އެއްވެސް ހޭންޑް ސެނިޓައިޒަރ އަކުން ކޮވިޑުން ރައްކައުތެރި ކޮށް ނުދޭ – އެމެރިކާގެ އެފްޑީއޭ

ކޮވިޑް-19 އިން ރައްކައުތެރިކޮށްދޭނެ ކަމަށް ސާބިތުކޮށްދީފައިވާ އެއްވެސް ހޭންޑް ސެނިޓައިޒަރ އެއް ނެތް ކަމުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ނުވަތަ އެފްޑީއޭއިން ބުނެފި އެވެ. އެފްޑީއޭއިން މިފަދައިން ބުނެފައިވަނީ ކޮވިޑް-19 އިގެ ތެރޭގައި ސެނިޓައިޒަރ އޭ ކިޔައިގެން ބަޔަކު ދޮގު މަޢުލޫމާތު ސެނިޓައިޒަރ ގެ ލޭބަލްގައި ޖަހައި އަދި އެނޫންވެސް ގޮތް ގޮތުން ދެމުންދާ ކަމުގައި ބުނެ މިފަދަ ދޮގުވެރި ދަޢުވާތަކަށް ރައްދު ދިނުމުގެ ގޮތުން ނެވެ. އެފްޑީއޭއިން އިތުރަށް ބުނެފައިވަނީ ކޮންސިއުމަރ ޔޫސް އަށް އެއްވެސް ހޭންޑް ސެނިޓައިޒަރ އެއް އެބޭފުޅުން އެޕްރޫވް ކޮށްފައި ނުވާ ކަމުގަ އެވެ.

މިފަދައިން އެފްޑީއޭއިން ބުނެފައިވާއިރު ފިހާރަތަކަށް ވަންނަ އިރު ދިވެހިންގެ އަތުގައި ގޮތް ނޭނގޭ އެކިއެކި ވިހަ ސެނެޓައިޒާ އުނގުޅަން މަޖުބޫރު ކުރަނީ ކޮން ޤާނުނެއްގެ ދަށުންތޯ؟ އެ ހައްޤު ފިހާރަތަކުގެ ވެރިންނަށް ދީގެން މި އުޅޭނީ ކާކުތޯ؟

11 ނޮވެންބަރ 2020 – އެފްޑީއޭ ވެބްސައިޓް ފޮޓޯއެއް

ސެނިޓައިޒާއާއި ކޮވިޑާއި ގުޅުވައިގެން އެޗްޕީއޭއިން ވަނީ ދޮގު މަޢުލޫމާތު މުޖްތަމަޢުގައި ފަތުރާފައި

ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން 13 ފެބުރުއަރީ 2020 ގައިވަނީ ހޭންޑް ސެނިޓައިޒަރ އިން ކޮވިޑުން ރައްކައުތެރިވާނެ ކަމުގައި ބުނެ ދޮގު މައުލޫމާތު މުޖުތަމަޢުގައި ފަތުރާފަ އެވެ. އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ “އެހެން މީހުންނާއި އަހަރެންގެ އަމިއްލަ ނަފްސު ކޮވިޑުން ރައްކައުތެރިކުރާނީ ކިހިނެއް؟” މި ސުވާލުގެ ފުރަތަމަ ޖަވާބުގައިވަނީ އެޗްޕީއޭއިން ބުނެފައިވަނީ “ހޭންޑް ސެނިޓައިޒަރ އެއް ބޭނުންކުރުން” ކަމުގަ އެވެ. މިއީ ސެނިޓައިޒަރ ވިއްކުމަށްޓަކައި މާކެޓް އުފެއްދުމަށް ރައްޔިތުންނަށް ދީފައިވާ މިސް އިންފޮމޭޝަން ނުވަތަ ދޮގުވެރި މަޢުލޫމާތެކެވެ.

13 ފެބުރުއަރީ 2020 ގައި އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓް

214 ސެނިޓައިޒަރ އެއްގެ މައްޗަށް އެމެރިކާގެ އެފްޑީއޭގެ އިންޒާރު!

ރަލުގެ ބާވަތެއް ކަމުގައިވާ މެތަލް ރާ ނުވަތަ މެތެނޯލް (ނުވަތަ ވުޑް އަލްކަހޯލް އާއި) އަދި ޕްރޮޕަނޯލް އިން ތައްޔާރުކޮށްފައިވާ 214 ހޭންޑް ސެނިޓައިޒަރ އެއްގެ މައްޗަށް، އެމެރިކާގެ އެފްޑީއޭ ނުވަތަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ އިންޒާރު ދީފި އެވެ.

