ޕީސީއާރް ސޫޑޯ-އެޕިޑަމިކް: ޕީސީއާރް ޓެސްޓުގެ ސަބަބުން ވުޖޫދުގައި ނެތް ހޯއްގޮވާ ކެއްސުމުގެ ބަލިމަޑުކަމެއް އެމެރިކާގެ މެޑިކަލް ސެންޓަރަކުން 2006 ވަނަ އަހަރު ގެނައި ގޮތުގެ ތަފްޞީލު – ނިއުޔޯކް ޓައިމްސް

-ޖީނާ ކޮލާޓާ، 22 ޖެނުއަރީ [1]2007

ތާރީޚުގެ މި ފިލާވަޅުން ލިބޭ ޚުލާސާ އިބުރަތްތައް:

  • ޕީސީއާރު ޓެސްޓަކީ ބަލިމަޑުކަން ފާހަގަކުރަން ބަރޯސާ ވެވޭނެ އެއްޗެއް ނޫންކަން
  • ވަގުތުން ނަތީޖާ ލިބޭ އަވަސް ޓެސްޓް ކިޓުތަކަކަށް ދެލޯކަނު ކޮށް ބަރޯސާ ވުމުން ވުޖޫދުގައި ނެތް ޚިޔާލީ އެޕިޑެމިކް ނުވަތަ ނެތް ބަލިމަޑުކަން އުފައްދައި ވަގުތާއި ފައިސާ ބޭކާރު ކުރަމުންދާ ކަމަކީ ޙަޤީޤަތެއްކަން
  • ފާމަސޫޓިކަލް އިންޑަސްޓްރީއަށް ހެއްލިި، ގޮތް ނޭނގޭ ފޭކް ޓެސްޓުތަކަށް ބުރަވެ ނުރަގަނޅު ފަރުވާއާއި ކަމާއި ނުގުޅޭ ވެކްސިންތައް ދެވި މީހުންނަށް އަނިޔާ ކުރެވިފައިވާކަން.
  • ޕީސީއާރު ޓެސްޓަކީ ވުޖޫދުގައި ނެތް ބަލިމަޑުކަމެއް އޮތް ކަމެއް ކަމުގައި އަވާމެންދުރެއް ހެން ލޯމައްޗަށް ދަޅަ ދައްކުވައިދޭ، ބިރުވެރިކަން ގެނެސްދޭ އިތުބާރު ނުކުރެވޭ ޓެސްޓެއް ކަން

އެމެރިކާގެ ޑާޓްމައުތް-ހިޗްކޮކް މެޑިކަލް ސެންޓަރގެ އިންޓަރނިސްޓެއް ކަމުގައިވާ ޑރ.ބްރޫކް ހާންޑޮންގެ ކެއްސުމަށް އެއްވެސް ބަދަލެއް ނައެވެ. 2006 ވަނަ އަހަރުގެ އެޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ދެ ހަފްތާ ވަންދެން ހުއްޓުމެއް ނެތި ކެއްސަމުން ދިޔަ އެވެ. ކައިރީގައި މަސައްކަތްކުރި މީހުންނަށް އުނދަގޫވާ ހިސާބަށް ދިޔަކަމަށް އޭނާގެ ކައިރީގައި މަސައްކަތްކުރި މީހުން ބުނެފައިވެ އެވެ.

މިކަމާއި ވިއްދައިގެން ޑާޓްމައުތްގެ އިންފެކްޝިއަސް ޑިޒީޒް ސްޕަޝަލިސްޓެއް ކަމުގައިވާ ޑރ.ކެތްރީން އަށް ބިރުވެރި ޚިޔާލެއް އައެވެ:- ޑރ.ބްރޫކް އަކީ ވޫޕިން ކަފް ނުވަތަ ހޯއްގޮވާ ކެއްސުން ބަލީގެ (ނުހުއްޓި ކެއްސާ ކެއްސުމެއް ގެ) އެޕިޑަމިކެއްގެ ފެށުން ފެނިދާނެ ހެއްޔެވެ؟”

އެޕްރީލް މަހުގެ ފަހުކޮޅަށް ދިޔައިރު، އެތަނުގެ އެހެނިހެން ޞިއްޙީ މަސައްކަތްތެރިން ވެސް އެފަދައިން ކެއްސަން ފަށައިފި އެވެ. އަދި ކޮންޓްރޯލް ކުރަން އުދަނގޫ ވަރަށް ގަދަޔަށް ކެއްސުމަކީ ހޯއްގޮވާ ކެއްސުމުގެ ނިޝާނެކެވެ.

