ކޮވިޑް ލޮކްޑައުން އަކީ މަހުޖަނުންގެ ލަގްޒަރީ – ޑރ. ސްކޮޓް އެޓްލަސް

ކޮވިޑާއި ގުޅިގެން “ލޮކްޑައުން” ކުރުމަކީ މުއްސަނދި މަހުޖަނުންގެ މުއްސަނދިކަމާއި ލަގްޒަރީ އިތުރުކޮށް ފަގީރުން އިތުރަށް ފަނގީރު ކޮށް ، ކެންސަރު ފަދަ އާންމު ބަލިތަކަށް ފަރުވާކުރުމުގެ ފުރުޞަތުން ފަގީރުން އެކަހެރިކޮށް މަރު އިތުރުކުރި ކަމެއް ކަމުގައި ކޮވިޑާ ގުޅިގެން ވައިޓް ހައުސްއަށް އިރުޝާދު ދިނުމަށް ކަނޑައަޅާފައިވާ އިސް ފަރާތް ކަމުގައިވާ ޑރ. ސްކޮޓް އެޓްލަސް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑާއެކު ދުނިޔޭގެ މަހުޖަނުންގެ މުއްސަނދިކަން ވީ އިތުރު

ކޮވިޑާ ގުޅިގެން ދުނިޔޭގެ މަހުޖަނު ބިލިއަނޭރުންގެ މުއްސަނދިކަން ވަނީ %27 އިތުރުވެފަ އެވެ. އެމެޒަން އަދި ވޮޝިންޓަން ޕޯސްޓުގެ ވެރިޔާ ބިލިއަނަރ މަހުޖަނު ޖެފް ބެޒޯސް ގެ މުދާވެރިކަން $190 ބިލިއަނަށް އަރާފައިވާ އިރު، ވެކްސިން ވިޔަފާރިވެރިޔާ އަދި މައިކްރޯސޮފްޓްގެ ވެރިޔާ ބިލިއަނަރު މަހުޖަނު ބިލް ގޭޓްސް، ގެ މުދާވެރިކަން $120 ބިލިއަނަށް އަރައި، ފޭސްބުކްގެ ވެރިޔާ ބިލިޔަނަރު މަހުޖަނު މާރކް ޒަކަބާގް ގެ މުދާވެރިކަން $100 ބިލިއަން ވަނީ އަރާފަ އެވެ.

ބިލްގޭޓްސް ފަދަ މަހުޖަނުން ނަކީ މުޅި ދުނިޔޭގެ ފަގީރުންގެ ބަނޑުހައިހޫނުކަން ނައްތާލެވޭ ފަދަ ފައިސާވެރިކަން އޮތް މީހުންނަށް ވީހިނދު ވެސް، އެ ފައިސާވެރިކަމުން ދުނިޔެއިން ފަގީރުކަން ނައްތާލުމުގެ ބަދަލުގައި ބިލް ގޭޓްސްގެ ކަމަކީ މީނާގެ މުދާވެރިކަން ބޭނުންކޮށް އާބާދީ ދުއްވާލާ ފަދަ ޒަހަރު ވެކްސިން ބޮޔޯ-ކެމިކަލް ދިޔަ އުފެއްދުމާއި، ގެނެޓިކަލީ މޮޑިފައި ކުރެވިފައިވާ ކާއެއްޗެއްސާއި، މަހާއި، ސޫފިތައް އުފެއްދުމާއި އަދި ދުނިޔޭގެ ޖައްވަށް ޒަހަރު ވިހަ ކެމިކަލް ޖެހުމަށް ފައިސާ ޕަންޕުކުރުމެވެ. ދުނިޔޭގެ 7 ބިލިއަން މީހުންނަށް ވިހަ ޒަހަރު ވެކްސިނެއް އުފައްދަން މީނާ މަރުމި ދެނީ ކީއްވެތޯ ކޮންމެ މީހަކުވެސް ސުވާލުކޮށްލަން އެބަޖެހެ އެވެ.

ބަނޑުހައި ހޫނުކަމަކީ އެ “ވައިރަސް” އަކުން ކޮންމެ ދުވަހަކު ދުނިޔެއިން 8000 ކުޑަކުދިން ޤަތުލުކޮށްލަމުންދާ ކޮވިޑަށް ވުރެ ބިރުވެރި ވައިރަހެކެވެ. މި ވައިރަހުގެ ވެކްސިން އަކީ “ކާނާ” އެވެ. އެހެނަސް، މި މަހުޖަނުންގެ ބާރުވެރިކަން އޮތް ނޫސް މަޖައްލާތަކުން މި ވާހަކައެއް ނުދައްކާނެ އެވެ. ސަބަބަކީ އެކުދިންނަށް ހައްޤުވާ “ކާނާ” ގެ މުދާވެރިކަން ވެސް މަހުޖަނުން ވަނީ އެމީހުންގެ މުށުތެރެއަށް ލާފައެވެ. ދުނިޔޭގެ މުއްސަނދި ކަމުގެ %99 އިންސައްތަ މުދާވެރިކަން ކޮންޓްރޯލް ކުރަނީ ދުނިޔޭގެ އާބާދީގެ %1 މަހުޖަނުންގެ މި ޖަމާޢަތުން ނެވެ. ކޮވިޑް ޚިޔާނާތުގެ ފަހަތުގައި އޮތް ބާރުވެރިކަމަކީ ވެސް މި ޚުދުމުޚުތާރު ޑިކްޓޭޓަރު މަހުޖަނުން ނެވެ.

Leave a Reply