ވެކްސިން ޖަހާ، ނުނީ ކަލޭގެ ވަޒީފާ: މަޖުބޫރު ކުރުމާއެކު ގަދަބާރުން ޖައްބާރު ކަމާއެކު ކޮވިޑް ވެކްސިން ޖެހުމަށް ހަރުކަށި ޑަކްޓަރުންތަކެއް ގޮވާލައިފި!

09 އޮކްޓޯބަރ 2020

މަޖުބޫރު ކުރުމާއެކު ގަދަބާރުން ކޮވިޑް ނަމުގައި ބޭސް އުފައްދާ ބޮޑެތި ކާރުޚާނާތަކުން އުފައްދާ ވަކި ވެކްސިނެއް ޖެހުމަށް ދި ނިއު އިންގްލެންޑް މެޑިކަލް ޖާނަލް ގައި ހަރުކަށި ފިކުރު ޑަކްޓަރުންތަކެއް ގޮވާލައިފިއެވެ. މި ހަރުކަށި ޑޮކްޓަރުން ވަނީ ވެކްސިން ނު ޖަހައިފިނަމަ “ވަޒީފާއިން ސަސްޕެންޑު ކުރުމާއި، ގޭގައި މަޑުކުރަން އެންގުމުގެ އަމުރުތައް ސަރުކާރުން ނެރުން” ފަދަ ހަރުކަށި އަދަބުތައް ދިނުމަށް ގޮވާލާފައެވެ.[1]

މި ހަރުކަށި ޑޮކްޓަރުން ގޮވާލާފައިވަނީ ބަޔޯ-ކެމިކަލް (ނުވަތަ ވިހަ ކެމިކަލާއި ބަޔޮލޮޖިކަލް މާއްދާތަކުން ތައްޔާރުކޮށްފައިވާ) ވެކްސިން ދިޔަ ނު ޖަހައިފިނަމަ ވަޒީފާއިން ވަކިކުރުމާއި ގޭބަންދުކުރުން ފަދަ ކަންކަން ކުރުމަށެވެ. އަޑުއިވިފައިވާ ގޮތުގައި ރާއްޖެއަށް އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ކޮވިޑް ވެކްސިން އެއް ލިބޭނެ އެވެ. އަދި މި ވެކްސިން އެންމެ ފުރަތަމަ ގަދަ ބާރުން ޖައްބާރު ކަމާއިއެކު މަޖުބޫރުކޮށްގެން ޖެހުމަށް ރާވާފައި ވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުއައްޒަފުން ދަނީ މި ވެކްސިން ޖެހުމަށް އެބޭފުޅުން ރުހުމެއް ނެތްކަމުގައި އަޅުގަނޑުމެންނާއި އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ނެވެ. އެހެނަސް، އެބޭފުޅުންނަށް މަތީ ފަޑިން އަންގަމުން ދަނީ ކޮވިޑް ވެކްސިން ނު ޖަހައިފި ނަމަ ވަޒީފާ ދުއްވާލާނެ ކަމަށެވެ. ވަޒީފާގެ ބިރު ދައްކައިގެން ރުހުން ނެތް ހާލުގައި ޞިއްޙީ އަމަލެއް ބަޔަކަށް މަޖުބޫރު ކުރުމަކީ ޢާންމު ޞިއްޙީ މިންގަނޑުތަކާއި، މެޑިކަލް އެތިކްސް ތަކާއި އަދި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކާއި ވެސް ދެކޮޅު ކަމެކެވެ.

ކޮންމެ ބޭސްފަރުވާ އަކަށްވީ ނަމަވެސް، އެއިން ލިބޭ ގެއްލުމާއި ކުރާނެ މަންފާގެ ފުރިހަމަ މަޢުލޫމާތު ލިބުމަށްފަހު، ވަކި ގޮތަކަށް ޢަމަލުކުރުމަށް މަޖުބޫރު ކުރުވުމެއް ނެތި، ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ނޭދެވޭ ފިޔަވަޅަކާ ކުރިމަތިލާން ޖެހުމެއް ނެތި، އެމީހަކު އެ ބޭސްފަރުވާ އަކަށް ރުހުން ދިނުން ނުވަތަ ނުދިނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްޤެކެވެ. އެމީހެއް ނުވަތަ އެމީހެއްގެ ދަރިޔަކަށް ބޭސްވެރިކަމުގެ ޚިދުމަތެއް ލިބިގަތުމުގައި އެމީހެއްގެ ރުހުން ދިނުމާއި ނުދިނުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެކެވެ. އަދި އެފަދަ ޙިކުމަތަކާ ބެހޭގޮތުން ސުވާލު ކުރުމާއި އެއާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަކީ ވެސް އެމީހަކަށް ލިބިގެންވާ ހައްޤެކެވެ.

99.997 % ރިކަވަރީ ރޭޓެއް އޮތް ބައްޔަކަށް 100% މީހުންނަށް ބޭސްކާރުޚާނާއަކުން އުފައްދާ ވެކްސިނެއް މަޖުބޫރު ކުރުމުގެ މާނައެއް ނެތެވެ.

ކޮވިޑް ވެކްސިން ނުޖަހަންޏާ #ނޯޖޮބްނޯޕޭހަރުކަށި އުޞޫލެއް ޤާއިމްކުރަން އޮސްޓޭލިއާގައި މަސައްކަތްކުރަނީ

ކޮންމެ އިންސާނަކަށް އަމިއްލަ ޞިއްޙަތު މުހިންމު ވަނީ ކީއްވެ ތޯ؟

https://wp.me/pcmZE3-4p

އަމިއްލަޞިއްޙަތު ޓީމް

އިތުރު ލިޔުންތައް ކިޔާ ލުމަށް މިތަނަށް ކްލިކް ކޮށްލައްވައިގެން އަޅުގަނޑުމެންގެ ޓެލެގްރާމް ޗެނަލް އަށް ޖޮއިން ކޮށްލައްވާށެވެ! އަމިއްލަޞިއްޙަތު ވެބްސައިޓް ގައި ޞިއްޙަތާއި ގުޅުންހުރި މައުޟޫތަކަށް ލިޔުންތައް ޝާޢިއު ކުރުމަށް މިތަނަށް ކްލިކް ކޮށްލައިވައިގެން ޓެލެގްރާމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ސީދާ މެސެޖު ކޮށްލަ ދެއްވާށެވެ! ނުވަތަ އަޅުގަނޑުމެންގެ މެއިލް amillasihhath@gmail.com އަށް ލިޔުން ފޮނުވާލަ ދެއްވާށެވެ!


[1] https://www.rt.com/usa/502270-vaccine-compliance-mandate-study/

Leave a Reply