ޑަބްލިޔުއެޗްއޯ: ޕީސީއާރް ޓެސްޓުގެ ސީޓީ ވެލިއު މަތިވި ވަރަކަށް ފޯލްސް ޕޮޒިޓިވް ގިނަ ވާނެ!

ޕީސީއާރް ޓެސްޓުގެ ސީޓީ (ސައިކަލް ތްރެޝޯލް) ވެލިއު މަތިވި ވަރަކަށް ޓެސްޓު ޕޮޒިޓިވް ވާނެ ކަމުގަ އާއި އަދި ޕީސީއާރު ޓެސްޓަކީ މީހާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ކަނޑައެޅޭނެ ހަމައެކަނި އެއްޗަކަށް ނުހެދޭނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ. މިފަދައިން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ 13 ޖެނުއަރީ އަށް ނިޞްބަތްކޮށް 20 ޖެނުއަރީ 2020 އެމީހުން ނެރެފައިވާ ކޮވިޑް މައުލޫމާތު ނޯޓިސް (2020/05) ގައެވެ.[1]

އަދި ޢަލާމާތެއް ނެތް ނަމަ އަލުން ޓެސްޓު ކުރަން ޖެހޭ ކަމުގައި ވެސް ވަނީ ބުނެފަ އެވެ. އޭގެ މާނަ އަކީ މަގުމަތިން ޢަލާމާތް ނެތް މީހުން ރެންޑަމް ކޮށް ސާންޕަލް ނަގައި ޓެސްޓު ކުރުން ހުއްޓާލަން ޖެހޭ ކަމެވެ.

“The cycle threshold (Ct) needed to detect virus is inversely proportional to the patient’s viral load. Where test results do not correspond with the clinical presentation, a new specimen should be taken and retested using the same or different NAT technology.”

މީގެ މާނަ އަކީ ސީޓީ ވެލިއު ދަށްކުރުމުން ކޮވިޑް ކޭސްތައް މަދުވާނެ ވާހަކަ އެވެ. ވެކްސިން ނެރެ ބަހައްޓާ ސީޓީ ވެލިއު ދަށް ކޮށްލުމުން ކޭސްތައް މަދުވުމުން ވެކްސިން އިން ކޭސްތައް މަދުވި ކަމުގައި ދައްކާލުމަށް ޑަބްލިޔުއެއްއޯ އިން ހިންގި ހީލަތްތެރި މަޅިއެއް ކަމުގައި ނޫނީ ނުވާ ކަމުގައި ދުނިޔޭގެ އެތައް ސައިންސްވެރިންނެއް ދަނީ ގޮވާލުމުން ނެވެ. ޕޯލިއޯ ބަލީގެ ކޭސް ތައްވެސް ވެކްސިން ނެރުމާއެކު އޭގެ ޑެފިނިޝަން (ބަލީގެ ކޭސްތައް) ގުނާ ގޮތް ބަދަލުކޮށް ކޭސްތައް މަދުވާގޮތަށް ބަލީގެ ރަސްމީ މާނަ ބަދަލުކޮށް މީގެ ކުރިންވެސް ވަނީ އެކިއެކި އޮޅުވާލުން ތެރި ކަންކަން ހިންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް ޓެސްޓު ކުރުމަށް 40 އާއި 35 އާއި ދެމެދުގެ ސީޓީ ވެލިއު އަކަށް ޕީސީއާރު ޓެސްޓު އައިޖީއެމްއެޗް ގައި ކުރެވެމުންދާ ކަމުގައި އެތަނުގެ ލެބް ޓެކްނިޝަނުން ވަނީ އަޅުގަނޑުމެންނަށް މައުލޫމާތު ދީފަ އެވެ.

