ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު! – މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ލިޔުން ކޮންޓްރިބިއުޓްކުރީ: އަޙުމަދު، ވެކްސިން ރައްކާތެރިތަ؟ ގެ ފައުންޑަރ

“ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު” މި ސުރުހީގެ ދަށުން މިހާރު ނޫސް ގެ ސީނިޔަރ އެސިސްޓަންޓް އެޑިޓަރ ނިއުމަތުﷲ އިދުރީސް ލިޔުއްވާ 14 ޖެނުއަރީ 2020 ގައި މިހާރު ނޫސް ގައި ޝާއިޢުކުރައްވާފައިވާ ލިޔުމުގައިވާ ކަންތައްތައް ސާފުކޮށް އެރުވުމުގެ ގޮތުން
ލިޔުން ޝާއިޢުކޮށްފައިވަނީ:

ވެކްސިން ޖެހުމަކީ ނުރައްކަލެއް ކަމަށް ވިސްނައިދޭން މަސައްކަތްކުރާ “އެންޓި-ވެކްސާސް ” ގެ ސާބިތު ނުހިފޭ ވާހަކަތައް ގަބޫލުކުރާ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެ އެވެ. އިންޓަނެޓާ އެކު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ދުނިޔެ ކުޑަވެ މި ބުނާ އެންޓި-ވެކްސާސްގެ ވާހަކަތައް ފަތުރަން ވެސް ފަސޭހަވެ އެ ވާހަކަތަކަށް ހެއްލޭ މީހުން ގިނަވެއްޖެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ޑިސެމްބަރު 2019 ގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ “ވެކްސިން ސޭފްޓީ ސަމިޓް” ގައި ވެކްސިން ކޮންފިޑަންސް ޕްރޮޖެކްޓް ގެ ޑައިރެކްޓަރ، ޑރ ހައިޑީ ލާސަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ވެކްސިންގެ ނުރައްކާތަކާ ބެހޭ ގޮތުން މީސްމީޑިއާގައި ވާހަކަ ދައްކާ މީހުންގެ ވާހަކަތައް ސެންސަރު ކުރުމަށް ގިނަ ބަޔަކު އެދެނީ މީސްމީޑިއާ ހިންގާ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ކަމަށްވީ ނަމަވެސް އެއީކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. މައިގަނޑު އެންމެ ބޮޑު ހުރަހަކަށް ވަނީ، މި ގޮތުން ދައްކާ ވާހަކަތަކުގެ ބޮޑު ބަޔަކީ ސާބިތު ނުހިފޭ ވާހަކަތަކަށް ނުވުމެވެ.


“I spent a lot of time talking to, particularly in the past 6 months with tech companies, facebook, whatsapp, pulser, twitter, instagram, wechat, webo – they have a lot of fingers pointing at them to fix this misinformation problem. But its not so simple. One, the biggest problem is, a lot of it is NOT misinformation. Our problem is, as we have heard in the last 48 hrs that there is not anything a 100%. What actually, can legally without creating a censorship thing, can we actually say this is misinformation? Because we have a lot of ambiguity in the safety field and we have to come to terms with that. So we have to be thinking differently about it than deleting misinformation but building trust. So people are willing to put up with a certain amount of risk because they believe in it enough. They believe in our work, what we are doing and its in their interest.” Dr Heidi Larson, Director, The Vaccine Confidence Project.
ބައްލަވާލެއްވުން މުހިންމު ވީޑިއޯއެއް:

ނަތީޖާ އަކީ މީގެ ކުރިން ހިމަބިހި ފެނުން މަދުވެފައިވާ ތަންތަނުން ވެސް މި ބަލި ފެނުން ގިނަވާން ފެށުމެވެ. ރާއްޖެ ވެސް އިސްތިސްނާއެއް ނުވެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ބަލި ފެނުން ގިނަވާން ފަށާފައިވަނީ ވެކްސިން އިން އަނިޔާތައް ލިބިގެން، ލިބޭ އަނިޔާތަކުގެ ވާހަކަތައް ދައްކާ ފަރާތްތަކުގެ ސަބަބުން ކަމަށް ނިޔުމަތުﷲ ލިޔުއްވާފައިވާ އިރު، ވެކްސިން ގެ “ޕްރައިމަރީ” އަދި “ސެކަންޑަރީ” ފެއިލްވުން އެއީ ނެތް އެއްޗެއް ކަމަށް ބައްލަވަނީތޯ؟ ނުވަތަ 1 ޑޯޒް، 2 ޑޯޒް އަދި 3 ޑޯޒް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ބަލި ޖެހެނީ ވެސް އަޅުގަނޑުމެން ދައްކާ ވާހަކައިގެ ސަބަބުންތޯ؟ ވެކްސިންގައި އެކުލެވިގެންވާ ވައިރަސް މިއުޓޭޓް ވެގެން ވެކްސިން ދީފައިވާ އަދި ދީފައިނުވާ މީހުންނަށް ވެސް ބަލި ޖެހެނީ އަޅުގަނޑުމެން ދައްކާ ވާހަކައިގެ ސަބަބުންތޯ؟ ވިހާ ތުއްތުކުދިންނަށް އެކުދިންގެ ވެކްސިން ޖަހާފައިވާ މައިންގެ ފަރާތުން ލިބޭ ދިފާއީބާރު އެދެވޭ މިންވަރަށް ނެތުމުން (އަސްލު ބަލިޖެހުމާ ޚިލާފަށް)، އެކުދިންނަށް ޅައުމުރުގައި ބައްޔަށް ކުރިމަތިވަނީ ވެސް ހަމަ އަޅުގަނޑުމެންގެ ސަބަބުންތޯ؟


ހިމަބިހި ފެތުރެން ޖެހޭ ސަބަބާ ބެހޭ ގޮތުން ދުނިޔެ ޤަބޫލުކުރާ “ވެކްސިން” ޖަރނަލް ގެ އެޑިޓަރ-އިން-ޗީފް އަދި ވެކްސިން ދިނުމަށް ތާއީދު ކުރައްވާ ޑރ ގްރެގަރީ ޕޮލަންޑް ވިދާޅުވެފައިވަނީ:

ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ވެސް ހިމަބިހި ފެތުރެން ފަށާފައިވާ ކަމަށެވެ. އަދި ވެކްސިންގެ 1 ޑޯޒް ނުވަތަ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ހިމަބިހި ޖެހޭ ކަމަށެވެ. މިގޮތުން، ވެކްސިން ޖަހާފައި ނުވާ މީހުންނަށާއި ވެކްސިން ފެއިލްވުމުގެ ސަބަބުން ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް ހިމަބިހި ޖެހޭ ކަމެވެ. ނަމަވެސް، ވެކްސިން ފެއިލްވާ ކަމަށް މާބޮޑު ސަމާލުކަމެއް ލިބެމުން ނުދާ ކަމަށެވެ. މިހާރު ގެންގުޅޭ ހިމަބިހި ވެކްސިން ރަނގަޅުކަމަށް އާއްމު ގޮތެއްގައި ބަލައިގެންފައިވީ ނަމަވެސް، އާއްމުކޮށް މީސްތަކުންނަށް މި ވެކްސިން ދިނުމާ ހިމަބިހިން ދިފާއުވުމުގައި ބޮޑު ތަފާތެއް އޮތް ކަމަށް ޑރ ޕޮލަންޑު ދައްކުވައި ދެއްވާފައިވާ ކަމަށެވެ. އެތައް ތަހުލީލުތަކަކުން ދައްކާ ގޮތުގައި 2 ޑޯޒް ދީފައިވާ މީހުންގެ ތެރެއިން %10-2 އާ ދެމެދުގެ މީހުން އެދެވޭ މިންވަރަށް އެންޓިބޮޑީ ނުއުފެއްދުމުގެ އިތުރުން ވެކްސިން އަކީ ބާރު ކެނޑޭ އެއްޗަކަށް ވުމުން (“ސެކަންޑަރީ ފެއިލިޔަރ”)، ވެކްސިން ޖަހާފައި ތިބި މީހުންނަށް ވެސް ހިމަބިހި ޖެހެމުންދާ ކަމަށެވެ.

އޮކްޓޫބަރު 2011 ގައި ކެނަޑާ ގައި ހިމަބިހި ފެތުރިގެން ހިމަބިހި ބަލި ޖެހުނު މީހުންގެ ތެރެއިން %50 މީހުންނަކީ ވެކްސިން ގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ. 1991-1989 ގައި އެމެރިކާގައި ހިމަބިހި ފެތުރުނު އިރު، %20 އާ %40 ދެމެދުގެ އަދަދުގެ މީހުންނަކީ ވެކްސިން ގެ 1 ޑޯޒް ނުވަތަ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ. ވެކްސިންގެ ޕްރައިމަރީ އަދި ސެކަންޑަރީ ފެއިލްވުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ވެކްސިން ދެވޭ އާބާދީތަކުގައި ވެސް ހިމަބިހި ފެތުރޭ ކަމަށެވެ. އަދި މިގޮތުން ގިނަ ބަޔަކަށް ވެކްސިން ދީފައިވާ އާބާދީތަކުގައި، ވެކްސިން ޖަހާފައިވާ މީހުންނަށް ހިމަބިހި ޖެހޭ ހާލަތަށް ދާކަމަށެވެ. އަދި މިއަށް އޮތް ހައްލަކީ އައު ވެކްސިނެއް ތައްޔާރުކުރުމެވެ.
The Re-Emergence of Measles in Developed Countries: Time to Develop the Next-Generation Measles Vaccines? https://www.ncbi.nlm.nih.gov/pmc/articles/PMC3905323/

ވެކްސިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ސުވާލުކުރާ ފަރާތްތަކާ ހެދިއޭ ހިމަބިހި ފެތުރެނީ ވިދާޅުވެވެން އޮތީ ކިހިނެތްތޯ؟ 1989 ގައި ކެނެޑާގެ ކިޔުބެކް ސިޓީގައި ހިމަބިހި ފެތުރުނީ %99 މީހުންނަށް ވެކްސިން ދީފައިވަނިކޮށް ! އިތުރުން ޗައިނާ ވެސް !

އިންޓަނެޓުން ފެންނަ ފޭކް ލިޔުންތައް ގަބޫލުކުރެވި ވެކްސިނާ ދެކޮޅު ހަދާ ބަޔަކާއި ދީނީ ގޮތުން ގަބޫލުކުރާ ގޮތްތަކެއް ސަބަބުން ވެކްސިން ގޯސްކޮށްގެން އުޅޭ ބަޔަކު ވެސް އެބަ އުޅެ އެވެ. ރާއްޖޭގައި އޭގެ މީހުން އުޅޭ ގްރޫޕެއްގެ ތެރޭގައި އިނދެ އެ މީހުން ދައްކާ ވާހަކަތައް ބަލައިލި އިރު އަޖައިބުވެ އަންތަރީސް ވެއްޖެ އެވެ. ވެކްސިނާ ދެކޮޅަށް، ކަނޑައެޅިގެން ފޭކް ވެބްސައިޓްތަކުން ފެންނަ އެއްޗެހި ވެސް މި ބުނާ ވައިބަ ގްރޫޕް ތެރޭގަ އާއި ފޭސްބުކް ޕޭޖެއްގައި އެބަ ޝެއާކުރެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އަޅުގަނޑަށް އެނގިގެން، ވެކްސިނުން ލިބޭ އަނިޔާތަކާ ބެހޭ ގޮތުންނާއި އަނިޔާއެއް ލިބޭ ނަމަ ރުހުން އޮންނަން ޖެހޭނެ ކަމަށް ވާހަކަ ދައްކާ ހަދާ ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ގުރޫޕަކީ “ވެކްސިން ރައްކައުތެރިތަ؟” ވައިބަރ ގުރޫޕެވެ. މި ގުރޫޕަށް ނިސްބަތް ކުރައްވާ ވިދާޅުވެފައިވާ ވާހަކަތަކެއް ކަމަށް ދެކެމެވެ.

މިހާރު ވެކްސިން ރައްކާތެރިތަ؟” ވައިބާ ގުރޫޕްވަނީ ނުފޫޒު ބޭނުންކޮށް ވައިބާއިން ދުއްވާލެވިފަ އެވެ”.


އަޅުގަނޑުމެން ދައްކަނީ އަމިއްލަ ވާހަކައެއް ނުވަތަ އިންޓަނެޓުން ފެންނަ ފޭކް ލިޔުންތަކުން ފެންނަ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑުމެން ގެންނަނީ ދުނިޔެ ޤަބޫލުކުރާ ސައިންސްގެ މަޖައްލާތަކުގައި ޝާއިޢުކޮށްފައިވާ ލިޔުންތަކާއި، ފަންނީ މާހިރުން ދައްކަވާ ވާހަކަތަކާއި އެކި އެކި ޤައުމުތަކުގެ ރަސްމީ ތަަފާސް ހިސާބުތައް ފަދަ ލިޔެކިއުންތަކެވެ. މި ލިޔުމުން ވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ.

