ކޮރޯނާ ކާރިސާ ކުރިމަތިވުމުގެ ސަބަބުތައް ދެނެގަނެވި, ވައިރޮލޮޖިސްޓުން ގަބޫލުކުރާ, ބަލިޖައްސާ ވައިރަސްތަކަކީ ސައިންސުގެ ބޭނުން ނަހަމަގޮތުގައި ހިފަން ޤަބޫލުކުރާ އެއްޗެއްކަމުން އެމީހުންނަށް ޤާނޫނީ އަދަބު ދެވެންޖެހޭ!
ލިޔުނީ: ޑރ. ސްޓީފަން ލަންކާ
ޙުލާސާ
ސައިންސާއި ސައިންސުގެ ތަހުލީލުތަކަކީ މައްސަލަތައް ހޯދައި ދެނެގަތުމަށް ލިބިފައިވާ މުހިއްމު އާލާތެކެވެ. ސައިންސްގެ އަލީގައި މީހަކު އެއްޗެއް ބުނާނަމަ, އެ އެއްޗެއް ހެއްކާއި, ޤަރީނާ އަދި ރަނގަޅަށް ފަހުމްވާނޭގޮތަކަށް ހެކިދައްކައިގެން ސާބިތުކޮށްދޭންވާނެއެވެ. އެގޮތުން މިފަދައިން ބުނެވޭ އެއްޗެހީގެތެރެއިން ހެކީގެ އަލީގައި ސާބިތު ކޮށްދެވޭ އެއްޗެއް މެނުވީ ސައިންޓިފިކް އެއްޗެކޭ ނުބުނެވޭނެއެވެ. އެހެނިހެން ހުރިހާ ބުނުމެއް ވާނީ އަމިއްލައަށް ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ ތެރެއިންނެވެ. އަދި މިފަދައިން ޤަބޫލުކުރާ ޤަބޫލުކުރުންތައް ސައިންޓިފިކް ހެކިތަކެއްގެ ގޮތުގައި ދައްކައިގެން ހުއްޖަތެއް ހާސިލްކުރުމަކީވެސް މަނާކަމެކެވެ.
ސައިންޓިފިކް ބުނުމެއް ވާންވާނީ ދޮގެއްކަން ސާބިތުކޮށްދެވޭ އަދި އެއަށްވުރެ މޮޅު ހޯދުމަކުން އަބަދުވެސް ފުރިހަމަކުރެވޭނެ ފަދަ ބުނުމަކަށެވެ. ސައިންޓިސްޓެއްގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާންވާނީ ފަރުވާތެރިކަމާއެކު އޭނާގެ އަމިއްލަ ބުނުންތައް ދޮގުކުރުމަށް މަސައްކަތްކުރުމެވެ. މި މަސައްކަތަށްފަހު, އެ ބުނުމެއް ދޮގު ނުކުރެވިއްޖެނަމަ މެނުވީ އެ ބުނުމަކީ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދެނެގަނެވިފައިވާ ހޯދުމެކޭ ނުބުނެވޭނެއެވެ.
ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސަރުކާރާއި އަދި ކަމާއިބެހޭ އެހެނިހެން އިދާރާތަކުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކީ ޚާއްސަ ޤާނޫނެއްގެ ދަށުން, (މިސާލަކަށް ޖަރުމަންވިލާތުގައި “ދަ އިންފެކްޝަން ޕްރޮޓެކްޝަން އެކްޓް”), މޮނިޓަރ ކުރެވިގެން އެޅޭ ފިޔަވަޅުތަކެކެވެ. ނަމަވެސް މިފަދަ ފިޔަވަޅުތަކަކީ ހަމައެކަނި ފެންނަ ފެނުމަށް ޤާނޫނަކުން ބާރުލިބިގެން އައިސްފައިވާ ފިޔަވަޅުތަކަކަށްވިޔަސް އެކަންތައްތައް ތަންފީޒުކުރެވޭތަނެއް ނުފެނެއެވެ. މިސާލަކަށް ދަންނަވާނަމަ ޖަރުމަނުވިލާތުގެ “ދަ އިންފެކްޝަން ޕްރޮޓެކްޝަން އެކްޓް” ގެ ދަށުން ޖަރުމަނުވިލާތުގެ ޤާނޫނީ އިހްތިޞާސްގެ ތެރޭގައި ހިމެނޭ އެންމެން މިދެންނެވުނު ޤާނޫނުގެ ދަށުން ސައިންސްގެ ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަބަން ޖެހެއެވެ. އެގޮތުން އެންމެ މުހިއްމު ޤަވާޢިދަކީ, ލިޔުމުން ފެންނަން ހުންނަ އަދި ސާބިތުކުރުމުގައި ކާމިޔާބު ނުވިޔަސް އެއީ ތެދުކަމާއި ސައިންޓިފިކް ބުނުމެއްކަމަށް ދެއްކުމެވެ. ހުރިހާ ސައިންޓިފިކް ޤަވާޢިދުތަކަކީވެސް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ބުއްދި ޤަބޫލުކުރާފަދައަކުން އުފެދިފައިވާ އެއްޗެއް ކަމަށް ވާންވާނެއެވެ. މިދެންނެވުނު ކަންތަކަށް ސަމާލުކަން ނުދެވިއްޖެ ކަމުގައި ވާނަމަ އެފަދަ ބުނުމެއް އިތުރު ތަހުލީލުތަކުގެ އަލީގައި ޤަބޫލުނުކުރެވޭގޮތް ވެގެން ދާނެއެވެ.
ބަސް މާނަކުރުމާއި ބަސްތައް ބޭނުންކުރުމުގައި, ބަލިފަތުރާ ވައިރަސްތަކާއިބެހޭގޮތުން ނެރެފައިވާ ހުރިހާ ފޮތްތަކާއި ޢަދަދުތަކެއްގައިވެސް ވާގޮތުން, ވައިރޮލޮޖިސްޓުން ހަމައެކަނި މުގުރާލާފައިވަނީ ސައިންސުގެ ޤާނޫނުތައް އެކަނިނޫންކަން ހާމަވެއެވެ. އޭގެއިތުރުން ބުއްދީގެ ހަމަތަކާއި, ސައިންސާއި އެހެނިހެން ކަންތައްތަކާއި ގުޅުވައިދޭ ޤަވާޢިދުތަކާއި, ވައިރަސްތަކުގެ ޚަލްޤުކުރެއްވުމާއި ބެހޭގޮތުންވެސް ވަނީ ގޮންޖަހާލާފައިއެވެ. ތިމާގެ ލޮލުގައިވާ ފަރުދާގެ އައިނު ނަގާލުމަށްފަހު މައިގަނޑު އަސްލުތަކަށް ބަލައިގެން ލިޔުންތެރިން ލިޔާ ފޮތްތަކާއި ލިޔުންތައް ކިޔާލައިފިނަމަ, ޝައުޤުވެރިކަމާއިއެކު ވިދާޅުވާ, އިނގިރޭސި ބަސް ދަންނަ އަދި ވައިރޮލޮޖިސްޓުން ބޭނުންކުރާ އުކުޅުތައް ދަންނަ (ފޭޖް ނުވަތަ ފޭޖް ފަދަ ވައިރަސްތަކުގެ ތަހުލީލު ކުރާ މީހުން ފިޔަވައި) ބޭފުޅަކަށް, މިފަދަ ވައިރޮލޮޖިސްޓުން އާދައިގެ ޖީން ސީކުއެންސްތަކަކީ ކޮންމެހެން މުހިއްމު ބައިތަކެއްގޮތުގައި ކަޑައަޅައި, އެބައިމީހުންގެ ފަންނުގެ ދާއިރާގެ ހުރިހާ ފަންނުވެރިކަމެއް ވަނީ ދޮގުކޮށްފައިކަން ހާމަވާނެއެވެ. މިކަން އަދި ވަރަށް ފަސޭހައިން ހާމަވާ އެއްކަމަކީ, މިދެންނެވި ސައިންޓިސްޓުން ވަރަށް ޔަޤީންކަމާއިއެކު “ސާސް-ކޮވް-2 ވައިރަސް” ވާކަމާއިމެދު ސުވާލު އުފައްދާ އުފެއްދުމެވެ.
މިފަދަ ސައިންޓިސްޓުން ވަރަށް ސާފުކަމާއެކު ބުއްދީގެ ހަމަތަކާއި, ސައިންސުގެ ޤާނޫނުތައް އެބައިމީހުންގެ މަސައްކަތުންނާއި, ޢަމަލުން އަދި ބުނުންތަކުން ދޮގުކޮށްފައިވާތީ އެއީ އާދައިގެ ބަހުރުވައިން ދަންނަވާނަމަ ސައިންސުގެ މަކަރުވެރިންކަމުގައި ދެންނެވިދާނެއެވެ. ނަމަވެސް ސައިންސުގެތެރެއިން މަކަރުހެދުމަކީ ކުށްތަކުގެ ޤާނޫނުތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ކަމަކަށް ނުވާތީއާއި, އެކަމަށް ހައްދު ކަނޑައެޅިފައިވާ ކަމަކަށް ނުވާތީ, އަހުރެން އަމިއްލަނަފްސަށް ކުރާ ކަމެއްގެ ގޮތުގައި ނަމަވެސް, ވަރޮލޮޖިސްޓުންގެ ވަޒީފާގެ ވައްކަމާއި މަކަރު, ކޯޓުތަކާއި ޤާނޫނުތަކުގައި ހިމެނުމަށް މަސައްކަތްކުރާނަމެވެ. އަދި ސަރުކާރާއި އެހެނިހެން ކަމާއި ބެހޭ ވުޒާރާތަކަށް މިފަދަ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ “ސައިންޓިފިކް ނޫން މަސައްކަތްތަކާއި, އިޖްތިމާއީގޮތުން އާންމުންނަށް ގެއްލުންހުރި ކަންތައްތައް” ކުރުމުން ހުއްޓުވުމަށް ގޮވާލަމެވެ. އެންމެ ފުރަތަމަ ކޯޓަކުން މިދަންނަވާ ކަންތައްތައް ތަޢާރަފްކޮށް ވައިރޮލޮޖިސްޓުންގެ ވަޒީފާގެ ވައްކަން ނިމުމަކަށް ގެންނަ ހިސާބު ވެގެންދާނީ ކޮރޯނާ ކާރިސާއިން ދުނިޔެ ސަލާމަތްވެ, ކޯޓުތަކުގައި އެމައްސަލައަށް ހައްލު ލިބިގެންދާ ހިސާބަށެވެ.