މިއީ ހޯއްގޮވާ ކެއްސުން ކަމުގައިވާނަމަ، ވަގުތުން މި ބަލިމަޑުކަން ހިފަހައްޓައި ކޮންޓޮރޯލް ކުރަން ޖެހެ އެވެ. ސަބަބަކީ މި ބަލި ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިންނަށް ނުރައްކާތެރި އެއްޗެއް ގޮތުގައި ވެގެން ހިގައިދާނެ ތީއެވެ. އަދި ބަލިކަށި އަދި ރިސްކު ބޮޑު ނުވަތަ ގެއްލުން ބޮޑަށް ކޮށްފާނެ ބޮޑެތި މީހުން މީގެ ސަބަބުން ނިއުމޯނިޔާއަށް ހިނގައިދާ ތީއެވެ.

މިކަން ވެގެންދިޔައީ މެޑިކަލް ސެންޓަރުގައި މި އާދަޔާ ޚިލާފު ހާދިސާގެ ފެށުން ކަމުގައެވެ. ވުޖޫދުގައި ނެތް ބަލިމަޑުކަމު ގެ ވާހަކައެވެ. އެތަކެއް މަސްތަކެއް ވަންދެން، އެކަމުގައި ޝާމިލުވީ އެންމެން ހީކޮށްގެން ތިބީ ޞިއްޙީ މަރުކަޒުގައި އެތަކެއް ނޭދެވޭ އަސަރުތަކެއް އެކުވެ އައި ހޯއްގޮވާ ކެއްސުމުގެ ބޮޑު ބަލިމަޑުކަމެއް ނުކުމެގެން އުޅުނު ކަމުގަ އެވެ. އެމެރިކާގެ ނިއުހެމިސްފިއާގެ، ސިޓީއެއް ކަމުގައިވާ ލެބަނޮން ގެ މި ހޮސްޕިޓަލުގައި މަސައްކަތް ކުރި 1000 ޞިއްޙީ މަސައްކަތްތެރިންނަށް ވަގުތީ ޓެސްޓެއް ކުރެވި، އޭގެ ނަތީޖާ ލިބެންދެން އެމީހުންނަށް މުސާރަ ނުލިބޭ ގޮތަށް މަސައްކަތާއި ދުރުކޮށް ލީވް ދެވުނެވެ. އޭގެ ތެރެއިން 142 މީހުން މި ބަލި ޖެހިފައިވާކަމަށް ފެންނަ ކަމުގައި ބުނެވުނެވެ. އެތައް ހާސް ބަޔަކަށް ބަލިން ރައްކާތެރި ކުރުމަށް ކަމަށް ބުނެ އެންޓި ބަޔޮޓިކްތަކާއި ވެކްސިން ދެވުނެވެ. ހޮސްޕިޓަލްގެ އެނދު ތަކާއި އެކު އައިސީޔޫ ގެ ބައެއް އެނދުތަކުގެ ވެސް ޚިދުމަތް މެދުކެނޑިގެން ދިޔަ އެވެ.

މި ފޭކް ޕެންޑެމިކް ނުވަތަ ވުޖޫދުގައި ނެތް ބަލިމަޑުކަމުގެ އަސްލު މަންޒަރު ފެނުނު ދުވަސް:

