް ވެކްސިން ދެވެމުންދަނީ މަޖުބޫރުކުރުމާއި ވަޒިފާގެ ބިރުދެއްކުމުގެ މާހައުލެއްގައެވެ. އަދި، ރެސްޓޯރަންޓު ފަދަ ބައެއް އަމިއްލަ ފަރާތްތަކުންވެސް ވެކްސިން ޖެހުމަށް އެކި ކަހަލަ ނުފޫޒުތައް ފޯރުވަމުން ގެންދެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއް ބަލާނެ މުޢައްސަސާއެއް ނުވަތަ ފަރުދެއް ދިވެހިރާއްޖެއަކު ނެތެވެ. ނަމަވެސް، މިހެން ބުނުމުން، “އަމިއްލަ ޞިއްޙަތު” ގެ ވެބްސައިޓު ބުލޮކު ކުރަން ގޮވާލާނެ ފަރާތްތައް ވަރަށް ވެސް ގިނައެވެ.

Leave a Reply