ދަރިއަކު ހޯދަން ބޭނުންނަމަ މަތިންދާބޯޓުން ދަތުރު ނުކުރުމަށް ބަޔޯމެޑިކަލް ރިސާޗު ސައިންސުވެރިޔާ ޑރ. ޖޭމްސް ލަޔޮން ވެއިލާ އިލްތިމާސް ކުރައްވައިފި އެވެ.[1] މި ބޭފުޅާ ވިދާޅުވެފައިވަނީ ދެ ދަތުރުގެ ދެމެދުގައި މަތިންދާބޯޓު ޑިސްއިންފެކްޓު ކުރަން ބޭނުންކުރާ ކެމިކަލަކީ ދަރިމައިވުން ދަށްކުރާ ވިހަ ކެމިކަލެއްގެ އިތުރުން ދަރިއަށް އައިބުކަމާއި ނުކުޅެދުންތެރިކަން ޖެނެޓިކަލީ ގެނެސްދޭ (އެޕިޖެނެޓިކަލީ ޓްރަޓޮޖެނިކް) ޒަހަރު ކެމިކަލެއް ކަމުގަ އެވެ.
ޑރ. ޖޭމްސް ވިދާޅުވެފައިވަނީ ޑިސްއިންފެކްޓު ކުރުމުގެ ނަމުގައި މި ކެމިކަލް ތަކުގެ ޒަރީއާއިން އެއާރލައިން ތަކުން ދަނީ މަތިންދާބޯޓުގައި މަސައްކަތް ކުރާ މުއައްޒަފުންނާއި، ފަސިންޖަރުން ވިހަ ކޮށް، އެމީހުންގެ ދަރިމައިވުމުގެ ޞިއްޙަތަށް ގެއްލުންދީ އަނިޔާކުރަމުން ކަމުގަ އެވެ.
ކުއަޓަރނަރީ އެމޯނިއަމް ކޮންޕައުންޑްސް (ނުވަތަ ކިއުއޭސީސް) އަކީ ދެ ދަތުރުގެ ދެމެދުގައި މަތިންދާބޯޓު ޑިސް-އިންފެކްޓު ކުރަން ބޭނުންކުރާ ކެމިކަލެކެވެ. އަދި ހޮސްޕިޓަލުތަކާއި މިނޫނަސް އެހެނިހެން ތަންތަކުގައި މި ޒަހަރު ކެމިކަލް ޑިސްއިންފެކްޓު ކުރުމުގެ ނަމުގައި ބޭނުންކުރެވެ އެވެ. ކޮވިޑާ ގުޅިގެން މި ޒަހަރު ކެމިކަލް އެތެރެކުރުމާއި ބޭނުން ކުރުންވަނީ އިންތިހާއަށް ގިނަ ވެފައެވެ. މީގެ ހިތި ނަތީޖާ އަދި ދުވަސްތަކެއް ފަހުން މުޖްތަމަޢުން ފެންނާނެ ކަމުގައި މި ބޭފުޅާ ވިދާޅުވެފައިވެ އެވެ. މި ބޭފުޅާގެ ވާހަކަތަކަށް ބާރު ލިއްބައިދޭ ހަތަރު ދިރާސާއެއް ހިއްސާ ކުރައްވާފައިވެ އެވެ.
