މިއަދު މުޅި ދުނިޔޭގެ ޢާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޑަބްލިޔުއެޗްއޯ އާއި އޭގެ ދަށުން މަސައްކަތް ކުރާ ޞިއްޙީ އިދާރާތަކުގެ ކޮރަޕްޝަން: އެއީ ކީއްވެ؟

1973 އިން 1988 އަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަކަށް ހުރި ހާފްޑަން މާލާރ 1988 ގައި ޑެނިޝް ނޫސް ޕޭޕަރު ޕޮލިޓިކެން އަށް ދިން އިންޓަރވިޔުއެއްގައި އެބޭފުޅާ ވަނީ ފާމަސޫޓިކަލް (ބިޔަ ބޭސް އުފައްދާ ކާރުޚާނާ) ކުންފުނިތަކުން ޑަބުލިޔުއެޗްއޯ ގެ މައްޗަށް ވެރި ވަމުންދާ ކަމުގައި ބުނެ ރައްޔިތުންނަށް ދުރާލާ އިންޒާރު ދީފަ އެވެ. އެބޭފުޅާ އެދުވަހު ވިދާޅުވީ “(ފާމަސޫޓިކަލް) އިންޑަސްޓްރީ އިން ޑަބުލިޔުއެޗްއޯ ހިފައިފި” ކަމުގައެވެ. އެބޭފުޅާ މިފަދައިން ވިދާޅުވި އިރު އެއްވެސް މީހަކު އެބޭފުޅާ ދެއްކި ވާހަކައެއް އޭރު ޤަބޫލެއް ނުކުރި އެވެ. ސަބަބަކީ އެ ވާހަކަ ޤަބޫލުކުރަން އޭރު ޢާންމު ރައްޔިތުންނަށް ވަރަށް ދަތި ކަމަކަށް ވިއެވެ. އެހެނަސް، އެބޭފުޅާ ހެއްދެވީ ވަރަށް ވެސް ބޮޑު ތެދެފުޅެކެވެ.

ފާމަސޫޓިކަލް އިންޑަސްޓްރީ އިން ޑަބްލިއުއެޗްއޯ އަށް ވެރިވެގަތް ސަބަބަކީ އިންޑަސްޓްރީއަށް މާލީ ގޮތުން ތަނަވަސްކަން ގެނެވޭނެ މައި ދޮރާއްޓަކީ ޑަބްލިއުއެޗްއޯ ކަމުގައިވާތީ އެވެ. ތަފާތު ނަންނަމުގައި އައު އެކިއެކި ބަލިތައް ފާޅުވުމަކީ ޑަބްލިއުއެޗްއޯ ގައި މަސައްކަތް ކުރާ އިންޑަސްޓްރީގެ ބޮޓުން ނަށް އަދި މުޅި ފާމަސޫޓިކަލް އިންޑަސްޓްރީއަށް މާލީ މަންފާތައް ހުއްޓިގެން ނުދާނެ ކަމުގެ ޔަޤީންކަން ސާބިތުކޮށްދޭ ކަމެއްކަން ޚުދު އެމީހުން ވަނީ ފާޅުގައި އެއްވެސް ލަދެއް ހަޔާތެއް ނެތި ބުނެފައެވެ.

މަސްލަހަތު ފުށުއެރުން ކަމުގައިވަނީ ކިހާވަރެއް ވީމަ ހެއްޔެވެ؟

1998 ގައި ޑަބްލިޔުއެޗްއޯ އިން އެމީހުންގެ ވެކްސިން އެންޑް އިމިއުނައިޒޭޝަން މަޖައްލާ ގައި “ގްލޯބަލް ޕްރޮގުރާމް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން ގެ މެންބަރުންގެ ޢާންމު ދިރި ހުރުމާއި އަދި ތަރައްޤީވެ ބަދަލުވުން” މި މައުޟޫއަށް ނެރެފައިވާ ލިޔުމުގައި ބުނެފައިވަނީ އައު ޖަރާސީމަކުން މުޖްތަމަޢަށް އައު ބައްޔެއް ޖެހިއްޖެ ނަމަ، އެ ޚަބަރަކީ ޢަންމު މުޖްތަމަޢަށް ނުރަނގަޅު ޚަބަރެއް ކަމުގައި ވިޔަސް އެއީ އެލިޔުން ލިޔު މީހާ އަށާއި އަދި ޑަބުލިޔުއެޗްއޯ ގައި އުޅޭ އޭނާގެ ގްލޯބަލް ޕްރޮގުރާމް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ބައިވެރިންނަށް އުފާވެރި ޚަބަރެއް ކަމުގަ އެވެ. “އާނއެކެވެ. (ބައްޔެއްގެ) ޚަބަރަކީ އަހަރެމެން ވެކްސިން ވިޔަފާރިއަށް ރަނގަޅު ޚަބަރެކެވެ. އަދި އަހަރެމެންނަކީ އިންސާނުންނެވެ. އަހަރެމެން ކާން އެބަޖެހެ އެވެ. އަދި އައު ބަލިތައް ފާޅުވުމުގެ މާނައަކީ އަހަރެމެންގެ ވަޒީފާތައް ކައިރި މުސްތަޤުބަލެއް ގައި ގެއްލިގެން ނުދާނެ ކަމެވެ.”

