މިލިޔުމާއިގެން ކުރިއަށް ދިއުމުގެ ކުރިން (ޔޫޖެނިކްސް: ﷲ ޚަލްޤުކުރައްވާފައިވާ ގޮތަށް ވުރެ ފުރިހަމަ އިންސާނެއް އުފެއްދުމުގެ ނަމުގައި ޑޮކްޓަރުންނާއި ސައިންސުވެރިން މެދުވެރިކޮށް ކުރިއަންގެންދާ އާބާދީ ދުއްވާލުމުގެ ޖެނެޓިކްސްގެ ނަސްލީ އިމްތިޔާޒުގެ ހަރަކާތް) މި ލިޔުން ކިޔާލުން ހުއްޓެވެ.
ރޮކްފެލާއިންގެ ކުރު ތަޢާރަފެއް

ރޮކްފެލާއިންގެ އާއިލާ އެމީހަކަށް ނިސްބަތްވާ ޖޯން ޑީ. ރޮކްފެލާ ސީނިއާ އަކީ އެމެރިކާގެ ތާރީޚު ދުށް އެންމެ މުއްސަދި މީހާ އެވެ. މީނާ އަކީ މުޅި ދުނިޔޭގެ އެންމެ ފުރަތަމަ ބިލިއަނަރު އެވެ. މީނާ މަހުޖަނު ކަމާއި މުދާވެރިކަން ހޯދީ ސްޓެންޑަޑައިޒް ކޮށް ތެޔޮ އުފައްދާނެ ގޮތް ހޯދައިގެން 1870 ގައި މީނާ އުފެއްދި “ސްޓޭންޑަޑް އޮއިލް” ކުންފުނިން ތެޔޮ ވިއްކައިގެން ހޯދައިގަތް ފައިސާ ވެރިކަމުން ނެވެ. މި ފައިސާވެރިކަމުގެ ޒަރީއާއިން އެމެރިކާގެ އެންމެ މަތީ ފަޑީގެ ފައިސާގެ ނިޒާމްގެ ތެރެއަށް ވަދެ، ޗޭސް މަންހަޓަން ބެންކު ނަމުގައި ރައްޔިތުން އަޅުވެތިކޮށް ފަހަތުން ދުވާ ފަދަ ރިބާ ބެންކެއް ރޮކްފެލާއިންގެ އާއިލާގެ ނަމުގައި ޤާއިމް ކުރި އެވެ. އެއަށްފަހު، ތެޔޮ އިންޑަސްޓްރީން ނުކުތް ޕެޓްރޯ ކެމިކަލުން ކެމިކަލް ބޭސްތައް އުފައްދައި އެމެރިކާގެ ޞިއްޙީ ދާއިރާއަށް ވަދެ 1910 ގައި މުޅި ސިއްޙީ ދާއިރާ އެކުއެކީގައި ރޮކްފެލާއިންގެ ޚުދުމުޚުތާރު އަތްމައްޗަށް ގެނަ އެވެ.
ތާރީޚީ ގޮތުން އެމެރިކާގެ ހެލްތް ކެއަރގެ ނިޒާމު (ނުވަތަ މިހާރު މުޅި ދުނިޔޭގައި ވަކި ހިއްޕާފައިވާ ސިއްޙީ ނިޒާމު) ގޮސް ހުއްޓެނީ ރޮކްފެލާއިންގެ އާއިލާ އަށެވެ. 1965 ގައި ނެރުނު ފޮތް “ރޮކްފެލާ މެޑިސިން މެން، މެޑިސިން އެންޑް ކެޕިޓަލިޒަމް އިން އެމެރިކާ (ރޮކްފެލާ ބޭސްވެރިކަމުގެ މީހުން، އެމެރިކާގައި ބޭސްވެރިކަމަކާއި އޭގެ މުދާވެރިކަން ބައްކުރެވިފައިވާ ނިޒާމް)” ފޮތުގައި މި ހަޤީޤަތް ވަރަށް ފުރިހަމައަށް ހާމަކޮށްފައިވެ އެވެ. [1]
އިންޖެކްޝަނުން ކުރެވުނު ޤަތުލު (މަޑަރ ބައި އިންޖެކްޝަން[2]) ފޮތް ލިޔުއްވި އީ.ސީ މުއްލިންސް ބުނެފައިވެ އެވެ. “އެމެރިކާގެ ޑްރަގް (ނުވަތަ ބޭސް) އުފައްދާ ކޮންމެ ކުންފުންޏެއް ޔަޤީނުން ވެސް ކޮންޓްރޯލް ކުރަނީ ރޮކްފެލާއިން ކަމުގައި ބަލާލުމުން އަހަރެންނަށް ފެނުނެވެ. ސަބަބަކީ އެމެރިކާގެ ބޮޑެތި ޑްރަގް އުފައްދާ ކޮންމެ ކުންފުންޏެއްގެ ޑައިރެކްޓަރުންގެ ލިސްޓުގައި ތިބީ ސްޓޭޑަޑް އޮއިލް އަދި ޗޭސް މަންހަޓަން ބެންކުގެ މީހުންނެވެ. (ރޮކްފެލާއިން ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވަދެފައި އޮތް ވަރުން) ހޮސްޕިޓަލް ހުޅުވުމުގެ ލައިސަންސާއި މެޑިކަލް ލައިސަންސް ހޯދުމަށް މީހަކު ބޭނުންވާނަމަ އެ ލިބެނީ ޖޯން ދި ރޮކްފެލާ (ރޮކްފެލާއިން އައްޔަންކޮށްފައިވާ އެޖެންޓުން) މެދުވެރިކޮށެވެ.” [3]
ޕެޓްރޯ-ކެމިކަލުން އުފައްދާފައިވާ އެލޯޕެތީ މެޑިސިން ޑްރަގު ތަކަށް އެމެރިކާގެ ސިއްޙީ ނިޒާމުގައި އޮތް ޑިމާންޑް ހޯދުމަށްޓަކައި އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ސިއްޙީ މަސައްކަތްތެރިކަމުގެ ފަންނު ދިރާސާކުރަން އަބްރަހަމް ފްލެކްސްނާ އެމެރިކާގެ މެޑިކަލް ސްކޫލްތަކަށް ރޮކްފެލާ ފޮނުވި އެވެ. މިކަން ދިރާސާކޮށް 1910 ގައި ރޮކްފެލާއިން ނަށް ފްލެކްސްނާ ރިޕޯޓެއް ނެރެ ހުށަހެޅި އެވެ. [4] މި ރިޕޯޓުގައި ފްލެކްސްނާ ފާހަގަ ކޮށްފައިވަނީ ތެޔޮ ސްޓޭޑަޑައިޒް ކޮށް އޭގެ ފެންވަރު ދެމެހެއްޓި ފަދައިން މެޑިކަލް އެޑިއުކޭޝަން ވެސް ސްޓޭންޑަޑައިޒް ކުރުމަށެވެ. ފެލެކްސްނާ ރިޕޯޓުގެ ނަތީޖާ ގައި އޮތީ އެމެރިކާގެ ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމުގައި ދެ ބާވަތެއްގެ ޞިއްޙީ މަސައްކަތްތެރިކަމަށް ޖުމްލަގޮތެއްގައި ބެހިފައިވާ ކަމަށެވެ . އެ ދެ ބާވަތަކީ ހޯމިޔޯޕެތީ ނުވަތަ ޤުދުރަތީ ފަތްޕިލާވެލީގެ މާއްދާތަކުން ބޭސްފަރުވާ ކުރުމުގެ ފަންނާއި އެލޯޕެތީ ނުވަތަ ރޮކްފެލާއިންގެ ޕެޓްރޯ-ކެމިކަލާއި އެކިއެކި ހަރުކަށި ޢަމަލުތަކުން ބޭސްކުރުމުގެ ފަންނެވެ.
