ބައްޔެއް މުޖްތަމަޢުގައި ފެތުރި އެންމެނަށް އެއް ޢަލާމާތްތަކެއް ދިމާވުމަށް ކޮންމެހެން ވައިރަސް އޭ މި ކިޔާ އެއްޗެއް މުހިންމު ހެއްޔެވެ؟ ހީރޯޝީމާއަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން އެތަނުގެ ރައްޔިތުން މިއަދާއި ހަމައަށް ވެސް ދަނީ އެކިއެކި ބަލިތަކާއި އަނިޔާތައް ތަހަންމަލު ކުރަމުންނެވެ. އެތަނުގެ ރައްޔިތުންގެ މެދުގައިވަނީ ނިއުކްލިއާ ރޭޑިއޭޝަންގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިފަ އެވެ. އެއީ ގައިމު ވައިރަހެއް ކަމަށް އެކަކުވެސް ނުދެކެ އެވެ. އެކަމަކު ހަމަ އެންމެންގެ ތެރޭގައި ވަނީ އެ ބަލި ފެތުރިފަ އެވެ. އެހެންކަމުން، އެންމެންގެ މެދުގައި ބައްޔެއް ފާޅުވާ އިރަށް އެއީ އަދި އައު ވައިރަސް އަކަށްވުން ކޮންމެހެން ލާޒިމު ނޫނެވެ. ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ގިނަ ގުނަ އެވެ.
މައިގަނޑު ގޮތެއްގައި އިންސާނުން ބަލި ޖެހޭ ހަޤީޤީ ސަބަބުތައް:
ނިއުޓްރިޝަން: ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނުވަތަ ކާނާ މަދުވުން ނުވަތަ ބޭނުންވާ ވަރަށްވުރެ އިތުރުވުން ނުވަތަ ބެލެންސް ގެއްލުން. މިއީ ވަރަށް ފާޅުކަންބޮޑު ގޮތުގައި އެނގޭ ފެކްޓް އެކެވެ.
ޓޮކްސިސިޓީ: ވިހަ ޒަހަރު މާއްދާއަކުން ހަށިގަނޑު ވިހަވުން. ޓޮކްސިކް ވިހަ މާއްދާއެއް ހަށިގަނޑަށް ފެނުގެ ޒަރީޢާއިން ނުވަތަ ވައިގެ ޒަރީޢާއިން ނުވަތަ ކާނާގެ ޒަރީޢާއިން ނުވަތަ އިންޖެކްޝަނެއްގެ ޒަރީޢާއިން ވާޞިލު ވިޔަސް މީހާ ބަލި ޖެހޭނެ އެވެ.
އިމޯޝަނަލް ސްޓްރެސް: ގިނަ ވަގުތަށް ދެމިގެންދާ ފިކުރުބޮޑުވުމާއި، ބިރުގަތުމާއި، ހާސްވުމާއި އެފަދަ ޖަޒުބާތީ ކަންކަން. ބިރުގަތުމާއި ހާސްވުން ފަދަ ޖަޒުބާތީ ސްޓްރެސް ތަކަކީ ހަށިގަނޑުގައި އެކިއެކި ކެމިކަލް މާއްދާތައް އުފަންކުރުވާ ކަމެކެވެ. މިސާލަކަށް ކާއެއްޗެއް ފެނުމުން ކުޅު ދިޔާވާ ފަދައިން ނެވެ. އިންސާނާގެ ވިސްނުމާއި ފިކުރަކީ އޭނާގެ ފިޒިކަލް ބޮޑީ އަށް އަސަރުކުރުވާ އެއްޗެކެވެ.
އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަން: ކަރަންޓާއި ދަގަތްފާނުގެ ބާރުން ދަތުރުކުރާ ކަރަންޓުގެ ޒަރީޢާއިން އިންސާނުން ބަލި ޖެހެ އެވެ. އިންސާނާ އަކީ ކަރަންޓުން މަސައްކަތްކުރާ ދިރުމަކަށް ވެފައި ވުމުން އިންސާނާގެ ކަރަންޓުގެ ފްލޯއަށް ބަދަލު އައުމުން ބަލި ޖެހެ އެވެ. މީހަކަށް ކަރަންޓު ޖެހުމުން އަނިޔާވާ ފަދައިން ލޮލަށް ނުފެންނަ ފަދައިން ދަގަތްފާނުގެ ބާރުން ދަތުރުކުރާ ކަރަންޓުގެ ވޭވްސް ތަކުން ވެސް އިންސާނާއަށް ބަލި ޖެހެ އެވެ.