ރީޕްރޮޑަކްޓިވް ޓޮކްސިކޮލޮޖީ (ނުވަތަ ދަރިމައިވުން ހުއްޓުވާ ޒަހަރު ނުވަތަ ވިހަ މާއްދާތަކާއި ބެހޭގޮތުން ދިރާސާ ކުރާ) ޖާނަލް ގައި 2014 ވަނަ އަހަރު އެކިއެކި ކުއަޓަރނަރީ އެމޯނިއަމް ކޮންޕައުންސް ތަކާއި ބެހޭގޮތުން ސައިންސުވެރިން ހެދި ދިސާރާއެއް ގައި ބުނެފައިވަނީ އެއީ މީދަލުގެ ދަރިމައިވުމުގެ ބާރު ދަށްކުރާ އެއްޗެއް ކަމުގަ އެވެ.[2]
އިމިއުނޯ ޓޮކްސިކޮލޮޖީ ޖާނަލް ގައި 2017 ވަނަ އަހަރު ކުއަޓަރނަރީ އެމޯނިއަމް ކޮންޕައުންސް ތަކާއި ބެހޭގޮތުން ސައިންސުވެރިން ނެރެފައިވާ ފަންނީ ދިރާސާއިން ވެސް ވަނީ މި މާއްދާތަކަކީ ދަރިމައިވުމުގެ ޞިއްޙަތު ވިހަ ކުރާ މާއްދާއެއް ކަމުގައި ހޯދާފަ އެވެ.[3]
ސްކޭންޑްނޭވިއަން ޖާނަލް އޮފް ވޯކް، އެންވެރޮންމެންޓް އެންޑް ހެލްތު ޖާނަލް ގައި 2017 ވަނަ އަހަރު ނެރެފައިވާ ދިރާސާގައި ބުނެފައިވަނީ ޑިސް-އިންފެކްޓު ކުރަން ބޭނުންކުރާ ބާރުގަދަ މާއްދާތައް ކަމުގައިވާ ކުއަޓަރނަރީ އެމޯނިއަމް ކޮންޕައުންސް އަށް ހުށަހެޅުނު ނަރުހުންގެ ދަރިމައިވުމުގެ ބާރު ދަށް ކުރި ކަމުގަ އެވެ.[4]

ބާތް-ޑިފެކްޓް (ނުވަތަ އުފަންވުމުގައި ހުންނަ އުނިކަމާއި ނުކުޅެދުންތެރިކަމާއި ބެހޭގޮތުން ދިރާސާކުރާ) ޖާނަލް ގައި 2017 ވަނަ އަހަރު ކުއަޓަރނަރީ އެމޯނިއަމް ކޮންޕައުންސް ތަކާއި ބެހޭގޮތުން ސައިންސުވެރިން ނެރެފައިވާ ފަންނީ ދިރާސާއިން ދެއްކީ މި މާއްދާ އަކީ ދަރިއަށް ނިއުރަލް ޓިއުބް ޑިފެކްޓްސް ކުރިމަތި ކުރާ އެއްޗެއް ކަމުގަ އެވެ.[5] ނިއުރަލް ޑިފެކްސް ނުވަތަ މި ނާރުގެ ނިޒާމާއި ސިކުނޑިއާއި ސްޕައިނަލް ކޯޑަށް ދިމާވާ ނުކުޅެދުންތެރި އުނި ޞިފަތައް ކުރިމަތިވަނީ ނިއުރަލް ޓިއުބް ބަންދު ނުވުމުގެ ސަބަބުން ކަމުގައި ސައިންސުވެރިން ބުނެ އެވެ.
އަހަރެމެން މިއުޅޭ ޒަމާނަކީ އަހަރެމެންގެ ދަރިންނަށް އަނިޔާލިބި އެކިއެކި ނުކުޅެދުންތެރިކަމާއި އުނި ކަންކަން ތަޙައްމަލުކުރަން ޖެހުމުން އެ އަނިޔާ ލިބުނު ސަބަބުތައް ދެނެގަތުމުގެ ބަދަލުގައި ނުކުޅެދޭކުދިންނަށް ޚާއްސަ ދުވަހެއް ފާހަގަކޮށްލާފައި އެކަން އެހިސާބުން ނިންމާލާ ޒަމާނަކަށް ވެފަ އެވެ. މިއަދު ކުށްވެރިވަނީ މިފަދަ ޒަހަރު ތަކާއި ވިހަ މާއްދާތަކުން ބަނޑުގައި ގަރުބަ ގަނެފައިވާ ދަރިންނާއި، ވިހާ ތުއްތު ކުދިންނަށާއި، އިންސާނުންނަށް ކުރާ ގެއްލުމުގެ ވާހަކަ ދައްކާ ބައެކެވެ. މިއަދު ކެމިކަލާއި ޒަހަރު އިންޑަސްޓީ ވަނީ ފައިސާގެ ނުފޫޒާއި ބާރު ވެރިކަން ބޭނުންކޮށްގެން އާންމު ޞިއްޙަތުގެ އުޞޫލުތަކާއި ޤާނޫނުތައް މުށުތެރެއަށް ލާފަ އެވެ.