ފައިސާ އާއި މުދާވެރިކަމުގެ ކޮރަޕްޝަން އަކީ ވަރަށް ގިނަ ބައެއްގެ ނިޔަތް ހަލާކުކޮށްލާ ވައިރަހެކެވެ. ޑަބްލިއުއެޗްއޯ އަށް އަދި އެހެނިހެން ޞިއްޙީ އިދާރާތަކަށް ވަނީ މި ކަރަޕްޝަން އެންމެ ފުރިހަމައަށް އަދި އެންމެ މަތީ ފެންވަރުގައި ވަދެފަ އެވެ.

ޖެނުއަރީ 2015 ގައި، ޖާނަލް އޮފް އިންޓަގްރޭޓިވް މެޑިސިންގައި ވަނީ “ދުނިޔޭގެ ސިއްހަތުގެ ޖަމްޢިއްޔާގެ ކޮރަޕްޝަން އަކީ މިއަދު މުޅި ދުނިޔޭގެ ޕަބްލިކް ހެލްތަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވަނީ ކީއްވެ” ކަން ބަޔާންކޮށް “(ފާމަސޫޓިކަލް) އިންޑަސްޓްރީ އިން ޑަބުލިޔުއެޗްއޯ ހިފާފައިވާ” މިންވަރު ވަރަށް ސާފުކޮށް ބަޔާންކޮށްދީ ޕޭޕަރެއް ނެރެފައި ވެއެވެ.[1]

މި ޕޭޕަރުގެ އެބްސްޓްރެކްޓު ގައި ވަރަށް މުހިންމު ވާހަކަތަކެއް ޒިކުރު ކޮށްފައިވެ އެވެ.

