ބިލްގޭޓްސް: ވެކްސިން މެދުވެރިކޮށް އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ

ރޮކްފެލާއިން ފަދައިން ވެކްސިން އުފައްދާ ގިނަ ކުންފުނިތަކުގެ ޝެއަރ ހޯލްޑަރ ކަމާއި އަދި ސިއްޙީ ދާއިރާގެ އަނދިރި ދަޢުލަތުގެ ޚުދުމުޚުތާރު ވެރިކަން ކުރާ އަނެކަކީ ދުނިޔޭގެ ބިލިއަނަރ ބިލް ގޭޓްސް އެވެ.

މި މައުޟޫގެ ކުރީގެ ލިޔުންތައް:

(1) ފުރިހަމަ އިންސާނެއް އުފެއްދުމުގެ ނަމުގައި ޑޮކްޓަރުންނާއި ސައިންސުވެރިން މެދުވެރިކޮށް ކުރިއަންގެންދާ އާބާދީ ދުއްވާލުމުގެ ޖެނެޓިކްސްގެ ނަސްލީ އިމްތިޔާޒުގެ ހަރަކާތް

(2) ރޮކްފެލާ ބޭސްވެރިކަން އަދި ޔޫއެން، ޑަބްލިޔުއެޗްއޯ އާއި ރޮކްފެލާއިންގެ އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ

ބިލްގޭޓްސްގެ ބައްޕަ ވިލިއަމް އެޗް ގޭޓްސް (ބިލްގޭޓްސް ސީނިއާ) އަކީ 1920 ގައި ފާޅުވި އެމެރިކަން ޔޫޖެނިކް ސޮސައިޓީގެ މެންބަރުންގެ ލިސްޓުގައި ހާމަކޮށްފައިވާ އެ ޖަމާޢަތުގެ އެންމެ އިސް އެއް މެންބަރެކެވެ. [1] މާގްރެޓް ސެންޖާއަށް ފަހު، 1962 އިން 1968 އަށް އެމެރިކާގެ ޕްލޭންޑް ޕޭރެންޓްހުޑް ފެޑެރޭޝަންގެ ރައީސަކަށް ހުރީ ޔަހޫދީ އެބޯޝަނިސްޓް ޑޮކްޓަރެއް ކަމުގައިވާ އަލަން ގަޓްމެކާ އެވެ. [2] ހަމަ މިދުވަސްކޮޅު އަލަން ގަޓްމެކާ އަކީ އެމެރިކަން ޔޫޖެނިކް ސޮސައިޓީގެ ވެސް ޑިރެކްޓަރެވެ. މީނާއަށް ފަހުގައި އެމެރިކާގެ ޕްލޭންޑް ޕޭރެންޓްހުޑް ފެޑެރޭޝަންގެ ރައީސަކީ ބިލްގޭޓްސްގެ ބައްޕަ ބިލްގޭޓްސް ސީނިއާ އެވެ. ބިލްގޭޓްސްގެ އާއިލާއަކީ ރޮކްފެލާއިންނާ އެކު ބައިވެރިވެގެން ދުނިޔޭގައި ޔޫޖެނިކް އެޖެންޑާގެ ހަރަކާތައް ހިންގި ބޮޑު އެއް ބައިވެރި އެކެވެ. ބިލްގޭޓްސްގެ ބައްޕަ، ބިލްގޭޓްސް ސީނިއާ ނުވަތަ ވިލިއަމް އެޗް ގޭޓްސް އޭނާ 2009 ގައި ލިޔުނު ފޮތް “ޝޯއިންގ އަޕް ފޯ ލައިފް” ގައި “ބޮޑުންނާއެކު ހިނގާލުން” މި މައުޟޫއުގެ ދަށުން ރޮކްފެލާއިންގެ ނުފޫޒު އާންމު ޞިއްޙަތުގައި އޮތް މިންވަރު ބަޔާންކޮށް ރޮކްފެލާއިންނަށް ތަޢުރީފުކޮށް ބުނެފައިވެ އެވެ.

ބިލްގޭޓްސްގެ ބައްޕަ ބިލްގޭޓްސް ސީނިއާ:ދުނިޔޭގެ ޞިއްހަތުގެ އެންމެހާ ދާއިރާއަކަށް އަހަރުމެން އެބުރި ގަތަސް އަހަރެމެންނަށް ފެންނަނީ ރޮކްފެލާއިން ކުރީއްސުރެ އެ މައިދާނުގައި ވާ ތަނެވެ. އަދި އެމީހުން އެތައް އަހަރެއް އެ މައިދާނެއްގައެވެ އެވެ. ކުޑަކުދިން އިމުނައިޒް ކުރުމަށް (ވެކްސިން ޖެހުމަށް) އަހަރެމެން 1980 ގައި ފަންޑު ކުރަން ހުއްޓުނު އިރު، އަހަރެމެންނަށް ފެނުނީ އަހަރެމެންގެ އަމިއްލަ ނަފްސު ރޮކްފެލާ ފައުންޑޭޝަނުން ފަށްޓާފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާ ކުރަނިކޮށެވެ. އަހަރެމެން، މެލޭރިއާ އާއި ޓިއުބޯ ކްލޯސިސް އާއި ދެކޮޅަށް މަސައްކަތްކުރަން ޝައުގުވެރިވި އިރު، އަހަރެމެންނަށް އެނގުނީ މި ދުނިޔެ އެކުއެކީ އެފަދަ ބަލިތަކުން ރައްކާތެރިވެ ފަރުވާ ހޯދުމަށް ރޮކްފެލާއިން މާކުރީއްސުރެ ކިޔަވަމުން ގޮސްފައިވާ ތަނެވެ. ބައެއް ހާލަތްތަކުގައި 100 އަހަރު ދުވަހުގެ ދިގު މުއްދަތު ގައެވެ. މިފަދައިން އެއިޑްސް އަދި އެޗްއައިވީ އާއި މެދުވެސް ވާ ތެދެއް ވެއެވެ. ރޮކްފެލާއިންނާ އެކު މަސައްކަތް ކުރުމާއި ކިޔެވުމުން އަހަރެމެންނަށް އެނގުނު ފިލާވަޅަކީ ރިސްކު ނަގަންޖެހޭ ވަރު އަމާޒަކަށް ވާސިލުވުމުގައި ކާމިޔާބުވުމަށް އެބަޔަކާއެކު މަސައްކަތްކުރާނެ އެއް-ފިކުރެއްގެ އެކުވެރިން ބޭނުންވާނެ ކަމެވެ. އެތައް ޤަރުނެއް ވަންދެން ރޮކްފެލާއިން ބޮޑެތި މައްސަލަ ތަކުގައި ދެމިތިއްބެވި އެވެ.”

ޔޫޖެނިކްސް އާބާދީ ދުއްވާލުމުގެ އެޖެންޑާއަށް ބިލްގޭޓް ތަރުބިއްޔަތުވީ އޭނާގެ ބައްޕައާއި ރޮކްފެލާއިންގެ ފަރާތުންނެވެ.