ދުނިޔޭގެ މަހުޖަނުން މެޑިކަލް އިންޑަސްޓްރީ އަށް ވެރިވެގަތް ގޮތް ކިޔައިދީފައިވާ ޑޮކިއުމެންޓްރީ ގައި އެޑްވާޑް ގްރިފިން ބުނެފައިވެ އެވެ. “(ރޮކްފެލާ އާއި ކާރނިގީ) މެޑިކަލް އިންޑަސްޓްރީ ވެރި ކުރީ މެޑިކަލް ސްކޫލްތައް އެމީހުންގެ އަތްދަށަށް ނަގައި ގަތުމާއެކު އެވެ. ރޮކްފެލާ އާއި ކާރނިގީ މައިދާނަށް ނުކުމެ ބުންޏެވެ. އަހަރެމެން ފައިސާ އަޅާ ނަމެވެ. އެމީހުން ބުނާގޮތަށް މަސައްކަތް ކުރަން އެއްބަސްވާ މެޑިކަލް ސްކޫލްތަކަށް އެތައް ގުނަ ފައިސާ އެއް އެމީހުން ހުށަ އެޅި އެވެ. އެއަށް ފަހު އެ އެއިން ކޮންމެ ސުކޫލެއްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި އެމީހުންގެ އެކެއް ދޭއް ނުވަތަ ތިން ޑައިރެކްޓަރުން ބެހެއްޓި އެވެ. އެއަށްފަހު، އެންމެހައި މެޑިކަލް ސްކޫލްތައް ފާމަސުއިޓިކަލް ޑްރަގްސްއާއި ދިމާލަށް އެކުއެކީ މިސްރާބު ޖެއްސުވި އެވެ. މިހިސާބުން ފައްޓައިގެން ޑޮކްޓަރުންނަށް ޑޮކްޓަރު ކަމުގައި ހަމައެކަނި ކިޔަވައިދޭން ފެއްޓީ ފާމަސުއިޓިކަލް ކުންފުނިތަކުން ނެރޭ ޑްރަގް އެވެ. އެމެރިކާގެ އެންމެހައި ކިޔަވައިދޭ މުއައްސަސާތައް މިގޮތުން ފާމަސުއިޓިކަލް ބާރުތަކުން ހިފައިގަތެވެ.” [5]
އެއަށްފަހު، ރޮކްފެލާގެ މޮނޮޕޮލީގެ ޑިކްޓޭޓަރު ކަމުގެ ބާރުގެ ދަށުން ހޯމިޔޯޕެތީ ނުވަތަ ޤުދުރަތީ ފަތްޕިލާވެލިން ބޭސް ފަރުވާކުރުން އެންމެ ފަހުން އެމެރިކާގައި މަނާކުރި އެވެ. އަދި އެއީ އެއްވެސް ތާކުންތާކު ނުޖެހޭ ބޯދާ އެއްޗެއް ކަމުގައި ދައްކުވައި ރައްޔިތުން މޮޔަ ހެއްދި އެވެ. އެމެރިކާގެ ސަރުކާރުން އުފައްދާފައިވާ ބޭސްވެރިކަން ރެގިއުލޭޓް ކުރާ އެންމެހައި އެޖެންސީތަކުގެ ވެރިންނަށް ތިބީ ރޮކްފެލާއިންގެ މީހުންނެވެ.
ތާރީޚީ ރިޕޯޓުތަކުންނާއި ރޮކްފެލާއިންގެ އަމިއްލަ އަހަރީ ރިޕޯޓްތަކުން ފެންނަ ގޮތުން 1910 އިރުއްސުރެ ރޮކްފެލާއިން އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ހަޤީޤަތުގައި އެމެރިކަން މަޑަރ އެސޯސިއޭޝަން) އަށް ފަންޑު ކުރަން ފައްޓައިފި އެވެ. ރޮކްފެލާއިންނާއި އެމެރިކަން މެޑިކަލް އެސޯސިއޭޝަން އާއި އޮތް ގުޅުން ރޮކްފެލާ ފައުންޑޭޝަނުން ނެރެފައިވާ 1932ގެ އަހަރީ ރިޕޯޓް[6] އަދި 1957ގެ އަހަރީ ރިޕޯޓް[7] އިން އެނގިގެން ދެ އެވެ.
ރައްޔިތުންނަށް އަގަކާއި ނުލައި ބޭސް ފޯރުކޮށްދިނުމުގެ ނަމުގައި ރިވެތި ނަންނަމުގައި ތައްޔާރުކޮށްފައިވާ “މެޑިކެއަރ” ނިޒާމަކީވެސް ރޮކްފެލާއިންގެ މުއްސަދިކަން ދަމަހައްޓަން އެމީހުން ޖެހި މަޅި އެކެވެ. ހަޤީޤަތުގައި ސަރުކާރުތަކުން އުފައްދާފައިވާ މެޑިކެއަރ ނިޒާމަކީ ބޭސް އުފައްދާ ބިގް ފާމާ ކުންފުނިތައް މުއްސަނދިކުރަން ރޭވުންތެރި ކަމާއެކު ތައްޔާރުކޮށްފައިވާ ހީލަތްތެރި އޮޅުވާލުމާއި މަކަރުވެރިކަމެއްގެ ދަށުން ކޮށްފައިވާ ޙީލަތްތެރި ޚިޔާނާތެކެވެ. މި ނިޒާމް ޤާއިމްކުރުމަށް ފައިސާ ދަވްލަތަށް ނަގަނީ ރައްޔިތުންގެ މުދާ ނުހައްޤުން ފެލާ ލައިގެން ނެގުމަށް ތައްޔާރުކޮށްފައިވާ ރިބާ އާއި ޓެކްސްގެ ނިޒާމު ތަކުން ނެވެ. އެ ނިޒާމުތަކުން ރައްޔިތުން އަތުން ނަގާ ފައިސާ ރޯލް ކުރަނީ ބޭސްފަރުވާގެ ނަމުގައި ޞިއްޙީ ދާއިރާގެ އަނދިރި ދަވްލަތުގެ ވެރިކަންކުރާ ރޮކްފެލާއިން ފަދަ ފާމަސޫޓިކަލް އިންޑަސްޓްރީގެ ކާރުޚާނާ ތަކަށެވެ. [8]
ރޮކްފެލާއިންނާއި ޔޫޖެނިކްސް އާބާދީ ދުއްވާލުމުގެ ހަރަކާތް