މި ކަނޑުކޮސް ހާދީސާގެ ބޮޑު މަންޒަރު ފެނުނީ އޭގެ އެތަކެއް މަހެއްގެ ފަހުންނެވެ. އޭގެ 8 މަސް ދުވަސް ފަހުން ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންނަށް މޮޔަ ހީވާ ކަހަލަ ހައިރާންކުރަނިވި އީމެއިލް މެސެޖެއް ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަންގެ ފަރާތުން ފޮނުވި އެވެ. އޭގައި އޮތީ އެމީހުން ތަހަންމަލު ކުރި ހުރިހާ ކަމަކީ “ފޯލްސް އެލާމް” ނުވަތަ ދޮގު އިންޒާރެއް ކަމުގަ އެވެ. އެބަހީ އެއްވެސް ޙަޤީޤަތެއް ނެތް ކަމެއް ބަލިމަޑުކަމަށް ހަދައި މޮޔަ ތަޅައި އެހެން މީހުން މޮޔަ ހެއްދީ ކަމުގެ ވާހަކައެވެ.

ހޯއްގޮވާ ކެއްސުމުގެ ކޭސްތައް ކަމުގައި ނިންމާފައިވާ ކޭސްތައް އަލުން އެކަމަށް ޚާއްސަ ޓެސްޓަކުން، ހޯއްގޮވާ ކެއްސުން ޖައްސާ ކަމުގައި ބުނާ ބެކްޓީރިޔާ އާލާކޮށް ތަހުޤީޤުކޮށް ލެބޯޓަރީގައި ބެލިއިރު ހޯއްގޮވާ ކެއްސުމުގެ އެންމެ ކޭސް އެއް ވެސް އެތަނުން އެކަކުގެ ކިބައިންވެސް ފެނިފައި ނުވެއެވެ. އަދި ކިއެއް، ފެނިގެން ދިޔައީ އެތަނުގައި މަސައްކަތް ކުރި ހެލްތު ވޯކަރުންނަށް ޖެހުނީ އަރިދަފުސް ރޯގާ ކަހަލަ އާދައިގެ ރޯގާއެއް ކަމަށެވެ. (ނޯޓް: ހޮސްޕިޓަލުގެ ވެންޓިލޭޝަން ނިޒާމުން ނުވަތަ އެހެން ކޮންމެވެސް ގޮތަކުން އެތަނަށް ނުރައްކާތެރި ކެމިކަލެއް ދޫވެގެން މިފަދަ ކަމެއް އެ އެންމެނަށް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ކަމެއް ހިނގިޔަސް، އޭގެ ހަޤީޤަތް ގިނަފަހަރަށް އޮންނާނީ ވަޅުޖަހައި ފަސް އަޅާފައެވެ.)

މިވަގުތު، މި ހާދިސާގެ ފަހަތަށް އެބުރި ބަލާހިނދު، އެޕިޑީމިއޮލޮޖިސްޓުން ނާއި އަދި އިންފެކްޝިއަސް ޑިޒީސް ސްޕެޝަލިސްޓުން ވިދާޅުވަނީ “އެ ހުރިހާ ކަމެއްގެ މައްސަލައަކަށްވީ މާއަވަހަށް ކޮށްލެވޭ ޓެސްޓަކަށް މާބޮޑަށް ބަރޯސާވުން ކަމުގައެވެ. އަދި މިހާ ސެންސިޓިވް މޮލެކިއުލާރ ޓެސްޓަކަށް ބަރޯސާވުން ވެގެންދިޔައީ އެމީހުން ހަމަމަގުން ކަސިޔާރުވެ މަގުފުރެދިގެން ދިޔަކަން ކަމުގަ އެވެ.”

އިންފެކްޝިއަސް ޑިޒީޒް މާހިރުން ވިދާޅުވާގޮތުން މިފަދަ ޓެސްޓުތައް ވަނީ މިހާރު އިންތިހާއަށް ގިނައިން ބޭނުންކުރަން ފަށާފަ އެވެ.