ބިލްގޭޓް 2003 ވަނަ އަހަރު ބުނެފައިވެ އެވެ. “އަހަރެންގެ ސަމާލުކަން އެކަމަކަށް ކުއްލިގޮތެއްގައި ދަމައިގަތް އެއް ކަމަކީ އާބާދީއާއި ގުޅިގެން އައިސްފައިވާ ކަންކަމެވެ. ރީޕްރޮޑަކްޓިވް ހެލްތު ނުވަތަ ދަރިމައިވުމުގެ ޞިއްޙަތެވެ. އެހިނދު ގޭޓްސް އާއި ސުވާލު ކުރެވުނެވެ. ދަރިމައިވުމުގެ މައްސަލައިގެ މައްޗަށް އައީ މުފައްކިރެއްގެ ގޮތުން ތޯ ؟ “ޖަވާބު ގައި ގޭޓްސް ބުނެ އެވެ. “އަހަރެން ބޮޑުވި އިރު، އަހަރެންގެ މައިންބަފައިން އަމިއްލަގޮތުން އެކި ވޮލަންޓިއަރ ކަން ކަމުގައި ޝާމިލުވެގެން އުޅުނެވެ. (އޭރު) އަހަރެންގެ ބައްޕަ އަކީ ޕްލޭންޑް ޕޭރެންޓްހުޑް (ފެޑްރޭޝަން ޖަމްޢިއްޔާގެ) އިސް ފަރާތެވެ. އަދި އޭގައި ޝާމިލުވެ އުޅުމަކީ އެއީ އެކަމަކަށް ވަރަށް ބޮޑަށް ޢާންމުންގެ ކޯޅުން ބޮޑުކަން އެކަމަކަށް އޮންނަ ކަމެކެވެ. [3]

21 މެއި 2009 ގައި ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނުން ކަމުގައިވާ ޑޭވިޑް ރޮކްފެލާ، ބިލް ގޭލްޓްސް، ޓެޑް ޓާރނާ، ބަފެޓް، ބްލޫމްބާރގް ފަދަ މަހުޖަނުން ބައިވެރިވި “ސިއްރު ބިލިޔަނަރު ކްލަބް” ބައްދަލުވުމުގައި އެމީހުންގެ މުއްސަދިކަން ބޭނުންކޮށްގެންއާބާދީ ކޮންޓްރޯލް ކުރުމަށް” ބޭނުން ކުރުމަށް ވަނީ ވާހަކަ ދައްކާފަ އެވެ. މި ސިއްރު ބައްދަލުވުގައި ބައިވެރިވި މަހުޖަނުންގެ މުދާވެރިކަން 125 ބިލިއަން ޑޮލަރަށް އަރާ ކަމުގައި ރިޕޯޓު ކުރެވުނެވެ. މި ބައްދަލުވުމުގެ ވާހަކަ، އޭގައި ބައިވެރިވި މީހުންނާއި އެމީހުން ދެއްކި ވާހަކަތަކާއި އެމީހުންގެ މުދަލުގެ އަގު ހާމަކޮށް 26 މެއި 2009 ގައި ވޯލް ސްޓްރީޓް ޖާނަލް ރިޕޯޓު ކުރެވިފައިވެ އެވެ. [4]

ފަޤީރުކަމޭ ކިޔައިގެން ބިލްގޭޓްސްގެ މަޤުޞަދަކީ އާބާދީ ދުއްވާލުމަށް މަސައްކަތް ކުރުމެވެ.

ފެބުރުއަރީ 2009 ގައި، ޓެޑް ޓޯކް ޝޯގައި ކްރިސް އެންޑްރެސަން ބިލްގޭޓްސް އާއި ސުވާލު ކުރުމުން ބުނެފައިވެ އެވެ. އަހަރެމެންގެ ފައުންޑޭޝަން (ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން) ފުރަތަމަ ފެށި އިރު އޭގެ އަމާޒު ހުއްޓިފައި އޮތީ ދަރިމައިވުމުގެ ޞިއްޙަތުގެ މައްޗަށެވެ. އެއީ އަހަރެމެން ކުރި މައިގަނޑު ކަމެވެ. ސަބަބަކީ، އަހަރެންނަށް ހީވި ގޮތުގައި، ފަޤީރު ޤައުމުތަކުގައި އެމީހުންނަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ އާބާދީ އިތުރު ވުމެވެ. އާއިލާގެ ސައިޒު ހިފަހައްޓަން، އެއަށް ބޭނުންވާ އާލާތްތަކާއި އެޑިއުކޭޝަން ބޭނުންވާ މައިންނަށް އެކަމުގައި އެހީތެރިވާން އަހަރެން ޖެހެ އެވެ. އަދި އަހަރެން ދެކުނު ގޮތުގައި ބަލައިގަނެވޭނެ ކަމަކީ ހަމައެކަނި މިއެވެ.[5]

ފެބުރުއަރީ 2010 ގައި މަޝްހޫރު ޓެޑް ޓޯކް ޝޯގައި ވާހަކަ ދައްކަމުން ބިލްގޭޓްސް ބުނެފައިވަނީ ވެކްސިން އިން އާބާދީ ކޮންޓްރޯލްކޮށް ދުއްވާ ލެވިދާނެ ކަމަށެވެ.

ބިލްގޭޓްސް: “”މިހާރު ދުނިޔޭގެ އާބާދީ އަކީ 6.8 ބިލިއަން މީހުން. އަދި ވަރަށް އަވަހަށް މި އަދަދު 9 ބިލިއަނަށް އަރާނެ. ނަމަވެސް، އަހަރެމެން ޞިއްޙީ ފަރުވާއާއި، ދަރިމައިވުމުގެ ޞިއްޙީ ފަރުވާގެ ހިދުމަތަށާއި އައު ވެކްސިން ގެ މައްޗަށް ރަނގަޅު މަސައްކަތެއް ކޮށް ކޮށްފި ކަމުގައި ވާނަމަ، މި އަދަދު 10 ނުވަތަ 15 އިންސައްތަ މަދުކުރެވިދާނެ“[6]

