20 ނޮވެންބަރު 2020
ރޮކްފެލާއިންނާ، ޑަބްލިއުއެޗްއޯ އަކީ މުޅި ދުނިޔޭގައި ޕޯލިއޯ ބަލި ފެތުރި އަނިޔާވެރި އެޖެންޓުން
އާނއެކެވެ! ދިވެހި ރާއްޖެއަށް އަދި އެނޫން ޤައުމުތަކަށް ޕޯލިއޯ ވާބަލީގެ ބަލިމަޑުކަން ގެނައުމުގައި ރޮކްފެލާއިން އަދި އެމީހުން ކަނައަތު ފިޔަ ކަމުގައިވާ ޑަބްލިއުއެޗްއޯ ނުވަތަ ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުންގެ ޞިއްޙަތާއި ބެހި ހަދައި، އެބިއުސްކުރާ ޖަމްޢިއްޔާގެ ހީލަތްތެރި އަތް އެންމެ ފުރިހަމައަށް އެބައޮތެވެ. މިއީ ފަހަރެއްގައި މީހަކު ޙައިރާން ކުރަނިވި ވާހަކައަކަށް ވެދާނެ އެވެ. އެހެނަސް، މި ޤަރުނުގައި އިންސާނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމާއި މެދުގައި މި ޖަމާޢަތްތަކުން ކޮށްފައިވާ ވައްކަމާއި ޚިޔާނާތުގެ ޢަމަލުތައް ދަންނަ މީހަކަށް މިކަމަކީ ޚައިރާން ކުރަނިވި ވާހަކައެއް ކަމުގައި ނުވާނެ އެވެ. މި ޖަމާޢަތްތަކަކީ މި ޖަމާޢަތުން އެއް އަތުން ކުރާ ވައްކަމާއި ޚިޔާނާތުގެ ޢަމަލުތައް، އަނެއް އަތައް ނޭނގޭ ފަދައަކުން ވައްކަމާއި ޚިޔާނާތުގެ ޢަމަލުތައް ކުރާ ޔަހޫދީ މާސޫނީ އަނދިރި ދައުލަތެއްގެ ބާރުވެރި ޖަމާޢަތެކެވެ. ވައްކަން ފޮރުވަން ބޭނުންވާ ވަގަކު ވައްކަމެއް ކޮށްފައި ވައްކަމުގެ ވާހަކަ ކިޔައިދޭނެ ހެއްޔެވެ؟ މި ދައްކަނީ އާދައިގެ ޚިޔާނާތެއް ނުވަތަ ވައްކަމެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ މުޅި ދުނިޔޭގެ ފެންވަރުގައި ކޮށްފައިވާ ބޮޑު ވައްކަމަކާއި ޚިޔާނާތެއް ގެ ވާހަކަ އެވެ. މި ވައްކަން ފޮރުވަން މި ޖަމާޢަތާއި އަދި އޭގެ ފަހަތުގައި އޮތް އަނދިރި އަނދިރީގެ ބާރު ކަމުގައިވާ “ދުނިޔޭގެ ޔޫޖެނިސްޓު މަހުޖަނުން” ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަން ތިބާ ދަންނާށެވެ. މި ވައްކަން ފޮރުވަން މިބައިމީހުން އެތަކެއް ބައެއްގެ ދޫ ބަންދު ކުރި އެވެ. އެތަކެއް ދޮގުވެރި ނަޒަރިއްޔާތަކާއި ފުލޯކު ޚުރާފީ ވާހަކަތައް “ސައިންސުވެރިން ނަމުގައި ތިބި ފާދިރީން” މެދުވެރިކޮށް ދުނިޔެއަށް ތަޢާރަފުކުރި އެވެ. މި ވައްކަމާއި ޚިޔާނާތާއި ދެކޮޅަށް ބަސްބުނި އެތަކެއް ސައިންސުވެރިންނާއި ވެރިންނެއް މިބައިމީހުން ޤަތުލުކުރި އެވެ. މި ވާހަކަ ޢާންމުގެ ތެރެއަށް ތިލަ ކުރުމަކީ މި ވާހަކަ ތިލަކުރާ ބައެއްގެ ސަލާމަތަށް ނުރައްކާ ކަމެއް ކަން ދަންނަ ހާލުގައިވެސް މި ކޮރަޕްޝަނާއި ވައްކަން އާންމުގެ ތެރެއަށް ތިލަ ކުރަން އެބަޖެހެ އެވެ. މީހުންގެ ލޯ ބޭސްވެރިކަމުގެ ނަމުގައި ކުރާ އެކިއެކި ވައްކަމުގެ މައްޗަށް ލޯ ހުޅުވައި ދިނުމަށްޓަކަ އެވެ.
ލިޔުން: ޔޫޖެނިކްސް: މީހުން މަރައި ދުނިޔޭގެ އާބާދީ ދުއްވާލުމަށް މަހުޖަނުން ހިންގާ އަނދިރި ހަރަކާތް
ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ޕޯލިއޯ ބަލި އެތެރެކުރުން

ޑަބްލިއު.އެޗް.އޯއިން 2016 ވަނަ އަހަރު “މެލޭރިއާ ފްރީ މޯލްޑިވްސް ނުވަތަ މެލޭރިއާ ނެތް ރާއްޖެ އެއް” ގެނައުމުގެ ނަމުގައި ލިޔުމެއް ތައްޔާރުކޮށް ނެރެފައި ވެއެވެ. މި ލިޔުން އެކުލަވާލީ ރާއްޖޭގެ ޑަބްލިއުއެޗްއޯގެ ގޮނޑިކޮއްކޮ ޑާވިންގެ އިވޮލިއުޝަން ނަޒަރިއްޔާއިން ފާޅުވެގެން އައި ޖަރާސީމު ނަޒަރިއްޔާގެ މެޑިކަލް ބޯއިކަން ކުރާ އަދި ވެކްސިން އިޝްތިހާރު ކުރުމުގެ އެންމެ އިސް ދާދާކަން ކުރުމުގައިވާ ފައިސަލް ނަސީމް އަދި ފާތުމަތް ނަޒްލާ ރަފީޤް ފަދަ ބޭފުޅުންނެވެ. މި ލިޔުމުން ޑަބްލިއު.އެޗް.އޯއިން ޕޯލިއޯ ބަލި ރާއްޖޭގެ ރައްޔިތުންނަށް ޖެއްސި ގޮތާއި، ޙީލަތްތެރިކަމާއެކު ވެކްސިން ވިޔަފާރި ޖެއްސި ގޮތް ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.
މި ލިޔުމުގައިވާ ގޮތުން، ދުނިޔޭގެ ސިއްޙަތާއި ބެހި ހަދައި އެބިއުސް ކުރާ ޖަމްޢިއްޔާ ނުވަތަ ޑަބްލިއު.އެޗް.އޯ ގެ މެންބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 1965 ގަ އެވެ. މެލޭރިއާ (މަދިރި) ނައްތާލުމުގެ ހުވަފެން ދިވެހި ރައްޔިތުންނަށް ދައްކައިގެން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައެޅި އެންމެ ފުރަތަމަ މެޑިކަލް އޮފިސަރު (ޖަރާސީމު ހޯދާ ބޯއީ) ޑރ. ޝަތިޔަންތަން އިސްވެ މެލޭރިއާ ޖަރާސީމު ރާއްޖެއިން ހޯދާކަމަށް ދަޢުވާކޮށް ބިރުވެރިކަން އުފެއްދުމުގެ ސާވޭއެއް މާލެ އަތޮޅުގައި ކުރި އެވެ. އެއަށްފަހު، 23 މެއި 1966 ގައި ދިވެހި ރާއްޖޭގައި މެލޭރިއާ ނައްތާން ކަމަށް ބުނެ ޕޮރުގުރާމެއް ފެއްޓި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރޮކްފެލާއިންގެ ކޮމާންޑުގެ ދަށުން ޑަބްލިޔުއެޗްއޯގެ އެހީގައި ރާއްޖެ ހިޞޯރު ކުރި އިނގިރޭސީންގެ މަނަވަރު ތަކުގައި އެތައް ޓަނެއްގެ ޑީ.ޑީ.ޓީ ކެމިކަލް ރާއްޖެއަށް އެތެރެ ކުރެވުނެވެ. ޑަބްލިއުއެޗްއޯ އިން މި ޕްރޮގުރާމްގައި ސޫފި މަރާ ވިހަ ޑީ.ޑީ.ޓީ ކެމިކަލް ޖަހާނެ ގޮތްތައް ދިވެހިންނަށް ކިޔައިދީ މީހުން ތަމްރީނު ކުރި އެވެ. ޖުލައި 1966 ގައި ޑީ.ޑީ.ޓީ ސުޕްރޭކޮށް ޖަހާނެ އެންމެހައި އާލާތްތައް ހަމަކުރި އެވެ. އެއަށްފަހު މާލެ އަތޮޅާއި ރާއްޖެތެރޭގެ އެކި ރަށްތަކަށް ގޮސް ބުރަކަށީގައި ފުޅި އަޅުވައިގެން ގޭގެއަށް ޑީ.ޑީ.ޓީ ވިހަ ފޮގްކޮށް ސްޕްރޭ ޖެހިއެވެ.
1966 ތަޢާރަފުކުރި މި ޑީ.ޑީ.ޓީ ވިހައިގެ ނަތީޖާއެއްގެ ގޮތުން 1967 ގައި ރާއްޖޭގައި ޕޯލިއޯ ވާބަލި ދިވެހި ރައްޔިތުންގެ މެދުގައި ފެތުރުނެވެ. ގާތްގަނޑަކަށް 300 ދިވެހިން ޕޯލިއޯ ޒަހަރުގެ ޝިކާރައަކަށް ވިއެވެ. ޑަބްލިއު.އެޗް.އޯ އިން ދެން ޖެހި ހީލަތްތެރި މަޅި އަކީ އެމީހުންގެ އެހީގައި ޕޯލި ވެކްސިން ހަމަ އެއަހަރުގައި ތަޢާރަފް ކުރުމެވެ. އެއަށް ފަހު ޑީޑީޓީ ޖެހުން ހުއްޓައި ވެކްސިން އިން ޕޯލިއޯ ވަރަށް ފަސޭހައިން ރާއްޖެއިން ނައްތާލެވުނު ކަމުގައި ޙީލަތްތެރިކަމާއެކު ދެއްކި އެވެ.
“ރާއްޖޭގައި (ޕޯލިއޯ) ވެކްސިން ޖަހަން ފެށީ 1967ގައި ވާބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔުމާ ގުޅިގެންނެވެ. އޭރު މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެކި ފަހަރު މަތިން ވެކްސިން ދިނެވެ. މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ހިންގީ 1976ގަ އެވެ.” (މިހާރު ނޫސް: https://mihaaru.com/report/53478)
ޕޯލިއޯ އަކީ ކޮބާ؟

ޕޯލިއޯ އަށް ދިވެހިން ކިޔާ އުޅޭނީ ވާބައްޔެވެ. ޕޯލިއޯ ނުވަތަ ވާބައްޔަކީ ނުރައްކާތެރި “ވިހައެއް” އިންސާނާގެ ހަށިގަނޑަށް އެތެރެވެ، އެ ވިހަ ނާރުތަކުގެ ނިޒާމަށް ވާޞިލްވެ، އެއަށް ފަހު މި ވަހަ ސިކުނޑިއާއި ސްޕައިނަލް ކޯޑަށް ވާޞިލުވުމުން ކުރިމަތިވާ ކަމެކެވެ. މިއީ އެކި އެކި ވިހަ މާއްދާތަކުން ވާ ކަމެކެވެ. މި ވިހައިގެ އަސަރު ހަށިގަނޑަށް އެތެރެވެފައި ހުރި މިންވަރެއްގެ ބޮޑުކަމާއި ކުޑަ ކަމަކުން އިންސާނާއަށް އެއިން ކުރާ އަސަރު ބޮޑުވެފައި ކުޑަވެ އެވެ. ވިހައިގެ އަސަރު ކުރި މިންވަރު ކުޑަ ނަމަ، ފެންނަ ޢާންމު ޢަލާމާތްތަކުގެ ތެރޭގައި “ވަރުބަލިވެ ވާޅުވުން، ގައިގައި ރިހުން، ބުރަކަށީގައި ރިހުން، ބޭރަށްހިންގުން، ބޮލުގައި ރިހުން، ހުންއައުން، ފައިގެ ކުޑަކަޅުވާގައި ރިހުން، ހަށިގަނޑުގެ އެކި ހިސާބުތަކުގެ މަސްތައް ހަރުއަރައި، ކުރުގެޅި ގުޅަކެއުން، އަތް މަސްތަކުގައި ބީހުމުން ތަދުވުން، ކަނދުރާ ހަރުވުން، ކަރުއެނބުރޭގޮތް ނުވުން، ގައިން ބިހިނެގުން، ހޮނޑުލުން އަދި އަތްފައިގައި ރިހުން ފަދަ އުދަނގޫތައް” ހިމެނެ އެވެ.
ވިހައިގެ އަސަރު ބޮޑުނަމަ، ދެ އަތާއި ދެފައި އަދި އެނޫންވެސް ގުނަވަންތައް ވާވެ، ގުނަވަންތައް އައިބުވެ، ގުނަވަންތަކުގެ ވާގިނެތި، ގުނަވަންތައް ފުރިހަމަ ގޮތުގައި މަސައްކަތް ކުރުން ހުއްޓޭ ގޮތްވެ އެވެ. މި ހާލަތުގައި ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި، ރަގަޅަށް އިހުސާސް ނުކުރެވުން، ނުވަތަ އިހުސާސް ދަށްވުން، ބަނޑު ފުރިފައި ހުންނަހެން ހީވުން، ބަނޑުހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، ނޭވާލާން ދަތިވުން، ފަހަރުވާނުދެވި، ކުޑަކަމުދާން ދަތިވެ، ކުޑަކަމު ނަޖިސް ހަށިގަނޑުގައި ޖަމާވުން، އަނގައިން ކުޅު ފޭބުން ، ތަކުރާރުކޮށް ހުންއައުން، ބޮލުގައި ރިހުން، މިޒާޖަށް ބަދަލުއައުން، މަސްތަކުގައި ރިހުން، ކަނދުރާ، ކުޑަކަޅުވާ އަދި ބުރަކަށީގެ މަސްތަކުގެ މަސްގުޅަކެއުން، ކަނދުރާ ހަރުވުން، ކަރު އެނބުރޭގޮތް ނުވުން، އަދި ހަށިގަނޑުގެ މަސްތަކުގެ ބާރުދޫވެ، ވާގިނެތުން ހިމެނެއެވެ. މިހެންވުމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދުމުގައި ތަބީޢީ ގޮތުން ހުންނަ ރިފްލެކްސް ތައް ނެތިދެއެވެ. އާދަޔާ ޚިލާފަށް މަސްތަކަށް ތަދުވެ، ހަރު އަރައި، ކުރު ގެޅި ގުޅަކާގޮތް ވެއެވެ. އަތްފައި ދޫވެ، ބާރުނެތިގެން ދެއެވެ.
މި ވިހަ ހަށިގަނޑަށް އެތެރެވާ ގޮތްތަކުގެ ތެރޭގައި ނޭވާލާ ނިޒާމުން މި ވިހަ ނޭވާގެ ގޮތުގައި އެތެރެވުން ނުވަތަ މި ވިހަ ހުރި އެއްޗެއް ކައިގެން މި ވިހަ ހަޖަމުކުރާ ނިޒާމުން އެތެރެވުން ނުވަތަ ސީދާ އިންޖެކްޝަނަކަށް ވިހަ އަޅައިގެން (މިސާލަކަށް ވެކްސިނެއް) ޖެހުންވެސް ހިމެނެ އެވެ. މިހާރު ޕޯލިއޯ އެންމެ ގިނައިން ފެންނަނީ އިންޑިއާ އަދި ޕާކިސްތާނު އެކި ހިސާބު ތަކުން ނެވެ. ޕޯލިއޯ ވެކްސިން ދީގެން އޭގައި ހުންނަ ވިހަ އަކުން ޖެހޭ ޕޯލިއޯ އަށް “ވެކްސިން-ޑްރައިވްޑް” ޕޯލިއޯ މިނަން ދެވިފައިވެ އެވެ. މިހާރު އިންޑިއާ ޕާކިސްތާނުގައި ފާޅުވެގެން އުޅޭ ޕޯލިއޯ ގައި ވެކްސިން ޖަހައިގެން އެއިން ފޯލިއޯ ވާބަލި ޖެހުނު މީހުން ފެނިފައިވާ ކަމުގައި ޚުދު ޑަބްލިއު އެޗްއޯ ވަނީ އެމީހުންގެ ވެބްސައިޓުގައި އެއްބަސްވެފަ އެވެ. މިހާރު ޑީޑީޓީ އުފައްދާ ހަމައެކަނި ގައުމެއް ކަމުގައި އެނގިގެންވާ ގައުމަކީ އިންޑިއާ އެވެ. އިންޑިއާގައި އޮތް ޕޯލިއޯއާއި ޑީޑީޓީ އާއި އަދި ވެކްސިނާ ވަރަށް ބޮޑު ގުޅުމެއް އެބަ އޮތެވެ. ޕޯލިއޯ ވެކްސިން އިން ޕޯލިއޯ ބަލި ފެތުރޭ ކަމަކީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. މިއަހަރު ސެޕްޓެންބަރުގައި ސޫދާންގައި ޕޯލިއޯ ބަލި ފެތުރިގެން އުޅެނީ އޯރަލް ޕޯލިއޯ ވެކްސިނުން ކަމުގައި ޔޫއެން އަދި ޑަބްލިއުއެޗްއޯ އިއުތިރާފުވެ ބަޔާނެއް އެމީހުންގެ ވެބްސައިޓްގައި ނެރެފަ އެވެ. (ސޫދާންގައި ޕޯލިއޯ ބަލި ފެތުރިގެން އުޅެނީ ޕޯލިއޯ ވެކްސިނުން ކަމުގައި ޔޫއެން އަދި ޑަބްލިއުއެޗްއޯ އިން ބުނެފި https://amillasihhath.wordpress.com/2020/11/19/sudan-gai-polio-vaccine-in-polio/)
ޑީޑީޓީ އާއި އޭގެ ކެމިސްޓްރީގެ ތާރީޚު