ތަޢާރަފް
އިންސާނިއްޔަތަށް މިއަދުމިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައިއެވެ: ކުރިމަތިވަމުން އަންނަ ބޮޑެތި ގޮންޖެހުންތަކާއި, ބިރާއި, އެކައްޗެއްގެ ސަބަބުން އަނެކައްޗެއްގެ މައްޗަށް ފޯރާ ނޭދެވޭ އަސަރާއި, ހާއްސަކޮށް ދިރުންތަކާއި ބެހޭ ޢިލްމުގެ ތެރެއިންނާއި ބޭސްވެރިކަމުގެ ދާއިރާގެ ތެރެއިން ތިމާވެއްޓާއި, އެތަންތާގެ ދިރުންތަކާއި, ގަސްގަހާއި ގެއްސާއި, ޖަނަވާރުންނާއި, އިންސާނުންގެ އިތުރުން ޤައުމުތަކުގެ އިޤްތިޞާދީ ދިރުމަށް ކުރާ އަސަރުތަކެވެ. ކޮރޯނާގެ ސަބަބުން ކުރިމަތިވެގެންއުޅޭ ބަލާއާފާތަކީ ގަނޑުފެންގަޑެއްގެ ފެންމަތިން ފެންނަން އިންނަ ކުޑަކުޑަ ބައި އެކަންޏެވެ. މި މައްސަލަތައް ކުރިމަތިވާން ދިމާވާ އެއް ސަބަބަކީ މެޓީރިއަލިޒަމް ނުވަތަ ދިރިއުޅުން މެޓީރިއަލިސްޓިކް ތަކެތީގެ އަލީގައި މާނަކުރަންއުޅުމެވެ. މިއަދުގެ މެޓީރިއަލިޒަމް އުފަންވެގެން އައީ “ޕޯސްޓް ސޮކްރޭޓިކް” ޒަމާނުގައި ބިރާއި ބާރުގެ ބޭނުން އެކި ދީންތަކުގެ މެދުގައި ނަހަމަގޮތުގައި ބޭނުންކުރަންފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ އިންސާނިއްޔަތުގެ ނަޒަރުން ބަލާނަމަ ހަމަބުއްދިއަށް ޤަބޫލުކުރެވޭ ވާހަކައެއް ނަމަވެސް އޭގެސަބަބުން ތަފާތު ނޭދެވޭ ގިނަ އަސަރުތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މި މެޓީރިއަލިޒަމްގެ ސަބަބުން ނުބައި އަދި ރަނގަޅު ދިރުންތަކާއި ބެހޭ ޢިލްމާއި, ބޭސްވެރިކަމުގެ ދާއިރާގައި އަމިއްލަ ބަސް ބުނުމުގެ އާދަ އުފަންވެގެން އައުމާއި, އޭގެ ނަތީޖާއެއްގެ ގޮތުން އެންޓި ބައޮސިސް ( އެންޓިބައޮޓިކްސް, ރޭޑިއޭޝަން, ކީމޯތެރަޕީ, ޑިސްއިންފެކްޝަން, ހައްޤުތައް ހަނިކުރުން, ވެކްސިންދިނުން, ލޮކްޑައުން ކުރުން, ކަރަންޓީނު ކުރުން އަދި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުން ) އުފެދިގެން އައެވެ. އެބައިމީހުންގެ ނުބައި-ރަނގަޅު ބުނެދޭ ތިއަރީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާނުވެ, އަމިއްލައަށް ޤަބޫލުކުރާ ޤަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވުން ވެގެންދިޔައީ އެންމެ ބާރުގަދަ ދީނުގައިވެސް އެ ތިއަރީ ޤަބޫލުނުކުރުމެވެ.
މެޓީރިއަލިސްޓިކް ތިއަރީ އޮފް ލައިފް ބުނާގޮތުންނަމަ ހަމައެކަނި ވާ އެއްޗަކީ ކުދި އެޓޮމްސް ކަމާއި, އެތަކެތީގައި އެއްވެސް ހިއްސެއް ނުވާކަމަށާއި, އެއްވެސް ރޫޚާނީ ބާރެއް ނުވާ ކަމަށާއި އަދި އެތަކެތި ހެއްދެވި ފާރާތެއް ނުވާ ކަމަށެވެ. ކޮސްމޯސްއާއި ދިރުން މެޓީރިއަލިސްޓިކް ނަޒަރިއްޔާތަކުން ވިސްނުވައިދިނުމަށް ސައިންސުގެ އަލީގައި މިވަނީ ބޮޑުގޮވުމެއް ގޮވިކަމާއި, އޭގެ ސަބަބުން ހުރިހާ އެޓޮމްތަކެއް ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވުނުކަމާއި, އެތަކެތި އެކިހިސާބުތަކަށް ބުރައިގެން ދިޔަކަން ބުނެދީފައެވެ. ބައެއް އެޓޮމްތައް އަނެއް އެޓޮމާއި ޖެހި މޮލެކިއުލެއް އުފެދެއެވެ. މިފަދަ މޮލެކިއުލްތައް ގުޅިގެން ސެލްއެއް އުފެދޭކަމާއި މި ނަޒަރިއްޔާއިން ގޮސް ދިރުންތައް އުފެދުނުކަން ބަޔާންކުރެއެވެ. މި ހުރިހާކަމެއް ހިގާފައިވަނީ އިންސާނާގެ ބުއްދިއަށް ތަޞައްވަރުވެސް ނުކުރެވޭވަރަށް ދިގު ވަގުތުތަކެއްގައި, ވަރަށް ކުރީގެ ޒަމާނެއްގައި ކަމުން, މިއީ ސައިންޓިފިކް ތަހުލީލެއްނޫންކަމާއި, އަދި އެއީ ސައިންޓިފިކް ހޯދުމެއްކަމުގައި ނުބުނެވޭނެއެވެ.
ދިރުންތަކާއިބެހޭގޮތުން އަސްލު, ދިރުންތަކުގެ ތަހުލީލުތައްކުރެވޭ ދިރުންހުރި މާއްދާތައް އަޅުގަނޑު އިޚްތިޔާރުކުރަމެވެ. އެއީ މަޙްލޫގުންގެ މެމްބްރޭން ތަކުގައި އެކުލެވޭ, އަދި އެއެއްޗެއް އެހެންއެއްޗަކާއި ގުޅުމުން ފެން އެއިން އުފެދޭ މާއްދާތަކެވެ. އަރިސްޓޮޓޯލް މި މާއްދާއަށް ކިޔާފައިވަނީ “އީތަރ” އަދި ޑރ. ޕީޓަރ އަގުސްޓިން މި މާއްދާ ކޮންމެހެން މުހިއްމު މާއްދާއެއްގެ ގޮތުގައި އަލުން އީޖާދުކޮށްފައިވެއެވެ. ޖަޕާނުގެ ގަސްތަކާއި ބެހޭ ފިޒިއޮލޮޖިސްޓުން މި މާއްދާއަށް ކިޔާފައިވަނީ “ޕައި-ވޯޓަރ” އެވެ. މި މައުލޫމާތުންވެސް ކުރީގެ “ޕްރީ-ސޮކްރެޓިކް” ނަޒަރިއްޔާތުގެ ތެދުކަމާއި, ހަޤީގަތް ހާމަކޮށްދެއެވެ: ޒައްރާ ނުވަތަ އެޓޮމިކް ތިއަރީއިން ވިސްނާނަމަ, މިފަދަ ކަންތައް ބުއްދިއަށް ގެންނަން އުނދަގޫ ނުވަތަ ބައެއް ފަހަރު ބުއްދިއަށް ނުގެނެވޭ ނަމަވެސް, އިތުރު މޮޅު ވިސްނުމެއް ހޯދިފައި ނެތްކަމުގައިވާނަމަ އެ ޤަބޫލުކުރުންތައް ގަބޫލުކުރަން ޖެހެއެވެ. މުޅި ބޭސްވެރިކަމުގެ ދާއިރާއާއި, ދިރުންތަކާއި ބެހޭ ޢިލްމު ބިނާވެފައިވަނީ މިފަދަ ނުރަނގަޅު ޤަބޫލުކުރުންތަކުގެ މައްޗަށެވެ. 1848ވަނަ އަހަރު ފަރަންސޭސިވިލާތުގެ ގަޑުބަޑުގެ އަސަރު ޖަރުމަންވިލާތަށް ކުރިއިރު, ބަދަލުގެނައުމަށް އިސްނެގި ކަންތައްތައް ފެއިލްވެ ސިޔާސީގޮތުންނާއި އިޖްތިމާޢީ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ވެއްޓުނެވެ. މިކަންތައް މިހެން ހިގައިދިޔައިރު ހަމަ އެ އަހަރު ބައޮލޮޖީއާއި މެޑިސިންގެ ދާއިރާއިން މިއަދު މިދެކޭ ތަރައްޤީ ގެންނެވި ބޭފުޅާ ވަކާލާތުކުރައްވަމުން ގެންދެވީ އިންސާނިއްޔަތުކަމާއި, ހަމަ ބުއްދިއާއި, ބަލިތައް ފެތުރޭއިރު އެއިން ރައްކާތެރިވުމަށް އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތަކާއި ބެހޭގޮތުން ނަމަވެސް އެފަހުން އައި ދިހަ އަހަރުގެތެރޭގައި އެބޭފުޅާވެސް ސިޔާސީގޮތުންއައި އޮއެވަރުގައި ޖެހުނެވެ. 1858ވަނަ އަހަރު, ރުޑޮލްފް ވިރްޗޯވ އެއްވެސް ސައިންޓިފިކް ނަޒަރިއްޔާއެއްގެ މައްޗަށް ބިނާކުރުމެއްނެތި, އަދި ހަމައެކަނި ޒައްރާގެ ނަޒަރިއްޔާގެ މައްޗަށް “ސެލިއުލަރ ތިއަރީ އޮފް ލައިފް އެންޑް އޯލް ޑިސީސެސް ނުވަތަ ސެލިއުލަރ ޕެތޮލޮޖީ” އުފެއްދެވިއެވެ. އެބޭފުޅާގެ އުމުރުގެ ގިނަ ދުވަސްތަކެއްގައި މިދެންނެވުނު ސެލިއުލަރ ޕެތޮލޮޖީގެ ނަޒަރިއްޔާ ދަމަހައްޓަވައި, ތެދު އަދި މަޝްހޫރު އެއްޗެއްގެ ގޮތުގައި ދެއްކެވުމަށްޓަކައި “އެމްބްރޮޔޮލޮޖީ”ގެ ރޮގުން ތަފާތު ގިނަ ފަންނީ ހެކިތަކެއް މަތަކުރެއްވިއެވެ. ނަމަވެސް އެމްބްރޮޔޮލޮޖީ އަދި ޓިޝޫ ތިއަރީ, ޖާމް ތިއަރީ އޮފް ލައިފް ފަދަ ނަޒަރިއްޔާތުތަކަކީ ދިރުންތަކާއިބެހޭގޮތުން ހޯދައި, އެތަކެތީގެ ހެދިބޮޑުވުމާއި, ބަލިތަކާއި, އޭގެ ފަރުވާއާއި އަދި ފަރުވާއަށް ހުރަސްއެޅޭ ކަންތައްތައް ބަލައި ދެނެގަތުމަށް ކޮންމެހެން މުހިއްމު ނަޒަރިއްޔާތުތަކެކެވެ.
