ކޮވިޑް-19 އިގެ ސަބަބުން ސިއްޙީ ތަޖުރިބާކާރުންގެ މައްޗަށް އެތައް ބައެއްގެ އިތުބާރު ގެއްލިއްޖެ!

ކޮވިޑް-19 އިގެ ސަބަބުން ސިއްޙީ ތަޖުރިބާކާރުންގެ މައްޗަށް އެތައް ބައެއްގެ އިތުބާރު ގެއްލިއްޖެ އެވެ. ޞިއްޙީ ދާއިރާގެ ބޮޑުންގެ މައްޗަށް ޢާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައި ވަނީ ކޮވިޑް-19 އާއި އެކު އަޅަމުންދާ ދެއުޅިއެއް ނުވާ އެކިއެކި ހަރުކަށި ނޭއްގާނީ ޑިކްޓޭޓަރު ފިޔަވަޅުތަކުގެ ސަބަބުން ނެވެ. ރާއްޖޭގައިވެސް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދައުލަތާއި ރައްޔިތުން ވަނީ ހަނާ ކުރެވިފަ އެވެ. ރާއްޖޭގެ ފުދުންތެރިކަމާއި އިޤްތިޞާދުގެ ދުވަސް ވަނީ ދުއްވާލެވިފަ އެވެ.

ބަލްގޭރިއަން ޕެތޮލޮޖީ އެސޯސިއޭޝަންގެ ރައީސް، ޑރ. ސްޓޮއިއަން އެލެކްސިވް ވިދާޅުވެފައިވަނީ “ކޮރޯނާވައިރަސް އަށް ފަހުގައި ސިއްޙީ ފަންނަށް އެތައް ބައެއްގެ އިތުބާރު ގެއްލިގެން ދާނެ. އަހަރެމެންނަށް މިކަން ތަޞައްވަރު ވެސް ނުކުރެވޭނެ. އެހެނަސް، މިއީ ބޮޑު މައްސަލައަކަށް ފަހުން ވާނެ. ޕެންޑަމިކުގެ މައްޗަށް އަހަރެން އިތުރު ކުރަން ބޭނުންވާ އަނެއް ނުކުތާއަކީ، އަހަރެމެން ކޮންމެހެންވެސް މީހުންގެ އިތުބާރު ޞިއްޙީ ދާއިރާއަށް ދަމަހައްޓަން ޖެހޭކަން. ސަބަބަކީ އަހަރެން ދެކޭ ގޮތުގައި ކޮރޯނާވައިރަސް އިންފެކްޝަން އަކީ އެހާ ބިރުވެރި އެއްޗެއް ނޫން. (މިއަދު އަހަރެމެން ކޮރޯނާގެ ހަޤީޤަތް އޮޅުވާލާފައި އެއަށް ފަހު މާދަމާ) ކެންސަރު ޕެތޮލޮޖީއެއް އަހަރެން ހަދާއިރު މީހުން އަހަރެންނަށް ކުރާނީ ކޮން އިތުބާރެއް ހެއްޔެވެ؟ އެއްވެސް މީހަކު މިކަމާއި ބެހޭ ގޮތުން ވާހަކަ ނުދައްކާ. ހަމަ އެއްވެސް މީހު ނެތް.”- ކަމުގަ އެވެ.

ކޮވިޑާ ގުޅިގެން ރޭގަނޑު 10 އިން ފަތިހު 5 އަށް ނިކުމެއުޅުން މަނާ ކުރުމުން “ވަކި ވަގުތެއްގައި ބަލި ޖައްސާ ވައިރަސް އެއްތޯ” “ވައިރަސްއަށް ފެތުރިގަންނަން ޖެހެނީ ކޮން ގަނޑިއެއްކަން ވެސް އެނގޭތޯ” “ރޭގަނޑު 8-5 ގެ ދޭތެރޭ އުޅެފައި އެނޫން ވަގުތުގައި ނޯނަ އެއްޗެއްތޯ” އާންމު ރައްޔިތުން ވަނީ ސުވާލު އުފައްދާފަ އެވެ. މިފަ ދިއުޅިއެއް ނުވާ އެތައް އުޞޫލެއް ޞިއްޙީ ދާއިރާގެ ބޮޑުން ވަނީ ގެނެސްފަ އެވެ. ކަރަންޓީނުކުރުމާއި، ރަށްރަށް ބަންދު ކުރުމުގައިވެސް ގެންގުޅެފައިވަނީ އެކި ތަންތަކުގައި އެކި ގޮތް ގޮތެވެ. މިހެންގޮސް ކޮޅުން ލައިގެން ނުދާވަރަށް އެތައް ފުށުއެރުންތަކެއް މިބޭފުޅުންގެ ފަރާތުންވަނީ ފެނިފަ އެވެ.