ގޫގުލް އިން އުޅެނީ ވެކްސިން އުފައްދަން ފަށަން ކަމަށާއި އެހެންވެ ގޫގުލްގައި ވެކްސިންގެ ނުރައްކާތެރިކަމުގެ ވާހަކަ ނުފެންނަ ގޮތް ހަދާފައި އޮންނަ ކަމަށް އެކަކު ބުނެފައި އޮތެވެ. މިއީ އެ މީހުންގެ ވިސްނުން ހުރި ހިސާބުގެ ކުޑަކުޑަ މިސާލެކެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

މަޢުލޫމާތު އޮޅުންފިލުއްވަން ކުޑަ މަސައްކަތްޕުޅެއް ކުރެއްވި ނަމަވެސް، މިއީ ދޮގެކޭ ވިދާޅެއް ނުވެވޭނެ. ތިރީގައިވާ ލިންކުތަކުން ވެސް މިއީ ހަޤީޤަތްކަން ހާމަވާނެ :
https://www.fiercepharma.com/vaccines/google-sequoia-back-oxford-universal-flu-vaccine-developer-vaccitech
https://pharmaphorum.com/news/google-invests-vaccitech/
https://www.forbes.com/sites/matthewherper/2017/09/07/personalized-cancer-vaccine-company-raises-93-million/#242220da4cbe
https://thehighwire.com/breaking-google-caught-burying-vaccine-safety-info/
https://www.greenmedinfo.com/blog/google-organic-lie-supplements-are-dangerous-chiropractic-fake-and-other-thoughts
https://fortune.com/2019/09/06/google-bans-ads-unproven-medical-treatments/
https://www.globalresearch.ca/vaccine-safety-and-immunization-suppressing-critique-silencing-scientific-evidence/5683705?utm_campaign=magnet&utm_source=article_page&utm_medium=related_articles

ދެން މި ހިމަނާލަނީ ވެކްސިނާ ދެކޮޅު މީހުން ހަދާ އާންމު 10 ދޮގެވެ. އަދި އޭގެ ހަގީގަތެވެ.

1- ހިމަބިހި ޖެހެންވާނެ، ޖެހުނިއްޔާ މާ ރަނގަޅުވާނެ

ވެކްސިނާ ދެކޮޅު މީހުން ބުނާ ގޮތުގައި 1960ގެ ތެރޭގައި ހިމަބިހީގެ ވެކްސިން ތައާރަފްވުމުގެ ކުރިން ހިމަބިއްސަކީ ގާތްގަނޑަކަށް ހުރިހާ ކުޑަކުދިންނަކަށް ޖެހޭ ބައްޔެކެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ވެކްސިން އާއްމުކޮށް ބޭނުންކުރުމުގެ ކުރިން ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ހިމަބިހި ޖެހި އަދި ދާއިމީ ދިފާއީ ބާރުވަނީ ލިބިފައެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަ ބަހެއް ނޫނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ :
http://www.euro.who.int/__data/assets/pdf_file/0009/247356/Eliminating-measles-and-rubella-Framework-for-the-verification-process-in-the-WHO-European-Region.pdf

އެމެރިކާގެ ސީ.ޑީ.ސީ ގެ ވެބްސައިޓްގައި ޝާއިޢުކޮށްފައި އަދި ހަވާލާ ދީފައިވަނީ ޑރ. ލެންގްމިއަރ އަށެވެ. ޑރ. ލެންގްމިއަރ ބުނެފައިވަނީ 15 އަހަރުވުމުގެ ކުރިން %90< ށް ވުރެ ގިނަ އެމެރިކާ ކުދިންނަށް ހިމަބިހިޖެހޭ ކަމަށެވެ.

https://www.cdc.gov/vaccines/pubs/surv-manual/chpt07-measles.html#f8
Langmuir AD. Medical importance of measles, Am J Dis Child, 1962, vol. 103 (pg. 54-56)

އެ މީހުން ދެކެނީ ހިމަބިހި ކޮންޓްރޯލްކުރަން ވެކްސިން ނުޖަހައި އެ ބަލި އާންމުކޮށް ފެތުރެން ދޫކޮށްލާފައި އޮތް ނަމަ އިންސާނުންގެ ސިއްހަތު މާ ރަނގަޅުވާނެ ކަމަށެވެ. އެހެންވެ އެ މީހުން ދަރިންނަށް ހިމަބިހި ޖައްސުވަން “މީސްލްސް ޕާޓީ” ބޭއްވުމުގެ ހިޔާލު ވެސް ގެންގުޅެ އެވެ. އެއީ ހިމަބިހި ޖެހިފައި ހުންނަ މީހުންނާ އެކު އެއްތަނަކަށް ޖަމާވެ އެންމެން އެ ބަލި ލިބިގަތުމަށެވެ.

ހިމަބިހީގެ ވެކްސިން ތައާރަފްކުރުމުގެ ކުރިން، ކުޑަކުދިންނަށް ހިމަބިހި ޖެއްސުމުގެ ވިސްނުން ގެންގުޅުނު މީހުން އެކަން ކުރަނީ އުމުރުން ދޮށީވާ ފަހުން ހިމަބިހި ޖެހުމުން މާ ބޮޑަށް ނުރައްކާވާތީ ކުޑައިރު އެ ބަލި ޖެއްސުމަށެވެ.

ހިމަބިހި ޖެހެންވާނެ ކަމަށާއި ޖެހުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނި ނަމަވެސް މި ބަލި ޖެހުމަކީ ވަރަށް ބޮޑު ވޭނެކެވެ. ހިމަބިހި ޖެހުމުން ގަދަޔަށް ހުން އާދެ އެވެ. ލޯ ދުޅަވެ އަލީގައި އުޅެން ދަތިވާތީ އަބަދު ބަންދުވެފައި އޮންނަން ޖެހެ އެވެ. ކަންފަތުގެ އިންފެކްޝަނާއި ބޭރަށް ހިންގުން ވެސް ޖެހިދާނެ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ޅަފަތުގައި ހިމަބިހި ޖެހޭ ކުދިންގެ ބަރުދަން ލުއިވުން ފަދަ މައްސަލަތައް މުޅި އުމުރަށް ވެސް ތަޖުރިބާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އަޅުގަނޑުމެންގެ ދަރިންނަށް ހިމަބިހި ޖައްސުވަން “މީސަލްސް ޕާޓީ” ބޭވުމުގެ ޚިޔާލު ގެންގުޅޭ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ އަސްލެއް ނެތް ވާހަކައެކެވެ. ދެކެވިފައިވާނެ ވާހަކައަކީ، ހިމަބިއްސަށް ވެކްސިން އުފެއްދުމުގެ ކުރިންނާއި މިހާރު މި ބައްޔާ މެދު ދެކޭ ގޮތުގެ ފަރަގާ ބެހޭ ގޮތުންނެވެ. އަދި ވެކްސިން ގެ ފެއިލިޔަރ ރޭޓް މިހާ މަތިއިރު (ވެކްސިން ގެ 1 ޑޯޒް އަދި 2 ޑޯޒް ޖަހާފައި ތިބޭ މީހުންނަށް ވެސް ބަލި ޖެހުމާއި، ވެކްސިންގެ ސަބަބުން ވެކްސިން ޖަހާ ކުއްޖާ އަށާއި އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު އޮތް އިރު) ވެކްސިން ޖަހައިގެން ލިބިދާނެ ބޮޑެތި އަނިޔާތަކެއް ހުރުމާ އެކު، އަދި މަރުވުމަކީ ވެސް އެކަށީގެންވާ ކަމަށް ވުމާ އެކު (ކޮންމެ ބޭސްފަރުވާއެކޭ ވެސް އެއްފަދައިން) ހިމަބިއްސަށް ވެކްސިން ޖެހުމަށް ވެސް ރުހުން އޮންނަން ޖެހޭނެ ކަމަށެވެ.
މިގޮތުން އަޅުގަނޑުމެން ހިއްސާކޮށްފައިވާ ތަކެއްތި ތިރީގައި އެވަނީ އެވެ.

“Measles is a Self-limiting infection
of short duration,
moderate severity, and
low fatality…”
– Dr Alexander Langmuir – Former Head of the CDC

https://www.ncbi.nlm.nih.gov/pmc/articles/PMC1522578/?page=1

2- ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރޭ

މި ވާހަކަ މިގޮތަށް ދައްކަނީ އިތުބާރު ގެއްލިފައިވާ އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑްގެ ވާހަކަތަކާ ގުޅިގެންނެވެ. ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރި ކަމަށް ބުނެ އޭނާ ޝާއިއުކުރި ކަރުދާހުގެ މައިގަނޑު ބައިތައް އޭނާ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އެމް.އެމް.އާރ ވެކްސިން ގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ލާންސަޓް ސްޓަޑީގައި ޑރ. އެންޑްރޫ ވޭކްފީލްޑް ބުނެފައިވާނެ ކަމަށް އެއް އިރެއްގައި ވެސް އަޅުގަނޑުމެން ވާހަކަ ދައްކާފައެއް ނުވާނެ އެވެ. އެއީ، އެ ސްޓަޑީގައި އެފަދައިން ބުނެފައި ނުވާނެތީ އެވެ. މިފަދައިން ތިޔަ ވިދާޅުވަނީ ލާންސަޓް ގައި ޝާއިޢު ކޮށްފައިވާ ސްޓަޑީ އަމިއްލަފުޅަށް ވިދާޅުވެފައި ނުވާތީ އެވެ.


ވީމާ، އޯޓިޒަމްގެ ވާހަކަ ދެކެވެނީ ލާންސަޓް ސްޓަޑީއާ ގުޅުވައިގެން ކަމަށް ވިދާޅުވެވެން އޮތީ ކިހިނެތްތޯ؟
ޑރ ވޭކްފީލްޑްއާ ދިމާވި މައްސަލަ އާބެހޭ ގޮތުން ޕްރޮފެސަރ މޭރީ ހޮލަންޑް (ޔުނިވަރސިޓީ ރީސަރޗް ސްކޮލަރ އަދި ލޯ ޕްރޮފެސަރ، ނިއު ޔޯކް ޔުނިވަރސިޓީ ގެ ސްކޫލް އޮފް ލޯ) ލިޔުއްވާފައިވާ ލިޔުއްވުމެއް ބައްލަވާލެއްވުމަށް:
https://joyce-bowen.blog/2018/12/07/finally-the-real-story-behind-andrew-wakefield-and-the-mmr-vaccine/

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އެތައް ހާސް ކުދިންނެއް އޯޓިސްޓިކް ވެފައިވަނީ ވެކްސިން ޖެހުމަށް ފަހުގައި ކަން އެތައް ބެލެނިވެރިންނެއް ދަނީ ބުނަމުންނެވެ. ބައެއް ބެލެނިވެރިންގެ ބަސްތައް :

އަދި އޭގެ ފަހުން ކޮށްފައިވާ އެކި ދިރާސާތަކުން އޯޓިޒަމްއާ ވެކްސިނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ހޯދިފައެއް ނުވެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އޯޓިޒަމްއާ ވެކްސިނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ދިރާސާތަކުން ހޯދިފައިނުވާ ކަމަށް ވިދާޅުވާ އިރު، ބަނޑުގައި އޮންނަ ދަރިފުޅު ވައްޓާލައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން ހަދާފައިވާMR އަދި MMR ވެކްސިން ގައި އެކުދިންގެ DNA އެކުލެވިގެންވުމާ އޯޓިޒަމް އާ ގުޅުން އޮތް ކަމަށް ޑރ ތެރެސާ ޑެއިޝަރ ގެ ތަހުލީލަކުން ދައްކައިދެއެވެ.
https://www.ncbi.nlm.nih.gov/pubmed/26103708
https://www.youtube.com/watch?v=_Qxx1XI5Drg&t=204s
https://academicjournals.org/article/article1411048618_Deisher%20et%20al.pdf

