2/9/2020
ސޫދާންގައި ޕޯލިއޯ ބަލި ފެތުރިގެން އުޅެނީ އޯރަލް ޕޯލިއޯ ވެކްސިނުން ކަމުގައި ޔޫއެން އަދި ޑަބްލިއުއެޗްއޯ އިއުތިރާފުވެއްޖެ އެވެ. (1) ޑަބްލިޔުއެޗްއޯއިން 1 ސެޕްޓެންބަރ 2020 ގައި ނެރެފައިވާ ބަޔާނުގައި (2) ބުނެފައިވަނީ “9 އޮގަސްޓު 2020 ގައި ވެކްސިން-އިންޖެހޭ ޕޯލިއޯވައިރަސް ޓައިޕް 2 (cVDPV2) އެ ގައުމުގައި ފެތުރެމުންދާކަން ސޫދާންގެ މިނިސްޓްރީ އޮފް ހެލްތުން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.”
ވެކްސިން-ޑިރައިވްޑް ޕޯލިއޯ
ވެކްސިން-ޑިރައިވްޑް-ޕޯލިއޯ ނުވަތަ ވެކްސިން ޖެހުމުން ޕޯލިއޯ ބަލި ފެތުރުމާއި ޖެހުމަކީ ކޮބައިކަން ބަޔާންކޮށް ޑަބްލިއުއެޗްއޯ ވެބްސައިޓްގައި ލިޔެފައިވަނީ މިފަދައިންނެވެ.

” ވެކްސިންގައިވާ ވައިރަސް ޕެރެލައިޒްކޮށް ވާބަލި ޖައްސާ ވައްތަރުގެ ވައިރަސްގެ ފޯމަކަށް ޖެނެޓިކަލީ ބަދަލުވެގެން ހިގައިދާނެ އެވެ. މިއީ އެކިޔާ (cVDPV) ނުވަތަ ސާކިއުލޭޓިން ވެކްސިން ޑިރައިވްޑް ޕޯލިއޯ ވައިރަސް އެވެ.” 2017 އޭޕްރީލް، ޑަބްލިޔުއެޗްއޯ ވެބްސައިޓް (3)
ހިތާމައަކީ ތިޔަބޭފުޅުން އިތުބާރުކުރައްވާ އަޅުގަނޑުމެންގެ މެއިން ސްޓްރީމް މީޑިއާއިން މި މުހިންމު ވާހަކަ ތިޔަބޭފުޅުންނާއި ހަމައަށް ގެނެސްދީފައި ނުވާ ކަމެވެ. މި ސަބަބައްޓަކައި ހަނދާނާއި ތާރީޚަށްޓަކައި މި މައުލޫމާތު ތިޔަބޭފުޅުންނާއި ހަމައަށް ގެނެސްދިނީމެވެ.
ޕޯލިއޯ ވެކްސިނަކީ ޕޯލިއޯއިން ރައްކައުތެރިވާން ނަމުގައި ޖަހާއެއްޗަކަށްވާއިރު އެއިން ވެސް ޕޯލިއޯ ދަރިފުޅަށް ޖެހިދާނެކަން މިއިން އެނގޭއިރު މި މައުލޫމާތު ޢާންމު ރައްޔިތުންނަށް ހާމަކުރެވިފައި ނުވުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެކެވެ. މިއީ މައުލޫމާތު ވަންހަނާކުރުމުގައި ކުރާ ވައްކަމެކެވެ. މިފަދަ ޚިޔާނާތްތެރި ވައްކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ އަނިޔާއެއް ލިބިދާނެ އެއްޗެއް ނުޖެހުމުގެ ހައްޤަކީ ކޮންމެ ތުއްތުކުއްޖަކަށް ލިބިގެންވާ އަސާސީ ހައްޤެކެވެ.
ޑރ. ޒިޔާދު ވިދާޅުވެފައިވަނީ އޯރަލް ޕޯލިއޯ ވެކްސިނުން «ފްލެސިޑް ޕެރަލިސިސް» ޖެހިދާނެ ކަމުގައެވެ. އަދި މި މައުލޫމާތަކީ ޖަހާ މީހައަށް އަންގަންޖެހޭ ކަމެއްކަން ޑރ ވަނީ ވިދާޅުވެފަ އެވެ. މިފަދައިން ޑރ. ބުނުމަކީ ހަޤީޤަތުގައި ވަރަށްވެސް އުފާވެރި ޚަބަރެކެވެ. މިއީ މައުލޫމާތު ލިބި ރުހުންދިނުމުގެ ހައްޤު ލިބުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވާނެ ކަމުގައި އުންމީދުކުރެވެ އެވެ.


(1) UN says new polio outbreak in Sudan caused by oral vaccine https://apnews.com/article/virus-outbreak-health-middle-east-africa-united-nations-619efb65b9eeec5650f011b960a152e9
(2) Circulating vaccine-derived poliovirus type 2 – https://www.who.int/csr/don/01-september-2020-polio-sudan/en/
(3) Asymptomatic Transmission & Shedding Polio Vaccine-derived polio https://vaccine.guide/asymptomatic-transmission-shedding/polio/vaccine-derived-polio/

One thought on “ސޫދާންގައި ޕޯލިއޯ ބަލި ފެތުރިގެން އުޅެނީ ޕޯލިއޯ ވެކްސިނުން ކަމުގައި ޔޫއެން އަދި ޑަބްލިއުއެޗްއޯ އިން ބުނެފި”