ވެކްސިނަށް އަޅާފައިވާ މާރކިޔުރީ އަކީ އިންތިހާއަށް ނުރައްކާތެރި ޒަހަރެއް – ޑރ. މާކް ގަޔާރ، މެޑިކަލް ޑޮކްޓަރު (އެމްޑީ)، ޕީ.އެޗްޑީ

ޑރ. މާކް ގަޔާރ، މެޑިކަލް ޑޮކްޓަރު (އެމްޑީ)، ޕީ.އެޗްޑީ

  • ޖެނެޓިސިސްޓެއް
  • ޓޮކްސިކޮލޮޖިސްޓެއް
  • ވޮޝިންޓަން ޑީސީ، އެމެރިކާ
  • އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ރިސާޗަރެއް (1971-1981)
  • އެމެރިކާގެ، މެރީ ލޭންޑް މެޑިކަލް ލެބޯޓަރީގެ ޑިރެކްޓާރ އޮފް ޖެނެޓިކްސް

ވީޑިއޯ ސްބްޓައިޓަލްތައް:

“އަހަރެންނަށް ތައިމެރޮސަލް ފުޅި ދައްކައިދީ. އަހަރެމެން ތައިމެރޮސަލް ބަހައްޓަނީ ދަގަނޑު ކޮންޓެއިނަރެއްގައި ބަންދުކޮށްފައި. ސަބަބަކީ އަހަރެމެން މިއަށް އިންތިހާއަށް ބިރުގަނޭ. މިއީ ތައިމެރޮސަލް. މީގެ ލޭބަލްގައި ލިޔެފައިވަނީ މިއީ އިންތިހާއަށް ވިހަ ޓޮކްސިކް އެއްޗެއް ކަމަށް. ފުޅީގެ ލޭބަލްގައި ލިޔެފައިވާ ގޮތުން މީގެ ނުރައްކާތެރި އަސަރުތަކުގެ ތެރެއިން. ކިޑްނީ ހަލާކުކޮށްލުން. ނޭވާލުމުގެ ނިޒާމް ހަލާކުކޮށްލުން. ހަންގަނޑު ހަލާކުކޮށްލުން ހިމެނޭ. ނާރުގެ ނިޒާމް ހަލާކުކޮށްލުން. ޚާއްސަކޮށް ރީޕްރޮޑަކްޓިވް ޑިވްލޮޕްމެންޓަލް ޓޮކްސިސިޓީ -އެބަހީ ބަޑުގައި އުފަންވާ ދަރި އުފެދުމަށް ވިހަ އަސަރުކުރުން- މެދުވެރިވާކަމަށް އިންޒާރު ދީފައިވޭ. އޭގެ މާނަ އަކީ މިއިން އޯޓިޒަމް އަދި އެހެނިހެން ނިއުރޯ ޑިވެލޮޕްމެންޓަލް ޑިސްއޯޑާރތައް -ނާރުގެ ނިޒާމް އުފެދުމުގެ އައިބުތައް- މެދުވެރިވެދާނެ ކަމުގައި. މިއީ އިންތިހާއަށް ވިހަ (ޓޮކްސިކް) އެއްޗެއް. މިއީ ވެކްސިން ގައި އެކުލެވިގެންވާ އެއްޗަކީ. އަހަރެމެން ވާހަކަ މި ދައްކަނީ އެތައް އެތައް އުފެއްދުމެއްގެ ވާހަކަކަން ދަނެގަންނަން ޖެހޭ. ވެކްސީން އަކީ އޭގެ އެއް މައިގަނޑު ބޮޑު އެއް އުފެއްދުން. ސީދަލަށް ނާރުގެ ނިޒާމަށް އިންޖެކްޝަ ޖަހަނީ. މިސާލަކަށް މިއޮތީ ޓެޓްނަސް ވެކްސިން. މިއޮތީ މިއަށް ތައިމެރޮސަލް އަޅާފައިވާކަން ލިޔެފަ. 10،000 އިން 1 ޕްރިޒާވެޓިވް އެއް ގޮތުގައި. އެމެރިކާގައި މި ވިހަ އަށް ހުށަހެޅިގެންދާ އެންމެ ބޮޑު އެއްޗެއްކަމުގައި އިންފްލުއެންޒާ ވެކްސިން ވާނެ. އިންފްލުއެންޒާ ވެކްސިން އަކީ މިހާރު އެންމެހައި މާބަނޑު އަންހެނުންނަށް، އެންމެހައި ތުއްތުކުދިންނަށް، އެންމެހައި ކުޑަކުދިންނަށް ވެސް ކޮންމެ އަހަރަކު އެއްފަހަރު ޖެހުމަށް އިރުޝާދު ދެވޭ އެއްޗެއް. މިއޮތީ އިންފްލުއެންޒާ ވެކްސިން .ތައިމެރޮސަލް މީގައި ހުރީ ކޮންމެ ޑޯޒެއް ގައި 25 މައިކޮރޯ ގްރާމް. އަހަރެން މި ނުކުތާ ފާހަގަކޮށްލަން ބޭނުންވޭ ވެކްސިންގައި މާރކިޔުރީ އެކުލެވިގެންވާކަން ވަރަށް ގިނަ މީހުންނަށް ނޭނގޭ. އަހަންނަކީ އޭގެ ތެރެއިން އެއް ޑޮކްޓަރެއް. އަހަރެން 2000 ވެކްސިން އިންޖެކްޝަން މީހުން ގަޔަށް ޖެހިން. އަހަރެންނަކީ ވެކްސިން ޖެހުމުގައި 35 އަހަރު ހޭދަކޮށްފައިވާ މީހެއް. އަހަރެންނަށް ނޭނގޭ މި ވެކްސިން ގައި ތައިމެރޮސަލް ހުރިކަމެއް. އަހަރެން ދެކޭ ގޮތުގައި ގިނަ ޑޮކްޓަރުންނަށް މިކަން ނޭނގޭ. މީގައި އެބުނާ ތައިމެރޮސަލް ގެ މާނަ އަކީ މާރކިޔުރީ ކަންވެސް ޑޮކްޓަރުންނަށް ނޭނގޭ.”

Leave a Reply