1800 ގެ އަހަރުއްސުރެ މިއަދާއި ހަމައަށް ރޮކްފެލާއިންގެ އާއިލާ އަކީ އެމެރިކާ އަދި އެމެރިކާއިން ބޭރުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ޔޫޖެނިކްސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަންޑު ކޮށް ފެތުރުމުގައި އެންމެ ޚަރަދުކުރި އަދި އެންމެ ނުފޫޒު ގަދަ އާއިލާ އެވެ. މި އާއިލާ އަކީ އެމެރިކާގެ ސީޑީސީ، ޔޫއެން އަދި ޑަބްލިއުއެޗްއޯ ވުޖޫދަށް ގެނައުމުގެ ފަހަތުގައިވެސް ވާ ބާރުގަދަ ޔޫޖެސިންޓުންގެ އާއިލާ އެވެ.
1901 “ދި ރޮކްފެލާ އިންސްޓިޓިއުޓް ފޯ މެޑިކަލް ރިސާޗް” ނަމުގައި ރޮކްފެލާ އޭނާގެ މުއްސަނދި ކަމާއި ޔޫޖެނިސްޓު ހަރަކާތް ކުރި އެރުވުމަށް ޓަކައި ޔުނިވާސިޓީ އެއް ޤާއިމް ކުރި އެވެ. މި ޔުނިވާސިޓީގެ މެޑިކަލް ބޯޑުގެ ޗެއަރމަން އަދި ފައުންޑިން ޑިރެކްޓަރަކީ (1901-1935) ވިލިއަމް ވެލްޗް އެވެ. ރޮކްފެލާއިންގެ ޔުނިވާސިޓީ ގައި އުޅެމުން 1906 ގައި ކާނިގީ އިންސްޓިޓިއުޝަން ގެ ޓްރަސްޓީ އަކަށް މީނާ ވިއެވެ، އަދި 1909 ގައި މި އިންސްޓިޓިއުޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ޗެއާމަން އަކަށްވެ “ބޭސް ވެރިކަމާއި ބަޔޮލޮޖީގެ އެންމެ ނުފޫޒު ގަދަ އަދި ފިޒިކަލް ސައިންސުގެ އެންމެ އިސް ފަރާތް” ކަމުގައި މީނާ ވެގެން ދިޔަ އެވެ. މީނާ އަކީ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ވެސް ރައީސް އެވެ. ޖޯންސް ހޮޕްކިން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ފައުންޑަރަކީ ވެސް މީނާ އެވެ. [9] މި ވިލިއަމް ވެލްޗް އަކީ ރޮކްފެލާއިން 1910 ގައި އުފެއްދި ޔޫޖެނިކް ރެކޯޑް އޮފީސް ގެ ބޯޑް އޮފް ސައިންޓިފިކް ޑިރެކްޓާސް [10] ގެ އެންމެ އިސް މެންބަރ އެވެ.[11]

އެމެރިކަން ފިލޯސަފިކަލް ސޮސައިޓީގެ ވެބްސައިޓުގެ އަރުޝީފުގައިވާ މި ފޮޓޯ އިން ފެންނަނީ 1887 އިން ފެށިގެން ވެލްޗް ޕޯލިއޯ މައިލައިޓިސް ރިސާޗު ކުރުމުގައި މުސަޅު ތަކެއް ބޭނުންކޮށް އުޅެނިކޮށެވެ.[12] ޕޯލިއޯ ވާބަލި ރިޗާޗުގައި ވެސް މި މީހުން ދިރާސާކުރީ ވާބަލި ޖައްސައި ޖަނަވާރުތައް ނުކުޅެދުން ތެރިކޮށް ދަރިމައި ވުމުން އެއްކިބާކޮށް މަރާނީ ކިހިނަކުން ތޯ އަދި ކޮން މާއްދާއެއް ބޭނުންކޮށްގެން ތޯ ހޯދުމަށެވެ.

1910 އިން 1939 އަށް އެމެރިކާ ގައި ހިންގި ޔޫޖެނިކްސް ރެކޯޑް އޮފީސް ކިޔާ ޔޫޖެނިކް ރިސާޗް އިންސްޓިޓިއުޓަށް ފަންޑު ކުރި ބަޔަކީ ރޮކްފެލާއިން ނެވެ. މި މުއައްސަސާ އުފެއްދިފަހުން ފުރަތަމަ ދެ އަހަރުގައި ޖޯން ޑ. ރޮކްފެލާ 100$ މިލިއަން އެމެރިކާ ޑޮލަރު މި މުއައްސަސާއަށް ހޭދަކޮށްފައި ވެއެވެ. [13] ޔޫޖެނިކްސް ރެކޯޑް އޮފީހަކީ އެމެރިކާގެ އާބާދީގެ ބަޔޮލޮޖިކަލް އަދި ސޯޝަލް (އިޖުތިމާޢީ) މަޢުލޫމާތު އެއްކޮށް އިންސާނީ ހާރޑިޓީ އަދި ޔޫޖެނިކްސް އަށް ރިސާޗް ކުރުމަށް ހަދާފައިވާ ސެންޓަރެކެވެ. މިތަން ޤާއިމްކުރީ ކާރނިޖީ އިންސްޓިޓިއުޓް އޮފް ވޮޝިންޓަން ސްޓޭޝަން ފޯ އެސްޕްރިމެންޓަލް އިވޮލިއުޝަން އިންނެވެ. އެ އިންސްޓިޓިއުޓްގެ ދަށުން މިތަން ބެލެހެއްޓީ ޑިޕާޓްމެންޓް އޮފް ޖެނެޓިކްސް އިން ވިލިއަމް ވެލްޗް އާއި އޭނާގެ ބައިވެރިން ނެވެ.

ޑީޕޮޕިއުލޭޝަން ނުވަތަ އާބާދީ ކޮންޓްރޯލްކޮށް ދުއްވާ ލުމުގެ މައްޗަށް ޑޭވިޑް ރޮކެފެލާ ދިން ޚިތާބުގައި އޭނާ ބުނެފައިވެ އެވެ. “ދުނިޔޭގެ ރައްޔިތުންގެ އެވްރެޖް ދިރިހުރުމުގެ އުމުރު 1950 ގައި 46 އަހަރުން މިއަދު 63 އަހަރަށް ބަދަލުވެއްޖެ އެވެ. އެހެނަސް، މި ހެޔޮ ބަދަލުތަކާއެކު ދުނިޔޭގެ އާބާދީ މި ކުރު މުއްދަތުގައި އެތައް ގުނައެއް އިތުރުވެއްޖެ އެވެ. ޖިއޮމެޓްރިކަލީ 6 ބިލިއަން މީހުން 2020 ވަނަ އަހަރު 8 ބިލިއަނަށް އިތުރު ވެގެން ހިނގައިދާނެ އެވެ. ދުނިޔޭގެ އާބާދީ ހަމަޔަކަށް އެޅުވުމަށް ހިތްހަމަޖެހޭ ވަރުގެ ގޮތެއް ހޯދުމަށް އެހީތެރިވުމަށް ޔުނައިޓެޑް ނޭޝަން އިން މުހިންމު ރޯލެއް އަދާ ކުރެވޭނެ އަދި ކުރަންޖެހެ އެވެ.” [14]

