ފުރިހަމަ ގޮތުގައި އައިސޮލޭޓް ކުރެވިފައިވާ ކޮރޯނާ ވައިރަސް އެއް ދައްކައި، އެއިން ބައްޔެއް ޖައްސާ ކަން ސާބިތުކޮށްދީފިނަމަ 100000 ޑޮލަރު ދޭނަން – ޑރ. ތޯމަސް ކޮވަން

ފުރިހަމަ ގޮތުގައި އައިސޮލޭޓް ކުރެވިފައިވާ ކޮރޯނާ ވައިރަސް އެއް ދައްކައިފިނަމަ، 50،000 ޑޮލަރު ދޭނެ ކަމަށާއި އަދި އެ އައިސޮލޭޓް ކުރި ވައިރަސް މާއްދާއިން ޖަނަވާރަކަށް ބަލި ޖައްސައިފި ކަން ސާބިތުކޮށްދީފިނަމަ އަނެއް 50،000 ޑޮލަރު ދޭނެ ކަމަށް “ކޮންޓޭޖަން މިތް/ގައިގަޔަށް ބަލި އެރުމުގެ ޚުރާފާތް” ފޮތް ލިޔުއްވި ޑޮކްޓަރު ތޯމަސް ކޮވަން ވިދާޅުވެއްޖެ އެވެ.

“އަހަރެމެން ވަނީ 100،000 ޑޮލަރު އެއްކޮށްފަ. ފުރިހަމަ ގޮތުގައި އައިސޮލޭޓް (ވަކި) ކުރެވިފައިވާ ކޮރޯނާ ވައިރަހެއް އަހަރެމެންނަށް އެއްވެސް މީހަކު ދައްކައިދީފިނަމަ، އޭނާ އަށް 50،000 ޑޮލަރު ދޭނަން. އަދި އެއިން އެއްވެސް ޖަނަވާރަކަށް ބައްޔެއް ޖައްސާކަން ސާބިތުކޮށްދީފިނަމަ. އަނެއް 50،000 ޑޮލަރު ދޭނަން” ޑޮކްޓަރު ތޯމަސް ކޮވަން ވިދާޅުވި އެވެ.

ޑޮކްޓަރު ތޯމަސް ކޮވަން އިތުރަށް ވިދާޅުވެފައިވަނީ ”ހަޤީޤީ ދުނިޔޭގައި ނުވަތަ ލެބޯރަޓަރީގައި ވެސް ކޮވިޑަކީ ވައިރަހަކުން ގައިންގަޔަށް އަރާ ބައްޔެއްކަން ސާބިތުކުރެވިފައި ނުވެ އެވެ.“

”ކޮރޯނާ ވައިރަސް އަށް ފޯލްސް ޕޮޒިޓިވް ޕީސީއާރް ޓެސްޓު ކިޔާއެއްޗެއް ނުވޭ. އަދި ކޮރޯނާ ވައިރަސް އަށް ފޯލްސް ނެގެޓިވް ޕީސީއާރު ޓެސްޓު ކިޔާ އެއްޗެއް ވެސް ނުވޭ. ޓެސްޓަކީ ފޯލްސް ޕޮޒިޓިވް އެއްވެސް ނޫން. އަދި ފޯލްސް ނެގެޓިވް އެއްވެސް ނޫން. އެއީ ހަމަ ސާފު ބަހުން ބުނާ އެންމެން ދަންނަ ފޯލްސް (ނުވަތަ ދޮގު). ޓެސްޓުގައި އެއްވެސް މާނައެއް ނެތް.“

އިންވެސްޓިގޭޓިވް ރިސާޗަރ ޖޯން ބްލެއިޑް ވިދާޅުވެފައިވަނީ “މި ވަގުތު ޕީސީއާރު ޓެސްޓުގެ ސައިކަލްގެ އަދަދަކީ އެއްވެސް މާނައެއް ނެތް އެއްޗެއް. އަހަރެން ދެކޭ ގޮތުގައި އެއީ ބޭކާރު ކަމަކަށް ވަގުތު ހޭދަކުރުމަށް ހިންގާ ކަމެއް. އެހެނީ، މިއަދާއި ހަމައަށް އެއްވެސް މީހަކު މިބުނާ “ވައިރަސް” ވުޖޫދުގައިވާ ކަން ސާބިތުކޮށްފައި ނުވޭ. އެހެންކަމުން، ކޮވިޑް ޕީސީއާރް ޓެސްޓުގެ ސައިކަލް ތްރެޝޯލްޑް 25 ނުވަތަ 35 ނުވަތަ 45 ވިޔަސް އެންމެހާ ޓެސްޓުތަކަކީ ބާޠިލު ޓެސްޓުތަކެއް. ސާފުކޮށް ބުނަން ބުނާނަމަ، ފޯލްސް ޕޮޒިޓިވް ކިޔާއެއްޗެއް ނުވަތަ ފޯލްސް ނެގެޓިވް ކިޔާއެއްޗެއް ނުވޭ. ހައްތަހާވެސް ދޮގު ފޯލްސް ނަޖީތާ އޮތީ.”

“ފްރީޑޮމް އޮފް އިންފޮމޭޝަން ޤާނޫނުގެ ދަށުން، އިނގިރޭސިވިލާތް، ސްކޮޓްލަންޑް، ވޭލްސް، ކެނެޑާ، އައިރލެންޑް، ނިއުޒިލެންޑް، އޮސްރޭލިއާ، ޑެންމާކް، އެމެރިކާ  (ސީޑީސީ) އަދި ޔޫރަޕްގެ ސީޑީސީ ފަދަ އެކި ޤައުމުތަކުގެ 38 މުއައްސަސާއަކަށް ފޮނުވާފައިވާ 47 މައުލޫމާތު ހޯދުމުގެ ފޯމުގެ ޖަވާބަކީ ކޮރޯނާ ވައިރަސް އައިސޮލޭޓްކޮށްފައި ނުވާ ކަމެވެ. އެބަހީ، އެބުނާ ވައިރަސް އެއް ވުޖޫދުގައިވާކަން ސާބިތުކުރެވިފައި ނުވުމެވެ.”

Research summary and debunk regarding the existence of “SARS-CoV-2” and “COVID-19”)

https://steemit.com/health/@johnblaid/research-summary-and-debunk-regarding-the-existence-of-sars-cov-2-and-covid-19

Leave a Reply