ޑރ. ތެރެސާ ޑެއިޝަރ އަކީ 23 ޕޭޓަންޓް އޮތް، 4 ޑސްކަވަރީ (މިގޮތުން ބޮޑުމީހެއްގެ ހިތުގެ ސްޓެމް ސެލް ހޯއްދެވި ސައިންޓިސްޓު) އަދި ކޮމަރޝަލް ބަޔޮޓެކްނޮލޮޖީ ގައި 20 އަހަރު މަސައްކަތް ކުރައްވާ ރައްކާތެރި ވެކްސިން އުފެއްދުމަށް ގޮވާލައްވަވާ ސައިންޓިސްޓެކެވެ.
Not only are human fetal contaminated vaccines associated with autistic disorder throughout the world, but also with epidemic childhood leukemia and lymphomas.
—Dr. Theresa Deisher, PhD, President of Sound Choice Pharmaceutical Institute (SCPI)
ބަނޑުގައި އޮންނަ ދަރިފުޅު ވައްޓާލައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން ވެކްސިން ހެދުމުން ނުކުންނަ ނޭދޭވޭ ނަތީޖާތަކާ ބެހޭ ގޮތުން ޤާނޫނު ހަދާ ފަރާތްތަކަށް ޑރ ޑެއިޝަރ ފޮނުއްވާފައިވާ ސިޓީ:
https://www.soundchoice.org/open-letter-to-legislators/#_edn15


މީގެ އިރުތުން، ވެކްސިންގައި އެކުލެވޭ އެލުމިނިއަމް ގެ ސަބަބުން ކުދިންނަށް އޯޓިޒަމް ޖެހުމާ ގުޅުން އޮތް ކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް، ވެކްސިންގައިވާ އެލުމިނިއަމް ރައްކާތެރިކަމަށް ދައްކުވައިދޭ ފަންނީ ތަހުލީލެއް ކޮށްފައެއް ނުވެއެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް ގެ ކުރީގެ ޑައިރެކްޓަރ، ޑރ. ބަރނަޑީން ހީލީ ބުނެފައިވަނީ ވެކްސިނުން އޯޓިޒަމް ނުޖެހޭނެ ކަމުގެ ސުވާލަށް ޖަވާބުދެވިފައި ނުވާ ކަމަށެވެ. މިކަމަށް އެދެވިގެންވާ ރައްކާތެރި ކަމުގެ ތަހުލީލުތައް ހެދިފައިނުވާ ކަމަށެވެ. އަދި ވެކްސިން ގެ ސަބަބުން އޯޓިޒަމް ޖެހިފައިވާ ކަމަށް ބުނާ މައިންބަފައިންގެ ޝަކުވާތައް އަޑުނާހާ އެމީހުންގެ ދަރިންނަށް ދިމާވެފައިވާ ކަންތައް ނުބަލާ، މާއަވަހަށް ބައެއް ޞިއްޙީ އިދާރާތަކުން މިއީ ނުވާނޭ ކަމެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ. ވެކްސިނުން ފަސޭހައިން އަނިޔާ ލިބިދާނެ ކުދިންތަކެއް ތިބިކަން ބެލުމަށް ދެނެގަންނަން ތަހުލީލުތައް ކުރެވެންޖެހޭނެ ކަމަށެވެ.
ޑރ. ބަރނަޑީން ހީލީ ގެ އިންޓަރވިޔު

ވެކްސިނުން އޯޓިޒަމް ޖެހޭތޯ ކުރެވޭ ސުވާލުގެ އެއް ޖަވާބަކީ ސީ.ޑީ.ސީ ގެ ސީނިއަރ ސައިންޓިސްޓު އަދި ވިސްލްބްލޯވަރ ޑރ. ވިލިއަމް ތޮމްޕްސަން ކޮށްފައިވާ ދިރާސާ އެވެ. މި ދިރާސާއިން އެމެރިކާގައި ތިބި އެފްރިކާ ނަސްލުގެ ކުދިންނަށް ހިމަބިހި ވެކްސިން ޖަހައިގެން އޯޓިޒަމް ޖެހޭ މިންވަރު އިތުރުވާ ކަން ފެނުނެވެ. ނަމަވެސް، މި ދިރާސާ ސިއްރުކުރުމަށްޓަކައި ސީ.ޑީ.ސީ އިން ލިޔެކިއުންތައް އަންދާލުމަށް ނިންމި އެވެ. ނަމަވެސް، މީގެ 10،000 ލިޔެކިއުން ސެނެޓަރ ބިލް ޕޯޒީ އަށް ހަވާލުކުރިއެވެ. މި ދިރާސާއަށް ހޯދި މަޢުލޫމާތު ޑރ. ބްރައަން ހުކަރ އެއްކުރުމަށް ފަހު، ޝާއިޢު ކޮށްފައިވެ އެވެ. ޑރ. ތޮމްޕްސަން އެދުނީ ސެނެޓް ގެ ފަރާތުން އޭނާ ސަޕީނާ ކުރުމަށެވެ. ނަމަވެސް، ސީ.ޑީ.ސީ މިކަމާ ދެކޮޅުހަދާފައިވެ އެވެ.

ވެކްސިން ޖަހައިގެން އޯޓިސްޓިކް ވީ ކުދިންނަށް ކޯޓުން ބަދަލު ފައިސާ ދީފައިވޭ:


ވެކްސިން ޖެހުމުގެ ސަބަބުން ކުދިން އޯޓިސްޓިކް ވީ ކަން ބަލައިގަނެ، އެމެރިކާގެ ވެކްސިން ކޯޓުން ބަދަލު ފައިސާ ދީފައިވާ ބައެއް ކުދިންނަކީ (1) ބެއިލީ ބޭންކްސް އަށް 800،000 އެމެރިކާ ޑޮލަރު ބަދަލުފައިސާގެ ގޮތުގައި. (2) އެރިކް ލެސިޓަރ (3) އެލިޔަސް ޓެމްބެނިސް (4) ރަޔަން މޮޖަބީ (5) 2011 ގައި އިޓަލީގެ ކޯޓަކުން ނިންމާފައިވޭ 9 އަހަރުގެ ވެލެންޓީނޯއަށް އޯޓިޒަމް ޖެހިފައިވަނީ އެމް.އެމް.އާރ ވެކްސިންގެ ސަބަބުން ކަމަށް
މީގެން ވެސް ދޭހަވަނީ، ވެކްސިން ޖަހައިގެން ބައެއް ކުދިން އޯޓިސްޓިކް ވެފައިވާ ކަމެވެ.

“މައިޓަކޮންޑިއަލް ޑިސްއޯޑަރ” ހުންނަ ކުދިންނަށް ވެކްސިން ޖެހުމުގެ ސަބަބުން އޯޓިސްޓިކް ވާނެކަން ސައިންޓިސްޓުން ޤަބޫލުކުރެއެވެ. ސީ.ޑީ.ސީ ގެ ޑިރެކްޓަރ (މިހާރު ވެކްސިން އުފައްދާ ކުންފުނީގެ ވެކްސިން ބައިގެ ރައީސް) ވެސް މިކަން ޤަބޫލުކުރައްވާ އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައިވެއެވެ.
“Now, we all know that vaccines can occasionally cause fevers in kids. So, if a child was immunized, got a fever, had other complications from the vaccine, then if you’re predisposed with the mitochondrial disorder, it can certainly set off some damage. Some of the symptoms can be symptoms that have characteristics of autism.”


މި ގޮތުން “މައިޓަކޮންޑްރިއަލް ޑިސްއޯޑަރ” ހުންނަ ކުދިންނަށް ވެކްސިން ދެވިގެން ނުވާނެ އެވެ. މިއީ “ކޮންޓްރާއިންޑިކޭޝަން” އެކެވެ. އެކުދިންނަށް މިދެވެނީ އަނިޔާއެކެވެ. ނަމަވެސް، ތުއްތު ދަރިފުޅު ވިހާ ދުވަހުން ފެށިގެން ވެކްސިންތައް ދެމުން މިގެންދަނީ އެ ކުއްޖަކީ “މައިޓޮކޮންޑްރިއަލް ޑިސްއޯޑަރ” އެއް ހުރި ކުއްޖެއްތޯ ވެސް ބަލާ ނުލަ އެވެ. މަޖުބޫރުން އަދި އެކުއްޖާގެ ޙައްޤެކޭ ބުނެ އެވެ. އަދި މި ފަދަ ކުދިން އޯޓިސްޓިކް ވުމުން ވެސް، ހުއްޓާލަނީކީ ނޫނެވެ. އޯޓިސްޓިކް ކުދިންނަށް ވެސް އިތުރަށް ވެކްސިން ދޭން ބުނަނީ އެވެ. މިއީކީ ނޫންތޯ ހިތާމަކުރަންޖެހޭ އަދި ހައިރާންވާންޖެހޭނެ ކަމަކީ !؟
“ހަނާ ޕޯލިންގ” އަކީ މި ގޮތުން އެންމެ މަޝްހޫރުވި ކޭސް އެވެ. މީނާ އަށް ބަދަލު ފައިސާގެ ގޮތުގައި ޖުމްލަ 20 މިލިޔަން ޑޮލަރު ދީފައިވެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގެ ފަރާތުން ވެކްސިނުން އޯޓިޒަމް ނުޖެހޭނެ ކަމަށް “އެކްސްޕަރޓް ވިޓްނަސް” އެއްގެ ގޮތުގައި ހުށަހަޅަމުން އައި، ޑރ. އެންޑްރޫ ޒިމަމަން އަކީ ވެކްސިން ދީގެން އޯޓިޒަމް ނުޖެހޭނެ ކަމަށް ހެކިބަސް ދެ މުން ގެންގޮސްފައިވާ ޑޮކްޓަރެވެ. ނަމަވެސް، ހަނާ ޕޮލިންގ އަށް އޯޓިޒަމް ޖެހިފައިވާ ގޮތް ބެލުމަށް ފަހު، ވެކްސިން ޖެހުމުގެ ސަބަބުން ބައެއް ކުދިން އޯޓިސްޓިކް ވެދާނެ ކަމަށް ޑރ. ޒިމަމަން ބުނެ އަދި އޭނާ މިކަމުގައި ދެކޭ ގޮތް މުޅިން ބަދަލުކޮށްފައިވެއެވެ. އޭނާ ދެކޭ ގޮތް ބަދަލުކުރުމުން، “އެކްސްޕަރޓް ވިޓްނަސް” އެއްގެ ގޮތުގައި އޭނާގެ ބަސް ހޯދުން އެމެރިކާ ސަރުކާރުން ހުއްޓާލީއެވެ.

ޑރ. އެންޑްރޫ ޒިމަމަން ހުވާކޮށް ދީފައިވާ ބަޔާން (ތިރީގައި ގެނެސްދީފައި އެވަނީ 2 ވަނަ އަދި ފަހު ސަފުހާ):
https://sharylattkisson.com/2019/01/dr-andrew-zimmermans-full-affidavit-on-alleged-link-between-vaccines-and-autism-that-u-s-govt-covered-up/

ވެކްސިނަށް އަޅާފައިވާ އެލުމިނިއަމް އާ ކުދިންނަށް އޯޓިޒަމް ޖެހުމާ އޮތް ގުޅުން


ވެކްސިނަށް އަޅާފައިވާ އެލުމިނިއަމް ގެ ސަބަބުން އޯޓިޒަމް ޖެހުމާ ގުޅުން އޮތް ކަމަށް އެލުމިނިއަމް އާ ބެހޭ މާހިރު ޑރ. ރޮމެއިން ގެރަރްޑި
ޕްރޮފެސަރ، ނިޔުރޯމަސްކިއުލަރ ޕެތޮލަޖީ އެކްސްޕަރޓް ސެންޓަރ، ޕެރިން ޔުނިވަރސިޓީ ބުނެފައިވޭ .

މިހާތަނަށް އެންމެ ގިނަ އެލުމިނިއަމް އިންސާނުންގެ ސިކުނޑިން ފެނިފައިވަނީ އޯޓިޒަމް ޖެހިފައިވާ ކުދިންގެ ސިކުނޑިން


އެލުމިނިއަމް އަކީ ނިޔުރޯޓޮކްސިން، ޖީނޯޓޮކްސިން، އިމިއުނޯޓޮކްސިން، ޕްރޯ-އޮކްސިޑަންޓް އަދި ޕްރޯ-އިންފްލަމޭޓަރީ މާއްދާއެކެވެ.


