ދުނިޔޭގެ އެތައް ކުދިންނެއް ޑީ.ޓީ.ޕީ ވެކްސިން ގެ ސަބަބުން މަރުވަމުން ދާތީ، މި މައްސަލަ ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ބޭސްފަރުވާގެ އެންމެހައި އަމަލުތަކުގައި ރުހުން އޮންނަންޖެހޭނެ ކަމަށް ވާކާލާތުކުރާ އެމެރިކާގެ ޖަމުޢިއްޔާއެއް ކަމަށްވާ “އިންފޯމްޑް ކޮންސެންޓް އެކްޝަން ނެޓްވަރކް” (ICAN) ގެ ފަރާތުން ޔުނިސެފް އާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގާ ކަމުގެ ޝަކުވާ ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 29 ޖުލައި 2020 ގައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ICAN އިން ފާހަގަ ކޮށްފައިވާ ގޮތުން، ފަންނީ ދިރާސާތަކުން[1] ދައްކާ ގޮތުގައި ޑީ.ޓީ.ޕީ ވެކްސިން ޖެހުމުން، އެހެނިހެން މައްސަލަތައް ކުރިމަތިވެގެން ތުއްތުކުދިން މަރުވާ އަދަދު 10 ގުނަ އިތުރެވެ. ނަމަވެސް، މި ފަދައިން ތުއްތުކުދިންތައް މަރުވަމުން ދިޔަކަމުގައިވީ ނަމަވެސް، މިކަން އެނގިހުރެ ޔުނިސެފް ގެ ފަރާތުން ދުނިޔޭގެ ތައްރައްޤީވަމުން އަންނަ ޤައުމުތަކާއި ފަގީރު ޤައުމުތަކުގެ ތުއްތުކުދިންނަށް ޑީ.ޓީ.ޕީ ވެކްސިން ޖެހުމަށް އެކި ގޮތްގޮތުން ބާރުއަޅާ މަސައްކަތްކުރަމުން ދެއެވެ. މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބަލާފައިވާ އެއް ތަހުލީލުން ދައްކާ ގޮތުގައި ޑީ.ޓީ.ޕީ ވެކްސިން ޖެހުމުން ކުދިން މަރުވުމުގެ ފުރުޞަތު %154 އާ %1،219 އާ ދެމެދުގެ އަދަދަކަށް އިތުރުވެގެންދެ އެވެ. ނަމަވެސް، ވެކްސިން ވިޔަފާރިއަށް ހީނަރުކަމެއް އައިސްދާނެ އެއްވެސް ކަމަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ނުކުރާނެ ކަމަކަށްވުމުން، ޑީ.ޓީ.ޕީ ވެކްސިން ގެ ސަބަބުން ކުދިން މަރުވަމުންދާ ކަން ހާމައެއް ނުކުރެއެވެ. ދިވެހިރާއްޖޭގެ ތުއްތު ކުދިންނަށް 2، 4، އަދި 6 މަހުގައި ދޭ ޕެންޓަވޭލަންޓް ވެކްސިން ގައި ޑީ.ޓީ.ޕީ އެކުލެވިގެންވޭ އަދި 4 އަހަރުގައި ޑީ.ޓީ.ޕީ ވެކްސިން ވަކިން ދެވެއެވެ. ތުއްތުކުދިން މަރުވުމުގެ ފުރުޞަތު އިތުރުކުރާ މި ވެކްސިން ދިނުމަކީ ދިވެހިރާއްޖޭގައި މައިންބަފައިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެވިފައިވާ ކަމެކެވެ.