ބިލްގޭޓްސް އެބުނާ “ރީޕްރޮޑަކްޓިވް ހެލްތް ސާވިސް” އަކީ ބިލްގޭޓްގެ ބައްޕަ ބިލް ގޭޓް ސީނިއަރ އެންމެ ކުރީއްސުރެ ހަދައިގެން އުޅުނު ދަރިވައްޓާ “ޕްލޭންޑް ޕޭރެންޓްހުޑް” ކިލިނިކްތަކެވެ. އެއަށް ފެމިލީ ޕްނޭނިން ނުވަތަ އާއިލާ ރޭވުން ކިޔައި ރީތި ނަންނަމުގެ ފަހަތުގައި ހިންގާ އަދިރި އެޖެންޑާއަކީ ހަމަ ޔޫޖެނިކްސްގެ އެޖެންޑާ އެވެ. ބިލްގޭޓްސް އެބުނާ ހެލްތް ކެއާރއަކީ ހެލްތު ވޯކަރުން މެދުވެރިކޮށް މަތީގައި ބުނެވުނު ދަރިމައިވުން ހުއްޓުވުމަށް ހިންގި ޖަރީމާގެ ވާހަކަ އެވެ. މިއީ ޤައްޔޫމްގެ ވެރިކަމުން ސުރެ ދިވެހިންނަށް އައު ވާހަކަތަކެއް ކަމުގައި ނުވާނެ އެވެ. ބިލްގޭޓްސް ބުނި ބަސް “ވަރުގަދަ މޮޅު ކަމެއް ވެކްސިނަށް ރަނގަޅު ކަމެއް ކޮށްފި ނަމަ، އަހަރެމެންނަށް އެ އަދަދު 15 އާއި 20 ޕަސެންޓަށް ދަށް ކުރެވިދާނެ” މި އިބާރާތުން ވެކްސިން މެދުވެރިކޮށް އާބާދީ ދަށްކުރުމުގެ ހަރަކާތައް ހިންގާކަން ފާޅުކަން ބޮޑު ގޮތުގައި އެނގެއެވެ. މި ވާހަކަތަކުގެ ހަޤީޤަތް އިތުރަށް ހާމަވެގެންދާ އަނެއް ކަމަކީ ޑަބްލިއުއެޗްއޯ އިން ވެކްސިން މެދުވެރިކޮށް ދަރިމައިވުން މަތަ ކުރުމަށް ހިންގި ސިއްރު ހަރަކާތްތަކެވެ. މިހާރު ބިލް ގޭޓްސްއަކީ އެމެރިކާ ސަރުކާރަށްފަހު، ޑަބްލިއުއެޗްއޯގެ ދެވަނަ އެންމެ ބޮޑު ސްޕޮންސާ އެވެ.

ބިލްގޭޓް ފަންޑުކޮށްގެން އިންސާނުންގެ ސްޕާމް ކައުންޓު (ދަރިފަނީގެ އަދަދު) އަޑުގެ ބާނި ބޭނުންކޮށް ދަށްކުރާނެ ގޮތެއް ހޯދައި 29 ޖެނުއަރީ 2012 ގައި ނެރެފައިވެ އެވެ.

ރީޕްރޮޑަކްޓިވް ބަޔޮލޮޖީ އަދި އެންޑޯކްރައިނޯލޮޖީ ގައި މީދަލުގެ މައްޗަށް ޝާއިއުކޮށްފައިވާ ދިރާސާއެއް ގައި ދައްކާ ގޮތުން އަޑުގެ ބާނި ބޭނުންކޮށްގެން ފަހުން ބަދަލު ކުރެވޭނެ ފަދަ ގޮތަކަށް އިންސާނުންނަށް ދަރިމައިވުން ހުއްޓުވިދާނެ ލެވެލްއަކަށް ސްޕާމް ކައުންޓްސް ދަށް ކުރެވިދާނެ އެވެ. ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ފައިސާގެ ގްރޭންޓެއް ކާމިޔާބުވި ޔުނިވާސިޓީ އޮފް ނޯރތް ކަރޮލައިނާ ގެ ރިސާޗަރުން ދަނީ މި ކޮންސެޕްޓާއި އެކު ކުރިއަށް ދަމުންނެވެ.” (ބީބީސީ ނިއުސް، ހެލްތު، 29 ޖެއުއަރީ 2012)

5 ފެބުރުއަރީ 2011 ގައި ސީއެންއެންގެ ސަންޖޭ ގުޕްތާ (އެމްޑީ) ބިލް ގޭޓްސްއާއި ސުވާލު ކުރި އެވެ. “ކުރިއަށް އޮތް 10 އަހަރުގައި 10 ބިލިއަން ޑޮލަރު ގޭޓްސް ހޭދަކުރަނީ ކުރިއަށް އޮތީ ވެކްސިންގެ އަހަރު ކަމުގައި ހެދުމަށެވެ. މީގެ ހަޤީޤީ މާނައަކީ ކޮބައިތޯ؟ ބިލްގޭޓްސް ޖަވާބުގައި ބުންޏެވެ. “ރަނގަޅު، ކުރިއަށް އޮތް މި ދިހަ އަހަރުގައި އަހަރެން ޤަބޫލުކުރަނީ ޤަބޫލުނުކުރެވޭހާ ކުރިއެރުން ލިބޭނެ ކަމަށެވެ. އެއީ އައު ވެކްސިން އުފެއްދުމާއި، އެ ވެކްސިންތައް އެ ބޭނުން ޖެހިގެންވާ (ދުނިޔޭގެ) އެންމެހައި ކުދިންނާއި ހިސާބަށް ފޯރުކޮށްދެވޭކަން ޔަޤީންކުރުމެވެ. މީގައި އަހަރެމެން ކާމިޔާބުވެއްޖެ ނަމަ ކޮންމެ އަހަރަކު މަރުވާ 9 މިލިއަން ކުދިންގެ ތެރެއިން އޭގެ ދެބައިކުޅަ އެއްބައި ކަނޑާ ލެވިދާނެ އެވެ. އަދި (ވެކްސިންގެ) ފާއިދާ ތަކުގެ ތެރޭގައި ބަލި މަޑުކަން މަދުކުރުމާއި އާބާދީ ދަށްކުރުން ވެއެވެ. (ދައުލަތުން ވެކްސިން ޖެހުމުގެ ތެރެއަށް) އިންޓަރވީން ކުރެވެން ފެއްޓުމުން، މުޖްތަމަޢު އޭގެ އަމިއްލަ ނަފްސާއި މެދު ގޮތް ނިންމުމުގެ ފުރުޞަތު ލިބެ އެވެ.[7]

ޖުލައި 2012، ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަން އިން އާއިލާ ރޭވުމާއި ބެހޭ ސަމިޓެއް ލަންޑަން ގައި އިންތިޒާމްކޮށް ބޭއްވީ ލަންޑަނުގައި އޭގެ 100 އަހަރު ކުރިން ބޭއްވި ބައިނަލް އަޤްވާމީ ޔޫޖެނިކްސް ކޮންގެރެސް އަށް 100 އަހަރު ފުރުނު ދުވަހުގައި އެކަން ފާހަގަ ކުރުމަށްޓަކަ އެވެ.