“ވަކި ދިރާސާތަކަށް ވުރެ ބޮޑަށް މެޓާއެނަލީސިސް ދިރާސާތައް އެކިއުރޭޓް ކަމަށާއި އަދި (ފާމަސޫޓިކަލް) އިންޑަސްޓްރީން ނެރޭ ދިރާސާތަކަށް ވުރެ މުސްތަޤިއްލު ފަރާތްތަކުން ނެރޭ ދިރާސާތައް ބޮޑަށް އިތުބާރު ހިފޭ ކަމުގައި ސައިންޓިފިކް ކޮމިއުނިޓީ ގައި އާންމުކޮށް ވަނީ ޤަބޫލު ކުރެވިފަ އެވެ. މި ސަބަބާއި ހުރެ ކޮކްރެއިން ރިވިއުސްތައް އަދި މުސްތަޤިއްލު އަޞްލުތަކުން ހަރުދަނާ ހަރުކަށި ޕްރޮޓޮކޯލްތަކުގެ މައްޗަށް ބިނާވެފައިވާ މެޓަ-އެނަލިސިސް ތަކުގައި މެޑިކަލް ރިސާޗުތަކުގގެ އެންމެ މަތީ ފެންވަރު ހުންނަކަން ފަހުމްވެ އެވެ. އެހެނަސް، ހިތާމައަކީ ކޮކްރައިން ރިވިއުތައް އަބަދުވެސް ޑަބްލިޔުއެޗްއޯގެ ފަރާތުންދޭ މަޢުލޫމާތު ތަކާއި ރެކޮމެންޑޭޝަންސް ތަކާއި ވަރަށް ބޮޑަށް ނިޒާމީ ގޮތުން ތަޢާރުޟު ވެއެވެ. ޑޑަބްލިޔުއެޗްއޯ އިން ރެކޮމެންޑްކުރާ ޑްރަގް ތަކާއި އަދި ވެކްސިންތައް، ޚާއްސަ ގޮތެއްގައި ސައިކޭޓަރީ ގައި ބޭނުންކުރާ ބޭސްތައް، ކޮކްރައިން ރިވިއުސްތަކުން ފެނިފައިވަނީ ގެއްލުންދޭ އަދި މުހިންމު ކްލިނިކަލް އަސަރު ނުކުރުވާ އެއްޗެހިތަކެއް ކަމުގަ އެވެ. ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަން ތައް އޭގެ މެންބަރު ގިނަ ގައުމުތަކުން ތަބާވާތީވެ، އެކަން ބަލިމީހާއަށް ނުބައި ބޭހެއް ދިނުމަށް މެދުވެރިވެ އަދި ގެއްލުން ދެނިވި ސިވިއާރ އެޑްވާސް ސައިޑް އިފެކްޓުތައް މި ބޭސްތަކުގެ ސަބަބުން ބަލިމީހާއަށް ކުރިމަތި ކުރުވަ އެވެ. ޕަބްލިކް ހެލްތުގެ މި ބޮޑު ސީރިއަސް މައްސަލަ ހައްލު ކުރުމަށް ޑަބްލިޔުއެޗްއޯގެ ނިޒާމް އަލުން ރިވައިސްކޮށް މުރާޖަޢާކުރަން ޖެހެ އެވެ. މި ނިޒާމް ވަނީ ފާމަސޫޓިކަލް އިންޑަސްޓްރީގެ މަންފާތަކުގެ މައްޗަށް ބާރެއް ނެތް ނިޒާމެއް ކަމުގައި ސާބިތުވެފަ އެވެ. މި ސަބަބާއި ހުރެ އަހަރުމެން ޤަބޫލު ކުރަނީ ޑަބްލިޔުއެޗްއޯގެ “ޒަރޫރީ ބޭހުގެ ލިސްޓުގައި” ވާ ބޭސްތަކާއި މެދުވާ ގައިޑްލައިންތައް އަދި ޑްރަގް ޑައިރެކްޓްރީ ތައް ވަކިއަތަކަށް ބުރަވެ ބެއިސްޑް ވެފައިވާ ކެމެވެ. އަދި ބޭހުގެ މަޢުލޫމާތު (މެޑިކަލް އިންފޮމޭޝަން) ނެގޭ މަސްދަރަކަށް ޑަބުލިޔުއެޗްއޯ އަށް އިތުބާރު ނުކުރެވެ އެވެ.”

“ޑަބްލިޔުއެޗްއޯ ދަނީ އެމީހުންގެ 194 މެންބަރު ޤައުމެއްގެ އާންމު ޞިއްހަތުގެ ޚިދުމަތްދޭ ތަންތަނަށް އަދި އެ ޤައުމުތަކުން ބޭނުންކުރާ ބޭސްތަކާއި، ވެކްސިނާއި، އަދި ނޮން-ޑްރަގް މެޑިސިން (ސައިކޯ ތެރަޕީ، ފިޒިކަލް ތެރަޕީ، އޯލްޓަނޭޓިވް މެޑިސިން ފަދަ ކަންކަމަށް) މަގު ދައްކަމުންނެވެ. 10 އަހަރުކުރިން ޑަބުލިޔުއެޗްއޯ އިންވަނީ އެމީހުންގެ މާލީ ޕޮލިސީ ބަދަލުކޮށްފަ އެވެ. އަދި މެންބަރު ޤައުމުތަކުގެ ބަދަލުގައި، ޕްރައިވެޓް ކުންފުނިތަކުން އެބައިމީހުންނަށް ފައިސާ ވަންނާނެ މަގު ވަނީ ހުޅުވާފަ އެވެ. ޑަބްލޮޔުއެޗްއޯ އިން ފަންޑު ރައިސް ކުރުމުގައި ވަރަށް ބޮޑެތި ކާމިޔާބުތައް ވަނީ ހޯދާފަ އެވެ. އަދި އެމީހުންގެ އަހަރީ ބަޖެޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ އަންނަނީ މިހާރު އަމިއްލަ (ޕްރައިވެޓް) ސޯސްތަކުން ނެވެ. މިސާލަކަށް ބިލްގޭޓްސް ވަނީ 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޑަބްލިޔުއެޗްއޯ އަށް ދީފަ އެވެ. ޑަބްލިޔުއެޗްއޯގެ މި އައު ނިޒާމު ވަނީ ފާމަސޫޓިކަލް އިންޑަސްޓްރީއާއި އެމީހުންނާއި އިންތިހާއަށް ކައިރިކޮށްފަ އެވެ.”

“ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަށް 2006 އިން 2017 އަށް ހުރި މާގުރެޓް ޗަން އަކީ މުޅި ދުނިޔޭގެ ހުރި 30 ވަނަ އަށް އެންމެ ބާރު ގަދަ އަންހެން މީހާ ކަމުގައި ފޯބްސް މެގަޒިން އިންވަނީ ހޮވާފަ އެވެ.[2] މިވާހަކަ ދައްކަނީ ކިހާ ބާރުވެރިކަމެއް ގެ ވާހަކަކަން މިއިން ފަހުމްވާނެ ކަމަށް އުންމީދު ކުރަމެވެ.”

“ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ޑަބްލިޔުއެޗްއޯގެ އެންގުންތަކާއި އިރުޝާދުތަކާއި ގުޅިގެން އަސަރުކުރެ އެވެ. އަހަރެމެން އަންދާޒާ ކުރާ ގޮތުގައި 350 މިލިއަން ބަލި މީހުންނަށް ބޭސް ދެވެމުން ދަނީ ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަންގެ މައްޗަށް ބިނާކޮށެވެ.”

އަހަރެމެން ދެކޭގޮތުގައި ފާމަސޫޓިކަލް ޑްރަގް ތަކުގެ މައްޗަށް ޑަބުލިޔުއެޗްއޯ ވަނީ ވަކިއަތަކަށް ބުރަވެ ބެއިސްޑް ވެފައެވެ. ޑަބްލިޔުއެޗްއޯގެ “ޒަރޫރީ ބޭހުގެ މޮޑެލް ލިސްޓާއި””[3] މުސްތަޤިއްލު މުޙައްޤިޤުން ބޭސްތަކާއި ވެކްސިންގެ ގެއްލުމާއި ފާއިދާ ވަޒަންކުރުންތައް މިސާލަކަށް ކޮކްރައިން ރިވިއުސްތަކާއި އަޅާކިޔާއިރު މި ވަރަށް ބޮޑަށް އަހަރުމެންނަށް ސާފުވެގެން ދެއެވެ.”

“ކޮކްރައިން ރިވިއުސްތަކަކީ ޤަބޫލުކުރެވިފައިވާ ބޭހުގެ ޢިލްމުގެ މަޞްދަރެއް ކެވެ. ސަބަބަކީ މި މެޓާ-އެނެލިސްތައް އަންނަނީ ކޮންރައިން އޯގަނައިޒޭޝަންގެ 3000 މުސްތަޤިއްލު ފިޒިޝަނުން ނާއި ރިސާޗަރުންގެ ފަރާތުންނެވެ. އެއްވެސް އަމިއްލަ މަންފާއެއް ނޭދޭ ހާލު އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ގާތްގަނޑަކަށް އެންމެހައި ފާމަސޫޓިކަލް ޑްރަގް ތަކާއި ވެކްސިން ތަކުގެ އަސަރުތައް އެމީހުން ދަނީ ޑޮކިއުމެންޓު ކޮށް ނެރެމުން ނެވެ. ސީދާ ފާމަސޫޓިކަލް އިންޑަސްޓްރީއިން އަންނަ ޑާޓާ އަށްވުރެ، ކޮކްރައިން ރިވިއުސްތަކުގެ ނަތީޖާ މާބޮޑަށް އިތުބާރުކުރެވޭ މައުލޫމާތުގެ މަސްދަރެއް ކަމުގައި ގިނަ ރިސާޗަރުން ދެކެ އެވެ. ކޮކްރައިން ރިވިއުތައް ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަން ތަކާއި ވަރަށް ހަރުކަށިކޮށް ތަޢާރުޟު ވެއެވެ. ފާމަސޫޓިކަލް އިންޑަސްޓީގެ އަމިއްލަ ޑޭޓާ ބޭނުންކޮށްގެން، އެ އިންޑަސްޓްރީގެ އަމިއްލަ އުފެއްދުންތައް އެމީހުން އަމިއްލަ އަށް ރިވިއުކޮށް މޮޅު ކަމުގައި ނެރެފައިވާ ލިޔެކިޔުންތައް ބަލާއިރު ފާމަސޫޓިކަލް ޑްރަގް ތަކުން މަދު އަސަރު ކުރާކަމާއި އަދި ބޮޑަށް ގެއްލުން ވާކަން ކޮކްރައިން ނެރެފައިޗާ މެޓަ-އެނަލިސިސް ތައް ވަނީ ނިޒާމީ ގޮތުން ހޯދާފަ އެވެ. މިކަމުގެ ހަޤީޤަތް ބަޔާންކޮށް ވަނީ “ނުރައްކާތެރި ބޭސްތައް އަދި އޯގަނައިޒްޑް ކްރައިމް – ބިގްފާމާ އިން ހެލްތްކެއަރ ކޮރަޕްޓު ކުރި ގޮތް” މި މައުޟޫއަށް ލިޔެފައިވާ ފޮތުގައި މީގެ އެތައް ސަތޭކަ ކޭސްތަކެއް ޑޮކިއުމެންޓު ކޮށްފައިވާނެ އެވެ. ޑެނިޝް ޑިރެކްޓާރ އޮފް ކޮކްރައިން ސެންޓަރ އިން ނެރެފައިވާ މި ފޮތުގައި “ބިގް ފާމާ” އިން އެއްވެސް މަސައްކަތެއް ނުކުރާ ނުރައްކާތެރި ވިހަ ޒަހަރު އެތައް ބޭހެއް މަކަރުވެރިކަމާއެކު މާކެޓަށް ނެރެ ބޭނުންކޮށްގެން އެތައް ބަލިމީހަކަށް އަނިޔާ ދީ އެތައް ފުރާނައެއް ދުއްވާލާފައި ވާކަން ވަނީ ހާމަކޮށްދީފަ އެވެ.”

