މަރުގެ ބިރުވެރިކަން ދައްކައިގެން ކޮވިޑް-19 ވައްކަން މިއަދު މިވަނީ އިންތިހާއަށް މެކުހަށް ޖައްސާފަ އެވެ. ދުވަހަށްފަހު ދުވަހެއް މި ވައްކަމުގެ ހަޤީޤަތް ދަނީ ރައްޔިތުންގެ ތެރެއަށް އެކި ގޮތް ގޮތުން ތިލަ ވަމުންނެވެ.

މިއަދު ހާމަވެގެން މި ދިޔައީ 2018 އާއި 2019 އައި 2020 ވަނަ އަހަރު އަޅާކިޔާ އިރު އެމެރިކާގައި ނިމެމުން މިދާ 2020 ވަނަ އަހަރު ޖުމްލަ މަރުގެ އަދަދު ވަކި އިތުރުވެފައި ނުވާކަމެވެ. ކޮވިޑަކީ އެއިން އެހާ ގިނަ ބަޔަކު އާދަޔާއި ޚިލާފަށް މަރުވި ކަމެއް ކަމުގައިވާނަމަ، މަރުގެ ތަފާސް ހިސާބުތަކުން އެކަން ދައްކާނެ އެވެ. އެހެނަސް، ތަފާސް ހިސާބުތައް ވަނީ ކޮވިޑް-19 ވައްކަން ދޮގު ކޮށްފަ އެވެ. ތަފާސް ހިސާބެއް ދޮގެއް ނުވާނެ ނޫންތޯ އެވެ. ރާއްޖޭގައިވެސް ވޭތުވެދިޔަ 5 އަހަރާއި ބަލާއިރު މިއަހަރު ވަކި އިތުރަށް މީހުން މަރުވެފައި ނުވެއެވެ. ޞިއްޙީ ޖައްލާދުން މުޅިންވެސް އުޅެނީ ކޮވިޑް ވައްކަމުގެ ބިރުވެރިކަން ދިވެހި ރައްޔިތުންނަށް ދައްކައިގެން އެބައިމީހުން ޖީބުތައް ފުރާލުމަށެވެ. ކޮވިޑް ވިޔަފާރި ފުޅާ ކުރުމަށެވެ.

އަދިވެސް ކޮވިޑް19 ވައްކަމާއި މި ބޮޑު ޞިއްޙީ ކޮރަޕްޝަން އާއި ދެކޮޅަށް ރައްޔިތުން ތެދުވަން ނުވޭތޯ އެވެ. މުޅި ދައުލަތް ދަވާލައިފި އެވެ. ދައުލަތުގެ އާމްދަނީ ގެއްލުވާލައިފި އެވެ. ރައްޔިތުން ބިކަހާލުގައި ޖައްސައިފި އެވެ. ރައްޔިތުން ކުޑަ ގޮޅިއަށް ލައިފި އެވެ. ރައްޔިތުން ރަހީނު ކޮށްފި އެވެ. އަދިވެސް ހޭލަން ނުވޭތޯ އެވެ؟