އެލުމިނިއަމް އިން ކުރާ ނޭދެވޭ އަސަރުތައް ތަހުލީލުކުރާތާ 35 އަހަރު ހޭދަކޮށްފައިވާ އެލުމިނިއަމް އެކްސްޕަރޓް ޕްރޮފެސަރ ކްރިސްޓޮފަރ އެކްސްލީ (ރޯޔަލް ސޮސައިޓީ އޮފް ބައޮލޮޖީ، ޕްރޮފެސަރ އޮފް ބައޯއިންއޯގޭނިކް ކެމިސްޓްރީ، ކީލް ޔުނިވަރސިޓީ) ބުނެފައިވަނީ “އޯޓިޒަމް ޖެހިފައިވާ ކުދިންގެ ސިކުނޑީގައި އެލުމިނިއަމް ހުންނަ މިންވަރު ބެލުމުގެ ކުރިން، އިންސާނުން އެލުމިނިއަމް އަށް ކުރިމަތިވެ އޯޓިޒަމް ޖެހުމާ އޮތް ސީދާ ގުޅުން ނުދެކޭ ކަމަށެވެ. އަދި އޭގެ ކުރިން ވެކްސިނުގައިވާ އެލުމިނިއަމް އާ އޯޓިޒަމް އާ އޮތް ގުޅުން ނުދެކޭ ކަމަށެވެ. އަހަރުމެން އެންމެން ވެސް ކޮންމެ ވެސް މިންވަރަކަށް އެލުމިނިއަމުން ލިބޭ އަނިޔާތައް ތަހައްމަލު ކުރެވެއެވެ. ނަމަވެސް، ބައެއް ކުދިންނަކީ ވެކްސިންގައި ހުންނަ އެލުމިނިއަމް ތަހައްމަލު ކުރެވޭ ކުދިންނަށް ނުވުމުން އޯޓިޒަމް ޖެހުން އެކަށީގެންވެއެވެ”

އެތައް ތަހުލީލުތަކެއް ހެދިފައިވޭ އެލުމިނިއަމް އެޖުވަންޓް އާ އޯޓިޒަމްއާ ހުރި ގުޅުން ދައްކުވައިދޭ އަދި އުފެދެމުން އަންނަ ސިކުނޑިއަށް އެތައް އަނިޔާތަކެއް ލިބޭ ކަމަށް. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިASD, ADD, ADHD ފަދަ ސިކުނޑީގެ އެތައް ބައްޔެއް ގިނަވެފައިވާ އިރު، ކިތައް ކުދިންނަކަށްތޯ އަނިޔާ ލިބިފައިވަނީ ބަލައިނުލެވި، މިއީ ނުވާ ކަމެއްގެ ގޮތުގައި ބަލައިގަނެވެނީ ކިހިނެތްތޯ؟

މިގޮތުން ބައެއް ތަހުލީލުތައް (ބައްލަވާލެއްވެވުމަށް https://www.ncbi.nlm.nih.gov/ އަށް ވަޑައިގެންނެވުމަށް ފަހު މި ނަންބަރުތަކުން ކުރެ ނަންބަރެއް ޖައްސަވާ. މިފަދަ) :
PMID 19568732, PMID 31602987, PMID 23557144, PMID 25066736, PMID 21787768

ދިވެހިރާއްޖޭގައި ކުދިންނަށް ޖަހާ ވެކްސިންގައި އެލުމިނިއަމް އެކުލެވިގެންވާ މިންވަރު

3- ހިމަބިހީގެ ވެކްސިން ޖަހާފައ ހުންނަ މީހާގެ ގައިން އެހެން މީހުންނަށް ވައިރަސް އަރާނެ

ވެކްސިނާ ދެކޮޅު މީހުން މިހެން ބުނަނީ މީސްލްސް އަކީ ވައިރަހެއް ކަމަށް ވެފައި އެ ވައިރަސް ހަށިގަނޑު ތެރެއަށް ފޮނުވައިގެން ވެކްސިން ދޭތީ އެވެ. އެކަމަކު މިއީ އެހެންވާ ކަމެއް ނޫނެވެ. މީސްލްސް ވެކްސިނަކީ ބާރު ދަށްކޮށްފައިވާ ވައިރަހެކެވެ. އެއީ އެހެން މީހެއްގެ ހަށިގަނޑަށް އެ ވައިރަސް ނުދާހާ ބާރު ދަށްކޮށްފަ އެވެ. ވެކްސިން ދިނުމުން، ވެކްސިން ދޭ ތަނާއި އަތަށް ތަދުވެ ކުޑަކޮށް ހުން އައުން ފަދަ ކަންކަން ވެދާނެ އެވެ. އެކަމަކު އެއީ ބައްޔާ ދެކޮޅަށް ހަށިގަނޑު ތައްޔާރުވުމުގެ އަލާމާތްތަކެވެ.

ހިމަބިހީގެ ވެކްސިން ދިނުމުން އެ މީހެއްގެ ގައިން އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ވެކްސިނަކީ ބާރުދަށްކޮށްފައިވާ ލައިވް ވައިރަސް ވެކްސިނަކަށްވީ ނަމަވެސް، ވެކްސިން ގެ ވައިރަސް ގެ ސަބަބުން ހިމަބިހި ޖެހުމާ ގުޅުންހުރި ބައެއް ލިޔުންތައް:

ހިމަބިހި ވެކްސިން ޖަހާފައިވާ ބައެއް ކުދިންގެ ހަށިގަނޑުގައި ވައިރަސް އާރ.އެން.އޭ އެތައް މަހެއް ވަންދެންހުރެ އެވެ.
https://www.ncbi.nlm.nih.gov/pmc/articles/PMC6669751/

  • ވެކްސިން ގައި އެކުލެވިގެންވާ ސްޓްރެއިން އިން ހިމަބިހި ޖެހުމުން އެއީ ހިމަބިހި ކަމަށް ނުބެލުން އަދި ހިމަބިހި ވައިރަސް މިއުޓޭޓްވުން

https://www.ncbi.nlm.nih.gov/pmc/articles/PMC5432853/

https://surv.esr.cri.nz/PDF_surveillance/MeaslesRpt/2019/WeeklyMeasles23122019.pdf?fbclid=IwAR3fg5tFyMMoNlF7uONTbU4-TWGQ0ZZuf0nRzdbqs5CcXel5RC6bkD6Bm5A

(ހ) 2015 ގައި އެމެރިކާގެ ކެލިފޯނިއާ ޑިސްނީލޭންޑް ގައި ހިމަބިހި ފެތުރުނު އިރު، ހިމަބިހި ބަލިޖެހިފައިވާ މީހުންގެ ތެރެއިން %38 މީހުންނަށް ޖެހިފައިވަނީ ވެކްސިން ގައި އެކުލެވިގެންވާ ވައިރަސް އެވެ. ބަލިޖެހުނު ދެބައިކުޅަ އެއްބައި މީހުންގެ ތެރެއިން ވެކްސިން ދީފައިވާ ކަމުގެ “ރެކޯޑު ނެތް” އިރު، %18 މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުންނެވެ. https://jcm.asm.org/content/55/3/735

https://www.ctvnews.ca/health/mystery-solved-northern-ontario-toddler-didn-t-have-measles-health-unit-says-1.2257693

  • ހިމަބިހި ވެކްސިން ދީގެން ރައްކައުތެރިކަން ކަށަވަރެއް ނުވޭ
    (ހ) 1996 ން ފެށިގެން ކޮރެއާގައި %95 މީހުންނަށް 2 ޑޯޒް ވެކްސިން ދޭ. 2016-2010 ށް ހިމަބިހި ފެތުރުނު އިރު ބަލިޖެހުނު މީހުންގެ ތެރެއިން %46.8 މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުން (މީގެ ތެރޭގައި 36.2% މީހުންނަކީ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުން) އަދި %17 މީހުންގެ ވެކްސިން ރެކޯޑެއް ނެތް. ކޮރެއާގައި “ވައިލްޑް ވައިރަސް ހިމަބިހި” ނޫޅޭތީވެ އާއި ވެކްސިން ފެއިލް ވުމާއި ވެކްސިން ދީފައިވާ މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެކަށީގެންވާ މިންވަރަށް ދިފާއުވުމުގެ ބާރު ނުލިބޭތީވެ (ވައިލް ވައިރަސް ހިމަބިހި ޖެހޭ މައިންގެ ފަރާތުން ލިބިދޭ ދިފާއީ ބާރާ އެއް މިންވަރަށް ވެކްސިން ދީފައިވާ މައިންގެ ފަރާތުން ނުލިބުން)، ހިމަބިހި ޖެހުމަށް އޮންނަ އާބާދީ އަންނަނީ އިތުރުވަމުން. https://www.sciencedirect.com/science/article/pii/S0264410X17308551#b0005
    (ށ) ޓެކްސަސް، އެމެރިކާ – 1985 : 2 ސްކޫލެއްގައި ހިމަބިހި ފެތުރެން ފެށުމާއެކު ބެލި އިރު ވެކްސިން ދީފައިވާ 14 ކުދިންނަށް ހިމަބިހި ޖެހުނު އަދި މިކުދިންގެ ހަށިގަނޑުން އެދެވޭ މިންވަރަށް ބައްޔަށް ދިފާއުވުމުގެ ބާރު ފެންނާކަށް ނެތް. މި ރިޕޯޓު ލިޔުނު ފަރާތްތައް ފާހަގަކޮށްފައިވާ ގޮތުގައި %99 ކުދިންނަށް ވެކްސިން ދީގެން %95 ކުދިން ދިފާއު ކުރެވުނަސް ހިމަބިހި ފެތުރޭނެ.
    (ނ) ޕޯޗުގަލް – 2017 ފެބްރުއަރީ : 156 މީހުން ހިމަބިއްސަށް ޓެސްޓުކުރުމަށް ފަހު، 28 މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ނިންމާފައިވޭ. %43 މީހުންނަކީ ވެކްސިން ޖަހާފައިތިބި މީހުން އަދި މީގެ ތެރޭގައި 2 ނުވަތަ 3 ޑޯޒް ފުރިހަމަކޮށްފައިވަނީ %67 މީހުން. (ޕޯޗުގަލް ގައި 18 އަހަރުން ދަށުގެ ކުދިންނަށް 1 ނުވަތަ 2 ޑޯޒް ދީގެން ކަވަރޭޖް %95 އަށް ވުރެ މަތީގައި ހިފަހައްޓާފައިވޭ.)
    https://www.ncbi.nlm.nih.gov/pmc/articles/PMC5479980/#r3
    (ރ) 1991 ން 1989 ށް އެމެރިކާގައި ހިމަބިހި ފެތުރުނު އިރު ބަލިޖެހުނު މީހުންގެ ތެރެއިން %40-20 މީހުންނަކީ 1 ނުވަތަ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުން.
    (ބ) 2011 ގައި ކެނެޑާގެ ކިޔުބެކްގެ ހައިސްކޫލެއްގައި ތިބި ކުދިންގެ ތެރެއިން ހިމަބިހި ޖެހިފައިވާ %53 ކުދިންނަކީ 2 ޑޯޒް ފުރިހަމަކޮށްފައިވާ ކުދިން.
    https://www.ncbi.nlm.nih.gov/pmc/articles/PMC3570049
    (ޅ) 2011 ގައި ނިއު ޔޯކް ގައި ހިމަބިހި ފެތުރުނީ 2 ޑޯޒް ހަމަކޮށްފައިވާ މީހަކަށް ހިމަބިހި ޖެހިގެން. އަދި މީނާގެ ފަރާތުން ހިމަބިހި ޖެހުނު މީހުންނަކީ ވެސް ވެކްސިން ޖަހާފައިތިބި މީހުން (2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ވެސް ހިމެނޭ).
    https://academic.oup.com/cid/article/58/9/1205/2895266

4- ވެކްސިނަކީ ބޮޑު ވިޔަފާރިއެއް

ވެކްސިނާ ދެކޮޅު މީހުން އެންމެ ބާރުލާފައި ދައްކާ އެއް ވާހަކަ އަކީ މިއީ އެވެ. އެ މީހުން ބުނަނީ ވެކްސިން ޖަހަން ޖެހޭނެ ކަމަށް ބުނަނީ ބޭސް އުފައްދާ ކުންފުނިތަކުން ވެކްސިން ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަން ކަމަށެވެ.