ކޮކްރައިން ރިވިއުސްތަކުގައި ވާގޮތުން ޑަބްލިޔުއެޗްއޯގެ މޮޑެލް ލިސްޓުގައިވާ ގިނަ ޒަރޫރީ ބޭސްތަކަކީ އެއްވެސް އަގެއް އަދި އޮއްޓަރެއް ނެތް ބޭސްތަކެކެވެ. ސަބަބަކީ އެ ބޭސްތަކީ ބަލިމީހާއަށް އެއްވެސް ފާއިދާއެއް ނުކުރާ، ނުރައްކާތެރި އަދި ގިނަފަހަރަށް ވަރަށް ބޮޑަށް ގެއްލުންދޭ ބޭސްތަކެކެވެ. ގެއްލުންދޭ ބޭސްތަކުގެ މިސާލަކަށް ކެންސަރު ޕޭޝަންޓުން ގެ ދިރުމުގެ ފެންވަރާއި ސަލާމަތްވެ ދުނިޔޭގައި ހުރުމަށް ނުރަނގަޅު އަސަރު ކުރުވާ ސައިޓޯ-ޓޮކްސިކް ކީމޯތެރަޕީ ބޭސްތައް ހިމެނެ އެވެ. އެހެން މިސާލަކަށް ނަފްސާނީ ބަލި މީހުންނަށް ދޭ އެންޓި-ސައިކޮޓިކް ނުވަތަ އެންޓި-ޑިޕްރެސެންޓް ބޭސްތައް ކޮކްރައިން ރިވިއުސްތަކުން ފެންނަ ގޮތުން ބަލި މީހާއަށް އެއްވެސް ހެޔޮ ބަދަލެއް ނުގެނެ އެވެ.[4] އަދި ދާދިފަހުން އިންފްލުއެންޒާ ވެކްސިންގެ މައްޗަށް ކޮކްރައިން އިން ކޮށްފައިވާ ރިވިއުސްތައް (90 ދިރާސާއެއް ރިވިއުކުރި އިރު ނަތީޖާއަކީ މި ވެކްސިނަކީ ބޭކާރު އެއްޗެއްކަން ހޯދުން) ވެސް ހިމެނެ އެވެ.[5] އަދި އިންފްލުއެންޒާ ދެކޮޅަށް މާކެޓައް ނެރެފައިވާ ޑަބްލިޔުއެޗްއޯ އިން ރެކޮމެންޑްކުރާ ފޭކު ބޭސްތައް ކޮކްރައިން އިން ނެރެފައިވާ ރިވިއުތައް މީގެ ތެރޭގައި ހިމެނެ އެވެ.[6]

ކޮކްރައިން މޫވްމެންޓުގެ ލީޑަރުންވަނީ ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ކްލިނިކަލް ޓްރަޔަލްތަކުގެ ޑިޒައިން އާއި ނަތީޖާގައި ވައްކަމާއި މަކަރު ހަދާދައިވުމާއި އަދި ރިސާޗުތައް ގަތުމާއި މެނިޕިއުލޭޓްކޮށް އޮޅުވާލުމާއި ގުޅިގެން ފާމަސޫޓިކަލް އިންޑަސްޓްރީ އަށް ފާޅުގައި ފާޑުކިޔާފައެވެ.