ޒައްރާތަކުގެ ނަޒަރިއްޔާއާއި ޚިލާފަށް ރުޑޮލްފް ވިރްޗޯވ ޤަބޫލުކުރައްވާ ގޮތުގައި ދިރުންހުރި ކޮންމެ އެއްޗެއް އުފެދެނީ ސެލްއަކުން ކަމަށާއި އަދި ސެލްއަކީ ދިރުމެއްގެ އެންމެ ކުޑަ މިންވަރުކަމަށެވެ. އަދި ސެލްއަކީ ދިރުމެއްގެ އެންމެ ކުޑަ އެތިކޮޅުކަމަށާއި, އަދި އެއީ އިތުރަށް ފަޅިކުރެވޭނެ އެއްޗެއް ނޫންކަމަށާއި އަދި ހަމައެހެންމެ, ބަލިތައް ޖެއްސުމަށް “ޓޮކްސިންސް” އުފައްދާ ބަހާއަކީވެސް ސެލްކަމުގައި ފާހަގަކުރެއްވިއެވެ. މި ނަޒަރިއްޔާގެ ނަތީޖާއަކަށްވީ ޖީންސް, އިންފެކްޝަންސް, އިމިއުނިޓީ, ކެންސަރު ފަދަ އިލްމުތައް އުފަންވާންޖެހޭކަމަށާއި, އޭގެ ސަބަބުން ދިރުމާއި, ބަލިވުމާއި އަދި ބައްޔަށް ޝިފާ އަންނަގޮތް މި ނަޒަރިއްޔާގެ ތެރެއިން ހޯދިގެންދިއުމެވެ. ހުރިހާ ޕްރޮސެސްތަކަކީ މެޓީރިއަލް އިންޓަރެކްޝަންގެ ސަބަބުން ހިގާ ކަމެއްގެ ގޮތުގައި ކަނޑައެޅި, ދިރުން އުފެދިގެން އަންނަނީ އެންމެ ސެލްއަކުން ކަމުގައި ބުނާނަމަ, އެ ނަޒަރިއްޔާތަށް ތަބާވާ އެންމެން ވާނީ ދިރުން އުފެދެނީ “ކޮންސްޓްރަކްޝަން-ފަންކްޝަން” ޕްލޭނެއްގެ ދަށުންކަމަށް ޤަބޫލުކުރަން މަޖުބޫރުވެފައެވެ. ހަމަ މި ބީދައިން ބަލި ޖައްސާ ޕޮއިޒަންތަކާއި ބެހޭގޮތުން ގާބޫލުކުރެވިފައިވާ ތިއަރީއަށްވެސް ބޭނުންކުރެވެނީ ބުނެވިދިޔަ ގަބޫލުކުރުމެވެ. މިދަންނަވާ ވައިރަސް ނުވަތަ ބަލި ޖައްސާ ޓޮކްސިން އުފައްދަނީ ހަށިގަނޑުގެ ސެލްތަކުން ކަމުގައިވާނަމަ, އެތަކެތި ހަށިގަނޑުގެ އެތެރޭގެ ހުރިހާ ހިސާބަކަށާއި ބޭރަށ ފޯރުކޮށްދިނުމަށް ހަށިގަނޑުގެ ވަކި ތަނެއް ކަނޑައެޅިފައިހުރުން ވަރަށް މުހިއްމެވެ. އަދި އެ ތަނަކީ މިދަންނަވާ ވައިރަސް ފުރަތަމަ އުފެދޭ ތަނަކަށްވެސް ވާންވާނެއެވެ. މި ވިސްނުން ކަމާއިބެހޭ އިދާރާއަކާއި ހަމަޔަށް ތިލަކުރެވިއްޖެނަމަ މި ނަޒަރިއްޔާއަކީ ސައިންޓިފިކް ނޫން, އަދި ތެދު ނޫން މައުލޫމާތުކަމުގައި ކަނޑައެޅޭނެއެވެ. މި ގަބޫލުކުރުން ހަމައެކަނި ބޭނުންކުރެވެނީ މެޓީރިއަލް ޑިފެކްޓް ނުވަތަ މެޓީރިއަލް މެލިސްތަކުގެ ސަބަބުތައް ދެނެގަތުމަށެވެ. ވައިރަސްއަކީ ޒަހަރެއްގެ ގޮތުގައި ބަޔާންކުރެވުނު ނަޒަރިއްޔާތު ސައިންޓިފިކަލީ ޤަބޫލުނުކޮށް އެ ނަޒަރިއްޔާ އެއްކޮށް ނުބައިކަމަށް 1951 ވަނަ އަހަރު ކަނޑައެޅުމަށްފަހު 1952ވަނަ އަހަރުންފެށިގެން އައު ނަޒަރިއްޔާއެއްގެ އަލީގައި ވައިރަސްތަކާއި ބެހޭގޮތުން އައު އީޖާދީ ހޯދުންތަކެއް ހޯދަންވަނީ ޖެހިފައެވެ:
ވައިރަސްތަކަކީ ނުރައްކާތެރި ޖީންތަކެއް އެއްވެގެން އުފެދޭ އެއްޗެއް. މި ނަޒަރިއްޔާގައިވެސް ސައިންޓިފިކަލީ ނުރައްކާތެރި ޖީންތަކެއް އެއްވެގެން ވައިރަސްއެއް އުފެދޭކަން ސާބިތުކޮށްދެވޭނެ ވަރަށް ހެކި ލިބިފައިނުވެއެވެ. ނަމަވެސް އުފާވެރި ހަބަރަކީ 1954 ވަނަ އަހަރުން ފެށިގެން އުފެދުނު ޖެނެޓިކް ވައިރޮލޮޖީއިން އޭގެ އަމިއްލަ ނަޒަރިއްޔާތުތަކެއްގެ މައްޗަށް ކުރީގެ ބުނުންތައް ސައިންސުގެ އަލީގައި ބުއްދިއަށް ޤަބޫލުކުރެވޭ ފަދައަކުން ދޮގުކޮށްފައިވާތީއެވެ. މި ޖުމްލައަކީ 100% ރަނގަޅު, ސާބިތުކުރެވިފައިވާ ބުނުމެއްކަމުން މި ބުނުމަށް ތާއީދުކޮށް އަޅުގަނޑު ވައިރޮލޮޖިސްޓެއްގެ ހައިސިއްޔަތުން, ސައިންސިސްޓެއްގެ ހައިސިއްޔަތުން, އާންމު ފަރުދެއްގެ ހައިސިއްޔަތުން އަދި އިންސާނެއްގެ ހައިސިއްޔަތުން ތެދުވަމެވެ.
ޓޮކްސިން ވައިރޮލޮޖީ އިން މިއަދުގެ ޖެނެޓިކް ވައިރޮލޮޖީއަށް ކުރި ދަތުރު
ބަލި ޖައްސާ ޓޮކްސިންތަކާއިގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ބުރަދަންހުރި ވާހަކަތަކެކެވެ. ސަބަބަކީ ނުރައްކާތެރި ބެކްޓީރިއަލް ޕްރޮޓީން ޓޮކްސިންތަކަކީ މިއަދުވެސް ނުރައްކާތެރި ތަކެތީގެގޮތުގައި ކަނޑައެޅިފައިވާ ތަކެތިކަމުގައި ވާތީއެވެ. މިސާލަކަށް “ކޯކްސްރިއު ބެކްޓީރިއާ” އަކީ މއަދުވެސް ނުރައްކާތެރި ބެކްޓީރިއާއެއްގެގޮތުގައި ކަނޑައެޅިފައިވާ ބެކްޓީރިއާއެކެވެ. ސަބަބަކީ މި ބެކްޓީރިއާ އަކީ ހަށިގަނޑަށް ވަންނަ ހިސާބުންފެށިގެން ނާރުތަކުގެ ތެރެއިން ތޮރުފަމުން ގޮސް ސިކުނޑިއަށް ވާޞިލްވާ ބެކްޓީރިއާއެއް ކަމަށްވާތީއެވެ. ވައިރޮލޮޖިސްޓުންނާއި, ޑޮކްޓަރުންނާއި ސައިންސާއި ބެހޭ ނޫސްވެރިން ހަނުތިބޭ ކަމަކީ ވައިރަސްތަކަކީ ޕްރޮޓީން ޓޮކްސިންސްގެ ގޮތުގައި 1951ވަނަ އަހަރާއި ހަމަޔަށް މާނަކުރުމަށްފަހު ހަމަ އެ އަހަރު އެގޮތަށް ވައިރަސް މާނަކުރުން ހުއްޓާލުމެވެ. ޓޮކްސިން ވައިރަސްތަކާއި ބެހޭގޮތުން ކުރެވިފައިވާ ކުށްހީތަކާއި, ނުރަނގަޅު ޤަބޫލުކުރުންތައް ޓެސްޓުކޮށް ސައިންޓިފިކަލީ ސާބިތުކޮށްދިނުމަށް 2 ކޮންޓްރޯލް ތަހުލީލެއް ކުރިއަށް ގެންދެވުނެވެ.
- ރަނގަޅު ޓީޝޫތަކާއިއެކު ވައިރަސް އިންފެކްޓު ވެފައިވާ ޓިޝޫތައް ހަލާކުވާން (ޑީކޮމްޕޯޒް) ވާން ދޫކޮށްލެވުނެވެ. ނަތީޖާއަކީ, ރަނގަޅު ޓިޝޫތަކުން އުފެއްދި ޕްރޮޓީންއާއި އެއްގޮތް ޕްރޮޓީންއެއް ވައިރަސް އިންފެކްޓު ވެފައިވާ ޓިޝޫތަކުންވެސް އުފެއްދިކަމެވެ. ނަތީޖާއަކަށް ވެގެންދިޔައީ ވައިރަސްތަކާއިބެހޭގޮތުން ޤަބޫލުކުރެވުނު ނަޒަރިއްޔާ ދޮގުކުރެވުމެވެ.
- ޕްރޮޓީން-ޓޮކްސިން-ވައިރަސް ގެ ނަޒަރިއްޔާ އިތުރަށް ދޮގުކުރެވުނު އަނެއް ސަބަބަކީ އިލެކްޓްރޯން މައިކްރޮސްކޯޕަކުން ވައިރަސް އިންފެކްޓުވެފައިވާ އިންސާނުން, ޖަނަވާރުން އަދި އެތަކެތީގެ ދިޔައިންވެސް ސިއްހަތު ރަނގަޅު, ވައިރަސް އިންފެކްޓު ނުވެ ހުރި އިންސާނުން, ޖަނަވާރުން އަދި އެތަކެތީގެ ދިޔައިން ނުފެންނަ އިތުރު އެހެން އެއްވެސް އެއްޗެއް ނުފެނުމެވެ. މިކަން މިއަދާއި ހަމަޔަށްވެސް އޮތީ ހަމަ މިހެންނެވެ.