އެމެރިކާގެ އެފްޑީއޭއިން މި ބަޔާނާ އެކު ނެރެފައިވާ ލިޔުމުގައިވާ ގޮތުން މެތެނޯލް އަކީ ފުދޭ މިންވަރަކަށް އެއަށް ހުށަހެޅިއްޖެ ނަމަ، މޭނުބައިކޮށް، ހޮޑުލެވި، ބޮލުގައި ރިއްސުވައި، ލޮލުގެ ފެނުން ފުސްކޮށް، ދެލޯ އެކުއެކީ އަނދިރިކޮށް، ފިޓުޖައްސުވައި، ކޯމާއަށް މީހާ ގެންގޮސް، ނާރުގެ ނިޒާމް ދާއިމީކޮށް ނުކުޅެދުންތެރިކޮށް އަދި މީހާ ސީދާ މަރާލާ އެއްޗެއް ކަމުގަ ބުނެފައިވެ އެވެ. މިއީ ހައްތަހާވެސް މެތެނޯލްގެ ވިހައިގެ ސަބަބުން ދިމާވާ ގެއްލުންތަކެވެ.

ސާފު މެތެނޯލް ގެ 10 މިލި ލިޓަރު (0.34 އައުންސު) ހަށިގަނޑަށް އެތެރެ ކޮށްފި ނަމަ، އެމީހެއްގެ ފެނުމުގެ ނާރު ހަލާކުކޮށް ދެލޯ އަދިރިކޮށްލަ އެވެ. މިއީ އެހާވެސް ނުރައްކާތެރި މާއްދާ އެކެވެ. އެހެންކަމުން ހޭންޑް ސެނިޓައިޒާ ދުވާލަކު އެތައް ފަހަރު އުނގުޅުމުގައި ހޭދާކުރާ މީހުންގެ ހަށިތަކަށް މި ވިހަ އެތެރެވާނެ މިންވަރު ޚުދު ތިބާ ވިސްނާލާށެވެ.

މިހާރު ހޭންޑް ސެނިޓައިޒާ އަތުގައި ނު އުނގުޅަންޏާ ބައެއް ފިހާތަކައް ވަނުމަކީ މަނާ ކަމެއް ކަމުގައި ވަނީ ހަދާފަ އެވެ. އެއީވެސް ޞިއްޙަތު ސަލާމަތުންބެހެއްޓުމާއި ރައްކާތެރި ކަމުގެ ނަމުގައެވެ. މިއީ ހިތާމަހުރި ކަމެކެވެ.

މެތެނޯލް އަދި އެތެނޯލް ރާ

މެތެނޯލް އަދި އެތެނޯލް އަކީވެސް ރަލެވެ. މި ދޭއްޗަކީ ރަލުގެ ވައްތަރުތައް ކަމުގައިވާ ވައިން، ވިސްކީ، ބިޔަރު ފަދަ ބާއިވަތްތަކުގައި ހުންނަ އެއްޗެކެވެ. މެތެނޯލް އަކީ ރަލުގެ އެންމެ އާދައިގެ ވައްތަރެވެ. އެތެނޯލް އެކޭ އެއްގޮތަށް އެއީ މަސްތުވާ އަދި ހުޅު ހިފާ ޒާތުގެ އެއްޗެކެވެ. މެތެނޯލް އަދި އެތެނޯލް އަކީވެސް ރާ އުފައްދާއިރު އޭގައި ހުންނަ ރަލުގެ ދެ މާއްދާ އެކެވެ. ގޭގޭގައި އަމިއްލައަށް ކައްކައިގެން އުފައްދާ ރަލުގައި މެތެނޯލްގެ މިންވަރު ކާރުޚާނާތަކުން ނެރޭ ރަލަށްވުރެ އެތައް ގުނަ އެއް އިތުރެވެ. އަމިއްލަ އަށް ރާ ކައްކައިގެން ރާ ބޯ މީހުން މަރުވެފައިވާތަން ގިނައިން ފެންނަނީ މި ސަބަބާ ހެދި އެވެ. ރާ ބޮއެގެން މަރުވާ ބޮޑު އެއް ސަބަބަކީ މެތެނޯލްގެ މިންވަރު އިތުރުވުންކަން އެނގި ޢާންމުވުމުން، އެއާއި ދެކޮޅަށް ޤާނޫނުތައް ހެދުމުގެ ނަތީޖާއެއްގެ ގޮތުން ރާ އުފައްދާ ކާރުޚާނާތަކުން ރަލުގައި ހުންނަ މެތެނޯލްގެ މިންވަރު ދަށްކުރަން މަސައްކަތް ކުރަން ޖެހުނެވެ. ރަލުގައި މެތެނޯލްގެ މިންވަރު ހުންނަންޖެހޭ އެންމެ ގިނަ މިންވަރުގެ ގޮތުގައި އެކި ގައުމު ތަކުގައި ކަނޑައަޅާފައި ހުންނަނީ އެކި މިންވަރެވެ. މެތެނޯލް ރާ ހަށިގަނޑަށް އެތެރެވުމުން އެ ބަދަލުކޮށްލަނީ ފޯމަލްޑިހައިޑް އަށެވެ. ފޯމަލްޑިހައިޑް އަކީ ލޮލުގެ ފެނުން އަދިރިކޮށްލާ އެއްޗެކެވެ. އަދި ފޯމަލްޑިހައިޑް ބަދަލުކޮށްލަނީ ފޯމިކް އެސިޑް އަށެވެ. ފޯމިކް އެސިޑް އަކީ ވިހަ ގަދަ ހިނީގެ ދަތުގައި ހުންނަ ވިހަ އެވެ. 