ޔޫއެން ނުވަތަ ޔުނައިޓެޑް ނޭޝަންސް: ދުނިޔޭގެ ބާރުވެރި ބޮޑުން އިސްވެ ހެދި މި ބައިނަލް އަޤްވާމީ ޖަމާޢަތް ވުޖޫދަށް ގެނެވުނީ 24 އޮކްޓޯބަރު 1945 ގަ އެވެ. 1947 ގައި ޔޫއެން އިމާރާތް ބިނާކުރަން 17 އޭކަރު ބިމެއް ގަނެދިނީ ޖޯން ޑީ. ރޮކްފެލާގެ ބައްޕަ އެވެ. އޭރު ރޮކްފެލާއިން މި އިމާރާތް ގަތީ އޭރުގެ 8.5 (މިހާރުގެ 83) މިލިއަން އެމެރިކާ ޑޮލަރަށެވެ. މިވަރުގެ ބޮޑު އަގެއް ދީފައި ޔޫއެންއަށް އިމާރާތެއް ގަތުމުގެ ފަހަތުގައި ރޮކްފެލާއިންގެ ކޮންމެވެސް ބޭނުމެއް ވާނެ ނޫންތޯ އެވެ. އެ ބޭނުމަކީ ރޮކްފެލާއިންގެ ބާރުވެރިކަމާއި އެމީހުންގެ ޔޫޖެނިސްޓު ފިރުޢަނު ޕޮލިސީތައް ދުނިޔޭގައި ދެމެހެއްޓުމެވެ.

ޔުނެސްކޯ (UNESCO) ނުވަތަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން ވުޖޫދަށް ގެނެވުނީ 1945 ގެ ނޮވެންބަރ 16 ގަ އެވެ. ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އަދި ކަލްޗަރަލް އޯގަނައިޒޭޝަންގެ ފައުންޑިންގ ޑިރެކްޓަރު، ޖޫލިއަން ހަކްސްލީ އަކީވެސް ހަރުކަށި ޔޫޖެނެސިސްޓެ ކެވެ. މީނާ އަކީ 1959 އިން 1962 ބްރިޓިޝް ޔޫޖެނިކް ސޮސައިޓީގެ ޗެއާ ކަން ކުރި މީހާ އެވެ. ޔުނެސްކޯ އެޖެންސީގެ މަޤްޞަދަކީ ކޮބައިކަން ބަޔާންކުރި ފައުންޑިންގ ކަރުދާހުގައި ސިޔާސީގޮތުން ބުރަދަންހުރި ގޮތެއްގައި ޔޫޖެނިކްސް ހަރަކާތް ކުރިއަށް ގެންދިއުމަށް ޔުނެސްކޯގެ ފައުންޑިންގ ޑިރެކްޓަރު ހަކްސްލީ 1946 ގައި ނެރުނު ލިޔުމުގައި އޭނާ ލިޔެފައިވަނީ މިފަދައިންނެވެ.
ހަކްސްލީ ބުނެފައިވެ އެވެ.: “މި ވަގުތަށް ހަޟާރަތުގެ ނުސީދާ އަސަރަކީ ޔޫޖެނިކްސްގެ (ނުވަތަ ފުރިހަމަ ގޮތުގައި އިންސާނުން އުފަންވުމުގެ ބަދަލުގައި) ބަދަލުގައި ޑިސްޖެނިކް (ނުވަތަ ބޭކާރު ތާކުންތާކު ނުޖެހޭ ގޮތުގައި އިންސާނުން އުންފަން) ވުމެވެ. އިންސާނީ ދަރިފަސްކޮޅުގައި މިހާރު ވުޖޫދުގައިވާ ހަށިގަނޑުގެ ނިކަމެތިކަމާއި، ނަފްސާނީ ހަމަޖެހުމެއް ނެތުމާއި، ބަލި-ޖެހުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައިވުމާއި އަދި ޖެނެޓިކް މޮޔަކަމުގެ ބުރަ އަކީ ހަޤީޤީ ތަރައްޤީ ހާސިލުވުމަށް އޮތް ބޮޑު ބުރައަކަށް ވެގެންދާނެ އެވެ. އެހެނަސް، ހަރުކަށި ޔޫޖެނިކްސްގެ ޕޮލިސީއެއް ގެނައުމަކީ ސިޔާސީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާނެތީވެ، ޔޫޖެނިކްސްގެ މައްސަލަ ވަރަށް ގާތުން އޯގާތެރިކަމާއެކު ދިރާސާކުރަން ޔުނެސްކޯއަށް މުހިންމު ވެގެންވެ އެވެ. އާންމު މީހުންގެ ސިކުނޑިތަކަށް މި ޔޫޖެނިކްސްގެ މުހިންމު މައްސަލަތައް އަންގަން ޖެހެއެވެ. އެއީ މިހާރު ވިސްނަން އުދަގޫ ކަންކަން އޭރު ވިސްނާ ލެވޭ ކަމެއް ގޮތުގައި ވުމަށް ޓަކަ އެވެ.” [15]

ރޮކްފެލާއިންގެ ޔޫޖެނިކް ސޮސައިޓީގެ ލީޑަރު ފެޑްރިކް އޮޒްބޯން ބުނެފައިވެ އެވެ. “ޔޫޖެނިކްސް ގެ މަޤްޞަދު ޙާޞިލްވާނީ ޔޫޖެނިކްސްގެ ނަން ނޫން އެހެން ނަމެއް ބޭނުންކޮށްގެނެވެ.” އެ ގޮތުން ޕްލޭންޑް ޕޭރެންޓްހުޑް ނުވަތަ “އާއިލާ ރޭވުން” އާއިލާގެ ސައިޒް ރޭވުމުގައި “އިޚްތިޔާރު ކުރުމުގެ މިނިވަންކަން” މި ފަދަ ލަފްޒު ބޭނުންކޮށް މި ހަރަކާތް ކުރިއަށްގެންދަން ފާސްކުރެވުނެވެ. އެ ގޮތުން “ދަރިވެއްޓުމުގެ މިނިވަންކަން” (އެބަހީ ދަރިން މެރުމުގެ މިނިވަންކަން) އޮންނަން ޖެހޭނެ ކަމުގައި މިޙަރަކާތުން ވަކާލާތުކުރި އެވެ. އަދި މި ހަރަކާތްތަކުގެ ދަށުން އަންހެނުން ނެރެ ހައްޤުތަކުގެ ނަމުގައި އެތައް އަންހެނުންނެއް މި ހަރަކާތުގެ ދަށަށް ގެނަ އެވެ.
މަޝްހޫރު މުސްލިމު ޢިލްމުވެރިޔާ އަބްދުލް އަޒީޒް-އައް ރާޖިހީ ޔޫން އެންއާއި ޔުނެސްކޯއާއި މެދު ހަޤީޤަތުގައި ވިދާޅުވެފައިވަނީ ތެދަށެވެ. “ޔުނެސްކޯ ޖަމާޢަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެހެނަސް، ހިތާމައަކީ ކިޔަވައިދިނުމުގެ މަންހަޖާއި ބެހޭގޮތުން ލަފާ ހޯދަނީ މިޖަމާޢަތުން ކަމެވެ.”
ހަޤީޤަތުގައި ޔޫއެން އަކީ ޝައިތޯނާއަށް އަޅުކަންކުރާ ޝައިތޯނީ ޔަހޫދީ ލަޝްކަރު ކަމުގައިވާ މާސޫނީންގެ ބާރުވެރިކަން ދުނިޔޭގައި ދެމެހެއްޓުމަށް އުފައްދާފައިވާ ޔަހޫދީންގެ ޔަހޫދީ ޖަމާޢަތެކެވެ.