މި ކްލިނިކަލް ސްޓަޑީއިން މެޑިކަލް ވައިރޮލޮޖީގެ ކުރީގެ ނަޒަރިއްޔާތު ބާތިލްކުރެވުނީ މިފަދަ ޖާނަލްތަކާއި ލިޔުންތައް ވިދާޅުވާ ފަންނީ ބޭފުޅުންގެ އެއްބާރުލުމާއިއެކުއެވެ. މިކަން ބާރުވެރިފަރާތްތަކުން އާއްމުންނާއި ހަމަޔަށް ތިލަކުރުން ހުއްޓުވާފައިވާކަންވެސް ފާހަގަކުރަމެވެ. ވެކްސިންދިނުމަށް ބޭނުންކުރަމުންއައި ހުއްޖަތެއްގެ ގޮތުން ވައިރަސްތައް އިތުރަށް ބޭނުންނުކުރެވުނު ނަމަވެސް, ވެކްސިންދިނުމަށް ބާއްވަމުން ގެންދިޔަ ކެމްޕެއިންތަކަށް އެއްވެސް ބުރުލެއް އެރުމެއްނެތި ސިއްހީކަންކަމާއި ބެހޭ އިދާރާތައް ހަނުހުރުމުގެ ސަބަބުން ކުރިޔަށްދިޔަކަން ފާހަގަކުރަމެވެ. ވައިރަސްތަކުގެ މި ނަޒަރިއްޔާތު އެއްކޮށް ބާތިލުކަން ސާބިތުވުމާއި ހަމައިން ވައިރޮލޮޖީއާއި, ބަޔޮލޮޖީއާއި މެޑިސިންގ އިން އިތުރު ގޮތަކުން ބަލިޖެހުމަށް މަގުފަހިވާ ސަބަބުތައް ބުނެދޭން ނޭނގި, ބަލި ގިނަވާން މެދުވެރިވާ ސަބަބުތައް ބުނެދޭން ނުކުޅެދުނުކަން ފާހަގަކުރެވުނެވެ.
އެހެންކަމުން މި ތަހުލީލުތަކުގެ ބައިވެރިންނަށް ކުރިމަގުގައި ވައިރަސްތަކަކީ ކޯއްޗެއްކަން ބުނެދިނުމަށް އައު ނަޒަރިއްޔާއެއް ހޯދަން މަޖުބޫރުވިއެވެ. އެބައިވެރިން ބެކްޓީރިއާގެ ބައެއްކަމަށްވާ “ފޭޖް”ތައް ބޭނުންކޮށްގެން އެތަކެތީގެ މާހައުލުން އެހެން ބެކްޓީރިއާތަކަށް ވާޞިލްވުން ހުއްޓުވައެވެ. ކިޔަވާ ކުޑަކުއްޖެއްގެ ހައިސިއްޔަތުން އަޅުގަނޑަށް “ފޭޖް” އާއި ވައްތަރު މާއްދާއެއް މޫދުން އައިސޮލޭޓު ކޮށް އެއާއި ބެހޭ ތަހުލީލުތައް ހަދައި, އޭގެ ސްޓްރަކްޗަރ, ހިމެނޭ ބައިތައް އަދީ އެތަކެތީގެ މާހައުލުގައި އެކަތި އަނެކައްޗާއި އޮންނަ ގުޅުން ދެނެގަތުމުގެ ފުރުޞަތު ލިބުނެވެ. މީގެ ސަބަބުން އަޅުގަނޑަށް ސީދާ ވައިރޮލޮޖީގެ ތެރެއަށް ވަދެވި, އަމިއްލަ އަށް ބަލިނުޖައްސާ ރައްކާތެރި ވައިރަސްއެއް ވަކިކުރެވި އަދި އެއާއި އޭގެ މާހައުލާއި ގުޅޭގޮތުން ދަސްވިއެވެ. އޭގެ 30 އަހަރުފަހުން މިއަދު މިފެންނަ ފަދަ “ބޮޑެތި ވައިރަސްތައް” ވަނީ ފެންނަން ފަށާފައެވެ. އަދި ވައިރޮލޮޖީގެ މި ތަހުލީލުތައް ވަނީ އޭގެ ބައޮލޮޖިކަލް ފެށުމުގެ ދުވަސްތަކުގައި ކަން ހާމަވެއެވެ. ފަރަންސޭސިވިލާތުގެ ވައިރޮލޮޖިސްޓުން ގަބޫލުކުރާގޮތުގައި މި ވައިރަސް ސްޓްރަކްޗަރ ތަކަކީ ދިރުންތަކުގެ 4ވަނަ ރަސްކަން ފަށާ ތަކެތިކަމުގައި ފާހަގަކޮށްފައެވެ.
ބެކްޓީރިއާ އީޓާރސް އަދި ޖަޔަންޓް ވައިރަސްގެ ގޮތުގައި ނުބައިކޮށް ސިފަކުރެވުނު ފޭޖް އަކީ ބެކްޓީރިއާ އަދި އެހެނިހެން ދިރުންތައް އޭގެ ދަރިމައިވުމުގެ މަރުހަލާ ހުއްޓި މަރުވުމުގެ މަރުހަލާގައި ހުންނައިރު އުފައްދާ ޕޯރސް ތަކަކަށް ކިޔާ ނަމެކެވެ. ދިރުންތަކުގެ ބާވަތުން މިތަކެތީގައި އުފެދޭ ޕޯސްތަކުގައިވެސް އޭގެ ޑީއެންއޭ ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. މިބާވަތުގެ ޑީއެންއޭ ހުންނަނީ ބޯކޮށް އުފެދިފައިހުންނަ ފަށަލައެއްގެ ތެރޭގައި ރައްކާކުރެވިފައެވެ. މި ސަބަބަށްޓަކައި ފޭޖް އަދި ޖަޔަންޓް ވައިރަސްތަކަށް “ބަޔޮންޓްސް” ކިޔުމުގެ ފުރުޞަތު އޮވެއެވެ. ބަޔޮންޓްސް އަކީ ވަކިކުރަން ފަސޭހަ މާއްދާއެކެވެ. މިފަދައިން ވަކިކުރެވިފައި ހުންނައިރު އަބަދުވެސް ބަޔޮކެމިކަލީ ރެގިއުލޭޓްކުރެވޭނެއެވެ. އަދި މިފަދަ ރެގިއުލޭޓަރީ މެކޭނިޒަމްއެއްގެ ތެރެއިން ހާމަވެފައިވާގޮތުގައި ކޮންމެ ޖަޔަންޓް ވައިރަސްއެއް ނުވަތަ ފޭޖްއެއްގެ ނިއުކްލެއިކް އެސިޑް އިން ހަމަ އެއްވަރެއްގެ ޑީއެންއޭ ފެނިފައިވާކަން ހާމަވެފައިވެއެވެ.
ތަފާތުގިނަ އަހަރުތަކެއް ވަންދެން ފޭޖްތަކަކީ ޑީއެންއޭގެ ހަމައެކަނި ސޯސް ކަމުގައި ވަނީ ބެލެވިފައެވެ. ޑީއެންއޭ އެބްޒޯބްކޮށް ބެކްޓީރިއާގެ އެތެރެއަށް އަދި ބޭރަށް ޑީއެންއޭ ދޫކޮށްލާ ޕްރޮސެސް އަކީ އިންފެކްޝަންއެއްގެ ގޮތުގައި ވެސް ވަނީ ބެލެވިފައެވެ. އެއްވެސް ހެއްކަކާއި ނުލައި ޤަބޫލުކުރެވިފައި އޮތްގޮތުގައި ފޭޖްތައް ބެކްޓީރިއާތަކަށް ހަމަލާދީ, ބެކްޓީރިއާގެ ނިއުކްލެއިކް އެސިޑް ބޭރުކޮށްލަން މަސައްކަތްކޮށް ބެކްޓީރިއާ މަރާލާކަމަށްވެސް ވަނީ ޤަބޫލުކުރެވިފައެވެ. އިތުރު އެހެން ބެކްޓީރިއާއަކާއި ކޮންޓެކްޓެއް ނެތި ރިޕްރޮޑިއުސް ވާ ބެކްޓީރިއާތައް ފޭޖްތަކަށް ބަދަލުވާ ބަދަލުވުން ފޭޖްތަކަށް ޤަބޫލުކުރެވެނީ ބެކްޓީރިއާގެ މަރުވުންކަމުގައެވެ. ނަމަވެސް އޭގެ އަސްލު މާހައުލުން ވަގުތުން ވަކިކޮށްގެން ގެންނަ ފޭޖްތަކަށް މިފަދަ ގޮތަކަށް ބަދަލުނުވެވެއެވެ. މި ސަބަބަށްޓަކައި, ކުރިން ޤަބޫލުކުރެވިފައިއޮތް ފޭޖްއިން ތަދު ފަދަ ކަންކަމަށް ފަރުވާހޯދުމަށް އަދި އެންޓިބައޮޓިކްގެ ބަދަލުގައި ބޭނުންކުރުމަށް ގެންގުޅުނު ހިޔާލު ފޭދިގެންދިޔައެވެ.
ފޭޖްތަކާއި ޖަޔަންޓް ވައިރަސްތަކުގެ ބަޔޮލޮޖީ އަދި އޭގެ ދިރުންތަކުގެ ސެލް ނަޒަރިއްޔާގެ ރެފިއުޓޭޝަން
މިއީ އަޅުގަނޑު އަލްގޭއިން ވަކިކުރި ޖަޔަންޓް ވައިރަސްތަކާއިބެހޭ ހާލަތެވެ: ހަރަކާތްތެރިވެވޭ ވައްތަރުގެ އަލްގޭ, ގެމީޓްސް އަދި ސްޕޯރސްތައް ޖަޔަންޓް ވައިރަސްތައް ހޯދައި އެތަކެތި ކާލައެވެ. މިގޮތުން އެތަކެތި ކައިގެން ހެދި ބޮޑުވާ އަލްގޭތައް އެތަކެތީގެ ކްރޮމޮޒޯމްގެ ތެރެއަށް ޖަޔަންޓް ވައިރަސްގެ ނިއުކްލެއިކް އެސިޑް ވައްދައެވެ. ފާހަގަކުރެވުނު އެއްކަމަކީ ޖަޔަންޓް ވައިރަސްތަކުގެ ތެރެއިން މި ތަކެތި ކްރޮމޮޒޯމްއާއި އެކުވެފައިވާ އަލްގޭތައް މާ ފުރިހަމަ ކަމެވެ. އައު ގިނަ ވައްތަރުތަކެއްގެ ޖަޔަންޓް ވައިރަސްތަކެއް ތަފާތު ގިނަ ސިފަތަކާއިއެކު ފެންނަމުންދިޔުމުގެ މައިގަނޑު ސަބަބަކީ ބެކްޓީރިއާއާއި މައިކްރޯ އޯގަނިޒަމްތަކާއި, އެމީބާ އަދި ޔުނިސެލިއުލާރ އޯގަނިޒަމްތައް އުފެދިފައިވަނީ ޖަޔަންޓް ވައިރަސްތަކުން ކަމެވެ.
