ވެކްސިން އިން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރި ކަމުގައި ހުއްޓުމެއް ނެތި އެއް ރާގެއްގައި ދައްކާ ވާހަކަ އަކީ އަހަރެމެން ކުޑައިރުއްސުރެ ވެކްސިން ވިޔަފާރި ކުރިއަރުވާ ޑޮކްޓަރުންނާއި ވެކްސިންތަކަށް މަރުދޭ މީހުން އެންމެ ގަދަޔަށް ދައްކާ އެއް ޚުރާފީ ވާހަކަ އެވެ. ރާއްޖޭގައި ވެކްސިން ވިޔަފާރީގެ އިޝްތިހާރު ކުރުމުގެ މައި ފަހުލަވާނު ޑޮކްޓަރެއް ކަމުގައިވާ ނަޒްލާ ރަފީޤް، 27 ޖެނުއަރީ 2021، ޖަޒީރާ ސައްލާ ޕްރޮގުރާމް ގައި ބުނީ މިފަދައިން ނެވެ. “ވެކްސިންގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ރައްކާތެރި ކުރެވިފައިވަނީ އިނގޭތޯ. އެންޑް ދިސް އިޒް އަ ފެކްޓް. ނޮޓް އެން އޮޕީނިއަން. (އަދި މިއީ ޙަޤީޤަތެއް، މިއީ މީހެއްގެ ރަޢުޔެއް ނޫން)”
ނަޒުލާ ރަފީޤު އެ ދެއްކި ވާހަކައިގެ ތެދު ދޮގު ބަލާލަމާތޯ އެވެ. އެތައް މިލިއަން ފުރާނައެއް ވެކްސިން އިން ސަލާމަތްކުރި ވާހަކަ މި މީހުން ބުނާ އިރަށް އެއާއި ވިއްދައިގެން އެ ވާހަކައަށް ބާރުދޭ ފަންނީ ދިރާސާ އަކީ ކޮބައިތޯ ދައްކައި ދޭށޭ ބުނުމުން އެމީހުންގެ އަގަ ބަންދުވެ އެފަދައިން ސުވާލުކުރާ މީހެއްގެ މޫނަށް ޖަހަނީ ރުޅިވެރިކަމުން ފުރިގެންވާ ރަތް ކުޅެ ކެވެ.
“އިންފެކްޝިއަސް ބަލިތައް” ކަމުގައި ބުނާ ބަލިތަކުގެ މަރުތައް މަދުވެގެން ދިއުން ވަރަށް ގިނަ މީހުން ވެކްސިން އަށް ނިސްބަތް ކުރެ އެވެ. އެހެނަސް، ތާރީޚުގެ ރެކޯޑުތައް ރުޖޫޢަވެ ބަލާ ހިނދު، ތާރިޚު ހެކި ދެނީ އެއީ މުޅިން ދޮގު ބުހުތާނު ވާހަކަ އެއް ކަމެވެ. ވެކްސިން އިން މީހުންގެ ފުރާނަ ރައްކާކުރިކަމަށް ދެކުމަކީ އެއީ އެމީހުން ދެކެފައިވާ ޚުރާފީ ކުށް ހީއެކެވެ. އެ ހީ ވެރިކަން އެމީހުން މިއަދު ވަނީ ހަޤީޤަތަކަށް ހަދާފަ އެވެ. ތަޖުރިބާ ވެރިން ބުނެ އުޅޭ ފަދައިން ދޮގެއް ގިނަގިނައިން ތަކުރާރުކޮށް ކިޔާ ވަރަކަށް ދޮގުވެސް ޢާންމުނަށް ފެންނާނީ ހަޤީޤަތެއްގެ ސިފައިގަ އެވެ. މިއަދު މިއޮތީ އެ ބޮޑު ދޮގު ރަޢުޔު ހަޤީޤަތަކަށް ހަދާލާފަ އެވެ.
