ދަރިމައިވުން ހުއްޓުވައި އާބާދީ ކޮންޓްރޯލްކުރުމަށް ބޭނުންކުރި ބައެއް ކެމިކަލްތައް

(1) ފްލޮރައިޑް ކެމިކަލް: ބޯ ފެނާއި ދަތް އުނގުޅާ ބޭހުގައި އެކުލެވިގެންވާ

ފްލޮރައިޑް އަކީ ގަސްތުގައި ދަތް އުނގުޅާ ބޭހަށާއި ބޯފެނުގެ ސަޕްލައި އަށް އަޅާފައި ހުންނަ ކެމިކަލް މާއްދާ އެކެވެ. ފްލޮރައިޑް ދަތް އުނގުޅާ ބޭހަށް އެޅީވެސް ރޮކްފެލާއިންގެ ވަރަށް ބޮޑު މަކަރުވެރި ހީލަތްތެރި މަޅިއެއް ގެ ދަށުން ނެވެ.

1950 ގައި އެމެރިކާގެ ފެނުގެ ސަޕްލައި އަށް ފޮލޮރައިޑް ކެމިކަލް އެޅީ ޗޭސް މަންހަޓަން ބެންކާއި އެލުމިނިއަމް ޓްރަސްޓު މެދުވެރިކޮށް ރޮކްފެލާއިން ނެވެ. އޭރު ޕަބްލިކް ހެލްތް ސާވިސްގެ ވެރިއަކަށް ހުރީ އޮސްކާ އީވިންގް އެވެ. އޭނާ އަކީ އެލުމިނިއަމް ކޯޕަރޭޝަންގެ ކުރީގެ އެޓާނީ ކަން ކުރި މީހެކެވެ. މީނާ އަކީ ރޮކްފެލާއިންގެ އިސް އެޖެންޓެކެވެ. ސަރުކާރުގެ ބާރުގެ ދަށުން އެމެރިކާގެ ކޮންމެ ސިޓީއެއްގެ ފެނަށް ފޮލޮރައިޑް އެޅުން މަޖުބޫރު ކުރުމަށް އެލުމިނިއަމް ކޯޕަރޭޝަން އިން އޮސްކާ އީވިން އަށް 775،000 ޑޮލަރުގެ ރިޝްވަތު ދީފައިވާ ކަމަށް 1952 މާޗް 22 ގައި އެމެރިކާގެ ކޮންގްރެސް މެން އެޑޮލްފް މިލާ ހެކި ދައްކާފައި ވެއެވެ. ބޯ ފެނަށް ސޯޑިއަމް ފްލޮރައިޑް އަޅަން ރޮކްފެލާއިން ބޭނުންވެގެން، މިކަން އެމީހުން ކުރީ ސައިންސުގެ ފާދަރަކު ލައްވާ ޙީލަތްތެރިކަމާއެކު ދޮގުވެރި ތަހުލީލެއް ނެރެގެންނެވެ. އެ ތަހުލީލުގައި އޭނާ ބުނެފައިވަނީ 8 އަހަރުން ދަށުގެ ކުދިން ސޯޑިއަމް ފްލޮރައިޑް އަޅައިގެން ފެން ބޮއެފިނަމަ، ދަތް ފަނި ބޮއެ ހަލާކުވެގެން ނުދާނެ ކަމުގަ އެވެ. އެއަށްފަހު ދަތުގެ ޑޮކްޓަރުން މެދުވެރިކޮށް ފްލޮރައިޑް އިން ތައްޔާރުކޮށްފައިވާ ދަތް އުނގުޅާ ބޭސް މުޖުތަމަޢުގައި އިޝްތިހާރުކުރި އެވެ.

1994 ގައި، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތްކުރަމުން، ފްލޮރައިޑް އާއި ބެހޭ ގޮތުން ސްޓަން ފްރެނީ ރިސާޗް ޕޭޕަރެއް ނެރުނެވެ. މި ޕޭޕަރުގެ މައުޟޫ އަކީ “މަތީ ލެވެލް އަކަށް ފްލޮރައިޑް އަޅާފައި ހުންނަށް ބޯފެނަށް ހުށައެޅުމަކީ ދަރިމައިވުމުގެ ރޭޓް ދަށްވުމާއި ގުޅިފައިވާ ކަމެއް” ކަމުގަ އެވެ. މި ޕޭޕަރު ޕަބްލިޝް ކުރެވިފައިވަނީ ޖާނަލް އޮފް ޓޮކްސިކޮލޮޖީ އެންޑް އެންވަޔަރަންމެންޓަލް ހެލްތު ގަ އެވެ. [1]

މި ފަންނީ ހޯދުމުގައި ފްރެނީ ލިޔެފައިވަނީ މިފަދައިން ނެވެ.