ސްވައިންފްލޫ (އެޗްވަންއެންވަން އިންފްލުއެންޒާ) ސްކެންޑަލް

2009 ގެ ސްވައިންފްލޫ ސެކެންޑަލް (ދޮގުވެރި ހީލަތްތެރި ހޯކްސް މަކަރު) އިން އަޅުގަނޑުމެންނަށް ހާފްޑަން މާލާރ ވިދާޅުވި ފާމަސޫޓިކަލް އިންޑަސްޓްރީއަށް ކުޑަކަކޫ ޑަބުލިޔުއެޗްއޯ ތިރި ކޮށްފައިވާކަމުގެ މަންޒަރު ރީއްޗަށް ފެނިގެން ދިޔަ އެވެ. ޑަބްލިއުއެޗްއޯ އިން ހިންގި ކޮންސްޕަޔަރެސީ ސްކެންޑަލްގެ ހަޤީޤަތް މަޝްހޫރު މެޑިކަލް މަޖައްލާތަކުގައި ވަނީ ފަތިފުށް ހާމަ ކޮށްފަ އެވެ.

12 މާރޗް 2010 ގައި ސްޕީގްލް އިންޓަނޭޝަނަލް މެގައިން އިން ވަނީ “2009 ގެ ސްވައިން ފްލޫ ޕެނިކް: ނެތް ބިރު އޮތްކަމަށް ދައްކައި މާސް ހިސްޓީރިޔާ ބިނާކުރި ގޮތް” ބަޔާންކޮށް ރިޕޯޓެއް ލިޔެފަ އެވެ.[7]

4 ޖޫން 2010 ގައި ބީބީސީން ވަނީ “ޑަބްލިޔުއެޗްއޯ ސްވައިން ފްލޫ އެކްސްޕާޓުން ޑްރަގް ވިއްކާ ކުންފުނިތަކާއި ވަނީ ގުޅިފައި” މި ނަމުގައި ރިޕޯޓެއް ނެރެފަ އެވެ.[8]

4 ޖޫން 2010 ގައި މަޝްހޫރު މެޑިކަލް ޖާނަލް އެއް ކަމުގައިވާ ބީއެމްޖޭ ގައިވަނީ “ޑަބްލިޔުއެޗްއޯ އަދި ޕެންޑަމިކް ފްލޫ ކޮންސްޕަޔަރަސީ” ގެ ނަމުގައި ޑަބްލިޔުއެޗްއޯގެ މަސްލަހަތު ފުށުއެރުންތައް ބަޔާންކޮށް 2009 ގެ މި ސްކެންޑަލްގެ ހަޤީޤަތް ހާމަކޮށް އިންވެސްޓިގޭޓިވް ރިޕޯޓެއް ނެރެފަ އެވެ.[9]

2009 ގެ ޑަބްލިޔުއެޗްއޯގެ ފްލޫ ސެކްޑަލް އާއެކު ޑަބްލިޔުއެޗްއޯ ގެ ނިޒާމުތައް މަސައްކަތްކުރާ ގޮތް ޢާންމުގެ ތެރެއަށް ތިލަވެގެން ދިޔަ އެވެ. މި ސެކެންޓަލް އާއި އެކު ފާޅުވެގެން އައި ފެކްޓުތަކު ގެ މައްޗަށް ބަލާލަން އެބަ ޖެހެ އެވެ.

11 ޖޫން 2009 ގައި ޑަބްލިއުއެޗްއޯ އިން ނުރައްކާތެރި އިންފްލުއެންޒާ ޕެންޑަމިކެއް އިއުލާނުކުރި އެވެ. ޑަބްލިއުއެޗްއޯ އިން އަންދާޒާކޮށްފައި ބުނީ 2 މިލިއަނާއި 7.4 މިލިއަނާއި ދެމެދުގެ އަދަދެއްގެ މީހުން މަރުވާނެ ކަމުގަ އެވެ. ދުނިޔޭގެ އެކި ޤައުމުތަކުން ފައިސާތައް ގޯނި ގޯންޏަށް ހޭދަކޮށް މި ޕެންޑެމިކް އަށް ތައްޔާރުވި އެވެ. ވެކްސިން އަށް އެތައް މިލިއަން ފައިސާ އިސްރާފު ކުރި އެވެ.