ޤުދުރަތީ ކެމިކަލް މާއްދާތަކާއި އޭގެ އެކަތި އަނެކައްޗާއި އެއްކުރުމުން އުފެދޭ އެހެން މާއްދާތަކާއި ބެހޭ ގޮތުން ކިޔަވާ ފަންނު ކަމުގައިވާ “ކެމިސްޓްރީ” 1700 ގެ އަހަރުތަކުގައި މަޝްހޫރުވެ މި ފަންނުގެ އަލީގައި އެކިއެކި ކެމިކަލް މާއްދާތައް އީޖާދު ކުރެވެން ފެއްޓުނެވެ. ކެމިސްޓްރީ ބޭނުންކޮށް އިންސާނިއްޔަތަށް ގެނައި އަނިޔާވެރިކަމުގެ ނަޒަރުން ބަލާއިރު ކެމިސްޓްރީ ފަންނު ވެގެން ގޮސްފައިވަނީ ދުނިޔެއަށް އުފަން ކުރި ލައުނަތް ލެއްވިގެންވާ ބޮޑު އެބޯމިނޭޝަން (ނުވަތަ ހަރާން ދަރި) އެއް ކަމުގަ އެވެ. ކެމިސްޓްރީން އުފަންކުރި އެބޯމިނޭޝަން ތަކުގެ ތެރެއިން އެކައްޗަކީ ޑީޑީޓީ އެވެ. އެބޯމިނޭޝަން އޭ މި ކިޔަނީ އެއިން އެތަކެއް މައުސޫމް އިންސާނުންނެއް ނުހައްޤުން ޤަތުލު ކޮށްފަ ވާތީ އެވެ.
ޑީޑީޓީ ނުވަތަ ޑައިކްލޯރޯ ޑައިފެނަލް ޓްރައިކްލޯރޯ އީތެން ކިޔާ މި ކެމިކަލް ގެ ތާރީޚަށް ބަލާއިރު، މި ދިގު ނަމުގައި އެކުލެވިގެންވާ އެކިއެކި ކެމިކަލް މާއްދާތައް އެއްކޮށް މި އުފައްދާނެ ގޮތް ފުރަތަ ހޯދި ކަމުގައި ބުނެވެނީ 1874 ގައި އޮސްޓްރޭލިއާ ކެމިސްޓެއް އަދި ބޭސް އުފައްދާ ފާމަސިސްޓެއް ކަމުގައިވާ އޮތްމާ ޒެއިޑްލާ އެވެ. އޭރުއްސުރެ ޑީޑީޓީ އެކި ބޭނުންތަކަށް ބޭނުން ކުރެވެމުން އައެވެ. ޑީޑީޓީ އަކީ އެއިން ސޫފާސޫފި މަރާލެވޭ “ޕެސްޓިސައިޑެއް” ކަން 1939 ވަނަ އަހަރު ހޯދީ ޕައުލް ހާމާން މުލާ ކިޔާ ކެމިސްޓެއް އަދި ބޭސް އުފައްދާ ފާމަސިސްޓެކެވެ.
އެއަށްފަހު ޑީޑީޓީ އަކީ ސޫފާސޫފި މެރުމަށް ޕެސްޓިސައިޑް ނުވަތަ އިންސެކްޓިސައިޑް ގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކާއި ބޭނުން ކުރެވެން ފެއްޓުވެ.
1945 ގައި އެމެރިކާގައި ޑީޑީޓީ އުފައްދާ ކާރުޚާނާތައް ބިނާކޮށް އާންމު މީހުންނަށް ޑީޑީޓީ ލިބޭނެ ގޮތް ހަދައި ދެވުނެވެ. އަދި ޑީޑީޓީގެ އިޝްތިހާރުތައް ޑޮކްޓަރުންނާއި ސައިންސުވެރިން ބޭނުންކޮށް ނޫސް ޕޭޕަރު ތަކާއި ޓީވީތަކުގައި ދައްކައި އިޝްތިހާރުކޮށް އެއީ ބޭނުންކުރަން ރައްކައުތެރި އެއްޗެއް ކަމުގައި އާންމު ރައްޔިތުންނަށް ސަރުކާރުގެ ޞިއްޙީ އިދާރާތަކުންނާއި ބޭސް އުފައްދާ ކުންފުނިތަކުން ވިސްނައިދިނެވެ. އެއަށްފަހު ޑީޑީޓީ އަކީ ސަރުކާރުގެ އިންސްޕެކްޓަރުން އިސްވެ މެހި ފަދަ ސޫފިތައް މެރުމަށް ޓަކައި ޖެހުމަށް ދަނޑުވެރިންނާއި ނައަމްސޫފި ގެންގުޅޭ މީހުން ޤާނޫނީ ގޮތުން ލާޒިމުކޮށް މަޖުބޫރުކުރުވި އެއްޗެއް ކަމުގައި ވެގެން ދިޔަ އެވެ.

1945 ގައި ޑީޑީޓީ އާންމު ރައްޔިތުންނަށް ވިއްކައި ޑީޑީޓޭ ބޭނުންކުރަން ފެއްޓުމުން އެމީހުންގެ ދަރިންނާއި އެމީހުންނަށް ޕޯލިއޯ ވާބަލި ޖެހުމުން އަނެއްކާވެސް ޕޯލިއޯ ނައްތާލަން ކަމުގައި ބުނެ 1946 ވަނަ އަހަރު އެމެރިކާގެ ސެން އަންޓޭނިއޯ ޓެކްސެސްގައި އަނެއްކާވެސް ޑީޑީޓީ ޖެހުމުގެ ކެންޕެއިން ކުރިއަށް ގެންދާތަން ފެންނަ ވީޑިއޯ އެއް
1946 – މި އަހަރުގައި ޑީޑީޓީ ބަލިމަޑުކަން އާންމުވެފައި އޮވާ ޑރ. ޒިމަރމަން ޑީޑީޓީގެ %5 ސޮލިއުޝަން އެއް ގެރިބަކަރިއަށް (ގެރިރާއި، އެ ބޯ ފެނާއި ކާއެއްޗެއްސަށް) ޖެހުމަށް އެންގި އެވެ. (et al, DDT: Killer of Killers )

1947 – ޑީޑީޓީ އަކީ އޭގެ ރައްކާތެރިކަމުން ކާލެވޭ އެއްޗެއް ކަމުގައި ދައްކައި އިނގިރޭސި މެޑިކަލް އޮފިސަރުން ކުރި ކެންޕެއިންތައް
1962 ގައި ބަޔޮލޮޖިސްޓު ރެއިޗަލް ކާރސަން ޑީޑީޓީ ގެ ނުރައްކާތެރި އަސަރާއި ބެހޭގޮތުން “ސައިލެންޓް ސްޕްރިންގ” ފޮތް ނެރުމާ އެކު އެމެރިކާގެ ރައްތިތުންގެ މެދުގައި ބޮޑު އަޑުފައްގަނޑެއް ގުގުމާލި އެވެ. މި ބޭފުޅާގެ ފޮތުގައި ޑޮކިއުމެންޓް ކޮށްފައިވާ ޑީޑީޓީ އަނިޔާގެ ކޭސްތަކުގެ ތެރެއިން ޔުނިވާސިޓީ އޮފް މިޗިގަން ގެ ކެމްޕަހުގައި ހުރި ޔޫރަޕިއަން ރޮބިން ކިޔާ ދޫނި ތަކަކަށް ޑީޑީޓީން ކުރި އަނިޔާ ޑޮކިއުމެންޓު ކޮށްފައިވަނި ކޮށެވެ. 1954 ގައި ރުއްމަޑިއާއި ދެކޮޅަށް އެތަނުގައި ޑީޑީޓީ ބޭނުން ކުރެވުނެވެ. 1955 އަށް އައިއިރު އެނަތުގައި ހުރި އެތަކެއް ދޫންޏެއް މަރުވިއެވެ. (ޑީޑީޓީ އިން ކޮންޓަމިނޭޓް ވެފައިވާ 11 ކިލާފަނި ކާލައިފި ނަމަ ދޫންޏެއް މަރުވެ އެވެ.) އަދި، މިއަށްވުރެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކީ 1965 އާއި ހަމައަށް އައި އިރު ކެންޕަހުގައި ތިބި ދޫނިތައް ދަރިމައިނުވާ އެއްޗެހި ތަކަކަށް ބަދަލު ވެއްޖެ އެވެ.
މި ފޮތުގައި ރެއިޗަލް އެވަނީ އެންމެ ފުރަތަމަ ހޯދުނު އެއް “އެންޑޮ ކްރައިން ޑިސްޓްރަޕްޓާ” ފާހަގަ ކޮށްފަ އެވެ. މެޑިކަލް ބަހުރުވައިގައި އެންޑޮކްރައިން ކިޔަނީ ހޯރމޯން ރެގިއުލޭޓް ކުރާ ނިޒާމަށެވެ. އެންޑޮކްރައިން ޑިސްޓްރަޕްޓާސް އަކީ ހޯރމޯންގެ ނިޒާމް (ނުވަތަ އެންޑޮކްރައިން) ނިޒާމް އަށް އަސަރު ކުރުވައި އަނިޔާދީ ބަދަލު ގެންނަ ކެމިކަލް ކޮންޕައުންޑު ތަކެވެ.
އެންވެޔޮންމެންޓަލް ޕްރްޓެކްޝަން އެޖެންސީ އުފައްދަން މަޖުބޫރުވުން