ރައްކާތެރި ޓެކްނޮލޮޖީ ބޭނުންވަނީ ކީއްވެ؟

ޒަމާން ކުރިއަށް ދާވަރަކަށް ދުނިޔެއަށް އައު ޓެކްނޮލޮޖީ އީޖާދު ކުރެވެމުން ދެއެވެ. ޓެކްނޮލޮޖީގެ އައު އީޖާދުތަކާ އެކު އުނދަގޫ ކިތަންމެ ކަމެއް ފަސޭހަވެގެން ދިޔައެވެ. އެހެނަސް، އެ ފަސޭހަތަކާއެކު ދިރުންތައް ދިރިއުޅޭ ވެއްޓާއި މާޙައުލާއި ދިރުންތަކުގެ ދުޅަހެޔޮ ދިރުމަށް ‘ނުރައްކަލުގެ’ ރާޅެއް ނެގި އެވެ. މި ނުރައްކަލުގެ އަސަރު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ބޮޑުވެ ވެށި ޚަރާބު ކުރަމުން ނެވެ. އެހެނަސް، ޓެކްނޮލޮޖީއާ ނުލައި އިންސާނުންނަށް މިހާރު އުޅެވެން ނެތް ހިސާބަށް ޢަމަލުތައް ގޮއްސި އެވެ. ހަމައެއާއެކު ‘ރައްކާތެރި’ ކަމާއެކު މެނުވީ ދިރުންތަކަށް ދިރުމެއް ނުވެ އެވެ. މި ސަބަބަށްޓަކައި، މި ދެ އެއްޗަކީ އެކަތި އަނެކައްޗާ ލާމެހިގެން އަންނަ ދެ އެއްޗަކަށް ވާންޖެހެ އެވެ. އެހެންކަމުން، އަމިއްލަ ޞިއްޙަތުގެ ރައްކާތެރިކަމަށްޓަކައި ރައްކާތެރި ޓެކްނޮލޮޖީއެއް ކޮންމެހެންވެސް ވެއްޓަށް ނެރެދޭން ޖެހެ އެވެ.
އެގޮތުން ވެއްޓަށާއި ދިރުންތަކުގެ ސަލާމަތްތެރި ދިރުމަށް ކުރިމަތިވެފައިވާ އެއް ބޮޑު އެއް ނުރައްކަލަކީ ވަޔަރލެސް ޓެކްނޮލޮޖީއާއެކު “އަމިއްލަ ވެއްޓަށް” ކުރިމަތިވެފައިވާ ރޭޑިއޭޝަންގެ ނުރައްކަލެވެ. މިހާރު ދުނިޔޭގެ އާބާދީ އަކީ 8 ބިލިއަން އިންސާނުން ކަމުގައިވާ އިރު، ދުނިޔޭގައި 6 ބިލިއަނަށްވުރެ ގިނަ ސެލްފޯން މިހާރު އެބަހުއްޓެވެ. އަދި 8 ބިލިއަނަށް ވުރެ ގިނަ ވަޔަރލެސް “ޓްރާންސްމިޓް” ކުރާ ޑިވައިސްތައް އެބަހުއްޓެވެ. އެހެންކަމުން އެ ޑިވައިސްތަކުން ނެރެދޭނެ ރޭޑިއޭޝަންގެ މިންވަރު ވިސްނާލުން ހުއްޓެވެ. ވަޔަރލެސް ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ވެށީގައި ދައުރުކުރާ ވަޔަރލެސް ރޭޑިއޭޝަންގެ މިންވަރު އިތުރުވެ އޭގެ ނުރައްކާ ބޮޑު ކުރި އެވެ. ވެއްޓަށް ރޭޑިއާޝަންގެ ނުރައްކާ ބޮޑުވާ ވަރަކަށް އެވެއްޓެއްގައި ދިރިއުޅޭ ދިރުންތަކަށް އޭގެ ނުރައްކާ ބޮޑުވެ އެވެ. ވަޔަރލެސް ރޭޑިއޭޝަން އިން ކުރާ ނޭދެވޭ އަސަރުތައް ބަޔާންކޮށް 2000 ހަށްވުރެ ގިނަ ސައިންސުގެ ދިރާސާތައް މިހާތަނަށް ނެރެފައިވެއެވެ. ތިބާ ދިރިއުޅޭ “އަމިއްލަ ވެއްޓަށް” އަދި ތިބާގެ “އަމިއްލަ ޞިއްޙަތަށް” ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ މި ޑިވައިސްތަކުން ބޭރުކުރާ ރޭޑިއޭޝަންގެ ނުރައްކަލެވެ. އެހެނަސް މި ހަޤީޤަތުގެ ވާހަކަ ދެއްކުން ވަނީ ބާރުގަދަ އިންޑަސްޓްރީއެއްގެ ބާރާއި ނުފޫޒުން އޮއްބާލެވިފަ އެވެ. ޔާޤީންވާ ކަމަކީ، ޒިންމާދާރުވާންޖެހޭ ބައެއްގެ އިހުމާލާއި އާންމުންގެ ޣާފިލުކަން މިކަމުގައި ބޮޑު ކަމެވެ.
