ކޮވިޑް ވެކްސިން ޖެހި ހަރިޔާނާގެ ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޑިވް ވެއްޖެ!

ކޮވިޑް ވެކްސިން ޖެހި ހަރިޔާނާގެ ހެލްތު މިނިސްޓަރު އަނިލް ވިޖް ކޮވިޑަށް ޕޮޒިޑިވް ވެއްޖެ އެވެ.

އިންޑިއާގެ ކޮވިޑް ވެކްސިންގެ ޑޯޒް އަނިލް، ޖަހާފައިވަނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އަމްބަލާގެ ސިވިލް ހޮސްޕިޓަލުންނެވެ. މީގެ ކުރިން އޭނާ ކުރި ޓްވީޓެއްގައި ވަނީ ވެކްސިން ޓެސްޓްކުރުމުގެ ތިން ވަނަ މަރުހަލާގައި އެ ސްޓޭޓުން ވެކްސިން އެންމެ ފުރަތަމަ ޖަހާނީ އޭނާ ކަމަށް ވެސް ވިދާޅުވެފަ އެެވެ. މިއަދު މިއޮތީ ކޮވިޑް ވެކްސިން ޖެހިމީހާ ކޮވިޑަށް ފައްސިވެފައެވެ. ކޮވިޑް ފައްސި އަކީ ދުނިޔޭގެ ލެއްވި ހަތް އަޖާއިބުތަކުގެ ތެރެއިން ވެސް ވައްކަމާއި ޚިޔާނާތުގައި މޮޅު އަޖާއިބެއް ފަދަ އަރަތެކެވެ. މި ވައްކަމާއި ޚިޔާނާތުގެ ކޮވިޑް ފައްސި އަކުން އުފެއްދި ބަލި މަޑުކަމަކުން ދައުލަތްތަކާއި ރައްޔިތުން ވަނީ އިދަ ޖައްސާލާފަ އެވެ.

“ކޮރޯނާ ވައިރަސް އައިސޮލޭޓް ކުރެވިފައި ނުވޭ. އެބައިމީހުން މި ކޮރޯނާ ވައިރަސް (އެކޭ ކިޔާ އެއްޗެއް) އުފައްދައިގެން އުޅެނީ ކޮންޕިއުޓަރު މޮޑެލް އަކުން. (އެބަހީ ކޮންޕިއުޓަރުގެ ޚިޔާލީ ދުނިޔޭގައި އުފައްދައި އެއަށް ޓެސްޓު މިކުރެވެނީ). ޕީސީއާރު ޓެސްޓު ކުރަން ފަށާއިރު ނަގާ ސާންޕަލް ގައި އެބުނާ އެއްޗެއް ފާހަގަކުރެވޭ ވަރަށްވުރެ މަދު (އާރްއެންއޭ އެއް) ހުރުމުން، އެ ސާންޕަލްގައި ހުރި އާރްއެންއޭ އެތައް ގުނައެއް އިތުރުކޮށް ގިނަ ކުރަން ޖެހޭ. ޕީސީއާރު ޓެސްޓު ކުރުމުގައި ގެންގުޅޭ ވިސްނުމަކީ، އެންމެ ފުރަތަމަވެސް އެބުނާ ވައިރަސްގެ އާރްއެންއޭ އެއް ނެތް ނަމަ، އޭގައި ހުރި އެއްޗެއް 20 ގުނަ އިތުރުކުރިއަސް އެ ނުފެންނާނެ. އެބުނާ އެއްޗެއް ފެންނާނީ އޭގައި ހުރި ކަމުގައިވާނަ. (މިއީ ޕީސީއާރް ޓެސްޓުގެ ވިސްނުން). ނެގި އެ ސާންޕަލް ގައި ވައިރަސް (އާރްއެންއޭ) ހުރިހަމަ، ކޮންމެވެސް ޕޮއިންޓެއްގައި ފެންނަންދެން ސައިކަލްގެ އަދަދު އިތުރު ކުރުމުގައި ދެމިހުންނަނީ. ސުވާލަކީ އެބުނާ އެއްޗެއް ފެންނާނީ ކިތައް ސައިކަލް ނުވަތަ ކިތައް ބުރު ކުރިއަށް ގެންދިޔައީމަތޯ؟ މިކަންވެސް ނިންމަނީ ހަމަ ހުރެފައި. (އާރބިޓަރީކޮށް). ޖަރުމަންގެ (ޑރ.) ޑްރޮސްޓެން ދެކޭ ގޮތުގައި ސައިކަލްގެ އަދަދަކީ 45 ސައިކަލް ނިންމުން (އެބަހީ 45 ސައިކަލްއަށް އާރްއެންއޭ ގިނަކުރުމުން ފެނިއްޖިއްޔާ ފައްސި.) އެހެން ދިރާސާތަކުގައި ވަނީ 30، 40 އަދި ފަންސާސް. ޕީސީއާރް ޓެސްޓު ކުރުމުގައި ބޭނުންކުރާ ސައިކަލްގެ އަދަދަށް “ސައިކަލް ތްރެޝޯލްޑް”  ކިޔާ. އެހެންކަމުން، ސާންޕަލްގައި އެހުރި އެއްޗެއް ގުނަކުރުން (ނުވަތަ ބަޔޮލޮޖިކަލް މާއްދާތައް އިތުރުކުރުން) މަޑުޖައްސާނީ ކިހާ ހިސާބަކުންތޯ؟ އެންމެ މުހިންމު ތަންކޮޅަކީ ވަކި ސައިކަލްގެ އަދަދަކުން (މިސާލަކަށް 60) ކޮންމެ މީހަކަށްވެސް ދައްކާނީ ޕޮޒިޓިވް ރިޒަލްޓު. އޭގެ މާނައަކީ ކޮންމެ އިންސާނެއްގެ ހަށިގަނޑުގައިވެސް މި އާރްއެންއޭގެ އެތިކޮޅެއް ހުންނަކަން. މި އާރްއެންއޭއަށް މި މީހުން ވައިރަސް އެކޭ މި ކިޔަނީ. ހަޤީޤަތުގައި މިއީ އިންސާނުންގެ ހަށިގަނޑުގައި ޤުދުރަތީގޮތުން ހުންނަ އެއްޗެއް (އޭގެ އަޞްލަކީ އިންސާނީ އަޞްލެއް.) އެ ވެދާނެ އަހަރެމެންގެ ސެލްއެއްގެ ބައެއްކަމަށް. އެއީ ވައިރަސް އަކަށް ވާކަށް ނުޖެހޭ. މިއީ ވައިރަސް އެއް ކަމުގެ ހެއްކެތް ނެތް.”

ކޮވިޑް-19 ޕެންޑަމިކް އަކީ މަކަރާއި ހީލަތްތެރިކަމާއެކު ޓެސްޓު ކިޓުން އުފައްދާފައިވާ “ދޮގުވެރި” ޕެންޑަމިކެއް – 500 އަށް ވުރެ ގިނަ މެޑިކަލް ޑޮކްޓަރުން

ނޭފަތުގެ އެއްފަރާތުން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް، އަނެއް ފަރާތުން ނެގި ސާމްޕަލް ނެގެޓިވް

Leave a Reply