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ވިހަ ކެމިކަލް މާއްދާތަކުން ހަށިގަނޑު ޙިމާޔަތް ކުރުމުގެ މުހިންމުކަން

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި، ބަލިތަކުން ރައްކައުތެރިވުމަށް ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. އެހެނަސް، އަމިއްލަ ހަށިގަނޑު ނުރައްކާތެރި ވިހަ ކެމިކަލް މާއްދާތަކުން ރައްކައުތެރިކޮށް ޙިމާޔަތް ކުރުމުގެ ފުރިހަމަ ވިސްނުން ގެންގުޅޭ މީހުން އިންތިހާއަށް މަދެވެ. އަދި އާންމުންގެ ގިނަ ބަޔަކީ މި ކަމުގެ މައްޗަށް އިންތިހާއަށް ޣާފިލު އަދި ފަރުވާ ކުޑަ ބައެއް ކަމުގައި ޤައުމު ތަކުގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމަށް ދުޅަހެޔޮ ކާނާ ހެޔޮ މިންވަރަށް ކައިގެން ހަށިގަނޑަށް ގެއްލުންދޭ މާއްދާތަކުން ހަށިގަނޑު ހިމާޔަތްކުރަން ކޮންމެހެން ޖެހެ އެވެ. މިއީ ހަށިގަނޑުގެ ދިފަޢީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ރައްކާތެރިވާނެ މައިގަނޑު ގޮތެވެ.

ހޭންޑް ސެނިޓައިޒާ ތައްޔާރުކޮށްފައި ވަނީ ކޮންއެއްޗަކުންތޯ ބަލަން ޖެހޭ

ގިނަ ހޭންޑް ސެނިޓައިޒާތައް ތައްޔާރުކޮށްފައި ހުންނަނީ އެތެނޯލް (އެތެލް ރާ) ނުވަތަ މެތެނޯލް (މީތެލް ރާ) ބޭނުން ކޮށްގެނެވެ. އަދި އެއަށް އަޅާފައި ހުންނަ އެހެން ބާވަތްތަކުގެ ތެރޭގައި ފެން، އާޓިފިޝަލް ފްރެގްރެން އަދި ގްލިސަރިން ހިމެނެ އެވެ. 

އަދި ބައެއް ސެނިޓައިޒާތައް ރާ ނުލައި ތައްޔާރު ކޮށްފައި ހުރެ އެވެ. މިފަދަ ސެނިޓައިޒާތަކަށް ޓްރައިކޮލޯސަން ކިޔާ އެންޓިބަޔޮޓިކް ރެސިސްޓެންޓް މާއްދާއެއް އަޅާފައި ހުރެ އެވެ. ޓްރައިކޮލޯސަން އަކީ ހޯމޯން ބެލެންސް ގެއްލުވާލާ މާއްދާ އެކެވެ. އަދި މިއީ ދިފަޢީ ނިޒާމް ބަލިވެސް ކޮށްލާ މާއްދާ އެކެވެ. 

