ކޮވިޑާއި ގުޅިގެން އެންމެ ފުރަތަމަ ކަމަކަށް ޤައުމުތައް ލޮކްޑައުން ކުރުން ހުއްޓާލަން އިނގިރޭސިވިލާތުގެ ޑަބްލިޔުއެޗްއޯގެ ޚާއްސަ އެންވޯއި ޑރ. ޑޭވިޑް ނަބަރޯ ގޮވާލައްވައިފި އެވެ.
ޑރ. ޑޭވިޑް ނަބާރޯ ވިދާޅުވީ “ ޕްރޮފެސަރ ސުނިތްރާ ގުޕްތާ ބަޔާން ކުރެއްވީ ވަރަށް މުހިންމު ނުކުތާއެއް. އަހަރެން އަދިވެސް އެއްފަހަރު ބުނަން ބޭނުން. ވައިރަސް ކޮންޓްރޯލް ކުރުމުގެ މައިގަނޑު ވަޞީލަތަކަށް ލޮކްޑައުން ބޭނުންކުރުމަށް އަހަރެމެން، ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާއިން ވަކާލާތު ނުކުރަން. އަހަރެމެން ޤަބޫލުކުރާ ގޮތުގައި ފުރަބަންދުކުރުން ރަނގަޅު ކުރެވޭނީ ހަމައެކަނި ކަންކަން ރޭވުމަށް ވަގުތު ހޯދުމަށް ނުވަތަ ހޯދަންޖެހޭ އެއްޗެހި ޖަމާކުރުން ހަމައަކަށް އެޅުވުމަށް ނުވަތަ ހެލްތު ވަރކަރުން ރައްކާތެރިކުރުމަށް އެކަންނި. އެހެނަސް، ޢާންމު ގޮތެއްގައި އަހަރެމެން ލޮކްޑައުން އެއް ނުކުރާނަން. (ލޮކްޑައުން ކުރުމުން ލިބުނު ގެއްލުން ބަލާލުމަށް) ޓޫރިޒަމް އިންޑަސްޓްރީއަށް ވީގޮތް އެކަނިވެސް ފެނޭ. ދަނޑުވެރިންނަށް ވީގޮތް ނިކަން ބަލާލުން ހުށި. ފަގީރުކަމުގެ މިންގަނޑަށް ވީގޮތް ބަލާލުން ހުށި. އަންނަ އަހަރުގައި ދުނިޔޭގެ ފަގީރުކަން ދެގުނަ ބޮޑުވެގެންދާނެ ކަމަށް ފެނޭ. ކުޑަކުދިންނަށް ދުޅަހެޔޮ ކާނާ ލިބުން މަހުރޫމް ވުންވެސް ދެގުނަ ބޮޑުވެގެންދާނެ. ހަޤީޤަތުގައި މިއީ (ލޮކްޑައުންއަކީ) މުޅި ދުނިޔެއަށް ޖެހުނު ބޮޑު މުޞީބާތެއް. އެހެންކަމުން، އަހަރެމެން ދުނިޔޭގެ ވެރިންނަށް ގޮވާލަނީ؛ ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ކަމަކަށް ލޮކްޑައުން ބޭނުންކުރުން ހުއްޓާލައްވާށޭ. އެ ނަތީޖާ އަކާއި މެދު ފަރުވާކުޑަކޮށް ނުލެވޭނެ ވަރުގެ ކަމެއް ލޮކްޑައުން އިން ގެނެސްދޭ. އެއީ ފަގީރުން އިތުރަށް ފަނގީރު ކޮށް ނިކަމެތިކުރުން”