މި އެންމެހައި ކަންތައްތަކަށް ފަހުގައި، 2 ޑިސެންބަރު 1970 ގައި އެމެރިކާގައި “އެންވެޔޮންމެންޓަލް ޕްރްޓެކްޝަން އެޖެންސީ” (އީޕީއޭ) ނަމުގައި އެޖެންސީ އެއް އުފައްދަން ޖެހި މަޖުބޫރުވެ މި އެޖެންސީ އުފައްދައި، ޑީޑީޓީ ދަނޑުވެރިކަމުގައި ބޭނުން ކުރުން 1972 ގައި އެންމެ ފަހުން މަނާ ކުރެވުނެވެ.
މިއަށް ފަހު 22 މެއި 2001 ގައި “ސްޓޮކްހޮލްމް ކޮންވެންޝަން” އެއްބަސްވުމުގެ ދަށުން 127 ގައުމެއްގެ ވޯޓާ އެކު ބޭނުންކުރަން މަނާ ކުރެވުނު 12 މާއްދާ އަކާއި އެކު ޑީޑީޓީ ބޭނުން ކުރަން މަނާ ކުރަން ދުނިޔޭގެ ޤައުމުތަކުން އެއްބަސްވި އެވެ. މި އެއްބަސްވުން ތަންފީޒު ކުރީ މެއި 2004 ގަ އެވެ. ކެމިކަލް އިންޑަސްޓްރީން އުފެއްދި ޑީޑީޓީ ފަދަ ނުރައްކާތެރި ކެމިކަލާއި މެދު ފިޔަވަޅު އެޅުމަށް ޤައުމުތަކުގެ ރެގިއުލޭޓަރީ އެޖެންސީތަކަށް 40 އަހަރު ނެގި އިރު، ރެގިއުލޭޓަރީ އެޖެންސީތަކުން ފިޔަވަޅު އަޅަން ދެނޭ ކިޔާފައި އޭގެ ނުރައްކަލުގެ ވާހަކަ ނުދައްކާ ތިބެވެން ނެތް ކަން މި ހާދިސާއިން ވެސް އެނގެ އެވެ. އެހެނީ، ރެގުލޭޓަރީ އެޖެންސީތަކުން ކަންތައްތައް ނިންމުމަކާއި ހަމައައް އަންނަ އިރު ވެއްޓާއި ޢާންމު ރައްޔިތުންނަށް އޮންނަނީ ވާނެ އަނިޔާއެއް ވެ ނިމިފަ އެވެ. ކެމިކަލް އިންޑަސްޓްރީގެ ބާރު ހަޤީޤަތުގައި ސަރުކާރުގެ އެޖެންސީތަކައްވުރެ ބާރު ގަދަ އެވެ. އެހެންވެފައިވަނީ، މިފަދަ އެޖެންސީތައް ވަނީ އެމީހުންގެ މުށުގެ ދަށަށް މާކުރީއްސުރެ ގެނެސްފައިކަމަށް ވުމުން ނެވެ.
ޑީޑީޓީ އަކީ ޕޯލިއޯ ވާބަލި ޖެހައްސާ އެއް ކެމިކަލް
ޑީޑީޓީ އިން މެހި ވާބަލި ޖައްސައި މަރާލާ ގޮތް ދައްކައިދޭ ވީޑިއޯ އެއް ( 1946 ގެ ޑޫމްސްޑޭ ފޯ ޕެސްޓު ޑޮކިއުމެންޓްރީ އިން ނެގިފައި)
މަތީގައިވާ ވީޑިއޯ އިން ފެނިގެންދަނީ މެހީގެ ފަޔަށް ސީދާ ވާބަލި ޖެހި ވެގެން ދާގޮތް ފެނިގެން ދާތަނެވެ. މިއީ އިންސާނުންނަށް ވެސް މިއިން ވާބަލި ޖެހޭ ގޮތެވެ. މެހި ނައްތާން ޑީޑީޓީ ޖެހީ މެހިން ޕޯލިއޯ އަދި އެނޫންވެސް ބަލި ފެތުރޭ ކަމުގައި ކުރި ދަޢުވާއެއްގެ މައްޗަށް ބިނާ ކޮށެވެ. 10އާއި 20 ދެމެދުގެ ބަލިތަކެއް މެހިން ފަތުރޭ ބަލިތަކެއް ކަމުގައި އޭރު ދެކެވުނެވެ.
1916 ގެ ޕޯލިއޯ އެޕެޑެމިކް ގެ އެންމެ ފުރަތަމަ ކޭސްއަށް ނަޒަރު ހިންގާލާއިރު މި ހަޤީޤަތް ވަރަށް ބޮޑަށް ހާމަވެގެން ދެ އެވެ. އެންމެ ފުރަތަމަ ޕޯލިއޯ ކޭސްގައި ފެނިގެންދިޔައީ އަންހެނުންގެ ޖަމާޢަތަކުން އެ މީހުންގެ ވާވެފައިވާ ދަރިންތަކެއް ގޮވައިގެން އެމެރިކާގެ “ނިއުޔޯކް ސިޓީގެ ހިލޭ ކިރު ބަހާ” ސްޓޭޝަން ބޭރުގައި ވަނިކޮށެވެ. ހިލޭ ކިރު ބަހާ ސްޓޭޝަން އަކީ އޭރުގައި އޮތް ޞިއްޙީ ނިޒާމުގައި ރަޖިސްޓްރީ ކުރުމުން ޢާންމު ރައްޔިތުންނަށް ހިލޭ ކިރު ބަހާ ހެލްތް ކްލިނިކް ތަކެވެ. ކިރަކީ ތެލާއި ފެނުން ތައްޔާރު ކުރެވިފައިވާ ވަރަށް ޚާއްސަ ކެމިކަލް އެކެވެ. ކިރަކީ އެގްރި ކެމިކަލް ޕޮލިއުޓެންޓެއް ފަތުރަން ފުރިހަމަ ކެރިއާ އެކެވެ. އެހެންކަމުން ކިރަށް ޑީޑީޓީ ފަދަ ކެމިކަލްތައް ވަރަށް ފަސޭހައިން އެއް ކޮށްލެވެއެވެ. ކިރަކީ ޑީޑީޓީ ފަދަ ކެމިކަލްތައް އިންސާނުންނަށް ފެތުރުމުގެ އިސް އެއް ޒަރީއާ އެކެވެ.
ޑީޑީޓީގެ ފާމަކޮލޮޖީ ކިޔެވި ސައިންސުވެރިން ނާއި ޑޮކްޓަރުންވަނީ ޑީޑީޓީން ޕޯލިއޯ ނުވަތަ ވާބަލި ޖެހޭކަން ދިރާސާތަކުގެ އަލީގައި ހެއްކާއި ޤަރީނާއެކު ދައްކާފަ އެވެ. ފާމަކޮލޮޖީ އަކީ ދިރުންތަކުގެ ނިޒާމުތަކާއި ހަށިތަކަށް ޑްރަގް ނުވަތަ ބޭހުގެ މާއްދާތަކުން ކުރާ އަސަރާއި ބެހޭ ގޮތުން ކިޔަވާ ފަންނެވެ. މި ފަންނުގެ އަލީގައި ސައިންސުވެރިން ވަނީ ޑީޑީޓީ ފަދަ ޕެސްޓިސައިޑުން ޕޯލިއޯ ޖެހޭކަން އިންކާރު ނުކުރެވޭނޭ ފަދަ ހެއްކާއި ޤަރީނާ އެކު ދައްކާފަ އެވެ.

ޑީޑީޓީން ޕޯލިއޯ ވާބަލި ޖެހޭކަން އެންމެ ފުރަތަމަ އެނގިގެން ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅުގައި އެމެރިކާ ސިފައިންގެ ފައުޖުތަކުގައި ޑީޑީޓީ ސުޕްރޭ ކުރުމުން އެމީހުންނަށް ޕޯލިއޯ ޖެހުމުން ނެވެ. ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި އަލްބަރޓް ސޭބިން ވަނީ މި ވާހަކަ ރިޕޯޓުކޮށްފައިވެ އެވެ. އޭނާ ލިޔެފައިވާ ގޮތުން “ދެވަނަ ބޮޑު ހަނގުރާމަ ނިމު ދުވަސްކޮޅު (1940-1945 ގެ އަހަރުތަކުގައި) ފިލިޕިންސުގެ މިލިޓަރީ ކޭންޕުތަކުގައިތިބި އެމެރިކާ ސިފައިން ސޫފާސޫފި މެރުމަށްޓަކައި ކޮންމެ ދުވަހަކު ޑީޑީޓީ ސުޕްރޭކުރަން ފެއްޓި އެވެ. އެއަށްފަހު، ޕޯލިއޯ ޖެހެގެން ސިފައި މަރުވުން ވެގެން ދިޔައީ ހަނގުރާމައަށް ފަހުގައި އެންމެ ގިނައިން މި ކޭންޕު ތަކުގައިތިބި ސިފައިން މަރުވި ސަބަބު ކަމުގަ އެވެ. އަދި ސިފައިން އުޅުނު ހިސާބުގައި ސުޕްރޭ ނުޖަހާ އަވައްޓެރި އާބާދީތަކުގައި ޕޯލިއޯގެ އެއްވެސް އަސަރެއް ފެނިފައިވުވާކަން” ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

1944 ގައި، އެމެރިކާގެ ފެޑެރަލް ރިސާޗް ސެންޓަރ ކަމުގައިވާ ދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ރިޕޯޓްކޮށްފައިވާ ގޮތުން ޑީޑީޓީ އިން ސްޕައިނަލް ކޯޑްގައި ގެއްލުންދޭ ބައި ކަމުގައިވާ “އެންޓީރިއާ ހޯރން ސެލްސް” އަކީ ހަމަ އިންފެންޓައިލް ޕެރަލިސިސް (ކުޑަކުދިންގެ ޕޯލިއޯ) ގައިވެސް ގެއްލުންދޭ ތަނެވެ.

ޑރ. މޯރޓޮން ބިސްކިންޑް (M.D. މެޑިކަލް ޑޮކްޓަރު) ވަނީ 1949 ގައި މި ވާހަކަ ވިދާޅުވެފަ އެވެ. “ޑީޑީޓީ އިން ޖަނަވާރުގެ ސްޕައިނަލް ކޯރޑް އަށް ކުރާ އަނިޔާ އިންސާނުންނަށް ކުރާ އަނިޔާއަށް އެއްގޮތެވެ.” ހަމަ މި އަހަރުގައި ޖަރުމަނުގެ ޑރ. ޑަނިއެއް ޑްރެސްޑެން ހޯދާފައިވާ ގޮތުން ޑީޑީޓީ ވިހަ ވުމުގެ ސަބަބުން “މައި ނާރުގެ ނިޒާމަށް ޑީޖެނެރޭޝަން އަނިޔާއެއް” ކުރިމަތިކުރުވާކަން ހޯދާފައިވެ އެވެ.
1945 ގައި، ޑީޑީޓީ ވިހަވުމާއި މެދު (The Toxicity of D.D.T) ހޯދާފައިވާ މި (Br Med J. 1945 Jun 23; 1(4407): 865–871.) ހޯދުމުގައި ޑީޑީޓީ އަކީ އިންސާނާގެ ސިކުނޑީގެ އެންޓީރީއާ ހޯން ސްޕައިނަލް ކޯޑް (ނާރުގެ ނިޒާމް ގުޅިފައިވާ މައި ބައެއް) ހަލާކުކޮށް، ނޭވާލާ ނިޒާމު ފެއިލްކޮށް، މަސަލް ސްޕާސަމް (މަސްގަނޑު ގުޅަގަތުން) މެދުވެރިކޮށް، ފްލަސިޑް ޕެރަލިސިސް (Anterior Horn Spinal Damage, Respiratory Failure, Spasm, Flaccid Paralisis) ފަދަ ކަންކަން މެދުވެރިކުރުވާ އެއްޗެއްކަން ބަޔާންކޮށްފައިވެ އެވެ. މި އާލާމާތްތަކަކީ ހައްތަހާވެސް ޕޯލިއޯގެ ޢަލާމާތްތަކެވެ.
https://www.ncbi.nlm.nih.gov/pmc/articles/PMC2057789

ޕޯލިއޯ ފަދަ ނާރުގެ ބަލިތައް ޖެހިފައިތިބި 200 އަށް ވުރެ ގިނަ ބަލި މީހުންނަށް، އެންވެރޮންމެންޓަލް ސައިންޓިސްޓު ޑރ. މޯރޓޮން ބިސްކިންޑް ފަރުވާދީފައިވެ އެވެ. އެ ގޮތުން ފަރުވާ ލިބުނު އެތައް ބަލި ބަލިމީހުންނަށް ފަރުވާ ލިބުނީ އެމީހުން ބޭނުންކުރަމުން އައި (ޑީޑީޓީ ފަދަ) ޕެސްޓިސައިޑް ކޮންޓަމިނޭޓްވެފައި ހުރި ކާއެއްޗެހި ކެއުމުން ދުރުހެލުވުން ކަމުގައި އޭނާ ހޯދާފައިވެ އެވެ. ޚާއްސަ ގޮތެއްގައި ޑީޑީޓީ އިން ކޮންޓަމިނޭޓް ވެފައިހުރި ކިރާއި ކިރުގެ އުފެއްދުންތަކުން ދުރުހެލިވުމަކީ ޑީޑީޓީ ވިވަވުމުން ސަލާމަތްވާ އޮތް މަގެކެވެ. އެގޮތުން ނިއުޔޯކް ގައި ވިއްކާ ބަޓަރުގައިވެސް އެތައް ގުނައަކަށް މަތިން ޑީޑީޓީ ހުރިކަން އޭނާ ހޯދައި މި މިޢުލޫމާތު ޢާންމު ކުރި އެވެ.
Ralph R. Scobey, M.D., “Is The Public Health Law Responsible For The Poliomyelitis Mystery?” Archives of Pediatrics, Vol 68, p220 (May, 1951) “In 1907, [during] an epidemic of poliomyelitis… no infant who was fed exclusively on the breast developed poliomyelitis.”
އެއަށްފަހު، ޑރ. ބިސްކިންޑް ވިދާޅުވެފައިވެ އެވެ. “ޑީޑީޓީ އަކީ ހަމުގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވެ، ބޮޑީ ފެޓްގައި ޖަމަޢަވެ، ޖަނަވާރުގެ ކިރުގައިވެސް ފެނިގެންދާ އެއްޗެއްކަން 1945 ވަނީ ރަސްމީ ހޯދުންތަކުން އެނގިފަ އެވެ. އެހެނަސް، މިހާރު ޑީޑީޓީ ސުޕްރޭ ނަޢަމްސޫފި ތަކަށް ޖެހުމަކީ އެންމެން ކުރާ (ވަރަށް ނޭދެވޭ) ކަމެކެވެ. އެއީ ޑީޑީޓީ އަކީ އެންމެހައި ޖަނަވާރުތަކަށް ނުރައްކާ ވިހައެއް ކަމީ ހަޤީޤަތެއް ކަމުގައި ވީއިރުވެސް، ޑީޑީޓީ އަކީ އިންސާނުންނަށް ކޮންމެ މިނަކަށްވެސް ރައްކާތެރިއެއްޗެއް ކަމުގައި ދެކޭ ދޮގު ވިސްނުން (މައިތް) ވަނީ އާންމު ރައްޔިތުންގެ މެދުގައި މަޝްހޫރު ތެދެއް ކަމުގައި ހަދާފަ އެވެ.”
“1945 ގައި ޑީޑީޓީގެ ފާމަކޮލޮޖީ ދިރާސާކުރި އިންވެސްޓިގޭޓަރުން ވަނީ ޑީޑީޓީ އަކީ އެންމެހައި ދިރުންތަކެއްގެ މައްޗަށް ނުރައްކާތެރި އެއްޗެއް ކަމުގައި ހޯދާފައެވެ. މި މީހުންގެ އިރުޝާދާއި ނަޞޭހަތާއި ދެކޮޅަށް އެމެރިކާ އަދި އެހެނިހެން ޤައުމުތަކުގައި އާންމު ބޭނުންތަކަށް ޕެސްޓިސައިޑެއް ގޮތުގައި ބޭނުންކުރުމަށް ޑީޑީޓީ ނެރެވުނެވެ.”
އަދި ޑރ. ބިސްކައިންޑް ވިދާޅުވެފައިވެ އެވެ. “ޑީޑީޓީން ކުރާ އަނިޔާގެ ސަބަބުން ފެނެނަ ޢަލާމާތްތަކާއި ޕޯލިއޯގައި ފެންނަ ޢަލާމާތްތަކާއި އެވެސް ތަފާތުކަމެއް ނެތެވެ.” 1949، ޑީޑީޓީ ޕޮއިސަނިން އެންޑަ ދަ އެލުސިވް ވައިރަސް އެކްސް

