ފައިޒާ ކިޔައި މިހާރު މަޝްހޫރުވެގެން އުޅޭ ކޮވިޑް ވެކްސިން އުފައްދާ ކުންފުންޏަކީ 2000 ވަނަ އަހަރުން ފެށިގެން ޞިއްޙީ އެކި ކޮރަޕްޝަނާއި ގުޅިގެން 4.7 ބިލިއަން އެމެރިކާ ޑޮލަރު (ހަތްދިހަ ދެ ބިލިޔަން، ހަތަރު ސަތޭކަ ހަތްދިހަ ހަތަރު މިލިޔަން ދިވެހި ރުފިޔާ) ގެ އަދަބަކުން ޖޫރިމަނާ ކުރެވިފައިވާ މުޖުރިމު ބިގްފާމާ ކުންފުންޏެއްކަން ހާމަވެއްޖެ އެވެ. “ބޭހާއި ޞިއްޙީ އާލާތްތަކުގެ ރައްކައުތެރިކަން ކަށަވަރު ނުކުރުމުގެ (ސޭފްޓީ ވައިލޭޝަންތަކުގެ) ކުށަށް އެރުމާއި ގުޅިގެން 103 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިފައިވާ އިރު، އެކިއެކި ފަރާތްތަކަށް ރިޝްވަތުދިނުމާއި ގުޅިގެން 34 މިލިއަން ޑޮލަރުން (ފައްސަތޭކަ ސައުވީސް މިލިއަން ދިވެހި ރުފިޔާއިން) ފައިޒާ ކުންފުނި ވަނީ ޖޫރިމަނާކޮށް އަދަބު ދެވިފަ އެވެ.[1] ފައިޒާ ކުންފުނީގެ ކުރީގެ ވީޕީ (ވައިސް ޕްރެޒިޑެންޓް) އެމީހުން އުފައްދާ ކޮވިޑް ވެކްސިން އަކީ މީހުން ދަރިމައިނުވާ ގޮތަށް ބަދަލުކޮށް ސްޓްރިލައިޒް ކޮށްފާނެ އެއްޗެއްކަމުގައި ބުނާއިރު އަދި މި މީހުންގެ ފަސްބައި މިހާ ކޮރަޕްޓްއިރު މި މީހުން އުފައްދާ ވެކްސިނެއް 💉 ޖަހަން ކަލޭ ހަމަ އިތުބާރު ކޮށްފާނަން ހެއްޔެވެ؟
ފައިޒާ ކުންފުނީގެ ޞިއްޙީ އެކިއެކި ވައިލޭޝަން ތަކުގެ ޚުލާސާ:
މައި ކުންފުނި: ފައިޒާ
ހެޑްކުއާރޓަރ: ނިއުޔޯކް
ޚާއްސަ ވެފައިވާ އިންޑަސްޓްރީ ދާއިރާ: ފާމަސުއިޓިކަލްސް (ބޭސް އަދި ވެކްސިން އުފެއްދުން)
2000 ވަނަ އަހަރުން ފެށިގެން ޕެނެލްޓީ ކުރެވިފައިވާ (ނުވަތަ އަދަބުގެ ގޮތުގައި ޖޫރިމަނާ ކުރެވިފައިވާ) ޖުމްލަ އަދަދު: $4,747,652,947
ޖޫރިމަނާ ކުރެވިފައިވާ ރެކޯޑުގެ އަދަދު: 70


| ކުށަށް އަރައިގެންފައިވާ މައިގަނޑު 5 ދާއިރާ | އަދަބު ދެވުނު ޖޫރިމަނާގެ ޖުމްލަ: | ޖޫރިމަނާ ކުރެވިފައިވާ ރެކޯޑުގެ އަދަދު |
| ހެލްތްކެއަރ ނުވަތަ ޞިއްޙީ ފަރުވާއާއި ގުޅިގެން އަރައިގަތް ކުށްތަށް | $3,373,675,000 | 10 |
| ސަރުކާރުގެ ކޮންޓްރެކްޓުތަކާއި ގުޅިގެން އަރައިގަތް ކުށްތައް | $1,161,001,892 | 23 |
| ސަލާމަތާއި ރައްކައުތެރިކަން (ނުވަތަ ސޭފްޓީ އާއި ) ގުޅިގެން އަރައިގަތް ކުށްތަށް | $104,004,655 | 10 |
| ކޮމްޕެޓިޝަން އާއި ގުޅިގެން އަރައިގަތް ކުށްތަށް | $98,166,568 | 08 |
| ތިމާވެއްޓާއި ގުޅިގެން އަރައިގަތް ކުށްތައް | $5,324,642 | 23 |
| ކުށަށް އަރައިގެންފައިވާ މައިގަނޑު 5 ވައްތަރު | އަދަބު ދެވުނު ޖޫރިމަނާގެ ޖުމްލަ: | ޖޫރިމަނާ ކުރެވިފައިވާ ރެކޯޑުގެ އަދަދު |
| އޮފް-ލޭބަލްކޮށް ނުވަތަ ބަލިތަކަށް ސާބިތުވެފައިނުވާ ޞިއްޙީ އުފެއްދުންތައް އެބަލިތަކަށް އިޝްތިހާރުކޮށް ފެތުރުމުގެ ކުށަށް އެރުމާއި ގުޅިގެން | $3,373,675,000 | 10 |
| ދޮގުވެރި އެކި ދަޢުވާތައް ކުރުމުގެ ސަބަބުން “ފޯލްސް ކްލެއިމް އެކްޓް” ޤާނޫނުގެ ދަށުން އެއާއި ގުޅިގެން އަރައިގަތް ކުށްތަކަށް | $1,161,001,892 | 23 |
| ޑްރަގް އަދި މެޑިކަލް އެކިއުޕްމަންޓުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ނުވާތީ (ނުވަތަ ސޭފްޓީ އާއި ) ގުޅިގެން އަރައިގަތް ކުށްތަށް | $103,840,000 | 05 |
| ފޮރިން ކޮރަޕްޓް ޕްރެކްޓިސަސް ޤާނޫނުގެ ދަށުން ކޮރަޕްޝަންގެ ޢަމަލުތަކުގެ ކުށަށް އެރުމާއި ގުޅިގެން | $60,216,568 | 03 |
| ކިކްބެކްސް އާއި ރިޝްވަތު ދިނުމުގެ ކުށަށް އެރުމާއި ގުޅިގެން | $34,700,000 | 03 |
[1] Violation Tracker Parent Company Pfizer Summary https://violationtracker.goodjobsfirst.org/parent/pfizer
