ކޮވިޑް19 (ނުވަތަ ކޮވަޓް19 އިޖްތިމާޢީ އިންޖިނިއަރިން އޮޕަރޭޝަން) ފެށިގެން އައިސް ޞިއްޙަތު ސަލާމަތުން ތިބި މީހުންނަށް މާސްކު އެޅުން މަޖުބޫރު ކުރަން ފެއްޓުމުން އެތަކެއް ޑޮކްޓަރުންނާ ސައިންސުވެރިން ނުކުމެ މާސްކު އެޅުމުން ޞިއްޙީ ގޮތުން ލިބޭ ގެއްލުން ބަޔާންކޮށް ބަސްތައް ބުނަމުން ގެންދިޔަ އެވެ. އެހެނަސް، މި ވާހަކަތަކައް ސަމާލުކަމެއްދީ އެކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ޞިއްޙަތު ޙިމާޔަތްކުރާ ޖަމާޢަތްތަކުން އިސްވެ މާބޮޑު ކަމެއް ކޮށްފައެއް ނެތެވެ. ހަޤީީޤަތުގައި މިއީ ޢާންމު ޞިއްޙަތު ޙިމާޔަތްކުރާ ޖަމާޢަތްތަކެއްތޯ ނުވަތަ ޙީލަތްތެރިކަން ޙިމާޔަތްކުރާ ޖަމާޢަތްތަކެއްތޯ ގިނަ ރައްޔިތުން ދަނީ މިހާރު ސުވާލު ކުރަމުން ނެވެ.
ޞިއްޙަތު ސަލާމަތުން ތިބި މީހުން މާސްކު އެޅުވުމުން ލިބިދާނެ ގެއްލުންތައް ބަޔާންކޮށް 5 ޖޫން 2020 ގައި ޑަބްލިއުއެޗްއޯ އިން ދީފައިވާ އިރުޝާދު ލިޔުމުގައި (1) އަންނަނިވި ކަންތައްތައް މާސްކު އެޅުމުގެ ގެއްލުމުގެ ގޮތުގައި ލިޔެފައިވެ އެވެ.
| މާސްކު އެޅުމުގެ ގެއްލުން – ޑަބްލިއުއެޗްއޯ | # |
|---|---|
| މާސްކު އެޅުމުގެ ސަބަބުން ބޮލުގައި ރިހުން އަދި ނުވަތަ އަޅާ މާސްކެއްގެ ބާވަތެއްގެ ސަބަބުން ނޭވާލުމުގެ އުދަގޫތައް ކުރިމަތި ވެގެން ދިއުން | 1 |
| ގިނަ ވަގުތު މާސްކު އަޅައިގެން އުޅޭ ނަމަ، މޫނުގެ ހަންގަނޑުގެ ޓިޝޫއަށް ގެއްލުން ލިބި އަނިޔާވުން، އިރިޓެންޑް ޑާރމެޓައިޑްސް (ނުވަތަ މާއްދާއެއްގެ ސަބަބުން ހަމަށް އަންނަ ރިއެކްޝަނެއްގެ ސަބަނުން ހަންގަނޑު ރައްކާތެރިކޮށްދޭ ބޭރު ފަށަލަ ހަލާކުވުން)، އެކްނީ (ނުވަތަ އޮށާޅަ) އިތުރަށް ބޮޑުވަރުވުން | 2 |
| ފޯލްސް ސެންސް އޮފް ސެކިއުރިޓީ (ނުވަތަ ތިމާ ބަލިން ރައްކާތެރިވެފައިވާ ކަމުގެ ދޮގު ހީއެއް ވެފައި އޮތުން) އަދި އޭގެ ސަބަބުން ގައިދުރު ކުރުމާއި، އަތް ދޮވުމަށް ސަމާލުކަމެއް ނުދެވުން | 3 |
| މޫނު މާސްކާ ކުޅެ ލޮލުގައި އަތް އުނގުޅާ ހެދުމުގެ ސަބަބުން ސެލްފް-ކޮންޓަމިނޭޝަންގެ (އަމިއްލައަށް އަމިއްލަ މީހާ ބަލި ޖެއްސުމުގެ) ރިސްކު ބޮޑުވުން | 4 |
| މެޑިކަލް މާސްކު ނޫން މާސްކުތައް ބަދަލު ނުކޮށް އެ ބޭނުންކުރާ ކަމުގައިވާ ނަމަ، (ބެކްޓީރިއާ ފަންގަސް ފަދަ) މައިކްރޯ އޯގަނިޒަމްތައް ޖަމަޢަކޮށް ގިނަ ކުރާނެ ހާއްޔަކަށްވުން | 5 |
| ނަފްސާނީ ބަލި ހުންނަ މީހުންނާއި، ކޮގްނިޓިވް އިންޕެއާމެންޓް ހުރި އުމުރުން ދުވަސްވީ މީހުންނާއި، އަސްތަމާ ހުންނަ މީހުން، ނޭވާލާން އުނދަގޫ މީހުން މި އަޅައިގެން އުޅުމަށް އުދަގޫތައް ތަޙައްމަލުކުރުން | 6 |
