ޕީ.ސީ.އާރ ޓެސްޓު ބާތިލް އެއްޗަކަށް ހަދަނީ!

ކޮވިޑް19 ބަލި ހުރިތޯ ބެލުމަށް ހަދާ ޕީ.ސީ.އާރ ޓެސްޓު ހަދާނެ ގޮތް ކަނޑައަޅާ ތައްޔާރުކުރި ފަންނީ ކަރުދާހާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ ފުންނާބުއުސް 23 ސައިންޓިސްޓުން ވެގެން ލިޔުނު ކަރުދާސް “ޕީ.ސީ.އާރ ޓެސްޓު ގައިވާ 10 ބޮޑެތި މައްސަލަ” އާ ގުޅިގެން، ކޮވިޑް19 އަށް އުފެއްދި ޕީ.ސީ.އާރ ޓެސްޓު ފަންނީ ކަރުދާސް އަލުން ބެލުމަށް ކަރުދާސް ޝާއިޢުކުރި “އިޔުރޯސަރވެއިލަންސް” ޖަރނަލް އިން އަލުން އެ ކަރުދާސް މުރާޖާއާ ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް19 ބަލިޖެހިފައިވޭތޯ ބެލުމަށް ޕީ.ސީ.އާރ ޓެސްޓު ހަދާނެ ގޮތް ބަޔާންކޮށް ޖަރުމަނު ވިލާތުގެ ޑރ. ކްރިސްޗިއަން ޑްރޮސްޓަން ތައްޔާރު ކުރި ކަރުދާސް ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އިން ބަލައިގަނެ، މި ގޮތަށް ޕީ.ސީ.އާރ ޓެސްޓު ހެދުމަށް އެކި ޤައުމުތަކަށް ލަފާދީފައެވެ.

މި 23 ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި ޕީ.ސީ.އާރ ޓެސްޓުން ސާސް-ކޮވް-2 ވައިރަސް ދެނެނުގަނެވޭނެ އެވެ. މި ސައިންޓިސްޓުންވަނީ ޕީ.ސީ.އާރ ޓެސްޓު ގައި ހުރި ބޮޑެތި 10 މައްސަލަތައް ބަޔާންކޮށް ކަރުދާހެއް ޝާއިޢު ކޮށްފައެވެ. އަދި މި ސައިންޓިސްޓުން ވަނީ ޕީ.ސީ.އާރ ޓެސްޓާ ބެހޭ މި ލިޔުން “ރީޓްރެކްޓް” (ބާތިލްކުރުމަށް) “އިޔުރޯސަރވެއިލަންސް” އަށް މިދިޔަ ނޮވެމްބަރު މަހު 27 ގައި ގޮވާލާފައެވެ.

External peer review of the RTPCR test to detect SARS-CoV-2 reveals 10 major scientific flaws at the molecular and methodological level: consequences for false positive results. https://cormandrostenreview.com/report/

One thought on “ޕީ.ސީ.އާރ ޓެސްޓު ބާތިލް އެއްޗަކަށް ހަދަނީ!

  1. ޕިންގްބެކް Anonymous

Leave a Reply