މީރުވަސް ދުވާ ސެންޓެއް އަޅާފައި ހަދާފައި ހުރި ހޭންޑް ސެނިޓައިޒާއެއް ނަމަ މިއީ އިތުރަށް ވިސްނަން ޖެހޭ ކަމެކެވެ. މިފަދަ ގިނަ ހޭންޑް ސެނިޓައިޒާތައް ހަދާފައި ހުންނަނީ އިންސާނާގެ ހަށިގަނޑަށް ނުތައްކާތެރި ކެމިކަލް މާއްދާތަކުން ތައްޔާރުކުރެވިފަވައިވާ ސިންތެޓިކް ފްރެގްރެންސް އަޅާފަ އެވެ. ފްރެގްރެންސް ތައްޔާރުކޮށްފައި ހުރީ ކޯޗަކުންކަން ސެނިޓައިޒާގެ ބޭރުގައި ލިޔަން ކުންފުނިތަކަށް މަޖުބޫރު ކަމެއް ނޯވެ އެވެ. އަދި އެކަން އޮންނަނީ އެއީ ވިޔަފާރީގެ ސިއްރެއްގެ ގޮތުގަ އެވެ. ހަމައެކަނި ފްރެގްރެންސް ލިޔެލީމައި އެ ނިމުނީ އެވެ. މި އެންމެހައި ކަންކަމަކީ އެކަންކަމަށް ފަރުވާ ކުޑަކޮށް ދޫކޮއްލައި ތިބެވޭނެހައި އާދައިގެ ކަންކަމެއް ނޫންނެވެ. ސަބަބަކީ މީގެ ކޮންމެ ކަމެއްގެ އާޚިރު ނަތީޖާ ގޮސް ހުއްޓެނީ އަހަރެމެންގެ އަމިއްލަ ޞިއްޙަތާއި ހިސާބަށެވެ.

ރަލުން ތައްޔާރުކޮށްފައިވާ ހޭންޑް ސެނިޓައިޒާ އިން ބަލިން ރައްކާތެރިވުމުގެ ޚިޔާލު ދޫކުރަންޖެހޭ

ބަޔާންކުރެވުނު ފަދައިން، ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލި ކުރުމާއި ބާރުގަދަކުރުން ބިނާވެފައިވާ އެއް ކަމަކީ ހަށިގަނޑަށް އެތެރެވާ އަދި އެތެރެކުރާ މާއްދާކެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް ބާރު ހަނިކޮށް ދަށްކޮށްލާ އެކައްޗަކީ ރަލެވެ. ރާ ހަށިގަނޑަށް އެތެރެވީ ހަޖަމްކުރުމުގެ ނިޒާމް މެދުވެރިކޮށް ކަމުގައިވިޔަސް އަދި ހަށިގަނޑުގެ ބޭރު ފަޝަލައިގެ ނިޒާމް މެދުވެރިކޮށް ކަމުގައިވިޔަސް އެއިން ދިފާޢީ ނިޒާމް ގެ ބާރު ހަނިކޮށް ދައްކޮށްލައެވެ. ރަލަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވިހަ ނުވަތަ ޓޮކްސިކް މާއްދާ އެކެވެ. މި ސަބަބައްޓަކައި ރަލަށް އިންޓޮކްސިކެންޓް ކިޔައެވެ. މާނައަކީ އެތެރެ ހަށީގެ އާންމު ނިޒާމް ވިހަކޮށްގެން މީހާ ވާނުވާގައި ބަހައްޓާތީ އެވެ. އެހެންކަމުން، އަލްކަހޯލް ސެނެޓައިޒާ ހަމުގައި އުނގުޅައިގެން ބަލިން ރައްކާތެރިވުމުގެ އުންމީދު ދޫކޮށްލާށެވެ. އެ އުނގުޅުމުން ދިފާއީ ނިޒާމް ކުރަނީ ބައްޔެވެ. އަލްކަހޯލް ސެނެޓައިޒާ އުނގުޅުމުން އޭގެ އަލްކަހޯލް ކޮންޓެންޓް ހަމުގެ ފަށަލައިގެ ނިޒާމް ފޫއަޅުވާލައި އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ އިސް ދައުރެއް އަދާކުރާ ދިފާއީ ސެލްއެއް ކަމުގައިވާ Dendritic cell (ޑެންޑްރިޓިކް ސެލް) އާއި ހަމައަށް ވާޞިލްވެ އެ ސެލްތައް މަސައްކަތް ކުރުން ހުއްޓުވާލައެވެ. ނުވަތަ މަރާލަ އެވެ.