ޑރ. ޖޭމްސް ލަޔޮން ވެއިލާ އަކީ 2002 އިން ފެށިގެން ބަޔޯމެޑިކަލް ރިސާޗުގައި 18 އަހަރު މަސައްކަތް ކުރައްވާފައިވާ ސައިންސުވެރި އެކެވެ. 2014 ވަނަ އަހަރާއި ހަމައަށް މި ބޭފުޅާ މަސައްކަތް ކުރެއްވީ ޔުނިވާސިޓީ އޮފް ޕިޓްސްބާރގް ކެންސަރ އިންސްޓިޓިއުޓްގެ ޑިޕާޓްމެންޓް ޕެތޮ ލޮޖީގައި އެވެ. މި ބޭފުޅާ އަކީ ޖިނޮމިކްސް، ޕްރޮޓިއޯމިކް، ބަޔޯއިންފޮރމެޓިކް އިން ކެންސަރ ރިސާރޗްގެ ފަންނީ މާހިރެކެވެ. 57 އަށްވުރެ ގިނަ ޕިއާރ ރިވިއުޑް ފަންނީ ދިރާސާ މި ބޭފުޅާގެ ނަމުގައި ނެރުއްވާފައިވެ އެވެ.ޔުނިވާސިޓީ އޮފް ޕިޓްސްބާރގުގެ ބަޔޯއިންފޮމެޓިކް އެނަލިސިސް ކޯރގެ ޑިރެކްޓަރ އަކަށް މި ބޭފުޅާ ހުންނެވި އިރު 100 އަށްވުރެ ރިސާޗް ދިރާސާ ޑިޒައިން ކުރައްވާފައިވެ އެވެ. މި ބޭފުޅާއަކީ ކެންސަރ އިންފޮމެޓިކްސް ޖާނަލްގެ ފައުންޑިންގ އެޑިޓާ-އިން-ޗީފް އެވެ. މިހާރު މި ބޭފުޅާއަކީ ސައިންސް، ޕަބްލިކް ހެލްތު ޕޮލިސީ އަދި ލޯ ޖާނަލްގެ އެޑިޓާ-އިން-ޗީފް އެވެ.
[1] Dr. Lyons-Weiler: If You Intend to Reproduce Do Not Fly – The Chemicals Used to Disinfect Airplanes Decrease Fertility and Are Epigenetically Teratogenic https://jameslyonsweiler.com/2020/10/12/dr-lyons-weiler-if-you-intend-to-reproduce-do-not-fly-the-chemicals-used-to-disinfect-airplanes-decrease-fertility-and-are-epigenetically-teratogenic
[2] Exposure to common quaternary ammonium disinfectants decreases fertility in mice https://www.sciencedirect.com/science/article/abs/pii/S0890623814001920 full https://www.ncbi.nlm.nih.gov/pmc/articles/PMC4260154/
[3] Divergent hypersensitivity responses following topical application of the quaternary ammonium compound, didecyldimethylammonium bromide https://www.ncbi.nlm.nih.gov/pmc/articles/PMC6391722
[4] Occupational use of high-level disinfectants and fecundity among nurses https://www.ncbi.nlm.nih.gov/pmc/articles/PMC5840865/
[5] Ambient and Dosed Exposure to Quaternary Ammonium Disinfectants Causes Neural Tube Defects in Rodents https://www.ncbi.nlm.nih.gov/pmc/articles/PMC5905424

One thought on “ޑރ. ޖޭމްސް ލަޔޮން ވެއިލާ: ދަރިއަކު ހޯދަން ބޭނުންނަމަ މަތިންދާބޯޓުން ދަތުރު ނުކުރޭ – މަތިންދާބޯޓު ޑިސްއިންފެކްޓު ކުރަން ބޭނުންކުރާ ކެމިކަލަކީ ދަރިމައިވުން ދަށްކުރާ ކެމިކަލެއް!”