އަދި އެއަށްފަހު، 1951 ގައި ޕޯލިއޯ ކިޔާ ބަލި މި ޖެހެނީ ޑީ.ޑީ.ޓީ އިން ކަމުގައި އެމެރިކާގެ ކޮންގްރެސް ގައި ޑރ. ސްކޯބީ އަދި ޑރ. ބިސްކިންޑް ޓެސްޓިފައިކޮށް ހެކިދިނެވެ.
ނޭޝަނަލް އިންސްޓިޓިއުޓް ފޯ ސޭފްޓީ އެންޑް ހެލްތް ގެ ރިކޯޑުގައިވާ ވާގޮތުން “ޑީޑީޓީ އަކީ އިންސާނުންނަށް ކެންސަރު ޖައްސުވާ” އެއްޗެކެވެ. އަދި ޑީޑީޓީ ބޭނުންކޮށް “ޖަނަވާރުގެ މައްޗަށް ހެދި ތަހުލީލުތަކުން ފެނުނު ގޮތުގައި މި މާއްދާ އަކީ އިންސާނާގެ ދަރަމިކުރުމަށް ވިހަ އަސަރު ކުރުވާ” އެއްޗެކެވެ.
ޑީޑީޓީ، ޕޯލިއޯ އަދި ޕޯލިއޯ ވެކްސިން ދުނިޔެއަށް ތަޢާރަފް ކުރުމުގެ ފަހަތުގައި އޮތީ ޔޫޖެނިސްޓު ރޮކްފެލާއިން
ޑީޑީޓީ އާއި ޕޯލިއޯ ބައްޔާއި އޭގެ ވެކްސިން ދުނިޔެއަށް ތަޢާރަފު ކުރުމުގެ ފަހަތުގައި އޮތޯ ހަމަ ރޮކްފެލާއިން ނެވެ.
ޑީޑީޓީ ބޭނުންކޮށް ރޮކްފެލާއިން ސަރްޑިނިއާގައި ހިންގި އިންސާނީ ޓްރެއަލް
| 2005 ގައި ކާނިގީ ކައުސިލް ވެބްސައިޓް ގައި ނެރެފައިވާ ލިޔުމުގައިވެ އެވެ. “1946 އާއި 1951 ގެ ދެމެދުގައި، ދި އެމެރިކަން ރޮކްފެލާ ފައުންޑޭޝަން އިން 10،000 ޓަނުގެ ޑީޑީޓީ ސާރްޑިނިއާގެ ޓައުނުތަކާއި، ދަޑުތަކާއި، ކޯރުތަކައް އުކާލުމުގެ ހުއްދަ ހޯދި އެވެ.” “މިއީ އެމެރިކާގެ ސިފައިންނާއި އަދި ރޮކްފެލާ ފައުންޑޭޝަން އިން ސާރޑިނިއާ ރަށުގައި 1946 އާއި 1951 އާއި ދެމެދު ހިންގި ޑީޑީޓީގެ އެންމެ ފުރަތަމަ އެންމެ ބޮޑު ޓްރެއިލް އެވެ. ދި ރޮކްފެލާ ފައުންޑޭޝަންގެ ސަރްޑިނިއާ ޕްރޮޖެކްޓް [1] (1946-1951) ގެ ދަށުން 10،000 ޓަނުގެ ޑީޑީޓީ މިކްޗާ ނިއު ހެމިސްފިއާގެ ސައިޒުގެ އޭރިއާކަށް ސުޕްރޭ ކުރަން 32،000 ޑީޑީޓީ ޖަހާ މަސައްކަތެރި ބޭނުންކުރި އެވެ.” [2] | Carnegie council “The first large-scale DDT trial was organized by the United States Army and the Rockefeller Foundation on the island of Sardinia between 1946 and 1951. The Rockefeller Foundation’s Sardinian Project (1946-51) utilized 32,000 DDT workers to spray 10,000 tons of DDT mixture over an area the size of New Hampshire.” |
ސަރްޑިނިއާ ގައި ރޮކްފެލާއިން މި ހަރަކާތް ހިންގީ “މަދިރި ދަރިމައިވުން ހުއްޓުވުމުގެ ހުވަފެން” ދައްކައިގެން އެ ނަމުގަ އެވެ. ހަޤީޤަތުގައި މި ފިރުއަޢުނުން ހިންގި ކަމަކީ އިންސާނީ ދަރަސްފަސްކޮޅުގެ ދަރިމައިވުން ހުއްޓުވުމަށްޓަކައި މަދިރީގެ ނަން ބޭނުންކޮށް ޑީޑީޓީގެ މައްޗަށް ހިންގި އިންސާނީ ތަހުލީލެކެވެ. މީގައި މި މީހުން އިންސާނުން ބޭނުންކޮށްފައި ވަނީ ލެބޯރަޓަރީ މީދަލެއްގެ ގޮތުގަ އެވެ. ނަތީޖާއެއްގެ ގޮތުން 1950 ގެ އަހަރުތަކު ގައި ސަރްޑިނިއާ ގައި ޕޯލިއޯ ވާބަލީގެ ބޮޑު ބަލި މަޑުކަމެއް އައެވެ.
After the polio epidemic in 1979, researchers Gabliks and Utz reported, “Studies in cell cultures with insecticides…indicated increased replication of poliovirus in human cells exposed to Kelthane, Karathane, and DDT. Furthermore an activation of a latent virus was also observed in primary rabbit kidney cells grown in the presence of DDT.”
“The phenomenal growth in production and use of chemical control agents is illustrated by the fact that in 1940 these products had a wholesale value of about $40 million. Today (August 12th, 1959) it is $290 million and is estimated to reach $1 billion by 1975. One-sixth of all croplands and millions of acres of forests, rangelands, and marshlands are treated annually with these chemicals…”
“…Before 1940, relatively small amounts of such chemicals as nicotine, rotenone, pyrethrum, and the aresenicals (sic) were used for insect control. During and following World War II a rapid changeover to DDT, heptachlor, dieldrin, TEPP, malathion, and related compounds occurred.”
SOURCE: Authorizing Research on Insecticides, Herbicides, Fungicides, and Other Pesticides by the Secretary of the Interior. 85th Congress, 2nd Session. House of Representatives Report No. 2181. July 16, 1958.
އެޕިޑިމިއޮލޮޖިކަލް ހެކި: ޕޯލިއޯ ބައްޔާ ޕެސްޓިސައިޑް އުފެއްދުމާ ހުރި ގުޅުން ތަފާސް ހިސާބުތަކުން

މަތީގައިވާ ގުރާފުން ފެންނަނީ 30 އަހަރުގެ މުއްދަތުގެ ތެރޭގައި ޑީ.ޑީ.ޓީ (ބީއެޗްސީ، ލީޑް، އާސެނިކް ފަދަ އެހެނިހެން ޕެސްޓިސައިޑް) އާއި ޕޯލިއޯއާއި ހުރި ގުޅުމެވެ. ޑީ.ޑީ.ޓީ ފަދަ ޕެސްޓިސައިޑް ބޭނުންކުރާ މިންވަރާ އެއްވަރަށް ވާބަލި ފެނިފައިވާ ކަމެވެ. ޑީ.ޑީ.ޓީ ބޭނުންކުރުން ގިނަކުރި ވަރަކަށް ވާ ބަލި ގިނަވެފައި، ޑީ.ޑީ.ޓީ ބޭނުންކުރުން މަދުކުރިވަރަކަށް ވާބަލި (ޕޯލިއޯ) މަދުވި ތަނެވެ.
ޑީޑީޓީ ވިހަވުމުގެ ފިޒިއޮލޮޖީ އާއި ބެހޭގޮތުން ޖަރުމަންގެ ސައިސުވެރިއެއް ކަމުގައިވާ ޑާނިއަލް ޑްރެސްޑަން ވަނީ ފަންނީ ހޯދުމެއް 1949 އަހަރުގައި ޖަރުމަންގެ ޞިއްޙީ ޖާނަލް އެއް ގައި ނެރެފަ އެވެ.
Daniel Dresden, Physiological Investigations Into The Action Of DDT, G.W. Van Der Wiel & Co., Arnhem, 1949
“Conspicuous histological degeneration was, however, often found in the central nervous system. The most striking ones were found in the cerebellum, mainly in the nucleus dentatus and the cortex cells. Among other things an increase of the neuroglia and a necrotic degeneration and resorption of ganglionic cells was found. The Purkinje cells were less seriously affected than the other neurons. Also in the spinal cord abnormalities of a degenerative nature were found. . . . such changes were not found invariably. . . there is neither an obvious relation between the size and spreading of the lesion and the quantity of DDT applied. . . . information of adequate precision about the nature of the anomalies is lacking.”