ޖޫން އަދި ޖުލައި 2009 ގައި ޤައުމުތަކުގެ ބޯޑަރުތައް ކުއްލިއަކަށް ބަންދުކުރި އެވެ. އެތައް ހާސް ޕަބްލިކް ތަންތަން، ރެސްޓޯރެންޓު، ކެފޭ، ލައިބްރަރީ ފަދަ އެތައް ތަނެއް ބަންދުކުރި އެވެ. އޭޝިއާއިން އައި އެތައް މިލިއަން ދަތުރުވެރިން ޤައުމުތަކަށް ވެއްދުން މަނާ ކުރެވުނެވެ.

އެތައް ޤައުމަކުން އިންފްލުއެންޒާ ވެކްސިން، އެންޓި-އިންފްލުއެންޒާ ޑްރަގް ގަންނަން ބޮޑު އަދަދުތަކުން ހޭދަކުރަން ފައްޓައިފި އެވެ.[10] މިކަން ވެގެންދިޔައީ ޑަބްލިޔުއެޗްއޯގެ ވެރިންނާއި ފާމަސޫޓިކަލް އިންޑަސްޓްރީއަށް ވަރަށްވެސް ތިޔާޤި ދުވަސްވަރެއް ކަމުގައެވެ.

ފަހުން ފާޅުވެ އެނގުނު ގޮތުގައި ސްވައިން ފްލޫ ޕެންޑަމިކް އަކީ ދޮގުވެރި އެލާމް އެއްކަން ވަނީ އޭގެ އަހަރެއް ފަހުން ފަޅާ އަރާފަ އެވެ. އަދި އެމީހުން ބިރުވެރިކަން އުފެއްދި ވަރާއި އެއްވެސް ވަރަކަށް މީހުން މަރުވި އަދަދެއް ކައިރި ނުކުރެ އެވެ. މަޑުމަޑުން އެނގުނު ގޮތުގައި ޑަބުލިޔުއެޗްއޯ އަށް މީގެ މާކުރިން މިކަން އެނގޭކަން ފާޅާ އެރިއެވެ. މި ޕެންޑަމިކެއް އިއުލާނުކުރުމުގެ 1 މަސް ކުރިން ޑަބްލިޔުއެޗްއޯ އިން ވަނީ ޕެންޑަމިކުގެ މާނަ “މިލިއަން މީހުން މަރުވުން” ކަމުގައި އޮތް އޮތުން ގެއްލުން ބޮޑު ނޫން އިންފެކްޝަނެއް ފެތުރުން ކަމުގައި ވަނީ ބަދަލުކޮށްފަ އެވެ.

2010 ވަނަ އަހަރު މުޅި ދުނިޔޭގެ ދައުލަތްތަކުގެ ވެރިންނާއި އަދި އެތައް ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން، ކައުންސިލް އޮފް ޔޫރަޕުން ވެސް ވަނީ ޑަބްލިޔުއެޗްއޯ އިން ބައިނަލް އަޤްވާމީ ބިރުވެރިކަމެއް އުފެއްދި ކަން އެއްބަސް ވެފަ އެވެ. އަދި ކައުންސިލް އޮފް ޔޫރަޕުން ވަނީ ޑަބުލިޔުއެޗްއޯ އަކީ ލުޓޭރާއިން ޖަމާޢަތެއް ކަމުގައި ކަނޑައަޅާފަ އެވެ. އެބަހީ، ފާމަސޫޓިކަލް އިންޑަސްޓްރީއަށް ޓަކައި ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ނުހައްޤުން ފޭރާ ޖަމާޢަތެއް ކަމުގައި ޤަރާރު ކޮށްފަ އެވެ. ކައުންސިލް އޮފް ޔޫރަޕުން ފާހަގަކޮށްފައިވާ ގޮތުގައި ހުރިހާވެސް މައްސައެއް ފާޅުވެގެން އައީ ޑަބުލިޔުއެޗްއޯ އަށް ފާމަސޫޓިކަލް އިންޑަސްޓްރީގެ ޕްރައިވެޓް ކަޅު ފައިސާ ޖަމާވާނެ މަގު ހުޅުވިގެން ދިޔުމެވެ. [11]