ޖަޔަންޓް ވައިރަސްތައް އުފެދެނީ ނިއުކްލެއިކް އެސިޑުންކަމާއި އެތަކެތި އެހެން އެސިޑްތައް އުފައްދައެވެ. އެހެންކަމުން އަބަދުވެސް އައު ސިފަތަކާއި ހުނަރުތައް މިތަކެއްޗަށް ލިބެއެވެ. ފޭޖްތައް ވަރަށްބޮޑަށް ބްރީޑްކުރެވިފައިވާ ބެކްޓީރިއަލް ކަލްޗަރ ތަކުން އުފެދުމާއިއެކު, އެތަކެތީގެ ސައިޒުގައި ހިފަހައްޓައި އަމިއްލަ އަށް މެޓަބޮލައިޒްކޮށް އައު ދިރުންތަކެއް އުފެދުމުން 3 ކަމެއް ސާބިތުކުރެވުނެވެ.
- ސެލްތަކާއި ބެހޭގޮތުން އޮތް, ހަމަ އެކަނި ދިރުން އުފެދެނީ ސެލްއަކުން ކަމުގައި އޮތް ނަޒަރިއްޔާތު ބާތިލުވުން
- ގްރޭ ޕްރައިމަވަލް ހިސާބުގައި ދިރުންތައް އުފެދުނުކަމަށް ބުނާ ބުނުން ދޮގުކުރެވުން. އަހަރެމެންގެ ކުރިމަތީގައި އަބަދުވެސް ދިރުންތައް އުފެދޭތަން ފެނެއެވެ. ސާބިތުވެފައިވާގޮތުން އަޅުގަނޑުމެންނަށް މިފެންނަ ދިރުންތައް ފެންހުރި, ދުނިޔޭގެ މާހައުލާއި އެއްގޮތް ތިމާވެއްޓެއް އޮތް ކޮންމެ ތަނެއްގައިވެސް އުފެދިދާނެކަމަށް ވެއެވެ.
- ޑީއެންއޭ އެބްޒޯބްކޮށް ބެކްޓީރިއާގެ އެތެރެއަށް އަދި ބޭރަށް ޑީއެންއޭ ދޫކޮށްލާ ޕްރޮސެސް އަކީ އިންފެކްޝަންއެއްގެ ގޮތުގައި ބެލެވުނު ބެލުން ދޮގުކުރެވުން. ނަމަވެސް 1952 ވަނަ އަހަރުން ފެށިގެން މި ސަބަބަށްޓަކައި, އިންސާނުންނަށް ނިއުކްލެއިކް އެސިޑް ޓްރާންސްފަރކޮށްގެން ބަލިޖައްސާ ޖެނެޓިކް ވައިރަސްތައް ވާކަން ޔަޤީންކުރެވުނެވެ. މިއަދާއިހަމަޔަށްވެސް އިންސާނެއްގެ ގައިން, ޖަނަވާރެއް ނުވަތަ ގަހަކުންވެސް ވައިރަސްއެއް ނަގައި ވަކިކުރެވިފައިނުވެއެވެ. އަދި ނިއުކްލެއިކްއެސިޑް ވެސް ވަކިކުރެވިފައި ނުވާކަން ފާހަގަކުރަމެވެ.
ނޯބަލް އިނާމު އަދި އޭގެ ނުރަނގަޅު އަސަރުތައް
ވަކިކުރެވިފައިވާ ފޭޖް ނުވަތަ ބަޔޯންޓްސް އަދި ޖަޔަންޓް ވައިރަސްތަކަކީ ފަސޭހައިން އިލެކްޓްރޯން މައިކްރޮސްކޯޕަކުން ފޮޓޯނަގާލެވޭ އަދި އެ ތަކެތީގެ ޕިއުރިޓީ ހުރިވަރު ފަސޭހައިން ދެނެގަނެވޭ އެއްޗެކެވެ. މިކަމަކީ އެއްވެސްވަރަކަށް ބަލިޖައްސާ ވައިރަސްތައް ބޭނުންކޮށްގެން ކުރެވޭ ކަމެއްނޫންކަންވެސް ފާހަގަކޮށްލަމެވެ. މިކަން މިހެން ދިމާވަނީކީވެގެންހެއްޔެވެ? ސަބަބަކީ މިފަދަ ވައިރަސްތަކުން އިލެކްޓްރޯން މައިކްރޮސްކޯޕެއްގެ ދަށުގައި ފެންނަނީ ތަފާތު ސޯސްތަކުން އައިސްފައިހުންނަ ސްޓްރަކްޗަރ ތަކަށްވާތީއެވެ.
ހުރިހާވައްތަރެއްގެ ފޭޖްތަކާއި ޖަޔަންޓް ވައިރަސްތަކުންވެސް އެއް ސައިޒެއްގެ އަދި އެއް ކޮމްޕޮޒިޝަންއެއްގެ ނިއުކްލެއިކް އެސިޑް ހޯދޭނެއެވެ. މީގެކުރިން ދުވަހަކުވެސް ބަލިޖައްސާކަމަށް ސައިންސުވެރިން ވިދާޅުވާ ވައިރަސްއަކުން ނިއުކްލެއިކް އެސިޑް (ޑީއެންއޭ / އާރްއެންއޭ) ވަކިކުރެވިފައިނުވެއެވެ.
މިފަދަ ސައިންޓިފިކް ނޫން, ނުރައްކާތެރި މަސައްކަތެއްގައި ވައިރޮލޮޖިސްޓުން 1951އިން 10 ޑިސެމްބަރ 1954އާއި ހަމަޔަށް މަސައްކަތްކުރީ ކޮންބޭނުމެއްގައިހެއްޔެވެ? މެޑިކަލް ވައިރޮލޮޖީއަށް 1951ވަނަ އަހަރު ބެކްޓީރިއަލް ފޭޖް ބޭނުންކޮށްގެން ބަލިޖައްސާ ވައިރަސްތައް ދެނެގަނެވުނެވެ: ނިއުކްލެއިކް އެސިޑްގައި އެއްވަރެއްގެ ދިގުމިނަކާއި, އެއް ކޮމްޕޮޒިޝަންއެއްގެ އިތުރުން ވަށައިލެވިގެންވާ ފަށަލައެއްގެ ތެރޭގައި ރައްކާކުރެވިފައިވުން.
ނަމަވެސް ބަލިޖައްސާ ވައިރަސްއެއް އިންސާނެއްގެ ގައިންވިޔަސް, ޖަނަވާރެއްގެ ހަށިގަނޑުންވިޔަސް އަދި ގަހަކުން ވިޔަސް ނުވަތަ އެއިން އެއްޗެއްގެ ދިޔައިންވިޔަސް ނެގި ވަކިކުރެވި އިލެކްޓްރޯން މައިކްރޮސްކޯޕަކުން ފޮޓޯއެއް ނެގި އިތުރު ތަހުލީލުތަކެއް ކުރެވިފައިނުވާތީ ވައިރޮލޮޖިސްޓުންނަށް މިއަދުވެސް ޖެހިފައިވަނީ އަމިއްލަ ވިސްނުމާއި ފިކުރާތުގެ މައްޗަށް މިތަކެތީގެ ގްރެފިކަލް އިމޭޖްތައް އުފައްދައި, އާނމުންނާއިހަމަޔަށް ތިލަކުރުމެވެ.
ވައިރޮލޮޖިސްޓުންގެ ތެރެއިން ވައިރަސްތަކުން ބަލިޖައްސާކަމަށް ޤަބޫލުކުރާ ބޭފުޅުން ބައްލަވަނީ ހަމައެކަނި އެންމެ ޕަބްލިކޭޝަންއަކަށް ކަމަށާއި އަދި އެބޭފުޅުންގެ އަމިއްލަ ނަޒަރިއްޔާތު ސައިންސުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާއެއްގެ ގޮތުގައި ފާސްކުރައްވައެވެ. މިކަމަކީ ވަރަށް ފަސޭހައިން މޮޔަ އަދި ސައިންސް ޤަބޫލުނުކުރާއެއްޗެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. ޖޫން 1, 1954ގައި މިތަކެތި އާންމުކުރެއްވި މުސައްނިފުން ވިދާޅުވާގޮތުގައި އެމީހުންނާއި ހަމައިން އެއީ ދޮގުކަމުގައި ކަނޑައެޅުނަސް އޭގެ ތެދުދޮގު ކަނޑައެޅޭނީ މުސްތަޤުބަލުގައެވެ. ނަމަވެސް މިއަދާއިހަމަޔަށް އައި އިރުވެސް އޭގެ ތެދުދޮގު ކަނޑައެޅިފައިނުވަނީ އޭގެ މުސައްނިފް ކަމަށްވާ ޕްރޮފެސަރު ޖޯން ފްރޭންކްލިން އެންޑާރސްއަށް 1954 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 10ވަނަ ދުވަހު ނޯބަލް އިނާމުދީފައިވާތީއެވެ. އަދި ހަމައެހެންމެ އޭނާއަށް 1951ވަނަ އަހަރު ބާތިލު ކުރެވުނު “ވައިރަސްތަކަކީ ނުރައްކާތެރި ޕްރޮޓީން-ޓޮކްސިން”ކަމުގައި ކަނޑައެޅުނު ނަޒަރިއްޔާގެ މައްޗަށްވެސް ނޯބަލް އިނާމު ލިބިލައްވާފައިވެއެވެ. ނޯބަލް އިނާމުގެ 2 އަސަރެއްވެއެވެ: ކުރީގެ “ވައިރަސްތަކަކީ ނުރައްކާތެރި ޕްރޮޓީން-ޓޮކްސިން”ކަމުގައި ކަނޑައެޅުނު ނަޒަރިއްޔާއަށް ސޫޑޯ-ސައިންޓިފިކް ނިމްބަސް ލިބިފައިވާއިރު, އައު ޖީން ވައިރޮލޮޖީ ތިއަރީއަށް ސައިންސްގެ އެންމެ މަތީ ޝަރަފުގެ އިނާމު ވަނީ ލިބިފައެވެ.