ސޮސައިޓީ އޮފް ހެލްތް ކެއަރ އެޕިޑެމިއޮލޮޖިސްޓްސް އޮފް އެމެރިކާގެ ކުރީގެ ރައީސާ އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް ޑރ.ޓްރިޝް އެމް. ޕާރލް (Dr. Trish M. Perl) ވިދާޅުވެފައިވާ ގޮތުގައި މިފަދަ މޮލެކިއުލަރ ޓެސްޓްތަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން މެދުވެރިވި ސޫޑޯ-އެޕިޑެމިކް (ނުވަތަ ފޭކު ދޮގުވެރި ބަލިމަޑުކަން ތަކުގެ) މައްޗަށް ޤައުމީ ލެވެލްގައި އެއްކުރެވިފައިވާ ޑޭޓާ ނުވަތަ މައުލޫމާތެއް ނެތް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ ވުޖޫދުގައި ނެތް ފޭކް ބަލިމަޑުކަން ނުވަތަ ސޫޑޯ-އެޕިޑަމިކްތައް އިއުލާނުކުރުމުގެ ހާދިސާތައް އަބަދު ވެސް އެކި މުޖްތަމަޢުތަކުގައި ކެނޑިނޭޅި ހިނގަމުންދާ ކަމުގަ އެވެ. އަދި ޑާޓްމައުތްގެ ހާދިސާއަކީ އޭގެ ތެރެއިން އެންމެ ބޮޑު އެއް ހާދިސާއެވެ.

މިފަދަ އެހެން ހޯއްގޮވާ ކެއްސުމުގެ ދޮގުވެރި ބިރުވެރިކަމެއް ބޮސްޓޮންގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލެއް ގައި ވެސް އުފެދުނެވެ. 36 ބޮޑު މީހަކާއި، 2 ކުޑަކުދިން ” ހޯއްގޮވާ ކެއްސުމުގެ”ގެ ޝިކާރައަކަށް ވީކަމަށް ހީކޮށް ނިންމައިގެން ތިއްބާ، ފަހުން ހެދި ސީދާ އެކިއުރޭޓް ޓެސްޓްތަކުން އެބުނާ “ޕާޓަސިސް” ޖަރާސީމު އެއިން އެއްވެސް ކޭސް އެއްގައި ފެނިފަ އެއް ނުވެއެވެ.

“މިއީ ވަރަށް ބޮޑު މައްސަލައެއް. މިއީ މައްސަލައެއްކަން އަހަރެމެންނަށް އެނގޭ. އަހަރެންނަށް ފެންނަ ގޮތުގައި ޑާޓްމައުތް ގައި ހިނގި މި ހާދިސާ ކުރިއަށް އޮތް ތަނުގައި އެތައް ގުނައަކުން ތަކުރާރު ވެގެންދާނެ” ކަމުގައި ޑރ.ޓްރިޝް އެމް. ޕާރލް ވިދާޅުވި އެވެ. ހަޤީޤަތުގައި ކޮވިޑޭ ކިޔައިގެން ވެސް މިއަދު މިއޮތީ އެފަދަ ސޫޑޯ-އެޕިޑަމިކެއް އިއުލާނު ކޮށްފަ އެވެ. ބަލީގެ ކޭސްތައް ބަލަނީ މީހުން ބަލިމީހުންނަށް ވެގެން ނުނެވެ. ވަގު ޚިޔާނާތްތެރި ބިގްފާމާގެ ހަތިޔާރު ޕީސީއާރު ޓެސްޓަކަށް ބަލަ އެވެ.

އަލަށް އީޖާދުކުރެވޭ ކޮންމެ މޮލެކިއުލަރ ޓެސްޓަކީ އަވަސް ނަމަވެސް ޓެކްނިކަލް ގޮތުން ކަވި އެއްޗެކެވެ. ކޮންމެ ލެބޯރަޓަރީ އަކުން މި ޓެސްޓު އެމީހުން ގެ އަމިއްލަ ގޮތްތަކަށް މި ޓެސްޓު ކޮށްފާނެ އެވެ. މިފަދަ ޓެސްޓް ތަކަކީ އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ އެއްޗެއް ނޫނެވެ. މިފަދަ ޓެސްޓު ތަކުގެ ކުށް ޖެހޭ ރޭޓް ހަޤީޤަތުގައި އަންދާޒާ ކުރެވިފައި ނުވެއެވެ. މީގެ ސެންސިޓިވިޓީ (ޑިޓެކްޓުކުރާ ގޮތުގެ ބާރުގަދަކަން) ގަދަކުރި ވަރަކަށް ފޯލްސް ޕޮޒިޓިވް އައުމުގެ ފުރުޞަތު ކިތަންމެހާވެސް ބޮޑެވެ. ޑާޓްމައުތްގައި ވީފަދައިން އެތައް ހާސް ބަޔަކު ޓެސްޓުކުރުމުން އެއިން ލިބުނު ގޯސް ނަތީޖާތަކުން ދެއްކީ އެޕިޑަމިކެއް ނުވަތަ ބަލިމަޑުކަމެއް އެތަނަށް އައިސްގެން އުޅޭ ކަމަށެވެ.