ކޮވިޑް19 އާއި އެކު ގެނައި ލޮކްޑައުން އާއި ހަރުކަށި ޢަމަލުތަކުގެ ސަބަބުން އާންމު ރައްޔިތަކު ފޭސްބުކް ގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ. “….. ކަމަނާއަށް ލިބޭ ފަދަ ފްރޮންޓްލައިން އެލެވެންސް، މަހަކު 100،000 ވަރު އަހަރެމެންނަކަށް ނުލިބެ އެވެ. ކޮރޯނާގެ ބިރުވެރިކަން އުފައްދައި އަހަރެމެންގެ ދިރިއުޅުން ހަލާކު ނުކުރައްވާ! މިހާތަނަށް މިދިޔަ 6 މަސް ދުވަހު ވަރަށް ބޮޑުވަރު ކުރެވިއްޖެ ނޫންތޯ އެވެ؟ ބޮޑު ބިރުވެރިކަމެއް އުފައްދައިގެން އެތައް ބައެއްގެ ދިރިއުޅުން ހަލާކު ކޮށްފީމު ނޫންތޯ؟ ލައްކަ ލާރިއެއް ނެގިއްޖެ ނޫންތޯ؟ އަދިވެސް ވީވަރު ކުޑައީ ތޯއެވެ؟”

ކޮވިޑް19 އާއި ގުޅިގެން މި ޚިޔާނާތުގެ ބޮޑުން މަހަކު އެތައް ހާހެއް ދަވްލަތުން ލާރި ނަގަމުންދާ ހިނދަކު، މި މީހުން ބޭނުންވާނީ މި ޚިޔާނާތް ވީހާވެސް ގިނަ ދުވަހު ބެހެއްޓުމަށެވެ. އެމީހުންގެ ޖީބުތައް ފުރާލެވޭނީ އޭރުން ތާ އެވެ. އެހެނަސް، ހަނާވަމުން ދަނީ ދައުލަތާއި ޢާންމު ރައްޔިތުން ނެވެ. ބިކަ ހާލުގައި ޖެހެނީ ޢާންމު ރައްޔިތު މީހާ އެވެ. ހިމުން ވަނީ ދަވްލަތުގެ އިޤްތިޞާދާއި ފުދުންތެރިކަމެވެ.

ކޮވިޑް ވައްކަމުގެ ކޮޅެއް ނެތެވެ. ހަމައެކަނި މި ވައްކަން ހުއްޓެނީ ޑަބްލިއުއޯ އާއި ގުޅިގެން ހިންގި ވެންޓިލޭޓަރ ވައްކަމާއި ހިސާބަށް ނޫނެވެ. ވެކްސިން ގައިވެސް ކުރަނީ ވައްކަމެވެ. ޓެސްޓު ކިޓުގައި ވެސް ކުރަނީ ވައްކަމެވެ. ޓެސްޓު ކުރުމުގައި ވެސް ކުރަނީ ވައްކަމެވެ. މި ހާމަކޮށްލަނީ ކޮވިޑް ޓާސްކް ފޯހުގެ އިންސައިޑް ސްޓޯރީ އެއްގެ ވާހަކަ އެވެ. އެޗްޕީއޭގެ ކޮވިޑް ޓާސްކްފޯހުގައި މަސައްކަތްކުރި އިސް މީހެއްގެ ގެއިން މީހަކު ފައްސިވި އެވެ. ކޮންޓެކްޓް ޓްރޭސިން ހަދަން އެޗްޕީއޭގެ އޮފިސަރުން ސުވާލުކުރާ އިރު އޭނާ އަކީ އެގޭގައި އުޅޭ މީހެއް ކަމުގައި ނުބުނުމަށް ގޭ މީހުންގެ ކައިރިން މީނާ އެދުނެވެ. އެހިނދު، ގޭ އެކަކުވެސް އޭނާގެ ވާހަކަ ނުބުނެ އެވެ. ގެ މޮނިޓަރިން އަށް ލައި ގެއަށް ވަދެ ނުކުމެ އުޅުން މަނާ ކުރެވުނެވެ. އެގޭގެ އެންމެން ކުޑަ ގޮޅިއަށް ލެވުނެވެ. އެހެނަސް، އޭނާ ބަރާބަރަށް އެ ގެޔަށް ވަދެ ނުކުމެ ހެދި އެވެ. ކޮވިޑް އެލަވެންސް ލާރި ގަނޑު ބަރާބަރަށް ލިބިލިބި ހުރުމަށްޓަކައި ކޮވިޑް ޓާސްކުފޯހުގައި ކުރި އެކޭ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ އެވެ. ޓާސްކުފޯހުގެ ބައިވެރިންނަށް މީނާ އަކީ ކާކުކަން ވަންހަނާވެގެން ނުވާނެ އެވެ. މިހާ ބިރުވެރި އެއްޗެއް ނަމަ އެތަނުގައި މަސައްކަތްކުރާ ބޮޑުން މިވަރު ޚިޔާނާތްތެރި ވައްކަން ކުރާނެ ހެއްޔެވެ؟

