ކޮވިޑް-19 ޚިޔާނާތާއި ގުޅިގެން އަޅަމުންދާ ހަރުކަށި ޑިކްޓޭޓަރު ޣައިރު ޤާނޫނީ ފިޔަވަޅުތަކާއި ދެކޮޅަށް ކެނަޑާ ސަރުކާރާއި ދެކޮޅަށް ކޯޓަށް!

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ހަރުކަށި ޑިކްޓޭޓަރު ޣައިރު ޤާނޫނީ ފިޔަވަޅުތަކާއި ދެކޮޅަށް ކެނެޑާގެ މަޝްހޫރު ކޮންސްޓިޓިއުޝަނަލް ލޯޔަރު، ރޮއްކޯ ގެލަޓީ ކެނަޑާ ސަރުކާރާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދަފި އެވެ.[1] އަދި މި ކޯޓް ކޭސްގައި ކެނެޑާގެ ބްރޮޑްކާސްޓިންގ ކޯޕަރޭޝަން (ސީބީސީ) އާއި ދެކޮޅަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ. އެއީ އެފަރާތުގެ ތެދުވެރިކަމެއް ނެތި ޚިޔާނާތްތެރި ކަމާއެކު ގެނެސްދިން ކޮވިޑް ވައްކަމުގެ މީޑިއާ ނެރޭޓިވްގެ ސަބަބުން “ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރި އަދި ރައްޔިތުންގެ އެތައް އެތައް އިންސާނީ ޙައްޤުތަކަކާއި މިނިވަންކަމެއް ނިޒާމީ ގޮތުން ނިގުޅައިގަނެވިފައިވާތީވެ” އެކަމުގެ މައްޗަށް ދަޢުވާ ކުރުމަށެވެ.

ޤާނޫނީ ގޮތުން ދަޢުވާ އުފުލާފައި ވަނީ “ޣައިރު ޤާނޫނީ ގޮތުން ކެނެޑާ ރައްޔިތުން ގެ ބަންދުކުރުމާއި (ހައުސް އެރެސްޓުކުރުން)، ޕާލަމެންޓުގެ މަސައްކަތް ބަންދުކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަންދުކުރުމާއި، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމް ކުރުމާއި، ކުޑަކުދިން ކިޔެވުމުގެ ހައްޤުން މަޙުރޫމް ކުރުމާއި، ދީނީ އަޅުކަންތަކަށް ހުރަސް އެޅުމާއި، ޣައިރު ޤާނޫނީ ސެންސަރުކުރުން ތަކާއި އަދިވެސް ކެނެޑާ ރައްޔިތުންނަށް ޤާނޫނު އަސާސީން ދީފައިވާ ޤާނޫނީ ހައްޤުތައް ނިގުޅައިގަނެ ފައިވާތީ އެވެ.”

ލޯޔަރު ރޮއްކޯ ގެލަޓީ ވިދާޅުވެފައިވަނީ “އެމީހުން ދަނީ “ޕެންޑަމިކެއް” ހަތިޔާރަކަށް ނުވަތަ އުޒުރަކަށް ދައްކަމުން. މިއީ ޕެންޑަމިކެއްވެސް ނޫން. އެޕަޑަމިކެއް ވެސް ނޫން. ޑަބްލިޔުއެޗްއޯ އާއި ސީޑީސީން އެޕިޑަމިކެއް މާނަކޮށްފައިވަނީ އާބާދީގެ %7 މީހުން މަރުވުން ކަމުގައި. އަހަރެމެން މިތިބީ ޕަސެންޓްގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް ދަށުގައި. 0.00024 މި އަދަދު އަހަރީ އިންފުލުއެންޒާ އާއި އެއްވަރު. ( އިންފްލުއެންޒާއާއި ގުޅުވައިގެން ނުކުރާ ކަމެއް މިޔާ ވިއްކައިގެން ވެސް އެހެން ވުމުން ނުކުރެވޭނެ.) ކޮވިޑް-19 އިން މަރުވި ކަމުގައި ދައުވާކޮށްފައިވާ މީހުންގެ %84 އަކީ ދުވަސްވީ މީހުންނާއި ދިގުމުއްދަތަށް-ފަރުވާ ދެމުންދިޔަ މީހުން. މި މީހުން ކޮވިޑް މަރު ނިންމާ ބޯގަސް ފީކަޅާ އުޞޫލުތަކުގެ މައްޗަށް މި މީހުންވަނީ ވަނީ އަމިއްލައަށް އިއުތިރާފް ވެފައި އޭގެ %53 އާއި %63 މަރު އިތުރަށް ކޮވިޑަށް ލެވިފައި ވާކަމަށް.” ކަމުގަ އެވެ.

