ވެކްސިންގެ ރައްކައުތެރިކަމާއި އޭގެ ޤާބިލުކަމާއި މެދު ސުވާލުކުރާ އެންމެނަށް އެންޓި-ވެކްސިން ކިޔައި ވަނަންދީ ބެވުން ހުއްޓާލުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލައިފި

ވެކްސިންގެ ރައްކައުތެރިކަމާއި އަދި ޤާބިލުކަމާއި މެދު ސުވާލުކުރާ އެންމެނަށް “އެންޓި-ވެކްސަރުންނޭ” ކިޔައި ވަނަންދީ ބެވުން ހުއްޓާލުމަށް ޑަބްލިޔުއެޗްއޯ އިން ގޮވާލައިފި އެވެ. މިފަދައިން ޑަބްލިޔުއެޗްއޯއިން ގޮވާލާފައިވަނީ 3 ޑިސެންބަރ 2019 ގައި އެބޭފުޅުން ބޭއްވި ޑަބްލިޔުއެޗްއޯ ގްލޯބަލް ވެކްސިން ސޭފްޓީ ސަމިޓު ގައި ވާހަކަ ދައްކަމުން ޕްރޮފެސަރ. ހައިޑީ ލާރސަން އެވެ. ޕްރޮފެސަރ. ހައިޑީ ލާރސަން އަކީ ޑަބްލިޔުއެޗްއޯގެ ގްލޯބަލް އެޑްވައިސަރީ ކޮމެޓީ އޮން ވެކްސިން ސޭފްޓީގެ ދަށުން ވެކްސިންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާ ވެކްސިން ކޮންފިޑެންސް ޕުރޮޖެކްޓުގެ ޑިރެކްޓަރު އަދި އެންތްރެޕޮލޮޖީ ގެ ޕްރޮފެސަރ އެކެވެ. އެހެންކަމުން ވެކްސިންގެ ވާހަކައެއް ދައްކާ އިރަށް އެބަޔަކާއި މެދު ބިރުވެރިކަމާއި ރުޅިވެރިކަމާއި ނަފްރަތާއި ހަރުކަށިކަން އިސްކޮށް ޢަމަލުތައް ގެންދިޔުން ހުއްޓާލަން ޖެހެ އެވެ. މިއީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އޮތް ވަރަށް ނުރައްކާތެރި އާދައެކެވެ.

ޕްރޮފެސަރ. ހައިޑީ ލާރސަން ވިދާޅުވެފައިވަނީ އަހަރެން ދެކޭ ގޮތުގައި މިހާރު އަހަރެމެންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންޓިވެކްސް މި ބަހުން ދުރުވުން. އަނެކާއަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަދަ ބަހުރުވައިން ދުރުވެގަތުން. އަދި ގިނަ ގިނައިން ދެކޮޅުން ވާހަކަ ދެއްކުމާއިގެން ކުރިއަށް ދިއުމަށް. މީހުން ސުވާލު ކުރާއިރަށް އެމީހުންނަށް (ގާޒީން ފަދައިން) ޙުކުމް އިއްވާ ހެން ވިސްނޭ ގޮތަށް ކަންކަން ނުކޮށް، އެ ސުވާލަކީ ކިތަންމެ މޮޔަ ހަމަ ނުޖެހޭ ސުވާލެއް ކަމަށް ކަލެޔަށް ހީވިޔަސް. އެހެން މީހެއްގެ އިތުބާރު ވެކްސިނަށް ގެއްލިގެން ދިޔުމަށް މި ވަގުތުގައި ރިސްކެއް ނުނެގޭނެ ކަމުގަ އެވެ.

އެންޓި-ވެކްސަރ ބަހަކީ ނަފްތަރުގެ ޚިތާބު ފަތުރާ ބަހެއް

އެންޓި-ވެކްސާ މާނަ ކުރެވެނީ ވެކްސިނާ ދެކޮޅު މީހާ ގޮތުގަ އެވެ. “އެންޓި-ވެކްސާ” އަކީ ވެކްސިން ވެކްސިން ޖަހައިގެން އެބައެއްގެ ދަރިންނަށް އަނިޔާ ލިބުމުން އެ ކުދިންގެ މައިން އޭގެ ވާހަކަ ދައްކައި ވެކްސިން ގެ ރިސްކް އަވެއާރނެސް ހިންގަން ފެއްޓުމުން އެ މައިންނަށް ނިޞްބަތްކޮށް އެމީހުން ބަވައި ކުޑަކޮށްލުމުގެ ގޮތުން އަދި އެ މައިންގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ބޭނުންކުރާ ހަނޑިހުތު ބަހެކެވެ. މިއީ މައިންނަށް ނަފްރަތުގެ ޚިތާބު ދިނުމަށް ބޭނުންކުރާ ހަރުކަށި ފިކުރުގެ އަހުލުވެރިންގެ ކަލިމަ އެކެވެ. މީގެ ގިނަ ބެލެނިވެރިންނަކީ އެމީހުންގެ ދަރިންނަށް ވެކްސިން އިން އަނިޔާ ލިބުމުގެ ކުރިން ޕްރޯ-ވެކްސަރުން ނުވަތަ ވެކްސިން އަށް ފުރިހަމައަށް އީމާންވެ އިތުބާރުކޮށް އެޔަށް މަރުދިން ބައެކެވެ. އެހެނަސް، ވެކްސިނުން އަނިޔާ ލިބުމުން އެމީހުން އެޔާއި މެދު ސުވާލުކޮށް ކިޔަވައި ބަލަން ފެއްޓި އެވެ.

އެންޓި-ވެކްސަރަކަށް މިއަދު ވާގޮތް:

ވެކްސިންގެ އިންސަރޓް ޕޭޕަރެއް ގައިވާ އެއިން ލިބިދާނެ ގެއްލުމެއް ގެ ވާހަކަ ދައްކާއިރަށް: އޭ ކަލޭތީ އެންޓި-ވެކްސަރެއް

ވެކްސިންގެ ހަޤީޤީ ފެކްޓުތަކާއި މެދު ވާހަކަ ދައްކާ އިރަށް : އޭ ކަލޭތީ އެންޓި-ވެކްސަރެއް

ވެކްސިންގެ ރައްކައުތެރިކަމާއި މެދު ސުވާލު ކޮށްލާއިރަށް: އޭ ކަލޭތީ އެންޓި-ވެކްސަރެއް

 ވެކްސިން އަށް އަޅާފައިވާ އެޖުވަންޓްގެ ސައިނަގިސްޓިކް އެފެކްޓު ތައް އަދި ވެކްސިން އިންގްރިޑިއެންޓުގެ ވާހަކަ ދައްކާއިރަށް: އޭ ކަލޭތީ އެންޓި-ވެކްސަރެއް

މިދެން ބޮޑުވަރު އިނގޭތޯ!

WHO global vaccine safety summit: (Dec. 3rd, 2019)

WHO is is asking you get rid of hostile language such labeling every individual anti-vaxxer who questions safety and efficacy of vaccines.

Prof. Heidi Larson, Ph.D., Professor of Anthropology and Director of the Vaccine Confidence Project urges the healthcare community to stop using the derogatory term ‘anti-vaxxer.’:

“One of our biggest challenge I think now is getting rid of the term anti-vax, getting rid of the hostile language and starting to have more conversations, to be open to questions, to make people like they should not be judged when they are asking questions, crazier those questions might seem to you, as stupid they might seem to you, we can’t risk loosing another persons confidence in safety (of vaccine) right now”

WHO global vaccine safety summit: (Dec. 3rd, 2019)

Watch the full exposé  here:

Leave a Reply