ތާރީޚުގެ ޞަފްހާގެ ތެރެއިން މިސާލެއް: ދުންފަތް

މިސާލަކަށް މީގެ އަހަރުތަކެއް ކުރިން މަތިންދާބޯޓުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހުއްދަ ކަމެކެވެ. އޭރު ދުންފަތުގެ ރައްކާތެރިކަން ބެލުމަށް ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން އަމިއްލަ ގޮތުން ހެދި ތަހުލީލުތަކުން އެއިން އިންސާނުންނަށް ގެއްލުންދޭކަން ޚުދު އެމީހުންނަށް އެނގުނެވެ. އެހެނަސް އެ ތަހުލީލުތައް ވަންހަނާ ކޮށްފައި ބެހެއްޓީ އެވެ. އަދި އޭގެ އިތުރަށް، އެވާހަކަ ޢާއްމުންގެ ތެރެއަށް ތިލަވާ ކޮންމެ ފަހަރަކު އެވާހަކަތައް ވަޅުޖަހައި އެއަށް ފަސް އެޅުމުގައި އެތަކެއް މަސައްކަތެއްކޮށް އަހަރުތަކެއް އެކަމުގައި ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން ހޭދަކުރި އެވެ. އެ ގޮތުން ނޫސް ޕޭޕަރުތަކުގައާއި ޓީވީ މެދުވެރިކޮށް ޑޮކްޓަރުން ނެރެ ސިނގިރޭޓު އިޝްތިހާރު ކުރުން ވަރުގަދަ ކުރި އެވެ. އެހެނަސް އަމިއްލަ ފަރާތްތަކުގެ އިސް ނެގުމާއެކު ހިންގި މިނިވަން ތަޙުޤީޤުތަކާއި ތަޙުލީލުތަކުގެ ސަބަބުން އެމީހުން ވަޅުޖަހާފައި އޮތް ހަޤީޤަތް ޢާއްމުންގެ ތެރެއަށް ތިލަވިއެވެ. އަދި ދުންފަތަކީ ހަށިގަނޑަށް ނުރައްކާތެރި ކެންސަރު ޖައްސުވާ އެއްޗެއްކަން ހޯދުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން އެކިތަންތަނުގައި މަނާ ކުރެވުމުގެ ބާރު ލިބެން ފެއްޓިއެވެ. އެއަށްފަހު އާންމު ތަންތަނާއި ފްލައިޓްތަކުގައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކުރެވުނެވެ. އެހެނަސް، ދުންފަތުގެ އިންޑަސްޓްރީގެ ބާރު ގަދަކަމާއި ފައިސާވެރި ކަމުގެ ސަބަބުން ދުންފަތަކީ މަނާ އެއްޗެއްގެ ގޮތުގައި ހެދުމަށް އަދިވެސް އެތައް ހުރަސްތަކެއް އެބަހުއްޓެވެ. ހަމަ އެފަދައިން، ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަންގެ ހަޤީޤަތް ވެސް ދަނީ މިހާރު މަޑުމަޑުން ތިލަވަމުން ނެވެ.

ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަން އިން ކެންސަރު ޖެހޭ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެއް އެޖެންސީ ކަމުގައިވާ “އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ” އިން ވަނީ 31 މެއި 2011 ގައި ރޭޑިއޯ ފްރިކުއެންސީ އެލެކްޓްރޯ މެގްނެޓިކް ފީލްޑް (RF EMF) ރޭޑިއޭޝަން އަކީ B2 ކްލާސިފިކޭޝަން ބާވަތުގެ އެއްޗެއް (ކެންސަރު ޖެހިދާނެ ކެޓަގަރީގެ ބާވަތެއް) ކަމުގައި ކަނޑައަޅާފަ އެވެ. މިހާރު ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފައިވާ ޑީޑީޓީ އަކީ B2 ފަންތީގެ ކެންސަރު ޖައްސުވާ އެއްޗެކެވެ. “އިލެކްޓްރޯމެގްނެޓިކް ފީލްޑް ރޭޑިއޭޝަން” ނުވަތަ ވަޔަލެސް ޑިވައިސްތަކުން އުފައްދާ ރޭޑިއޭޝަންއަކީ ކެންސަރު ޖައްސާ ބާވަތުގެ އެއްޗެހީގެ ލިސްޓުގައި ހިމަނާފައިވުމުން މިކަމުގެ ނުރައްކާ ހުރި މިންވަރު ކުޑަކުރަން އެޅޭ ގޮތެއް ނުވިސްނެ އެވެ. –ޑަބްލިއުއެޗްއޯގެ ރިޕޯޓް ކިޔާލުމަށް–
މޮބައިލް ފޯން ރޭޑިއޭޝަން އާއި ބެހޭގޮތުން 2016 ވަނަ އަހަރު އެމެރިކާގެ ޓޮކްސިކޮލޮޖީ ޕުރޮގުރާމު (ނުވަތަ ވިހަ މާއްދާތައް ދިރާސާ ކުރާ ޕުރޮގުރާމު) އިން ނެރުނު ދިރާސާ އަކީ “ސެލް ފޯން ރޭޑިއޭޝަން” ގެ މައްޗަށް ދުނިޔޭގައި ހެދި އެންމެ ބޮޑު އެއް ދިރާސާ އެވެ. އެ ދިރާސާއަކީ 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށް 10 އަހަރަށްވުރެ ގިނަ އަހަރުގެ ހޯދުންތަކުގެ މައްޗަށް ސަރުކާރުގެ ސައިންސުވެރިން ހެދި ދިރާސާ އެކެވެ. އޭގެ ލިޔެފައިވަނީ މިފަދައިން ނެވެ. “ތަހުލީލު ކުރެވިއްޖެ އެވެ. އަދި އެތަކެއް ފަހަރުގެ މަތިން ކުރި ތަހުލީލަށް ބެލުމަށްފަހު (ދިރާސާކުރި ޓީމް) އިއްތިފާޤުވީ (މޮބައިލް ފޯން ރޭޑިއޭޝަން އިން) ކެންސަރު ޖައްސުވާ ކަމެވެ.”
