މާސްކު އެޅުމަކީ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކޮށް، ބަލި ހަށިގަނޑުގައި މަސައްކަތް ކުރުން ބާރު ގަދަކުރުވާ ކަމެއް – ޑރ. ރަޝީދް ބައްޓާރ

ޑރ. ރަޝީދު ބައްޓާރު ވިދާޅުވި އެވެ. “އަހަރެމެން ވަނީ މި ވައިރަސްދެކެ ނުހަނު ބިރުގަނެފައި. އަހަރެމެން “ބިރު” ގަތުމުގެ ސަބަބުން ދިފާޢީ ނިޒާމަށް ކުރާ ނޭދެވޭ އަސަރާ މެދު އެއްވެސް މީހަކު ސުވާލެއް ނުކުރޭ. މިސާލަކަށް ކޮވިޑް-19 އަކީ ވަރަށްވެސް ބިރުވެރި އެއްޗެއްގެ ގޮތުގައި ބުނަމާ ހިނގާ ދޯ. އެހެނަސް، އެއަށްޓަކައި ސައިންސުގެ އެންމެހަައި އާދައިގެ ފައްނީ އުޞޫލުތައް ދޫކޮށް އެއްލާލުން އަހަރެމެން ދިފާޢުކުރަނީ ކިހިނަކުން ހެއްޔެވެ؟ ސިއްޚީ އަދި ސައިންސުގެ ދާއިރާއަށް ނިޞްބަތްވާ މީހުންދަނީ މިފަދައިން ކަންތައްކޮށް މި އުޞޫލުތައް ފާރުބުޑަށް ޖަހަމުން. އެމީހުންވަނީ، ސައިންސުގެ އެންމެ އާދައިގެ އުޞޫލުތަކާއި ހަމަތައް ދޫކޮށް ނެތިކޮށްލާފައި.

‎ކޮވިޑް-19 (މިކިޔާ ބަލިން) އިން އެންމެ ބޮޑު ގެއްލުމެއް ކުރަނީ ދިފާޢީ ނިޒާމު ބަލިކަށި (ސަސެޕްޓިބަލް އިމިއުން ސިސްޓަމް ހުރި) މީހުންނަށް ކަމީ އެންމެންވެސް ދަންނަ ހަޤީޤަތެއް. މީގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުރި މީހުންނަށްކަން އެތަކެއް ފަންނީ ހޯދުންތަކުން ވަނީ އެނގިފައި. ކޮވިޑް-19 ޖެހިގެން (ނޭ ބުނެ) މަރުވި %99 މީހުންނަކީ އެހެން ކޮންމެވެސް ބޮޑު ސިއްޚީ ބަލިމަޑުކަމެއް ހުރި މީހުންކަން ވަނީ ހާމަ ވެފައި.

‎އެހެން ނަމަވެސް، މީގެ ސަބަބުން މުޖްތަމަޢުގެ ހުރިހާ އަފްރާދުން މާސްކު އަޅުވައި، އެކަން ދިފާޢުކޮށް ރަނގަޅުކުރަނީ ސައިންސުގެ ކޮން ހަމަޔަކުން ހެއްޔެވެ؟ އަހަރެންނަށް މިކަމެއް ނުވިސްނޭ. މިއީ އަހަރެން އަޑުއެހި އެންމެ ތާކުންތާކު ނުޖެހޭ ވާހަކަ. މީގެ އެންމެ ދެކޮޅުުނުޖެހޭ ކަމަކީ ކޮބައިކަން ކިޔަދޭނަން.