28 ސެޕްޓެންބަރ 2020 ނެރެފައިވާ ފަންނީ ދިރާސާ ގައި ބުނެފައިވަނީ 35 ސީޓީ ވެލިއު އަށް ޕީސީއާރް ޓެސްޓު ކުރިއަށް ގެންގޮސްފިނަމަ، އެ ވެލިއުއަށް ބިނާކޮށް ޕޮޒިޓިވް ނަތީޖާ ލިބިފައިވާ ފަރާތްތަކުގެ ސާމްޕަލްތައް ވައިރަސް ކަލްޗާރ އަށް ޓެސްޓްކުރި އިރު އަސްލު ޕޮޒިޓިވްވި %3 އަށްވުރެ ދަށް ކަމުގަ އެވެ. އޭގެ މާނައަކީ 35 ސީޓީ އަށް ޕީސީއާރު ޓެސްޓު ހަދައި އެ އަދަދަށް ބިނާވެ މީހުން ޕޮޒިޓިވް ކުރަންޏާ، އޭގެ ތެރެއިން %97 ޕޮޒިޓިވް ކޭސް ތަކަކީ ފޯލްސް ޕޮޒިޓިވް (އެބަހީ ދޮގުވެރި ގޯސް ޕޮޒިޓިވް) ތައް ކަމުގަ އެވެ. މިއަށް ބިނާކޮށް ޕޯޗުގީލް ކޯޓުންވަނީ މީހުން ގެބަންދުކޮށް ކުޑަގޮޅިއަށް ނުލެވޭނެ ކަމުގައި ޙުކުމްކޮށްފަ އެވެ.

“At Ct = 35, the value we used to report a positive result for PCR, <3% of cultures are positive.[2] the accuracy dropped to 3%, meaning up to 97% of positive results could be false positives.”

ކޮވިޑް ވައިރަސް ހުރިތޯ ބެލުމަށް ހަދާ ޕީ.ސީ.އާރ ގެ “ސައިކަލް ތްރެޝޯލްޑް” (ސީ.ޓީ) 35 ކަށް ވުރެ މަތި ނަމަ އެއިން ބަލި ޖެހުމަކީ ވަރަށް ނާދިރު ކަމެއް ކަމައް އެމެރިކާގެ ޑރ. ފައުޗީ ވެސް ވަނީ ބުނެފައިވެ އެވެ. އަދި 36. 37 ނުވަތަ 38 ގައި ސީ.ޓީ ހުންނަ ނަމަ އެއީ މަރުވެފައިވާ އެތިކޮޅުތަކެއް ދައްކަނީ ކަމަށްވެސް އޭނާ ވަނީ ބުނެފައިވެ އެވެ.

8 ޖޫން 2020 ގައި އެމެރިކާގެ މަޝްހުރު ޑޮކްޓަރު ފައުޗީ ބުނެފައިވެ އެވެ. “އެ ބިނާވެގެންވަނީ ސައިކަލް ތްރެޝޯލް ގެ މައްޗަށް ކަމުގައި އަހަރެމެންނަށް ހީވާން ފައްޓައިފި އެވެ. އޭގެ މާނައަކީ ޕޮޒިޓިވް އާއި ހިސާބަށް ވާޞިލްވުމަށް ޕީސީއާރު ސައިކަލް ކުރިއަށް ގެންދަނީ ކިހާ ގިނަ އަދަދަކަށް ތޯ އެވެ. 35 އަދި އެއަށް ވުރެ އިތުރު (ސައިކަލް އަށް ހަދާފަ) ޓެކްނިކަލްކޮށް ޕޮޒިޓިވް ވިޔަސް، އިންފެކްޝި އަސް ވުމުގެ ބާރު ވަރަށް ވެސް ބޮޑަށް ދަށްވެގެން ވެއެ އެވެ. އެހެން ބަހަކުން ބުނާނަމަ، ޕީސީއާރް ޕޮޒިޓިވް ޓެސްޓެއް ތިބާއަށް އޮވެދާނެ އަދި އެޔާއެކު ތިބާ އަކީ ބަލިފަތުރާ މީހެއް ކަމުގައި ނުވެދާނެ އެވެ.”