އެތެނޯލް އަލްކަހޯލް އާއި މެދު ސައިންސުވެރިން ހޯދި ހޯދުމުން އެބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އިންސާނާގެ ދިފާޢީ ނިޒާމްގެ ދިފާއީ ސެލްއެއް ކަމުގައިވާ Dendritic cell (ޑެންޑްރިޓިކް ސެލް) މަސައްކަތް ކުރުން ހުއްޓުވާލާ އެއްޗެކެވެ. އަލްކަހޯލްގެ ސަބަބުން ޑެންޑްރެޓިކް ސެލް އިން ދިފާޢީ ނިޒާމްގެ T Cell (ޓީ ސެލް) އެކްޓިވޭޓް ކުރުން ނުކުޅެދުންތެރި ކުރުވަ އެވެ. މި ސަބަބައްޓަކައި އިންސާނުންނަށް ޖެހޭ ބަލިތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ރާބޯ މީހުންނާއި މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުންވަނީ ވެފަ އެވެ. ހިތާމައަކީ އެކިއެކި ގޮތް ނެނގޭ ހޭޑް ސެނެޓައިޒާ ތައް ރާއްޖޭގައި މިހާވަރަށް އެކިއެކި ފަރާތްތަކުން އިޝްތިހާރު ކުރުމުންދާއިރު ރާއްޖޭގެ އެފްޑީއޭއިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިވާކަން އެނގިފައެއް ނެތުމެވެ. މިފަދަ ގިނަ ސިއްޚީ ނުރައްކާތަކުގެ މައްޗަށް އެތަކެއް އުފެއްދުންތައް ނެރެ ހަދާ ކާރުޚާނާތަކުންވަނީ އާންމުން އަނދިރިކަމެއްގެ ތެރޭ ބައިތިއްބާފަ އެޗެ.

އެތެނޯލްއިން ޑެންޑްރިޓިކް ސެލް އަށް ކުރާ ގެއްލުން ބަޔާންކޮށްދޭ ފަންނީ ހޯދުންތައް

(1) STUDY: Ethanol Consumption Modifies Dendritic Cell Antigen Presentation in Mice | Richard Heinz et al. Alcohol Clin Exp Res. 2007 Oct. https://pubmed.ncbi.nlm.nih.gov/17850646/

(2) STUDY: Ethanol Inhibits Antigen Presentation by Dendritic Cells | 2011 July | https://www.ncbi.nlm.nih.gov/pmc/articles/PMC3147329/#__ffn_sectitle

(3) STUDY:  Ethyl Glucuronide, Ethyl Sulfate, and Ethanol in Urine after Sustained Exposure to an Ethanol-Based Hand Sanitizer | Journal of Analytical Toxicology | March 2011

Intensive exposure to ethanol-containing hand sanitizer can produce urinary EtG concentrations in excess of 2000 ng/mL, or two- to fourfold greater than commonly accepted threshold concentrations used to identify ethanol consumption.”

https://academic.oup.com/jat/article/35/2/85/773167

ޑެންޑްރިޓިކް ސެލް  އާއި ބަލިތަކާއި ޞިއްޙަތާއި ހުރި ގުޅުމާއި ބެހޭ ބައެއް ފަންނީ ހޯދުންތައް

(1) STUDY: Human skin dendritic cells in health and disease | J Dermatol Sci. 2015 Feb

Dendritic cells (DCs) are specialized antigen presenting cells abundant in peripheral tissues such as skin where they function as immune sentinels. Skin DCs migrate to draining lymph node where they interact with naïve T cells to induce immune responses to microorganisms, vaccines, tumours and self-antigens.”

https://www.ncbi.nlm.nih.gov/pmc/articles/PMC4728191/

(2) STUDY:  Harnessing dendritic cells in inflammatory skin diseases | Semin Immunol. 2011 Feb

DCs with their inherent plasticity play crucial roles in initiating and modulating immune responses.

https://www.ncbi.nlm.nih.gov/pmc/articles/PMC3235550/#__ffn_sectitle

(3) STUDY:  Resident and “Inflammatory” Dendritic Cells in Human Skin | Journal of Investigative Dermatology | Feb 2009

https://www.sciencedirect.com/science/article/pii/S0022202X15342044

One thought on “އެއްވެސް ހޭންޑް ސެނިޓައިޒަރ އަކުން ކޮވިޑުން ރައްކައުތެރި ކޮށް ނުދޭ – އެމެރިކާގެ އެފްޑީއޭ

Leave a Reply