ޑީ.ޑީ.ޓީ މަނާ ކުރުމާއި ދުނިޔެ
އެމެރިކާގައި ޑރ. ސްކޯބީ އަދި ޑރ. ބިސްކައިންޑް ފަދަ ބޭފުޅުން ޕޯލިއޯ ވިހަ ކެމިކަލް އިން ޖެހޭ ކަމުގެ ލިޔުންތައް ނެރެ ޢާންމުން ހޭލުންތެރި ކުރަން ކުރި މަސައްކަތާއި ސަރުކާރަށް ދިން ބަސްދީގަތުން ތަކާއެކު 1950 ގެ އަހަރު ތަކުން ފެށިގެން ޑީޑީޓީ އަކީ އަނިޔާދޭ ޖަރީމާވެރި އެއްޗެއް ކަމުގައި އާންމު މީހުންނަށް ފާޅުވެ އެގެން ފެށުމާއެކު ޑީޑީޓީ އުފައްދާ ކެމިސްޓްރީ އަދި ފާމަސޫޓީކަލް ކާރުޚާނާތައް އައީ ދުވަހެއް ދުވަހަށް ކުއްވެރި ވަމުންނެވެ. ޚުދު މި ކުންފުނިތަކުގެ ވެރިން އެމީހުން އަމިއްލައަށް ހަދާފައިވާ ހޯދުންތަކުގައި މިއީ ގެއްލުއްދޭ އެއްޗެކަން އެ މީހުންނަށް އެނގޭ ހާލުވެސް ވިޔަފާރިއާއި ފައިސާގެ ބޭނުމުގައި އެމީހުން ދިޔައީ މިފަދަ އަނިޔާވެރި ކެމިކަލްތައް ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންގެ ބޮލުތެރެއަށް ވަދެ މުޖްތަމަޢުގައި ފަތުރަމުން ނެވެ. އެހެނަސް އެންމެ ފަހުންގޮސް، 1968 ގައި ޑީޑީޓީ އުފެއްދުމަށް ދޫކޮށްފައި ރަޖިސްޓްރޭޝަން ލައިސަންސް ކެންސަލްކުރަން ސަރުކާރަށް މަޖުބޫރުވެ އެކަން ކުރި އެވެ. އަދި 1972 ތިމާވެއްޓާއި އިންސާނީ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކެއްގެ ސަބަބުން އެމެރިކާގައި ޑީޑީޓީ ބޭނުންކުރުން އެންމެފަހުން މަނާ ކުރެވުނެވެ. އެމެރިކާ އެކޭ އެއްފަދައިން ގިނަ ގައުމުތަކުގައި ވަނީ ޑީޑީޓީ ބޭނުންކުރުން މަނާކޮށްފަ އެވެ. ރާއްޖޭގައި 1960 ގެ އަހަރުތަކުގައި ޑީ.ޑީ.ޓީ ޖެހުމަށްފަހު، މިހާރު އެއީ އެތެރެކުރުން މަނާ އެއްޗެކެވެ. 2015 ވަނަ އަހަރު ނެރެފައިވާ ކެމިކަލް ޕްރޮފައިލް ލިޔުމަކުން އެނގޭ ގޮތުގައި ޑީ.ޓީ.ޓީ އަކީ ރާއްޖެ އެތެރެކުރުން މަނާ ބާވަތުގެ ކެމިކަލް އެކެވެ. އެހެނަސް، ޑީޑީޓޭ އަކީ ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުން ގެނެވޭ އެއްޗެއް ކަމުގައި ވެދާނެ އެވެ. މިހާރު ދުނިޔޭގައި ޑީ.ޑީ.ޓީ އުފެއްދުމުގެ ހުއްދަ އޮންނަ ޤައުމެއްގެ ގޮތުގައި އެނގިގެން ވަނީ އިންޑިއާ އެކަންޏެވެ. 2017 ވަނަ އަހަރު އިންޑިއާއިން 2000 މެޓްރިކް ޓަނުގެ ޑީޑީޓީ އުފައްދާފައިވާ ކަމުގައި އެ ޤައުމުން ރިޕޯޓުކޮށްފައި ވެއެވެ.
ޕޯއިއޯ ބަލި ނައްތާލީ ޕޯލިއޯ ބަލި ޖައްސާ ކެމިކަލް ވެށިން ނައްތާލައިގެން
ރޮކްފެލާއިން ގަސްތުގައި ގެނައި ޕޯލިއޯ ބަލި މަޑުކަން ނައްތާލީ ޕޯލިއޯ ވެކްސިން ދީގެން އެއިން ގެނައި މުއުޖިޒާތެއް ފަދަ ފަރުވާ އަކުން ނޫނެވެ. ޕޯލިއޯ ވެކްސިންގެ ސްޓޯރީ އަކީ ޕޯލިއޯގެ ހަޤީޤީ ސަބަބު ފޮރުވުމަށްޓަކައި އަދި ރައްޔިތުން އިޖްތިމާޢީ ގޮތުން ކޮންޓްރޯލް ކުރުމަށްޓަކައި ގެނައި ހީލަތްތެރި ސްކޭމް އެއް ނުވަތަ މަކަރެކެވެ. ޑީޑީޓީ އުފެއްދީއްސުރެ ޑީޑީޓީ ހަރުލާފައި ހުންނަނީ ކޮންތާކުކަމާއި ކޯއްޗެއްގައި ކަން ރޮކްފެލާއިން ނަށް އަދި އޭރުގެ އެމެރިކާ ސަރުކާރުގެ ވެރިންނަށް އެނގެއެވެ.
އެންމެ ކުރީއްސުރެ ފެޓީ ޓީޝޫގައި ޑީޑީޓީ ރައްކާ ކުރެވިފައި ހުންނަކަން ރޮކްފެލާއިންގެ ކެމިސްޓުންނާއި މެޑިކަލް ސައިންސުވެރިނަށް އެނގެ އެވެ.
| ވޭލޭންޑް ޖޭ: “އެންމު ކުޑަ މިނުން 1945 ގެ ހިސާބުއް ސުރެ ޑީޑީޓީ ކެމިކަލުގައި ތަންތަނުގައި އަދި އެއްޗެހީގައި ރައްކާކުރެވިފައި ހަރުލާފައި ހުރުމުގެ ބާރެއް ވާކަން” އެމީހުން ދަނެ އެވެ. [3] | Wayland, J. “at least as early as 1945 that DDT presents a potential residue problem.” |
| ޑީޑީޓީ ތަންތަނުގައާއި ޓިޝޫ ތަކުގައި ހަރުލާފައި ހުންނަކަން ސްޓޭމާރސް 1947 ގައި ނޯޓުކޮށް ބުނެފައިވެ އެވެ. “ކަންބަޅި އާއި ނަޢަމް ސޫފީގެ ޓިޝޫތަކާއި، ކިރުގައި ޑީޑީޓީ ރައްކައުކުރެވިފައި ވުމުން ނުކުމެދާނެ ގިނަގުނަ ވުމުގެ އަސަރު އިތުރަށް ދިރާސާ ކުރަން ޖެހެ އެވެ.” [4] | Stammers, et al. noted in 1947, “The possibilities of cumulative effects from storage of DDT in milk and tissues of sheep and cattle require further investigation.” |
| 1947 ގައި ސްކްޗްޓާރ ޑީޑީޓީ ތަޣައްޔަރުވެ ކޮންޓަމިނޭޓްވުން ހޯދާނެ ގޮތެއް އުފެއްދި އެވެ. އޭގައި އޭނާ ބުނެފައިވެ އެވެ. “ޑީޑީޓީން ޓްރީޓް ކުރެވިފައިވާ ކާއެއްޗެހި ކެއުމުން ކިރާއި، ބަޓަރާއި، ބިހާއި، މަހާއި އަދި ފެޓް ފަދަ އުފެއްދުންތައް” ބަލާލި އިރު ޑީޑީޓީ “ކިރުން ވަކިކޮށް ނަގާލެވެ އެވެ.” [5] | In the late 1940’s, Schechter and colleagues developed methods to detect contamination, “of such products as milk, butter, eggs, meat, and fats when farm animals consume DDT-treated feed,” and show that DDT, “can be excreted in milk.” [ |
ކިރާއި އެކިއެކި އުފެއްދުންތަކުގައި ޑީޑީޓީ މަތީ އަދަދަކަށް ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް އެންގުމާއި ނުލައި އެތައް ކުންފުންޏަކުން ނެރެފައިވާ ކިރާއި އަދިވެސް އެހެނިހެން އުފެއްދުންތައް ވަނީ ސިއްރިޔާތުގައި ނައްތާލާފަ އެވެ. ސަބަބަކީ މިކަމުގެ ހަޤީޤަތް ރައްޔިތުންނަށް އެނގިއްޖެ ނަމަ އޭގައި ޒިންމާ ވާންޖެހޭ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާވާނެތީވެ އެކަން ފޫބައްދަ ކުރި ވައްކަންތަކެވެ. 1967 ގައި އެމެރިކާގެ ކޮންގްރެސްގައި ބުނެފައިވެ އެވެ.
| “އިހަކަށް ދުވަހާ ޖެހެންދެން ކުރިއަށް އޮތްތަނުގައި ކާމިޔާބު ވާނެ ކަމަށް ފުދޭވަރެއްގެ ފުރުޞަތެއް އެބަ އޮތެވެ. 30 ޖޫން 1967 އާއި ހިސާބަށް އައި އިރު (ސޫފިމަރާ ކެމިލަލް ހަރުލާފައި ހުރުމުގެ) މައްސަލަ ދަށަށް ގޮސް، ސަރުކާރުގެ ބާރުން އެކަން ހުއްޓުވަން އިތުރު ކަންކަން ކުރަން ބޭނުން ޖެހިގެން ނުވާވަރު ވާނެ އެވެ. އެހެނަސް، މިދިޔަ މަސްތަކުގައި ރިއޯ ގްރޭންޑް ވެލީގައިވާ ގައިވާ ބޮޑެތި ކިރު އުފައްދާ ކުންފުނިތަކުން ވަނީ އެމީހުންގެ ކިރު ގައި ޑީޑީޓީ އެކުލެވިގެންވާތީ އެ ކިރު މާކެޓުން ނަގާފަ އެވެ.” [6] | “Until recently there was reasonable prospect that the problem [pesticide residues] would have diminished to a point by June 30, 1967, that further extension of the authority would not be necessary. However, in recent months, several large producers in the Rio Grande Valley have had their milk removed from the market because of DDT residue. The local dairymen, Texas and New Mexico State agencies, dairy and cotton associations, and our Agricultural Research Service, have undertaken to determine the causes by tests in Arizona.” |
“ޕޯލިއޯ” ނަމުގެ މާނަ އާއި ސިފަތަކަށް ގެނައި ހީލަތްތެރި ބަދަލުތައް
ދުނިޔޭގައި 1958 އާ ހަމައަށް އެކި އެކި ގޮތްގޮތުން ޖެހޭ ވާބަލި ވަނީ “ޕޯލިއޯ” އަށް ނިޞްބަތް ކުރެވިފަ އެވެ. މި ގޮތުން ކޮންޖެނިޓަލް ސިފިލިސް، ކޮކްސެކީ އަދި އެކޯ، އާސެކިލް އަދި ޑީ.ޑީ.ޓީ އިން ވާވުން، ޓްރާސްވާރސް މައިލައިޓިސް، ގިއިޔަން ބާރ ސިންޑްރޯމް، ވެކްސިން އިން މެދުވެރިވާ ވާވުން ފަދަ ކަންކަން ހިމެނިފައިވެ އެވެ. ވާވުމުގެ ޢަލާމާތްތައް 60 ދުވަހަށްވުރެ ގިނަ ދުވަހު ހުންނަކަމުގައި ވާނަމަ، އެއީ ޕޯލިއޯ ކަމަށް ބަލަން ކަނޑައެޅުމަކީވެސް “ޕޯލިއޯ” ޖެހޭ މީހުންގެ އަދަދު މަދުވެގެން ދިޔަ ކަމުގައި މަލަމަތިން ފެނިގެން ދިޔަ އެއް ސަބަބެއް އެވެ. އަދި މިގޮތަށް ޕޯލިއޯ މަދުވެގެން ދިޔައީ ޕޯލިއޯ ވެކްސިން އިން ކަމުގައި އާންމުންނަށް ވިސްނައިދެވުނެވެ.
ޕޯލިއޯ އަކީ ގައިން-ގަޔަށް-އަރާ ބައްޔެއް ކަމުގެ އެއްވެސް ހެއްކެއް ނެތް
1949 ގައި އެމެރިކާގެ ޕޯލިއޯ ބަލިމަޑުކަން އެންމެ ބޮޑުވެފައި އޮތް ދުވަސްވަރު، އެމެރިކާގެ ނިއުޔޯކް ސްޓޭޓް ހެލްތު ޑިޕާޓްމެންޓުން ޕޯލިއޯ އަކީ އެކަކު-ގައިން-އަނެކަކު-ގަޔަށް އަރާ އެއްޗެއް ކަމުގައި ދެކޭ ނަޒަރިއްޔާ ސާބިތުކުރަން ކުރި ތަހުލީލު ވީނާކާމިޔާބެވެ. މި ތަހުލީލު ކުރެވުނީ އިންސާނުންނާއި ޖަނަވާރުތަކެއްގެ މައްޗަށެވެ. އިންސާނުންގެ ގޮތުގައި އިޚްތިޔާރުކުރެވުނީ ޔަތީމުންނާއި ޖަލުގައި ތިބި ޤައިދީން ނެވެ. އެ ގޮތުން ޕޯލިއޯ ޖެހިފައިވާ މީހެއްގެ އެބުނާ ބަލި ޖައްސާ “ވައިރަސް” ކިޔާ މާއްދާއެއް ނެގުމަށްފަހު އެ މީހުންނާއި ޖަނަވާރުތަކުގެ ނޭފަތާއި ކަރުތެރެއަށް އެ ފޮނުވާލެވުނެވެ. މިފަދައިން ދިރާސާކޮށް ބެލެ ބެލުމުން އެއިން އެއްވެސް މީހަކަށް އަދި ޖަވާރަކަށް ޕޯލިއޯއެއް ނުޖެހުނެވެ. އެހިނދު، އެމީހުންނަށް ވެސް ޕޯލިއޯއަކީ ގައިން-ގަޔަށް އަރާ އެއްޗެއް ނޫންކަން އެނގުނެވެ. އެހެނަސް މި ހަޤީޤަތް ހާމަކޮށްފި ނަމަ ސަރުކާރުން އިޝްތިހާރުކުރި ޑީޑީޓީ ފަދަ އެތައް ވިހައިގެ ޒިންމާގެ ބަދަލު އެތަކެއް ރައްޔިތުންނަށް ދޭން ޖެހިދާނެތީވެ އާއި އަދި ޑޮކްޓަރުންނާއި ފާމަސިސްޓުންނާއި ކެމިކަލް ޑްރަގް އިންޑަސްޓްރީގެ އިތުބާރު ގެއްލިދާނެތީ މިވާހަކަ ތާރީޚަށް ވަޅު ޖަހައި ފޮރުވާލީ އެވެ. އެއަށްފަހު ޕޯލިއޯ އަކީ ގައިން-ގަޔަށް އަރާ އެއްޗެއް ކަމުގައި ބުނެ ދީނީ އަޤީދާއެއް ފަދައިން އާންމުންނާއި ކިޔަވާ ކުދިންނާއި ޑޮކްޓަރުންނާއި ދެންތިބި އެންމެނަށް ވިސްނުވައިދީ މި ދޮގު ނަޒަރިއްޔާ އެމީހުންގެ ސިކުޑީގައި ހަރުލެއްވި އެވެ.
1970 އިން ފެށިގެން ރަޖިސްޓާރޑް ނަރުހެއް އަދި މެޑިކަލް އެސިސްޓެންޓެއް ގޮތުގައި މަސައްކަތް ކުރި ޝެރީ ނައްކެން، އޭނާގެ އެތައް އަހަރުގެ ތަޖުރިބާ ހިއްސާކުރުމަށްފަހުގައި ބުނެފައިވެ އެވެ. “ޕޯލިއޯ ޖެހެނީ ވައިރަސް އަކުން ކަމުގައި އެއްވެސް ހެއްކެއް ނެތެވެ. ޕޯލިއޯ އަކީ ގައިން ގަޔަށް އަރާ ކޮންޓޭޖިއަސް ނުވަތަ އިންފެކްޝިއަސް ބައްޔެއް ނޫނެވެ. މިއަދާއި ހަމައަށް އެއްވެސް ފެމިލީ މެންބަރަކު އަނެއް ފެމިލީ މެންބަރެއްގެ ކިބައި ޕޯލިއޯ ޖެހިފައެއް ނެތެވެ. އެއްވެސް ޑޮކްޓަރެއް އަދި ނަރުހެއް ބަލިމީހެއްގެ ފަރާތުން ޕޯލިއޯ ޖެހިފައެއް ނެތެވެ. ޕެސްޓިސައިޑުގެ ވިހައަށް ހުށައެޅިގެން ދިއަ މިންވަރު ބަލާށެވެ. ޕޯލިއޯ-މައިލައިޓިސް ކިޔައި ލޭބަލެއް ދެވިފައިވާ އެއް ސަބަބަކީ މި އެވެ.”
ޕޯލިއޯ ވެކްސިންގައި ފޮރުވިފައިވާ އަނދިރި ބާރަކީ ވެސް ރޮކްފެލާއިން

ޕޯލިއޯ ވެކްސިން އުފެއްދުމުގައި އާންމުގެ ތެރެއަށް މަޝްހޫރުވެފައިވާ އެމެހާ ޕަބްލިކް ފިގާރސްތަކާއި މަޝްހޫރު ސައިންސުވެރިނޭ ކިޔާ މީހުންގެ މެދުގައި އޮތް ޢާންމު ގުޅުމަކީ “ރޮކްފެލާ އިންސްޓިޓިއުޓް” އެވެ. ޕޯލިއޯ ރިސާޗުގައިވާ އެންމެންގެ މޫނު ގުޅެނީ ރޮކްފެލާއިންގެ މި ޔުނިވާސިޓީ އަށެވެ. އެބަހީ އެއްކަލަ ހިޔަޅު ފިރުޢައުނު ރޮކްފެލާއިންގެ ވައްކަމުގެ އައްޑާއަށެވެ.
(1) ވިލިއަމް ހެންރީ ވެލްޗް

1901 “ދި ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ނަމުގައި ރޮކްފެލާ އޭނާގެ މުއްސަނދި ކަމާއި ޔޫޖެނިސްޓު ހަރަކާތް ކުރި އެރުވުމަށް ޓަކައި އިންސްޓިޓިއުޝަން އެއް ޤާއިމް ކުރި އެވެ. ފަހުން މިތަން ޔުނިވާސިޓީއަކަށް ބަދަލު ކުރެވުނެވެ. މި ޔުނިވާސިޓީގެ މެޑިކަލް ބޯޑުގެ ޗެއަރމަން އަދި ފައުންޑިން ބޯޑް އޮފް ޑިރެކްޓަރަކީ (1901-1934) ވިލިއަމް ވެލްޗް އެވެ. ރޮކްފެލާއިންގެ ޔުނިވާސިޓީ ގައި އުޅެމުން 1906 ގައި ކާނިގީ އިންސްޓިޓިއުޝަން ގެ ޓްރަސްޓީ އަކަށް މީނާ ވިއެވެ، އަދި 1909 ގައި މި އިންސްޓިޓިއުޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ޗެއާމަން އަކަށް ވުމުން “ބޭސް ވެރިކަމާއި ބަޔޮލޮޖީގެ އެންމެ ނުފޫޒު ގަދަ އަދި ފިޒިކަލް ސައިންސުގެ އެންމެ އިސް ފަރާތް” ކަމުގައި މީނާ ވެގެން ދިޔަ އެވެ. [7] މި ވިލިއަމް ވެލްޗް އަކީ ރޮކްފެލާއިން 1910 ގައި އުފެއްދި ޔޫޖެނިކް ރެކޯޑް އޮފީސް ގެ ބޯޑް އޮފް ސައިންޓިފިކް ޑިރެކްޓާސް [8] ގެ އެންމެ އިސް މެންބަރ އެވެ.[9]