ބިލްގޭޓް އާއި ރޮކްފެލާއިން ފަދަ އާބާދީ ކޮންޓްރޯލްކުރަން މަސައްކަތް ކުރާ ޔޫޖެނިސްޓު ފިކުރުގެ މީހުންގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ވާހަކަ ދައްކާ އިރަށް އެއްކަލަ ޕެއިޑް “ފެކްޓް ޗެކާއިން” (ހަޤީޤަތް ޗެކުކުރާ މީޑިއާ ގާޒީން) ނުކުމެ މިވާހަކަތައް އޮމާންކޮށް ރީތިކުރަން މަސައްކަތް ކުރިއަސް މިއީ ބަޔަކަށް އޮޅޭ މިންވަރަށްވުރެ ސާފުކޮށް ދައްކާފައިވާ ވާހަކަތަކެވެ. އެގޮތުން ބިލް ގޭޓް ދައްކާފައިވާ ވާހަކަ އޮމާންކުރުމަށް ފެކްޓް ޗެކާއިން ބުނެ އުޅޭ އެއް ވާހަކަ އަކީ އޭގައި ބިލްގޭޓްސް އެ ބުނާ ވާހަކަ އަކީ ޞިއްހަތު ރަނގަޅުކޮށްގެން ދުނިޔޭގެ އާބާދީ މަދުކުރާ ވާހަކަ އެވެ. އަދި ބެލްގޭޓްސް ބުނެފައިވާ މިފަދަ ބަސްތައް ގެނެސް ހަޤީޤަތް އޮޅުވައި ވަޅުޖަހަން މަސައްކަތް ކުރެ އެވެ.

ބިލް ގޭޓްސް ބުނެފައިވެ އެވެ. “ޞިއްޙަތު ރަނގަޅުވުމާއެކު، އާއިލާތަކުން މަދު ކުދިން ހޯދުން އިޚްތިޔާރު ކުރެ އެވެ.[8]

ޞިއްޙަތު ރަނގަޅުވެގެން މަދު ކުދިން ހޯދުމަށް އިންސާނުން އެދޭނެ” ކަމުގެ ވާހަކަ އަކީ ބުއްދި ޤަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. ހަޤީޤަތުގައި ބިލްގޭޓްސް އެބުނާ ސިއްޙަތު ރަނގަޅު ވުމަކީ އޭނާގެ އަމިއްލަ ހިތުގައި އޮތް ޔޫޖެނިކްސް ގެ މާނައިގައި ޞިއްޙަތު ރަނގަޅު ކުރާ ވާހަކައެވެ. އޭނާ އެބުނާ ޞިއްޙަތު ރަނގަޅު ވުމަކީ ސިއްޙީ ގޮތުން އެ އާއިލާތަކުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި، އެމީހުންގެ ދަރިމައިވުމަށް ހުރަސް އެޅުމަށް ވެކްސިނާއި ބޭހުން އެމީހުންގެ ގުނަވަންތަކާއި ޖީންއަށް ގެންނަ އެކިއެކި ބަދަލުތަކުގެ ވާހަކަ އެވެ. އޭނާގެ ޞިއްހަތު ރަނގަޅުވުމުގެ މާނައަކީ ޢާންމުންގެ އެންގުމަކާއި ނުލައި، އަދި އެމީހުންގެ ރުހުމަކާއި ނުލައި ދަރިމައިވުން ހުއްޓުވާ ބޭސްތަކާއި އެކި ކެމިކަލާއި ވިހަ ވެކްސިން ފަދަ އެއްޗެހި ބޭނުންކޮށްގެން ހިންގާ ހަރަކާތުގެ ވާހަކަ އެވެ. އެހެންކަމުން، ބިލް ގޭޓްސްގެ އާބާދީ ދަށްކުރުމުގެ ވާހަކަ އަކީ ބަޔަކު ޚިޔާލީ ވާހަކަތަކެއް ގޮތުގައި ހަދަހަދައިގެން ދައްކާ ކޮންސްޕަޔެރިސީ ތިއަރީއެއް ނޫންކަމާއި އެއީ އޭނާ ދައްކާފައިވާ ވާހަކަތަކުންނާއި މި ޔޫޖެނިސްޓުންގެ ޢަމަލުތަކުން އިރު ފެންނަ ފަދައިން ސާފުކޮށް އެނގެން އޮތް ވާހަކަ އެކެވެ.

ބިލްގޭޓްސް މައިކްރޯސޮފްޓުން މައިކްރޯ-ޗިޕް އިންޕްލޭންޓާއި ޑިޖިޓަލް އައިޑެންޓިޓީ ވެކްސިނަށް!

ޖެނުއަރީ 2014 ވަނަ އަހަރު ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މައިކްރޯ-ޗިޕް އައިއެންސީ. ކުންފުންޏަށް އަންހެނުން ދަރިމައިވުން ރެގިއުލޭޓްކުރާ ޝަޚްސީ ނިޒާމެއް (އާލާތެއް) އުފެއްދުމަށް 20 މިލިއަން އެމެރިކާ ޑޮލަރު ދީފަ އެވެ. [9] “ރިމޯޓު ކޮންޓުރޯލްއިން އޮންކޮށް އަދި އޮފް ކުރެވޭ  16 އަހަރަށް މަސައްކަތް ކުރާ އައު ވައްތަރެއްގެ ވަޔަރލެސް މައިކްރޯ ޗިޕް ދަރިމައިވުން މަނާ ކުރާ އިންޕްލާންޓެއް” އުފައްދާފައިވާ ކަމުގައި ޖުލައި 2014 ގައި މި ކުންފުނިން އިއުލާނު ކުރި އެވެ. އެމްއައިޓީ ޓެކްނޮލޮޖީ ރިވިއުގައި ބަޔާންކޮށްފައިވާ ގޮތުން މި ޚިޔާލުގެ އަޞްލަކީ ބިލްގޭޓްސް ރޮބަޓް ލަންޖާގެ އެމްއައިޓީ ލެބަށް 2012 ވަނަ އަހަރު ކުރި ޒިޔާރަތުގައި ދެކެވުނު ވާހަކަ ތަކެވެ. ހަށިގަނޑަށް ލައްވާ ކަހަލަ ދަރިމައިވުން މަނާކުރާ އޮން ކުރުމަށް ފަހު އޮފް ކުރެވޭ އިންޕެލޭންޓެއް އުފެއްދިދާނެ ތޯ ބިލްގޭޓްސް އޭނާކުރެން އަހައި އެމަސައްކަތް ފެށުމަކަށް އައެވެ.

