ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާއި އެއް ގޮތަށް ރާއްޖޭގައިވެސް ދަރިމައި ނުވުމުގެ (ނުވަތަ އިންފަޓިލިޓީ) ރޭޓު އަހަރަކަށް ފަހު އަހަރެއް ވަނީ މައްޗަށް ގޮސްފަ އެވެ. ދަރިން ނުލިބުމުގެ މައްސަލައަކީ މި މުޖުތަމަޢުގައި ވެސް ނުހަނު އާންމު ގޮތެއްގައި ދިމާވަމުންދާ މައްސަލައަކަށް މިހާރު ވެއްޖެ އެވެ. ދަރިން ހޯދުމަށް ކެނޑިނޭޅި ރެއާއި ދުވާލު މަސައްކަތް ކުރިއަސް ދަރިން ނުލިބޭ އެތައްބަޔަކު މި ދިވެހި މުޖްތަމަޢުގައި އެބައުޅެއެވެ. ފިރިހެނުންނާ އެއްގޮތަށް ޒުވާން އެތައް އަންހެން ކުދިންނެއް ވަނީ މިކަމުގެ ޝިކާރައަކަށް ވެފަ އެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭ އެތަކެއް ޒުވާން އަންހެނުންނެއް ރާއްޖޭގައި މިހާރު އެބައުޅެއެވެ. ކުރިން ބަރާބަރަށް މައްސަރުކަންތައް ދިމާވި އަންހެންވެރިން ކުއްލިއަކަށް އެމީހުންނަށް ޖެހި ޓީޓީ ވެކްސިނާ އެކު މައްސަރުކަންތައް ހުއްޓޭ ގޮތް ދިމާވި ކިތަންމެ އަންހެނުންނެއް ވަނީ މި ދިވެހި މުޖްތަމަޢުން ފެނިފަ އެވެ. މިކަންތައްތައް ގިނަ މީހުންނަށް މެދުވެރިވަނީ މިއަށް އެހާބޮޑު ސަމާލުކަމެއް ދެވިފައި ނެތް ހާލުގަ އެވެ. މާބަނޑު ކަމަށް ހީކޮށްގެން ކޮންމެ ފަހަރަކު ޓެސްޓު ކިޓުން ޓެސްޓުކޮށް ނެގެޓިވް ވުމުން މާޔޫސްވެ ރޯ ކިތަންމެ އަންހެނުން އަހަރެމެންގެ ތެރޭގައި އެބަ އުޅެ އެވެ. މީގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ މިއީ ހަމައެކަނި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިގެން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ އެމީހުން ކައިބޮއެ އުޅޭ އެއްޗެހިން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ އެމީހުންގެ މައިންބަފައިންގެ ފަރާތުން ޖެނެޓިކްލީ ވާރުތަ ކޮށްގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ކައިވެނި ކުރުން ފަސް ކުރުމުގެ ސަބަބުން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ތިމާވެށިން އެމީހުންނަށް ހުށަހެޅިގެން އުޅޭ ވިހަ ޓްކްސިން އަކުން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ އެމީހުންނަށް އޮޅުވާލުމާ އެކު ދީގެން އުޅޭ ވިހަ ބޭހަކުން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ އެމީހުންނަށް މަޖުބޫރުކޮށް ދީގެން އުޅޭ ވިހަ ވެކްސިން ތަކުން ވެގެން އުޅޭ ކަމެއް ހެއްޔެވެ؟ ހައްތަހާވެސް ފުރިހަމަ ޖަވާބު ޢާންމުނަށް ނުލިބޭ ސުވާލުތަކެކެވެ.
އެނގޭހާވެސް އެއްޗަކީ، ދިވެހި ދަރިންނަށް ޖެހިފައިވާ މި ހިތްދަތިކަމުގެ ފަހަތުގައި ކުރީގައި ރާއްޖޭގައި ވެރިކަން ކުރި ޒަޢީމުން ބޭރު ޤައުމުތަކުގެ ގޮތް ނޭނގޭ ފަރަންޖީ ޖަމާޢަތްތަކާއި އެކު ހިންގި ސިއްރު ދަރިމައިވުން ކޮންޓްރޯލްކުރުމުގެ ޔޫޖެނިކްސް އެޖެންޑާ ތަކާއި މިކަމާއި ސީދާ ބޮޑު ގުޅުމެއްވާ ކަމެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލޭބަލްގެ ދަށަށް ވައްދާފައިވާ ޤައުމުތަކަށް ދުނިޔޭގެ ފައިސާގެ ނިޒާމް އެބައެއްގެ ބާރުގެ ދަށުގައި އޮތް ދުނިޔޭގެ ބޮޑުންގެ ބާރުވެރި ޖަމާޢަތްތަކުން އަންގާ ގޮތްތަކަށް ޢަމަލު ނުކޮށްފި ކަމުގައިވާނަމަ، އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދެއްކުމުގެ ހަރަކާތްތަކުގެ ދަށުން ‘އާބާދީ ކޮންޓްރޯލް ކުރުމުގެ’ ހަރަކާތްތައް ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފަ އެވެ. ރާއްޖެއަކީ ވެސް އޭގެ ތެރެއިން އެއް ޤައުމެވެ. މިފަދަ އިޤްތިޞާދީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ރައްޔިތުންނަށް އެންގުމަކާއި ނުލައި އެފަދަ ކަމެއް ދަޢުލަތުގެ މަތީ ފަޑިން ކޮށްފާނެ އެވެ. ނުވަތަ ދަވްލަތުގެ އެންމެ މަތީ ފަޑީގައިވާ މަދު މީސްކޮޅަކަށް ނޫނީ ނޭނގޭ ފަދަ ގޮތަށް ކްލެސިފައިޑް އޮޕަރޭޝަނެއް ގޮތަށް ދަރިމައިވުން ހުއްޓުވާ ސިއްރު އޮޕަރޭޝަނެއް ރާއްޖޭގައި އޭރުގެ ވެރިންތަކެއް ހިންގާފައި ހުއްޓަސް ޢާންމު ރައްޔިތުންނަށް ރޭކާވެސް ނުލާނެ އެވެ. އެހެނަސް، މި މައްސަލައިގެ ފަހަތުގައިވާ ފާޅުކަންބޮޑު ސިއްރުވެރި ހަޤީގަތެއް ވަނީ ޢާންމު ރައްޔިތުންގެ ކިބައިން ފޮރުވިފަ އެވެ.
މި ނަން މަޝްހޫރު ސިއްރުގެ ހަޤީޤަތް ދިވެހި ދަރީންނަށް އަންގައި ދިނުމަށްޓަކައި ޖެނެޓިކްސް އާއި ބަޔޮލޮޖިކަލް ސައިންސުގެ ދުނިޔޭގެ ތާރިޚާއި އެކު ރާއްޖޭގެ ތާރީޚުގެ ޞަފުހާ ތަކަކަށް ޖެހިލަން ޖެހެ އެވެ. މި މައުޟޫގައި ވާނުވާ ފަހުމްވުމަށް އަންނަނިވި ލިޔުންތައް ކިޔާލުންހުއްޓެވެ.


ބިލްގޭޓްސް: ވެކްސިން މެދުވެރިކޮށް އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ

ދިވެހި ރާއްޖޭގައި ޕޯލިއޯ ވާބަލި ފެތުރީ ސީދާ ޑަބްލިއުއެޗްއޯއިން!


ދަރިމައިވުން ހުއްޓުވައި އާބާދީ ކޮންޓްރޯލްކުރުމަށް ބޭނުންކުރި ބައެއް ކެމިކަލްތައް



