ވެކްސިންއަނިޔާ: މޮޑާނާގެ ވެކްސިން ޖަހައިގެން އެ ޖެހި ހެލްތްކެއަރ ވޯކަރުންނަށް އާދަޔާ ޚިލާފު އެލާރޖިކް ރިއެކްޝަނެއް ޖެހިގެން ކެލިފޯނިއާގެ ވެކްސިން ސުޕަރ ސްޓޭޝަނުން ވެކްސިން ޖެހުން މެދުކަނޑާލަން ޖެހިއްޖެ!

13 ޖެނުއަރީ 2021

މޮޑާނާގެ ވެކްސިން ޖަހައިގެން އެ ޖެހި ހެލްތްކެއަރ ވޯކަރުންނަށް އާދަޔާ ޚިލާފު އެލާރޖިކް ރިއެކްޝަނެއް ޖެހިގެން ކެލިފޯނިއާގެ ވެކްސިން ސުޕަރ ސްޓޭޝަނުން ވެކްސިން ޖެހުން މެދުކަނޑާލަން ޖެހިއްޖެ ކަމުގައި އެންބީސީ ސެންޑި އަގޯ އިން ރިޕޯޓްކޮށްފި އެވެ. [1]

ހަފްތާގެ ކޮވިޑް-19 ބްރީފިން ގައި ޑރ. އެރިކް އެމްސީ ޑޮނަލްޑް، ކައުންޓީގެ އެޕިޑެމިއޮލޮޖީ ޑިރެކްޓަރ ވިދާޅުވެފައިވަނީ ވެކްސިން ޖެހި 6 ފަރާތަކަށް އެލާޖިކް ރިއެކްޝަނެއް ޖެހިގެން ވެކްސިން ޖެހުން މަޑު ޖައްސާފައިވާ ކަމަށެވެ. ވެކްސިން ޖަހައިގެން އެއަށް ބައެއް މީހުން އެލާޖިކްވެ އަނިޔާ ލިބުމަކީ ޢާންމު ކަމެއް ކަމުގައިވީހިނދު، ބުދަ ދުވަހުގައި ވެކްސިން ޖެހި މީހުންނަށް ހީކުރިވަރަށްވުރެ ބޮޑަށް އެލާޖިކު ރިއެކްޝަން ކުރިމަތިވުމުން ވެކްސިން ޖެހުން މެދުކަނޑާލީ އެކަން ތަހުޤީޤުކުރަން ކަމުގައި ޑރ. އެރިކް އެމްސީ ޑޮނަލްޑް ވިދާޅުވި އެވެ. މި ކައުންޓީ ނުވަތަ ޕްރޮވިންސްގެ ސްޕޯކްސް ޕާސަން ޔަޤީން ކޮށްދީފައިވާ ގޮތުން އެލާޖިކް ރިއެކްޝަންތައް ކުރިމަތިވީ މޮޑާނާގެ ވެކްސިން އިން ކަމުގަ އެވެ.


[1] Unexpected String of Allergic Reactions Causes Delays at ‘Vaccination Super Station’ Near Petco Park https://www.nbcsandiego.com/news/local/vaccination-super-station-near-petco-park-abruptly-closes/2495604/

Leave a Reply