އެކަމަކު ހަގީގަތަކީ ވެކްސިން ނުޖަހާ ނަމަ ބޭސް ކުންފުނިތަކަށް ފައިދާ ބޮޑުވުމެވެ. އެއީ ވެކްސިން ޖެހުމުން އެ ވެކްސިން ދިން ބައްޔެއް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް މުޅި އުމުރަށް ބަންދުވާތީ އެވެ. ވެކްސިން ޝޮޓެއްގެ އަގަކީ ގާތްގަނޑަކަށް 12 ޑޮލަރެވެ. ވެކްސިން ނުދީ މީހުން ބަލިވާން ދޫކޮށްލައިގެން ތިބޭ ނަމަ ބޭސް ކުންފުނިތަކަށް، މީހަކަށް 12 ޑޮލަރަށް ވުރެ މާ ގިނަ ބޭސް ވިއްކޭނެ އެވެ. މިސާލަކަށް ބުނާ ނަމަ، ކޮލެސްޓްރޯލާ ދެކޮޅު ބޭހެއް ކަމަށްވާ ލިޕިޓާ އިން އެކަނި ވެސް އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު މިއީ މުޅި ވެކްސިން މާކެޓާ ނުބައްދަލު އަދަދެކެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ފޯބްސް އިން ބުނެފައިވާ ގޮތުގައި، 2018 ގައި ވެކްސިން ވިޔަފާރިއަކީ 41.61 ބިލިއަން ޑޮލަރުގެ ވިޔަފާރި އެކެވެ. އަދި މި ވިޔަފާރި 2026 ގައި 93.08 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އުމުރުފުރާ އަށް ބަލާއިރު، އެންމެ ފުޅާވާނީ ކުޑަކުދިންނަށް ޖަހާ ވެކްސިންތަކުގެ މާރުކޭޓު ކަމަށެވެ. މީގެ ސަބަބަކީ ވިހާ ކުދިންގެ އަދަދު ގިނަވުމާއި ކުޑަކުދިންނަށް ދޭ ވެކްސިން ޑޯޒްތައް އިތުރުވަމުންދާ ކަމެވެ.
https://www.fortunebusinessinsights.com/industry-reports/vaccines-market-101769
މިފަދަ ބާރުގަދަވެގެންދާ ވިޔާފާރިތަކުން ބޭސްވެރިކަމުގެ މައްޗަށް ބާރުފޯރުވަމުން ގެންދާ ކަމަކީ ޞިއްޙީ ދާއިރާގެ ފަރާތްތަކުން ވެސް ފާހަގަކޮށް މިކަން ނިމުމަކަށް ގެނައުމަށް ގޮވާލާފައިވާ ކަމެކެވެ.
https://www.bmj.com/content/367/bmj.l6576
ވެކްސިން ޖަހައިގެން ލިބޭ އެކި އެކި އަނިޔާތަކަށް ވެކްސިން އުފައްދާ ކުންފުނިތައް ޒިންމައެއް ނުނަގައެވެ. މިހެންވުމުން، އެމީހުންގެ ވިޔަފާރިއަށް ނުރައްކަލެއް ނެތެވެ. އަދި ވެކްސިން ޖަހައިގެން ޖެހޭ، މިހާރު އާއްމުވެފައިވާ، އެކި އެކި އޮޓޯއިމިއުން ބަލިތަކާއި އެހެނިހެން ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ބޭސް އުފައްދާ ކުންފުނިތަކަށް ލިބިގެންދަނީ އިތުރު ފައިދާއެކެވެ.
އަދި މިހާރު އާއްމުވެފައިވާ މިފަދަ ބަލިތަކަކީ ވެކްސިނުން ކުރިމަތިވެދާނެ ބަލިތަކެއްގެ ގޮތުގައި ވެކްސިން އުފައްދާ ކުންފުނިތަކުން ތައްޔާރުކުރާ “ވެކްސިން އިންސަރޓް” ގައި ބަޔާންކޮށްފައިވާ ކަމާ މެދު ވިސްނަވާލެއްވުން ވެސް ހުއްޓެވެ.

ވެކްސިން އިންސަރޓް ގައި ބަޔާންކޮށްފައިވާ ގޮތުން، ވެކްސިނަކީ އެއިން ކެންސަރު ބަލި ޖެހިދާނެތޯ، ނުވަތަ ޖީން މިއުޓޭޓް ވެދާނެތޯ ނުވަތަ ދަރިމައިވުމަށް ހުރަސް އަޅާފާނެތޯ ތަހުލީލުކޮށްފައިވާ އެއްޗެއް ނޫނެވެ. ހައިރާންވާން ޖެހޭ ކަމަކީ، މިކަންތައްތައް ކުރިމަތިވެދާނެ ފަދަ މާއްދާތައް މީގައި އެކުލަވާލާފައިވުމެވެ.

ރާއްޖޭގައި ހިމަބިހީގެ ވެކްސިން ދެނީ ހިލެ އެވެ. އާންމު މީހާ ކުރަން ޖެހޭ ހަރަދެއް ނޯވެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އާއްމު މީހާ ސީދާ ޚަރަދެއް ނުކޮށް ވެކްސިން ލިބުނުކަމުގައިވީ ނަމަވެސް، މިއީ ދައުލަތުން ޚަރަދުކޮށްގެން ހޯދާ ތަކެއްޗެވެ. ވީމާ، އާއްމު މީހާގެ އަތުން ޚަރަދު ކުރަންނުޖެހޭނެ ކަމަށް ވިދާޅުވުމަކީ ވަރަށް ހަނި ވިސްނުންފުޅެކެވެ.

5- މީސްލްސް ވެކްސިނުން ކުދިންނަށް ފިޓް ޖެހޭނެ

ިއީ ވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ފީބްރައިލް ސީޒާ އާންމު ގޮތެއްގައި ޖެހެނީ ހުން އައުމުންނެވެ. މާނަ އަކީ ހިމަބިހި ގިނަވެ މާ ގަދައަށް ހުން އަންނަ ކުދިން ގިނަވާ ނަމަ ފިޓްޖެހޭ ކުދިން މާ ގިނަވާނެކަމެވެ.

ހުން ގަދަވުމުން ހަމަ ކޮންމެ ކުއްޖަކަށް ވެސް، ފީބްރައިލް ސީޒާ ޖެހިދާނެ އެވެ. ވެކްސިން ދީގެން ހުން އަންނަ ވަރަށް ވުރެ މާ ގަދަޔަށް، ވެކްސިން ނުދީ ހުއްޓާ ހިމަބިހި ޖެހިއްޖަ ނަމަ އަންނަ ހުން ގަދަވާނެ އެވެ. އެހެންވެ ވެކްސިނާ ހެދި ފިޓް ޖެހުމަށް ވުރެ، ވެކްސިން ނުދިނުމުން ފިޓް ޖެހެން އޮތް ފުރުސަތު މާ ބޮޑެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އެމެރިކާގެ ސީ.ޑީ.ސީ އިން ބުނާ ގޮތުގައި ހިމަބިހި ވެކްސިން ޖަހައިގެން ފިޓު ޖެހޭއިރު ގިނަ ފަހަރަށް ފިޓުޖެހެނީ ހުންޖެހުމާއެކުގައެވެ. (މިއީ މަދުން ދިމާވާ ކަމެއްގެ ގޮތުގައި މިލިޔުމުގައިވެ އެވެ. ނަމަވެސް، މި “މަދު” މިނުގެ އަދަދު ތަހުލީލުން ހޯދާ ކަނޑައެޅިފައެއް ނުވެއެވެ.) މަތީގައި ބަޔާންވެފައިވާ އެކި ހާދިސާތަކުން އެނގޭ ގޮތުގައި ވެކްސިން ދިނުމުން ވެސް އެތައް ބަޔަކަށް ބަލި ޖެހޭ އިރު، ވެކްސިން ދީގެން ކުރިމަތިވާ ފިޓުޖެހުން އަނެއްކާ ދެވަނަ ފަހަރަށް އެކުއްޖަކަށް ބަލިޖެހުމުން ވެސް ކުރިމަތިވެއެވެ. މިގޮތުން ދެވަނަ ފަހަރަށް ޖެހެނީ ވެކްސިންގައި އެކުލެވިގެންވާ ޖީނޯޓައިޕުން ކަމުގައިވެއްޖެ ނަމަ، މަތި މައްޗަށް 2 ފަހަރު ވެސް ފިޓުޖެހޭނީ ވެކްސިންގެ ސަބަބުންނެވެ. ވީމާ، ވެކްސިން ނުދިނުމުން ފިޓު ޖެހެން އޮތް ފުރުސަތު “މާ ބޮޑުވަނީ” ކިހިނެތްތޯ އެވެ؟
އެމެރިކާގެ އިންސްޓިޓިއުޓް އޮފް މެޑިސިން އިން 2012 ގައި ނެރެފައިވާ “އެޑްވަރސް އިފެކްޓްސް އޮފް ވެކްސިންސް: އެވިޑަންސް އޮފް ކޯޒޭލިޓީ” ގައި ބުނެފައިވާ ގޮތުން ހުމާއެކު ފިޓުޖެހުމާ ކުއްޖާގެ ހަށިގަނޑުގައި އެކަމަށް ހުރި ބަލިކަން (ޖެނެޓިކް ސަސެޕްޓަބިލިޓީ) އާ ބޮޑު ގުޅުމެއް އޮވެއެވެ. މިހެންވުމުން، ވަކި ކުއްޖެއްގެ ހަށިގަނޑުގައި މިފަދަ ބަލިކަމެއް ހުރިތޯ ނުބަލާ، އެކުއްޖަކަށް ވެކްސިން ދިނުމުން، އެކުއްޖަކަށް ބަލިޖެހުމަށް ވުރެ ވެކްސިންގެ ސަބަބުން ހުމާއެކު ފިޓުޖެހުމުގެ ފުރުޞަތު އެތައް ތަނެއް ބޮޑުވެގެން ނުދޭތޯ؟ އެ ކުއްޖެއްގެ އާއިލާގެ އެހެންމީހުންނަށް ހުންޖެހިގެން ފިޓުޖެހޭ ނަމަ، އެ ކުއްޖަކަށް ވެސް މި ގޮތް ދިމާވުން %37-13 އިތުރުވެގެންދެއެވެ.
https://www.nap.edu/read/13164/chapter/5#68

އަދި ހަމަ މި ރިޕޯޓުގައިވޭ ….
މިއިން ދޭހަވަނީ، “އިމިއުނޮކޮމްޕީޓަންޓް” މީހުންނަށް ވެސް ވެކްސިން ވައިރަސް އިން މި ފަދަ ބަލިތައް ޖެހިދާނެކަން ނުވަތަ، އެބަޔަކަށް ވެކްސިން ދެވެން ނެތް (ކޮންޓްރާއިންޑިކޭޓަޑް) މީހުންނަށް ވެސް ވެކްސިން ދެވޭކަމެވެ. މިފަދައިން އެންމެ ރަނގަޅަށް ދެނެގަނެވިފައިވާ ވެކްސިނުން ލިބިދާނެ އަނިޔާތަކުގައި ވެސް، މި އަނިޔާތައް ދެނެގަނެވިފައި މިވަނީ ކިހާ ކުޑަ މިންވަރަކަށް ކަން އެނގިގެންދެއެވެ.
ހިމަބިހި ވެކްސިންގެ ސަބަބުން ކުދިންނަށް ފިޓު ޖެހިދާނޭ ބުނުމަކީ “ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން” ކަމަށް ވިދާޅުވެފައިވުމުގެ އެއްވެސް އަސްލެއް ނެތެވެ.

6- މީސްލްސް ވެކްސިނުން، ސިކުނޑި ދުޅަވާ އެންކެފަލައިޓިސް ޖެހޭ

މިއީ ވެސް ވެކްސިނުން ފިޓް ޖެހެޔޭ ބުނާ ގޮތަށް ދަައްކާ ވާހަކައެކެވެ. ވެކްސިން ދީގެން ސިކުނޑި އަށް ގެއްލުމެއް ވުމަށް އޮންނަ ފުރުސަތަށް ވުރެ ހިމަބިހި ޖެހިގެން ސިކުނޑި ދުޅަވުމުގެ ފުރުސަތު މާ ބޮޑެވެ. މީސްލްސް ވެކްސިނުން އެންކެފަލައިޓިސް ކުރިމަތިވުމަށް ހާހަކުން އެއް ފުރުސަތު އޮވެ އެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކުރުމުގެ ވަރަށް ނާދިރު ޗާންސެއް ވެސް އޮވެ އެވެ. އެކަމަކު މީސްލްސް ޖެހިގެން ނިއުމޯނިއާ، ކްރޫޕް، އެޕެންޑިސައިޓިސް، ހެޕަޓައިޓިސް، ލޯ ފާރުވުން، ކަނުވުން އަދި ކިޑްނީ ފެއިލްވުމަށް އޮންނަ ފުރުސަތު މާ ބޮޑެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ބަލި ޖެހުމުން އެންސެފަލައިޓިސް، ނިއުމޯނިއާ، ކްރޫޕް، އެޕެންޑިސައިޓިސް، ހެޕަޓައިޓިސް، ލޯ ފާރުވުން، ކަނުވުން އަދި ކިޑްނީ ފެއިލްވުމަށް އޮންނަ “ފުރުޞަތު ބޮޑު” ކަމަށް ވިދާޅުވެފައި އެވަނީ ކޮން މަޢުލޫމާތެއްގެ މައްޗަށް ބިނާކުރައްވާތޯ؟

https://n.neurology.org/content/78/1_Supplement/P03.151
ކޮކްރޭން ސައިންޓިސްޓުން ޖުމްލަ 14.7 މިލިއަނަށް ވުރެ ގިނަ ކުދިން ހިމެނޭ އެތައް ދިރާސާތަކަކަށް ބެލުމަށް ފަހު، ބުނެފައިވަނީ ހިމަބިހި ވެކްސިން ރައްކާތެރިތޯ ބެލުމަށް ހަދާފައިވާ ދިރާސާތައް ވަރަށް ބޮޑުތަން ވެސް އުނިކަމަށެވެ.

