ތޭވީސް މަރު: ފައިޒާގެ ކޮވިޑް-19 ވެކްސިން ބަޔޯ-ކެމިކަލް ދިޔަ ޖަހައިގެން އެތައް ބަޔަކު މަރުވުމުން ނޯވޭ ސަރުކާރުން އެކަން ތަހުޤީޤު ކުރަން ފަށައިފި

ކޮވިޑް-19 ވެކްސިން ލެބޯޓަރީ އެކްސްޕެރިމެންޓް ބަޔޯ-ކެމިކަލް ދިޔަ ޖަހައިގެން އެތައް ބަޔަކު މަރުވުމުން ނޯރވޭ ސަރުކާރުން އެކަން ތަހުޤީޤު ކުރަން ފަށައިފި އެވެ. ([1])

ނޯވޭގައި ފައިޒާ/ބަޔޯ-އެން-ޓެކް ވެކްސިން ބަޔޯ-ކެމިކަލް (އެކިއެކި ބަޔޮލޮޖިކަލް އަދި ކެމިކަލް މާއްދާތައް އެއްކޮށް އުފައްދާފައިވާ) ތަހުލީލީ ދިޔަ ޢާންމުން ގަޔަށް ޖަހަން ފެށީ މިދިޔަ އަހަރު ނިމެން 4 ދުވަސް ވެފައި ވަނިކޮށެވެ.

ފައިޒާގެ މި ވެކްސިން ޖަހަން ފެށުމުގެ ކުރިން އެއިން އެކި ފެންވަރުގެ ސައިޑް އެފެކްޓު ތައް (ނޭދެވޭ ކަންކަން، އަނިޔާތައް) ކުރިމަތިވާނެ ކަމުގައި ނޯރވީޖަން މެޑިސިންސް އެޖެންސީ އިން ވަނީ ބުނެފަ އެވެ. އެ ޤައުމުގައި ކޮރޯނާ ވެކްސިން ޖަހައިގެން 23 މީހަކު މަރުވެފައިވާ ކަމުގައި މިހާތަނަށް ރިޕޯޓް ކުރެވިފައިވެ އެވެ. ([2])

މިހާތަނަށް ހޯދުނު ގޮތުގައި އެ 23 މަރުން 13 މަރަކީ ކޮވިޑް ވެކްސިން ޖަހައިގެން އޭގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސީދާ ވެކްސިން އިން މަރުވި މީހުން ކަމުގައި އެ ޤައުމުގެ ސަރުކާރުގެ ރަސްމީ ހެލްތު އެޖެންސީ ކަމުގައިވާ ނޯރވީޖަން މެޑިސިންސް އެޖެންސީ އިން ވަނީ ބުނެފައެވެ.

މަރުވި 13 މަރުގައި 9 ސީރިއަސް ސައިޑް އެފެކްޓް ހުރި އަދި 7 ސީރިއަސް ނޫން ސައިޑް އެފެކްޓް ހުރި. ފެންނަ ފެނުމުގައި ބައެއް ޕޭޝަންޓުންނަކީ ބޮޑެތި ސައިޑް-އެފެކްޓުތައް ފެނިފައިވަނީ ގަދަޔަށް ހުން އައުމާއި އަދި ވަރުދެރަވަމުން، އެކަމުން ނުރައްކާ ބައްޔަކަށް ގޮސްވެސް ދާނެ އަދި އެއިން މީހާ މަރު ވެސް ވެދާނެ” ކަމުގައި ނޯރވީޖަން މެޑިސިންސް އެޖެންސީ ގެ މެޑިކަލް ޑިރެކްޓަރ ސްޓެއިނަރ މެޑްސެން ސަރުކާރުގެ މީޑިއާ ކަމުގައިވާ އެންއާރްކޭ އަށް ބަސްދީގަތުން ވިދާޅުވެފައިވެ އެވެ. ([3])

ކޮވިޑް-19 އެކްސްޕެރިމެންޓަލް ވެކްސިން ޖަހައިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައް ބަޔަކަށް ވެކްސިންގެ ސަބަބުން އަނިޔާ ލިބެމުން އެބަދެ އެވެ. މިހާރު ގިނަ ބަޔަކު ވަނީ ވެކްސިން އަނިޔާ އަކީ ހަމަ ޙަޤީޤަތެއް ކަމުގައި ޤަބޫލުކުރަން ފައްޓާފަ އެވެ.

%99.99 މީހުން ސަލާމަތްވާ ބައްޔަކަށް %100 މީހުން މި ވެކްސިން ޖަހަން އެތަކެއް މެޑިކަލް ޑޮކްޓަރުންނާއި ޞިއްޙީ މަސައްކަތްތެރި ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. ރާއްޖޭގައިވެސް މި ވެކްސިން ޖެހުމާއި ދެކޮޅަށް އެތަކެއް ޞިއްޙީ މަސައްކަތްތެރިން ތިބި ކަމުގައި އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

[ Photo ]
އަހަރެންގެ އަމިއްލަ ހަށިގަނޑަކަށް ބަޔޯ-ކެމިކަލް ދިޔައެއް ޖެހުމަށް އަހަރެންގެ ރުހުމާއި އިޚުތިޔާރު އޮންނަން ނުޖެހޭތޯ؟ ވަކި ބޭސްއުފައްދާ ކުންފުންޏަކުން އުފައްދާ ބަޔޯ-ކެމިކަލް ދިޔައެއް އަހަރެންގެ ހަށިގަނޑަށް ޖެހުމަށް މަޖުބޫރު ކުރުމަށް ކަލެޔަށް އެ ހައްޤު ދިނީ ކާކު ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގެ ހުރި ނުކުޅެދުންތެރިކަމާއި، އުނިކަމާއި އަދި
ކުޅެދުންތެރިކަން ކަލެޔަށް ވަނީ ތައްގަޑުޖަހާފައި ލިޔެ ދެވިފައި ހެއްޔެވެ؟

އަމިއްލަ ޞިއްޙަތުގެ މިނިވަންކަމާއި، އަމިއްލަ ހަށިގަނޑުގެ ބާރުވެރިކަމާއި، ބޭސްފަރުވާގެ ޢަމަލުތަކުގެ ފުރިހަމަ މައުލޫމާތު ލިބިގަތުމަށްފަހު، އެ ޢަމަލަކަށް ރުހުން ދިނުމާއި ނުދިނުމަކީ ތިބާއަށް ލިބިގެންވާ އިންސާނީ ހައްޤެކެވެ. މިއަދު ބޭސްއުފައްދާ މެޑިކަލް މާފިއާއިން މިދަނީ މި އިންސާނީ ހައްޤު ޞިއްޙަތުގެ ނަމުގައި ނިގުޅައިގަންނަމުން ނެވެ.

[1] 23 Deaths. Norway Launch Investigation After Dozens Die From Experimental COVID-19 Vaccine Side Effects https://greatgameindia.com/norway-investigation-covid-19-vaccine/

[2] Meldte bivirkninger etter koronavaksine pr. 14. januar 2021 https://legemiddelverket.no/nyheter/meldte-bivirkninger-etter-koronavaksine-pr-14-januar-2021

[3] Legemiddelverket knytter 13 dødsfall til bivirkninger av vaksinen  https://www.nrk.no/norge/legemiddelverket-knytter-13-dodsfall-til-bivirkninger-av-vaksinen-1.15327024

Leave a Reply