އޮސްޓްރޭލިއާގެ ކުއަންޓަސް އެއަރވޭޒް އިން ކޮވިޑް-19 ވެކްސިން ފަސިންޖަރުންނަށް މަޖުބޫރުކުރަން އުޅުމުން ސޯޝަލް މީޑިއާ ރަތަށް!

އޮސްޓްރޭލިއާގެ ކުއަންޓަސް އެއަރވޭޒް އިން ކޮވިޑް-19 ވެކްސިން ފައިންޖަރުންނަށް މަޖުބޫރުކުރަން މަސައްކަތްކުރާ ވާހަކަ މި އެއަރވޭޒްގެ ސީއީއޯ އެލަން ޖޯއިސް އިންޓަވިއުއެއްގައި ބުނުމުން މުޅި ސޯޝަލް މީޑިއާ ރަތަށް އަރައި މި އެއާރވޭޒް ފްލައިޓްތައް ބޮއިކޮޓް ކުރުމަށް ގޮވަން ފަށައިފި އެވެ.

ކުއަންޓަސް އެއަރވޭޒް ސީއީއޯ އާއި “ވެކްސިނެއް ލިބުމުން އެއަރލައިންގެ އެންމެހާ ފަސިންޖަރުން ވެކްސިން ޖެހުން މަޖުބޫރު ކުރާ ނަންތޯ ؟” ބުނެ އޭނާއާއި ސުވާލު ކުރުމުން ބުނެފައިވަނީ “އާނއެކެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ކުރާ މީހުންގެ ޝަރުތުތަކާއި މިންގަނޑުތައް ބަދަލުކުރަން ބަލަމުން އަހަރެމެން މިދަނީ. އެއީ މީހުން އެއަރކްރާފްޓަށް އެރުމުގެ ކުރިން އެމީހުންނަކީ (ކޮވިޑް) ވެކްސިން ޖަހާފައިވާ މީހުންތޯ ކުރިއަށްއޮތްތަނުގައި ސުވާލު ކޮށްގެން” މިފަދައިން ނެވެ.

ކޮވިޑް19 ވައްކަމަކީ ވެކްސިން ޖަހާފައިވާކަމުގެ ސެޓްފިކެޓް ހެއްދުމަށް ހިންގާ ހަރަކާތެއް

COVID އަކީ ދިގުކޮށް (ސީ) ސެޓްފިކެޓް (އޯ) އޮފް (ވީ) ވެކްސިނޭޝަން (އައިޑީ) އައިޑެންޓިފިކޭޝަން އެވެ.

ބިލްގޭޓް ބުނެފައިވާ ފަދައިން މިއީ ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް ޖައްބާރުކަމާއެކު ވެކްސިން ޖަހައި ވިލަރެސްކުރެވޭ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރުމަށް ބޭސްއުފައްދާ ކުންފުނިތަކުން ހިންގާ  ޙީލަތްތެރި ވައްކަމުގެ ވިޔަފާރީގެ ޑިކްޓޭޓަރު ހަރަކާތެކެވެ.

18 މާރޗް 2020 ގައި، ރެޑިޓްގައި އޯޕަންކޮށް ސުވާލު ކުރުމަށް ހުޅުވާލުމުން ކޮވިޑާ ގުޅިގެން މީހަކު ބިލް ގޭޓްސް އާއި ސުވާލު ކުރި އެވެ. “ސޯޝަލް ޑިސްޓެންސިންގ ގާއިމުކުރުމާއެކު ، އިޤްތިޞާދު ހިފެހެއްޓުމަށްޓަކައި ވިޔަފާރި ހިންގާ ގޮތަށް ކޮން ބަދަލެއްތޯ އަހަރެމެން ގެންނަންވީ؟” ޖަވާބުގައި ބިލް ގޭޓްސް ބުނެފައިވެއެވެ. “ކޮވިޑް ބަލި ޖެހި ރަނގަޅުވެފައި ވަނީ ކާކު ކަމާއި، ކައިރި މާޒީއެއް ގައި އެއަށް ޓެސްޓު ކުރެވިފައިވޭތޯ އާއި، ވެކްސިނެއް ލެބޭ އިރު އެ ޖަހާފައިވަނީ ކާކުކަން ދައްކައިދޭ ކޮންމެވެސް ކަހަލަ ޑިޖިޓަލް ސެޓްފިކެޓެއް އެހެންމެ ފަހުން އޮންނާނެ އެވެ.” [20]

މިވައްކަމާ ދެކޮޅަށް މިއަދު ސަލާމަތްބުއްދިހުރި ކޮންމެ އިންސާނެއްމެ ތެދުވެ އަޑުއުފުލަންވެއްޖެ އެވެ.

Qantas boss’ push for ‘no jab, no fly’ rule sparks backlash https://thenewdaily.com.au/life/travel/2020/11/24/qantas-covid-vaccine-backlash/

Leave a Reply