ބިލްގޭޓް އެބުނާ އާބާދީ ކޮންޓްރޯލްކުރުމަކީ އާބާދީގެ މައްޗަށް ޑިކްޓޭޓަރުކަން ހިންގުން

ބިލްގޭޓްސްގެ އަމިއްލަ އިއުތިރާފުން ގޭޓްސް ފައުންޑޭޝަންގެ އެންމެ މައިގަނޑު މިޝަން އަކީ “އާބާދީ ކޮންޓްރޯލް ކުރުން” ނުވަތަ އާބާދީ ދަށްކުރުން ކަމުގައި ބުނެފައިވެ އެވެ. އެހެނަސް، ބިލްގޭޓްސް އެބުނާ “އާބާދީ ކޮންޓްރޯ ކުރުން” އެއީ ކޯއްޗެއްކަމާއި އޭގެ ހަޤީޤަތް ފަހުމުވުމަށް، އާބާދީގެ ސައިޒަށްވުރެ ފުޅާކޮށް އަހަރެމެން ވިސްނަން ޖެހެ އެވެ. ބިލްގޭޓްސް އެބުނާ “އާބާދީ ކޮންޓްރޯލް ކުރުމުގެ” ފައުންޑޭޝަން ލެވެލްގައި އޭނާ އެ ބުނަނީ “ދަރިމަވުން ކޮންޓްރޯލް ކުރާ” ވާހަކައިގެ އިތުރަށް މުޅި އާބާދީގައި ވާ އެންމެން އޭގެ ޒާތުގައި އޭނާގެ މުށުތެރެއަށް ގެނެސް އާބާދީ ހުރިގޮތަށް ކޮންޓްރޯލް ކޮށް އާބާދީގެ މައްޗަށް ބާރުވެރިކަން ފޯރުވައި ޑިކްޓޭޑަރު ވެރިކަން ކުރާ ވާހަކަ އެވެ. އާބާދީ ކޮންޓްރޯލް ކުރުމޭ އެބުނަނީ މި ކޮންޓްރޯލް އަށެވެ.

ބިލްގޭޓްސް އެބުނާ “އާބީދީ ކޮންޓްރޯލް ކުރުމުގެ އެޖެންޖާ” ފުޅާ ގޮތުގައި ފަހުމުވުމަށް 2015 ގައި ބިލްގޭޓްސް ފަންޑުކޮށް އުފެއްދި “އައިޑީ2020” އާއި 2017 ގައި ގޭޓްސް ފައުންޑޭޝަނުން ފަންޑު ކޮށް އުފެއްދި [10] ގަވީ (ގްލޯބަލް އެލައެންސް އޮން ވެކްސިން އެންޑް އިމިއުނައިޒޭޝަންގެ) އިއްތިހާދުގެ މައްޗަށް ބަލާލަން ޖެހެ އެވެ.

އެންމެ ފުރަތަމަ ޖަމާޢަތް ކަމުގައިވާ އައިޑީ2020 (https://id2020.org) އަކީ ވެކްސިން ޖަހާފައިވާ ކޮންމެ އިންސާނަކީ ޑިޖިޓަލް ކޮށް މޮނީޓަރކޮށް ބެލެހެއްޓޭފަދަ އައިޑެންޓިފިކޭށަންގެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ބިލްގޭޓްސް އުފެއްދި ޖަމާޢަތެކެވެ. 20 މެއި 2016 ގައި މި ޖަމާޢަތުން އިސްވެ އެމެރިކާގެ ޔޫއެންގެ ހެޑްކުއާރޓަރ ގައި[11]  މި ޖަމާޢަތުގެ ހަރަކާތްތައް ދުނިޔޭގެ ލެވެލްގައި ފެށްޓުމަށްޓަކައި ޖަމާޢަތް އިފްތިތާޙުކުރުމުގެ ސަމިޓެއް ޔޫއެން (އަލިފުދާލު) އާއި ގުޅިގެން ބޭއްވި އެވެ. [12] މި ޖަމާޢަތުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން މި ޖަމާޢަތުގެ “ފައުންޑިން ޕާޓްނަރ” އަކީ ބިލްގޭޓްސްގެ މައި ކުންފުނި މައިކްރޯ ސޮފްޓެވެ. އަދި މި ޑިޖިޓަލް އައިޑެންޓިޓީ އިއްތިހާދަށް ފަންޑު ކުރާ އަނެއް ބައިވެރި އަކީ އެއްކަލަ ރޮކްފެލާ ފައުންޑޭޝަން އެވެ. [13] މިފަދަ ޖަރީމާއެއް ދުނިޔޭގައި ހިނގަންޏާ ރޮކްފެލާއިން ނާއި ބެލްގޭޓްސްގެ އަތް އެތަނަކަށް ނުބާނާ ނުހުންނާނެކަން މިއިން ވެސް އެނގިގެން ދެއެވެ.

ގަވީ” އަކީ ގޭޓްސް ފައުންޑޭޝަނާއި، ޑަބްލިއުއެޗްއޯއާއި، ޔުނިސެފާއި، ވޯލްޑް ބެންކު އަދި ވެކްސިން އުފައްދާ ކުންފުނިތަކާއެކު ހެދި އިއްތިހާދެއް ގެ ދަށުން ވެކްސިން ވިއްކުމަށް ރަނގަޅު މާކެޓެއް ހޯދުމަށް ހެދި ޖަމާޢަތެކެވެ. މި އިއްތިހާދު ގެ މައިގަނޑު މިޝަން އަކީ މި ދުނިޔޭގައިވާ ކޮންމެ ދަރިއަކަށް ވެކްސިން ދިނުން އަދި އެ ވެކްސިން ދޭ އިރު ކޮންމެ އިންސާނަކަށް ވެކްސިން ޖަހާފައިވާ ކަމުގެ ޑިޖިޓަލް ބަޔޯ މެޓްރިކް އައިޑެންޓިޓީ އެއް ޤާއިމް ކުރުމެވެ. [14] ގަވީ އަކީވެސް އަޑީ2020 ގެ އެއް ބައިވެރި އެވެ.

13 ނޮވެންބަރު 2017 ގައި ބިލްގޭޓްސްގެ މި ގަވީ ޖަމާޢަތުގެ ސީއީއޯ ކަމުގައި ކަނޑައަޅާފައިވާ ސެތް ބާކްލީ ނޭޗާ ވެބްސައިޓްގައި “އިމިއުނައިޒޭޝަން އަށް ޓެކްނޮލޮޖީ ބޫސްޓެއް ބޭނުން” ކަމުގައި ބުނެ އެ މައުޟޫއަށް ލިޔެފައިވެ އެވެ. އެ ލިޔުމުގައި އޭނާ ބުނެފައިވަނީ ދުނިޔޭގެ އާބާދީގެ %100 އެންމެ ފުރިހަމަ ގޮތުގައި ވެކްސިން ޖެހުން ކަށަވަރުކޮށް މޮނީޓާ ކުރުމަށް “ކުއްޖާގެ މެޑިކަލް ހިސްޓްރީ ރައްކާކުރެވިފައިވާ ރައްކައުތެރި ޑިޖިޓަލް އައިޑެންޓިފިކޭޝަން ނިޒާމެއް” ކޮންމެހެން ޤާއިމުކުރަން ޖެހޭ ކަމުގަ އެވެ. [15]