ކޮވިޑް ޓާސްކު ފޯހުގެ ކޮށީގައި މަސައްކަތް ކުރި އެތައް ބަޔަކު ވަނީ ކޮވިޑަކީ މި ފަދަ ހަރުކަށި ޢަމަލުތައް ހިންގައި ރައްޔިތުންނާއި ދަވްލަތުގެ ދުވަސް ދުއްވާލަން ޖެހޭ ފަދަ ބިރުވެރި އެއްޗެއް ނޫންކަމުގައި އަޅުގަނޑުމެންނާއި ހިއްސާ ކޮށްފަ އެވެ. މިވާހަކަތައް ފާޅުގައި ދައްކަން އެބޭފުޅުން ޖެހިލުންވެ އެވެ. އަދި ބައެއް ފަރާތްތަކަށް ވަނީ ވަޒީފާގެ ބިރުވެރިކަން ވެސް ދައްކާފަ އެވެ.

ކޮވިޑްގެ ކުރީކޮޅު ޑރ. އަފްޒަލް މިސްކިތުން ފޭބުމުން ޢާންމު ރައްޔިތަކު އޭނާ އާއި ސުވާލު ކުރި އެވެ. “ކޮވިޑް އަކީ އެހާ ބިރުވެރި އެއްޗެއް ކަމުގައި ނުވާ އިރު މިހާ ބިރުވެރިކަމެއް ކޮވިޑާ މެދު އުފައްދަނީ ކީއްވެތޯ އެވެ؟” އަފްޒަލް ޖަވާބުގައި ބުނީ ކޮވިޑަކީ އަސްލު އެހާ ބިރުވެރި އެއްޗެއް ނޫން ކަމުގަ އެވެ. އަދި ކޮވިޑާ ގުޅިގެން ބިރުވެރިކަން އުފައްދަނީ މީޑިއާއިން ކަމުގަ އެވެ. މީޑިއާ އާއި މެދު ޓާސްކު ފޯހުން ފިޔަވަޅު ނާޅަނީ ކީއްވެތޯ އަފްޒަލް އާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ފިޔަވަޅު އަޅައިފި ނަމަ މީޑިއާ އެއަށްވުރެ ބޮޑުވަރު ކޮށްފާނެ ކަމުގަ އެވެ. މިއީ އޭރު މި މީހުން ދެއްކި ވާހަކަ އެވެ.

ކޮވިޑާއި ފުރަ ބަންދާއި މާސްކު އެޅުމާއި ގުޅިގެން ޞިއްޙީ ދާއިރާގެ އެއް ބަޔަކު ވަނީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާފަ އެވެ. މާސްކު އެޅުމާއި މެދު ކުރިން ބުނީ އެންމެން އަޅަން ޖެހޭ އެއްޗެއް ނޫން ކަމާއި ޖާދޫއެއް ފަދަ ފަރުވާއެއް ނޫން ކަމުގަ އެވެ. ފަހުން އެވާހަކަ ބަދަލުވީ 180 ޑިގުރީ އަށެވެ. މިފަދަ އެތައް ދިއުޅިއެއް ނުވާ އެތައް ކަމެއް ޞިއްޙީ ދާއިރާގެ ބޮޑުންގެ ފަރާތުން ޢާންމު ރައްޔިތުން ވަނީ ތަޖުރިބާ ކޮށްފަ އެވެ. ކޮވިޑް ޚިޔާނާތުގެ ފަތިފުށް ނަގާލެވޭ ދުވަހު މި އެންމެންގެ މައްޗަށް އޮތް އިތުބާރު އެކުއެކީ ހަޤީޤަތުގައި ވެސް ގެއްލިގެންދާނެ އެވެ.

Leave a Reply