“އިންފެކްޝިއަސް ބަލިތައް” ކަމުގައި ބުނާ ބަލިތައް ހަޤީޤަތުގައި ނެތިވެ ދިޔައީ ވެކްސިން އަކުން ނޫނެވެ. އެހެނަސް، އެ ބަލިތައް ހަޤީޤަތުގައި ނެތިވެ ދިޔައީ އެބަލި ޖައްސާ ވިހަ ޒަހަރު ކެމިކަލް މާއްދާއިން މުޖްތަމަޢު ރައްކައުތެރިވެގެން ދިއުމާއި، މުޖްތަމަޢުތަކުގައި ނެޗުރަލް ހައިޖީން ނުވަތަ ޤުދުރަތީ ސާފުތާހިރުކަން އިތުރުވެގެން ދިއުމާއި، ދުޅަހެޔޮ ނިއުޓްރިޝަސް ކާނާ ލިބުން ފަދަ ކަންކަމުން ނެވެ.[1]
1945 ހިސާބަށް އައިއިރު ޑިޕްތީރިއާ (ނުވަތަ ކަރުފޮޅު)، ޕާޓަސިސް (ހޯއްގޮވާ ކެއްސުން ނުވަތަ ވޫޕިން ކަފް)، ސްކާލެޓް ފީވާ އަދި މީސަލްސް ގެ ޖުމްލަ މަރުގެ ރޭޓް، އެންމެނަށް ފުޅާ ގޮތެއްގައި ވެކްސިން ޖެހުމުގެ ޤައުމީ ޕްރޮގުރާމްތައް ފެއްޓުމުގެ ކުރިން 95 އިންސައްތަ ވަނީ ދަށްވެފަ އެވެ.[2]
ވެކްސިން ބަޔޯ ކެމިކަލް ދިޔައަށް މަރުދޭ ފަހުލަވާނުން “އިންފެކްޝިއަސް ބަލިތަކުގެ މަރުތައް ދަށްކުރީ ވެކްސިނުން” ކަމުގައި ކުރާ ދޮގުވެރި ދަޢުވާ ނުހަނު ޖާހިލުކަންމަތީ ކުރަމުން އެބަދެއެވެ. އެހެނަސް، މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މި މީހުން މިކަން ކުރަމުން ދަނީ ވެކްސިން އަކީ އެމީހުންގެ އަތްމައްޗަށް މަތިން ބާވައިލައްވާފައިވާ މުޢުޖިޒާތެއް ފަދަ ކަމެއް ކަމުގައި އެމީހުން ދެކޭ ޚުރާފީ ޚިޔާލެއްގެ މައްޗަށެވެ. ވެކްސިން އަކީ އެމީހުން އުފެއްދި މައުސޫމް ހުދު ފޮތި ކޮޅެވެ. އޭގެ ކުޅު ސަފްހާއެއްގެ ވާހަކަ ދައްކައިފިނަމަ އެމީހަކު އެހުރީ މިއްލަތުން ބޭރު ވެފައެވެ.
ސްކާލެޓް ފީވާ:

ސްކާލެޓް ފީވާ ކިޔާ ބަލި، ވެކްސިން އަކާއި ނުލައި ފެނިގެން ދިޔައީ އޭގެ މޯޓަލިޓީ (ނުވަތަ އެއިން މަރުވި މީހުންގެ) ރޭޓް ދަށްވި މަންޒަރެވެ. ހަމަ އެއްމެ ވެކްސިނެއް ނެތް އިރުވެސް މެ އެވެ.