“The experiment has been done and, after extensive reviews, the consensus is that there was a carcinogenic effect.”
–ދިރާސާ ކިޔާލުމަށް-
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ޓޮކްސިކޮލަޖީ ޕުރޮގުރާމުން 2018 ވަނަ އަހަރު، ޖަނާވާރުން ތަކުގެ މައްޗަށް ހެދި ދިރާސާއިން ސެލް ފޯން ރޭޑިއޭޝަން އިން “ކެންސަރު ޖެހޭ ކަމުގެ ސީދާ ހެކި” ލިބިއްޖެ ކަމުގައި އިއުލާނު ކުރި އެވެ. އެ ގޮތުން ސެލްފޯން ރޭޑިއޭޝަން އަށް ހުށަހެޅި މީދަލުގެ ހިތާއި ސިނކުޑީގައި ކެންސަރު ޓިއުމަރ ތައް އުފެއްދުނުކަން މި ހޯދުމުން ހޯދުނެވެ. –ދިރާސާ ކިޔާލުމަށް-
SAR ގެ އަދަދު އަދި އޭގެ ރައްކާތެރި މިންގަނޑާމެދު ނޭނގޭ ބޮޑު ހަޤީޤަތެއް

SAR ނުވަތަ “ސްޕެސިފިކް އެބްސޯރބްޝަން ރޭޓް” އަކީ ވަޔަރލެސް ޑިވައިސްތަކުން ރޭޑިއޯ ފްރިކުއެންސީ ރޭޑިއޭޝަން ހަށިގަނޑަށް އެތެރެވާ މިންވަރު މިނުމަށްޓަކައި ބޭނުންކުރާ މިންގަނޑެކެވެ. 1.6 ވޮޓްސް ޕާ ކޭޖީ (SAR of 1.6 watts per kg (1.6 W/kg)) އަކީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަނުން (FCC) ކަނޑައަޅާފަ އޮންނަ އެންމެ މަތީ ސަލާމަތީ މިންގަނޑެވެ. ފޯނެއް އެމެރިކާގެ ބާޒާރުގައި ވިއްކޭނީ މި މިންގަނޑަށްވުރެ ދަށްކޮށް ފޯނުގެ SAR އަދަދު ހުރެގެން ނެވެ. 2 W/kg އަކީ އާންމުކޮށް ޔޫރަޕްގެ ޤައުމު ތަކުގައި ކަޑައަޅާފައިވާ އެންމެ މަތީ މިނެވެ. މި މިންގަނޑު ނުވަތަ ލިމިޓް ކަނޑައަޅާފައިވަނީ މި ލިމިޓަށްވުރެ މައްޗަށް ރޭޑިއޭޝަން ހަށިގަނޑަށް އެތެރެވަންޏާ ގެއްލުންވާނެތީ އެވެ.
SAR ގެ އަދަދާ މެދު ވާހަކަ ދައްކާއިރު ކަސްޓަމަރުންނަށް ކޮންމެހެން އެނގެން ޖެހޭ ކަމެއް އެމީހުންނަށް ވަނީ ވަންހަނާ ކުރެވިފަ އެވެ. އެއީ ފޯނު ހުޅުވައިގެން ހުރެ، ފަޓްލޫނުގެ ޖީބުގައި ބޭއްވުމުން ނުވަތަ ކަންފަތުގައި ޖައްސައިގެން ހުރެ ފޯނު ބޭނުން ކުރުމުން އެފް.ސީ.ސީ އިން ކަނޑައަޅާފައިވާ SAR ގެ ސަލާމަތީ މިންގަނޑު ފަހަނައަޅައި އެތައް ގުނައަކަށް ގޮސް ހަށިގަނޑަށް ރޭޑިއޭޝަން އެތެރެވާ މިންވަރު އިތުރުވެ އެވެ. ކޮންމެ ފޯނެއްގެ ” RF Exposure” ލިޔުން ކޮޅުގައި ފޯނު ޖީބުގައި ބާއްވައިފިނަމަ ރައްކާތެރިކަމުގެ މިންގަޑަށްވުރެ ބޮޑުކޮށް ރޭޑިއޭޝަން ހަށިގަނޑަށް އެތެރެވާކަން
ސާފު ސީދާ ބަހުން ލިޔެފައިވެ އެވެ. މިސާލަކަށް؛
(1) އެޕަލް އިން އައިފޯނަށް ނެރެފައިވާ އެކްސްޕޯޝާ ލިޔުމުގައިވަނީ “ޓެސްޓު ކުރެވިފައިވާ އެކްސްޕޯޝާ ލެވެލް ލިމިޓްގައި ބެހެއްޓުން ޔަޤީން ކުރުމަށްޓަކައި އައިފޯނު ހަށިގަނޑާއި 5 މިލި މީޓަރު ދުރު މިނުގައި ބައްހައްޓާށެވެ.”