‎އަނގަޔާއި ނޭފަތުގައި (ސާޖިކަލް މާސްކެއް) އަޅާއިރު، ތިބާ ނޭވާގެ ގޮތުގައި އެތެރެ ތިކުުރަނީ ކޮންއެއްޗެއް ހެއްޔެވެ؟ 60 ސިކުންތު ނުވަތަ 2 މިނިޓް ވަންދެން ތިބާ އެ އެއްޗަކުން މަޙްރޫމްކޮށްފި ނަމަ އެއެއްޗަކާހުރެ ތިބާގެ ދިރުން ގެއްލިގެންދާ އެއްޗަކީ ކޮބައިހެއްޔެވެ؟ އެއީ އޮކްސިޖަން. އަނގަޔާއި ނޭފަތުގެ މަތީގައި އެއްޗެއް (ޚާއްސަކޮށް ނޭވާލާން އުނދަގޫވާ ވަރުގެ ހަނި ލޯވަޅުތަކެެއް ހުރި އެއްޗެއް) އެޅުމުން ހަށިގަނޑަށް އެތެރެވާ އޮކްސިޖަންގެ މިންވަރު އެއިން ދަށްކޮށްލަނީ. އޮކްސިޖަންގެ މިންވަރު ދަށްކޮށްލެވިއްޖެ ނަމަ އެއިން ހަށިގަނޑުގައި ކޮރޓިސޯލް ރެސްޕޯންސެއް ނުވަތަ ސްޓްރެސް ރެސްޕޯންސެއް އުފައްދާ. ސަބަބަކީ މިހާރު ތިބާ ޖެހެނީ އެއްޗެއް މެދުވެރިކޮށް ބާރާއި އެކު އޮކްސިޖަން ނެނގުމުގައި އުނދަގޫކަމެއް ތަޙައްމަލު ކުރަން. އޭގެ ސަބަބުން ތިބާގެ ކޮރޓިސޯލް (ސްޓްރެސް ހޯރމޯން ނުވަތަ އުނދަގޫވެ ފިކުރުބޮޑުވުމުން ނުކުންނަ ހޯރމޯން) އިތުރުވޭ. އެއީ އިމުއުނޯ-ސަޕްރެސިވް (ދިފާޢީ ނިޒާމް މަސައްކަތްކުރުން ހަނިކޮށް ދަށްކުރާ) އެއްޗެއް.

މި ގޮތުން ސްޓެރޮއިޑްސް އަކީީ އިމުއުނޯސަޕްރެސިވް އެއްޗެއް. އެހެންވެ، މީހެއްގެ ހަށިގަނޑުގެ އޯގަން ޓްރާންސްޕްލާންޓެއް (ގުނަވަންތައް ބަދަލު ކުރާ ސާޖަރީ) ހަދާއިރު އެމީހަކަށް އިމުއުނޯ-ސަޕްރެސިވް (ދިފާޢީ ނިޒާމް މަސައްކަތްކުރުން ހަނިކޮށް ދަށްކުރާ) ބޭސް ދޭ. އެއީ އަލަށް ބަދަލުކުރި ގުނަވަނަށް ދިފާޢީ ނިޒާމުން ހަމަލާދިނުން ހުއްޓުވުމަށްޓަކައި. އެމީހުން ބޭނުންވަނީ ދިފާޢީ ނިޒާމް ހުއްޓުވައި ނިއްވާލަން. ސްޓެރޮއިޑްސް އިން ދިފާޢީ ނިޒާމް މަސައްކަތް ހުއްޓުވާލާ. އެހެންކަމުން ހަށިގަނޑުގައި ކޮރޓިސޯލް އިތުރުވުމުން އިމިއުން ސިސްޓަމް ޝަޓްޑައުން ކޮށްލާ. ދިފާޢީ ނިޒާމް ހުއްޓުވާލާ. އެހިސާބުން، ހަށިގަނޑަށް ބަލިޖައްސާ އެއްޗެހި ވެރިވުމުގެ ފުރުޞަތު ފަހިކުރުވާ. އެހެނަސް، އަހަރެމެން މިހާރު މިކުރަނީ ކޮންްކަމެއް ހެއްޔެވެ؟

‎މީހުން ކައިރީ މިބުނަނީ މާސްކެއް އަޅާށޭ. މާނައަކީ ހަށިގަނޑަށް އޮކްސިޖަން ނަގާ މިންވަރު ދަށްކޮށް ލާށޭ. ދިފާޢީ ނިޒާމް ބަލިކަށިކޮށް ލާށޭ. ހަށިގަނޑަށް ބަލި ވަނުމުގެ ފުރުޞަތު ބާރު ގަދަކޮށްލާށޭ. އަނެއް ކަމަކީ، މާސްކެއް އަަޅައިގެން އުޅޭނަމަ، އޭގެ ސަބަބުން ހަށިގަނޑުގައި ކުރީއްސުރެ ހުރި އެހެނިހެން ބަލިތައް ހަރަކާތް ކުރުވަން ފެށޭ. ސަބަބަކީ ވައިރަސް ހަށިގަނޑުގެ ސެލްތަކުން ނެރެނީ ހަށިގަނޑަށް “ސްޓެރެސް” ކުރިމަތި ކުރުވާ ވަގުތު ތަކުގަ އެވެ. އެހެންކަމުން، އެންމެ ފަސޭހައިން “ސްޓްރެސް” ކުރިމަތިކުރުވާ އެއްކަމަކީ މާސްކު އެޅުމެވެ.” – ޑރ. ރަޝީދް ބައްޓާރް ވިދާޅުވި އެވެ.

Leave a Reply