އެމެރިކާގައި ކޮވިޑް މަރުގެ ނަމުގައި މީހަކު މަރުވެއްޖެ ނަމަ ހޮސްޕިޓަލަށް 12،000 އާއި 24،000 ދެމެދުގެ އަދަދަކުން ފައިސާ ދިނެވެ. ލޮކްޑައުން ކޮށް ހޮސްޕިޓަލަށް މާލީ ފައިދާވާ މަގުތަށް ބަންދު ވުމުން މުސްކުޅި މީހުން ގަސްދުގައި މަރައި ކޮވިޑް މަރުކަމަށް ހަދައި ކޮންމެ ފަދަ ކަމެއް ކޮށްފާނެކަން މި ޚިޔާނާތްތެރި ވަގު ޑޮކްޓަރުގެ ޢަމަލުން އެނގިގެން ދެއެވެ. ބައެއް ޔޫޖެނިސްޓު ޑޮކްޓަރުން ދެކޭ ގޮތުގައި މުސްކުޅި އުމުރުފުރައިގެ މީހުންނަކީ މުޖްތަމަށް ބޭކާރު ހާޖަތެއް ޖެހިގެންނުވާ ބައެކެވެ. 24 މާރޗް 2020 ގައި އެމެރިކާގެ ސީޑީސީ އިން ހޮސްޕިޓަލްތަކަށް އަންގާފައިވަނީ ކޮވިޑް އިން މަރުވި ކަމުގައި ކިރިޔާ ހީވިޔަސް ނުވަތަ މަރަށް ކިރިޔާވެސް އަސަރެއް ކުރިކަމަށް ވިޔަސް ކޮވިޑް އިން މަރުވި ކަމުގައި މަރުގެ ސެޓިފިކިޓް ގައި ލިއުމަށެވެ. ސީޑީސީ އިން ހޮސްޕިޓަލްތަކަށް އަންގާފައި އޮތީ ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވް ނުވިޔަސް މަރުގެ ސެޓްފިކެޓްގައި ކޮވިޑުން މަރުވިކަމުގައި ލިޔާށެވެ. މި ވައްކަމުގެ ސަބަބުން ކޮވިޑް މަރު ކިޔާއެއްޗެއް ވުޖޫދުގައި ނެތް އިރުވެސް އެމީހުންވަނީ ތަފާސްހިސާބުތަކުގެ ޑޭޓާތެރެއަށް ގެެނެސްފަ އެވެ.
ވަގުތު ނޫހުގައި 26 ޖެނުއަރީ 2021 ގައި ލިޔެފައިވެ އެވެ.
ކޮވިޑް-19 ބަލީގެ ދެ މީހަކު މަރާލި އިޓަލީ ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެ މީހަކު މަރާލި މައްސަލާގައެވެ.
ލޮމްބާޑީގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ކަރްލޯ މޮސްކާ ނަމަކަށް ކިޔާ އުމުރުން 47 އަހަރުގެ އެ ޑޮކްޓަރު ވަނީ މިިދިޔަ މާރިޗް މަސް ތެރޭގައި އުމުރުން 61 އަހަރުގެ މީހަކާއި، އުމުރުން 80 އަހަރުގެ މީހެއްގެ ގަޔަށް ލީތަލް ޑޮޒް އޮފް އަނެސްތެޓިކްސް ޖަހާފައެވެ.
މިހާރު ފުލުހުން ދަނީ، އިތުރު ތިން މަރެއްގެ ހަގީގަތްވެސް ބަލަމުންނެވެ. ފުލުހުން ތުހުމަތުކުރާގޮތުގައި، އޭނާ ވަނީ އެ މަރުގެ ހަގީގަތް އޮޅުވާލާފައެވެ.
އޭނާ މަރާލި 67 އަހަރުގެ މިހާ މަރުވެފައި ވަނީ މާރޗް 20 ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން 80 އަހަރުގެ މީހާ ވަނީ މަރުވެފައެވެ.
ކޮވިޑް-19: ބަލި މީހުން މަރަމުން ދިޔަ ޑޮކްޓަރަކު ހައްޔަރުކޮށްފި
ރާއްޖޭގެ ޑޮކްޓަރެއް މި ޚަބަރަށް ކޮމެންޓުކޮށް ވިދާޅުވެފައިވަނީ ޑޮކްޓަރުންގެ ތެރޭގައިވެސް ޚާއިންނުން (އެބަހީ ހިޔަޅު ވަގުން) ތިބޭކަމަށެވެ.
އެހެންކަމުން ރީތި ކޯޓެއްލައިގެން ކަރުގައި ޑަކްޓަރީ އާލާތެއް އަޅައިގެން ހުރި ކޮންމެ މީހަކީ ހުދުފޮތިކޮޅެއް ކަމުގައި ދެކެމުންދިޔަ ޒަމާން ދޫކޮށްލަން ވެއްޖެ އެވެ. އެމީހުންގެ ތެރޭގައި ޚިޔާނާތްތެރިންނާއި، ވަގުންނާއި، ޤާތިލުންވެސް އުޅެ އެވެ..