“Carry iPhone at least 5mm away from your body to ensure exposure levels remain at or below the as tested levels.”
(2) ސެމްސަންގް އެސް5 ފޯނުގެ SAR ޓެސްޓު ކުރެވިފައިވަނީ 1 ސެންޓިމީޓަރު ދުރު މިނުގަ އެވެ. ރޭޑިއޯ ފްރިކުއެންސީ ރޭޑިއޭޝަންގެ ގައިޑްލައިން އާ އެއްގޮތް ކުރުމަށްޓަކައި ފޯނު ހަށިގަނޑާ މި ދުރުމިނުގައި ބަހައްޓަން ޖެހޭނެ ކަމުގައި އެމީހުން ނެރެފައިވާ ލިޔުމުގައިވެ އެވެ.
“Body-worn SAR testing has been carried out at a separation distance of 1.0 cm. To meet RF exposure guidelines during body-worn operation, the device should be positioned at least this distance away from the body.” THE SAMSUNG GALAXY S5 MANUAL
މީގެ މާނަ އަކީ ފޯނު ޖީބުގައި ބާއްވައިގެން ނުވަތަ ކަންފަތުގައި ޖައްސައިގެން ބޭނުން ކުރާނަމަ ސަލާމަތީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ މައްޗަށް ރޭޑިއޭޝަން ހަށިގަނޑަށް އެތެރެވާނެ ކަމެވެ. އެހެނަސް ފޯނު ވިއްކާ ކުންފުނިތަކުން މި ހަޤީޤަތުގެ މައްޗަށް ކަސްޓަމަރުން ހޭލުންތެރިކޮށްފައި ނުވެ އެވެ.
ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަންގެ ނުރައްކާ “އެނގުމުގެ ހައްޤު”
މުދާ ގަންނަ ފަރާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގައިވެސް ކޮންސިއުމާ ޕްރޮޓެކްޝަން ޤާނޫނެއް ހަދާފައި އޮވެ އެވެ. ކަސްޓަމަރު ގަންނަ އެއްޗެއް ޢާންމުކޮށް ބޭނުންކުރާ ގޮތުން ގެއްލުންވާނެ ކަމުގައިވާ ނަމަ އެކަން ކަސްޓަމަރަށް އެނގުމަކީ ކަސްޓަމަރުގެ ހައްޤެކެވެ. އަދި އެކަން ވިއްކާ ފަރާތުން ކަސްޓަމަރަށް އެންގުމަކީ އެމީހުންގެ ޒިންމާ އެކެވެ. މިހެންވެ ބައެއް ޤައުމުތަކުގައި “ސެލްފޯން ރޭޑިއޭޝަން ގެ އިންޒާރު އެނގުމުގެ ހައްޤު” ގެ ނަމުގައި ޤާނޫނުތައް ހަދާފައި ޢަމަލު ކުރަމުން އެބަ ދެއެވެ. ރާއްޖޭގައި އެފަދަ ޤާނޫނެއް އަދި ވުޖޫދުގައެއް ނެތެވެ. އުންމީދަކީ ތިލަވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގައިވެސް މި ފަދަ ޤާނޫނެއް ތަންފީޒު ކުރުމެވެ.
ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަންގެ ނުރައްކާ ކުޑަކުރަން އެޅިދާނެ ފިޔަވަޅުތައް
ތިބާގެ ވެށީގައިވާ ވަޔަރލެސް ޑިވައިސްތައް ފާހަގަކުރުން

ތިބާ ވަށައިގެންވާ މާހައުލަށް ބަލާށެވެ. އަމިއްލަ ގެއަށް ނަޒަރު ހިންގާށެވެ. ގޭގައި ރޭޑިއޭޝަން ބޭރުކުރާ ކިތައް ވަޔަރލެސް ޑިވައިސްވޭތޯ އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ. ފުރަތަމަ ފިޔަވަޅަކީ ލިސްޓު ކުރުމެވެ. ވަޔަރލެސް ރޭޑިއޭޝަން ބޭރުކުރާ ޑިވައިސްތައް ބައިވަރެވެ. އޭގެ ތެރޭގައި ކޮންޕިއުޓަރ، ލެޕްޓޮޕް، ސްމާޓް ސްޕީކަރ، ވައިފައި ރައުޓަރ، ބޭބީ މޮނީޓަރު، ގޭމް ކޮންސެލް، ކޯޑްލެސް ފޯން، ކޯޑްލެސް މައުސް އާއި ކީބޯޑު، ސްމާޓް ފޯން އަދި ވަޔަލެސް ސެކިއުރިޓީ ކެމެރާތައް ހިމެނެ އެވެ. މި އެއްޗެހިތައް ހޯދުމަށްފަހު ވަކިވަކިން ކޮންމެ އެއްޗަކާ މެދު ފިޔަވަޅު އަޅާށެވެ. ފުރަތަމަ އެންމެ މުހިންމު އެއްކަމަކީ އެ އާލާތްތަކާ ގައިދުރު ކުރުމެވެ. ދެވަނަ ކަމަކީ ވަޔަރލެސް ރޭޑިއޭޝަން ބޭރު ނުކުރާ ގޮތުގައި އެ އެއްޗެހިތައް ބޭނުންކުރާނެ ގޮތް ހޯދުމެވެ.
