ކޮވިޑް19 ވެކްސިން ޖެހުމުން ވެކްސިންގެ ސަބަބުން މުޖްތަމަޢުގައި ބަލި ނުފެތުރޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމުގައި އެންބީސީ ނޫހުގެ ޑޭޓްލައިން ޕްރޮގުރާމްގައި ވާހަކަ ދައްކަމުން ވެކްސިން އުފައްދާ ބިގްފާމާ ކުންފުނި ފައިޒާގެ ޗެއަރމަން އަލްބާޓް ބޮއުލާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ކުންފުނިން އުފެއްދި ވެކްސިން ޖަހާ މީހުންގެ ގައިން ކޮވިޑް-19 ބަލިމަޑުކަން މުޖްތަމަޢުގައި ފެތުރުން ހުއްޓުވޭނެ ކަމުގެ ޔަޤީންކަމެއް އޭނާއަށް އަދި ކުންފުންޏަށް ނެތް ކަމަށާއި އަދި އެކަމަކީ އިތުރަށް ދިރާސާކޮށް ތަހުޤީޤުކޮށް ބަލަންޖެހޭ ކަމެއް ކަމުގަ އެވެ.
ކޮވިޑް-19 ވެކްސިން ދެނީ ތިބާއަށް ކޮވިޑް ބަލި ޖައްސަން ކަން ތިބާއަށް ދަންނަމުތަ؟
ގިނަ މީހުންނަށް ނޭނގޭ ހަޤީޤަތަކީ ވެކްސިން އަކީ އިންސާނަކު އެ ބައްޔަކަށް ވެކްސިން ދެވޭ ބައްޔެއް އެ މީހަކަށް ޖެއްސުމަށް ދެވޭ އެއްޗެއް ކަމެވެ. މިސާލަކަށް ކޮވިޑަށް ދެވޭ ވެކްސިން އަކީ ކޮވިޑް ކިޔާ ބަލި ތިބާއަށް ޖައްސަން ދެވޭ އެއްޗެކެވެ. ޕްރޯ-ވެކްސަރުން (ވެކްސިން އަށް މަދުރޭ މީހުން) ދެކޭ ގޮތުގައި އެއްފަހަރަށް އިންސާނަކަށް ބަލި ޖެއްސުމުން ދެވަނަ ފަހަރަށް ބަލި ޖެހުމުން ކުރާ އަސަރު ކުޑަވާނެ އެވެ. މި ފަލްސަފާގެ މައްޗަށް ބިނާކޮށް މި މީހުން އިންސާނުން ގަޔަށް ބަޔޯ ކެމިކަލް އެކި ދިޔަތައް އެއްކޮށް އިންސާނާއަށް އެބުނާ ބައްޔެއް ޖައްސަ އެވެ.
ވެކްސިންއަކީ ހަޤީޤަތުގައި ބަލީގެ ފަރުވާއަށް ދެވޭ ބޭހެއް ނޫނެނެވެ. ވެކްސިން އަކީ އެއިން އެ ބައްޔަކުން ރައްކާތެރިވުމަށް ޖަހާ ބަލި ޖައްސާ އެއްޗެކެވެ. އަދި ޚުދު އެ ވެކްސިން އިން މުޖްތަމަޢުގައި ބަލި ފެތުރިގެންދާ ކަން ދަންނަނީ އަހަރެމެންގެ ތެރެއިން މަދު ބަޔެވެ.
އެއްވެސް ވެކްސިން އަކީ އާބާދިގެ ސިއްޚަތު އިތުރުކޮށްދޭ އެއްޗެއް ނޫނެވެ. ސަބަބަކީ ވެކްސިނެއް އިންސާނެއްގެ ސިއްހަތުގެ ދުޅަހެޔޮކަން އިތުރުކޮށް ނުދެއެވެ. އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ އެއްވެސް އެއްޗެއް ވެކްސިންގައި އެކުލެވިގެން ނުވެއެވެ. އަހަރެމެންގެ ހަށިގަނޑަށް ވެކްސިންގައި އެކުލެވިގެންވާ ވިހަ ޒަހަރު މާއްދާތައް ކަމުގައިވާ އެލްމިނިއަމް، މާކުރީ، ފްލައިސޯބޭޓް 80, ފޯމަލްހައިޑް، ދަރި ވައްޓައި ކަތިލައި ގުރުބާންކޮށް ހަދާފައިވާ ސެލް ލައިނެއްގެ ޑީއެންއޭގެ ބޭނުން ޖެހިގެން ނުވެއެވެ. އެއްވެސް ވެކްސިންއަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓެއް (ނުވަތަ ކާނާގެ މާއްދާއެއް) އެކުލެވިގެންވާ އެއްޗެއް ނޫނެވެ. އެހެންކަމުން، ވެކްސިން ޖަހާ ހިނދު މިކަމުގެ މައްޗަށް ސަމާލުވެ ރައްކައުތެރިވެ ތިބެން ޖެހެ އެވެ.