މިހުރިހާ ކަމަކުން ކުރިމަތި ކުރުވަނީ އެއް ސުވާލެކެވެ. މި ޕީސީއާރު ޓެސްޓަށް އެންމެ ފުރަތަމަ ބަރޯސާވާން ވީ ކީއްވެގެން ތޯއެވެ؟ “ލޯ ކުރިމައްޗަށް ފެންނަ ފެނުމަށް އެކަނި ބަލައިގެން، އެމީހުން މިކަން ހަޤީޤަތުގައި ކޮށްގެން ނުވާނެ” ކަމުގައި ޑޮކްޓަރު ވިދާޅުވި އެވެ.

ޑާޓްމައުތް ހޮސްޕިޓަލްގެ ނިންމުމަކަށްވީ ހޯއްގޮވާ ކެއްސުމުގެ ބަލި މަޑުކަމެއް އޮތްތޯ ބެލުމަށް ޕީ.ސީ.އާރު ޕޮލިމަރޭސް ޗެއިން ރިއެކްޝަން ޓެސްޓު ބޭނުން ކުރުމެވެ. ޑާޓްމައުތް ހާދިސާ އަކީ ޕީސީއާރް ޓެސްޓުގެ އަނދިރި ފަރާތެވެ. މިކަން ގިނަ މީހުންނަށް އެނގެން ބިގްފާމާ މަހުޖަނުން ބޭނުން ނުވާނެ އެވެ.

އެމެރިކާގެ ސެންޓާރ ފޯ ޑިޒީޒް ކޮންޓްރޯލްގެ މެޑިކަލް އެޕިޑިމިއޮލޮޖިސްޓު ޑރ. ކެޓްރީނާ ކްރެސްސިންގާ ވިދާޅުވެފައިވާ ގޮތުން “އެމެރިކާގައި 100 އަށްވުރެ ގިނަ ޕީސީއާރު ޕްރޮޓޮކޯލްތަކާއި މެތަޑްތައް” އެބަހުއްޓެވެ.

އަދި މި ޕީސީއާރް ޓެސްޓަކީ ކިހާ އެކުޔުރޭޓް އެއްޗެކަން ސާފެއް ނޫނެވެ. ” ޕީސީއާރު ޕޮޒިޓިވް ރިޒަލްޓްސް ބަލައިގެން އައުޓްބްރޭކެއް އަތުވެއްޖެ ކަމަށް ނިންމި ހޯއްގޮވާ ކެއްސުން ތަކުގެ އެތައް އައުޓްބްރޭކް ތަކަކީ ހޯއްގޮވާ ކެއްސުން ބައްޔަށް ނުވި” ކަމުގައި  ޑރ. ކެޓްރީނާ ވިދާޅުވި އެވެ.

