ފައިޒާގެ ކޮވިޑް ވެކްސިން ޖަހައިގެން އޭގެ މޮޅުކަމުގެ ވާހަކަ ލައިވްކޮށް ދައްކަމުން ދަނިކޮށް ވެކްސިން ޖެހިތާ އިރުކޮޅެއް ނުވަނީސް އެންމެން ކުރިމަތީ ހޭނެތިގެން ނަރުހެއް ވެއްޓިއްޖެ އެވެ. އެމެރިކާގެ ޓެނެސީ ހޮސްޕިޓަލްގެ ނާރސް މެނޭޖާ ޓިފަނީ ޑޯވާ އެ ސިޓީގެ ފްރަންޓް-ލައިން ވޯކަރުންނަށް ޖަހާ އެންމެ ފުރަތަމަ ވެކްސިން ޖަހައި އެ ޕްރޮގުރާމާއި މެދު ވާހަކަދައްކަމުން ދަނިކޮށް އޭނާވަނީ ހޭނެތިގެން ވެއްޓިފަ އެވެ. ދިވެހި ރާއްޖޭގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ހެލްތުވޯކަރުންނާއި، މުއައްޒަފުން ދަނީ މި ވެކްސިން އެބޭފުޅުން ނުޖަހާނެ ކަމުގައި އަޅުގަނޑުމެން ކައިރީގައި ދަންނަވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުން ފައިޒާގެ ވެކްސިން ޖަގައިގެން 17 މިނެޓް ވިތަނާ އޭނާވަނީ އޭނާ ވެއްޓޭހެން ހީވެގެން ބޮލުގައި އަޅައި، ވާހަކަދެއްކުން ހުއްޓުމަކަށް ގެނެސް އެކަމުގެ މައްޗަށް މާފަށް އެދިފައެވެ. އެޔާއެކު އޭނާ ހޭނެތި ބިންމައްޗަށް ވެއްޓިގެންދިޔަ އެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ނެރެފައިވާ ޑޮކިއުމެންޓުން އެނގޭ ގޮތުގައި ފައިޒާގެ ވެކްސިން ތަހުލުގައި ވެކްސިން ޖެހި 6 ބައިވެރިއެއްވަނީ ވެކްސިން ޖަހައިގެން މަރުވެފަ އެވެ. އަދި ހަމައެޔާއެކު، އަސްޓްރަޒެނެކާ އަދި އޮކްފަޑް ޔުނިވަރސިޓީ އިން އުފެއްދި ވެކްސިންގެ ތަހުލީލުގައި އެހެން މީހަކުވެސް ވަނީ ވެކްސިން ޖަހައިގެން މަރުވެފަ އެވެ.
އެހެނަސް، ޞިއްޙީ ދާއިރާއަށް ދެލޯކަނުކޮށް ތަބާޢަވާ މީހުން ބުނާނެ އެވެ. “ވެކްސިނަކީ ރައްކައުތެރި އަދި ޤާބިލު” އެއްޗެކެވެ. އެ ޤާބިލުވަނީ މީހުން މަރައި އަނިޔާދޭން ތޯ؟ އެ ރައްކައުތެރީ ވެކްސިން ވިޔަފާރިވެރިންނަށްތޯ؟ ވެކްސިނަނުން ބަޔަކަށް އަނިޔާއެއް ވެއްޖެނަމަ އޭގެ ޒިންމާ އެ އުފެއްދި ކުންފުންޏަކުން އުފުލަން ނުޖެހެ އެވެ.