ޞިއްޙީ އިދާރާތަކާއި ޖަމާޢަތްތަކުގެ މަސްލަހަތު ފުށުއެރުންތައް އިންތިހާއަށް ބޮޑު

2009 ގެ މި އިންފްލުއެންޒާ ޕެންޑަމިކް ގައި ފާޅާއެރި އަނެއް ކަމަކީ ވެކްސިން ގަތުމާއި، ޕެންޑަމިކް އިއުލާނު ކުރުމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަށް އިރުޝާދު ދިނުމަށް ކަނޑައަޅާފައިވާ ސޭޖް ގުރޫޕް ( ސްޓްރެޓެޖިކް އެޑްވައިޒަރީ ގުރޫޕް އޮފް އެކްސްޕާޓް) ގައި ތިބި މީހުންގެ މަސްލަހަތު ފުށުއެރުންތައް ޑަބްލިޔުއެޗްއޯ އިން އޭރު ހާމަކޮށްފައި ނުވާކަމެވެ. ނޫސްވެރިން ވަނީ ޑަބްލިޔުއެޗްއޯގެ މި ގުރޫޕްގެ 5 މެންބަރަކަށް 7 މިލިއަން ޔޫރޯ ވެކްސިން އިންޑަސްޓްރީ ދީފައިވާކަން ފަޅާ އަރުވާފަ އެވެ.

މިއިން ސާފުވެގެން ދަނީ ފްލޫ-ވެކްސިން (އެކިއެކި ރޯގާތަކަށް ވެކްސިން) ހަދާ ބިޔަ ކުންފުނިތައް ވަނީ ޑަބުލިޔުއެޗްއޯ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް 2009 ގައި ފޭކު ޕެންޑަމިކެއް އިޢުލާނުކޮށްފައި ކަމެވެ. ޑަބްލިޔުއެޗްއޯ އިން މިއިން އެއްވެސް ކަމަކަށް ޖަވާބުދާރީ ވެފައިނުވެ އެވެ.

ޑަބްލިޔުއެޗްއޯގެ މި މަކަރުވެރި ޕެންޑަމިކްގެ ތަރައްޤީތައް އެކި ހިސާބުތަކުން ގެނެސްދިން މީޑިއާތައް ކަމުގައިވާ ގާޑިއަން، ސްޕިގެލް، ބީއެމްޖޭ އިން ނިންމަން މަޖުބޫރުވީ ޑަބްލިއުއެޗްއޯ އަށް މިފަދަ ވައްކަން ކުރެވެނީ ޑަބްލިޔުއެޗްއޯ އަށް ފައިސާ ވަންނަ ގޮތުގެ މައްޗަށް ނިޒާމީ ބޮޑު މައްސަލައެއް ކުރިމަތިވުމުން ކަމެވެ. އެއީ ޑަބްލިޔުއެޗްއޯއަށް ފާމަސޫޓިކަލް އިންޑަސްޓްރީގެ ކޮރަޕްޝަންގެ ކަޅު އަތް ވަނުމެވެ. މިއަދު ފާމަސޫޓިކަލް އިންޑަސްޓްރީގެ ކޮރަޕްޓު އަތް ވަނީ އަޅުގަނޑުމެންގެ ޞިއްޙީ އެންމެހައި އިދާރާތަކަށް ވަދެފައެވެ. ޞިއްޙީ އިދާރާތަކުގެ ކޮރަޕްޝަން އަކީ ހަޤީޤަތުގައި މިއަދު އަޅުގަނޑުމެންގެ ޢާންމު ޞިއްހަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.


[1] Why the Corruption of the World Health Organization (WHO) is the Biggest Threat to the World’s Public Health of Our Time https://www.avensonline.org/fulltextarticles/JIMT-2378-1343-02-0004.html

[2] https://www.forbes.com/profile/margaret-chan

[3] WHO Model Lists of Essential Medicines http://www.who.int/medicines/publications/essentialmedicines/en/

[4] Chlorpromazine versus placebo for schizophrenia https://pubmed.ncbi.nlm.nih.gov/1744350

[5] 2014 Mar، Vaccines for preventing influenza in healthy adults https://pubmed.ncbi.nlm.nih.gov/24623315

[6] 2014 Apr 10، Neuraminidase inhibitors for preventing and treating influenza in healthy adults and children https://pubmed.ncbi.nlm.nih.gov/24718923

[7] Reconstruction of a Mass Hysteria: The Swine Flu Panic of 2009 https://www.spiegel.de/international/world/reconstruction-of-a-mass-hysteria-the-swine-flu-panic-of-2009-a-682613.html

[8] 4 June 2010، WHO swine flu experts ‘linked’ with drug companies https://www.bbc.com/news/10235558

[9] WHO and the pandemic flu “conspiracies” https://www.bmj.com/content/340/bmj.c2912

[10] The World Health Organization: no game of thrones https://www.bmj.com/content/348/bmj.g4265/rr/703675

[11] WHO adviser hides millions of contributions from pharmaceutical industry https://www.information.dk/indland/2009/12/who-raadgiver-skjuler-millionbidrag-medicinalindustrien

Leave a Reply