Dr Fauci: “We’re starting to get a feel that it depends on the cycle threshold, which means how many times it takes you to do the PCR cycle to get a positive hit. If it’s 35 or more, even though it’s technically positive, the chances of that being replication competent are extremely low. In other words, you could have a PCR-positive test and yet still not be contagious.”[3]

16 ޖުލައި 2020: ގައި ފައުޗީ ބުނެފައިވެ އެވެ. “35 ސީޓީ މަތިން ނަގައިފިނަމަ، އޭތީގެ (އެކިޔާ ވައިރަހުގެ) އިތުރުވުމުގެ ބާރު (އިންފެކްޝިއަށްކަން) ވަރަށް ވެސް ކުޑަ އެވެ. 37 ތްރެޑްޝޯލް އިން ކަލެޔަށް ވައިރަސް ކަލްޓިވޭޓް (އާލާކުރެވުމަކީ) ކުރުމަކީ ނުވާނެ ކަމެކެވެ. މީހަކު 37، 38 އަދި 36 (ސައިކަލް) އިން (ޕޮޒިޓިވް ވެގެން) އަޔަސް، ބުނަން ޖެހޭނީ އެއީ ހަމަ މަރުވެފައިވާ ނިއުކްލިއޯޓައިޑް (އާރްއެންއޭ ނުވަތަ ޑީއެންއޭ) އެކެވެ. މިހިސާބުން މައްސަލަ ނިންމާލާށެވެ.”

Dr. Fauci: “If you get a Ct of >=35, the chances of it being replication competent (i.e., infectious) are miniscule. You almost never can culture virus from a 37 threshold cycle. If somebody does come in with 37,38, even 36, you gotta say it’s just dead nucleotides. Period.”[4]

އިމިއުނޮލޮޖީ ޕްރޮފެސަރ ބެޑާ ސްޓެޑްލަރ ވިދާޅުވެފައިވަނީ ޕީސީއާރު ޓެސްޓުން ދިރުމެއްނުވާ ވައިރަހެއްގެ ކުޑަ އެތިކޮޅަކަށް ވެސް ފައްސި ވެދާނެ އެވެ. އަދި އެ ފަންނީ ދިރާސާއަކަށް ބިނާކޮށް ޑަބްލިޔުއެޗްއޯ އިން މުޅި ދުނިޔެއާއި ރާއްޖޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ކަނޑައެޅި ގޮތްތައް ނެރެފައިވާ ދިރާސާ ބާޠިލުކުރުމަށް މަސައްކަތްކުރަމުން މިހާރު ދުނިޔޭގޭ އެތައް ސައިންސުވެރިން އެބަދެ އެވެ. ކޮވިޑް ހުރިތޯ ބެލުމަށް ހަދާ ޕީ.ސީ.އާރ ޓެސްޓަކީ އިތުބާރު ކުރެވެން ނެތް އެއްޗެއްގެ ގޮތުގައި ޕޯޗުގީޒް އެޕީލް ކޯޓުން ކަނޑައެޅީވެސް ވެސް ކުރިންވެސް ބުނި ފަދައިން މި ސީޓީ ވެލިޔުގައި ވައްކަން ކުރަމުންދާތީ އެވެ. މި ސަބަބާއި ހެދި ރާއްޖޭގައި ވެސް ޕީސީއާރު ތެސްޓު ކުރަމުންދާ ސީޓީ ވެލިއު ބަޔާން ނުކުރުމަށް ބަޔަކު ވަނީ ވަރަށް ފައި ވިއްދާފަ އެވެ. (އ.ހ)


[1] WHO Information Notice for IVD Users 2020/05 – Nucleic acid testing (NAT) technologies that use polymerase chain reaction (PCR) for detection of SARS-CoV-2 https://www.who.int/news/item/20-01-2021-who-information-notice-for-ivd-users-2020-05

[2] 28 September 2020 – Correlation Between 3790 Quantitative Polymerase Chain Reaction–Positives Samples and Positive Cell Cultures, Including 1941 Severe Acute Respiratory Syndrome Coronavirus 2 Isolates https://academic.oup.com/cid/advance-article/doi/10.1093/cid/ciaa1491/5912603

[3] June 8, 2020 – Anthony Fauci, MD, on COVID-19 Vaccines, Schools, and Larry Kramer https://jamanetwork.com/journals/jama/fullarticle/2767208

[4] July 16, 2020 – TWiV 641: COVID-19 with Dr. Anthony Fauci https://twitter.com/vegsource/status/1322285840291147776?s=20

Leave a Reply