ކޮވިޑް-19 އިގެ ޞިއްޙީ ވައްކަމުގެ ހަޤީޤަތް ހާމަކުރާނެ ޑޮކްޓަރެއް ރާއްޖޭގައި ނެތިގެން އުޅެނީ ކީއްވެބާއޭ ދިވެހިން ސުވާލު އެބަ ކުރެ އެވެ. އެހެނަސް، ޑޮކްޓަރުންނަކީ އެބައިމީހުންގެ ދޫ ޞިއްޙީ ބާރުތަކުން ހަދާފައިވާ އަނދަގޮނޑި ތަކެއްގައި ތަޅުއެޅުވިފައިވާ ބައެއް ކަން ވިސްނެނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށެވެ. ކޮވިޑް-19 އިގެ ޞިއްޙީ ވައްކަމުގެ ހަޤީޤަތް ހާމަކުރާ ކޮންމެ ބަޔަކަށްވެސް ޞިއްޙީ ބާރުވެރިކަން އޮތް ފަރާތްތަކުން ދަނީ އެކިއެކި އިނިޔާވެރި ނޭއްގާނީ ޢަމަލުތައް ހިންގަމުން ނެވެ. ކޮވިޑް-19 ގެ ޞިއްޙީ ވައްކަމުގެ ހަޤީޤަތް ހާމަކުރަން ބަހެއް ބުނެފިނަމަ އެންމެ ފުރަތަމަވެސް ކުރެވޭ ކަމަކީ ސެންސަރު ކުރުމުގެ ހަރަކާތްތައް ހިންގުމެވެ. އެމީހެއްގެ ދިރިއުޅުމުގެ އަސާސީ ހައްޤުތައް ނިގުޅައިގަތުމުގެ ޢަމަލުތައް ހިންގުމެވެ. އެމީހަކަށް ވަޒީފާ އާއި މަސައްކަތުގެ ބިރުވެރިކަން ދެއްކުމެވެ. މި ވައްކަމުގެ ފަހަތުގައި އޮތް ކޮރަޮޕްޝަން އިންތިހާއަށް ބޮޑެވެ.
މިފަދަ ނޭއްގާނީ ހަރަކާތްތަކުގެ ދަށުން ޑޮކްޓަރީ މަސައްކަތުގައި އުޅުމުގެ ލައިސަންސު ބާޠިލު ކުރެވުނު އެއް ޑޮކްޓަރަކީ އިނގިރޭސި ވިލާލުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއެޗްއެސް) ގައި 30 އަހަރު މަސައްކަތް ކުރެއްވި، ޑރ. މުޙައްމަދު އިޤްބާލް އަލީ އެވެ. 6 ޖުލައި 2020 ގައި މި ބޭފުޅާގެ ‘މެޑިކަލް ޕްރެކްޓިސް ލައިސަންސު’ އިނގިރޭސި ވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިން އިން ބާޠިލުކޮށްފައި ވަނީ “ކޮވިޑް-19 އަކީ ދުނިޔޭގެ އިޤްތިޞޯދު ކޮންޓުރޯލް ކުރުމަށްޓަކައި ދުނިޔޭގެ ބޮޑުން އުފައްދާފައިވާ ހީލަތްތެރި ދޮގެއް” ކަމުގައި ބުނެ މެއި މަހުގެ ތެރޭ މި ކޮރަޕްޝަނާ ދެކޮޅަށް ވިސްލްބްލޯ ކޮށްފައިވާތީ އެވެ. މިފަދައިން ވިސްލްބްލޯ ކުރާ މީހުންނަކީ މުޖްތަމަޢުގައި އަބަދުވެސް މަދު ބައެކެވެ.
ކޮވިޑް-19 އަކީ ދޮގުވެރި ޕެންޑަމިކެއް
ޑރ. މުޙައްމަދު އިޤްބާލް އަލީ ވިދާޅުވެފައި ވަނީ “ކޮރޯ ވައިރަސް އަކީ ވުޖޫދުގައިވާ އެއްޗެއް ނޫން. (އެބަހީ އެއީ އައިސޮލޭޓް ކުރެވި ހޯދިފައިވާ އެއްޗެއް ނޫން). ވޭތުވެދިޔަ 3 މަހުގައި ހެދި ހުރިހާ ރިސާޗުތަކަށް ފަހު، އަހަރެެމެންގެ (ޑޮކްޓަރުންގެ) ނިންމުމަކީ ކޮރޯނާ ވައިރަސް އަކީ ހަންގާ ގޭމް ސޮސައިޓީން (ދުނިޔޭގެ ޑިކްޓޭޓަރުކަން ކުރާ އަނދިރި ބާރުތަކުން) (ޓެސްޓު ކުރުމުގެ ޒަރީއާއިން) އުފައްދާފައިވާ ހީލަތްތެރި ދޮގެއް (ހޮކްސްއެއް) ކަން. ކަންކަން ހިނގަމުން މި ދަނީ ކުރިން އަހަރެން ކިޔައިދިން ޕިރަމިޑަށް. މި ޕިރަމިޑްގައި ދުނިޔޭގެ %99 އާއި %98 ރައްޔިތުން ކޮންޓްރޯލް ކުރަނީ ދުނިޔޭގެ އާބާދީގެ %1 އާއި %2 މީހުން. މި 1-2% މީހުންނަކީ ދުނިޔޭގެ އެންމެ ބޮޑެތި މުއްސަދީން.”