A US database of drinking water systems was used to identify index counties with water systems reporting fluoride levels of at least 3ppm (parts per million)…the annual total fertility rate (TFR) for women in the age range 10-49 yr. was calculated for the period 1970-1988…Most regions showed an association of decreasing TFR with increasing fluoride levels”

(2) ބީޕީއޭ ކެމިކަލް: ބޯފެނާއި އެކިއެކި ޕްލާސްޓިކް ފުޅިން ބަންދުކޮށްފައިވާ ބުއިންތަކުގައިވާ

Bisphenol A (BPA)

ބީޕީއޭ ކެމިކަލަކީ ދަރިމައިވުން މަނާކުރާ ބޭހެއް ގޮތުގައި ކެމިސްޓުން ބޭނުންކުރި އެއްޗެކެވެ. އެއަށްފަހު، މިއިން ޕްލާސްޓިކް އުފެއްދިދާނެ ކަން ކެމިސްޓުންނަށް އެނގުމުން އެމީހުންގެ ގިޔަރުތައް ޔޫޖެނިކްގެ އެޖެންޑާގެ ދަށުން ބަދަލުކުރީ ޕްލާސްޓިކް ފުޅި ތައްޔާރު ކުރުމަށެވެ. ގިނަ ޕްލާސްޓިކް ފުޅި ތައްޔާރުކޮށްފައި ހުންނަނީ މި ކެމިކަލުން ނެވެ. ޕްލާސްޓިކް ފުޅީގައި ހުންނަ ފެނާއި ދިޔާ އެއްޗެހީގައި ބީޕީއޭ ކެމިކަލް އެތައް ގުނައަކަށް ހުންނަ ކަން އެމީހުންނަށް އެނގެ އެވެ. ބީޕީއޭ އަކީ އަންހެނުން އަދި ފިރިހެނުންނަށް ވެސް ދަރިން ލިބުމަށް ހުރަސް އަޅާ ކެމިކަލެކެވެ.

ޑރ. އެންތޮނީ ޖޭ ވިދާޅުވެފައިވެ އެވެ. “ބީޕޭއޭ (BPA) ނުވަތަ (Bisphenol A) ބައިސްފިނަލް އޭ: މި އިންޑަސްޓްރިއަލް ކެމިކަލް އެންމެ ފުރަތަމަ ސައިންސުވެރިން (ކެމިސްޓުން) ބޭނުންކުރީ ދަރިމައިވުން މަނާކުރާ (ބާތް ކޮންޓްރޯ) އެއްޗަކަށެވެ. ސަބަބަކީ މި މަސައްކަތް ކުރަނީ އެސްޓްރިޖެން އެއް ގޮތަށެވެ. (އެއަށްފަހު) އެ މީހުންނަށް ބީޕީއޭ އިން ޕްލާސްޓިކް އުފެއްދޭނެކަން އެނގުމުން އެމީހުންގެ ގިޔަރުތައް އެކަމަށް (ޕްލާސްޓިކް އުފެއްދުމަށް) ބަދަލުކުރި އެވެ.”

ދިވެހި ރާއްޖޭގައި ބޭނުންކުރާ ބޯ ފެނުގައި ބީޕީއޭ ލެވެލް ހުރިވަރު ދިރާސާ ކުރެވިފައި ނެތުމަކީ ވަރަށް ދެރަކަމެކެވެ. ރާއްޖޭގައި ފެން ބަންދުކުރަން ބޭނުންކުރާ ފުޅި އަކީ ބީޕީއޭ އިން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނޫނެވެ.