ރޭޑިއޭޝަން ބޭރުކުރާ ޑިވައިސްތަކާ ގައިދުރުކުރާށެވެ.

ވަޔަރލެސް އާލާތްތަކުން ނުކުންނަ ރޭޑިއަޝަންގެ މިންވަރު ގަދަޔަށް ދައުރުވަނީ އޭގެ ކައިރީގަ އެވެ. ވަޔަރލެސް އާލާތްތަކާއި ހަށިގަނޑާ ހުންނަ ދުރުމިން އިތުރު ކުރިވަރަކަށް ހަށިގަނޑަށް ވަޔަރލެސް ރޭޑިއޭޝަން އެތެރެވާ މިންވަރު ކުޑަ ކުރެވެ އެވެ. މިސާލަކަށް މޮބައިލް ފޯނުން ވާހަކަ ދައްކާއިރު ފޯނު ވީހާވެސް ހަށިގަނޑާއި ދުރުގައި ބަހައްޓަން އާދަ ކުރާށެވެ. ވާހަކަ ދައްކަންޏާމު ފޯނުގެ ސްޕީކަރު މޯޑު އޮންކޮށްގެން ނުވަތަ އެއަރ ޓިއުބް ވަޔާޑް ހެޑްސެޓް ބޭނުންކޮށް ވާހަކަ ދައްކާށެވެ. ވަޔަލެސް ހެޑްސެޓާއި ވަޔަރޑް އިޔާ ޕީސް ބޭނުންކުރުން ހުއްޓާލާށެވެ. އެއިން ރޭޑިއޭޝަން ކުޑަ ނުކުރެ އެވެ. އަދި ލެޕްޓޮޕް ފައިގެ ފަލަމަސްގަނޑު ނުވަތަ އުނގުމަތީގައި ބަހައްޓައިގެން ބޭނުން ނުކުރާށެވެ. ސޯޝަލް މީޑިއާ ބޭނުން ކުރަންޏާމު ގޭގެ އެތަނެޓް ކަނެކްޝަން މެދުވެރިކޮށް ލެޕްޓޮޕް އިން ކުރާށެވެ. މޮބައިލް ފޯނުން ސޯޝަލް މީޑާ އެޕްތަކަށް ވަދެ ވަގުތު ހޭދަކުރުން ހުއްޓާލާށެވެ.
އެއާރޕްލޭން މޯޑު ބޭނުން ކުރަން ދަސްކުރުން

“އެރާޕްލޭން މޯޑް” ނުވަތަ “ފްލައިޓް މޯޑް” އަކީ ވަޔަލެސް ނެޓްވޯކް އެންޓެނާ ނިއްވާލުމަށް ތައްޔާރުކޮށްފައި ހުއްނަ ސެޓިން އެކެވެ. ފޯނުގައި އެންޓެނާ ނިއްވާލުމުން ސެލް ޓަވަރުން ފޯނަށް ދޫކުރާ މައިކްރޯވޭވް ރޭޑިއޭޝަން ފޯނުން ބޭރުކުރުން ހުއްޓުވާލަ އެވެ. އެހެންވެ ފޯނުގެ އެއާޕްލޭން މޯޑް ބޭނުން ކުރަން ދަސް ކުރުމަކީ މުހިންމު ކަމެކެވެ. ބައެއް ފޯންތަކުން “އެއަރ ޕްލޭން މޯޑް” އޮން ކުރިޔަސް ވައިފައި އަދި ބްލޫ ޓޫތެއް ނިއްވައި ނުދެއެވެ. އެހެން ކަމުގައިވާނަމަ، މި ދޭތި ވަކިން ނިއްވާށެވެ. މޮބައިލް ފޯނު އެލާމް ޖައްސަން ޖެހިއްޖެ ނަމަވެސް މި މޯޑް އޮން ކުރުމަށްފަހު އެލާމް ޖެއްސިދާނެ އެވެ.
ގުޅަން ކޯޑެޑް ލޭންޑް ލައިން ފޯނެއް ގެއަށް ގުޅާށެވެ.