އެމެރިކަން ފިލޯސަފިކަލް ސޮސައިޓީގެ ވެބްސައިޓުގެ އަރުޝީފުގައިވާ މި ފޮޓޯ އިން ފެންނަނީ 1887 އިން ފެށިގެން ވެލްޗް ޕޯލިއޯ މައިލައިޓިސް ރިސާޗު ކުރުމުގައި މުސަޅު ތަކެއް ބޭނުންކޮށް އުޅެނިކޮށެވެ.[10] ޕޯލިއޯ ވާބަލި ރިޗާޗުގައި ވެސް މި މީހުން ދިރާސާކުރީ ވާބަލި ޖައްސައި ޖަނަވާރުތައް ނުކުޅެދުންތެރިކޮށް ދަރިމައި ވުމުން އެއްކިބާކޮށް މަރާނީ ކިހިނަކުން ތޯ އަދި ކޮން މާއްދާއެއް ބޭނުންކޮށްގެން ތޯ ހޯދުމަށެވެ.
(2) ސައިމަން ފްލެކްސްނާ

ސައިމަން ފްލެކްސާ އަކީ” ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ގެ ޑިރެކްޓަރެއް (1901-1935) ކަމުގައި އިޚްތިޔާރު ކުރީ ވިލިއަމް ހެންރީ ވެލްޗް އަމިއްލައަށް އޭނާގެ އެންމެ ގަޔާވާ މީހާގެ ގޮތުގަ އެވެ. ކާނިޖީ އިންސްޓިޓިއުޝަންގެ ޓްރަސްޓީގެ މަޤާމަށް ވެލްޗް ހަމަޖައްސައި ދިނީ ފްލެކްސާ އެވެ.[11] ފްލެކްސްނާގެ ޒާތީ ދިރިއުޅުމަށް ބަލާ އިރު މީނާ އަކީ ޒައިނިސްޓު ޔަހޫދީ އެކެވެ. މީނާގެ އެއްބަޑު އެއްބަފާ ކޮށްކޮ ބާރނާޑް ފްލެކްސާ އަކީ ޒައިނިސްޓު ލީޑަރެކެވެ. މީނާގެ ކޮށްކޮ އަބްރަހަމް ފްލެކްސްނާ އަކީ މީނާ ފަދައިން ރޮކްފެލާއިންނަށް ޓަކައި މަސައްކަތް ކޮށްދިން މީހެކެވެ. ހޯމިޔޯޕެތީ މެޑިސިން ދުއްވާލަން ރޮކްފެލާއިން ބުނެގެން ނެރުނު މަޝްހޫރު “ފްލެކްސްނާ ރިޕޯޓު” ނުރުނީ އަބްރަހަމް ފްލެކްސްނާ އާއި ސައިމަން ފްލެކްސާ އެވެ.[12]
“ޕޯލިއޯ ވައިރަސް ހޯދިކަމުގައި” ބުނާ ކާރލް ލޭޑްސްޓައިނާ ހޯދި ހޯދުމާއި އެއްގޮތަށް 1908 ގައި ފޯލިއޯ ވައިރަސް އޭ މި މީހުން މިކިޔާ އެއްޗެއް ޓީޝޫއަށް ގެންނަ ގޮތް ފްލެކްސްނާ ހޯދި އެވެ. ރޮކްފެލާ އިންސްޓިޓިއުޓްގައި ޕޯލިއޯ އާއި މެދު ރިސާޗުކުރުމަށް ފްލެކްސްނާގެ ހުއްދަ ކުރިޔާލާ ހޯދަން ޖެހެ އެވެ.
9 މާރޗް 1911 ގައި ސައިމަން ފްލެކްސްނާ ޖަނަވާރުތަކުގެ މައްޗަށް ހެދި ފޯލިއޯ ރިޗާޗުތައް މީނާ ދިފާޢުކުރި އެވެ. ފްލެކްސާ ބުނެފައިވާ ކަމަށް ނިއުޔޯކް ޓައިމްސް ގައި ލިޔެފައިވެ އެވެ.
| “ޕޯލިއޯ ވައިރަސް ހަރުލާފައި ހުންނަނީ ކޮންތާކު ކަން އަހަރެމެންނަށް ދަސްވެއްޖެ އެވެ. އަދި މި ބަލި ފެތުރޭ ގޮތް ވެސް އެނގިއްޖެ އެވެ. އަދި މި ޖަރާސީމު ހަށިގަނޑަށް ވަންނަ ގޮތް ވެސް އެނގިއްޖެ އެވެ. އަދި މި އިންފެކްޝަން ހަށިގަނޑަށް ފޯރުކުރާ މަޞްދަރަކީ ކޮބައިކަން ވެސް އެނގިއްޖެ އެވެ. އަދި މި ބައްޔާއި ހަނގުރާމަ ކުރާ ވަޞީލަތްވެސް އެނގިއްޖެ އެވެ. އަދި މިވަގުތު މިއަށް ޚާއްސަ ފަރުވާ އެއް ނެތެވެ.” [13] | “…we have learned where it [polio] resides, how the disease is spread, how the germ enters the body, the main sources from which infection is acquired, and the available means of combatting [sic] the disease.” However, he lamented at the time, “… there is no specific remedy or cure.” |
ނޯޓް: ވައިރަސް އަކީ ޔޫނާނީ ބަހެކެވެ. އޭގެ އަސްލު މާނަ އަކީ ވިހަ ނުވަތަ ޒަހަރެވެ. ޕޯލިއޯ ވައިރަސް އޭ މި މީހުން މި ކިޔަނީ އިންސާނީ އަދި ޖަނަވާރު ޓިޝޫ ކެމިކަލުން ފުޅަ އަޅުވައި ހަލާކުކޮށްގެން އެއިން ފެނުނު މާއްދާ އަކަށެވެ. ހަޤީޤަތުގައ ޕޯލިއޯ ބަލި ޖައްސަނީ ކެމިކަލް ވިހަ ޒަހަރު އެޖެންޓަކުން ނެވެ. ވައިރަހޭ މި މީހުން މި ކިޔާ އެއްޗަކީ އިންސާނާގެ ޓިޝޫ އެވެ. ހަޤީޤަތުގައި މި މީހުންނަށް ބަލި ޖައްސަނީ ކޮން ޒަހަރު އެޖެންޓަކުން ކަން އެނގެ އެވެ. އެހެނަސް، މި މީހުންގެ ހިޔަޅު މަކަރުވެރި ބޭނުމަށް ހަޤީޤަތް ފޮރުވާފައި ބޭއްވީ އެވެ.
(3) ކާރލް ލޭޑްސްޓައިނާ

ކާރލް ލޭޑްސްޓައިނާ މަޝްހޫރުވެފައި ވަނީ އިންސާނީ ލޭގެ ގުރޫޕުތައް ކަމުގައިވާ އޭ، ބީ، އޯ ހޯދި މީހާގެ ގޮތުގަ އެވެ. އަދި ޕޯލިއޯ ބަލި ޖައްސާ އެޖެންޓު ހޯދި މީހެއް ކަމުގަވެސް މެ އެވެ. ރޮކްފެލާ އިންސްޓިޓިއުޓަށް އިތުރު ރިސާޗުތައް ކުރިއަށް ގެންދިއުމަށް ސައިމަން ފްލެކްސްނާ މީނާ ރިކުރޫޓް ކުރި އެވެ.
| “ޕޯލިއޯ ބަލި ޖެހިގެން މަރުވި ކުދިންގެ ސްޕައިނަލް ކޯޑުތައް ނަގައި (މިކްސަރަކުން) ފުޑުފުޑުކޮށް ތައްޔާރުކުރި އެއްޗެހިތައް މަކުނަށް އިންޖެކްޓުކޮށްގެން ޕޯލިއޯ ބަލި އެއިން މަކުނަން ޖެހިދާނެކަން ލޭންޑްސްޓައިނާ ދައްކައިދިނެވެ. … އެތަނުގައި އޭނާގެ މަސައްކަތާއި، އެޔާއެކު ފްލެކްސްނާ އަދި ލެވިސް މުސްތަޤިއްލުކޮށް ކުރި މަސައްކަތްތައް އެއްކޮށް ޕޯލިއޯ ބަލި ޖެހޭ ސަބަބާއި އޭގެ އިމުނޮލޮޖީ (ރައްކައުތެރިވާނެ) ގޮތުގެ މައްޗަށް އަހަރެމެންގެ ޢިލްމުގެ އަސާސްތައް ބިނާ ކުރި އެވެ.” [14] | “[Landsteiner] also showed that the cause of poliomyelitis could be transmitted to monkeys by injecting into them material prepared by grinding up the spinal cords of children who had died from this disease, and, lacking in Vienna monkeys for further experiments, he went to the Pasteur Institute in Paris, where monkeys were available. His work there, together with that independently done by Flexner and Lewis, laid the foundations of our knowledge of the cause and immunology of poliomyelitis” |
(4) ތޯމަސް މިލްޓޮލް ރިވާސް

1922 ގައި ތޯމަސް ރިވާސް އަކީ ” ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ގެ ވައިރަލް އަދި އިންފެކްޝިއަސް ޑިސީސް ގެ ވާރޑްގެ އެންމެ އިސް ވެރިޔާ އެވެ. 1934 ގައި މީނާ އެމެރިކާގެ ނޭޝަނަލް އެކަޑެމީ އޮފް ސައިންސުގެ ސެކްޝަން ދިހައެއް (ޕަތޮލޮޖޯ އަދި މައިކްރޯ ބަޔޮލޮޖީ) އަށް ހޮވުނެވެ. 1937 މީނާ ރޮކްފެލާ އިންސްޓިޓިއުޝަންގެ ޑިރެކްޓަރަށް ވި އެވެ. 1938 އިން ފެށިގެން މީނާ ނޭޝަނަލް ފައުންޑޭޝަން ފޯ އިންފެންޓައިލް ޕެރެލަސިސްގެ ކޮމިޓީސް އޮން ރިސާޗް އެންޑް ވެކްސިން އެޑްވައިސަރީ ގެ ޗެއާމަން ކަން ކުރި އެވެ. އަދި ޖޯނަސް ސޯލްކުގެ ވެކްސިން ޓްރެއިލްތައް ބެލެހެއްޓީ މީނާ އެވެ. 1956 ގައި އެ މަޤާމުން ރިޓަރާ ކުރުމަށްފަހު، މީނާ ހަރަކާތްތެރިވީ ރޮކްފެލާ ފައުންޑޭޝަން ގަ އެވެ.
| މިޒަމާނުގެ ވެކްސިން ދާދާ ޑޮކްޓަރު ޕައުލް އޮފްފިޓް އޭނާ ލިޔުނު ފޮތް ދި ކަޓާ އިންސިޑެންޓް ގައި ލިޔެފައިވެ އެވެ. “ތޯމަސް ރިވާސް އަކީ ރޮކްފެލާ އިންސްޓިޓިއުޓްގެ ވައިރަލް ޑިސީސެސްގެ ދިސާސާ ކުރާ ލެބޯރަޓަރީގެ ރައީސް އެވެ. 1935 އަށް އައި އިރު ރޮކްފެލާ އިންސްޓިޓިއުޓް އަކީ އެމެރިކާގެ ވައިރަލް ރިޗާސްގެ މައި މަރުކަޒެވެ. ވައިރޯލޮޖީގެ ފަންނުގައި ޓްރެއިންވި އެންމެހާ މީސްތަކުން ޓްރެއިންވީ ތޯމަސް ރިވާސްގެ ލެބޯރަޓަރީގަ އެވެ.” [15] | Paul Offit writes in his book, The Cutter Incident, “[Tomas Rivers] was head of the laboratory for the study of viral diseases at the Rockefeller Institute… By 1935 the Rockefeller Institute was the center for viral research in the United States. Almost everyone who trained in the field of virology trained in Thomas River’s laboratory.” |
(5) ތޯމަސް ފްރެންސިން

1925 1941 ގައި މީނާ ގްރޭޖުއޭޓްވުމަށް ފަހުގައި ރޮކްފެލާ ޔުނިވާސިޓީގައި މަސައްކަތް ކުރަން ފެއްޓި އެވެ. މީނާ އަކީ ރޮކްފެލާއިން އާއިލާއަށް ޚާއްސަ ފިޒިޝަން އެއް ގޮތުގައި މަސައްކަތް ކުރި މީހެއްވެސް މެ އެވެ.[16] އިންފުލުއެންޒާ ވައިރަސް (މިވެސް ރޮކްފެލާއިންގެ ޚިޔާނާތެއް) އައިސޮލޭޓް ކޮށް ހޯދި މީހެއް ކަމުގައި ކަނޑައަޅާފައި ވަނީ މީނާ އެވެ. ޔުނިވާސިޓީ އޮފް މިޗިގަން ގައި މީނާ ސްކޫލް އޮފް ޕަބްލިކް ހެލްތް ފެކަލްޓީ އެއް ޤާއިމްކުރި އެވެ.