13 ޑިސެންބަރު 2018 ގައި ސެތް ބާކްލީ އެނެއްކާވެސް ގަވީގެ ހާޤީޤީ މިޝަންއާއި ބެހޭ ގޮތުން ވާހަކަ ދައްކައި ބުނެފައިވެ އެވެ. “13 ޑިސެންބަރު 2018 ގައި ސެތް ބާކްލީ އެނެއްކާ ވެސް ގަވީގެ ހާޤީޤީ މިޝަން އާއި ބެހޭ ގޮތުން ވާހަކަ ދައްކައި ބުނެފައިވެ އެވެ. “މިއަދު ދުނިޔޭގެ ތިން ބައިކުޅަ އެއްބައި ކުދިންނަކީ ބާތް ސެޓްފިކެޓެއް އޮން ކުދިންނެއް ނޫނެވެ. އެކުދިން ފޮލޯ ކުރާނީ ކިހިނެއް ކަމެއް އަހަރެމެންނަށް ނޭނގެ އެވެ. ކުދިންނަށް ދީފައިވާ ވެކްސިން އާއި އެ ކުދިން ޓްރެކް ކުރާނެ އިތުބާރުކުރެވޭ ގޮތެއް އަހަރެމެން ހޯދަން ޖެހެ އެވެ. އަހަރެމެންނަށް ކުރެވޭނެ ނަމަ، އެކުދިން ވެކްސިނެއް ޖެހުން މިސްވެސްޖެ ނަމަ އެކަން ހަދާންކޮށްދީ ހެދުން އަދި އެއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޢުދެވެ. ގިނަ މީހުން ހީކުރަނީ އުފަންދުވަހުގެ ސެޓްފިކެޓް އަކީ އެންމެ މުހިންމު ލިޔެކިޔުން ކަމުގަ އެވެ. އެހެނަސް، އެންމެ ޢާންމު ސެޓްފިކެޓަކީ އުފަން ދުވަހުގެ ސެޓްފިކްޓް އަދި މަރުގެ ސެޓްފިކެޓް އަދި ކައިވެނީގެ ސެޓްފިކެޓެއް ނޫނެވެ. އާބާދީ ރަޖިސްޓްރީ ކުރުމަށްޓަކައި އެންމެ މުހިންމު ކާޑަކީ ކުއްޖާގެ ޞިއްޙީ ކާޑެވެ. ސަބަބަކީ (އާބާދީގެ) %90 ކުދިންނަށް ވެކްސިން ޖެހުމުގައި އަހަރުމެންގެ އަތް ވަނީ ނިޒާމުގެ ދަށުން ފޯރާފަ އެވެ. އެހެންކަމުން އެކުދިން ވަނީ ނިޒާމުގެ ދަށުގަ އެވެ. އެހެނަސް، ގޮން ޖެހުމަކީ އެކުދިންނާއި (ވެކްސިން ޖެހުމުގެ ޞިއްޙީ) ނިޒާމާއި (ޑިޖިޓަލްކޮށް) ގުޅުވިފައި ނެތުމެވެ. އެފަދައިން، ނިޒާމާއި އެ ކުދިން ގުޅުވާ ލެވިއްޖެ ނަމަ، އެއާއި ގުޅުވައިގެން އެކުދިންނަށް ބޭސިކް އައިޑެންޓިޓީ ޕޭޕަރުތައް ތިބާއަށް ދެވިދާނެ އެވެ. އަދި މީގެ ފަހުން، އެ ކުދިން އެކުދިންގެ ހައްޤުތައް ހޯދުމަށް އެދުމުން (މިސާލަކަށް ކިޔަވަން އެދުންފަދަ ކަންކަން) ނުވަތަ ބިމެއް މިލްކުވެރިކަން އެދުމުން އެކަމުގައި އެކުދިންނަށް އެހީވެދެވިދާނެ އެވެ. މިހާރަކު އަހަރެމެން މިކަމުގެ ފާއިދާ ނު ނަގައެވެ. މިހާރުވެސް، ކުދިން ފެނޭ، ހެލްތު ސެންޓަރުތަކަށް ވެއްދޭ، އެހެނަސް، އެކުދިންގެ (ވެކްސިން ޖެހުމުގެ) މައުލޫމާތު އެހެންކަމަކަށް މިހާރަކު ބޭނުން ނުކުރެވެ އެވެ.” [16]

މީގައި ބެކްލީ އެބުނާ ހީލަތްތެރި މަކަރުވެރި “އެހީވުމަކީ” ވެކްސިން ދިނުމުގެ ޑިޖިޓަލް ރެކޯޑުތަކަށް ބަލައިގެން ނޫނީ އެކުދިންނަށް އަސާސީ ހައްޤުތައް ދިނުމުން މަޙުރޫމުކޮށް، އެކުދިންނަށް ގޯތި ގެދޮރު ލިބުމުން މަޙުރޫމުކޮށް އެފަދަ ކަންތައް އެންމެ ފުރިހަމަ ގޮތުގައި ކޮށް އޭގެ ނާޖާއިޒު ފާއިދާ ނެގުމުގެ ވާހަކަ އެވެ.

 އަނެއްކާވެސް ބިލްގޭޓްސް އެއްކަލަ ރޮބަޓް ލަންޖާ އާއި އޭނާގެ އެމްއައިޓީ ގުރޫޕަށް އެބުރި ގޮސް، ކޮންމެ މީހަކީވެސް އެމީހަކަށް ވެކްސިން ޖަހާފައިވާ ކަމުގެ ދާއިމީ ރެކޯޑެއް ކޮންމެ މީހެއްގެ ހަށިގަނޑުގައި ރައްކާކޮށްފައި ބަހައްޓާނެ ޓެކްނިކަލް ގޮތެއް ހޯދުމަށް އެދުނެވެ. [17] އެގޮތުން، މި ހުސްވި 2019 ވަނަ އަހަރުގެ ޑިސެންބަރު 18 ގައި، ރޮބަޓް ލަންޖާގެ ޖަމާޢަތުން ވަނީ ވެކްސިން ޖަހާއިރު އެޔާ އެކު ވެކްސިން ޖެހި ކަމުގެ ޞިއްޙީ މައުލޫމާތު ދެހަން ދޭތެރޭ މައިކްރޯ ނީޑްލްސް (ކުދި ތިނޯހެއް) ބޭނުންކޮށް ރައްކާކުރާނެ ގޮތެއް ހޯދައި އެކަމާއި ބެހޭ ފަންނީ ލިޔުމެއް ނެރެފަ އެވެ. [18] މި ފަންނީ ލިޔުމުގެ އިސް ރިސާޗަރަކު ބުނެފައިވެ އެވެ.ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން އަހަރެމެން ކައިރިޔަށް އައިސް ބުންޏެވެ. ‘ވެކްސިން ޖަހާފައިވާ މީހުން ފާހަގަކުރުމުގައި އަހަރެމެނަށް ބޮޑު މައްސަލައެއް އެބަ އޮތެވެ. އަހަރެމެންގެ ޚިޔާލަކީ ވެކްސިން ޖަހާ މީހާގެ ގައިގައި އެ ޖެހި ކަމުގެ ރެކޯޑެއް އެޅުމެވެ. މިގޮތުން، ފަހުން މީހުންނަށް އެ ހިސާބު ސްކޭންކޮށް އޭނާއަށް ޖަހާފައި ވަނީ ކޮން ވެކްސިނެއް ތޯ ބެލޭނެ އަދި ހަމައެކަނި ބޭނުން ޖެހިގެންވާ ވެކްސިނެއް އެމީހަކަށް ދެވޭނެ އެވެ.