ސްވިޑްން:
1979 ގައި ސްވިޑްން އިން ޑިޕްތީރިއާ، ޓެޓްނަސް އަދި ޕާޓަސިސް (ވޫޕިން ކަފް ނުވަތަ ހޯއްގޮވާ ކެއްސުމަށް) ދޭ ޑީޓީޕީ ވެކްސިން ދިނުން ހުއްޓާލީ އެއީ ރައްކައުތެރި އަދި ކާމިޔާބު ޤާބިލު އެއްޗެއް ނޫންކަމުގެ މައްޗަށް ބިނާކޮށެވެ. ސްވިޑްންގެ އިންފެކްޝިއަސް ޑިސީސް ކޮންޓްރޯލްގެ ވެރިޔާ، ވިކްޓޯރިއާ ރޯމަނަސްގެ ސިޓީގައިވާ ގޮތުން ވޫޕިން ކަފް އިން މަރުވި މީހުންގެ އަދަދު ވެކްސިން ހުއްޓާލުމާއެކު ވެސް ސުމެއް ގައި ދެމި ހުއްޓެވެ. 8 މިލިއަން މީހުންގެ އާބާދީ އޮތް މިތަނުގައި 1981 އިން 1993 އާއި ހަމައަށް ޕާޓަސިސް (ވޫޕިން ކަފް ނުވަތަ ހޯއްގޮވާ ކެއްސުން) އިން މަރުވިކަމުގައި ލިސްޓު ކުރެވިފައިވަނީ އެންމެ 8 މަރެވެ. ވެކްސިން ޕޮރުގުރާމު އަކާއި ނުލައި، މި ބަލި ޖެހިގެން މަރުވުމުގެ ޗާންސަކަށް އޮތީ 13 މިލިއަނުން 1 މަރު ކަމުގައެވެ.[3]
އިނގިރޭސިވިލާތް:
އިނގިރޭސިވިލާތުގައި ޑީޓީޕީ ވެކްސިން ޖެހި މީހުންގެ ކަވަރޭޖް 78 އިންސައްތައިން 40 އާއި 30 އިންސައްތަ އަށް (އެންމެ ދަށް ވީ 1976 އިން 1980 އަށް) ދަށްވެގެން ދިޔައީ ވެކްސިންގެ ރައްކައުތެރިކަމާއި މެދު ހުރި ކަންބޮޑުވުން ތަކާއެކު އެވެ. 1976 އިން 1980 އަށް (ވެކްސިން ޖެހި ރޭޓް އެންމެ ދަށް އަހަރުތަކުގައި) ޖުމްލަ މަރުގެ ގޮތުގައި އޮތީ އެންމެ 35 މަރެވެ. އޭގެ ކުރީ އަހަރުތަކުގައި 1971 އިން 1975 އަށް މަރުގެ އަދަދުތަކަކީ 55 ކެވެ.[4]
ނިއުޒިލޭންޑް:
1932 ގައި ނިއުޒިލޭންޑް ގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު، ނިއުޒިލޭންޑް ގެ ޕާލަމެންޓަރީ ޖާނަލް[5] ގައިވެސް ވަނީ ވެކްސިން އާއި ނުލާ މަރުގެ އަދަދު ދަށްވެގެން ދިޔަ ކަމުގެ ހަޤީޤަތް ކަށަވަރުކޮށް ދީފަ އެވެ.
ޑިރެކްޓަރ ޖެނެރަލް ބަޔާންކޮށްފައި ވެއެވެ. އެންމެނަށް އާންމުކޮށް އެނގިގެންވާ ހަޤީޤަތަކީ، އިންފެންޓައިލް (ކުޑަކުދިން) ގެ މަރުގެ ރޭޓް ނިއުޒިލޭންޑް ގައި (އެންމެހައި ސަބަބުތަކުން މަރުވި އަދަދުތައް) ވަށް ބޮޑު އަދަދަކުން ދަށްވެގެން ދިޔަ އެވެ. އަދި ވޭތުވެދިޔަ ކައިރި އަހަރުތަކުގައި 1 މަހަށްވުރެ އުމުރު ކުރު ކުޑަކުދިން ދަނީ މަރުގެ ރޭޓް ދަށް ވުމުގައި ބައިވެރިވެފަ އެވެ. މި ދަށްވުމުގެ ބޮޑުކަމުން ގޮސް އަދި މި ދަށްވުން ދެމިގެންދިޔަ ލެތް ބޮޑުކަމުން ކޮންމެ މީހަކަށްވެސް ނިންމަން މަޖުބޫރުވަނީ ރަނގަޅު ވެށީގެ (އެއީ ކާއެއްޗެހި ރަނގަޅުކުރުމާއި، ސާފުތާހިރުކަމުގެ) ސަބަބުން މި ބަލިތައް އަވަސް މުއްދަތެއްގައި ނައްތާލި ކަމެވެ.