7- ހިމަބިހި ވެކްސިނުގައި މާކިއުރީ ހިމެނޭ

މިއީ ވެސް ދޮގެކެވެ. ބައެއް ފްލޫ ވެކްސިން ގިނަ ދުވަހު ބެހެއްޓުމަށް މާކިއުރީގެ ވަރަށް ކުޑަ މިންވަރެއް ބޭނުންކުރެ އެވެ. މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރެ އެވެ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫނެވެ.

ވެކްސިން ރައްކާކޮށްފައި ހުންނަ ބިއްލޫރި ކުޑަ ފުޅި (ވައިލްސް) ގެ ތެރެއިން، އެއްފަހަރު ބޭނުންކުރާ ގޮތަށް ހުންނަ އެއްޗެހީގައި މާކިއުރީ ބޭނުމެއް ނުކުރާނެ އެވެ.

މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރޭ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫން.

އެހެންވެ، ބައެއް ވެކްސިނުގައި ހުންނަ މާކިއުރީއާ ބެހޭ ގޮތުން އަރާފައި އޮންނަނީ ވަރަށް ބޮޑު އޮޅުމެކެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ވެކްސިނަކީ ލައިވް ވައިރަސް ވެކްސިނަކަށް ވުމުން އެޖުވަންޓް (މިސާލަކަށް އެލުމިނިއަމް) ނުވަތަ ޕްރިޒަރވަޓިވް (މިސާލަކަށް ދިރޭރަހަ) ބޭނުމެއް ނުކުރާނެ އެވެ. ވުމާއެކު، އަޅުގަނޑުމެން އެއް އިރެއްގައިވެސް މިފަދައިން ބުނެފައެއް ނުވާނެ އެވެ. ގުރޫޕުގައި ލިޔާ މެސެޖުތައް (އެންމެ ފުރަތަމަ ދުވަހުން ފެށިގެން) ހުންނާނެ އަދި ބައްލަވާލެއްވެވޭނެ އެވެ.


ދިރޭރަހަ ބޭނުންކުރެވެނީ “ވަރަށް ކުޑަ” މިންވަރަކަށޭ ވިދާޅުވާ އިރު، ދިރޭރަހަ “ކުޑަ” މިންވަރަކަށް ވަނީ ކިހާ މިންވަރެއްތޯ ބައްލަވާލެއްވިންތޯ؟ އަދި އެފަދަ މިންވަރަކުން ލިބިދާނެ އަނިޔާތަކާ ބެހޭ ފަންނީ ތަހުލީލެއް ބެއްލެވިންތޯ؟ އަދި “ބައެއް ފްލޫ ވެކްސިން” ގައި އެކަނި ކަމަށް ވިދާޅުވެފައި އެވަނީ ކިހިނެއްތޯ އެވެ. އެމެރިކާ ގައި، ވެކްސިންގައި ދިރޭރަހަ ބޭނުންކުރުން މަނާކުުރުމުން، އެކި އެކި ވެކްސިންތަކުން ދިރޭރަހަ އުނިކުރި – ބައެއް ފްލޫ ވެކްސިން ފިޔަވައެވެ. މިކަމަށް، ނިސްބަތްކުރައްވާ ވިދާޅުވެފައިވާ ކަމަށް ދެކެމެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އާއްމުކޮށް މިބޭނުންކުރާ ވެކްސިންތަކަކީ އެއް ޑޯޒް ވަޔަލް އެއް ނޫނެވެ. އަދި ދިރޭރަހަ އޭގައި ހުރެއެވެ.


ތިރީގައި މިވާ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ވެކްސިން ގައި އެކުލެވިގެންވާ ދިރޭރަހައިގެ ބާވަތަކީ މީތައިލް ދިރޭރަހަ އަށްވުރެ 50 ގުނަ ގެއްލުން ބޮޑު އެއްޗެކެވެ. އަދި އެތައް ސައިންޓިސްޓުންނާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވެސް ބައިވެރިވި “ސިމްޕްސަންވުޑް” ބައްދަލުވުމުގެ ޔައުމިއްޔާ ވެސް ބައްލަވާލެއްވުމަށް ލިންކު ތިރީގައި އެވަނީއެވެ.


https://www.ncbi.nlm.nih.gov/pmc/articles/PMC1280342/#b34-ehp0113-001015
https://link.springer.com/article/10.1007/s11011-015-9784-8
https://www.ncbi.nlm.nih.gov/pubmed/23554557
https://www.hindawi.com/journals/bmri/2014/247218/
https://www.autismhelpforyou.com/HG%20IN%20VACCINES%20-%20Simpsonwood%20-%20Internet%20File.pdf

ދިވެހިރާއްޖޭގައި ކުދިންނަށް ޖަހާ ވެކްސިންގައި ދިރޭރަހަ އެކުލެވިގެންވާ މިންވަރު

ދިރޭރަހައަކީ ނިޔުރޯޓޮކްސިކް، ޓެރަޓޮޖެނިކް، މިއުޓަޖެނިކް، ކާސިނޯޖެނިކް، ދިފާއީ ނިޒާމަށް ގެއްލުދޭ އަދި މައިޓޮކޮންޑްރިއަލް ޓޮކްސިން އެއް.

https://www.youtube.com/watch?v=Ipi3OneIw0A
https://new.hindawi.com/journals/jt/2012/373678/
ވެކްސިންގައި އެކުލެވިގެންވާ އީތައިލް މަރކަރީ 7-3 ދުވަހުގެ ތެރޭގައި ލެއިން ފިލައިގެން ދިޔައަސް، މި ވައްތަރުގެ ދިރޭ ރަހަ ވަރަށް ފަސޭހައިން ސިކުނޑިއަށް ދައުރުކުރުމަށް ފަހު ގިނަ މަސްތަކެއް ވަންދެއް “އިންއޯގޭނިކް މަރކަރީ” ގެ ގޮތުގައި ހަރުލާފައިހުރޭ.
https://www.ncbi.nlm.nih.gov/pmc/articles/PMC1280342/

8- – ވިޓަމިން އޭ ފުދޭ ވަރަށް ހުރިއްޔާ ހިމަބިހި ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް

މިއީ ނިއުޓްރިޝަން މަދުވެފައިވާ ކުދިންނަށް މީސްލްސް ޖެހުމުން ނުރައްކާ ބޮޑުވާތީ އަރާފައި އޮންނަ އޮޅުމަކަށް ވެދާނެ އެވެ. ވިޓަމިން އޭ މަދު ނަމަ އެއްވެސް އިންފެކްޝަނަކާ ދެކޮޅަށް ހަށިގަނޑުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަން ދަތިވެ އެވެ. ނަމަވެސް ވިޓަމިން އޭ އަކީ ހިމަބިހިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ތިޔަ ވިދާޅުވަނީ އަޅުގަނޑުމެން ބުނެފައިވާ ބަހެއް ނޫނެވެ. އަޅުގަނޑުމެން އަބަދުވެސް ބުނަނީ، ވިޓަމިން އޭ އަކީ ހިމަބިހި ބަލި ޖެހުމުން، އޭގެ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ އެއްޗެއް ކަމެވެ.

ރަނގަޅު ސިއްހަތެއްގައި ހުންނަ ނަމަ ކޮންމެ ބައްޔަކާ ދެކޮޅަށް ވެސް ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރާނެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

މަތީގައި ވިދާޅުވެފައިވަނީ ރަނގަޅަށެވެ. ވަރަށް ބޮޑު ތެދެކެވެ.

9- ހިމަބިހި ވެކްސިނުން މީހުން މަރުވޭ

މ މިހެން ބުނާ މީހުން ހަވާލާދެނީ އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބަލަހައްޓާ ޑޭޓާބޭސްއަކަަށެވެ. މީގައި، ވެކްސިން ދިނުމަށް ފަހު މަރުވެފައިވާ މީހުންގެ އަދަދު އޮތަސް އެއީ ވެކްސިނުގެ ސަބަބުން މަރުވި މީހުން ކަމަކަށް ބުނެފައެއް ނޯވެ އެވެ.

އަނެއްކޮޅުން، މުޅި ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ހިމަބިހި ވެކްސިނުގެ ސަބަބުން ކުޑަކުދިންނާއި މީހުން މަރުނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ހުރީ ފެންނާށެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ވެކްސިން ގެ ސަބަބުން މީހުން މަރުވެއެވެ. ނަމަވެސް، މިއީ ވަރަށް ވެސް މަދުންވާ ކަމެކެވެ. މިގޮތުން، ދެބަސްވެވެން ނެތް، މަރުވެފައިވާ އެއް ކުއްޖަކީ 5 އަހަރުގެ “ހޮލީ ސްޓަވޯލާ” ނަމަކަށް ކިޔާ ކުއްޖެކެވެ. މިކަމާ ގުޅިގެން “ހޮލީޒް ލޯ” ގެ ނަމުން މަޝްހޫރުވެފައިވާ ޤާނޫނެއް އެމެރިކާގައި ފާސްކޮށްފައިވެ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް “ހޮލީޒް ލޯ” އަށް ބައްލަވާލެއްވުން ރަނގަޅުވާނެ އެވެ.


ހިމަބިހި ވެކްސިން އިންސަރޓް ގައި “މަރުވުމަކީ” އެކަށީގެންވާ ކަމެއް ކަމަށް ވެކްސިން އުފައްދާ ކުންފުނިން ބަޔާންކޮށްފައިވޭ.

ވެކްސިންތައް އުފައްދާއިރު، އެދެވޭ “ގޯލްޑް ސްޓޭންޑަޑް” ރައްކާތެރިކަމުގެ ތަހުލީލުތައް ނުކުރެއެވެ. ކުރިމަތިވެދާނެ އަނިޔާތައް ބަލަނީ މި ވެއަރސް ޑޭޓާބޭސް (ޕޯސްޓް-މާކެޓިންގ ސަރވެއިލަންސް ސިސްޓަމް) މެދުވެރިކޮށެވެ. މި “ޕެސިވް” ސިސްޓަމަކީ ވަރަށް ބަލިކަށި އެއްޗެކެވެ. ނަމަވެސް، އޮތް ހަމަ އެކަނި ވަސީލަތަކީ މިއެވެ. މިއީ ޑޭޓާބޭސް އެއް ކަމަށްވުމުން، މީގައިވާ މަޢުލޫމާތަކީ ވަކި މިވެނިހެން ކަން ހިނގާފައިވާ ކަމަށް ބުނާނެ އެއްޗެއް ނޫނެވެ.
ވެކްސިން ކޯޓަކީ އެމެރިކާގައި ވެކްސިން ޖަހައިގެން އަނިޔާ ލިބޭ ނުވަތަ މަރުވާ ކުދިންނަށް (އެކަން ސާބިތު ކުރުމުން) ކޮންމެ ވެސް މިންވަރެއްގެ ބަދަލު ފައިސާ ދިނުމަށް، ޚާއްޞަކޮށް މިކަމަށް އުފައްދާފައިވާ ކޯޓެކެވެ. ވަކި ކޯޓެއް މިކަމަށް ޤާއިމްކުރަންޖެހުނީ މިފަދަ އަނިޔާތަކާއި މަރުތައް މަދުވީމަތޯ ސުވާލުކޮށްލެއްވުން ރަނގަޅުވާނެ އެވެ. މިއަދާ ހަމައަށް ބަދަލުފައިސާ ގެ ގޮތުގައި 4 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ދީފައިވެ އެވެ. މިއިން ވެސް ދޭހަވަނީ މިދެންނެވި އަނިޔާތަކަކީ ޙަޤީޤަތުގައި ވެސް ބަޔަކު ތަހައްމަލުކޮށްފައިވާ ނުވަތަ ތަހައްމަލު ކުރަމުންދާ ކަންތައް ކަމެވެ.

https://scholarlycommons.law.cwsl.edu/cgi/viewcontent.cgi?article=1203&context=cwlr
ވެކްސިން ޖަހައިގެން އަނިޔާ ލިބުމުން އެތައް އެތައް ހާސް ބަޔަކު އެމެރިކާގެ ވެއަރސް ޑޭޓާބޭސް އަށް ރިޕޯޓުކޮށްފައިވެ އެވެ. އެމެރިކާ ސަރުކާރުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރިޕޯޓުކޮށްފައިވަނީ %1 މީހުންނެވެ. މި އަދަދުތަކަށް ބަލައިލުމުން ވެސް އަނިޔާ ލިބޭ މީހުންގެ އަދަދަކީ އިންތިހާއަށް ބޮޑު އަދަދެއްކަން އެނގިވަޑައިގަންނަވާނެ އެވެ.