ގައި ޖޯނަސް ސޯލްކް މީނާ ކައިރިން މި ޔުނިވާސިޓީގައި ކިޔަވައި ވެކްސިން (ބަޔޯ-ކެމިކަލް ހަތިޔާރު) އުފައްދާނެ ގޮތް ދަސްކުރި އެވެ. ފޮޓޯއިން ތި ފެންނަނީ 1955 ގައި މީނާ ޕޯލިއޯ ވެކްސިން އުފެއްދި ކަމުގައި ބުނެވޭ ޖޯނަސް ސޯލްކް އާއި އެކު ފޮތެއް ހިފަހައްޓައި ހުރި ތަނެވެ. އެއަށް ފަހު ޖޯނަސް ސޯލްކު އުފެއްދި ޕޯލިއޯ ވެކްސިން ޓްރެއިލް އަކީ “ސޭފް އަދި އެފިކޭޝިއަސް” އެއްޗެއްތޯ ބެލުމަށް އިންޗާޖެއްގެ ގޮތުގައި ހަމަޖައްސާފައި ހުރީ މީނާ އެވެ.[17] ސޯލްކުގެ ޕޯލިއޯ ވެކްސިން “އެކްސްޕްރިމެންޓުގައި” 1،800،000 ކުޑަކުދިން ބައިވެރި ކުރި އިރު މީނާ އެ ވެކްސިންގެ މައްޗަށް ބުނެފައި ވަނީ މާ ބޮޑު އެޑްވާސް ރިއެކްޝަން އެއް އޭގައި ނެތް ކަމުގަ އެވެ.[18] މިއަދު މިންގަނޑުތަ ކަށް ބަލާ އިރު، ޓީޗަރަކު އޭނާގެ ދަރިވަރަކު އުފެއްދި ވެކްސިނެއްގެ ރައްކައުތެރި މިންގަނޑު ބެލުމަށް ކަނޑައަޅާފައި ހުރުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާނެ އެވެ. އެހެނަސް، އޭރު މި މީހުން އެކަންވެސް ކޮށްފި އެވެ. އަދި ސޯލްކުގެ ވެކްސިން އެތަކެއް ކުދިންނަށް އަނިޔާކުރެވިފައިވެ އެވެ.
(6) ހެންރީ ކުމް

1928 ގައި ހެންރީ ކުމް ރޮކްފެލާ ފައުންޑޭޝަންގެ އިންޓަނޭޝަނަލް ހެލްތު ޑިވިޝަން ގައި ރޮކްފެލާއިންގެ ޚާއްސަ މީގެއް ގޮތުގައި މަސައްކަތް ކުރި އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްކޮޅު މީނާ ޑީޑީޓީން އުފައްދާފައިވާ ކުދި ސޫފިތަކުގެ ލާވާ އަށް ހަމަލާދޭ އެއްޗެއް ތަހުލީލު ކުރި އެވެ.[19] މި ޕެސްޓިސައިޑް އަކީ ޕޯލިއޯ ބަލީގެ ޢަލާމާތްތައް އެ އެއްޗެސްތަކަށް ގެނެސްދޭ ނިއުރޯ ޓޮކްސިން އެކެވެ.
| …[20] | According to the Medical Archives at John Hopkins, “In 1951, he resigned from the Rockefeller Foundation to accept a position as assistant director of research at the National Foundation for Infantile Paralysis. He conducted field trials in the study of gamma globulin and the Salk vaccine and became the director of research in 1954. Rejoining the Rockefeller Foundation in 1959, Kumm retired as an associate professor in 1964.” |
(6) ޖޯނަސް ސޯލްކް

ޖޯނަސް ސޯލްކް މަޝްހޫރުވެފައި ވަނީ “އިންއެކްޓިވޭޓެޑް ޕޯލިއޯ ވެކްސިން” އުފެއްދި މީހާ ކަމުގަ އެވެ. ޖޯނަސް ސޯލްކު ވެކްސިން އުފައްދަން ޓްރޭނިން ދިނީ ރޮކްފެލާއިންގެ ތޯމަސް ފްރެންސިސް އެވެ. ސޯލްކު ފޯމިއުލޭޓް ކުރި ވެކްސިންތައް އޭނާ ޓެސްޓު ކުރީ ޑީ.ޓީ ވަޓްސޮން ހޯމް ފޯ ކްރިޕަލްޑް ޗިލްޑްރެން ގައި ތިބި ނުކުޅެދޭ އުފަންވުމުގައި އެކިއެކި އައިބުތައް ހުދި ކުދިންގެ މައްޗަށެވެ. ސޯލްކަކީ ޤައުމީ ހީރޯއެއް ކަމުގައި ދެއްކުމަށް ހިންގުންތެރިކަމާއި ރޭވުންތެރިކަމާއެކު ސްޕޮންސާކޮށް މާކެޓިން ކެންޕެއިންތައް ޖެއްސުމަށް އެލީ ލިލީ ފާމަސުއިޓިކަލް ކުންފުންނިން ކެންޕެއިންތައް ޖެއްސި އެވެ.
ސޯލްކު ވެކްސިނަކީ ޕޯލިއޯ ބަލި ޖެއްސި އެއްޗެކެވެ. އަދި އެއިން އެތައް ބަޔަކު ޕޯލިއޯ ބަލި ޖެހުނެވެ. ސޯލްކުގެ އައިޕީވީ ވެކްސިން އަކީ ނުރައްކާތެރި އެއްޗެއް ކަމުގައި އަދި އެއިން އެކިއުޓް ޕެރަލިސިސް ޖެހޭ ކަމުގައި އަލްބަރޓް ސެބިން އެމެރިކާގެ ކޮންގްރެސް އަށް ޓެސްޓިމޮނީ ދީފައިވެ އެވެ. [21]

އަލްބެޓް ސަބިން އަދި ޖޯނަސް ސޯލްކް މި ދެމީހުންނަކީވެސް އެމެރިކާގެ ނޭޝަނަލް ފައުންޑޭޝަން އޮފް އިންފެންޓައިލް ފެރަލިސިސް ކޮމެޓީ އޮން ވައިރަސް ރިސާޗް ގެ ދެ މެންބަރުން ނެވެ.
(8) އަލްބެޓް ސެބިން