ސްޕެއިންގެ މަޝްހޫރު ޕްރޮފެސަރ އޮސްކާ އެޑްގާޑޯ ވިދާޅުވެފައިވެ އެވެ. ” ބިސްފައިނޮލް އޭ އަކީ ޕެޓްރޯލިއަމް ބޭސްޑް ޑްރަގް އެއް ނުވަތަ ކެމިކަލެކެވެ. މިއީ ޕޮލިކާބޮނޭޓް ފަދަ ހަރު ޕްލާސްޓިކް އުފައްދަން ބޭނުންކުރާ އެއްޗެކެވެ. މިއީ ޕްލާސްޓިކަށް ހަރުކަމާއި، ދެފުށް ފެންނަ ގޮތް މެދުވެރިކުރާ އެއްޗެވެ. އަހަރެމެންގެ ބަދިގެ ތަކާއި އެކި ތަންތަނުގައި ކާއެއްޗެހި ބަންދުކުރަން ބޭނުންކޮށްފައިވާ އެއްޗަކީ ބިސްފައިނޮލް އޭ އެވެ. އަހަރެމެންނަށް ބިސްފައިނޮލް އޭ ފެންނަނީ އެތަނުން އެކަންޏެއް ނޫނެވެ. ބިސްފައިނޮލް އޭ ޕްލާސްޓިކްގައި ހަރުލާފައި ހުންނަކީ ވަރަށް ނިކަމެތި ގޮތަކަށެވެ. އޭގެ މާނައަކީ ހޫނުކަމާއި ދޮންނަ މާއްދާތަކަށް މި ޕްލާސްޓިކް ހުށައެޅުމުން ބިސްފައިނޮލް ބޭރަށް ނުކުމެ ކާއެއްޗިއްސަށް އެޅެ އެވބިސްފައިނޮލް އޭ އަހަރެމެން ހަށިގަނޑަށް އެތެރެ ވުމާއެކު އެ މަސައްކަތް ކުރަނީ އިންޕޯސްޓާ އެއް (ވަގެއްގެ) ގޮތަށެވެ. ހަށިގަނޑުގެ ހޯމޯން އާއި އެއް ވައްތަރު ވެގެންނެވެ. އެސްޓްރޮޖެން އާއި އެއްގޮތް ވެގަނެގެންނެވެ. އެސްޓްރޮޖެން އަކީ އޯވަރީ ގައި އުފައްދާ ހޯމޯން އެކެވެ. ޓެސްޓިކަލްސް އާއި އެހެނިހެން ގްލޭޑްތަކުގައި މިފެންނަނީ ވަރަށް މަދުންނެވެ. އެސްޓްރޮޖެން ހޯމޯން ގުޅިފައިވަނީ ދަރިމައި ވުމާ އެވެ. އެއީ ބަޔޮލޮޖިކަލް ނިޒާމު ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް ވަރަށް މުހިންމު އަދި ސެންސިޓިވް އެއްޗެކެވެ. އެސްޓްރޮޖެން އާއި އޭގެ އަސަރުތަކާއި ޢަމަލު ކޮޕީ ކުރާ އެއްޗެއް ކަމުގައިވާނަ، އެއިން ދަރިމައިވުމުގެ ޕްރޮސެސް ބަދަލުކޮށްލާނެ އެވެ. ތަހުލީލު ތަކުން ވަނީ މި ބިރު ސާބިތުކޮށްދީފަ އެވެ. އަހަރެމެންނަށް އެނގިފައިވާ ގޮތުން ބިސްފައިނޮލް އޭ އަކީ އާންމު ވިހަ ތަކާއި ޚިލާފަށް މަސައްކަތް ކުރާ އެއްޗެކެވެ. އަހަރެމެންނަށް އާންމު ވިހަ އާއި މެދު އެނގިފައިވާ ގޮތަކީ އޭގެ ޑޯޒް މަތިވެއްޖެ ނަމަ ގެއްލުން ކުރާ ކަމެވެ. އެހެނަސް، ބިސްފައިނޮލް އޭ މިގޮތަސް މަސައްކަތް ނުކުރެ އެވެ. މި ވިހަ އަކީ ވަރަށްވެސް މަދު ޑޯޒެއް ގައި މަސައްކަތް ކުރާ އެއްޗެކެވެ. މި މިން ކުރެވެނީ ހޯމޯން އާއި އެއްފަދައިން ޕާޓްސް ޕާ މިލިއަން އަށެވެ. އެސްޓްރޮޖެން އިން ދަރިމައި ކުރުވުމުގެ ނިޒާމް ބޮޑު މީހެއްގެ ހަޔާތުގައި ފުރިހަމައަށް މަސައްކަތް ކުރުމަށް ޕްރޮގުރާމް ކުރާފަދައިން، ބިސްފައިނޮލް އޭ އިން ދަރިމައި ކުރުވާ ނިޒާމް ރީ ޕްރުގުރާމް ކޮށްލަ އެވެ. އެއަށްފަހު، މީހާގެ ހަޔާތުގެ ފަހުކޮޅުގައި އޭނާގެ ދަރިމައިވުމުގެ ނިޒާމް ކުރިން މަސައްކަތްކުރި ފުރިހަމަ ގޮތުގައި މަސައްކަތް ދެނެއް ނުކުރާނެ އެވެ. އެއިން އެ ނިޒާމް ބަލިޖައްސައި ހަލާކުކޮށްލަ އެވެ. ބިސްފައިނޮލް އޭ އެއިން ޓެސްޓިކަލް ގެ މަސައްކަތްތައް ވަގުތުން ދަށް ކޮށްލަ އެވެ. އަދި ސްޕާމް ކައުންޓު ދަށްކޮށްލައެވެ. ބިސްފައިނޮލް އޭ ޕްލާސްޓިކުން ބޭރުކުރުން ހުއްޓުވުމަށްޓަކައި ޕްލާސްޓިކް ފުޅިއާއި ހޫނު އެއް ކުރުން ހުއްޓުވަން ޖެހެ އެވެ. ބިސްފައިނޮލް އޭ އިން ސަލާމަތްވުމަށް ޕްލާސްޓިކްގެ ބަދަލުގައި ސެރަމިކް، ގްލާސް، މެޓަލް ބޭނުން ކުރެވިދާނެ އެވެ. ދަރިމައިނުވާ އަންހެނުންގެ ހަށިހަނޑުގެ ލޭގައި ބިސްފައިނޮލް މަތީ އަދަދަކަށް ހުރިކަން ދަރިމައިކުރުވާ ސެންޓަރުތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާފައިވެ އެވެ.” [2]