މި ފަންނީ ހޯދުމަކީ މިހާރު މި ޖަހާ ވެކްސިން އާއި މުޅިން ތަފާތު އައު ވައްތަރަކަށް ވެކްސިން ޖެހުމަށް ހޯދުނު ހޯދުމެކެވެ. މިގޮތަށް ވެކްސިން ޖަހާއިރު މައިކްރޯ ނީޑްލްއިން ހަމުގެ އެތެރޭގައި ރައްކައުކޮށްފައި ބެހެއްޓޭ ކުއަންޓަމް ތިކިތަކެއް ޖަހަ އެވެ. އެ ތިކިތައް އާންމުކޮށް ލޮލުން ބަލާ ބެލުމުން ނުފެންނާނެ އެވެ. އެ ޑޮޓްތައް ފެންނާނީ ވަކިގޮތަކަށް އުފައްދާފައިވާ ސްމާޓް ފޯނު ތަކަކުން ނެވެ. މި ޖަހާ ކުއަންޓަމް ތިކިތަކާއި ބެހޭ ގޮތުން ރައިސް ޔުނިވާސިޓީން ބުނެފައިވަނީ “އެއީ ބާކޯޑް-ޓެޓޫ އެއް ފަދަ އެއްޗެކެވެ.”

މިފަދަ ޓެޓޫ އަކާއި އެކު ޖަހާނެ ކޮރޯނާ ވެކްސިނެއް އުފައްދަން ބިލްގޭޓްސް އާއި އޭނާގެ ބިގްފާމާ ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ކަން ހިނގަމުން މިދާ 2020 ވަނަ އަހަރުގައި ރިޕޯޓު ކުރެވިފައިވެ އެވެ. [19]

18 މާރޗް 2020 ގައި، ރެޑިޓްގައި އޯޕަން ސުވާލު ކުރުމަށް ހުޅުވާލެވުމުން ކޮވިޑާއި ގުޅިގެން މީހަކު ބިލްގޭޓްސްއާއި ކުރި ސުވާލެއްގައި ބުނެފައިވެ އެވެ. “ސޯޝަން ޑިސްޓެންސިން ޤާއިމްކުރުމާއެކު، އިޤްތިޞާދު ހިފެހެއްޓުމަށްޓަކައި ވިޔަފާރި ހިންގާ ގޮތަށް ކޮން ބަދަލެއްތޯ އަހަރެމެން ގެންނަންވީ؟” ޖަވާބުގައި ބިލްގޭޓްސް ބުނެފައިވެއެވެ. “ކޮވިޑް ބަލި ޖެހި ރަނގަޅުވެފައި ވަނީ ކާކު ކަމާއި، ކައިރި މާޒީއެއް ގައި އެއަށް ޓެސްޓު ކުރެވިފައިވޭތޯ އާއި، ވެކްސިނެއް ލެބޭ އިރު އެ ޖަހާފައިވަނީ ކާކުކަން ދައްކައިދޭ ކޮންމެވެސް ކަހަލަ ޑިޖިޓަލް ސެޓްފިކެޓެއް އެހެންމެ ފަހުން އޮންނާނެ އެވެ.[20]

ބިލްގޭޓްސް އެބުނަނީ އެންމެ ފަހުން އެފަދަ ޑިޖިޓަލް ސެޓްފިކެޓް އެއް ނުލައި އަސާސީ ހައްޤެއް ކުރިއަށް އޮތްތަނުގައި ނުލިބޭނެ ވާހަކަ އެވެ. ދަތުރު ފަތުރު ކުރެވޭނީ އެ ބުނާ އައިޑީ2020 އޮތް މީހަކަށެވެ. ވިޔަފާރި ކުރެވޭނީ އެބުނާ އައިޑީ2020 އޮތް މީހަކަށެވެ. ގޯތި ލިބޭނީ އެ ބުނާ އައިޑީ2020 އޮތް މީހަކަށެވެ. މިހެންގޮސް ލިސްޓު ކިތަންމެހާވެސް ދިގުކުރެވިދާނެ އެވެ. މިއީ ސީދާ އާބާދީގެ އިޖްތިމާޢީ އިޤްތިޞާދީ އެންމެހައި ކަންކަމަށް ނުފޫޒު ފޯރުވައި ކޮންޓްރޯލްކުރުމަށް ރޭވުންތެރިކަމާއެކު ހިންގާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން ވޯލްޑްބެން ކާއި، ރޮކްފެލާއިން ނާއި، ބިލްގޭޓްސް ފަދަ މަހުޖަނުންގެ އަމާޒަކީ ދުނިޔޭގެ އެންމެހައި އިޤްތިޞާދީ ނިޒާމް ޑިޖިޓަލައިޒް ކޮށް، މިހާރު މިއޮތް ފައިސާގެ ނިޒާމް އުވާލައި މުޅިން އައު ޑިޖިޓަލް ނިޒާމެއް ޤާއިމް ކުރުމަށެވެ. މި ހަރަކާތުގެ ދަށުން މީގެ އަހަރުތަކެއް ކުރިން 2012 ގައި ބިލްގޭޓް ވަނީ “ފައިސާއަށް ވުރެ މޮޅު އިއްތިހާދު” ގެ ނަމުގައި ވިސާ، މާސްޓަރ ކާޑް ފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު އިއްތިހާދެއް ވެސް ހަދާފަ އެވެ. [21]

ޔޫޖެނިސްޓު ބިލްގޭޓްސް، ޔޫޖެނިސްޓު ޖެފްރީ އެބްސްޓީން އަދި ޖެނެޓިކް އިންޖިނިއަރިން!