އައު ޖެނެޓިކް ވައިރޮލޮޖީ ޕްރިންސިޕަލް އަށް1952 ވަނަ އަހަރުން ފެށިގެން 2 މައިގަނޑު ޕްރިންސިޕަލް ވެއެވެ: ބަލިޖައްސާ ވައިރަސްތަކަކީ ފޭޖްފަދަ ތަކެތީގެ ސްޓްރަކްޗަރ ހުންނަ ތަކެތިކަމަށާއި, އެތަކެތި ޓެސްޓް ޓިއުބެއްގެ ތެރޭގައި އިންފެކްޓްވެފައިވާ ތަކެއްޗާއި އެއްވެ ސެލްތައް މަރުވުމުން އުފެދެއެވެ. އެންޑާރސް އާއި އޭނާގެ ޓީމުން ޖޫން 1, 1954ގައި ހެދި ހަމައެކަނި ޕަބްލިކޭޝަންގެ މައްޗަށް ބިނާކޮށް ނިންމާފައިވަނީ އެފަދަ ޓެސްޓްޓިއުބެއްގައި އެ އުފެދެނީ މަރުވެފައިވާ ސެލްތަކުން ވައިރަސްކަމަށެވެ. މި މަރުވުންތަކަކީ ވައިރަސް އައިސޮލޭޝަން ކަމުގައި ދެކެއެވެ. އެހެނީ, މުޅިން އައު އެއްޗެއް ލެބޯޓްރީއަށް ގެނެވޭތީއެވެ. އަދި މަރުވާ ސެލްތަކާއި އެކު ޝައްކުކުރެވޭ ވައިރަސްތައް ވެކްސިންގެ ގޮތުގައި ބޭނުންކުރެވެއެވެ. އެންޑާރސްއާއި އޭނާގެ ޓީމާއި ހުރިހާ ވައިރޮލޮޖިސްޓުންވެސް ނޯބަލް އިނާމުގެ އަވައިގައި ޖެހިފައިވެއެވެ. މިފަދައިން މަރުވާތަކެއްޗަކީ މިއަދުވެސް ބުއްދީގެގޮތުން ވައިރަސްގެ ގޮތުގައި ކަނޑައެޅިފައިވާ ތަކެއްޗެވެ. ބަލިޖައްސާ ވައިރަސްތަކާއި ބެހޭ ވައިރޮލޮޖީ މިހާވެސް ފަސޭހައެވެ.
މިފަދައިން މަރުވާ ސެލްތަކުގެ ކޮމްޕޮނެންޓްސް މިއަދުވެސް ވައިރަސްގެ ގޮތުގައި ދައްކައެވެ. ބަލިޖައްސާ ވައިރަސްތަކާއި ބެހޭ ވައިރޮލޮޖީ މިހާވެސް ފަސޭހައެވެ. އެންޑަރސް އާއި އޭނާގެ ޓީމުން މިއަދާއިހަމަޔަށް އައި އިރުވެސް ކޮންޓްރޯލް އެކްސްޕެރިމެންޓެއް ސެލްތައް ސްޓެރައިލް މެޓީރިއަލް އަކުން އިންފެކްޓު ކުރުމަށް ކުރިއަށްގެންގޮސްފައި ނުވެއެވެ. ނަމަވެސް މި ތަކެތި އާދައިގެ ވައިރަލް މެޓީރިއަލްތަކެކޭ އެއްފަދައިން މަރުވެއެވެ.
ބަލިޖައްސާ ހުރިހާ ވައިރަސްތަކުގެ މައްޗަށް ކުރު, ސާފު އަދި ފަސޭހައިން ފަހުމްވާނެ ތަފްސީލް
ކުށްކުރެވުމާއި އޮޅުމަކީ އިންސާނީ ސިފަތަކެކެވެ. ނަމަވެސް ޤަބޫލުނުކުރެވޭނެ ވާހަކަތަކަކީ ވައިރޮލޮޖިސްޓުން ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި, ބުނާ ބަސްތަކާއި ބުނުންތަކުގެ އިތުރުން އެބައިމީހުން އަމަލުކުރަމުންދާ ގޮތެވެ. މިއީ ހުރިހާ އެންމެންނަށްވެސް ވަރަށް ފަސޭހައިން ޤަބޫލުކުރެވޭނެ ވާހަކައެކެވެ. އެހެންކަމުން ކޮރޮނާ ވައިރަސް އަދި އެހެނިހެން ބަލި ޖައްސާ ވައިރަސްތަކާއި ބެހޭގޮތުން ވައިރޮލޮޖިސްޓުން އެބައިމީހުންގެ ވަޒީފާގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި, ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށާއި އޭރުން އެބައިމީހުންގެ ދޮގު ސާބިތު ނުހިފޭ ވާހަކަތައް އަނބުރައި ނެގޭނެއެވެ. އެހެންކަމުން ކޮރޯނާ ކާރިސާއާއި, އެހެނިހެން ވައިރަސްއިން ޖައްސާ ބަލިތަކާއި, އެއިޑްސްއާއި, އީބޯލާ އަދި ކުރިއަށް އޮތްތާގައި އަންނާނޭ ހުރިހާ ވައިރަލް ޕެންޑެމިކް ތަކަކީ ހުއްޓުވޭނޭ ޕެންޑެމިކް ތަކެއް ނޫންކަމެވެ. އަދި ކިއެއްތަ, އެއީ މިފަދަ ވައިރޮލޮޖިސްޓުންނަށް ލިބޭ ފުރިހަމަ ފުރުޞަތެކެވެ.
ސައިންޓިފިކް އެއްޗެކޭ ބުނެވޭނީ ކޮން އެއްޗަކަށް ކަމާއި އޭގެ ނަތީޖާ ކުރުކޮށް:
- ކޮންމެ ސައިންޓިފިކް ބުނުމަކީ ސާބިތުހިފޭ, ފަހުމްކުރެވޭ އަދި އެއަށްވުރެ މޮޅު ހޯދުމަކުން ބާތިލުކުރެވޭ އެއްޗަކަށް ވާންވާނެއެވެ.
- ބުއްދީގެ ޤާނޫނާއި, ހަމަތަކާއި, ކޮންޓްރޯލް އެކްސްޕެރިމެންޓްތަކުން ސައިންޓިފިކް ބުނުމެއް ސާބިތުކުރެވުމުން މެނުވީ އެ ބުނުމަކީ ސައިންޓިފިކް ބުނުމަކަށް ނުވާނެއެވެ.
- ކޮންމެ ސައިންސުވެރިއެއްވެސް އޭނާގެ އަމިއްލަ ބުނުންތައް އަމިއްލައަށް ޗެކްކޮށް އެ ބުނުމުގެ މައްޗަށް ސުވާލުއުފައްދަން ވާނެއެވެ.
ވައިރޮލޮޖިސްޓުން އަމިއްލައަށް މިކަން މިގޮތަށް ނުކުރުމުގެ ސަބަބުން އަމިއްލަ ނަފްސު ދޮގުކޮށް, އަމިއްލަ އިއްޒަތާއި ކަރާމާތް ނެތިކޮށް މަސައްކަތްކުރާމީހުންނަށް ހުއްޖަތެއްގެގޮތުގައި އަހަރެމެން މި މަސައްކަތްކުރަނީ 7 މައިގަނޑު ކަމެއްގެ މައްޗަށެވެ. އަދި މިއިން ކޮންމެ ކަމަކީ ބަލިޖައްސާ ވައިރަސްތަކާއި ބެހޭގޮތުން ބުނެފައިވާ ބަސްތައް ދޮގުކުރެވޭނޭ ކަމަކަށެވެ.
- (1) އެލައިންމެންޓް
ވައިރޮލޮޖިސްޓުންނަށް މިއަދާއިހަމަޔަށް އައިއިރު އެއްކޮށްއިން ވައިރަސްގެ ޖެނެޓިކް ސްޓްރޭންޑެއް ވަކިކޮށް އޭގެ ފުރިހަމަ ދިގުމިނުގައި ޑިސްޕްލޭކުރެވިފައިނުވެއެވެ. އެބޭފުޅުން އާންމުކޮށް ބޭނުންކުރައްވަނީ ސިއުކްލެއިކް އެސިޑްގެ ކުދި ހަތަރު މޮލެކިއުލް ހިމެނޭ ބައިތައް ބޭނުންކޮށްގެން އެއަށް ސީކުއެންސް އޭކިޔައެވެ. މިފަދަ މިލިއަނެއްހާ ބައިވަރު ސީކުއެންސް ތަކުން ވައިރޮލޮޖިސްޓުންގެ ބުއްދިއަށް ވިސްނި ސިފަވާ ގޮތަށް ކުދި ބައިތަކެއް ކޮމްޕްލެކްސް ކޮމްޕިއުޓޭޝަނަލް އަދި ސްޓެޓިސްޓިކަލް ގޮތްތަކެއް ބޭނުންކޮށްގެން އެއްކޮށް ދިގު ޖީނޯމް ސްޓްރޭންޑެއް އުފައްދައެވެ. މި ޕްރޮސެސްއަށް ކިޔަނީ “އެލައިންމަން”އެވެ.
މި ދެންނެވި ދިގު ޖީނޯމް ސްޓްރޭންޑް އަކީ ވައިރޮލޮޖިސްޓުން ޤަބޫލުކުރައްވާ ގޮތުގައި ވައިރަސްއެއްގެ މައިގަނޑު ބަހާއެވެ. އަދި މިގޮތުން ވައިރަސްއަކީ ވާއެއްޗެއްކަމަށް ބުނެއެވެ. ނަމަވެސް މިފަދަ ސްޓްރޭންޑެއް ނުވާކަން ސައިންޓިފިކް ލިޔުންތަކުން އެނގެއެވެ. އަދި މިފަދައިން ނިއުކްލެއިކް އެސިޑްގެ ދިގުމިނާއި އޭގެ ކޮންޓެންޓްސް ދެނެގަތުމަށް ހާއްސަ ފަސޭހަ ޓެކްނިކް ތައް ވެއެވެ. އެހެންކަމުން އެލައިންމެންޓްއިން ހާމަވަނީ, ނިއުކްލެއިކް އެސިޑްގެ ދިގުމިނާއި އޭގައި ހިމެނޭ ތަކެތި ހާމަކުރުމުގައި ވައިރޮލޮޖިސްޓުން އެމީހުންގެ އަމިއްލަ ނަޒަރިއްޔާ ދޮގުކޮށްފައިވާކަމެވެ.
- (2) ކޮންޓްރޯލް އެކްސްޕެރިމެންޓްތައް އެލައިންމެންޓްގެ ބޭނުމަށް މަދުވުން
ވައިރޮލޮޖިސްޓުންނަށް މިއަދާއިހަމަޔަށް އައިއިރު އެއްކޮށްއިން ވައިރަސްގެ ޖެނެޓިކް ސްޓްރޭންޑެއް ވަކިކޮށް އޭގެ ފުރިހަމަ ދިގުމިނުގައި ޑިސްޕްލޭކުރެވިފައިނުވެއެވެ. މިކަން ކުރުމަށް ހަމަ އެއް ސެލް ކަލްޗަރ ޕްރޮސީޖަރ އަކުން ކުރު ނިއުކްލެއިކް އެސިޑް ވަކިކޮށް ވަކި ތަފާތު ސެލް ކަލްޗަރ އެއްގައި ސްޓެރައިލް މެޓީރިއަލް ބޭނުންކޮށްގެން ސާމްޕަލް އިންފެކްޓްނުވާކަން ޗެކްކުރެވޭނެއެވެ.
