ވެކްސިންގެ ސަބަބުން އިންސާނާގެ ޑީ.އެން.އޭ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން 25 ފެބްރުއަރީ 2021 ގައި ކުރި ޓްވީޓް އެއްގެ ވީޑިއޯގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

ވެކްސިނަކީ އެކި އެކި މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. މިގޮތުން ބައެއް ވެކްސިންގައި އެކުލެވިގެންވާ ވައިރަސް އާލާކުރުމަށް ޖަނަވާރުންގެ ސެލްތައް (މިސާލަކަށް ޕޯލިއޯ ވެކްސިން އުފެއްދުމަށް ބޭނުންކޮށްފައިވަނީ ރާމާމަކުނުގެ ގުރުދާ، އިންފްލުއެންޒާ ވެކްސިން ފްލޫސަލްވެކްސް އުފެއްދުމަށް ބޭނުންކޮށްފައިވަނީ ކުއްތާގެ ގުރުދާ، އެޗް.ޕީ.ވީ ވެކްސިން ސަރވަރިކްސް އުފެއްދުމަށް ބޭނުންކޮށްފައިވަނީ ކޮކާފަނި) ނުވަތަ އިންސާނުންގެ ސެލްތައް ބޭނުންކޮށްގެން (މިސާލަކަށް ބަނޑުގައި އޮންނަ ދަރި ވައްޓާލައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން އުފައްދާފައިވާ އެމް.އެމް.އާރ، އެމް.އާރު ނުވަތަ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން) ވެކްސިން އުފައްދާފައިވެ އެވެ.
ޖަނަވާރުންނާއި ނުވިހާ ތުއްތުކުދިންގެ ސެލްތައް ބޭނުންކޮށްގެން ވައިރަސް އާލާ ކުރުމަށް ފަހު އުފައްދާ ވެކްސިންތަކުގައި މި ސެލްތަކުގެ އެތި އެތި ކޮޅުތަކާއި ޑީ.އެން.އޭ ވެސް ހިމެނެއެވެ. ކޮންމެ ވެކްސިން އަކާ އެކުގައިވާ “ވެކްސިން އިންސަރޓް” ގައި މި މަޢުލޫމާތު ހިމަނާފައި ވެސްވެ އެވެ.
ރާމާމަކުނު ނުވަތަ ނުވިހާ ތުއްތުކުދިންގެ ޑީ.އެން.އޭ ބޭނުންކުރުމުން ކެންސަރު ޖެހުމުގެ ފުރުޞަތު އޮންނަނީ މި ޑީ.އެން.އޭ ވެކްސިންޖެހޭ މީހާގެ ޑީ.އެން.އޭ އާ ގުޅުމުންނެވެ. ވީމާ، ވެކްސިންގެ ސަބަބުން އިންސާނާގެ ޑީ.އެން.އޭ އަށް ބަދަލު އާދެއެވެ.
ޕޯލިއޯ ވެކްސިން ގައި އެކުލެވިގެންވި ރާމާ މަކުނުގައި ހުންނަ ވައިރަސް SV40 އިންސާނާގެ ޑީ.އެން.އޭ އާ ގުޅިގެން ކެންސަރު ބަލި ކުރިމަތިވެފައިވާ ކަމަކީ ދުނިޔެ ޤަބޫލުކުރާ ކަމެކެވެ.
އެފް.ޑީ.އޭ އިން އޮގަސްޓް 2020 ގައި ޝާއިޢުކޮށްފައިވާ ކަރުދާހުގައިވާ ގޮތުން މި ފަދަ ވައިރަސްތަކުގެ އުނދަގުލެއް ނުވެ އެތައް އަހަރަކު ހުރެ އެވެ. ކެންސަރު ޖައްސާ ސެލްތަކުގެ ސަބަބުން “ރެޓްރޯވައިރަސް” ނުވަތަ “ކެންސަރު ޖައްސާ ޑީ.އެން.އޭ” ހުރުމަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ކަމެކެވެ. ނަމަވެސް، މިފަދަ ވައިރަސްތައް ހުރިތޯ ދެނެގަތުމަކީ އެހާ ފަސޭހަ ނޫން ކަމެއް ކަމަށް އެމެރިކާގެ އެފް.ޑީ.އޭ އިން ބުނެފައިވެ އެވެ.[1]
މީގެ 20 އަހަރު ކުރިންވެސް ހަމަ މިވާހަކަ ދެކެވިފައިވެ އެވެ.
ވެކްސިން އުފެއްދުމުގައި އެކި ބާވަތުގެ ސެލްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ޑިޕާޓުމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސައިންސް އާއި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އަދި އިތުރު އެހެނިހެން ބައިނަލް އަޤްވާމީ ޖަމުޢިއްޔާތައް އެކުވެގެން ވަރަށް ބޮޑު ބައްދަލުވުމެއް 1999 ގައި ބާއްވާފައިވެ އެވެ. މި ބައްދަލުވުމުގެ ޔައުމިއްޔާ ވިދާޅުވުމުން މިކަމާ ގުޅޭ ގިނަ ގުނަ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން މުހިން ބައެއް ވާހަކަ ތިރީގައި އެވަނީއެވެ. https://tlgur.com/d/4x7LnrJg

Dr Bill Egan – Acting Director, Office of Vaccines, Center for Biologics Research and Evaluation (CBER)




Dr Elwyn Griffiths, World Health Organization
މީގެ އިތުރުން، ވެކްސިންގައި އެކުލެވިގެންވާ އެލުމިނިއަމް އާއި ދިރޭރަހަ އަކީ ޑީ.އެން.އޭ ހަލާކުކުރާ ދެ މާއްދާއެވެ. މި ގޮތުން ހަލާކުވުމުން، އެއީ ވެސް ޑީ.އެން.އޭ އަށް އަންނަ ބަދަލެކެވެ.
ކަން މިހެން އޮތް އިރުވެސް، ވެކްސިން ގެ ސަބަބުން “މިއުޓަޖެނެސިޓީ” ނުވަތަ ޖެނެޓިކްސް އަށް ބަދަލެއް އާދޭތޯ ބެލުމަށް އެއްވެސް ވެކްސިން އެއް ތަހުލީލުކޮށްފައެއް ނުވެއެވެ. ވެކްސިން އުފައްދާ ކުންފުނިން “ވެކްސިން އިންސަރޓް” ގައި މިކަން ބަޔާންކޮށްފައިވޭ ވެސްމެ އެވެ.
Influenza A (H1N1) 2009 Monovalent Vaccine

Hepatitis B vaccine (Recombivax)

ތިރީގައި މިވަނީ، އެފް.ޑީ.އޭ ގެ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން އެއްގައިވާ މަޢުލޫމާތެވެ.

ވީމާ، އެއްވެސް ވެކްސިން އަކީ އިންސާނާގެ ޑީ.އެން.އޭ އަށް ބަދަލު ގެންނަ އެއްޗެއް ނޫން ކަމަށް ބުނުމަކީ ސައިންސްގެ ހޯދުންތަކާ ދިމާ އިދިކޮޅު ބަހެކެވެ.
[1] https://www.fda.gov/vaccines-blood-biologics/biologics-research-projects/investigating-viruses-cells-used-make-vaccines-and-evaluating-potential-threat-posed-transmission
