މާސްކުކޮއްޓި: މާސްކު ކޮއްޓަ ކޮއްޓާ ކުޅެ ހެދުމަކީ މާސްކު އެޅުމަކީ ބޭކާރު ކަމެއްކަން ދޭހަކޮށްދޭ ކަމެއް – ޑރ. ފައުޗީ

މާސްކު އެޅުމަކީ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ބަލިމަޑުކަމުން ފުރިހަމައަށް ރައްކައުތެރިކޮށްދޭ އެއްޗެއް ނޫން ކަމާއި އެ އަޅައިގެން އާންމުކޮށް ނުކުންނަނީ ނޭދެވޭ ނަތިޖާ ކަމުގައި އެންތޮނީ ފައުޗީ ވަނީ ބުނެފި އެވެ. ފައުޗީ މި ފަދައިން ބުނެފައިވަނީ 8 މާރޗް 2020 ގައި ސީއެންބީސީން ހުށައެޅި “ފަސްދޮޅަށް މިނެޓް” ޕްރޮގުރާމް ގައި ވާހަކަ ދައްކަމުން ނެވެ.

ފައުޗީ ބުނެފައިވެ އެވެ. “މާސްކު އަޅައިގެން މަގުމަތީގައި ހިގައި އުޅެގެން ނުވާނެ އެވެ. މާސްކު އަޅައިގެން ހިގައި އުޅުމުގެ މާނައެއް ނެތެވެ. ބަލި މަޑުކަމެއް ފެތުރިގެން އުޅޭ އިރު މާސްކެއް އެޅުމުން ބަލިން ރައްކާތެރިވާނެ ކަމުގެ މޮޅު އިހުސާސެއް ކުރެވިދާނެ އެވެ. މާސްކުން ޑްރޮޕްލެޓެއް މަނާ ކޮށްފާނެ އެވެ. އެކަމަކު، ބަލިމަޑުކަމުން ރައްކާތެރިވާނެ ކަމަށް މީހުން ހީކުރާހާ ފުރިހަމަ ރައްކާތެރިކަމެއް އެއިން ފޯރުކޮށް ނުދެއެވެ. ގިނަ ފަހަރު، ނޭދެވޭ އެތަކެއް ކަމެއް އެއިން މެދުވެރި ކުރެ އެވެ. މީހުން ތިބެނީ އަބަދުމެ މާސްކު ކޮއްޓަ ކޮށްޓަ އެވެ. މޫނުގައި އަތް އުނގުޅާ އުނގުޅާ ލައެވެ.”

ފައުޗީ އަކީ ބިލްގޭޓްއާއި ގުޅިގެން ކޮވިޑް ޚިޔާނާތް މެކުހަށްޖެހި އެންމެ ނުފޫޒުގަދަ އެއް މޫނެވެ.

ސާޖިކަލް މާސްކުން ކޮވިޑް-19 ބަލި ޖެހުމުން ރައްކައުތެރިކޮށް ނުދޭ” ކަމުގައި ޕްރޮފެސަރ ވޯލްޓަރ ރިޗިއާޑީ (އިޓަލީގެ ހެލްތު މިނިސްޓަރުގެ ސައިންޓިފިކް އެޑްވައިސަރ, ޑަބްލިޔުއެޗްއޯގެ ގެ އެގްޒިކިޓިވް ބޯޑްގެ މެންބަރ) ވެސް ވަނީ ވިދާޅުވެފަ އެވެ.

Leave a Reply