(3) ޑީޑީޓީ ކެމިކަލް:

DDT

ނޭޝަނަލް އިންސްޓިޓިއުޓް ފޯ ސޭފްޓީ އެންޑް ހެލްތް ގެ ރިކޯޑުގައިވާ ވާގޮތުން “ޑީޑީޓީ އަކީ އިންސާނުންނަށް ކެންސަރު ޖައްސުވާ” އެއްޗެކެވެ. އަދި ޑީޑީޓީ ބޭނުންކޮށް “ޖަނަވާރުގެ މައްޗަށް ހެދި ތަހުލީލުތަކުން ފެނުނު ގޮތުގައި މި މާއްދާ އަކީ އިންސާނާގެ ދަރަމިކުރުމަށް ވިހަ އަސަރު ކުރުވާ” އެއްޗެކެވެ.

މިހެން މިކަން އޮތް އިރު ޑީޑީޓީ އާއި ޕޯލިއޯ ބައްޔާއި އޭގެ ވެކްސިން ދުނިޔެއަށް ތަޢާރަފު ކުރުމުގެ ފަހަތުގައި އޮތޯ ހަމަ ރޮކްފެލާއިން ނެވެ.

2005 ގައި ކާނިގީ ކައުސިލް ވެބްސައިޓް ގައި ނެރެފައިވާ ލިޔުމުގައިވެ އެވެ. “1946 އާއި 1951 ގެ ދެމެދުގައި، ދި އެމެރިކަން ރޮކްފެލާ ފައުންޑޭޝަން އިން 10،000 ޓަނުގެ ޑީޑީޓީ ސާރްޑިނިއާގެ ޓައުނުތަކާއި، ދަނޑުތަކާއި، ކޯރުތަކަށް އުކާލުމުގެ ހުއްދަ ހޯދި އެވެ.” “މިއީ އެމެރިކާގެ ސިފައިންނާއި އަދި ރޮކްފެލާ ފައުންޑޭޝަން އިން ސަރްޑިނިއާ ރަށުގައި 1946 އާއި 1951 އާއި ދެމެދު ހިންގި ޑީޑީޓީގެ އެންމެ ފުރަތަމަ އެންމެ ބޮޑު ޓްރެއިލް އެވެ. ދި ރޮކްފެލާ ފައުންޑޭޝަންގެ ސަރްޑިނިއާ ޕްރޮޖެކްޓް [3] (1946-1951) ގެ ދަށުން 10،000 ޓަނުގެ ޑީޑީޓީ މިކްޗާ ނިއު ހެމިސްފިއާ ގެ ސައިޒުގެ އޭރިއާ އަކަށް ސުޕްރޭ ކުރަން 32،000 ޑީޑީޓީ ޖަހާ މަސައްކަތްތެރި ބޭނުންކުރި އެވެ.” [4]Carnegie council “The first large-scale DDT trial was organized by the United States Army and the Rockefeller Foundation on the island of Sardinia between 1946 and 1951. The Rockefeller Foundation’s Sardinian Project (1946-51) utilized 32,000 DDT workers to spray 10,000 tons of DDT mixture over an area the size of New Hampshire.”