އަލްބަޓް ސެބިން އަކީ ރޮކްފެލާ އިންސްޓިޓިއުޓް ގައި 1935 އިން ފެށިގެން 1939 ގައި މަސައްކަތް ކުރި ބޭފުޅެކެވެ. އަލްބަރޓް ސަބިން އުފެއްދި އަނގަޔަށް އަޅާ އޯރަލް ޕޯލިއޯ ވެކްސިން ގެ މައްޗަށް ހެދި ޓެސްޓަކީ 10 މިލިއަނަށްވުރެ ގިނަ މީހުންގެ މައްޗަށް 1955 އިން 1960 އަށް ހިންގި ދުނިޔޭގެ އެންމެ ބޮޑު މެޑިކަލް ތަހުލީލެވެ.[22] މީނާވެސް އޭނާގެ ވެކްސިން އެމެރިކާގެ ފެޑެރަލް ޖަލުގައި ތިބި ޤައިދީންނާއި ނަފްސާނީ ގޮތުން އުނިކަން ހުރި ކުޑަ ކުދިންނަށް ދީ ފައިވެ އެވެ.[23] ސަބިން ނެރުނު ވެކްސިން އިންވެސް ޕޯލިއޯ ބަލި ޖެހި އެތައް ބަޔަކު ޕެރަލިސިސްވެ، މީނާ ސޯލްކަށް ފާޑުކީ ކަންތައް މީނާގެ ވެކްސިނުންވެސް ކުރި އެވެ.[24]
އަލްބަޓް ސަބިންގެ ގެ ކަޒިން ސައުލް ކުރގްމަން ހެޕެޓައިޓިސް ބީ ވެކްސިން ކުޑަކުދިންގެ މައްޗަށް ޓެސްޓުކޮށް އުފެއްދި އެވެ.[25]
ސައުލް ކުރގްމަން ކުރި ކަންތަކުގެ ވާހަކަ ނަޤުލުކޮށް ޕައުލް އޮފިޓް އޭނާ ލިޔުނު ކަޓާ އިންސިޑެންސާއި ބެހޭ ގޮތުން ލިޔުނު ފޮތުގައި ބުނެފައިވެ އެވެ. “ހެޕިޓައިޓިސް ބީ ބަލި ހުރި ކުދިންގެ ބޮޑުކަމުދާ ނަޖިސް ނަގައި ހެޕެޓައިޓިސް ބީ ވައިރަސް އިން ތައްޔާރުކޮށްފައިވާ ކާއެއްޗެހިތަކެއް 3 އަހަރާއި 10 އަހަރުގެ 60 ކުދިންނަށް 1957 ގައި ކާން ދިނެވެ. ކުރިއަށް އޮތް ހަފްތާތަކެއްގެ މައްޗަށް މި ކުދިން ކުރްގމަން ބިލި އެވެ. އަދި މި ކުދިން ހުން އައިސް، މޭނުބައިކޮށް، ހޮޑު ލެވި، ކާއެއްޗެހި ތަހައްމަލު ނުކުރެވި، ހަމާއި ލޯ ރީދޫވެ އަދި މި ކުދިންގެ ލިވާ ހަލާކު ކުރި އެވެ.”[26]
ޓޮކްސިކޮލޮޖީ ވަޅުޖަހައި ފޮރުވުމުގެ ހަރަކާތެއް
ގައިންގަޔަށް އަރާ ކަމުގައި ބުނެ ބިރުވެރިކަން އުފައްދާފައިވާ ބަލިތަކުގެ (އިންފްލުއެންޒާ، ޕޯލިއޯ ފަދަ ބަލިތަކުގެ) މައިގަނޑު އެއް ސަބަބަކީ ވެށީގެ ވައިގެ މަޙައުލުގައިވާ އެކުލެވިގެންވާ “ވިހަ” އެވެ.
ޓޮކްސިކޮލޮޖީ އަކީ ޒަހަރާއި ވިހަ ކެމިކަލް މާއްދާތަކުން ދިރުންތަކަށް ކުރާ އަސަރާއި ބެހޭ ގޮތުން ކިޔަވާ ޢިލްމުގެ ފަންނެވެ. މި ފަންނަކީ މެޑިކަލް އިންޑަސްޓްރީ އިން ފޮރުވައި ވަޅުޖަހައި އޮޅުވާލަން މަސައްކަތް ކުރާ ފަންނެކެވެ. މަޝްހޫރު ތިމާވެށީގެ މުސްތަޤިއްލު ރިސާޗަރ ޖިމް ވެސްޓް ބުނެފައިވަނީ ތެދަށެވެ.
“Orthodox virology omits toxicology, and is thus void. Toxicological causation is obvious and toxicology is avoided by the media like the plague. Forget the intellectual, scientific intrigue of virology. Without toxicology, virology is a mind-trap. Virology is the deadly virus. Orthodoxy could claim that a “virus” has any number of fearful characteristics, but those characteristics are meaningless if the victims are poisoned. Without poisoning, perhaps the virus is a nutrient. Perhaps there is no virus. Most likely, the “virus” is harmless human nucleic acid, rearranged as a response to poisoning, and thus always a test for said “virus” would be positive during periods of poisoning.“
“ޒަމާނުއްސުރެ ވައިރޮލޮޖީ (ނުވަތަ ވައިރަސް އާއި ބެހޭ ފަންނުގެ ޢިލްމު) އަކީ ޓޮކްސިކޮލޮޖީ (ވިހަ އާއި ބެހޭ ފަންނުގެ ޢިލްމު) އެކަހެރިކޮށްލާފައިވާ އެއްޗެކެވެ. އެހެންކަމުން، މި ވައިރޮލޮޖީ އަކީ އުނި އަދި ބޭކާރު އެއްޗެކެވެ. ވިހައިން (ދިރުންތަކަށް ބަލި ޖެއްސުމުގައި) ކުރާ އަސަރުގެ ހެކިތައް ކިތައްމެހާވެސް ސާފެވެ. ޓޮކްސިކޮލޮޖީ އަކީ ޞިއްޙީ މީޑީއާތަކުން، ޕްލެގޫ އެކޭ އެއްގޮތަށް ދުރުވެގަންނަ އެއްޗެކެވެ. ޓޮކްސިކޮލޮޖީ ގެ ޢިލްމާ ނުލައި ވައިރޮލޮޖީ އަކީ ސައިންސުގެ ފިކުރީ މަކަރުވެރިކަމާއި ހީލަތްތެރި ކަމުގެ ކުނިގޮޑެކެވެ. ޓޮކްސިކޮލޮޖީ ނުލައި ވައިރޮލޮޖީ އަކީ ސިކުނޑީގެ އަދަގޮޑި އެކެވެ. ވައިރޮލޮޖީ އަކީ އޭގެ ޒާތުގައި ސިކުނޑީގެ ޕެރެސައިޓެއް ނުވަތަ ސިކުނޑީގެ ވައިރަހެކެވެ. ވައިރަސް ގެ ފަންނުގެ މީހުން ވައިރަސްތަކަކީ އެތަނެއް ބިރުވެރި ސިފަތަކެއް ހުރި އެއްޗެއް ކަމުގައިދަޢުވާ ކޮށްފާނެ އެވެ. އެކަމަކު، ވިކްޓިމް (ބަލީގެ އަނިޔާ ތަޙައްމަލް ކުރަމުންދާ މީހާ) ވިހަކުރެވިފައިވާނަމަ އެބުނާ ވައިރަހުގެ އެއްވެސް މާނަ އެއް ނެތެވެ. ވައިރަހޭ މިކިޔާ އެއްޗަކީ ވިހަ ވުމާއި ނުލައި ހަށިގަނޑަށް ފަދާހުރި ނިއުޓްރިއެންޓެއް ކަމުގައި ވެދާނެ އެވެ. ނުވަތަ ވައިރަސްއޭ މިކިޔާ އެއްޗަކީ އެއްގޮތަކަށްވެސް ނެތް އެއްޗެއް ކަމުގައިވުން އެކަށީގެންވެ އެވެ. އެންމެ ބޮޑަށް ބެލެވޭ ގޮތުގައި، ވައިރަސް އޭ މިކިޔާ އެއްޗަކީ ވިހަވުމުގެ ސަބަބުން ހަށިގަނޑުގައި ޤުދުރަތީ ގޮތުން ތަރުތީބުވެ އުފެދޭ އިންސާނީ ނިއުކްލިއެއް އެސިޑް އެކެވެ. އެހެންކަމުން ހަށިގަނޑު ވިހަ މާއްދާއަކަށް ވިހަވެފައި ހުންނަ ވަގުތެއްގައި “ވައިރަސް” އޭ މިކިޔާ އެއްޗަށް ހަދާ ޓެސްޓަކީ އެވަގުތުގައި ޕޮޒިޓިވްވާ އެއްޗެއް ކަމުގައި ދައްކަ އެވެ.” – ތިމާވެށީގެ މުސްތަޤިއްލު ރިސާޗަރ، ޖިމް ވެސްޓު
މެޑިކަލް ކާޓެލް އަކީ ތިމާވެއްޓާއި ޞިއްޙަތުގެ މައްޗަށް ނުރައްކާތެރި ކެމިކަލް މާއްދާތަކާއި ޑްރަގްއިން ކުރާ ނުބައި އަސަރު ފޮރުވަން ނެރެފައިވާ ނިރުބަވެރިކަމުގެ އިއްތިހާދެކެވެ.
“(މެޑިކަލް އިންޑަސްޓްރީގެ ކައިރީގައި) ވިހަ ކެމިކަލް އިން (ދިރުންތަކާއި އިންސާނުންނަށް) ކުރާ އަސަރާއި ބެހޭ ޢިލްމަކީ (އެބަހީ ޓޮކްސިކޮލޮޖީ އަކީ) މުޅިއެކުހެން ނުސާފުކަމާއި ކިލަބުކަމެކެވެ. ސަބަބަކީ (ވިހަ) ކެމިކަލް ތައްޔާރުކުރާ ކުންފުނި ތަކުގެ ހައްދެއް ނުވާ ބޮޑެތި ޖަރީމާތައް އެ ކުންފުނިތަކަށް ނިޞްބަތްވެ އެމީހުންގެ ފަތިފުށް ރައްޔިތުންނަށް އެނގިގެން ދިއުމަށް މެޑިކަލް ކާޓެލް (ވިޔަފާރީގެ ބާރުވެރިކަން ދަމަހައްޓަން އުޅޭ އެކިއެކި ކެމިކަލާއި ބޭސްތައް އުފައްދާ ކުންފުނިތަކުގެ އިއްތިހާދުން) ބޭނުމެއް ނުވެ އެވެ. އަދި މި ސަބަބާއި ހެދި މެޑިކަލް ބޯއީސްގެ އަބަދުގެ މަސައްކަތަކަށް ހަދާފައިވަނީ (އައު) ޖަރާސީމު (ވައިރަސް) ހޯދުމުގެ މަސައްކަތެވެ. އަދި (ޓޮކްސިކޮލޮޖީގެ ހަޤީޤަތް ޢާންމުނަށް އެނގެން މި ކާޓެލްއިން ބޭނުން ނުވަނީ) އެތަކެއް ވިހަ ކެމިކަލްތަކަކީ “ބޭސްތަކެއް” ކަމުގައި އާންމު ރައްޔިތުންނަށް މި ކާޓެލް އިން ދައްކާފައިވާތީ އެވެ.” – މުސްތަޤިއްލު ނޫސްވެރިޔާ، ޖޯން ރެޕަޕޯޓް –
“Toxicology is avoided by the medical media, like the plague. Without toxicology, the intellectual, scientific intrigue of virology is a wasteland. Without toxicology, virology is a mere mind-trap, a parasite, a mind-virus.”—Jim West
“The whole area of effects caused by toxic chemicals is murky, because the medical cartel does not want to implicate certain corporations in crimes of magnitude. And because the medical boys are always on the prowl for germs. And because many toxic chemicals turn out to be medicines.”—Jon Rappoport
ޕޯލިއޯ ވާބަލި އަދި ތަފާތު ވިހަ ކެމިކަލްތައް
ޑރ. ސްކޯބީ (އެމް.ޑީ .. މެޑިކަލް ޑޮކްޓަރު) 1952 ގައި އެމެރިކާ ސަރުކާރުގެ ހައުސް އޮފް ރިޕްރެސެންޓޭޓިވް އަށް ލިޔުއްވި ހެކިދިނުމުގެ ބަޔާން ކަމުގައިވާ “ޕޯލިއޯމައިލައިޓިސް ގެ ސަބަބު ކަމުގައިވާ ޒަރަހު ވިހަ އަދި މިކަން ތަޙުޤީޤު ކުރުމަށް ހުރި ހުރަސްތައް” މި ލިޔުމުގައި އެކިއެކި ވިހައިން ވާބަލި ޖެހޭ ކަމުގެ އެކިއެކި އެކި ހެކިތައް ބަޔާން ކުރައްވާފައިވެ އެވެ. ޑރ. ސްކޯބީ ވިދާޅުވެފައިވެ އެވެ. “ވުލްޕިއަން (1879 ގައި) ލީޑް ވިހަ ބޭނުންކޮށްގެ ހެދި އެކްސްޕްރިމެންޓަކުން ކުއްތާއެއްގެ މަސްގަޑުގައި ވާގިނެތިކުރި އެވެ. ޕޮޕޮއު (1881 ގައި) ގައި އާސެނިކް ބޭނުންކޮށްގެ ވާބަލި ޖަރަވާރަކަށް ޖެއްސި ކަމުގެ މައްޗަށް ކުރި ތަހުލީލެއްގެ ނެރުނެވެ. އާސެނިކް ގެ މައްޗަށް މަދު ގަނޑިއިރެއްގެ ތަޙުޤީޤުން އެކިއުޓް ޕޯލިއޯމައިލައިޓިސް ޖެހޭ ކަމުގައި ޕޮޕޮއު ނިއްމި އެވެ. އޮބްސްޓްރާސްޓޮފް (1902 ގައި) އާސެނިކް އިން ވިހަވުމުން އެކިއުޓް ޕޯލިއޯމައިލައިޓިސް ޖެހުނު ކޭސް އެއް ރިޕޯޓު ކުރި އެވެ. ފިލީޕް އަދި ގައުތާރޑް (1903 ގައި) ލީޑް ގެ ސަބަބުން ވިހަވުމުން ޖެހުނު އެންޓީރިއާ ޕޯލިއޯމައިލައިޓިސް ކޭސް އެއް ރިޕޯޓު ކުރި އެވެ. ޑރ. ޑޭވިޑް އެޑްސަލް (1907 ގައި) ކާބޮން މޮކޮންސައިޑް ގެ ޕަތޮލޮޖީ އާއި ބެހޭގޮތުން އޮސްލާސް ސިސްޓަމް އޮފް މެޑިސިންގައި ވިދާޅުވެގައިވެ އެވެ. “ސިކުޑިއާއި ސްޕައިނަލް ކޯޑުން ހަށިހަނޑުގެ އެހެން ހިސާބުތަކަށް މައުލޫމާތު ފޯރުކޮށްދޭ ނާރުތައް ހަލާކުވެފައިވުން އަދި ޕޯލިއޯމައިލައިޓިސް އަދި ޑިސެމިނޭޓެޑް އެންކެޕަލައިޓިސް ފެނިފައިވެ އެވެ.” ކޮލިންސް އަދި މާރޓްލަންޑް (1908 ގައި) ސިލްވާ ޕޮލިޝް ކުރުމަށް ސައިނައިޑް ބޭނުންކުރި 38 އަހަރު މީހަކަށް އެއިން ޕޯލިއޯމައިލައިޓިސް ޖެހުނު ކޭސްއެއް ރިޕޯޓުކުރި އެވެ. މި މީހާގެ ބަލި ފެށިގެންދިޔައީ ޑައިރިޔާ ނުވަތަ ބޭރަށް ހިނގުމުން ނެވެ. އެއަށްފަހު ބޮލުގެ ރިހުމާއި ކަރުންމަތީ ބުރަކަށީގެ ރިހުމާއި މަސްތައް ބާރުވުމަކުން ނެވެ. އަދި 8 ވަރަކަށް ދުވަސްފަހުން އޭނާ އެއްކޮށް ވާގިނެތުނެވެ. ގައިޖެރޮޓް (1935 ގައި) ސިފިލިސިސްއަށް އާސެނިކް އިން ފަރުވާ ދިނުމަށް ބޭނޭނުން ކުރުމުން 2 ބަލި މީހަކަށް ޕޯލިއޯމައިލައިޓިސް ޖެހުނުކަން ރިޕޯޓު ކުރި އެވެ. 1935 ގައި ވެސްޓާން ސަމޯއާގައި ޔޯސް ބަލިމަޑުކަން ނައްތަން އާސެނިކް އިންޖެކްޝަން ޖަހަން ފެއްޓުމުން އެޔާއެކު ޕޯލިއޯމައިލައިޓިސް ގެ ބަލިމަޑުމަކެއް ފާޅުވި އެވެ. މި މުޖްތަމަޢުގެ މީހުނަށް ވާބަލި ޖެހުނީ އިންޖެކްޝަން ޖެހި ދިމާލުން ފެށިގެން ނެވެ. އެ ހިސާބުގެ 35 ވިލެޖެއްގެ މީހުންނަށް މިފަދައިން ދިމާވިކަމުގައި ފެނިގެން ދިޔަ އެވެ. އަދި އާސެނިކް ވެކްސިން ނުޖަހާ ހިސާބުތަކުގެ މީހުންނަށް ވާބަލި ފާޅުވެފައެއް ނުވެ އެވެ. ވާބަލި ޖެހުނު މީހުންނަށް 2 ހަފަތާއެއް ހާދުވަސްތެރޭ ވާބަލި ޖެހުނެވެ. އެތަނުގައި ދިރިއުޅޭ މީހުން ވާބަލި ޖެހުން އިންޖެކްޝަންނަށް ނިޞްބަތްކުރި އެވެ. ވިހަ ޒަހަރުން ޕޯލިއޯމައިލައިޓިސް ޖެހޭކަން ބަޔާންކުރެވުނު އެތަކެއް ރިޕޯޓަކުން އެނގިގެންދެ އެވެ.
ބަޔޯމެޑިކަލް މައުލޫމާތުގެ ޑޭޓާބޭސް އެއް ކަމުގައިވާ މެޑްލައިން ގައި ޕޯލިއޯއާއި ވިހަ އާއި މެދު ހޯދާލާއިރު 45 އަށްވުރެ ގިނަ މިހާރުގެ ލިޔުންތައް ޕޯލިއޯ-ވައްތަރު ބައްޔަށް ނިޞްބަތް ކޮށްފައިވެ އެވެ. އެއިން ހޯދާފައިވާ ފަންނީ ލަފްޒުތަކުގެ ތެރޭގައި:
polioencephalomalacia
poliomyelomalacia
polyradiculoneuritis
polioencephalomyelomalacia
lumbal poliomyelomalacia
multifocal-poliomyelomalacia
spinal poliomalacia
polio and high-sulfate diets
bovine polioencephalomalacia
neurological picture similar to that of poliomyelitis
cerebrocortical necrosis (polioencephalomalacia)
lead poisoning in grey-headed fruit bats (Pteropus poliocephalus)
atypical porcine enterovirus encephalomyelitis: possible interaction
between enteroviruses and arsenicals
Polioencephalomalacia and photosensitization associated with
Kochia scoparia consumption in range cattle ހިމެނެ އެވެ.
1994, toxicologist,
Janette Sherman’s book, “Chemical Exposure and Disease” speaks of the
health effects of DDT… “In addition to the endocrine, teratogenic, and
carcinogenic effects, an additional effect may be wreaking harm in the
population in terms of heart disease and stroke. Elevation in blood
lipids is associated with elevated organochlorine
residues. While this finding has been noted for over four decades,
emphasis has been put on the alteration of a “life style” rather than
controlling environmental contaminants.”
[1] The Sardinian project (1949) https://www.youtube.com/watch?v=tS98KYjK9Jw
[2] The Rockefeller Foundation in Sardinia: Pesticide Politics in the Struggle Against Malaria March 28, 2005 https://www.carnegiecouncil.org/publications/articles_papers_reports/5117
[3] Wayland, J. Present Status of Our Knowledge of DDT Intoxication. Am. J. of Public Health, (1955) 45: 478-485. 2.
[4] Stammers, F.M.G., and Whitefield, F.G.S. The Toxicity of DDT to Men and Animals. Bull. Ent. Res., (1947) 38:1-73.
[5] Schechter, M.S., Pogerelskin, M.A., and Haller, H.L. Colorimetric Determination of DDT in Milk and Fatty Materials. U.S. Dept. of Ag. (1947) 19:1.
[6] SOURCE: Dairy Indemnity Payments. 90th Congress, 1st Session. Senate Report 476. August 3, 1967
[7] Fleming, D. (1954). William H. Welch and the Rise of Modern Medicine ( pp. 157-158). Boston: Little, Brown and Company.
[8] https://dnalc.cshl.edu/view/10950-Eugenics-Record-Office-board-of-scientific-directors-and-functions.html
[9] Black, E. (2003). War Against the Weak (pp. 89). New York: Four Walls Eight Windows.
[10] John Hopkins Medical Institutions. Chronology of the Life of William Henry Welch. Retrieved August 16th, 2010 from http://www.medicalarchives.jhmi.edu/welch/chronology.htm
[11] Langland, J. (1911). Chicago Daily News Almanac Year Book for 1912 (pp. 127). The Dallas News Company.
[12] The Carnegie Foundation. Medical Education In the United States and Canada: A Report To the Carnegie Foundation for the Advancement of Teaching. Retrieved August 16th, 2010 from http://www.carnegiefoundation.org/sites/default/files/elibrary/Carnegie_Flexner_Report.pdf
[13] New York Times. Near To A Cure For Infantile Paralysis. Retrieved August 16th , 2010, from http://query.nytimes.com/mem/archive-free/pdf?res=9C00EFDD1439E333A2575AC0A9659C946096D6CF
[14] Nobel Prize in Medicine. The Nobel Prize in Physiology or Medicine 1930: Karl Landsteiner. Retrieved August 16th, 2010 from http://nobelprize.org/nobel_prizes/medicine/laureates/1930/landsteiner-bio.html
[15] Offit, P. (2005). The Cutter Incident: How America’s First Polio Vaccine Led to the Growing Vaccine Crisis (pp. 16). New Haven and London: Yale University Press.
[16] Paul, J. (1974). A Biographical Memoir: Thomas Francis, Jr. – 1900-1969 (pp. 63). Washington D.C.: National Academy of Sciences. Retrieved August 17th, 2010 from http://books.nap.edu/html/biomems/tfrancis.pdf
[17] T. Francis, Jr., et al., Evaluation of the 1954 Field Trial of Poliomyelitis Vaccine; Final Report (Ann Arbor, Mich., Edwards Brothers, Inc., 1957), p. xxvii.
[18] Paul, J. (1974). A Biographical Memoir: Thomas Francis, Jr. – 1900-1969 (pp. 79). Washington D.C.: National Academy of Sciences. Retrieved August 17th, 2010 from http://books.nap.edu/html/biomems/tfrancis.pdf
[19] Snowden, F.M. (2006). The Conquest of Malaria: Italy, 1900-1962, (pp. 200). Frederick W. Hilles Publication Fund of Yale University.
[20] Medical Archives of The John Hopkins Medical Institutions. Henry W. Kumm Collection. Retrieved March 25th , 2011 from http://www.medicalarchives.jhmi.edu/papers/kumm.html
[21] Dangerous Virus: Albert Sabin, testifying at hearings before the Committee on Interstate and Foreign Commerce, House of Representatives, Eighty-Fourth Congress, First Session, May 27, 1955.
[22] [25] Oshinsky, D.M. (2005). Polio: An American Story (pp. 245). Oxford: Oxford University Press.
[23] [26] Ibid.
[24] [27] Langmuir, A. Report of Special Advisory Committee on Oral Poliomyelitis Vaccines to the Surgeon General of Public Health Service. JAMA. 1964;190(1):49-51.
[25] Frederick L. Ehrman Medical Library Archives Exhibit. Saul Krugman M.D., Physician, Scientist, Teacher 1911-1995. Retrieved August 17th 2010 from http://library.med.nyu.edu/library/eresources/featuredcollections/krugman/pdf/SK0015.pdf
[26] Offit, P. (2005). The Cutter Incident: How America’s First Polio Vaccine Led to the Growing Vaccine Crisis (pp. 37). New Haven and London: Yale University Press.

One thought on “ދިވެހި ރާއްޖޭގައި ޕޯލިއޯ ވާބަލި ފެތުރީ ސީދާ ޑަބްލިއުއެޗްއޯއިން!”