އޮސްޓްރޭލިއާ:
ޑރ. ޖުޑީ ވިލީމަން ވިދާޅުވެފައިވެ އެވެ. “އޮސްޓްރޭލިއާ ގައި އިންފެކްޝިއަސް ބަލިތައް ކޮންޓްރޯލް ކުރެވުނީ 1950 ހުގަ އެވެ. އޭރު ބޭނުންކުރީ ޑިޕްތީރިއާ ވެކްސިން އެކަންޏެވެ. އަދި އެވެސް ބޭނުންކުރެވުނީ އިޚްތިޔާރީ ވެކްސިން ހަރަކާތެއް ގޮތުގަ އެވެ. މީސަލްސް، ވޫޕިން ކަފް އަދި އިންފްލުއެންޒާ ވަނީ 1950 ގައި ފާހަގަކުރެވޭ ޤައުމީ ބަލިތަކުގެ ލިސްޓުން އުނި ކޮށްފައެވެ. ސަބަބަކީ އޭގެ މަރާއި، އަދި އެބަލިން ޖެހޭ ނުރައްކާތެރި ބަލިތައް ގިނަ ކުދިންގެ ކިބައިން ފާހަގަކޮށްލެވޭ ވަރަށް ވަނީ ދަށްވެފަ އެވެ.”
އޮސްޓްރޭލިއާގެ ކޮމަންވެލްތު ޑިރެކްޓަރ އޮފް ހެލްތު، ޖޭ.އެޗް.އެލް ކާމްޕްސްޓޮން (1914-1945) އަދި އޮސްޓްރޭލިއާގެ ނޯބަލް ލައުރޭޓް ފޯ އިމިއުނޮލޮޖީ (1960)، މެކް ފާރލެން ސާފު ބަހުން ވިދާޅުވެފައިވަނީ އެ ޤައުމަށް 1850 އިން 1950 އަށް ގެނައި ޕަބްލިކް ހެލްތު ރިފޯމްތައް (ނުވަތަ ހެޔޮ ބަދަލުތައް) ކަމުގައިވާ ސާފުތާހިރުކަމާއި، ދުޅަހެޔޮ ކާނާއަކީ މަރުތައް އަދި އިންފެކްޝިއަސް ބަލިތައް މަދު ކުރި އެންމެ މުހިންމު ސަބަބު ކަމުގަ އެވެ.
2001 ވަނަ އަހަރު، ޑިރެކްޓަރ އޮފް ޓެލެތޮން އިންސްޓިޓިއުޓް ފޯ ޗިލްޑްރެންސް ހެލްތު ރިސާޗް، ޕްރޮފެސަރ ފިއޯނާ ސްޓެންލޭ ވިދާޅުވެފައިވަނީ “އިންފެކްޝިއަސް (ބަލިތަކުގެ) މަރުތައް ފުޅާ ގޮތެއްގައި ވެކްސިން ޖެހުން ތަންފީޒުކުރުމުގެ މާކުރިން ދަށްވެޖެ އެވެ.”[6]
[1] Biodati CJM. Immunization: History, Ethics Law and Health. Integral Aspects Inc., Windson, Ontario, 1999, pp. 104-106.
[2] Dublin L. Health Progress, 1936-1945. New York, Metropolitan Life Insurance Co., 1948, p. 12.
[3] Letter from Victoria Romanus, MD, PhD, Department of Epidemiology Swedish Institute of Infectious Disease Control, Stockholm Sweden, August 25, 1995. (Dissolving Illusions, Dr Humphries & Bystrianyk)
[4] Record of Mortality in England and Wales for 95 Years as Provided by the Office of National Statistics, 1997; Health Protection Agency Table: Notification of Deaths, England and Wales, 1970–2008. (Dissolving Illusions, Dr Humphries & Bystrianyk)
[5] Dissolving Illusions, Dr Suzanne Humphries & Roman Bystrianyk
[6] ABS 2001, Child Health Since Federation, p.11
