ވެކްސިންއަނިޔާ: ކޮވިޑް-19 ވެކްސިން ޖެހުމަށްފަހު 24 ގަނޑިއިރު ތެރޭ ވެކްސިނުން 23 އަހަރުގެ އިޒްރޭލުގެ ޒުވާނަކަށް “ފުރާނައަށް-ނުރައްކާ ބައްޔެއް” ޖެހިއްޖެ!

އިޒްރޭލު، 10 ޖެނުއަރީ 2021

ކޮވިޑް-19 ވެކްސިން ޖެހުމަށްފަހު 24 ގަނޑިއިރު ތެރޭ ވެކްސިނުން 23 އަހަރުގެ އިޒްރޭލުގެ ޒުވާނަކަށް “ފުރާނައަށް-ނުރައްކާ ބައްޔެއް” ޖެހިއްޖެ އެވެ. [1] އެ ބައްޔަށް އެ މީހުން ދީފައިވާ ނަމަކީ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އެވެ. މީގެ ސަބަބުން އެ ޒުވާނާގެ ހިތުގެ މަސައްކަތަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ވެކްސިން އަނިޔާއެއް ލިބޭ އިރަށް އެ ބައްޔަށް ސިންޑްރޯމް އޭ ކިޔައި ނިންމާލުމަކީ އާންމުކޮށް ވެކްސިން ބަޔޯ-ކެމިކަލް ދިޔަ ޖަހަން މަރުދޭ މީހުންގެ އާދަ އެކެވެ.

ހަދައްސާ ގެ ކޮރޯނާ ވައިރަސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޑްރޮރް މެވޮރަޗް ވިދާޅުވެފައިވަނީ އިޒްރޭލުގެ، ޖުރަސަލެމްގެ، އަހަރެމެންގެ ހަދައްސާ މެޑިކަލް ސެންޓަރ ޑިޕާޓްމެންޑް އޮފް މެޑިސިން ގައި BNT162b2 އެމްއާރްއެންއޭ ކޮވިޑް-19 ވެކްސިން ޖެހި 23 އަހަރުގެ ސޯޝަލް ވޯކަރ އަކަށް އާންމުކޮށް ނުފެންނަ ފުރާނަޔަށް ނުރައްކާ ވައްތަރެއްގެ މަލްޓި-ސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް (އެމް.އައި.އެސް) އެއް ޖެހިފައިވާ ކަމުގަ. އަދި މިކަމުގެ ވާހަކަ އެމްއޯއެޗް އާއި ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކުރެވިފައި ވާނެ” ކަމުގަ އެވެ. މި ވެކްސިނަކީ ފައިޒާގެ ވެކްސިނެވެ.


[1] Young man develops ‘rare life-threatening syndrome’ after Covid-19 vaccine https://www.israelnationalnews.com/News/News.aspx/294606

Leave a Reply