| އެކަކު އަނެކަކާ ސާފުކޮށް މުޢާމަލާތްކޮށް ވާހަކަ ދެއްކުމަށް އުނދަގޫވުން | 7 |
| ބޮޑު އުނދަގުލަކަށްވުން | 8 |
އަދި މި ލިޔުމުގައި ޑަބްލިއު އެޗްއޯއިން ބުނެފައިވަނީ “މުޖްތަމަޢުގައި ޞިއްޙަތު ޞަލާމަތުންތިބި އަފްރާދުން އެއްވެސް ތަފާތުކުރުމެއް ނެތި މާސްކު އެޅުވުމާއި ގުޅިގެން (ކޮވިޑް ބަލިން) ރައްކާތެރިވާނެ ކަމުގެ މައްޗަށް ތާއީދުކޮށް ސީދާ ސައިންސުގެ ފެންވަރު ރަނގަޅު އެއްވެސް ހެއްކެއް ނެތް” ކަމުގަ އެވެ. އެހެނަސް، ރާއްޖޭގައި މާސްކު މަޖުބޫރު ކުރަނީ ކީއްވެ ކަމެއް ނޭނގެ އެވެ.
އަދި “ސާޖިކަލް މާސްކުން ކޮވިޑް-19 ބަލި ޖެހުމުން ރައްކައުތެރިކޮށް ނުދޭ” ކަމަށް އިޓަލީގެ ހެލްތު މިނިސްޓަރުގެ ސައިންޓިފިކް އެޑްވައިސަރ އަދި ޑަބްލިއުއެޗްއޯގެ އެގްޒިކިޓިވް ބޯޑްގެ މެންބަރ ކަމުގައިވާ ޕްރޮފެސަރ ވޯލްޓަރ ރިޗިއާޑީ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މާސްކު އެޅުމަކީ ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ބަލިމަޑުކަމުން ފުރިހަމައަށް ރައްކައުތެރިކޮށްދޭ އެއްޗެއް ނޫން ކަމާއި، އެ އަޅައިގެން އާންމުކޮށް ނުކުންނަނީ ނޭދެވޭ ނަތިޖާއެއް ކަމުގައި އެމެރިކާގެ ކޮވިޑް19 ލީޑަރު އެންތޮނީ ފައުޗީ ވަނީ 8 މާރޗް 2020 ގައި ސީއެންބީސީން ހުށައެޅި “ފަސްދޮޅަށް މިނެޓް” ޕްރޮގުރާމެއްގައި ބުނެފަ އެވެ. “މާސްކު އަޅައިގެން މަގުމަތީގައި ހިގައި އުޅެގެން ނުވާނެ. މާސްކު އަޅައިގެން ހިގައި އުޅުމުގެ މާނައެއް ނެތް. ބަލި މަޑުކަމެއް ފެތުރިގެން އުޅޭ އިރު މާސްކެއް އެޅުމުން ބަލިން ރައްކާތެރިވާނެ ކަމުގެ މޮޅު އިހުސާސެއް ކުރެވިދާނެ. މާސްކުން ޑްރޮޕް ލެޓެއް މަނާ ކޮށްފާނެ. އެކަމަކު، ބަލިމަޑުކަމުން ރައްކާތެރިވާނެކަމަށް މީހުން ހީކުރާހާ ފުރިހަމަ ރައްކާތެރިކަމެއް އެއިން ފޯރުކޮށް ނުދޭ. ގިނަ ފަހަރު، ނޭދެވޭ އެތަކެއް ކަމެއް އެއިން މެދުވެރި ކުރޭ. މީހުން ތިބެނީ އަބަދުމެ މާސްކާ ކުޅެލަ ކުޅެލާ. މޫނުގައި އަތް ކާއްތާލަ ކާއްތާލާ.” އޭނާ ބުނެފައިވެ އެވެ. (3)
“ކޮވިޑް-19 ގެ ޕެންޑެމިކްއާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް އިން ޢާއްމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކާމެދު ހުށަހަޅާ ޚިޔާލު” ގޮތުގައި އާންމު ރައްޔިތަކު 13 އޮގަސްޓު 2020 ގައި ރައްޔިތުންގެ މަޖްލިހަށް ފޮނުވާފައިވާ ސިޓީގައި ލިޔެފައިވެ އެވެ.
