ކޮވިޑް ވެކްސިން ނުޖެހުމަކީ އަހަރެންގެ ހައްޤެއް، އެ ނުޖަހަނާނަން – ބްރެޒިލްގެ ރައީސް

ކޯވިޑް-19އާއި ދެކޮޅަށް އުފައްދާ ވެކްސިނެއް ބޭނުން ނުކުރައްވާނެކަމަށް ބްރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.”
މީސްމީޑިޔާގެ އެކި ވަޞީލަތްތަކުން ވަގުތުން ދުރަށް ދެއްކި ބަޔާނެއްގައި ބޮލްސޮނާރޯ ވިދާޅުވީ ބްރެޒިލުގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ބޭނުންކުރުމުގައި އިޚްތިޔާރު (މިނިވަންކަން) ދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ބައްޔާއި ދެކޮޅަށް އުފައްދާ ވެކްސިނެއް އެމަނިކުފާނު ބޭނުން ނުކުރައްވާނެކަމަށާއި ވެކްސިން ބޭނުންކުރުމަށް ދެކޮޅު ހެދުމަކީ އެމަނިކުފާނަށް ލިބިގެންވާ (އަސާސީ) ހައްޤެއްކަމަށް ވިދާޅުވިއެވެ.” ޕީއެސްއެމް ނިއުސް

އޭގެ އިތުރުން، މާސްކު އެޅުމުން ކުރާ ފައިދާއާއި މެދު ބޮލްސޮނާރޯގެ ބަޔާނުގައި އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ. މާސްކު ބޭނުންކުރުމުން ކޯވިޑް-19″ ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ދޭހަވާފަދަ މޭރުމަކުން ވަނީ ވާހަކަދައްދަވާފައެވެ.” – ޕީއެސްއެމް ނިއުސް

ކިޔާލުމަށް: ކޮވިޑާއި ގުޅިގެންމާސްކު އެޅުވުމަށް ސައިސެއް ނެތް، އޮތީ ޚިޔާލީ ވިސްނުމެއް!

އަމިއްލަ ހަށިގަނޑުގެ ބާރުވެރިކަމާ މިނިވަންކަން:

އަމިއްލަ ހަށިގަނޑުގެ މިނިވަންކަން އަދި ބޭސްފަރުވާގެ އަމަލަށް ރުހުން ދިނުމަކީ އެތައް އެތައް ބައިނަލް އަޤްވާމީ މުއާހަދާއަކާއި ޤައުމުތަކުން ސޮއިކޮށްފައިވާ ކަމެކެވެ. އަދި މިއާ ޚިލާފުވުމަކީ އެ މުއާހަދާތަކާ ވެސް ދެކޮޅު ކަމެކެވެ. އަމިއްލަ ހަށިގަނޑުގެ މިނިވަންކަމަކީ އެންމެ އަސާސީ މިނިވަންކަމެވެ. މިފަދަ މިނިވަންކަމެއް އެއްވެސް ހާލަތެއްގައި ނިގުޅައި ގަނެވިގެން ނުވާނެ އެވެ.

ބޭސްފަރުވާ އަށް ރުހުން ދިނުން:

ކޮންމެ ބޭސްފަރުވާ އަކަށްވީ ނަމަވެސް، އެއިން ލިބޭ ގެއްލުމާއި ކުރާނެ މަންފާގެ ފުރިހަމަ މަޢުލޫމާތު ލިބުމަށްފަހު، ވަކި ގޮތަކަށް ޢަމަލުކުރުމަށް މަޖުބޫރު ކުރުވުމެއް ނެތި، ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ނޭދެވޭ ފިޔަވަޅަކާ ކުރިމަތިލާން ޖެހުމެއް ނެތި، އެމީހަކު އެ ބޭސްފަރުވާ އަކަށް ރުހުން ދިނުން ނުވަތަ ނުދިނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްޤެކެވެ. އެމީހެއް ނުވަތަ އެމީހެއްގެ ދަރިޔަކަށް ބޭސްވެރިކަމުގެ ޚިދުމަތެއް ލިބިގަތުމުގައި އެމީހެއްގެ ރުހުން ދިނުމާއި ނުދިނުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެކެވެ. އަދި އެފަދަ ޙިކުމަތަކާ ބެހޭގޮތުން ސުވާލު ކުރުމާއި އެއާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަކީ ވެސް އެމީހަކަށް ލިބިގެންވާ ހައްޤެކެވެ.

އަމިއްލަ ޞިއްޙަތު މުހިންމީ ކީއްވެ؟

Leave a Reply