ސަރްޑިނިއާ ގައި ރޮކްފެލާއިން މި ހަރަކާތް ހިންގީ “މަދިރި ދަރިމައިވުން ހުއްޓުވުމުގެ ހުވަފެން” ދައްކައިގެން އެ ނަމުގަ އެވެ. އާބާދީ ކޮންޓްރޯލް ކުރުމަށް “ދަރިއިމައިވުން” ހުއްޓުވުމަކީ ރޮކްފެލާއިންގެ  ޔޫޖެސިންޓު އެންމެ ބޮޑު އަމާޒު ކަމުގައި މިހާރު ވަންހަނާވެގެން ނުވާނެ އެވެ. ހަޤީޤަތުގައި މި ފިރުއަޢުނުން ހިންގި ކަމަކީ އިންސާނީ ދަރިފަސްކޮޅުގެ ދަރިމައިވުން ހުއްޓުވުމަށްޓަކައި މަދިރީގެ ނަން ވަޞީލަތަކަށް ހަދައި ޑީޑީޓީ ބޭނުންކޮށްގެން އިންސާނުން މަރައި އެމީހުންގެ ދަރިމައިވުން ހުއްޓުވާނެ ތަހުލީލެއް ކުރުމެވެ. މީގައި މި މީހުން އިންސާނުން ބޭނުންކޮށްފައި ވަނީ ލެބޯރަޓަރީ މީދަލެއްގެ ގޮތުގަ އެވެ. މި ތަހުލީލުގެ ހިތި  ނަތީޖާއެއްގެ ގޮތުން 1950 ގެ އަހަރު ތަކުގައި ސަރްޑިނިއާ އަށް ޕޯލިއޯ ވާބަލީގެ ބޮޑު ބަލި މަޑުކަމެއް އައެވެ.

(4) ޖެނެޓިކްލީ މޮޑިފައިޑް އޯގަނިޒަމް ބޭނުންކޮށްގެއް އުފައްދާފައިވާ ކާއެއްޗެހި:

2010 ގައި ރަޝިއާގެ މަޝްހޫރު ބަޔޮލިޖިސްޓުން ވަނީ ޖީއެމްއޯ (ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމް) އިން ތައްޔާރުކޮށްފައިވާ ކާއެއްޗެހީގެ އެކި ބާވަތްތަކުން ތިންވަނަ ދުނިޔޭގައި ދަރިމައި ނުވާ ގޮތް ހެދި ސަބަބެއް ކަމުގައި ވިދާޅުވެފަ އެވެ. އެބޭފުޅުން މިފަދައިން ވިދާޅުވެފައިވަނީ ޖީއެމް ކާއެއްޗެހި ޖަނަވާރު ތަކަށް ދީ ކުރި ދިރާސާތަކުން ދެއްކި ގޮތުން ޖީއެމް ކާއެއްޗެހި ކާންދިން ޖަނަވާރުތައް ނުދޭ އެއްޗާއި އަޅާ ކިޔާ ބަލާލިއިރު އެ އެއްޗެސް ތައް ދަރިމައިވުމުން މަޙުރޫމް ވެގެން ދިޔަކަން އެމީހުން ހެދި ފަންނީ ދިރާސާތަކުން ސާބިތުވުމުން އެއަށް ބިނާކޮށެވެ. ޖީއެމް ފުޑް އަކީ ރޮކްފެލާއިންނާއި ބިލްގޭޓް އެދާއިރާއަކަށް ވަދެފައިވާ އަނެއް ދާއިރާ އެވެ.


[1] Exposure to High Fluoride Concentrations in Drinking Water is Associated With Decreased Birth Rates – Journal of Toxicology and Environmental Health (v.42, pp.109-121, 1994) http://www.ncbi.nlm.nih.gov/pubmed/8169995

[2] https://www.youtube.com/watch?v=EzkLzc0O3dU

[3] The Sardinian project (1949) https://www.youtube.com/watch?v=tS98KYjK9Jw

[4] The Rockefeller Foundation in Sardinia: Pesticide Politics in the Struggle Against Malaria March 28, 2005 https://www.carnegiecouncil.org/publications/articles_papers_reports/5117

One thought on “ދަރިމައިވުން ހުއްޓުވައި އާބާދީ ކޮންޓްރޯލްކުރުމަށް ބޭނުންކުރި ބައެއް ކެމިކަލްތައް

Leave a Reply