| “މާސްކް އަކީ ބެކްޓީރިއާ އަދި ފަންގަސް އުފެދުމަށް އޮތް ހާއްޔެއް. ޕެންޑެމިކް ގެ ކުރީކޮޅުގައި މާސްއެޅުމާ ދެކޮޅަށް ދިން އިންޒާރުތައް މިހާރުވެސް އޮންނަންޖެހޭނެ” |
|---|
| މާސް އެޅުމާ ދެކޮޅަށް ޖަރުމަނު ވިލާތުގެ ފުންނާބުއުސް ވައިރޮލޮޖިސްޓް އަދި ޖަރުމަނު ވިލާތުގެ ބޮން ގެ ޔުނިވަރސިޓީ ހޮސްޕިޓަލް ގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ގެ ޑިރެކްޓަރ، ޕްރޮފެސަރ ހެންޑްރިކް ސްޓްރީކް ވިދާޅުވެފައިވެ އެވެ. (2) |
ރައްޔިތުންގެ މަޖްލީހުގެ ކޮމެޓީއަަށް 8 އޮގަސްޓު 2020 ގައި ޢާންމު ރައްޔިތަކު ފޮނުވާފައިވާ އެހެން ލިޔުމެެއްގައި އޭނާ ބުނެފައިވެ އެވެ.
“މުޖުތަމަޢުގައި އާއްމުން މާސްކު އެޅުމަށް މަޖުބޫރު ކުރެވިފައިވާ ހިނދު، މާސްކު އެޅުމުން ކޮވިޑް އިން ރައްކާތެރިކަން ލިބިދޭނެ ކަމަށް ބުނާ ސައިންސް ގެ ފަންނީ ތަހުލީލެއް ނެތެވެ. މާސްކު އެޅުމުން އިންސާނާއަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ބޭރުކުރާ ކާބަން ޑައޮކްސައިޑް އަލުން ނޭވާލާއިރު އެތެރެ ކުރުމުން އެތައް ގެއްލުންތަކެއް ލިބުމުގެ އިތުރުން، އިންސާނާގެ ދިފާއީ ނިޒާމު ވެސް ދަށްވެއެވެ. އަދި ފޮތި މާސްކު އެޅުމުން ވައިރަސް އަކުން ރައްކާތެރިކަން ނުލިބޭނެ ކަމުގެ އިތުރުން، ވައިރަލް އިންފެކްޝަން އިތުރުވުން ވެސް ހިމެނެއެވެ. މާސްކު އެޅުން މަޖުބޫރު ކުރުމަކީ އިންސާނާގެ އަމިއްލަ ހަށިގަނޑުގެ މިނިވަންކަން ނިގުޅައިގަނެވޭ ކަމަކަށްވީ ހިނދު، މި ފަދަ އަމުރެއް ބިނާވާންޖެހޭނީ ވަރުގަދަ ސައިންޓިފިކް ހެކިތަކެއް ހުރިނަމަ އެވެ. ނަމަވެސް، މިފަދަ ހެއްކެތް ނެތެވެ. އަމިއްލަ ހަށިގަނޑުގެ މިނިވަންކަން އެންމެ ބޮޑަށް ބަލައިގަންނަ ޤައުމު ކަމަށްވާ އެމެރިކާގައި ވެސް މާސްކު އެޅުން (ކޮވިޑް އާ ގުޅިގެން ވެސް) މަޖުބޫރު ނުކުރަނީ މިހެންވެގެންނެވެ. ވީމާ، މި ފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން، މިކަންކަމާ ގުޅޭ ސައިންސްގެ ފަންނީ ތަހުލީލުތައް އާއްމުކުރާ ގޮތަށް އޮންނަ ގޮތަށް ހަމަޖައްސަވައިދެއްވުން އެދެމެވެ.”
މާސްކު އަޅުވައިގެން ކިހާ ދުވަހަކު ބައިތިއްބޭނެތޯ؟
****