2019 އިގެ އޮގަސްޓު ކުރީކޮޅުގައި ބިލްގޭޓްސް އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެފައިވާ ޔޫޖެނިސްޓު ޖެފްރީ އެބްސީޓް އާއި އޮތް ގުޅުމުގެ މައްޗަށް މެއިން ސްޓްރީމް މީޑިއާތަކަށް މައުލޫމާތުތަކެއް ތިލަވި އެވެ. މި މައުލޫމާތު ތިލަވުމުން ބިލްގޭޓްސް ވަނީ ޖެފްރީ އެބްސްޓީން އާއި އޮތް ގުޅުން ދޮގުކޮށް ނޫސްތަކަށް ބަޔާންތައް ދީފައެވެ. އެހެނަސް، ފުލައިޓް ލޮގް ތަކުން [22] ފެންނަ ގޮތުގައި ބިލްގޭޓްސްވަނީ ޖެފްރީ އެބްސްޓީންގެ ޕްރައިވެޓް ޖެޓްތަކުގައި އެތަކެއް ފަހަރު ދަތުރުކޮށްފަ އެވެ. އަދި ޖެފްރީ އެބްސްޓީން އާއި ބިލްގޭޓްސް އާއި ވަރަށް ގާތް ގުޅުމެއް ވާކަމާއި އޭނާއާއި އެކު އެތަކެއް ފަހަރު ބިލްގޭޓްސް ބައްދަލު ކޮށްފައިވާކަން [23] ނިއުޔޯކް ޓައިމްސް އިން ވަނީ ފަޅާ އަރުވާލާފައެވެ. [24]

އެބްސްޓީން ހައްޔަރުކުރުމާއެކު ހަމަ މިދުވަސްކޮޅު މީޑިއާއަށް ތިލަވެގެން ދިޔަ އަނެއް ވާހަކަ އަކީ އެބްސްޓީންގެ ޔޫޖެނިކްސް ޢަމަލުތަކާއި އެޖެންޑާގެ ވާހަކަ ތަކެވެ. ބިލްގޭޓްސް އޭނާ އާއި އެބްސްޓީން އާއި އޮތް ގުޅުން ފޮރުވަން ފައިވިއްދާފައި ހުރީ، އެބްސްޓީން ޖިންސީ ކުށުގައި ހައްޔަރުކުރުމަށް ވުރެ ބޮޑަށް، މި ދެމީހުންގެ ދެމެދުގައި އޮތް ޔޫޖެނިސްޓު ވިސްނުމުގެ ގުޅުން އާންމުނަށް ފަޅާ އަރާފާނެ ކަމުގައިވާތީ އެވެ. “ޖެފްރީ އެބްސްޓީން ޔޫޖެނިކްސް” ނަމުގެ ދަށުން ނިއުޔޯކް ޓައިމްސް ގައި ހެދިފައިވާ ލިންކުގައި ވަނީ ސައިންސުގެ މާސްޓަރުން ވަށާ ކައިރިކޮށްގެން ޖެފްރީ އެޕްސްޓީން ވަނީ އޭނާގެ ޑީއެންއޭ އިން އިންސާނީ ދަރިފަސްކޮޅެއް އިންދުމަށް އުންމީދުކޮށްފައި މި މައުޟޫއަށް ލިޔެފައިވެއެވެ.[25] މި ޚަބަރުގައި އޭނާ ކައިރީ އުޅުނު ސައިންސުވެރި ނަށް ނިޞްބަތްކޮށް ރިޕޯޓު ކޮށްފައިވާގޮތުން އެޕްސްޓީން ބޭނުންވީ އޭނާގެ ޑީއެންއޭ އިން އިންސާނުން އިތުރަށް ފުރިހަމަކުރުމަށްޓަކައި “ކޮންޓްރޯލް ކުރުމާއެކު ދަރިމައި ކުރުވާ ދަނޑެއް” ބޭނުން ކުރުމަށެވެ. އަދި މި ދަރިމައި ކުރުވާ ދަނޑުގައި ފަހަރަކު 20 އަންހެނުން އޭނާގެ ޑީއެންއޭ މެދުވެރިކޮށް ދައިމަރި ކުރުވަން އޭނާ އެދުނު ކަމުގައި އޭނާ އެކުގައި އެކަމުގައި މަސައްކަތްކުރި ސައިންސުވެރިން ވަނީ ބުނެފަ އެވެ. ޖަލަށް ލެވުނުތާ ދުވަސްކޮޅެއް ފަހުން އެޕްސްޓީން ޖަލުގައި ހުއްޓާ ވަނީ މަރާލެވިފަ އެވެ. މީގައި މިވާހަކަ ދެކެވޭ ބްރީޑިން އަކީ ކޮބައިކަން ދަނެގަތުމަށް މި މައުޟޫގައި ލިޔެފައިވާ މި ލިޔުން ކިޔާލުން ހުއްޓެވެ.

(ނުނިމޭ)

ކުރިއަށް އޮތް ބައި:

ވެކްސިން މެދުވެރިކޮށް ދުނިޔޭގެ ރައްޔިތުން ދަރިމައިނުވާ ގޮތް ހަދަން ޑަބްލިއުއެޗްއޯއިން ހިންގި ވައްކަމާއި ޙީލަތްތެރި މަސައްކަތުގެ ހަޤީޤަތް


[1] https://archive.org/details/AMERICANEUGENICSSOCIETYMEMBERS/page/n157/mode/2up

[2] https://archive.org/details/AMERICANEUGENICSSOCIETYMEMBERS/page/n449/mode/2up

[3] https://billmoyers.com/content/conversation-bill-gates-making-healthier-world-children-future-generations-transcript/

[4] https://blogs.wsj.com/wealth/2009/05/26/billionaires-try-to-shrink-worlds-population-report-says

[5] https://www.youtube.com/watch?v=llAG5V7x17A

[6] https://www.youtube.com/watch?v=StSldrlv-qg

[7] http://transcripts.cnn.com/TRANSCRIPTS/1102/05/hcsg.01.html

[8] https://www.youtube.com/watch?v=obRG-2jurz0

[9] https://www.gatesfoundation.org/how-we-work/quick-links/grants-database/grants/2014/01/opp1068198

[10] https://www.gavi.org/investing-gavi/funding/donor-profiles/bill-melinda-gates-foundation

[11] https://www.un.org/partnerships/news/id2020-summit-2016

[12] https://web.archive.org/web/20181107014813/https://id2020.org/news/2016summit

[13] https://id2020.org/alliance

[14] https://www.gavi.org/our-alliance/strategy/phase-5-2021-2025//equity-goal

[15] https://www.nature.com/articles/d41586-017-05923-8

[16] https://www.youtube.com/watch?v=-aBE4JpHzVE

[17] Storing medical information below the skin’s surface https://news.mit.edu/2019/storing-vaccine-history-skin-1218

[18] Biocompatible near-infrared quantum dots delivered to the skin by microneedle patches record vaccination https://stm.sciencemag.org/content/11/523/eaay7162

[19] https://www.youtube.com/watch?v=StsFJgGdGhQ

[20] https://www.reddit.com/r/Coronavirus/comments/fksnbf/im_bill_gates_cochair_of_the_bill_melinda_gates/

[21] https://www.betterthancash.org/about/resource-partners

[22] https://www.dailymail.co.uk/news/article-7377133/Bill-Gates-REFUSES-reveal-flew-Lolita-Express-Jeffrey-Epstein-prison-release.html

[23] Bill Gates Met With Jeffrey Epstein Many Times https://www.nytimes.com/2019/10/12/business/jeffrey-epstein-bill-gates.html

[24] https://www.youtube.com/watch?v=WnKQ4tzg7ow

[25] Jeffrey Epstein, Surrounded by Scientific Luminaries, Hoped to Seed Human Race With His DNA https://www.nytimes.com/2019/07/31/business/jeffrey-epstein-eugenics.html