ޔޫޖެނިކްސް އާއި އާބާދީ ދުއްވާ ލުމުގެ ފިކުރުގެ އެންމެ މަތީ ފަޑީގައިވާ އަނެއް ބަޔަކީ އިނގިރޭސި ވިލާތުގެ އޮތް ރަސްކަމާއި އެ ރަސްކަމުގެ ބާރު އޮތް ޝާހީ އާއިލާ އެވެ.
އިނގިރޭސިވިލާތުގެ ރާނީގެ ޝާހީ ތަޚުތުން ވަނީ “އާބާދީ އިތުރުވުމުގެ މައްޗަށް ރޮޔަލް ކޮމިޝަން” އެއް އުފައްދައި އެ ކޮމިޝަންގެ ރިޕޯޓު 1949 ޖޫން ގައި އިނގިރޭސި ޕާލަމަންޓަށް ހުށަހަޅާފަ އެވެ. މި ކޮމިޝަނުންވެސް ވަކާލާތުކުރީ އާބާދީ ދުއްވާލައި މަދު ނުކޮށްފިނަމަ އޭއިން އިނގިރޭސީންނަށް ކުރާނެ ގެއްލުމާއި ބެހޭ ގޮތުން ނެވެ.

1952 ގައި، ޔޫޖެނިކްސް ގެ އެޖެންޑާގެ ދަށުން ތިންވަނަ ޖޯން ޑީ. ރޮކްފެލާ “ޕޮޕިއުލޭޝަން ކައުސިލް” ކިޔާ ޖަމާޢަތެއް ހަދައި “ދަރިމައިވުމާއި އާބާދީ ކޮންޓްރޯލް ކުރުމުގެ” ޔޫޖެނިކްސް އެޖެންޑާ ހަރަކާތެއް ފެއްޓިއެވެ. ޖޯން ޑީ. ރޮކްފެލާ ތިނަކަށް ފަހު މި ޖަމާޢަތުގެ ފުރަތަމަ ރައީސެއް ގޮތުގައި ރޮކޮފެލާއިން ކަނޑައެޅީ އެމެރިކަން ޔޫޖެނިކްސް ސޮސައިޓީގެ ލީޑަރު ފެޑްރިކް އޮސްބޯން އެވެ. އެމެރިކަން ޔޫޖެނިކްސް ސޮސައިޓީ އަކީ ކުރިން ވެސް ބުނި ފަދައިން ރޮކޮފެލާއިން ފަންޑު ކުރި ޖަމާޢަތެކެވެ. ޔޫޖެނިކް ސޮސައިޓީ އިން “ޕޮޕިއުލޭޝަން ކައުސިލް” އަށް ފެޑްރިކް އޮސްބޯންގެ ހަރަކާތްތައް ބަދަލުކުރީ ޔޫޖެނިކްސްގެ ނަން ނޫން ނަމެއްގައި އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ. ޕޮޕިއުލޭޝަން ކައުންސިލް އަކީ އެހެން ނަމެއްގައި ކުރިއަށް ގެންދިޔަ ހަމަ އެއްކަލަ ކުރީގެ “އެމެރިކާގެ ޔޫޖެނިކް ސޮސައިޓީ” އެވެ.
ފެޑްރިކް އޮސްބޯން


އެގޮތުން ޔޫޖެނިކްސް ގެ ހަރަކާތުގެ ދަށުން ބޭނުންކުރި އެއް ޝިޢާރުތަކުގެ ތެރޭގައި “އާބާދީ އިތުރުވުން” “އާބާދީ ކޮންޓްރޯލް ކުރުން” “އާއިލާ ރޭވުން” “ރީޕްރޮޑަކްޓިވް ހެލްތު” “ދަރިމައިވުމުގެ ޞިއްޙަތު” މިފަދަ އެތައް އެތައް އިބާރާތެއް ހިމެނެ އެވެ. ވައަތް ފަރާތުން ފެންނަ ޕޯސްޓަކީ މިދަ އިބާރާތެއް މަޝްހޫރު ކުރުމަށް އެކި ތަންތަނުގައި ހިއްޕަމުން ދިޔަ ކަރުދާސް ޕޯސްޓެކެވެ.
އާބާދީ އިތުރުވާ ކަމުގެ ބިރު ދެއްކުމުގެ ހޯކްސްއަކީ (ނުވަތަ ހީލަތްތެރި މަކަރުވެރި ދޮގަކީ) ޔޫޖެނިކްސް ހަރަކާތުގެ އެއްމެ ބޮޑު އެއް ހަތިޔާރެވެ. މި ޤަރުނުގައި ނޫނަސް، އެތަކެއް އަހަރުތަކެއް ވަންދެން އިންސާނީ ދަރިފަސްކޮޅު ދުނިޔޭގައި އުޅެފައި ނެތި ގޮސްފަ ވެއެވެ . އާދު، ޘަމޫދު ފަދަ އެތަކެއް ޙަޟާރާތެއް ދުނިޔޭގެ ވުޖޫދުގައި އުޅެ ނެތިވެ ގޮސްފި އެވެ. އެހެނަސް، ދުވަހަކުވެސް މުޅި ދުނިޔެ ފުރިގެން، ކާނެ އެއްޗެއް ނެތިގެން، އިންސާނުން ގިނަވެ، ދުނިޔޭގެ ހަރުމުދާ ހުސްވެ، ދުނިޔެ ބަޑަށް ޖެހިގެން ދިޔަ ކަމުގައި ތާރީޚުގެ ޞަފްޙާތަކުގައި ފެންނާކަށް ނެތެވެ. ތާރިޚުން ފެނިފައި އޮތީ، ދުނިޔޭގެ މުއްސަނދިކަން މަދުބައެއްގެ (%1 މީހުންގެ) އަތްމައްޗަށް ލައި އެ މުއްސަނދި ކަމުން ބާކީތިބި%99 މީހުންކަމުގައިވާ ބާރުދެރަ ނިކަމެތީން ބިކަ ކުރި ތާރީޚެކެވެ. ފިރުޢައުނު އޭނާގެ ޒަޢާމަތުގައިވެސް ކުރީވެސް ހަމަ އެގޮތަށެވެ. ރޮކްފެލާއިން ހިމެނެނީ ހަމަ އެއްކަލަ %1 މުއްސަނދި މީހުންގެ ތެރެއިން ނެވެ. މިއަދުވެސް އަހަރެމެން މިތިބީ ހަމަ އެފަދަ ތާރީޚެއް ގައިވާ ޒަމާނެއްގަ އެވެ. ރޮކްފެލާއިން ނާއި ބިލްގޭޓް ފަދަ %1 މުއްސަނދީން މިއަދު އަދާކުރާ ރޯލަކީ އޭރު ފިރުޢައު ވެސް އަދާކުރި ރޯލެވެ. ކޮންމެ ގޮތަކަށް ކަންކަން އޮތަސް، މާޒީގެ ތަޖުރިބާ ގައި ފެނިފައިވަނީ އަބަދުވެސް، ﷲ ތަޢާލާ ޚަލްޤު ކުރައްވާފައިވާ މިންވަރަކަށް އިންސާނުން ދުނިޔޭގައި ތިބެފައި، ލިބެން ލިޔުއްވާފައިވާ ރިޒްޤެއް ލިބި އަޖަލު ކަނޑައަޅުއްވާފައިވާ ދުވަހަކަށް ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމެވެ.