ޑާޓްމައުތްގެ ހޮސްޕިޓަލުގައި ކަން ހިގައިދިޔަ ގޮތަކީ ޢަލާމާތްތަކުގެ މައްޗަށް ބުރަވެ އެންމެ ފުރަތަމަ ޝައްކު ކުރެވުނު މީހާ ޕީސީއާރު ޓެސްޓެއް ކުރެވުމެވެ. އޭގެ ޕޮޒިޓިވް ނަތީޖާއަށް ޑޮކްޓަރު އީމާންވެ ޤަބޫލުކުރީ އެއީ ހޯއްގޮވާ ކެއްސުން ކަމުގަ އެވެ. އެއަށްފަހު، އެހާ ބޮޑަށް ނު ކެއްސާ މީހުންނާއި، އެހާ ބޮޑު ޢަލާމާތްތައް ނުފެންނަ މީހުން އޭނާ ޓެސްޓުކުރަން ފެއްޓި އެވެ. “މިއީ 134 ޝައްކުކުރެވޭ ކޭސްތައް އައި ގޮތް” ކަމުގައި ޑރ. ކެޓްރީނާ ވިދާޅުވި އެވެ. އަދި ކަން ނިމިގެން ދިޔައިރު ހޮސްޕިޓަލުގައި މަސައްކަތް ކުރި 1445 ހެލްތު ވޯކަރުން ނަށް އެންޓި ބަޔޮޓިކްތައް ދިނެވެ. އަދި ހޮސްޕިޓަލުގައި ތިބި %72 ހެލްތު ކެއާ ވޯކަރުން ނުވަތަ 4524 ހެލްތްކެއަރ ވޯކަރުން ހޯއްގޮވާ ކެއްސުމާ ދެކޮޅަށް ވެކްސިން ދެވުނެވެ.

ޔޫޓާ ޔިނިވާސިޓީގެ  އިންފެކްޝިއަސް ޑިޒީޒް ސްޕަޝަލިސްޓެސް، ޑރ. ކެތީ އޭ. ޕެޓީ މި ހާދިސާ ގެ މައްޗަށް ވިދާޅުވީ “މީގެ ބޮޑު މެސެޖަކީ ކޮންމެ ލެބޯޓަރީ އަކީ ވެސް ގޯސް ދޮގު ޕްޒިޓިވް ނަތީޖާ ނެރުމުގެ ފުރުޞަތު އޮތް ތަނެއް ކަމުގަ އެވެ. އަދި “އެއްވެސް ޓެސްޓަކީ މުޅިން ސީދާ ސާދާ ސާފު އެއްޗެއް ނޫން ކަމެވެ. އަދި ޕީސީއާރް ޓެސްޓަށް ބިނާވެގެން ނެރެވޭ ނަތީޖާ ގެ މައްޗަށް އަދި ބޮޑަށް މުހިންމުކަން ދެވެން ޖެހޭ” ކަމުގައެވެ. މާނައަކީ ފޯލްސް ޕޮޒިޓިވް ޗެކް ކުރުން އިންތިހާއަށް މުހިންމުކަމެވެ.

ޑރ.ބްރޫކް ހާންޑޮން އަށް އޭނާ އަކީ އެ ބަލިމަޑުކަން ގެނައުމުގެ ބައިވެރިޔާ ނޫންކަން ވަނީ މިހާރު ސާފުވެފައެވެ. ޑރ.ބްރޫކް ވިދާޅުވީ އޭނާ ކުރިން “ހީކުރީ އޭނާ އަކީ މި ބަލިމަޑުކަން ފެތުރުމުގެ އަސްލު ސަބަބު” ކަމުގައެވެ.

މިއީ ތާރީޚުގެ ތެރެއިން ލިބިގަންނަންވީ އިބުރަތުން ފުރިގެންވާ ފިލާވަޅެކެެވެ. ކަންކަމުގެ މާހިރުން ކަމުގައި ލާފައި ތިބޭ މީހުންނަކީ ކުށްނުކުރާނެ މައުސޫމް ބައެއް ނޫނެވެ. ފައިސާއަށް އަމިއްލަ އެއްދުމަށް ހެއްލިގެން ނުދާނެ ބައެއް ނޫނެެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ ކަންކަމުން ނާޒާއިޒް ފާއިދާ ނަގާނެ ކިތަންމެ ބަޔަކު ރިވެތި ސޫރައިގައި ކޯޓު ފަޓުލޫނުގައި ތިބޭނެ އެެވެ. އެހެންކަމުން، މިކަމުގެ މައްޗަށް އަހަރެމެން ސަމާލުވެ ތިބުން ބުއްދިވެރި އެވެ.


[1] Faith in Quick Test Leads to Epidemic That Wasn’t https://www.nytimes.com/2007/01/22/health/22whoop.html

Curbing false positives and pseudo-epidemics https://www.thelancet.com/journals/laninf/article/PIIS1473-3099(07)70044-0/fulltext

Leave a Reply