ގޭގައި ހުންނަ ކޯޑްލެސް ލޭންޑްލައިން ފޯނުތަކުން މޮބައިލް ފޯނެކޭ އެއްގޮތަށް އަދި ކިޔެއް އެއަށްވުރެ ވެސް ބޮޑުކޮށް ރޭޑިއޭޝަން ބޭރު ކުރެ އެވެ. އެހެނަސް، ވަޔަރު ގުޅާފައި ހުންނަ ކޯޑެޑް ލޭންޑް ލައިން ފޯނުން ވަޔަރލެސް ރޭޑިއޭޝަން ބޭރު ނުކުރެވެ. އެހެންކަމުން ކޮންމެ ގެއަކަށް މީގެ ފޯނެއް ހޯދަފައި ބެހެއްޓުން މުހިންމެވެ. ގޭގައި އުޅޭ އިރު މޮބައިލް ފޯނަށް ގުޅާ ކޯލްތައް ލޭންޑްލައިން ފޯނަށް ފޯވާޑް ކޮށްފައި ބެހެއްޓި ދާނެ އެވެ. ބަޔަކާ ވާހަކަ ދައްކަންޏާ މޮބައިލް ފޯނުގެ ބަދަލުގައި މި ލޭންޑް ލައިން ފޯނު ބޭނުން ކުރަން އާދަ ކުރާށެވެ.
ބެނުންކުރާ މިންވަރު ދަށްކުރާށެވެ.

އެންމެ ފުރަތަމަ ކަމަކަށް މޮބައިފޯން އަދި ވަޔަލެސް އާލާތްތައް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރަން އާދަ ކުރާށެވެ. ބޭނުންކުރާ މިންވަރު ގިނަ ކުރި ވަރަކަށް ރޭޑިއޭޝަންގެ އަސަރު ކުރާ ވަރުވެސް ގިނަވެފައި ބޮޑުވާނެ އެވެ. ގުޅައިގެން މީހުންނާއި ވާހަކަ ދެއްކުމުގެ ބަދަލުގައި މެސެޖު ކޮށް ވާހަކަ ދައްކާށެވެ. ފޯނުގެ އަޕްޑޭޓްތައް އޮޓެމެޓިކް ކޮށް ކުރުން ނިއްވާލާށެވެ. އެމެޖެންސީގެ ހާލަތުގައި މެނުވީ ކުޑަކުދިން ފޯނު ބޭނުން ކުރަން ނުދޭށެވެ. ފޯނު ބޭނުން ނުކުރާ އިރު ނިއްވާފައި ބާއްވަން އާދަ ކުރާށެވެ. ފޯނަކީ ކުޅޭ ކުޅޭ އެއްޗެއް ކަމުގައި ނުހަދާށެވެ.
ވެހިކަލްތައް ދުއްވާ އިރު ވަޔަރލެސް އާލާތްތައް ނިއްވައިގެން ދުއްވާށެވެ.

ވެހިކަލްތައް ދުއްވާއުރު މޯބައިލް ފޯނާއި ވަޔަރލެސް ކަނެކްޝަންތައް ނިއްވާލާށެވެ. ދަތުރު ކުރާއިރު މޮބައިލް ފޯނާއި، ލެޕްޓޮޕާއި، ޓެބްލެޓްތަކުން މާ ބޮޑަށް ބާރުގަދަ ރޭޑިއޭޝަން އެއް ބޭރު ކުރެ އެވެ. ސަބަބަކީ އެ އެއްޗެސް ވަށާލައިގެން ދަގަނޑު ބޮޑީ އެއް ހުންނާތީ އެވެ. ޖީޕީއެސް ބޭނުން ކުރަން ވެއްޖެއްޔާ ކުރީ ޒަމާނުގެ ޖީޕީއެސް ބޭނުން ކުރާށެވެ.
ކުޑަކުދިންނާއި މާބަނޑު އަންހެނުން ރައްކާތެރި ކުރާށެވެ.

ކުޑަކުދިން އެކުގައި އުޅޭ އިރު ފޯނު ބޭނުން ކުރުން އެއްކޮށް ހުއްޓާލާށެވެ. ކުޑަކުދިންގެ ބޮލުގެ ނާށިގަނޑު ބޮޑެތި މީހުންނަށްވުރެ ތުނި ވެފައި ރޭޑިއޭޝަންގެ އަސަރު ކުޑަކުދިންނަށް ކުރާލެތް މާ ބޮޑެވެ. ބޭބީ މޮނިޓަރާއި ވަޔަރލެސް ޑިވައިސްތަކުން ކުޑަކުދިން ޙިމާޔަތް ކުރާށެވެ. މާބަނޑު ދުވަސް ވަރު ރަލާއި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ދަރިފުޅަށް ކުރާ ނޭދެވޭ އަސަރައްވުރެ މާ ބޮޑަށް ނޭދެވޭ އަސަރު ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަން އިން ދަރިފުޅަށް ކުރެ އެވެ. މިހާރު މޮބައިލް ފޯނާއި އައިޕެޑް ތައް ކުޑަކުދިންނަށް ދިނުމަކީ އާދަޔަކަށް ވަނީ ހަދަން ފައްޓާފަ އެވެ. މިއީ ނުރައްކާތެރި އާދަ އެކެވެ.