1968 ގައި ބޭއްވި ރޮކްފެލާ ފައުންޑޭޝަންގެ އަހަރީ އާންމު ޖަލްސާގެ ރިޕޯޓު ގައި “އާބާދީ އިތުރުވުމުގެ މައްޗަށް” ބިރު ދައްކައި އެއަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމުގައި ވައުދު ކޮށް ރޮކްފެލާއިން މިކަން އިއުލާނުކުރި އެވެ. އެ ރިޕޯޓުގައި ރޮކްފެލާއިން ބުނެފައިވެ އެވެ. “އިމިއުނޮލޮޖިކަލް މެތަޑްތައް ކަމުގައިވާ ވެކްސިން އިން ދަރިމައިވުން ދަށް ކުރުމަށް ކުރިއަށް ދަނީ ވަރަށް މަދު މަސައްކަތްތަކެވެ. މިއަށްވުރެ އިތުރު ރިސާޗު ހޯދުންތައް މި ރޮނގުން ހޯދައިގެން މެނުވީ މިއަށް ހައްލެއް ނުލިބޭނެ އެވެ.” މި މައްސަލައަށް ހައްލެއް ހޯދުމަށް ރޮކްފެލާ ފައުންޑޭޝަނުން އިސްވެ ފަންޑު ކޮށް “ދަރިމައިވުމާއި ބެހޭ ބަޔޮލޮޖީ ރިސާޗު ތަކަށް (ދަރިމައިވުމާއި އެ ކޮންޓްރޯލް ކުރުމާބެހޭ ދިރާސާތަކަށް) އިންވެސްޓިގޭޓަރުންގެ ސަމާލުކަން ހުއްޓުވަން މަސައްކަތް ފަށްޓާނެ” ކަމުގައި ބުނެފައިވެ އެވެ. [16]
1970 ގައި، އެމެރިކާގެ ކޮންގްރެސް އިން ހެދި “ކޮމިޝަން އޮން ޕޮޕިއުލޭޝަން ގްރޯތް އެންޑް އެމެރިކަން ފިއުޗާ” ކޮމިޝަންގެ ޗެއާމަނަކީ ޖޯން ޑީ. ރޮކްފެލާ ތިންވަނަ އެވެ. މި ކޮމިޝަނަކީ ޤައުމުތަކުގެ އާބާދީ އިތުރުވުމުން އެމެރިކާގެ މުސްތަޤުބަލަށް ކޮށްފާނެ ގެއްލުމަކާއި އާބާދީ އިތުރުވުމުން ކުރިމަތިވެދާނެ އިޖްތިމާޢީ އިޤްތިޞާދީ ސިޔާސީ ކަންބޮޑުވުން ތަކާ މެދު އެމެރިކާގެ ސަރުކާރަށް ލަފާ ދިނުމަށް ތައްޔާރުކުރެވުނު ކޮމިޝަނެ ކެވެ. މި ކޮމިޝަނުގެ “ޕޮޕިއުލޭޝަން އެންޑް އެމެރިކަން ފިއުޗާ” ނުވަތަ ދި ރޮކްފެލާ ކޮމިޝަން ރިޕޯޓު މީނާ ސަރުކާރަށް ހުށައެޅީ 1972 ގަ އެވެ. [17] މި ފުޓް ނޯޓްގައިވާ ލިންކުން މި ކޮމިޝަންގެ ރިޕޯޓް ކިޔާލެވޭނެ އެވެ.