ކޮވިޑް-19 ވައިރަސް އައިސޮލޭޓްކޮށް އެއިން ބަލި ޖައްސާކަން ސާބިތުވެފައިނުވާ މައްސަލަ ވެސް ކޯޓަށް!

ލޯޔަރު،  ރޮއްކޯ ގެލަޓީ ވިދާޅުވެފައިވަނީ ”އެމީހުން އަދި (ކޮވިޑް-19) ވައިރަސް އައިޑެންޓިފައިކޮށް ހޯދާފައެއް ނެތް. އެމީހުން ޓެސްޓު އެކުރަނީ ކޮން އެއްޗަކަށް ތޯ؟ އެކުރަނީ ޑީއެންއޭ (އާރުއެންއޭ) ސީކްއެންސްތަކުގެ ފްރެގްމެންޓް ތަކަކަށް. މީހުންނަށް ފަހުމްވާން ޖެހޭ، މި މީހުން ކޮރޯނާ ވައިރަސް އައިސޮލޭޓް ކޮށް، ފިއުރިފައި ކޮށް، ރީޕްރޮޑިއުސް ކޮށް، އެ ވައިރަސް އެއް ޖަނަވާރުތައް ބޭނުންކޮށް ބަލިޖައްސާ އެއްޗެއްތޯ ޓެސްޓު ކޮށްފައިނުވޭ. ވައިރަސް އެއް ހޯދޭނީ ވައިރަސްއެއް އައިސޮލޭޓް ކޮށްގެން. އޭގެ ވަށައިގެންވާ ދައުރުކުރާ އެހެން ބޭކާރު އެއްޗެހިން އެ ސާފުކޮށް ޕިއުރިފައި ކޮށްގެން. އަދި އޭތި އާލާކޮށްގެން، އެއިން އާލާކުރެވުނީ ކުނިބުނި ނޫންކަން ޔަޤީންކޮށްގެން. އަދި ތިބުނާ ޢަލާމާތްތައް ފެންނަނީ އެ ވައިރަސްގެ ސަބަބުން ކަން ޓެސްޓުކޮށް ތަޙުލީލުކޮށްގެން. އެމީހުންނެއް މިކަމެއް ނުކުރޭ. އެހެންކަމުން، ގޭގޭގެ ދޮރުން-ދޮރަށް ގޮސް ސިފައިން ބޭނުންކޮށް މި ކުރަނީ ކޮން ޓެސްޓެއް؟ އެމީހުން ޓެސްޓު އެކުރަނީ އަހަރެމެން އަޅުވެތިކޮށް ކޮންޓްރޯލް ކުރެވޭނީ ކިހާވަރަކަށް ތޯ ބަލަން؟“ ކަމުގަ އެވެ.

މި މުހިންމު ޚަބަރު ރާއްޖޭގެ އެއްވެސް ނޫހަކުން ގެނެސްދީފައި ނުވެއެވެ. އެހެންވެ ތާރީޚަށްޓަކައި މި ޚަބަރު ގެނެސްދިނީމެވެ. އެއީ މިއިން އަހަރުމެން ފިލާވަޅެއް ލިބިގަނެ ކޮވިޑް-19 ވައްކަމުގެ ބައިވެރީންނަށް ދަޢުވާކުރަން ނުކުތުމަށް ހިތްވަރެއް ލިބިގަތުމަށްޓަކަ އެވެ.

Part 1: “Rocco Galati Constitutional Challenge Against the Canadian Government for Extreme Measures”

Part 2: “Where Has Common Sense Gone? Challenging the Canadian Government for Extreme Measures”


[1] COVID-19: Rocco Galati’s Legal Action against the Canadian Government and CBC https://www.weblyf.com/2020/11/covid-19-rocco-galatis-legal-action-against-the-canadian-government-and-cbc/

Leave a Reply