ވެއަރސް ޑޭޓާބޭސް އަށް މިއަހަރުގެ ޖެނުއަރީއާ ހަމައަށް ރިޕޯޓުކޮށްފައިވަނީ 84،954 އެކި އެކި އަނިޔާ، 1،587 ނުކުޅެދުންތެރިކަން، 6،535 ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުން އަދި 328 މަރު އެވެ. ރިޕޯޓުކުރަނީ %10 ކަމަށް ބަލާފަ އަދި މީގެ ތެރެއިން 50% އަކީ ވެކްސިންއާ ސީދާ ގުޅުން ނެތް ހާދިސާތައް ކަމަށް ބެލުމުން ލިބޭ އަދަދުތަކަކީ 424،770 އަނިޔާ ގެ ކޭސްތައް، 7،935 ނުކުޅެދުންތެރިކަން، 32،675 ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުން އަދި 1،640 މަރު އެވެ. މިއީ ވެކްސިނުން ލިބޭ އަނިޔާތައް ކޮންމެވެސް މިންވަރަކަށް ނަމަވެސް ރިކޯޑުކުރެވިފައިވާ އެމެރިކާގެ އަދަދުތަކެވެ.


ލިބިފައިވާ އަނިޔާއަކީ (ބައްޔަކީ) ވެކްސިން ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ކަން ބައެއް މީހުންނަށްް ނޭނގުމަކީ ނުވަތަ އެކަން ދެނެގަނެވޭ ތަހުލީލުތައް ހަދާފައިނުވުމަކީ، އެ އަނިޔާ ނުލިބުނީ ކަމަށްވާނެތޯ އެވެ؟ ކުއްޖަކު ޅަފަތުގައި މަރުވަނީ ވެކްސިން ގެ އަނިޔަލަށް ކެތް ނުކުރެވިގެން ކަން ނޭނގޭ ނަމަ ނުވަތަ ތަހުލީލު ނުކުރާ ނަމަ، އެއީ ނުވާކަމަކީތޯ އެވެ؟


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ސްވިޓްޒަރލަންޑް ގައި ޑިސެމްބަރު 2019 ގައި ބޭއްވި “ވެކްސިން ސޭފްޓީ ސަމިޓް” ގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޗީފް ސައިންޓިސްޓު ޑރ. ސުމްޔާ ސްވާމިނަތަން ވިދާޅުވެފައިވަނީ ވެކްސިނުން ލިބޭ އަނިޔާތައް ދެނެގަންނާނެ ރަނގަޅު ނިޒާމެއް ނެތް ކަމެވެ.
ވިމާ، ކުޑަކުދިންނާއި ބޮޑެތި މީހުން ވެކްސިން ޖަހައިގެން މަރުނުވާކަން “ފާޅުކަން ބޮޑު” ގޮތެއްގައި ފެންނަން އޮތީ ކިހިނެއްތޯ އެވެ؟؟؟ ކޮން ފަންނީ ތަހުލީލަކުންތޯ މިކަން ފެނި ކަށަވަރުކުރެވެނީ؟

އަނެއްކޮޅުން، މުޅި ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ހިމަބިހި ވެކްސިނުގެ ސަބަބުން ކުޑަކުދިންނާއި މީހުން މަރުނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ހުރީ ފެންނާށެވެ. ވެކްސިނެއް ދިނުމުން މީހަކު މަރުވެފައި ވިޔަސް، އެއީ މީހާގެ ކިބައިގައި ހުރި އެހެން ކަމެއްގެ ސަބަބުން ވަރަށް ބޮޑަށް އެލާޖިކްވެ އެކަމަށް ފަރުވާ ނުކުރެވިގެން ދިމާވެފައިވާ ކަމަކަށް ވުން މާ ގާތެވެ.

މާނަ އަކީ، ސިއްހީ މައުލޫމާތު ރަނގަޅަށް ދީ ކްލިނިކުން ނުވަތަ ހޮސްޕިޓަލުން ވެކްސިން ޖަހާ ނަމަ މިފަދަ ކަމެއް ދިމާވުމަށް އޮންނަ ފުރުސަތު ވެސް ކުޑަވުމެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ހިމަބިހި ވެކްސިންގެ ސަބަބުން ކުދިންނާއި މީހުން މަރުނުވާކަމަށް – މިތަނުގައި ތިޔަ ވިދާޅުވަނީ މުޅިން އަމިއްލަ ޚިޔާލުފުޅަށް ހީފުޅުކުރައްވާ ގޮތެވެ. ތިކަން ދައްކުވައިދޭ އެއްވެސް ފަންނީ ހެއްކެއް އެބައޮތްތޯ؟
ވެކްސިން ޖަހާނަމަ ކަމާ ބެހޭ ލިޔުންތައް ފުރިހަމައަށް ދިނުމަކީ ވެކްސިން މެދުވެރިކޮށް ދިމާވާ މިފަދަ ކަމެއް ދިމާވާ ފުރުޞަތު ކުޑަވުމެވެ. މިއީ ވަރަށް ބޮޑު، ޙަޤީޤަތެކެވެ. ނަމަވެސް، ރާއްޖޭގައި އަދި މިފަދައިން މަޢުލޫމާތު ދެވެމުން ނުގެންދެވެ އެވެ.

މާނަ އަކީ، ސިއްހީ މައުލޫމާތު ރަނގަޅަށް ދީ ކްލިނިކުން ނުވަތަ ހޮސްޕިޓަލުން ވެކްސިން ޖަހާ ނަމަ މިފަދަ ކަމެއް ދިމާވުމަށް އޮންނަ ފުރުސަތު ވެސް ކުޑަވުމެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އަމިއްލަފުޅަށް ވެސް ޤަބޫލުފުޅު ތިޔަ ކުރައްވަނީ، މަޢުލޫމާތު ބެލެނިވެރިންނަށް ލިބިދިނުމަށެވެ. އަދި އެ މަޢުލޫމާތުގެ އަލީގައި “މަރުވުން” ފަދަ ކަންކަމުން ދަރިފުޅު ރައްކައުތެރި ކޮށްދެވޭނީ ބެލެނިވެރިޔާއަށް ކަމަށެވެ. ލިބޭ މަޢުލޫމާތުގެ އަލީގައި “ރުހުން ދިނުމުގެ” ނުވަތަ “ރުހުން ނުދިނުމުގެ” އިޚްތިޔާރު އޮތުމުގެ މުހިންމު ކަމެވެ.

10- ވެކްސިން ދިނުމަކީ އަމިއްލަ ކަމެއް، މަޖުބޫރެއް ނުކުރެވޭނެ

މިހެން ބުނާ މީހުންނަށް، ތިމާގެ ދަރިއަށް އެހެން މީހެއްގެ ދަރިއެއްގެ ފަރާތުން ބައްޔެއް ޖެހުމަކީ މައްސަލައަކަށް ނުވާނެ ހެއްޔެވެ؟

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

އެހެން މީހެއްގެ ދަރިއެއްގެ ފަރާތުން ބައްޔެއް ޖެހުމާ މިކަމާ އޮތީ ކޮން ގުޅުމެއްތޯ؟ ވެކްސިން ޖަހަން ބޭނުންވެގެން، ވެކްސިން ޖަހައިގެން ދިފާއުވެގެން ތިބެ، ވެކްސިން ނުޖަހާ ހުންނަ ކުއްޖާ ދެކެ ބިރު ގަންނަ ވާހަކަތޯ ތިޔަ ވިދާޅުވަނީ؟ އެހެން މީހުން ވެކްސިން ޖަހައިގެން ތިބުމުން ވެސް، މި ވެކްސިން ނުޖަހާ ކުއްޖާ “އެންމެންގެ ތެރޭގައި ބަލި ފަތުރާލެވިދާނެ” ކަމަށް ޤަބޫލުކުރައްވަނީތޯ؟

ވެކްސިން ދިނުމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ނުދެކެންވީ ވެކްސިން ނުދިނުމުން ބަލީގެ ނުރައްކާ ބޮޑުވެ އެ ކުދިންނަކީ އެންމެންގެ ތެރޭގައި ބަލި ފަތުރާ ސަބަބަކަށް ވެދާނެތީ އެވެ.

މިއީ އެތައް ބައެއްގެ ހައްގު ގެއްލުމެވެ. ތިމާގެ އަމިއްލަ ހައްގަށް ވުރެ، މުޖުތަމައުގެ ހައްގު މާ ބޮޑުވާނެ އެވެ.

މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

ތިޔައީ ވަރަށް ބޮޑު ކުށްހީއެކެވެ. ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިންޖެހުމަށް އޮތީ “ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޤާނޫނު” ގައެވެ. އޭގައި ވަނީ މުޖުތަމަޢުގެ ޙައްޤުގައި އެކުދިން އައްޑަނައަކަށް ބޭނުންކުރުމުގެ މާނައެއްގައި ނޫނެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ ޙައްޤުގައި އަނިޔާއެއް ލިބިދާނެ ކަން އިނގޭ ހިނދު ވެސް ދަރިފުޅު ޤުރުބާންކުރަންވީތޯ؟ އެއް ދަރިއަކު ޤުރުބާންކުރުމުން ވެސް، އެ ޤުރުބާން އަގުވަޒަންނުކުރައްވާ އަނެއް ދަރިފުޅު ވެސް ޤުރުބާންކުރަން ވިދާޅުވަނީތޯ؟
ވެކްސިން ޖަހައިގެން އެތައް ކުދިންނަކަށް ބޮޑެތި އަނިޔާ ލިބި އަދި ބައެއް ފަހަރު މަރުވެ އެވެ. ވީމާ، ތިމާ ނުވަތަ ތިމާގެ ދަރިފުޅަށް މިފަދަ ގޮތެއް މެދުވެރިވުމުން ދުރުހެލިވުމަށް ބޭނުންވުމަކީ ކުށެއްތޯ؟ އެބޭފުޅަކު ޤަބޫލުކުރައްވަނީ ވެކްސިނުން ލިބިދޭނީ ރައްކާތެރިކަން ކަމަށްވާ ނަމަ، އެބޭފުޅަކު ވެކްސިން ޖައްސަވަންވީ އެވެ. ނަމަވެސް، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައިނުވުމުން، އެފަދައިން ޤަބޫލުކުރެވެން ނެތް ފަރާތްތަކަށް ވެކްސިން ޖެހުމަށް ރުހުން ނުދިނުމުގެ ޙައްޤު ގެއްލެނީ ކިހިނަކުންތޯ؟ ވެކްސިން އަށް އިތުބާރުކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް ކުރިމަތިވާނެ ނުރައްކަލެއް އޮވެގެން ނުވާނެ ނޫންތޯ؟
ވަކި ފަރުދެއްގެ އަމިއްލަ ހަށިގަނޑުގެ ނުވަތަ އަމިއްލަ ދަރިއެއްގެ ހަށިގަނޑުގެ މިނިވަންކަން އަދި ރުހުމަކާ ނުލާ ބޭސްވެރިކަމުގެ އެއްވެސް އަމަލަކަށް ކުރިމަތިނުކުރުވުން – އެއީ ބައިނަލް އަޤްވާމީ އެތައް މުޢާހަދާތަކެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެކެވެ. މި ގޮތުން ޔުނިވަރސަލް ޑެކްލަރޭޝަން އޮން ބަޔޯ-އެތިކްސް އެންޑް ހިއުމަން ރައިޓް، އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް، ޔުނިވަރސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް އަދި ނުރެމްބަރގް ކޯޑު ވެސް ބައްލަވާލެއްވުން ރަނގަޅުވާނެ އެވެ.