1972 ގައި، މި ރިޕޯޓު ހުށައެޅުމަށް ފަހު، ރޮކްފެލާއިންގެ “ޕޮޕިއުލޭޝަން ކައުސިލް” އަދި ޔޫއެސް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތް އެންޑް ހިއުމަން ޑިވެލޮޕްމެންޓް، އަދި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އަދި އެހެނިހެން ރިސާޗް ޖަމާޢަތްތައް ޑަބްލިއުއެޗްއޯ އާއި އެކު “ޓާސްކް ފޯސް އޮން ވެކްސިން ފޯ ފަރޓިލިޓީ ރެގިޔުލޭޝަން” ކިޔައި ޓާސްކް ފޯހެއް ފެއްޓި އެވެ. މިއީ ވެކްސިން މެދުވެރިކޮށް ދަރިމައިވުން ހުއްޓުވުމަށްޓަކައި ހޯދުންތައް ހޯދައި އެކަންތައްތައް ޤާނޫނީ ގޮތުން މީސްތަކުންގެ މައްޗަށް މަޖުބޫރުކުރާނެ ގޮތެއް ހޯދުމާއި ބެހޭގޮތުން ހެދި ޓާސްކް ފޯސް އެކެވެ.
1974 ވަނަ އަހަރު، އިންސާނާގެ ހަށިގަނޑަށް ދަރިމައިވުން ހުއްޓުވާނެ ރެސްޕޯންސެއް ގެންނަ ފަދަ ބާރުހުރި މޮލެކިއުލް އާއި ޓިޝޫގެ ކްރައިޓީރިއާ ކަނޑައެޅުމަށް އެއްކަލަ ޑަބްލިއުއެޗްއޯ އާއި ޔޫއެން އަދި ރޮކްފެލާއިންގެ ޓާސްކު ފޯހުން ބައްދަލުވުމެއް ބޭއްވި އެވެ. އެގޮތުން މި ބައްދަލުވުމުގައި ސްޕާމް އެންޒައިމްސް (sperm enzymes) އަދި (membranes) މެމްބްރެންއާއި، އެންޓި-އޮވަމް (anti-ovum) އަދި ޕްލެސެންޓާ މޮލެކިއުލް ކަމުގައިވާ ޒޯނާ ޕެއްލުސިޑާ (zona pellucida)، އެސްޕީ-އެކެއް ޕްލެސެންޓަލް އެންޓިޖެން (the SP-1 placental antigen) އަދި ޕްލެސެންޓަލް ހޯމޯން (the placental hormones chorionic somatotrophin) އަދި ހިއުމަން ކްރޮނިކް ގޮނޮޑޮޓްރޮޕިން (human chorionic gonadotropin (hCH) ގެ މައްޗަށް ވާހަކަ ދެކެވުނެވެ.
1974 އިން 1977 އާއި ހަމައަށް، ޖޯން ދީ ރޮކްފެލާގެ ބޭބެ، ނެލްސަން ރޮކްފެލާ އަކީ އެމެރިކާގެ ނައިބް ރައީސްކަން ކުރި ފަރާވެ. 1973 އިން 1977 އަށް ހެންރީ ކިސިންޖާ އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓްސްގެ މަޤާމް އަދާކުރި އެވެ. އަދި 1969 އިން 1975 އަށް ކިސިންޖާ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ގައި “ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރު” ނުވަތަ ޤައުމީ ސަލާމަތަށް އިރުޝާދުދޭ މީހާގެ މަޤާމް އަދާކުރި އެވެ. (މި ރިޕޯޓުގެ އަޞްލު ކިޔާލުމަށް [18])
އެމެރިކާގެ ޤައުމީ ސަލާމަތަށް އެހެން ޤައުމުތަކުގެ އާބާދީ ބޮޑުވެގެން ނުރައްކާވެދާނެ ކަމުގައި ބުނެ 1974 ގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން ހެންރީއޭ ކިސިންޖާ ކްލާސިފައިޑް (ދަޥްލަތުގެ މަތިފަޑިޔަށް ބެލޭ ސިއްރު) ކަރުދާހެއް އެމެރިކާގެ ސަރުކާރަށް ހުށައެޅިއެވެ.
ކިސިންޖާގެ މި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ “ޑިވެލޮޕިން ގައުމުތަކުގައި އާބާދީ އިތުރުވެއްޖެ ނަމަ، އެމެރިކާއަށް ބޭނުންވާ ރޯމެޓީރިއަލް އާއި، ރިސޯސަސް ތައް ބޭނުންކުރެވިގެން ހުސްވެ ގޮސްދާނެ” ކަމުގަ އެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ސަލާމަތައް ނުރައްކާ އޮންނާނެ ކަމުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ. މި ރިޕޯޓުގައި އާބާދީ ދަށްކުރުމުގައި ޓާގެޓް ކުރަން ޖެހޭ ޤައުމުތައް ގޮތުގައި އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ނައިޖީރިއާ، މެކްސިކޯ، އިންޑޮނޭޝިއާ، ބްރެޒިލް، ފިލިޕިންސް، ތައިލެންޑް، މިސްރު، ތުރުކީ، އިތިއޯޕިއާ އަދި ކޮލަމްބިއާ ހިމަނާފައިވެ އެވެ. އެހެންވެ، ކިސިންޖާގެ މި ސަލާމަތީ ރިޕޯޓުގެ މައްޗަށް އެމެރިކާގެ ސަރުކާރުން އެހެން ޤައުމުތަކުގެ އާބާދީ ދަށްކުރުމަށް ރޭވުމަށް ސަރުކާރުގެ ފޮރިން ޕޮލިސީ ޤާއިމް ކުރި އެވެ.
އެލްއޭ ޓައިމްސް ގެ މަޝްހޫރު ނޫސްވެރިޔާ އެލެކްސެންޑާ ކޯކްބާން 8 ސެޕްޓެންބަރ 1994 ގައި “ތިންވަނަ ދުނިޔޭގައި އެމެރިކާގެ ހަޤީޤީ ޕޮލިސީ: ސްޓެރިލައިޒޭޝަން (ނުވަތަ ދަރިމައިނުވާ ގޮތް ހެދުން)” މި މައުޟޫ އަށް އޭނާ ލިޔުނު ލިޔުމުގައި ބުނެފައިވެ އެވެ. “ބާރުވެރިކުމުގެ ބޫޓު އޮމާންކުރުން ހަދާން ނައްތާލާށެވެ! އަމާޒަކީ ޢާންމު ރައްޔިތުން ދަރިމައިވުމުން އެއްކިބާކުރުމެވެ.” މި ސުރުޚީގެ ދަށުން ޔޫޖެނިސްޓު ކެސިންޖާ ކޮމިޝަނަރ ކަން “އާބާދީގެ މައްސަލައަށް އަލިއަޅުވާފައިވާ” 1974 ގެ “ނޭޝަނަލް ސެކިއުރިޓީ ސްޓަޑީ މެމޮރަންޑަމް 200” ގެ މައްޗަށް ބުނެފައިވެ އެވެ. “(މެމޮރަންޑަމް 200 ގައި) ކިސިންޖާގެ ހަޤީޤީ ކަންބޮޑުވުމަކީ ތިންވަނަ ދުނިޔޭގެ ރިސޯސަސް ތަކަށް މިލްކުވެރި ވުން ޤާއިމް ކުރުމެވެ. އެމީހުން ކަންބޮޑުވީ ތިންވަނަ ދުނިޔޭގެ އާބާދީ އިތުރު ވުމުން “ސިޔާސީ ގޮތުން ނުކުމެދާނެ ނަތީޖާ” އެއްގެ ސަބަބުން އެމެރިކާގެ އެތެރޭގެ ހަމަނުޖެހުމެއް އަތުވެދާނެ ކަމަށެވެ. މިފަދަ ޤައުމުތަކުގައި ބަނޑުހައި ހޫނުކަމާއި، ކާއެއްޗިއްސަށް ހަޅުތާލު ކުރުމުގެ ސަބަބުން އެމެރިކާއަށް ވަންނަން ޖެހޭ ރޯމެޓީރިއަލް ފަސޭހަކަމާއެކު ވަނުން ބޭކާރު ވެދާނެ ކަމަށެވެ.”
1976 ގައި، އެމެރިކާ އާއި ދުނިޔޭގެ ޔޫޖެނިސްޓް ބޮޑުންގެ މި އެޖެންޑާގެ ދަށުން އަންހެންމިހާ ބަނޑުގައި ކުއްޖަކު ޣަރުބަ ގަތުމާއެކު އުފެދޭ އެޗްސީޖީ ހޯމޯން އަށް ހަމަލާދޭ ވިހަ ކެމިކަލެއް ހޯދައި އެކެމިކަލް “ޓެޓްނަސް ޓޮކްސައިޑް” ކިޔާ ވެކްސިން އަށް (ވިހަ ދިޔައަށް) އަޅައި ވެކްސިން އިން ދަރިމައިވުން ހުއްޓުވާނެ ގޮތް އިންޑިއާ ގައި ދިރާސާކޮށް އެ ޤައުމުގެ އަންހެނުން ޓެސްޓު ސަބްޖެކްޓުގެ ގޮތުގައި ބޭނުންކޮށް ދިރާސާތައް ކުރިއަށް ގެންދެވުނެވެ. މި ދިރާސާ އަށް އާލާތުތަކާއި ފައިސާ ފޯރުކޮށްދިނީ ހަމަ އެއްކަލަ ޔޫޖެނިސްޓް ރޮކްފެލާއިން ނެވެ.
1988 ގައި، ރޮކްފެލާ ފައުންޑޭޝަނުން ނެރުނު އަހަރީ ރިޕޯޓުގައި “ނޯރޕްލާންޓް” ކިޔާ ސާޖަރީކޮށް އަންހެނުންގެ އަތުގެ އެތެރެއަށް ލެވޭ ކޮންޓްރަސެޕްޓިވް އެއް ނުވަތަ ދޭތެރެ ދުރުކުރާ އެއްޗެއް ހޯދުނު ވާހަކަ އެމީހުން އިއުލާނުކުރި އެވެ. އަދި އެއިން 5 އަހަރު ދަރިމައިވުން ހުއްޓިގެން ދާނެ ކަމުގައި ބުނެފައިވެ އެވެ.