މިފަދަ ހަމަޖެހޭ އަދި ބުއްދި ގަބޫލުކުރާ ތަހުލީލުތައް ކޮށް އޭގެ ނަތީޖާ މިއަދާއިހަމަޔަށް އައި އިރުވެސް ލިޔެ ރައްކާކުރެވިފައިނުވާކަން ފާހަގަކޮށްލަމެވެ. އެހެންކަމުން ވައިރޮލޮޖިސްޓުން ސާބިތުކޮށްދެނީ އެމީހުންގެ ބުނުންތަކަކީ ސައިންޓިފިކް ބުނުންތަކެއް ނޫންކަން އެކަނި ނޫންކަމާއި, ސައިންޓިފިކް އެއްޗެއްގެ ގޮތުގައި އެ މާނަކުރެވިގެން ނުވާނެކަމެވެ.
- (3) އެލައިންމެންޓް ހަމައެކަނި ބުއްދީގެ ހަމައަށް ބިނާކުރުން
ދިގު ޖީނޯމްއަކަށް ބޭނުންކުރެވިފައިވާ ކުރު ނިއުކްލެއިކް އެސިޑް ސީކުއެންސް ބުއްދީގެ ހަމައިން އެއްކުރުމަށްޓަކައި ވައިރޮލޮޖިސްޓުންނަށް ޓެމްޕްލޭޓެއް ބޭނުންވެއެވެ. ޓެމްޕްލޭޓަކާއި ނުލައި މިފަދައިން ކުދިކުދި ނިއުކްލެއިކް އެސިޑް ބައިތަކެއް އެއްކުރުމަކީ ވައިރޮލޮޖިސްޓުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ވައިރޮލޮޖިސްޓުން ދައުވާކުރާ ގޮތުގައި އެމީހުން އުފައްދާފައިވާ ޖީން ސީކުއެންސަކީ ވައިރަސްއަކުން އުފައްދާފައިވާ އެއްޗެކެވެ. މީގެ ހުއްޖަތަކަށް އެބައިމީހުންނަށް ދެއްކެނީ އެ ސީކުއެންސްގެ އެލައިންމެންޓް ހަދާފައިވަނީ އެހެން ވައިރަލް ޖީނޯމްއެއް ބޭނުންކޮށްގެން ކަމަށް ވާތީއެވެ.
ވައިރޮލޮޖިސްޓުންގެ މި ދައުވާއަކީ ދޮގު ދައުވާއެއްކަން ހާމަވަނީ ޓެމްޕްލޭޓްތައް ޖެނެރޭޓްކުރި ޖެނެޓިކް މެޓީރިއަލް ތަކަކީ އަމިއްލަ އަށް ޖެނެރޭޓްކޮށްފައިވާ ތަކެތިކަމާއި އެއީ އެއްވެސް ހާލެއްގައި ވައިރަސްއަކުން އުފެދުނު ތަކެތި ނޫންކަމެވެ.
- (4) ވައިރަސްއެއް އިންސާނެއް / ޖަނަވާރެއް / ގަހެއް ނުވަތަ އެއިން އެއްޗެއްގެ ދިޔައިން ފެނިފައި ނުވުން
ވައިރޮލޮޖިސްޓުން ގަބޫލުކުރާގޮތުގައި ބަލިޖައްސާ ވައިރަސްތައް އިންސާނާގެ ކުޅުގައި އަދި ލޭގައި ހުރެއެވެ. އެހެންކަމުން މިސާލަކަށް ކޮރޯނާ ކާރިސާގައި އާންމުން މާސްކު ބޭނުންކުރެއެވެ. އިލެކްޓްރޯން މައިކްރޮސްކޯޕީއަކީ މިއަދުގެ ޒަމާނުގައި ނުލާހިކު ފަސޭހަ ކަމަކަށްވިޔަސް މިއަދާއިހަމަޔަށްވެސް އިންސާނެއްގެ ކުޅުން, ލެއިން ނުވަތަ އިންސާނެއްގެ / ޖަނަވާރެއްގެ / ގަހެއްގެ ވެސް އެއްވެސް ހިސާބަކުން ނުވަތަ އޭގައި އެކުލެވޭ ދިޔައަކުން ވެސް ވައިރަސްއެއް ވަކިކުރެވިފައި އެއް ނުވެއެވެ.
މީގެއިން އެކަނިވެސް ވައިރަސްތަކާއިބެހޭގޮތުން މިވާ ހުރިހާ ވާހަކަތަކެއް ދޮގުކުރެވެއެވެ. އިންސާނެއްގެ ކުޅުން, ލެއިން ނުވަތަ އިންސާނެއްގެ / ޖަނަވާރެއްގެ / ގަހެއްގެ ވެސް އެއްވެސް ހިސާބަކުން ނުވަތަ އޭގައި އެކުލެވޭ ދިޔައަކުން ވެސް ނުފެންނަ އެއްޗަކުން އެ އެއްޗަކީ ސައިންޓިފިކަލީ ސާބިތުވެފައިވާ އެއްޗެއްކަމުގައި ނުއެއް ދެއްކޭނެއެވެ.
- (5) ވައިރަސްއޭ ބުނެވޭ ތަކެތީގެ ކޮމްޕޮޒިޝަން ބަޔޯކެމިކަލީ ކެރެކްޓަރައިޒް ނުކުރެވުން
ވައިރަސްތައްކަމުގައި ވައިރޮލޮޖިސްޓުން ޤަބޫލުކުރާ ތަކެތީގެ ފޮޓޯ ނެގުމަށް 2 ގޮތެއް އޮވެއެވެ. ޓްރާންސްމިޝަން އިލެކްޓްރޯން މައިކްރޮސްކޯޕީ ބޭނުންކޮށްގެން ސިންތްޓިކް ރެސިންގައި ހަރުކޮށްގެން ހަދާ ސެލް ކަލްޗަރ ގައި ސްކްރޭޕްކޮށްގެން އޭގެ ތެރެއިން ބަލައިގެން ފޮޓޯ ނެގެއެވެ. މިގޮތަށް ފެންނަ ޕާޓިކަލްތައް ދުވަހަކުވެސް އައިސޮލޭޓްކުރެވިފައިއެއް ނުވެއެވެ. އަދި އޭގެ ކޮމްޕޮޒިޝަންވެސް ބަޔޯކެމިކަލީ ދެނެގަނެވިފައެއް ނުވެއެވެ. އަދި މިކަމާއިބެހޭގޮތުން އެއްވެސް ޕަބްލިކޭޝަންއެއްގައިވެސް ވައިރޮލޮޖިސްޓުން ލިޔުއްވާފައި ނުވެއެވެ. އެހެންކަމުން ވައިރޮލޮޖިސްޓުން ޤަބޫލުކުރާ ރެކޯޑިންގ ތަކަކީ ވައިރަސްކަމުގައި ދެކޭ ދެކުމަކީ ކުށް ދެކުމެއްކަމުގައި ކަނޑައެޅެއެވެ.
ވައިރޮލޮޖިސްޓުން މި މަސައްކަތަށް ބޭނުންކުރާ އަނެއް ގޮތަކީ ނެގެޓިވް ސްޓެއިނިންގ އެވެ. މި ގޮތަށް އިލެކްޓްރޯން މައިކްރޮސްކޯޕުން ތަހުލީލުކުރުމުގައި, ޑެންސިޓީ-ގްރޭޑިއެންޓް ސެންޓްރިފިއުޖޭޝަން ބޭނުންކޮށްގެން ފޭޖް އަދި ޖަޔަންޓް ވައިރަސް ފަދަ ތަކެތި އެއްތަނަކަށް ޖަމާކޮށް އެހެނިހެން ތަކެއްޗާއި ވަކިކުރެވެއެވެ. މިތަކެތި އިލެކްޓްރޯން މައިކްރޮސްކޯޕުގެ ދަށުގައި ބެލުމަށް ހާއްސަ މެޓަލިކް ސްޓެއިން އެއް ބޭނުންކޮށްގެން ސްޓެއިންކޮށްގެން އަޑީގައި ހުންނަ ސްޓްރަކްޗަރ ތައް ކަޅުކޮށް ފެންނަގޮތަށް ހެދެއެވެ. އަދި ސްޓެއިން ކުރެވުނު އައިސޮލޭޓްކޮށްފައިވާ ބައިތަށް ނެގެޓިވް ސްޓެއިންއެއް މެދުވެރިކޮށް ފެންނާނެއެވެ. ހުރިހާ ފޭޖް ތަކާއި ޖަޔަންޓް ވައިރަސްތަކުގައި ވެސް ނިއުކްލެއިކް އެސިޑް އަބަދުވެސް ހުންނަނީ އެއްކޮށް , ދިގުކޮށް އަދި އެކުލެވިގެންވަނީވެސް އާންމުކޮށް މި ތަކެތި އެކުލެވިގެންވާ ތަކެތީގެ މައްޗަށެވެ.
ހުރިހާ ވައިރަސްއެއްގައިވެސް ނެގެޓިވެ ސްޓެއިން ބޭނުންކޮށްގެން މިދަންނަވާ ކަންތައްވަނީ ކޮށްފައެވެ. މިތަކެތި ވަކިކުރެވިފައިވަނީ އާދއިގެ ސެންޓްރިފިއުޖިން ޓިއުބް ބޭނުންކޮށްގެން, ސެންޓްރިފިއުޖް ޓިއުބްގެ ފުލުގައިއެވެ. މިއަށްކިޔަނީ ޕެލެޓިންގ އެވެ. އަދި އެއަށްފަހު މައިކްރޮސްކޯޕްގައި ބެލެއެވެ. މިފަދަ ވައިރަސްއޭ ބުނެވޭ ތަކެތީގެ ބަޔޯކެމިކަލް ކޮމްޕޮޒިޝަން އަދި އަދާހަމަޔަށް އައި އިރުވެސް ހޯދިފައެއް ނުވެއެވެ. އެހެންކަމުން މި ފަސޭހައިން ފަހުމް ކުރެވޭ އިބާރާތުން ހާމަވަނީ ވައިރޮލޮޖިސްޓުން ވައިރަސް ލައްވާފައިވާކަންވެސް ދޮގުކޮށްފައިވާކަމެވެ.
- (6) އިލެކްޓްރޯން މައިކްރޮސްކޯޕްގެ ވައިރަސްގެ ފޮޓޯތަކަކީ އާޓިފެކްޓްތަކެއް ނުވަތަ ސެލް އަށް ހާއްސަ ސްޓްރަކްޗަރ ތަކެއް
ވައިރަސްގެ ގޮތުގައި ވައިރޮލޮޖިސްޓުން ބައިވަރު އިލެކްޓްރޯން މައިކްރޮސްކޯޕިކް ފޮޓޯތަކެއް އާންމުންނާއި ހަމަޔަށް ތިލަކުރެވއެވެ. ނަމަވެސް މިއީ މަރުވަމުންދާ ސެލްތަކުން އުފެދޭ އެއްޗެއްކަން ނުވަތަ ލެބޯޓްރީގައި އުފައްދާފައިވާ ޕްރޮޓީން-ފެޓް ސޯޕް ބަބްލްސް ކަން އެމީހުން ހާމައެއް ނުކުރެއެވެ. އަދި މިއީ އިންސާނެއްގެ / ޖަނަވާރެއްގެ / ގަހެއްގެ ވެސް އެއްވެސް ހިސާބަކުން ނުވަތަ އޭގައި އެކުލެވޭ ދިޔައަކުން ވެސް ހޯދިފައިނުވާ އެއްޗެއްކަންވެސް އެބައިމީހުން ހާމައެއް ނުކުރެއެވެ.