Universal Declaration of Human Rights published in 1948 states:
“Everyone has the right to life, liberty and security of person;”

Article 3 – Human dignity and human rights

  1. The interests and welfare of the individual should have priority
    over the sole interest of science or society.

    http://www.unesco.org/new/en/social-and-human-sciences/themes/bioethics/bioethics-and-human-rights/

ވެކްސިން ދީގެން އަނިޔާ ލިބިދާނެ (ޖެނެޓިކަލީ ސަސެޕްޓިބްލް) ކުދިންނަކީ ކޮބައިތޯ ބަލަން ޞިއްޙީ ދާއިރާގެ ބޭފުޅުން ފަސްޖެހިވަޑައިގަންނަވަނީ ކީއްވެތޯ؟ ޑރ. ހީލީ ވިދާޅުވެފައިވާ ފަދައިން މިކަން ކުރާކަށް ނުވޭތޯ؟
ޑރ. ބަރނަޑީން ހީލީ ގެ އިންޓަރވިޔު

“This is the time when we do have the opportunity to understand whether or not there are susceptible children, perhaps genetically, perhaps they have a metabolic issue, mitochondrial disorder, immunological issue, that makes them more susceptible to vaccines plural, or to one particular vaccine, or to a component of vaccine….”
“The government has said in a report by the Institute of Medicine, and by the way, I’m a member of the Institute of Medicine, I love the Institute of Medicine, but a report in 2004, it basically said, do not pursue susceptibility groups, don’t look for those patients, those children who may be vulnerable.”
“The reason why they [government and certain government officials] didn’t want to look for those susceptible groups was because they’re afraid that if they found them, however big or small they were, that that would scare the public away.”

އެމެރިކާގެ އިންސްޓިޓިއުޓް އޮފް މެޑިސިން އިން ބުނެފައިވާ ގޮތުގައި، ވެކްސިނުން އަނިޔާ ލިބޭ ގިނަ ފަރާތްތަކަކީ އެބައެއްގެ ހަށިގަނޑުގައި ފަސޭހައިން އަނިޔާ ލިބުމަށް އޮތް ކޮންމެވެސް ސިފައެއްގެ ސަބަބުންނެވެ. އަދި މިފަދަ ކަންކަން ވަރަށް ގިނަ ސަބަބުތަކާ ހެދި ހުރެދާނެ ކަމަށެވެ. ނަމަވެސް، މިފަދަ ކަންކަން ބެލިފައިނުވާ ކަމަށެވެ.


“Both epidemiologic and mechanistic research suggest that most individuals who experience an adverse reaction to vaccines have a preexisting susceptibility. These predispositions can exist for a number of reasons—genetic variants (in human or microbiome DNA), environmental exposures, behaviors, intervening illness, or developmental stage, to name just a few—all of which can interact…. Some of these adverse reactions are specific to the particular vaccine, while others may not be. Some of these predispositions may be detectable prior to the administration of vaccine…. …much work remains to be done to elucidate and to develop strategies to document the immunologic mechanisms that lead to adverse effects in individual patients.”

މިއަދު ދެވޭ ވެކްސިން ރައްކާތެރި ކަމަށް ބަޔަކު ބުނާ އިރު، އެދެވޭ ރައްކާތެރިކަމުގެ ތަހުލީލުތައް ނެތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ (ޑިސެމްބަރު 2019) ބައްދަލުވުމުގައި ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާކޮށްފައިވެއެވެ.

ވަކި ކުއްޖަކަށް ބެލުމެއްނެތި މިދެވެނީ ހަމަ ހުރިހައި ވެކްސިނެއް، ހަމަ އެއް ގޮތަކަށް، އެއް މިނެއްގެ ޑޯޒް އަދި އެއް އަދަދަކަށް ޑޯޒުތަކެވެ. ނަމަވެސް، މިއީ މީގެ 50 އަހަރުގެ ކުރީގެ ވިސްނުމެއްގެ މައްޗަށް ބިނާކުރެވިފައިވާ ގޮތެއް ކަމަށް ސައިންޓިސްޓުން ބަޔާން ކުރެއެވެ. މިގޮތުން ޑރ. ގްރެގަރީ ޕޮލަން “އެޑްވަރސޮމިކްސް” (ލިބޭ އަނިޔާއާ އިމިއުނޮޖެނެޓިކްސް) އާ ބެހޭ ގޮތުން 2015 ގައި ތައްޔާރުކުރި ރިޕޯޓުގައި މިކަމަށް ބެލިއިރު މިކަމަށް ހެދިފައިވަނީ އެންމެ 6 ތަހުލީލެވެ. ލިންކު ތިރީގައި އެވަނީ:


We predict, based on the type of work discussed herein, a time when it will be possible to determine what diseases an individual is at risk for, what vaccine(s) they should receive, at what doses and the chance that they may experience any significant adverse event. This is a very different experience than the current situation where essentially everyone gets every vaccine, given in the same manner, at the same dose and same number of doses – ignoring the reality that we are genetically preprogrammed to immunologically respond in predetermined differing patterns.
https://www.ncbi.nlm.nih.gov/pmc/articles/PMC3570049/

ވެކްސިން ގެ ރައްކާތެރިކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބައިނަލް އަޤްވާމީ އެތައް ޖަމުޢިއްޔާ އަކުން ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމުޢިއްޔާއަށް ފޮނުވާފައިވާ ސިޓީ :
https://www.efvv.eu/open-letter-to-the-who-from-international-organisations/

“ޞިއްޙީ ދާއިރާގެ ކުރީސަފުގައި ތިބި ފަރާތްތައް (ޑޮކްޓަރުން) ވެކްސިން ގެ ރައްކައުތެރި ކަމާ ބެހޭ ގޮތުން މިހާރު ސުވާލުކުރަން ފަށައިފި. މިއީ ވަރަށް ބޮޑު މައްސަލައެއް. ޑޮކްޓަރީކަން ކިޔަވާއިރު ވެކްސިނާ ބެހޭ ގޮތުން ބައި ދުވަހު ކިޔެވުނު ކަމުގައިވީ ނަމަވެސް އެއީ ލިބޭ ނަސީބެއް.
ވެކްސިން ގެ ރައްކާތެރި ކަމުގެ ދާއިރާ ގައި ގިނަގުނަ ނޭނގޭ ކަންތައްތަކެއް އެބަހުރި އަދި އެކަން އަހަރުމެން ބަލައިގަންނަންޖެހޭ.”
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ “ވެކްސިން ސޭފްޓީ ސަމިޓް” ގައި “ވެކްސިން ކޮންފިޑަންސް ޕްރޮޖެކްޓް” ގެ ޑިރެކްޓަރ، ޑރ. ހައިޑީ ލާސަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ބައެއް ބަސްތައް. ވެކްސިން ގެ ރައްކައުތެރިކަމާ ބެހޭ ގޮތުން ސުވާލުތައް ކުރަނީ ހަމައެކަނި އަޅުގަނޑުމެންނެއް ނޫންކަން ހާމަ ނުވޭތޯ އެވެ؟

ކުރިއަށް އޮތް ތަނުގައި ފަންނީ ތަހުލީލުތަކާއެކު ތިޔަ ވިދާޅުވާ ބަސްފުޅުތައް ސާބިތުކޮށްދެއްވުން އެދެމެވެ. ނޫންނަމަ، ވެކްސިން ގެ ރައްކާތެރިކަމާ މެދު ސުވާކުރާ އަޅުގަނޑުމެން ފަދަ މީހުންނާ މެދު ތިޔަ އުފައްދަވަނީ ޙަޤީޤަތެއް ނެތް ބޭންއިންސާފު ތުހުމަތުތަކެކެވެ. އަދި މުޖުތަމަޢުގައި އުފެދޭނީ އެކަކު އަނެކަކަށް ނަފުރަތެވެ. މީގެ ކުޑަ މިސާލެއް ތިރީގައި އެވަނީ އެވެ.

ހިމަބިހި އުފައްދާ ކުންފުނި މަރކް އިން ބުނާ ގޮތުގައި ކޮން 280 ކުއްޖަކުން 1 ކުއްޖަކީ ޕްރައިމަރީ އިމިއުނޯ ޑެފިޝަންސީ ހުންނަ ކުދިންނެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި 350 ޕްރައިމަރީ އިމިއުނޯ ޑެފިޝަންސީ ފެނިފައިވެއެވެ.
ވެކްސިން އުފައްދާ ކުންފުނިން ބުނާ ގޮތުގައި އެއްވެސް ކުއްޖެއްގެ ގައިގާ ޕްރައިމަރީ އިމިއުނޯ ޑެފިޝަންސީ އެއް ހުންނަ ނަމަ ވެކްސިން ދެވިގެންނުވާނެ އެވެ. “ކޮންޓްރާއިންޑިކޭޝަން” އެކެވެ. ނަމަވެސް، ވެކްސިން ދެވޭ އިރު އެ ކުއްޖަކީ މިފަދަ ޕްރައިމަރީ އިމިއުނޯ ޑެފިޝަންސީ އެއް ހުންނަ ކުއްޖެއްތޯ ބަލާތޯ؟ ދެން ލިބޭ އަނިޔާއަކީ ނުވާ ކަމަކަށް ހަދާލެވިދާނެތޯ؟

ހިމަބިހި ވެކްސިނުން ލިބިދާނެ އަނިޔާ ކަމަށް ހިމަބިހި ވެކްސިން އުފައްދާ ކުންފުނިން ބަޔާންކޮށްފައިވާ ބައެއް އަނިޔާތައް :


ސިކުނޑި ދުޅަވުން (އެންސެފެލައިޓިސް)                  

ސިކުނޑިއަށް އަނިޔާވުން (އެންސެފަލޮޕަތީ)

ޕެނިކުލައިޓިސް (ހަންގަނޑުގެ ދަށުގައިވާ ސަރުބީ ފަށަލަ ދުޅަވުން) 

“އޭޓިޕިކަލް” ހިމަބިހި

ސިންކޯޕް (ކުއްލިއަކަށް ހޭނެތުން)                     

ހަކުރުބަލި

ތްރޮމްބޮސައިޓޮޕީނިއާ ޕަރޕިއުރާ (ލޭގެ ބައްޔެއް)            

ވެސްކުލައިޓިސް (ލޭނާރުތަކަށް ޖެހޭ ބައްޔެއް)

ޕެންކްރިއޭޓައިޓިސް (ޗިސްމޭ ބަލި)                    

އެނަފިލެކްސިސް (ޝޮކް)

ހެނޮކް-ޝޯންލެއިން ޕަރޕިއުރާ (ކުދި ލޭނާރުން ލޭ އަންނަ ބައްޔެއް) 

އެސްޕްޓިކް މެނިންޖައިޓިސް

ނިއުމޮނައިޓިސް (ފުއްޕާމޭ ގެ ޓިޝޫ އަށް ޖެހޭ ބައްޔެއް)       

މަސްގަނޑުގައި ރިއްސުން (މިއަލްޖިއާ)

އާތްރައިޓިސް އަދި އާތްރަލްޖިއާ                       

ފަތިނާރުތަކަށް ޖެހޭ ބައްޔެއް (ޕޮލިނިއުރައިޓިސް)

ޓްރާންސްވަރސް މަލައިޓިސް (ސްޕައިނަލް ކޯޑު ބައްޔެއް)       

ބީރުވުން

ލޮލުގެ ފެނުމަށް އަނިޔާވުން                         

ކަންފަތުގެ ބަލިތައް

ހަމުގެ ބައްޔެއް (ޔޫޓިކޭރިއަލް ރޭޝް އަދި އެރިތީމާ މަލްޓިފޯމް)

ގިއިޔަން-ބާރޭ ސިންޑްރޯމް (ދިފާއީ ނިޒާމު ފަތިނާރުތަކަށް ހަމަލާދޭ ބައްޔެއް)

އެސް.އެސް.ޕީ.އީ (ހިމަބިހި ވައިރަސް ސިކުނޑިއަށް ވަނުމުން ޖެހޭ ބައްޔެއް – މަރުވުން އެކަށީގެންވޭ)

މީސްލް އިންކްލޫޝަން ބޮޑީ އެންސެފަލައިޓިސް (ދިފާއީ ނިޒާމް މައްސަލަ ހުންނަ މީހުންގެ ސިކުނޑިއަށް ޖެހޭ ބައްޔެއް)

މަރުވުން

  • o O o –

One thought on “ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު! – މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް

  1. ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާ ސާބަސް!
    ވަރަށް ރަގަޅު އިތުބާރު ހިފޭ މަސްދަރު ތަކުން މަޢުލޫމާތު ގެނެސްދޭތީވެ ހަމަ ޝުކުރިއްޔާ!

    Like

Leave a Reply