ރޮކްފެލާއިން އަދި ބިލްގޭޓްސް ފަދަ ދުނިޔޭގެ ބިލިޔަނަރު ޔޫޖެނިސްޓު މަހުޖަނު ބޮޑެއް ކަމުގައިވާ ޓެޑް ޓާރނާ، އައުޑުބޮން މެގަޒިން އަށް 1990 ގައި ދިން އިންޓަވިއުގައި މީނާ ބުނެފައިވެ އެވެ.
“މުޅި ދުނިޔޭގެ އާބާދީގެ ގޮތުގައި 250-300 މިލިއަން މީހުން ތިބުން – މިހާރުގެ ލެވެލް އިން 95 އިންސައްތަ ދަށަށް ގޮސްފައިވާ އަދަދެއް – އެއީ އެންމެ ފުރިހަމަ އަދަދު ކަމުގައިވާނެ އެވެ.” [19]
A total world population of 250-300 million people, a 95 percent decline from present levels, would be ideal.
2012 ގައި ޓެޑް ޓާރނާ ބުނެފައި ވަނީ “ދުނިޔޭގެ އާބާދީ އަށް އެންމެ ރަނގަޅު އަދަދަކީ 2 ބިލިއަން މީހުން” ކަމުގަ އެވެ. މީނާ މިފަދައިން ބުނެފައިވަނީ މީނާގެ ޔޫޖެނިސްޓު އެޖެންޑާ ދެކޮޅަށް މަގުމަތިން މީހަކު މީނާއާއި ދިމާކޮށް އަޑު އުފުލުމުން ނެވެ.
ޓެޑް ޓާރނާ އަކީ ރޮކްފެލާއިންގެ އެންމެ އަރިސް އެއް ބައިވެރި އެކެވެ. އަދި ސީއެންއެން ގެ މުއައްސިސެކެވެ.
ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނުންގެ އާބާދީ ކޮންޓްރޯލްކޮށް ދުއްވާ ލުމުގެ ޔޫޖެނިކްސް އަނދިރި އެޖެންޑާ އަކީ މިއަދު މީހަކު ހަދަހަދައިގެން ދައްކާ ކޮންސްޕަޔަރެސީ ތިއަރީ އެއް ނޫން ކަމާއި މިއީ ރަސްމީ ރެކޯޑު ތަކާއި ލިޔެކިޔުން ތަކުގައި ޑޮކިޔުމެންޓު ކުރެވިފައިވާ ވާހަކަތައް ކަން މިހާރު ކޮންމެ މީހަކަށްވެސް ޔަޤީންވާ ވަރަށް މައުލޫމާތު ޕަބްލިކް ފޯރަމް ތަކަށް ނުކުމެއްޖެ އެވެ.
1992 ގެ އޮކްޓޯބަރު 10 ގައި، އޭޕީ ނޫހުގައި ބޮސްޓޮން ގްލޮބް ރިޕޯޓު ކޮށްފައިވެ އެވެ. “އިންޑިއާ ގައި ބާތް-ކޮންޓްރޯލް (ދަރިމައިވުން ކޮންޓްރޯލްކުރާ) ވެކްސިން ބޭނުންކުރުން ރިޕޯޓުކޮށްފި : “ދަރިމައިވުން މަނާ ކުރާ އެންމެ ފުރަތަމަ ވެކްސިން އުފައްދާފައިވާ ކަމުގައި ސައިންޓިސްޓުން އިއްޔެ ބުނެފި އެވެ. މި ވެކްސިން އެއް އަހަރު ދުވަހަށް މަސައްކަތް ކުރެ އެވެ. އެއަށްފަހު، ބޫސްޓާ ޝޮޓެއް އެއަށް ބޭނުން ވެއެވެ.”
ނުނިމޭ:
އަންނަތް އޮތް ބައި! ބިލްގޭޓްސް: ވެކްސިން މެދުވެރިކޮށް އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ

[1] Rockefeller Medicine Men: Medicine and Capitalism in America https://www.amazon.com/Rockefeller-Medicine-Men-Capitalism-America/dp/0520042697
[2] Murder By Injection – The Story Of The Medical Conspiracy Against America http://whale.to/a/mullinsbk_m.html
[3] Eustace Mullins The Rockefeller Drug Empire https://www.youtube.com/watch?v=hIBPVKUl52g
[4] Flexner Report http://hemphealer.wordpress.com/2012/03/01/the-rockefellers-the-flexnor-report-the-ama-and-their-effect-on-alternative-nutritional-botanical-medicine/
[5] The Money takeover of medicine https://archive.org/details/CancerTheForbiddenCures_201906
[6] Rockefeller Foundation Annual Report, 1932 http://www.rockefellerfoundation.org/uploads/files/0cc6dac7-6d59-44f9-af7c-f92d42001772-1932.pdf
[7] Rockefeller Foundation Annual Report, 1957 http://www.rockefellerfoundation.org/uploads/files/2e45baf6-2a9b-49c7-9886-464b8e32cba4-1957.pdf
[8] Eustace Mullins – Murder by Injection (Full Length) https://www.youtube.com/watch?v=IWkqSncY3fg
[9] Fleming, D. (1954). William H. Welch and the Rise of Modern Medicine ( pp. 157-158). Boston: Little, Brown and Company.
[10] https://dnalc.cshl.edu/view/10950-Eugenics-Record-Office-board-of-scientific-directors-and-functions.html
[11] Black, E. (2003). War Against the Weak (pp. 89). New York: Four Walls Eight Windows.
[12] John Hopkins Medical Institutions. Chronology of the Life of William Henry Welch. Retrieved August 16th, 2010 from http://www.medicalarchives.jhmi.edu/welch/chronology.htm
[13] Ibid., pp. 93.
[14] https://www.youtube.com/watch?v=ClqUcScwnn8
[15] http://unesdoc.unesco.org/images/0006/000681/068197eo.pdf
[16] https://www.rockefellerfoundation.org/wp-content/uploads/Annual-Report-1968-1.pdf
[17] https://population-security.org/rockefeller/001_population_growth_and_the_american_future.htm#The%20Commission
[18] https://www.population-security.org/28-APP2.html
[19] http://www.aim.org/wls/five-percent-of-the-present-population-would-be-ideal/

6 thoughts on “ރޮކްފެލާ ބޭސްވެރިކަން އަދި ޔޫއެން، ޑަބްލިޔުއެޗްއޯ އާއި ރޮކްފެލާއިންގެ އާބާދީ ދުއްވާލުމުގެ ޔޫޖެނިކްސް އެޖެންޑާ”