ރީސާޗު ކުރައްވާ ފަރާތްތަކުން ވައިރޮލޮޖިސްޓުންގެ މި މަސައްކަތުގައި ބޭނުންކުރައްވާ ސްޓްރަކްޗަރ ތަކުގެ ގޮތުގައި ދެކިލައްވަނީ އާންމު ކޮށް ސެލްއެއްގައި ހުންނަ ބާވަތްތަކުގެ ބައިތައް ކަމަށްވާ ވިލައި އަދި އެކްސޮޒޯމްސް އެވެ. އެހެންކަމުން މިއީ އިތުރަށް ވައިރޮލޮޖިސްޓުންގެ ނަޒަރުން ވައިރަސްތައް އިލެކްޓްރޯން މައިކްރޮސްކޯޕަކުން ފެންނާނެކަމަށް ބުނެ ކުރާ ދައުވާއަކީ ދޮގެއްކަން އިތުރަށް ހާމަވާ އެއް ސަބަބެވެ.
- (7) ޖަނަވާރުން ބޭނުންކޮށްގެން ހެދުނު ތަހުލީލުތަކުން ވައިރަސް ލައްވާފައިނުވާކަން ހާމަވުން
ވައިރޮލޮޖިސްޓުން އެބޭފުޅުންގެ ތަހުލީލުތަކަށް ބޭނުންކުރައްވާ ސަބްސްޓެންސެސް ތަކަކީ ވައިރަސްކަން ސާބިތުކުރުމަށްޓަކައި ޖަނަވާރުންގެ ތަހުލީލުތަކެއް ކުރެއެވެ. ކޮންމެ ޕަބްލިކޭޝަން އަކުން ވެސް އެނގޭގޮތުގައި ޖަނަވާރުންނާއި ދޭތެރޭ ކަންތައް ކުރެވޭ ގޮތުން އެ އަންނަ އަލާމާތްތަކަކީ ވައިރަސްގެ ސަބަބުން އަންނަ އަލާމާތްތަކެއްކަމުގައި ކަނޑައެޅެއެވެ. އަދި ހުރިހާ ޕަބްލިކޭޝަން އަކުން ވެސް އެނގޭ ގޮތުގައި އެއްވެސް ވަރެއްގެ ކޮންޓްރޯލް އެއް މި ތަހުލީލުތައް ކުރުމުގައި ބޭނުންކުރެވިފައިއެއް ނުވެއެވެ.
މި ދެ ބުނުމުންވެސް ހާމަވަނީ ވައިރޮލޮޖިސްޓުން އެމީހުން ހޯދިކަމަށް ބުނާ ވައިރަސްގެ އަސަރުތައް ޖަނަވާރުންގެ ކިބައިން ފެނުނު ކަމަށް ބުނާ ބުނުން ދޮގުކަމެވެ.
ނިންމުން
ކޮރޯނާ ކާރިސާ ނިމުމަކަށް ގެނެސް ހުރިހާ އެންމެންނަށް އޮތް ފުރުޞަތެއްގެ ގޮތުގައި މިކަން ކަނޑައަޅަން ބޭނުންނަމަ މި ވާހަކަތައް ހުރިހާ އެންމެންނަށް ފަހުމް ވާނޭފަދަ ގޮތަކަށް ސާފު އިބާރާތުން ބުނެދޭންޖެހެއެވެ. މިކަން ކާމިޔާބު ކަމަކަށްވާނީ މިފަދަ ވައިރޮލޮޖިސްޓުންނާއި ދެކޮޅަށް ޤާނޫނީ ހައްލެއް އައިސް ކޯޓެއް މެދުވެރިކޮށް އެބައިމީހުންނަށް ލިބެންޖެހޭ ހައްޤު އަދަބު ލިބިދީ އެކަން އާންމު ކުރުމުންނެވެ.
އަޅުގަނޑު ޔަޤީންކަން އަރުވަން ބޭނުންވާ ކަމަކީ ބަލިޖައްސާ ވައިރަސްތަކާއި ބެހޭގޮތުން ހޯދައި ބަލާ ކޮންމެ މީހަކަށް އަޅުގަނޑެކޭ އެއްފަދައިން އެއް ނިންމުންތަކަކަށް އާދެވޭނެ ކަމެވެ. އިންޒާރު: ކޮރޯނާ ވައިރަސް ކުރިއަށް ދާހައި ދުވަހަކު އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ޖަވާބު ދޭނީ ހަމައެކަނި ކޮރޯނާ އަދި މީސްލްސް ވައިރަސްއަށް އެކަނި. އެހެނިހެން މައުލޫމާތު ހޯދުމަށް 2003އިން ފެށިގެން އާންމު ކުރެވިފައިވާ WissenschafftPlus ވިދާޅުވެލައްވާށެވެ.
ހަނދާނުގައި ބަހައްޓަން ނުޖެހެ ކަމަކީ މީސްލްސް ގެ ޓްރަޔަލްގައި ޤާނޫނީ އެންމެ މަތީ ކޯޓުން ވައިރޮލޮޖީގެ ބޭސިސް ނެތިކޮށްލާފައިވާ ކަމެވެ.
ކޮރޯނާ ކާރިސާގެ ސަބަބުން މީސްލްސް ވައިރަސް ޕްރޮސެސްއިން ރަނގަޅު އެނބުރިއައުމެއް ބަޔޮލޮޖީ, މެޑިސިންގ އިން ގެނެވިދާނެއެވެ, އަޅުގަނޑު ގަބޫލުކުރާގޮތުގައި, މަތީގައި ބުނެވިދިޔަ ހަތެއް ނުވަތަ އެތަނުން ބައެއް ބުނުންތަކަކީ SArS-CoV-2 ނިމުމަކަށް ގެނައުމަށް މުހިއްމު ނުކުތާތަކެކެވެ.
ހަނދާނުގައި ބަހައްޓަން ވީ ކަންތައްތައް: ޖުމްލަ އާބާދީގެ ބޮޑުބަޔަކީ ވައިރަސްތަކަކީ ވާ އެއްޗެއްކަމަށް ޤަބޫލުކޮށް ވެކްސިންގެ ރަނގަޅު ކަންތައްތައް ރަނގަޅަށް ދަންނަ ބައެކެވެ. މި ވާހަކަތައް މިއަށްވުރެ ހަރުދަނާ ގޮތަކަށް ބުނާނަމަ: ކެންސަރަކީ ނުބައިކޮށް ފަހުމްކުރެވިފައިވާ އީވިލް ޕްރިންސިޕަލްއެއް ކަމަށް ޤަބޫލުކުރާނަމަ ކެންސަރު ފުރަތަމަ އުފެދުނު ތަނުން އެހެންތަނަކަށް ފެތުރުމުގެ ފުރުޞަތު އޮތް ކަމަށް ޤަބޫލުކުރާނެއެވެ. ސީދާގޮތުން އަދި ނުސީދާގޮތުންވެސް ނުބައިކޮށް ކެންސަރުކަމުގައި ދެނެގަނެވިފައިވާ ބަލިތަކުން އަރައިގަތުމުގެ ތެރޭގައި އާއި ފަރުވާ ކުރުމުގައި ތަހައްމަލު ކުރެވިފައިވާ ކަންކަމަކީ ރަނގަޅު ކަންކަންކަމުގައި ފާހަގަވެއެވެ. ޤަބޫލުކުރައްވަން ވީ ކަމަކީ މި ކަންތައްތަކުގެ ތެރެއިން ގޮސް މީހާގެ. އިހުސާސްތައް ވަރުގަދަވެ އިންސާނުންގެ ތެރޭގައިވެސް ނުރައްކާތެރި ވައިރަސްތަކާއި ބަލިތައް ވާކަން ޤަބޫލުކުރެވެއެވެ. މީގެ ސަބަބުން ހަމައެކަނި އެ ކަންތައްތަކުގެ ހާއްސަ ބޭފުޅުންނަށް އެކަނި މެނުވީ މިފަދަ ކަންތައްތައް ހައްލު ނުކުރެވޭނެ ކަމަށް އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވިސްނުވައިދެއެވެ. މިގޮތުން އަމިއްލަ މަސައްކަތްތަކުގައި ނުރުހުން އެކުނުލެވޭކަން ދެއްކެއެވެ. މިއީ ހާއްސަކޮށް އަޅުގަނޑުމެން އެންމެންނަށް ބޭނުންވާ ޑަކްޓަރުންނާއި ބައްދަލުވެ މުއާމަލާތުކުރުމުގައި ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް އަޅުގަނޑާއި މިފަދަ ކަމަކާއި ގުޅޭގޮތުން ސުވާލެއްކޮށްފިނަމަ, އަނޅުގަނޑު އެމީހަކަށް ވިސްނުވައިދޭނީ މިއަށްވުރެ އިތުބާރުހިފޭ މައުލޫމާތުގެ ހަޒާނާއެއް ވާކަމަށާއި އެއިން ސައިންސުގެ އަލީގައި ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި އަދި ބަލި ފަސޭހަވުމުގައި އަންނަ ހުރަސްތައް ސިކުނޑިއަށް ފަހުމްވާނޭ ފަދަ ގޮތަކުން ބުނެދެވޭނޭކަމެވެ. މިކަން މިގޮތައް ޤަބޫލުކުރުމުގައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކުރިން ދެންނެވުނު ސެލް ތަކާއި ބެހޭ ނަޒަރިއްޔާ އަކީ ދޮގުކަމަށް ޤަބޫލުކުރުމެވެ. ކޮރޯނާ ކާރިސާ އަކީ އާންމުކޮށް ނުލިބޭފަދަ އަދި އަމިއްލަ ބަހުގެ މައްޗަށް ކޮޅަށް ތެދުވެ ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ 3 އަސާސް ކަމަށްވާ އިންސާނީ މުޖްތަމަޢުތަކުގެ އިޖްތިމާއީ 3 ފޯލްޑް ނެގެހެއްޓުމަކީ މުހިއްމު ކަމެކެވެ. (ބަލާ: މި އަދަދުގެ w+4/2020, “The Social Tripartite division”).
މި މައުލޫމާތުގެ ކޮންޓްރިބިއުޝަން ވާނީ އަޅުގަނޑުމެންގެ ފޮތް “Corona – Further into Chaos or Chance for All? ގައި ޝާއިއު ކޮށް ޕްރިންޓު ކުރެވިފައެވެ.
މި ލިޔުމަށް ނެގުނު މައުލޫމާތު ނެގިފައި ވަނީ:
“Misinterpretation Virus part i” in the magazine WissenschafftPlus No. 1/2020
“Misinterpretation virus part ii” in the magazine WissenschafftPlus No. 2/2020