ކޮވިޑް-19 ޕެންޑަމިކްގެ ޚުލާސާ
ކޮވިޑް-19 ޕެންޑަމިކް ފެށިގެން ދިޔަ ގޮތުގެ މައްޗަށް އަލި އަޅުވައި ޑރ. މުޙަމަދު އިޤްބާލް ވިދާޅުވީ “ޖެނުއަރީ 2020 ގައި ޗައިނާގެ ވޫހާން ގެ ކޮރޯނާ ވައިތަސް ޕެންޑަމިކަށް އެބުރި ގޮސް ބަލާއިރު، 250، 150 ވަރަކަށް މީހުން މަރުވި މަރުވުން ސަމާލުކަމަށް އައި. މަރުވި މީހުންގެ ހުރީ ރޯގާގެ އަލާމާތްތަކެއް. އަދި މޭގެ އިންފެކްޝަން ތަކެއް. ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކެއް. ނިއުމޯނިއާ އަދި ހުން އައުން. އެ މީހުންގެ ފުއްޕާމޭގެ ހޮޅިތަކުން ބޭރުކުރި ދިޔަ ނަގައި ޓެސްޓު ކުރެވުނު. އެ ދިޔައިން އެމީހުންނަށް ވައިރަހެއް ނުފެނުނު. އެމީހުންނަށް ފެނުނީ (އިންސާނެއްގެ ހަށިގަނޑުގައި ހުންނަ) ޖެނެޓިކް މާއްދާއެއް. އެ މާއްދާއަށް ކޮވިޑް-19 (ސާސްކޮވް2) އޭ ކިޔުނު. މިއަދާ ހަމައަށްވެސް ކޮރޯނާ ވައިރަސް ވަކިކޮށް ހޯދާފައިވާ އެންމެ ރިސާޗަރަކުވެސް ނެތް. އާރްޓީ-ޕީސީއާރު ޓެސްޓުން ކޮވިޑް ޕޮޒިޓްވްތޯ ނުވަތަ ނޫންތޯ ބެލުމަށް އެމީހުން ޓެސްޓު ކުރަނީ މި ޖެނެޓިކް މާއްދާއަށް. މިއީ ވަރަށް ހިޔަޅު ވިޔަފާރި އެއް.”
“ޕެތޮލޮޖިސްޓުން މަރުވި މީހުންގެ ފުއްޕާމެއިން ނެގި ޖެނެޓިކް މާއްދާގެ (ވައިރަހެއް ކަމުގައި ބުނި މާއްދާގެ) ފޮޓޯ އާއި (އެކްސެސޯމް) އެއް ގޮތް. ހަޤީޤަތުގައި އެއީ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ބަލި ސެލްތަކުން ސްޓްރެސް ގެ ސަބުން ބޭރުކުރާ އެކްސެސޯމް ތައް. ރޯގާ ޖެހުމުންނާއި، މޭގެ އިންފެކްޝަނުންނާއި، އަދި އޭގެ އިތުރަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުންނަ މީހެއްގެ ފުއްޕާމޭގެ ދިޔައިން މިފަދަ ޖެނެޓިކް މާއްދާތައް ފެންނާނެ. މިއަށް ‘ކޮވިޑް-19 އަށް ޕޮޒިޓިވް‘ ވުމޭ މި ކިޔަނީ.”
ކޮވިޑް-19 ގެ ފަހަތުގައިވަނީ ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ވެކްސިން ޖެހުމުގެ އެޖެންޑާއެއް
“އަހަރެން ދެކޭ ގޮތުގައި މި ހަލަބޮލި ކަމަކީ ދުނިޔޭގެ ބާރުތަކުގެ ވެރިން ކޮންޓްރޯލު ކޮށްގެން ކުރާ ކަމެއް. މިއީ މުޅި ދުނިޔޭގެ އިޤްތިޞޯދީ ނިޒާމް ތަޅުއަޅުވައި ގުޅުވާލުމަށް ހިންގާ ހަރަކާތެއް. މި ބާރުތަކުން ބޭނުންވަނީ ދުނިޔޭގެ ކޮންމެ ރައްޔިތަކަށް ވެކްސިނެއް ޖަހަން. އަދި ކޮންމެ މީހަކީ ވެކްސިން ޖަހާފައިވާ އަދި ނުޖަހާ ހުރި މީހެއްތޯ އިލެކްޓްރޯނިކަލީ ބެލެވޭ ނިޒާމެއް ހަދައި ރައްތިތުންނަށް ފާރަލައި ވިލަރެސްކުރުން”
ތިރީގައި މިވަނީ މި ޑޮކްޓަރު ވާހަކަ ދައްކާ ވީޑިއޯ އެވެ.