ތިބާގެ އަމިއްލަ ނިދި ރައްކާތެރި ކުރާށެވެ.

ރިސާޗުތަކުން ދައްކާ ގޮތުން %75 ޒުވާންނުންނާއި ކުޑަކުދިން އެމީހުން ނިދާ އިރު މޮބައިލް ފޯން ބާލިސް ދަށުގައި ނުވަތަ ކައިރީގައި ބާއްވައިގެން ނިދައެވެ. ނަތިޖާ އެއްގެ ގޮތުން އެ މީހުންނަށް އަރާމު ނިންޖެއް ނުލިބެވެ. ނިދަން ދިއުމުގެ ކުރިން އެންމެހައި ސްކްރީން ހުންނަ އެއްޗެއްސާއި ކަރަންޓު ޑިވައިސްތައް ނިއްވާލިކަން ޔަޤީން ކުރާށެވެ. ސަބަބަކީ މި އެއްޗެހި ހުޅުވާފައި ބަހައްޓާނަމަ އެއިން ރޭޑިއޭޝަން ބޭރުކޮށްކޮށް އަބަދުމެ ހުރެ އެވެ. އެންމެ ރަނގަޅު ގޮތަކީ މޮބައިލްފޯނާއި، ޓީވީއާއި ކޮންޕިއުޓަރާއި ލެޕްޓޮޕް އަދި ގޭމިންގ ސިސްޓަމްތައް ފަދަ ކަރަންޓު ޑިވައިސްތައް ނިދާ ކޮޓަރިން ބޭރު ކުރުމެވެ.
ޕަބްލިކް ޕޮލިސީ ޗޭއްޖެއް ގެނައުން މުހިންމު

މާނަހުރި ޕްބްލިކް ޕޮލިސީ ބަދަލުކުރުމަކުން ނޫނީ ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭނެ އެވެ. ވަޔަރލެސް ރޭޑިއޭޝަން ގެ އަސަރު މަތީގައި ބަޔާންކުރި ކަންތައްތަކަށް ޢަމަލުކޮށް ކޮންމެ ވެސް މިންވަރަކަށް ކުރެވިދާނެ އެވެ. އެހެނަސް މިހާރު ވަޔަރލެސް ރޭޑިއޭޝަން ނެތް ނަތެއް ނެތް ފަދަ އެވެ. ހުރިހާތަނެއްގައިވެސް ވަޔަރލެސް ރޭޑިއޭޝަން އެވެ. ރޭޑިއޭޝަން އަށް ހުށަހެޅިގެންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް ދަނީ ވެށީގައި އިތުރު ކުރެވެމުން ނެވެ. ޓްރާންމިޓިން އެންޓެނާތައް ޖެހުން ގިނަ ކުރުމާއި އެކިއެކި ވަޔަރލެސް ރޭޑިއޭޝަން ޓެކްނޮލޮޖީ މުޖްތަމަޢު އަށް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރު ކުރަމުންނެވެ. 4ޖީ އަދި 5ޖ އާ އެކު އެތައް ސަތޭކެ އެންޓެނާއެއް އަހަރެމެންގެ އެނގުމަކާ ނުލާއި ގެ ކައިރީގައި ޖަހަމުން އެބަ ގެން ދެއެވެ. މާނަ ހުރި ބަދަލެއް މިކަމަށް ގެނެވޭނީ މި ކަމުގެ ހަޤީޤަތް މީހުންނަށް ބަޔާންކޮށް ހޭލުންތެރިކަން އިތުރުކޮށް ޕޮލިސީ ލެވެލްގައި ޤާނޫނާއި ޤަވާއިދުތައް މެދުވެރިކޮށް މި ކަންކަމަށް ހައްލެއް ގެނެސް ގެންނެވެ. ސެލްފޯން އަދި ވަޔަރލެސް އާލާތްތައް ރާއްޖޭގެ ބާޒާރަށް ވިއްކަން ނެރުމުގެ ކުރިން އޭގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފަންނީ ތަހުލީލުތަކެއް ކަމާ ބެހޭ ފަރާތްތަކުން ނުކުރެއެވެ. އެމެރިކާގެ އެފްޑީއޭގެ ރަސްމީ ވެބްސައިޓްގައި ލިޔެފައިވެ އެވެ. “ސެލްފޯން އަދި ވަޔަރލެސް އާލާތުތައް ވިއްކަން ނެރުމުގެ ކުރިން އޭގެ ރައްކާތެރިކަން އެފްޑީއޭއިން ޔަޤީންކޮށް ތަހުލީލު ނުކުރެއެވެ.” FDA website 20202
ސެލްފޯން އަދި ވަޔަރލެސް ރޭޑިއޭޝަންގެ ނުރައްކާ ކުޑަ ކުރުމަށް ޤާނޫނާއި ޤަވާއިދުތައް ހަދަން ތިބޭ މީހުން މިކަމުގައި ދިރާސާކޮށް ރައްޔިތުންގެ ހައްޤުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެ އެވެ.
